Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

އާއެކޭ ލޯބިވޭ… ވިހިވަނަ ބައި (އެ ޚާއްސަ ޕޮރުގުރާމް ފެށުން)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
November 28, 2025 5 Mins Read
22 Comments

އެޔަށްފަހު ލީނިޔާ އެހެން ދިމާލަކަށް ބަލައިލިއެވެ. އެއްވެސް މާނައެއް ނެތް ކަމަށް ހެދިގެންނެވެ.

ވަކިވެވުނު އިރު ވީ އަނިޔާއަށް ވުރެ އެކަމުން  ބާސިލަށް ބޮޑަށް އަނިޔާއެއް ލިބުނެވެ.

ފަހަތަށް ޖެހެމުން ގޮސް ބާސިލް އެތަނުން އަވަހަށް ދިޔައެވެ. އަހަން އައި ސުވާލުވެސް އަހާނުލައެވެ. އެއަށްވުރެ ބޮޑަށް އެހިތުގައި ޖެހިއްޖެއެވެ.  ދުވަހަކުވެސް ލީނިޔާގެ ކުރިމައްޗަށް އަރަން ބާސިލަށް ކެެރިދާނެބާއެވެ.  ކަންތައްތައް ބަދަލުވެގެން ދެން ދާނީ ކިހިނެއްބާއެވެ.
*********************************
ހުވަފެނަކީ ތެދުކުރަން އުޅުނީމާ ހަޤީގަތަކަށް ވާކަންކަމެވެ. މީ އަޝްބާ ދެކޭގޮތެވެ. އޭނާގެ ދިރިއުޅުމަކީ މުޅި ދުނިޔެއަށް ނަމޫނާއެވެ. ސަބަބުތައް ބައިވަރެވެ. ހުރި ހަމަ އެކަނި ކޮއްކޮ ގެ ހައްްްޤުގައި ޖާނާ މާލުން ފިދާވުމެވެ. ކުޑައިރުން ފެށިގެން މުދައްރިސަކަށް ވުމަން ދުން ހުވަފެން ޤުރުބާންކުރުމެވެ.

ހާލަތު ނިޔާކުރާނީ އެކި ދުވަހު އެކި ގޮތަށެވެ. އެންމެންނަށް އެއްގޮތެއްވެސް ނުވާނެއެވެ. ކޮންމެ މީހަކަށް ތަފާތުގޮތެކެވެ. ތަކުލީފުނެތި ދިރިއުޅުން ފުރިހަމައެއް ނުވާނެއެވެ. މިއަދު ހިތާމަކުރަން ޖެހުމަކީ މަދާމާ އުފާކުރަން ޖެހުމެވެ.

ބަލިވުމަކީ ނިޢުމަތެކެވެ. ޝުކުރެވެރިވާންޖެހޭނެވެ. ތަދާ ވޭނަށް ކެތްކުރަން ވާނެއެވެ. ދުނިޔެއަކީ ވަގުތީ ތަނެކެެވެ. ދުނިޔޭގައި އުޅެންވާނީ އެކަން ދަނެގެންނެވެ.

އަހަރުމެންނަކީ މާތް ﷲ ގެ އަޅުންނެވެ. އަހަރުމެން ފޮނުއްވީ އެކަލާނގެއަށް ޚާލިސް ހިތަކުން އަޅުކަން ކުރާށެވެ.

ފަސްނަމާދު އޭގެ ވަގުތުގައި އަދާކުރާށެވެ.  ޔަޤީނެވެ. ތިރީސް މިނެޓްވެސް ނަމާދެއްކޮށްލަން ހޭދަނުވާނެއެވެ. ތިމާމެންގެ ދިރިއުޅުމުން ނަމާދު ބޭނުންވަނީ ހަމަ އެންމެ ދިހަވަރަކަށް މިނެޓެވެ. ކޮންމެ ދުވަހަކު ނަމާދު އެ ގޮވާލަނީ އެންމެ ފަސް ފަހަރުއެވެ. ފަތިހާއި މެންދުރެވެ. ހަވީރާއި އިރޮއްސޭ ވަގުތެވެ. ރޭނގަޑެވެ.

