Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

އާއެކޭ ލޯބިވޭ އަސާރަވަނަބައި ( ލިނީ ބައްޕަގެ ވަކިވުމަށް ހަފްތާއެއް ފާއިތުވުން)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
November 20, 2025 8 Mins Read
0 Comments

ލީނިޔާގެ ދެލޯ ކަރުނުން ފުރުނެވެ. އެބުނީ ހަމަ ތެދެކެވެ. މީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެކެވެ. ނޭނގެނީ ވަގުތެވެ. ދުވަހެވެ.

މަންމައަށް ހިތްވަރަކަށް ވާން ލީނިޔާ އަޒުމު ކަނޑައެޅިއެވެ. ކުޑައަށް ތިބި ދެކޮއްކޮގެ ހައްްޤުގައެވެ. އެކުދިނަށް ވާނީ އަދި އެންމެ ފަނަރަވަރަކަށް އަހަރެވެ. ކުރިމަގު އޮތީ ނޫންހެއްޔެވެ؟ މީ ކެތްތެރިކަން އިސްކުރަންވީ ވަގުތެވެ. ހިތްވަރުކުރަންވީ ދުވަހެވެ. ކުރިއަށް އޮތްތައި ކަންތައްތައް ބަދަލުވެގެން ދާނީ ކިހިނެއްބާއެވެ. ފަސް އެކުވެރިންގެ ގުޅުމަށް ބުރޫއެއް އަރާފާނެބާއެވެ.
**********************************

 ބައްޕަ ފަސްދާނުލިތާ އެއް ހަފްތާވެއްޖެއެވެ.   ގޭތެރޭގައި ވަގުތު ހުއްޓިފައިވާ ކަހަލައެވެ.  ފޮތިގަނޑުތައް ހުރީ ބަންދުނުކޮށް އެއްބައި ބަންދުކޮށްފައެވެ.  ވައި ވަނީ ބަރުވެފައެވެ. ހިތާމަ ގެއިގެ ފާރުތަކުގެ ތެރެއަށް ވަދެފައިވާ ހެންނެވެ.

ލިނީ ކޮޓަރިތަކުގެ ތެރެއިން ހިނގާބިނގާވެ އުޅުނީ މަޑުމަޑުންނެވެ. އޭނާގެ ފިޔަވަޅުތަކުގެ އަޑުން ކޮންމެވެސް މުޤައްދަސް އެއްޗަކަށް އުނދަގޫވެދާނެ ކަމަށް ބިރުގަންނަ ފަދައިންނެވެ. ހުރިހާ އެންމެން އޭނާއަށް ބުނަމުން ދިޔައީ އޭނާ ގަދަވާން ޖެހޭ ކަމަށެވެ… އެކަމަކު އޭނާ އެތެރެއިން ކިހާވަރަށް ރޫޅިފައިވާކަމެއް އެއްވެސް މީހަކަށް އެނގިފައެއް ނުވެއެވެ.

މިލީހަމް ކޮންމެ ދުވަހަކުވެސް ޒިޔާރަތް ކުރެއެވެ. އޭނާ ގިނަ އިރަކު ނުހުރެއެވެ. ގިނަ ވާހަކަ ނުދައްކައެވެ. ހިތަށް ތަދުވާ ބައިތަކުގައި އަތްނުލައެވެ. އެކަމަކު އޭނާގެ ހަށިގަނޑު ހުންނަނީ، ތެޅިތެޅި އޮންނަ ހިތެއްގެ މައްޗަށް އަޅާލާ މަޑު ރަޖާގަނޑެއް ފަދައިންނެވެ.

ބައެއް ފަހަރު މިލީގެ ހިތް ސުވާލުކުރެއެވެ. މިހާ ބޮޑަށް ހިތުގައިޖެހިފައިވާ މީހަކު، އަހަންނާއި އެހާ  ހެވިފައި ވާހަކަ އެ ދައްކަނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު އޭނާ އެ ސުވާލެއް ނުކުރެއެވެ. އެހެނީ ތަދު ދެނެގަންނާނީ ތަދުންނެވެ.  ދެމީހުންގެ ތެރެއިން އެކަކުވެސް ބޭނުމެއް ނުވެއެވެ. އެފަދަ ވާހަކަ ބޭރުކުރާށެއެވެ.

އެއް ހަވީރެކެވެ. ބައްޕަ ފަސްދާނުލިތާ ދިހަ ދުވަސް ފަހެވެ.  ކިޔުވުގެ ކަމެއްގައި ޚުބާބްގެ ގެޔަށް ދެވުނު ދުވަހެކެވެ. އެގެއޮތީ ނުހަނު ހިމޭނު ގޮތަކަށެވެ. ޝިހުމާތަ އާއި ޚަބީބުބެ ހުއްބާގެ ދަރިން ގޮވައިގެން ބޭރަށް ގޮސްފިއެވެ. ގޭގައި ތިބީ ހަމައެކަނި ޚުބާބާއި، މީލީހަމްއާއި، ލީނިޔާގެ އިތުރުން ސާއިލެވެ.