އެތައް ލުއިތަކެއް ނަމާދުގަވެއެވެ. އެންމެ ގިނަވެގެން ނަމާދުގައި ވަނީ ހަތަރު ރަކުއަތެެވެ. މަދުވެގެން ދެ ރަކުއަތުވެ. ވަކި ވަގުތެއް ވަނީ ކޮންމެ ނަމާދަކަށް ކަނޑައެޅިފައެވެ. ފަތިސް ނަމާދަށް ފަތިހުގެ ފިނިކަމެވެ. މެންދުރު ނަމާދަށް އަވީގެ ހޫނެވެ. އަސުރު ނަމާދަށް ހަވީރުގެ އުފާވެރިކަމެވެ. މަޤްރިބު ނަމާދަށް އިރުގެ ރީތިކަމެވެ. އިޝާ ނަމާދަށް ރޭގަނޑުގެ އަނދިރިކަމެވެ.

އަޝްބާއަކީ ނަރުހެކެވެ. އެކަމަކު އޭނާގެ އުންމީދު ގުޅިފައިވަނީ ލިޔުންތެރިކަމާއެވެ.

ލިޔުމުގެ މަސްތީ ދުނިޔެއަށް ޣަރަޤުވެފައިވާ އަޝްބާ އެދަނީ  އެ ހުވަފެން ހަޤީޤަތަކަށް ހެދުމުގައެވެ.  އެކަމަށް އަޝްބާގެ ހުރިހާ ވަގުތެއް އެ ހޭދަކުރަނީ، ލިޔުމުގެ މޭޒުދަށޮގައެވެ.

އަޝްބާ ރެޔާއި ދުވާލު އެކުރަނީ ފޮނި އިންތިޒާރެކެވެ. އަމިއްލަ ނަމުގައި ނެރޭ ވާހަކަ  ނިންމާލުމެވެ. އެ ވާހަކަ ފޮތެއްގެ ސިފައިގައި ބާޒާރަށް ނެރެވުމަކީ އޭނާގެ އަމާޒެވެ.

ލިޔުމުގެ ދުނިޔެއަށް ޣަރަޤުވެފައި ހުންނައިރު، އަޝްބާ އަށް ވަށައިގެންވާ މާޙައުލު ހަނދާން ނެތެވެ. އެކަމަކާ ބެހޭ ޚިޔާލެއް ނުކުރެވެއެވެ. ހިމޭން ކޮޓަރީގެ ތެރޭގައި އަޝްބާ އެކަނިވި ނަމަވެސްއެވެ. އޭނާގެ ވާހަކައިގެ ޝަޚްޞިޔަތުތައް އަޝްބާ އާއި ވާހަކަ ދައްކާ އުޅޭ ކަހަލައެވެ.  އެދަނީ ހިނިތުންވުމާއި ކަރުނައިގެ ތެރޭގައި އެ ވާހަކައިގެ ސޮފްޙާތައް ފުރާލަމުންނެވެ.  ލިޔުމަކީ ބަޔާންކުރަން ދަތި ފޮނި އުފަލެކެވެ.

މިހާރު ލިޔަން ފެށިގެން އެއުޅެނީ ވާހަކައިގެ ފަހު ބައިތަކެވެ. އަޝްބާގެ ހިތް މިވަނީ  ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. ކޮންމެ ލަފުޒަކާއެކު ވާހަކައިގެ ނިމުމަށް ގާތްވަމުން އެބަ ދެއެވެ. އޭނާގެ ހިތުގައި އުފެދެމުންދަނީ އެ ލޯބީގެ ވާހަކައަށް ތަރުހީބު ލިބިދާނެބާއެވެ؟ ފުރިހަމަ ނިމުމެއް ގެނެސްދެވި ދާނެ ބާއެވެ. ޝައުޤުވެރިވާނެބާއެވެ؟

ގަދަ ޢަޒުމުގައި އަޝްބާގެ ގަލަން ހުއްޓުމެއްނެތި މަސައްކަތްކުރަމުން ދިޔައެވެ. އޭނާގެ ކިޔުންތެރިން އިންތިޒާރުކުރާ އެ ފުރިހަމަ ވަގުތު އަވަސްކުރުމަށެވެ. އެއީ ހުވަފެނެއް ހަޤީޤަތަކަށް ވުމެވެ. އޭނާގެ އިޙްސާސްތަކާއި މަސައްކަތުގެ ނަތީޖާ އެންމެނަށް ފެންނުމެވެ.