ބޭރުގެ އުޑުގެ ކުލަ އޮރެންޖަށް ބަދަލުވަމުން ދިޔައެވެ، އިރު އިނީ ވިލާގަނޑެއް ފަހަތުގައި އެއްބައި ފޮރުވިގެންނެވެ.

ލިނީ މަޑުމަޑުން ވައި އަޅާލި ގޮތަށް ބުންޏެވެ.

“ލީނިޔާ: ބައްޕަ ނެތި މިދުނިޔެ މިހީވަނީ ތަފާތު އެއްޗެއްހެން… އަހަރެންގެ އެތެރެއިން ކޮންމެވެސް އެއްޗެއް ނެތި ވެފައިވާ ފަދައިން.”

މިލީހަމް އެބަސްތައް ހުސްވަންދެން ހިފަހައްޓާލިއެވެ. އޭނާއަށް އެ ކޮންމެ ބަހެއް އިޙްސާސް ކުރެވުނެވެ. ސަބަބަކީ އޭނާއަށް ހިތުގައި ހޮރެއް އަޅާފައިވާ ހާލު ދިރިއުޅުމުގެ މާނަ މާ ރަނގަޅަށް އެނގޭތީއެވެ.

މިލީހަމް މަޑުމަޑުން ބުންޏެވެ. “މިލީހަމް: އަހަރެންނަށް އެނގޭ. ތިބާދެކެ ލޯބިވާ މީހަކު ގެއްލިގެން ދިޔުމަކީ… ހުރިހާ އެއްޗެއް ބަދަލުކޮށްލާނެ ކަމެއް.”

ލިނީ ބޯޖަހާލިއެވެ.  ކަރުނަތަކެއް ނުހިފެހެއްޓުނެވެ. ހިމޭނުން ކޯތާފަތްމަތިން ފައިބައިގެން ދިޔައެވެ.

ޚުބާބް އިނީ ބެލްކަނީގެ  ޖޯލީގެ ފަހަތުގައި އިށީނދެލައިގެންނެވެ. ފޯނުން އެއްޗެހި ބަލާކަމަށް ހަދައިގެންނެވެ.  އޭނާ ދެ އަންހެން ކުދިންނަށް  ޚާއްޞަކޮށް ލީނިޔާއަށް  ވަރަށް ބަލަހައްޓައެވެ.  އެކުވެރިކަމުގެ ނަޒަރުންނެވެ. އޭނާގެ ހިތަކަށް ނުފެތުނެވެ. ލިނީގެ ހުރިވަރުގެ ފަނޑުކަން. އޭނާގެ ދެލޮލުގައި ހުރި ހުސްކަމެއް އޭނާގެ ހިތަކަށް ނުފެތުނެވެ. އޭނާ ހިތާމަ ކުރާކަމާއި، އަދި އެކަން އެންމެންގެ ކިބައިން ފޮރުވަން މަސައްކަތް ކުރާތީވެސް އޭނާގެ ހިތަކަށް ނުފެތުނެވެ.

ދެން މީލީ އެންމެން ހީނުކުރާ ސުވާލުކޮށްލިއެވެ:

“މިލީހަމް: ލީނިޔާ… ލިނީގެ އަސްލު ބައްޕަ… އައިއޯ  ލިނީ ބަަލައި އެހެންވިއިރު މަންމަ ދޫކޮށްލާފައި ދާނީދޯ؟”

ބެލްކަނި ހުއްޓުނު ކަހަލައެވެ. ހިމޭންވިއެވެ. އުޑުމަތީގައ ދަތުރުކުރަމުން ދިޔަ ވިލާތަށްވެސް މަޑު ޖައްސާލި ކަހަލައެވެ.

ލީނިޔާގެ ތުންފަތް ވަކިވިއެވެ. އެކަމަކު ފުރަތަމަ އެއްވެސް އަޑެއް ނުނިކުތެވެ.

“ލީނިޔާ: އަހަރެންގެ ބައްޕަ. އަހަންނަށް ސަލާމަތްތެރިކަން އިޙްސާސްކޮށްދިން ހަމައެކަނި މީހާ. މިދުނިޔެއަކުނެތް. ދެން ލޯބިން ‘ދަރިފުޅާއޭ’ ދުވަހަކުވެސް ބުނާ އަޑު ނީވޭނެ. ” އެ ސުވާލަށް ޖަވާބު ދިނުމެއް ލިނީގެ ނެތެވެ.

އަޚީރަށް، އޭނާގެ ހަޔާތަށް މަޑުމަޑުން ވައި އަޅާލި ގޮތަށް ބުންޏެވެ.

“ލީނިޔާ: އަހަރެންނަކަށް ނޭނގޭ. އެނގެން ކިތަންމެ ބޭނުން ނަމަވެސް.”

ލިނީ އަތަށް ބަލާލިއެވެ. ކުޑައިރު އޭނާގެ ބައްޕަގެ އަތުގައި އޭނާ ހިފާ އުޅުނެވެ. ހޫނު، ވަރުގަދަ، ރައްކާތެރިއަތެވެ. މިހާރު ބައްޕައަށް އެއްވެސް އެއްޗެގައި ނުހިފޭނެއެވެ. ވީ މާދުރުގައެވެ.

ޚުބާބަށް ފާހަގަވީ ލީނިޔާގެ ތިރީ ތުންފަތް ތެޅެމުން ދިޔަކަމެވެ. އޭނާ ހިމޭނުން ތެދުވެ، އޭނާގެ ދިމާލަށް ހިނގާފައި ގޮސް، ފެންތައްޓެއް އޭނާގެ ކުރިމައްޗަށް ބޭއްވިއެވެ.

“ޚުބާބް: އުއްމީދު ކަނޑާނުލާ،” ޚުބާބް ބުންޏެވެ. އޭނާގެ އަޑު މަޑުވެ، ހަމަޖެހިފައިވެއެވެ.

“ބައެއް ފަހަރު އުއްމީދަކީ މީހުން ދިރިހުރުމަށް އެހީވާ ހަމައެކަނި އެއްޗެވެ.”

ލީނިޔާގެ ހިތް ހަރުލިއެވެ. ޚުބާބުގެ އެބަސްތަކުން އޭނާއަށް މިހާ ބޮޑު އަސަރެއް ކުރީ ކީއްވެކަމެއް އޭނާއަކަށް ނޭނގެއެވެ… އެކަމަކު އަސަރު ކުރިއެވެ. މިހެން އެ ބުނީ ހަމަ އެގޮތަށް ހީވެގެން ކަމަށް ވެދާނެއެވެ. މި މުޅި ހަފްތާގައި އެހެން އެއްވެސް މީހަކު އޭނާއަށް މިހެން ނުބުނާތީވެސް ވެދާނެއެވެ.

މީލީ އޭނާގެ ބޯ ލީނިޔާގެ ކޮނޑުގައި ލައްވާލިއެވެ. ރޯތީއެވެ. ހާސްވެ ވަރުބަލިވެފަވުމުންބނެވެ.

“ސާއިލް: އަހަރުމެން ހުރިހާ އެންމެން މިތިބަ ރޫޅެމުން ދަނީ،” ސާއިލް ވައި އަޅާލި ގޮތަށް ބުންޏެވެ، “ލީނިޔާ: އެކަމަކު ކޮންމެވެސް ގޮތަކުން… ތި ދެމީހުންގެ ސަބަބުން ބިރުވެރިކަން ކުޑަވާ ހެން ހީވޭ.” ލިނީ ބުނެލިއެވެ.

މިލީހަމް އާއި ޚުބާބު އެކަކު އަނެކަކަށް ބަލާލިއެވެ. ހަމައެކަނި އެއް ސިކުންތަށެވެ.  އެކަމަކު ވައިގައި ކޮންމެވެސް އެއްޗެއް ބަދަލުވިއެވެ. ވާހަކަ ނުދައްކާ ހުރި ކަމެވެ. ބިރުގަންނަ ފަދަ ނާޒުކު އެއްޗެކެވެ. ނުރައްކާތެރި އެއްޗެކެވެ.

ވަރޭ އޮއްސާލިއެވެ. ވިސްނާވެސް ނުލާ ތިއްބައެވެ. ވިދާ ގުގުރަން ފެށިއެވެ.

ބައްޕަ ފަސްދާނުލި ފަހުން ފުރަތަމަ ފަހަރަށް، ލީނިޔާގެ ހިތުގެ ތެރެއިން ހޫނު އެއްޗެއް ފެތުރިގެން ދިޔަ ކަމުގެ އިޙްސާސް ކުރެވުނެވެ. އުއްމީދެއް ނޫނެވެ.

އުންމީދުގެ ފެށުމެއް ފަދަ ހޫނުކަން ލީނިޔާގެ ހިތުގެ ތެރެއިން ދިޔައިއެވެ.   ހަމައެހިނދު ވާރޭގެ ފުރަތަމަ ތިކި   އެ އަތުގައި  ޖެހުނެވެ.  އެއާއެކު އޭނާގެ ފޯނު ގޮވައިލީ ވަރަށް ބާރަށެވެ.