އަޝްބާގެ ދިރިއުޅުން ދަތުރުކުރަމުން ދިޔައީ ދެމަގުގައެވެ. އެއް މަގުވަނީ ނަރުޝްކަމުގައެވެ. ހަސްފަތާލުގައެވެ. ބަލިމީހުންނަށް ރައްކާތެރިކަން ދޭން ހުރި ނަރުހެކެވެ. ދެވަނަ މަގެއްގައި އޭނާ އަކީ، ލިޔުންތެރިއެކެވެ.  އެއީ ހިމޭންކަމާއެކު އޭނާގެ ލޯބީގެ ވާހަކަ ނިމުމަށް މަސައްކަތްކުރާ ލިޔުންތެރިޔާއެވެ.

ވަރުބަލިކަމާއެކުވެސް އަޝްބާ އަންނަނީ  ލިޔުމަށް ވަގުތު ހޯދަމުންނެވެ.  އެއީ އެނާގެ ހުރިހާވެސް އުފަލެވެ.  ސަބަބަކީ މިދުނިޔޭން އެންމެ ބޭނުންވާ ހަދިޔާ ދުވަހެއްގެ ކޮޅުންވެސް ލިބުންނެތުވެ.  ލޮލުން ކަރުނަ ފުހެމުންވެސް ހާލަތަށް  ހިނިތުންވާން މިވަނީ މަޖުބޫރުވެފައެވެ.

ކޮއްކޮ އާއެކު ބައެއް  ރޭރޭ  އުޅެފައި އާދެވޭ އިރު އަޝްބާގެ ލޮލަށް ނިދި ސަވާރުވެގެން ދެއެވެ. ނަމަވެސް، މޭޒުމަތީގައި ބާއްވާފައިވާ ފޮތާއި ގަލަން ފެނިލުމާއެކު، ލިޔުމަށްޓަކައި އާ އިލްހާމެއް އެހިތަށް ލިބިގެންދެއެވެ. ހިތަށް އާ ހިތްވަރެއް ލިބެއެވެ. ލިޔުމުގެ މަސައްކަތަކީ ބުރަ ދުވަހަކަށްފަހު އޭނާގެ ނަފްސަށް ލިބިގެންދާ ހަމައެކަނި ފިނި ކަމެވެ. އޭނާގެ އެންމެ ބޮޑު އުއްމީދަކީ އަވަސް މުސްތަޤުބަލެއްގައި މިކަން ކާމިޔާބު ކުރުމެވެ.

ހަސްފަތާލުން ލިބުން ކޮންމެ ތަޖުރިބާއެއް އަޝްބާގެ ލިޔުމަށް އާ ރޫޙެއް ގެނެސްދެމުންދިޔައެވެ. ބަލިމީހުންގެ ކެތްތެރިކަމާއި ލޯބީގެ ޙާލަތްތަކެވެ. އޭނާގެ ވާހަކައިގެ ޝަޚްޞިއްޔަތުންގެ ޖަޒުބާތުތައް އިތުރަށް ފުރިހަމަކޮށްދިނެއެވެ. ޚާއްސަކޮން ލީނިޔާގެއެވެ.

ލިޔުމަކީ   އަޝްބާއަށް ދިރިއުޅުމުގެ ޙަޤީޤީ ދިރުންކަހަަލައެވެ. އަޝްބާ ވާހަކަ ރީތި ކުރުމަށް  އެނާގެ ދިރިއުޅުން އެހީވެދިނެވެ.  އެހެންކަމުން، އެއީ ހަމައެކަނި ހުވަފެނެއް ނޫނެވެ. އެއީ އޭނާގެ ޙަޔާތުގެ ސޮފްޙާއެކެވެ.