 ފޯނު ބަލައިލިއިރު ސްކްރީންގައި އޮތް މެސެޖު ފެނުނެވެ. އެ މެސެޖުން  ލީނިޔާގެ ހިތް އެއް ސިކުންތުގެ ތެރޭގައި ހަރުކޮށްލިއެވެ.

އޭނާގެ މޭގައި ހަރުލާފައިވާ ތަދެއްގެ އިޙްސާސްވިއެވެ. އޭނާގެ މޫނު އަނދިރިވެ، ދެލޯ ބޮޑުވިއެވެ. އޭނާ ހަނދާންވިއެވެ.  އެއީ ކޮއްކޮ ފޮނުވި އެއްޗެކެވެ.

މީލީގެ، ކޮނޑުގައި ބޯ އަޅާލައިގެން އޮތް ގޮތަށް، ނޭވާ ހިފަހައްޓާލީމެވެ. “މިލީ: ލިނީ؟ ކިހިނެއްވީ؟”

ލީނިޔާ ތެދުވެ، އޭނާގެ އަތުގައި އޮތް ފޯނަށް ބަލާލިއެވެ. ހީވަނީ ދުނިޔޭގެ އަނެއް ފަރާތުގައި ހުރި މީހެއް ހެންނެވެ. އޭނާއަށް ވާހަކަ ދައްކާކަށް ނުކެރުނެވެ.  ފޯނު ހުޅުވާލާފައި މިލީއަށް ދިނީއެވެ.

ހުބާބު ވަގުތުން ލީނިޔާގެ ދިމާލަށް ހިނގާފައި އައިސް، އޭނާގެ އަތުގައި ހިފާލިއެވެ. ލީނިޔާގެ އަތް ވަނީ އައިސްކޮޅެއް ފަދައިން ފިނިވެފައެވެ.

“ޚުބާބް: މިލީހަމް ކިޔާބަލަ! ބާރަށް އިވޭ ވަރަށް އަހަރުމެންނަށް؟” ހުބާބު އަޑުގަދަ ނޫން ނަމަވެސް ބާރުގަދަ އަޑަކުން އެދުނެވެ.

މިލީހަމްގެ ދެލޮލުން ކަރުނަތައް ފައިބައިގެން ދިޔައެވެ.

“ މިލީހަމް: ބައްޕަ އަހަރެމެންނާ ވަކިވެގެން ދިޔަ ދިއުމަކީ އަހަރެމެންގެ ހިތްތަކަށް ވަރަށް ފުން އަސަރެއް ކޮށްފައިވާ ކަމެއްކަން އަހަންނަށް އެނގޭ. މި ހިތާމައިގެ ތެރޭގައި ދޮންތަގެ ހިތުގައި ކުރަމުންދާ އިހުސާސްތައް އަހަންނަށް ވަރަށް ރަނގަޅަށް އިޙްސާސް ކުރެވޭ. ބާސިލްބެ ދޮންތަ އާއި ވަކިވުންވެސް.

ބައްޕަގެ ހަނދާންތަކަކީ އަހަރެމެންނަށް ދުވަހަކުވެސް ފުހެނުލެވޭނެ ރަންފޮތެއް ކަހަލަ އެއްޗެއް. އެ މަތިވެރި ލޯބި، ހިތްވަރު،  އަބަދުވެސް އަހަރެމެންނަށް ދެއްވި ނަސޭހަތްތަކުގެ އަޑު އަހަރެމެންގެ ކަންފަތުގައި އަބަދުވެސް ގުގުމާލާނެ. ބައްޕަގެ އެ ހިނިތުންވުމާއި، ބައްޕަގެ އަތުގެ ހިމާޔަތް އަހަރެމެންގެ ކޮންމެ ދުވަހަކަށް ލިބުން ބާރަކަށް ވާނެ.

މި ހިތާމައިގެ ދުވަސްތަކުގައި ކޮއްކޮމެން ބޭނުންވަނީ ދޮންތައަށް އެންމެ ބޮޑު ހިތްވަރާއި ތާއީދު ދޭން. އަހަރެމެން ތިން މީހުންނަށް މި ދަތި ވަގުތު އެކުގައި ގިރާކުރެވޭނެ. މަންމައަށް ހިތްވަރުދެވޭނެ.

ހިތްވަރުގަދަ ވާށޭ، ދޮންތާ. ބައްޕަގެ ލޯބި އަބަދުވެސް އަހަރެމެންނާއެކު ވާނެ.

ދޮންތަގެ ލޯބިވާ ކޮއްކޮމެން،

ހިތްވަރުގަދަ ވާށޭ، ދޮންތާ.”  ކިއާ ނިންމާލަމުން މިލީހަމް ބުނެލިއެވެ. މިއީ ލިނީގެ ކޮއްކޮ ނިލީ އާއި ނަލޫގެ  މެސެޖެކެވެ.