ޓީވީގެ ޚާއްސަ “އިންޓަވިއު” ވަނީ މީގެ ދެ ދުވަސް ކުރިން ނިމިފައެވެ. މިރޭގެ ވަގުތެއްގައި ޓީވީން ވަގުތުން ދައްކާނެއެވެ. އަނެއްކޮޅުން ކޮއްކޮ އިޝްބާގެ ކައިވެނި މިމަހު ފަހުކޮޅު އެބައޮތެވެ. އަހަރެންގެ ކައިވެންޏަށް ނަޒާން މަންމަ ވަނީ އެދިފައެވެ. ނަޒާން  އަހަރެން ދެކެ ލޯބިވާކަން އެނގެއެވެ. އެހާ ހިތްހެވެ. އޯގާތެރިއެވެ. އަހަންނަށް ނުހަނު ސަމާލުކަންދެއެވެ. ލޯބިވާކަން ހާމަކޮށްދޭން އުޅެއެވެ.

އެކަމަކު މިހިތް ކުރާނީ ކީއްހެއްޔެވެ؟ ލޯތްބަކީ އެކަނި ހާލަށް އުފުލޭ ވަރަށް ވުރެ މިއަދު ބޮޑު ވޭނެކެވެ.

މިހާރުގެ ކުދިންނާއި އަޝްބާ ތަފާވަނީ މިހެންވެއެވެ. އަޝްބާ ދެކޭ ގޮތުގައި ލޯތްބަކީ އެންމެ ފަހަރަކު ވެވޭ އެއްޗެކެވެ. ތިން ހަތަރު މީހުން ދެކެ ލޯތްބެއް ނުވެވޭނެއެވެ.

އެކަމަކު  މިޒަމާނުގައި ލޯބި މި ބަހަކީވެސް ޖޯކެކެވެ. ‘އަހަރެން ކަލާ ދެކެ ލޯބިވޭ’ ބުނުމަކީ  ހުތުރުކަމެކެވެ. މިޒަމާނުގެ ކުދިންނަށް އެޖުމްލަ ނުގޫޅޭނެއެވެ. އެކުދިން ލާ ހެދުން ބަދަލުކުރާހެން ލޯބިވެރިޔާ ބަދަލުކުރާނެވެ. މިއަދު ވާ ލޯބި މާދާމާ އިރު އަރާއިރު އިންނަނީ ބަދަލުވެފައެވެ. އެހާވެސް ލޯތްބަކީ  އެކުދިން ކުރިމަތީ އަގެއްނެއް އެއްޗެކެވެ.

ލޯބި ބައިތަކަށް ބެހިގެން ވާކަމީ ސައްކެއްވެސްނެތް ގޮތުގައި ތެދެކެވެ. ތެދުވެރިކަން، ވަފާތެރިކަން ނުވާނަމަ ލޯތްބަކީ ފީ ލަކުނޑި ބުރިއެއް ނޫންހެއްޔެވެ؟ ދެން އެ ހަމަހިލާ ބޭނުމެއް ނުކުރެވޭނެއެވެ. ފީވެ އަޅިއަށް ވުމުން ބޭނުން ވާނީވެސް ކާކު ހެއްޔެވެ؟

ޠަބީޢީ ގޮތުން އުފެދޭ  ގާތް ކަމަކީ ހަމައެކަނި އިހްސާސެއް ނޫނެވެ. އެކަކު އަނެއްކަކަށް ހިތް ތެޅޭ ތެޅިފޮޅުމެކެވެ. ހަމައެގޮތުން އިތުބާރުގެ ބިންގަލެއްގެ މަތީ އެޅޭ ތެދުވެރި ލޯބީގެ ފާރެއް ފުނޑާލުމަކީ ނާދިރުކަމެވެ. ޝަރުތަކާއި ނުލާ އެކަކު އަނެކަކު ދެކެ ފުރާނައިން ލޯބިވާނަމެއެވެ.  ޤަދަރުކުރާނަމައެވެ. އިޚްތިރާމް އަދާކުރާނަމަވެ. ވަގުތު ދީ އަޅާލާނަމައެވެ. ލޯބިވެރިޔާގެ އުފާތަކަށް އިސްކަންދޭނަމަވެ. މި ހުރިހާ ސިފަތަކަކުން ނަޒާން ހުރީ ޖަރީވެގެންނެވެ. އެއީ ވިދާބަބުޅާ މޫނެކެވެ.

ހަލުވިކޮން ޒުކާންގެ އާއިލާއިން ދިޔައީ ކައިވެންޏަށް ތައްޔާރުވަމުންނެވެ. ލާން ވަކި ކުލައެއް ވަނީ ހަމަޖައްސާފައެވެ. ޕަޓީ ބާއްވަން ގަސްތުކޮށްފައިވަނީ ސިޔާމްގެ ދުނިޔޭގައެވެ. އެއީ ނޫނު އަތޮޅު ދިގުރަށުގައިވާ  “ސަން ސިޔާމްގެ”  ރިސޯޓެކެވެ.  ފަންސާސް ހަތަރު ހެކްޓަރުގެ  ޤުދުރަތީ ގޮތިން ރީތި ރަށެކެވެ. މިއީ ރާއްޖެގައިވި ހަމައެކަނި “އަސްދާނުވާ”  ރިސޯޓުވެސްމެއެވެ.

ފެހިކަން ގަދަ ހިމޭން ރިސޯޓެކެވެ. މުޅި ރިސޯޓު ވަށައިގެން ވަނީ ހުދު ދޮންވެލީގެ ސާލެއް ލެވިފައެވެ.  ބަލާ ފޫހިނުވާ ހިޔަނިތަކުން ސާފުވެފައިވާ  ނޫކުލައިގެ މޫދެވެ.

ކޮއްކޮގެ ދިރިއުޅުން ފެށެން އެއުޅީ އެހިތްގައިމު މަންޒިލުގަވެ. ގުދުރަތީ ރީތިކަމުން ބެލިޔަސް އެއީ  ދެވަނައެއް ނުވާ ފަދަ ރަށެކެވެ. އަސްދާނުގައި ކޮއްކޮ އަހަރެން އެންމެ ލޯބިވާ ޒުކާންއާއެކު އަސްދުއްވާނެވެ. މިފަދަ ޚިޔާލުތައް ދިޔައީ އަޝްބާއަށް ކުރެވެމުންނެވެ.

ޕޮރުގުރާމް ބެލުމަށް  ސޮފިއްޔައްތަ އޮތީ އެގެއަށް ދާން ބުނެފައެވެ.  އެގެއަށް ދިޔުމުގެކުރިން ބައެއް ކަންކަން ކޮށްލީމެވެ. އަވަސްގޮތަކަށް ނިދާ އެނދުމަތި ރީތިކޮށްލީމެވެ. ކޮޓަރިތެރެ ފޮޅާލީމެވެ. ފިނި ކޮފީއެއް ހަދާ އަލަމާރިއަށްލީމެވެ. ނިދުމުގެ ކުރިން  އަބަދުވެސް އަޝްބާ ކޮފީއެއް ބޯނެއެވެ. ލަހުން އާދެވުނަސް ހެދިފާ ހުރުމުން ފަސޭހަވާނެތާއެވެ.

ނުވައެއް ޖަހާއިރު  އެ ޕޮރުގުރާމު ދައްކަން ފަށާނެއެވެ. މަޑު ފިޔާތޮށިކުލައިގެ އަބާޔާއެއް ލީމެވެ. ގަދަ ފިޔާތޮށި ބުރުގަލަށް ގޮތް ހަދާލީމެވެ. ލުއި މޭކަޕެއްކޮށްލީމެވެ. މިހާ ރީތި މިވެވޭ ސަބަބެއް ހުދު އަހަންނަކަށްވެސް ނޭނގެއެވެ. މިރޭ ކޮއްކޮއަށް ޚާއްސަ ވީމާ ރީތިވެލެވެނީއެވެ.