މުޅި ސިޓިންރޫމްގެ ހިމޭންކަން ވީރާނާވެގެން ދިޔައެވެ. ލީނީގެ ހިތާމައިގެ މައްޗަށް، މިލީހަމްގެ ބިރުވެރިކަން ވަދެއްޖެއެވެ.

ޚުބާބު އެއްވެސް ލަހެއް ނުކޮށް ވާހަކަ ދެއްކިއެވެ. އޭނާ ލީނިޔާގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ.

“ޚުބާބް: މިހިމޭންކަން ދުއްވަލާ މަޖާ މިސްރާބަކަށް ގޮސްލަމާ ދެން.”

އެއީ ހަމައެކަނި ފަސޭހަ ޖުމްލައެއް ނޫނެވެ. އެއީ ބާރުގަދަ އުއްމީދެއްގެ ގޮވައިލުމެކެވެ.  ހިތާމައިގެ ތެރެއިން ނުކުތް ގޮވައިލުމެކެވެ.

” ބާސިލް: އޭ އެންމެން މަމިއައީ ބައްޕަގެ ކާރުކޮޅުގައި” ރޮވިފައި ތިބި އެންމެން  ދޮރާ ދިމާލަށް ބަލާލިއެވެ. އެއީ ބާސިލްއެވެ.

“ ޚުބާބް: އަހަރުމެން މިހާރު މިދަނީ،” ޚުބާބު  އެއްލޯ އަޅާލަމުން  އެދިމާލަށް ބަލަން ހުރެ ބުންޏެވެ. “އަހަރެން ގެންދާނަން. ކޮބާ މިލީމެންގެ ދަބަސްތައް؟”

މިލީ ލަސްވީމާ ބާސިލްއާއި ދިމާލަށް އަނގަހަދާލިއެވެ.

“ލިނީ: އެކަމަކު އަހަރެން…” ލީނިޔާ ބުނަން އުޅުނެވެ. ޚުބާބް ހުއްޓުވިއެވެ.

“ޚުބާބް: ނޫރޮއި، ލިނީ ދާން ވާނެ” ޚުބާބު ބުނެލީ އަވަހަށެވެ.

“މިލީހަމް: މިހާރު ހިނގާ ޖޯގޯ އެއްޗެއް ބޯލަން ދާން އަހަރެމެން 5 މީހުންނަން ކާރަށް އެރޭނެތަ އަނެއްކާ ” މިލީހަމް އަހާލިއެވެ. މާޔޫސްވެފައިވާ މޫނުތަކަށް ހިތްހަމަޖެހުމެއް ގެނެސްދޭށޭވެ.

މިލީހަމްގެ އެ ސީރިއަސް އަޑުން ޚުބާބް މަޑުޖެހުނެވެ. އެނާއަށް އެނގުނެވެ. މިވަގުތު ބާސީލް އެބަހުއްޓެވެ. ކުޑަކޮން ފޮނިކަންވެސް ދައްކާލަން ޖެހޭނެތާއެވެ.  މިހާރު ލިނީއަކީ ބާސިލްއައި ގުޅުން ފަހުން މުޅިން ތަފާތު މީހެކެވެ.

ވާރޭގެ ބާރު އަޑުތައް ގަދަވަމުން ދިޔައެވެ. ދުނިޔެ ބިންދައިގެން ދާން އުޅޭހެންނެވެ.

ލީނިޔާ ޚުބާބުގެ ދެލޮލަށް ބަލާލިއެވެ. އޭނާގެ ހުރިހާ ބިރުވެރިކަމެއްގެ ތެރެއިން، އުއްމީދު ދިން ހަމައެކަނި އަޑަކީ އޭނާގެ އަޑެވެ.

“ދަމާ،” މިލީހަމް މަޑުމަޑުން ބުންޏެވެ.

“ލީނިޔާ: އިއްލޭ މި އޮތީ މަންމަ ފޮތް” ހިނގައި ގަންނަމުން ދަބަހުގައި އޮތް ފޮތް ލިނީ  ސާއިލްއަށް ދިއްކޮށްލިއެވެ.

“ޚުބާބް: މާލެއަށްވެސް އައީދޯ މިފޮތް.ލިނީ ކިޔާ ނިމުނީތަ” ޚުބާބް ސަމާސާ އެކުލެވޭ ރާގެއްގައި ބުންޏެވެ.

“ލީނިޔާ:  ‘ނުނިމޭ’ ދިރިއުޅުމުގައި ކަންތައްތައް ވަމުންމިދާ ގޮތުން ހަވާލުކުރަން ބޭނުންވީ ނުކިޔޭނެތީ” ލީނިޔާ ރޮވިފައި ހުރެ ބުނެލިއެވެ.

“މިލީހަމް: ކޮންމެ ދުވަހަކު ލިނީ ގާތަށް ދައިރުވެސް ބުނެނުލާ. އެހެންނަމާ ކިޔައިދެވޭނީވެސް ” މިލީހަމް ރާގުލާފައި ބުނެލިއެވެ.

“ޚުބާބް: އެހެންވީމާ ކާރުގައި ދާއިރު މިލީއަށް އޮތީ ވާހަަކަ ކިޔައިދިނުން އިނގޭ” ޚުބާބް  ދޮރުން ނިކުން ނަމުން ބުނެލިއެވެ.

 ކާރަށް އެރުމުން ލިނީއަށް ހީވިއެވެ. މި ދަތުރަކީ ހަމައެކަނި ބުރެއްޖަހާލުމެއް ނޫނެވެ. މިއީ މި ފަސް ހިތުގެ ދެމެދުގައި އޮތް ހިމޭންކަން ރޫޅާލާ، އައު ގުޅުމެއްގެ ފެށުންވެސްމެއެވެ.


ދުއްވާލުމާއެކު މިލީހަމް ފެށިއެވެ.

” މުޅި ސުކޫލު ހޯލުގައިވެސް ދުވަނީ ކާތަކެތީގެ މީރުވަހެވެ. އެހެންނުވާން ވީ ކީއްވެ ހެއްޔެވެ؟ އައްޑޫ ގެ ޒަމާންވީ ތަފާތު ކެއުންތަކުން ސުކޫލުގެ ހޯލު މިވަނީ ޖަރީވެފައެވެ. އެންމެންގެ ތެރޭގައި މަސްހޫރު އަައްޑޫ ބޯކިބަލާ ބޮޑިވެސް ހުރީ ހޫނު ކޮށެވެ. އާވި އަރަ އަރާ ހުރި ކާތަކޭތީގެ މީރުވަހުން މޭ ފުރި އުތުރި އަރަމުން ދިއައެވެ. ބަލާކަށް ނުހުރެ ނިހާދު ކާއެއްޗެހި އަޅައިގެން ދުރުގައި ހުރި މޭޒެއް ދަށުގައި އިށީނެވެ. އަފާ ހުރީ ޔަސްފާ އާއި ރީމާ ގެ އިންތިޒާރުގައެވެ. އެހެން ހުއްޓާ ޔަސްފާ މެން އަތުވެއްޖެ އެވެ. ކެއުމަށް އަފާ އެޅީ ބަތާ ރިހާކުރު ދިޔަ ކޮޅެކެވެ. އަފާއަކީ އެއް އިރަކުވެސް މާ ގިނައިން ކެވޭ މީހެއް ނޫނެވެ. ޔަސްފާމެން އަފާ އާއި ހިލާފަށް ގިނަ ބާވެއްތަކެއް ނެގިއެވެ. ބަތާ ކުކުޅާއި ފިހުނު މަހާ ކުޅި ބޮޑިއާ ތެލުލިފަތާ ގަރުދިޔައާ ރިހާކުރާއި ހޮނި ރޮށިން ތަށި ފުރާލިއެވެ. ފޮނި އެއްޗަކަށް ސާގު ބޮޑިބަތާ ފޮނި ބޯކިބަލާ ބޯކުރި ބަނބުކެޔޮގެ އިތުރުން ހުނިހަކުރު ފޮޅި ނެގިއެވެ.

ކާން އިން އިރުވެސް އަފާގެ ނަޒަރު ހުރީ ނިހާދުއާ ދިމާލުގައެވެ. އެހެން ބަލަނިކޮން އެއްލި ކަޅިއަކުން ނިހާދު ކައިގެން ދާތަން ފެނިއްޖެވެ. ބުނެވެސް ނުލާ ނިހާދު ދިއުމުނ އަފާގެ ހިތުގައި ޖެހިއްޖެވެ. ދިވެހި ކެއުމަށް އައީވެސް ދެމީހުން އެކުގައެވެ. އެކަމަކު ދާންމި ޖެހުނީ އެކަނި ތާއެވެ. ހިތާ ހިތާ އަފާ ކިޔާލިއެވެ. ކައި ނިމުމުން ރީމާ ބޭނުން ވީ ބަނދަރަށް ދާށެވެ. ދިވެހި ހެދުމުގައި ތަސްވީރެއް ނަގާލުމަށެވެ.