ސޮފިއްޔަތަމެންގޭގެ ސިޓިންރޫމު އޮތީ  މާމެލާމެލިން ހައްދާލާފައެވެ. އިޝްބާ އިނީ އޭރު ނެރެފައެވެ. ސޮފިއްޔައްތައް ބަދިގޭގައި އުޅޭ އަޑު އިވެއެވެ. ތަށި  ސަމުސަލުގެ މިއުޒިކީ އަޑު ގުގުމަމުން ދިޔައެވެ. އަހަރެން ފެނުމާއެކު ކޮއްކޮ ހަނާ އަޅާލިއެވެ.  ދެބެންނަށްވެސް މަތިން  ތިރިއަށް  ފައިބުނީ އެވަގުތެވެ.

ނަޒާނަށް ހީވީ އޭނާގެ ލޯމަތިން ރީތި ރާނީއެއް ފާޅުވިހެންނެވެ. އެނޫން ދިމާލަކަން ނަޒަރު ސީދާ ނުވިއެވެ. މަޑު ހިނގުމެއްގައި އައިސް އަޝްބާ ސޯފާގައި އިށީންނަންދެން ނަޒާން ހުރީ އަށޯހުވެފައެވެ. އުޑުން ތަރިބުރާފައެވެ.

އާދެވުނުއިރު ޕޮރުގުރާމް ފެށުމާ ދޭތެރޭ ތިރިހަކަށް މެނުޓު  އެބޮތެވެ.  ޓިވީ ބަލަމުން ދާއިރު ކެއުމަށްޓަކައި ހަތަރު ފަސްވައްތަރެއްގެ ޕިއްޒާއަށް ދައްތަމެން އޯޑަރުކުރިވެވެ.  “ޕިއްޒާ ޕޮއިންޓް” ކިޔާ ކުރިއަރަމުން އަންނަށް ތަނަކުންކެވެ.  ބުއިމަކަށް ހުރީ ދެ ވައްތަރުގެ ފަނި ގިރާފައެވެ.  ފޮނި ކާއެއްޗަކަށް  ހުރީ މެގްނަމް ޕޮންޑިންއެވެ.

މާލަސްތަކެއް ނުވެ ހޫނު ޕިއްޒާތައް އައެވެ. ކޮންމެ ޕިއްޒާއަކާއެކު ފިނި ކޯކު ފުޅިއެއް ލިބުނެވެ. ތަނުގެ މަޝްހޫރު ސޯސް ތައްޓެއްވެސް ލިބުނެވެ.

ފޮށިތަކުގެ މަތިނަގައި މޭޒުގައި އަތުރާލެވުނީއެވެ. ޕޮރުގުރާމް ފެށެން ގަޑިއަރުވާލީއެވެ. ބާކީ އިނީ އެންމެ ފަނަރަ މިނެޓެވެ. އަހަރެންގެ ނޭވާ އަވަސްވިއެވެ.  އެ “ސޯ” ބެލުމަށްޓަކައި ހިތް ބެގަރާރުވަނީއެވެ.  މީހުންގެ ޖަވާބުތަކާއި ރައްދުތައް އަންނާނެ ގޮތެއް ނޭނގޭތީއެވެ. ބައެއް މީހުންނަން ގަބޫލުކުރަން ދަތިވުމަކީ އެކަށޭނަކަމެކެވެ. އެފަދަ ތަޖުރިބާއެއް މީހަކު ކޮށްފަވެސް އޮވެވެދާނެއެވެ.

ނުލަފައި ފިރިން އުޅެއެވެ. އެމީހުންގެ އަނިޔާއިން މިޖުވާން އެދޭ އެތައް އަނބިން އެބަތިއްބެވެ.  އެއްބަޔަކު ދަރިންނަން ޓަކައެވެ. އަނެއްބަޔަކު ދުނިޔޭގެ ލަނދަށެވެ.  ކޮއްކޮ އިޝްބާއަށް މިހެން ވީމާ ބުނަނީކީ ނޫންނެވެ. މިދުނިޔޭން އެއްވެސް މީހަކަށް ދެރަގޮތެއް ވާހަކަށް ނޭދެމެވެ.

މައިންބަފައިން އެމީހުންގެ ދެލޯ ފަދަ ދަރިންނަށް ބަލާބާއެވެ. ފިރިންގެ ގެއަށް ދިޔަޔަސް އުޅޭ ނުޅޭ ގޮތް  ބަލަންވާނެއެވެ. ވަރަށް ހާލުގަވެސް އުޅެދާނެވެ. ގިނަ ފަހަރު ކުދިންނަށް މިކަހަލަ ވާހަކަށް ދައްކާކަށް ނުކެރެއެވެ. އެހާ އިންޒާރުވެސް ދެއެވެ.  މަސްތުވެގެން ވާނުވާ ނޭނގޭ ހާލު މާ ނުރައްކާތެރިއެވެ. މަރުގެ ހަމަލާއެއްވެސް އެކުދިންނަށް ދީފާނެއެވެ. އިޝްބާވެސް ސަލާމަތް ވީ ހަމަ ކިރިޔާއެވެ.

އެފަދަ އުދާސްތަކުން މިއަދު ހަމަޖެހުންލިބެއެވެ. ސަލާމަތުގެ އައްސޭރިއަކަށް ކޮއްކޮ  ގެނެވިފައިވުމުންނެވެ. އިންސާފު ކަށަވަރުނުވިޔަސްމެއެވެ.

”  އިޝްބާ: ދޮންތާ ފެށެނީ މިއޮތް” އިޝްބާ ދޮންތަގެގައި ކޮއްޓާލަމުން ބުނެލިއެވެ. ހިނިތުންވެލާފައި އަހަރެން ޓީވީއަށް ނަޒަރު ސީދާކޮށްލީމެވެ.

 

” بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ، اَلسَلامُ عَلَيْكُم އެތައް ގޮތަކުން މީ ޚާއްސަ  ރެއެއް އަޅުގަނޑުގެ ލޮލުން ވިދާބަބުޅަމުން މިދާ ސަބްނަމުގެ ތިކިތައްވެސް ހެކިވާނެ. އަންހެނަކަށްވެ ހުރެ މިތާ ކުރިމަތީ އިންނަން ވަރަށް އަސަރުކުރޭ. މިރޭގެ ޚާއްސަ މެހެމާން ފެނުމުން. ޤަބޫލުކުރަންވެސް ދަތި. ދެން އަޅުގަނޑު މާ ގިނަ ވާހަކައެއް ދައްކާކަށް ނެތިން. ފޮރުގުރާމުގެ ނަން އިއްވާލާނަށް. މީ އަލަށް އަޅުގަނޑުމެން ފަށާ ޕޮރުގުރާމު ހިމޭ…. ” އެނަން  ފުރިހަމައެއް ނުވިއެވެ. ބެލުންތެރިންގެ އަރިހުން ނަން ފުރިހަމަކޮށްދޭން އެދުނީއެވެ. 

އަޝްބާ އިނީ ފިނިވެފައެވެ. ހިތަށް އެތައް އެއްޗެއް އަރާފައިބަމުންދިޔައެވެ. ޓިވީން ތެރެއިން ކޮއްކޮ ފެނުމުން ވާނީ ކިހިނެއްބާއެވެ؟ ކޮއްކޮގެ ހަޔާތުގެ ސޮފްހާތަކަކީ މި ޤައުމަށް އިބްރަތަކަށް ވާނެބާއެވެ؟

ނުނިމޭ

(ލޯބިވާ ކިޔުންތެރިންނަށް)

އަލަށް މިފަށާ ޓީވީ ޕޮރުގުރާމުގެ ނަން “ހިމޭ….” ފުރިހަމައެއް ނުވިއެވެ.  ކިޔުންތެރިންނަން އެ ޕޮރުގުރާމުގެ ނަން ދިމާކޮށްލެވޭނެބާއެވެ؟ އެއީ ކޮން ނަމެއްބާއެވެ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

މިހިތައް ލޯބިދޭށޭ – 7 ބައި

Next

އޭ ފަލަސްތީނާއެވެ.

Next
November 28, 2025

އޭ ފަލަސްތީނާއެވެ.