ޔަސްފާމެންގެ އަމާޒު ހުރީ މޫދާވީ ފަޅިއަށެވެ. އެހިސާބާ ކައިރިވެވޭ ވަރަކަށް  ތަފާތު އިހްސާސް އެއް ކުރެވެން ފަށަފިއެވެ. ވަކި ހިސާބަކުން އަފާގެ ލޮލުގައި ފޮތިކޮޅެއް އައްސަދިފީއެވެ. ވާން އުޅޭ ގޮތެއް ރޭކައި ލާކަށް އަދިވެސް އަފާއަކަށް ނޫޅުނެވެ. ރީމާ އާއި ޔަސްއަކީ އަފާގެ އެންމެ ގާތް މިތުރުންނެވެ. އެންމެ ކުޑައިރުން ފެށިގެންނެވެ. އެމީހުން އަފާއަށް ދެރައެއް ނުދޭނެކަށް ޔަޤީނެވެ. އެހާވެސް އިތުބާރު އެކުދިންނާ މެދު މިއަދު އޮވެއެވެ. ޔަސްފާމެން އަފާ ގޮސް ބެހެއްޓީ ފިނިފެންމަލުގެ ފިޔައިން ހަދާފައިވާ ހިތެއްގެ ތެރޭގައެވެ. މިއީ ނިހާދުގެ އެއްގުމަށް ކުރެވޭ ކަންތައްތަކެވެ.

ހިތުގެ ވަށައިގެން އަލިފާން ރޯވި ހިނދު އަފާގެ ހަޅޭކުގެ އަޑު މުޅި ތާ ގުގުމާލިއެވެ. ލޮލު އެޅުވި ފޮތިކޮޅު ދަމާގަނެވުނީ ގަތް ބިރުންނެވެ. ރަނގަޅަށް ހުރިހާ ދިމާލަކަށް ނަޒަރު ސިދާ ވެލުމާއެކު އަފާގެ ލޮލުގައި އަޅައިގަތީ ނިހާދެވެ. ހެވި ދިލިފައި ނިހާދު ހުރިއިރު އަތުގައި ރަތް ފިނިފެންމާ ބޮޑިއޮތެވެ. އެހެން ހުރެލާފައި ނިހާދު ވާހަކަދައްކަން ފެށިވެ. “ކަލާއެވެ. މިވީ ކުޑަ ދުވަސްކޮޅު ތެރޭ އަހަރެންގެ ހިތް ކަލާ އަށް ދެވިއްޖޭ. ތިއީ އަހަރެންގެ އަލަތު ލޯތްބޭ. ކަލާގެ ތި ރީތި ދެ ލޯލާއި ފަރި ހިނިތުންވުމަށް އަހަރެން ހާސްފަހަރު މިހިރީ ފިދާވުމަށް ތައްޔާރަށެވެ. ތި ދެ ލޮލުން އެންމެ ކަރުނަތިއްކެއް އަޔަސް މި ހިތް ހާސް މަރުން މަރުވެދާނެއެވެ. އެހާވެސް އަހަރެން ކަލާ ދެކެ ލޯބިވަމެވެ. އެކީގައި އުޅެން ބޭނުންވެއެވެ. ކަލާ ތިއީ މިހިތުގެ ފިނިކަމެވެ. ދެ ލޮލޮގެ ނޫރެވެ. ހުރިހާވެސް އުއްމީދެވެ. ހަޔާތުގެ ބާކީ ދުވަސްތައް ކަލާ އަހަންނާއެކު ވާނު ހެއްޔެވެ؟ ތިއީ އަހަރެންގެ ހުވަފެންތަކުގެ ރާނީއެވެ. ފުރާނައިގެ ދިރުމެވެ. ހިތުގެ މަލިކާ އެވެ. އަހަންނަށް ޔަޤީނޭ ކަލާ އަހަރެން ދެކެ ލޯބިވެއެވެ. ވާހަކަ ކުރުކޮށްލަމުންވެސް ބުނަމޭ  ޗާލޭ ކަލާ ހާދަ ރީއްޗޭ ހަނދުވެސް ލަދުން އޮއްސިދާނޭ” ކަލާއަށްޓަކައި އަހަރެން ފުރާނައިންވެސް ޤުރުބާންވާނަވެ. ކަލާ އަހަރެންގެ މީހަކަށް ވާނު ހެއްޔެވެ.؟ މިދެއަތުގެ ހިމާޔަތް ކަލާޔަށް ލިބޭނެއެވެ. މިރޭ ކަލާ ވަރަށް ފަރިއެވެ. ނަލައެވެ. ދެން ކަލާ ޖަވާބެއް ދީބަލާށެވެ. އަހަރެންގެ ހިތް ކަލާއަށް އެދި ތެޅި ފޮޅެނީ އެވެ. އަހަންނަށް ތިހެން ނުހަނދާށެވެ. މިހިތައް ލޯބިދޭށެވެ. ހިތުގައި ފިރުމާލަދޭށެވެ. ރީމާއައި ޔަސްފާ އެއް އަޑުން ގޮވާލިއެވެ. އާއެކޭ ބުނާށެވެ. އާއެކޭ ބުނާށެވެ. ހުއްޓައިނުލައި ކިޔަމުން ދިޔައެވެ. އަފާ ލަދުން ހުރެ އާއެކޭ ބުނެލިއެވެ. އެ އަޑަށް މުޅިތައް އަނދިރިވިއެވެ. ހީވީ ބާރު ތޫފާނެއް އައިހެންނެވެ. އަފާ ހަނދާނެއް ގޮތް ހުސްވެފައި ހުއްޓައި ތަން އަލިވެއްޖެއެވެ. ބިރުގެން ލެއް ބޮޑުކަމުން އަފާ ބޭނުންވީ ގެއަށް ދާށެވެ. އެންމެ ހިނދު ކޮޅަކު ވެސް މަޑުކުރާކަށް ބޭނުމެއްނުވިއެވެ.