Previews
November 27, 2025

މިހިތައް ލޯބިދޭށޭ – 7 ބައި

22 Comments!

  1. Nai_73 says:
    November 28, 2025 at 10:42 am

    Hii Isnaa
    Name guess kureema Kon irakunn thr story gift libeny
    HeHe😂😘☺️
    Lyyy❤️

    1. Isnaa says:
      November 28, 2025 at 1:56 pm

      Labba 😊
      How are you Nai_73 🥰
      IA maadhan libeyne hadhiyaa story stay tuned (Nai_73)🫶❤️

    2. Isnaa says:
      November 28, 2025 at 1:57 pm

      Miyadhu ves name dhimaa kuranvee
      Hadhiyaa libeyne IA 🫶🥰

  2. Nai_73 says:
    November 28, 2025 at 2:51 pm

    I am feeling sick 😢 what about you??
    Name:HIMEYN ☺️❤️

    1. Isnaa says:
      November 28, 2025 at 3:13 pm

      Gws dear 🥰🫶

      alhamdulillah ❤️
      Half name complete and correct 😊

  3. Nai_73 says:
    November 28, 2025 at 3:39 pm

    Adhi ehkoh complete eh nuvey dhw😊

    1. Isnaa says:
      November 28, 2025 at 4:07 pm

      Labba 😊

  4. Nai_73 says:
    November 28, 2025 at 4:09 pm

    Himeynvamaa
    Himeynvy
    Himeynun
    Himeynveveynebaa
    ☺️❤️☺️❤️☺️❤️

    1. Isnaa says:
      November 28, 2025 at 7:59 pm

      Adhi rangalhu vaane
      Himeyn rangalhu
      Mee 2 bahuge nameh
      Adhi vaane try 🥰🫶

  5. Shiura says:
    November 28, 2025 at 4:20 pm

    Hi isnaa🤰
    How are you feeling? Someone tell me u ah ingeyho esfiya author isnaan I buny ingeyey I ge one of fav author eyy eii bunyma buny Isnaa preg oh dhuvahaku vhk ves nudhahkaa meeheh ge faraathun Isnaa preg vhk adu ehii I was in a shock but I am happy for you take care ingey I think you should take a break isnoo maabandhu dhuvas varu nuvaane masaiykaiy kuraakah ☺️😘🤰

    1. Isnaa says:
      November 28, 2025 at 8:04 pm

      Alhamdulillah ❤️
      Thank you (Shiura) 🫶🥰

  6. Isnaa says:
    November 28, 2025 at 8:01 pm

    https://ig.me/j/AbZCfy0lWPqy4kTX/
    Join my vaahaka group 😊
    Vaahaka thakuge fahuge mauloomaathu thr libeyne 🫶🥰

  7. Shiura says:
    November 28, 2025 at 8:32 pm

    Isnaa is that a true are u preg???

    1. Isnaa says:
      November 28, 2025 at 10:07 pm

      Kaakubaa bunii ehn 😊

  8. Nai_73 says:
    November 28, 2025 at 8:33 pm

    Himeyn tha name aky

    1. Isnaa says:
      November 28, 2025 at 10:06 pm

      No 😊

  9. seaview says:
    November 29, 2025 at 6:27 am

    Himeyn hiy

    1. Isnaa says:
      November 29, 2025 at 7:53 am

      No Seaview 🥰🫶
      Himeyn rangalhu hiyy nubai 😊

  10. Nai_73 says:
    November 29, 2025 at 7:54 am

    Himeyn vaashe

    1. Isnaa says:
      November 29, 2025 at 10:50 am

      No dear 😊

  11. Nai_73 says:
    November 29, 2025 at 7:55 am

    Himeyn vaanan

    1. Isnaa says:
      November 29, 2025 at 10:51 am

      No dear 😊

Comments are closed.

Next Episodeއާއެކޭ ލޯބިވޭ… އެކާވިސްވަނަބައި (އެއީ ހިތްވަރުގަދަކަމުގެ ނަމޫނާއެއްނޫންތޯ)←


All Right Reserved!