ގެއަށް އައުން ލަސް ވެގެން ދޮރުމަތީ ޖޯލީގައި އިން އަފާގެ މަންމަ ސިހިގެން ދިޔައީ ކައިރީގައި އިށީން ކުއްޖާފެނިފައެވެ. އެއީ ހަމަ ގައިމުވެސް މިރަށު ކުއްޖެއް ނޫނެވެ. ދިގު ރަތް ހެނދުމެއްގައި ހުރި އެކުއްޖާ އިސްތަށިގަނޑު ވަޔާ ވިހުރިލަ ވިހުރިލަ ހުއްޓެވެ. ފުރަތަމަ ވާހަކަ ދެއްކީ އެކުއްޖާ އެވެ.”  އެހިސާބާށް ކިޔުން އިރު  މަންޒިލަށް ފޯރައިފިއެވެ. އެހެން ކަމުން މިލީހަމް ސުވާލެއް އަމާޒުކޮށްލިއެވެ.

” މިލީހަމް: އަނެއްކާ މީކާކުބާ؟ ޖިންނިއެއްތަ!” ބިރުންގަންނުވާލަން މިލީހަމް ޖިންނިއެއްހޭވެސް އެހިއެވެ. ބާސިލް ޖިންނިން ދެކެ ނުހަނު ބިރު ގަންނާނެވެ.

“ބާސިލް: ތީ ކޮންކަމެއް ދެން  މިލީ  ޖިންނިންނޭ ނުކިޔާ އިނގޭ އިރޮއްސޭގަނޑިމީ އެ ނިހާދުވެސް އަތުވެދާނެ” ބިރުން އިނދެ ބާސިލް ބުނެލިއެވެ.

ބާސިލްގެ ކާރު، ވާރޭގެ ތެރެއިން، ބާރު ސްޕީޑްގައި ގޮސް ކައިރީހުރި  ‘ފޮނި ބޮއިމާއި’ ދިމާލަށް ދުއްވާލިއެވެ. ވާރޭގެ ސަބަބުން މަގުތައް ފެނުނީ ފުސްވެފައި ހުރި ފޮޓޯއެއް ހެންނެވެ.

ލީނިޔާ އިށީނދެގެން އިންނަމަވެސް އޭނާގެ މޭގައި ވަނީ ބާރަށް ތެޅޭ ހިތެކެވެ. އޭނާ ހަމައެކަނި ބޭނުންވީ އެތަނަށް އަވަހަށް ދާށެވެ. އެކަމަކު ޚުބާބު ކާރުގެ “ސްޓީރިންގ” ހިފަހައްޓާލައިގެން ހުރީ ވަރަށް ހަމަޖެހިގެންނެވެ، އެއީ އޭނާގެ ހަމައެކަނި މަސައްކަތަކީ ލީނިޔާއަށް އުންމީދު ދިނުން ކަމުގައި ހީވާ ފަދައަކުންނެވެ.

މީލީހަމް ފަހަތުގައި އިށީނދެގެން އިންއިރު، އޭނާގެ މޫނުމަތިން އުފާވެރިކަންވިއެވެ. އޭނާގެ ލޯބިވާ ބާސީއާއެކު ކާރު ދުއްވާލެވުމެވެ. ފަސް އެކުވެރިން އެކުގައިވުމެވެ.

“ޚުބާބް: އެންމެން ކޮބާ  ފައިބަން ވީނު އޮޑަރުދޭން ޖޫގޯއަށް.” އެ ހިސާބުގައި ކާރުމަޑުކުރުމުން ޚުބާބަށް ބުނެވުނެވެ.

“މިލީހަމް: މިހާ ފިނިއިރުވެސް އެހާ ފިނި ބޮއިމެއް ބޮވޭތަ” އޮއްޓަރަކުން އޮއްޓަރެއް ނުވާ ޝަކުވާއެއް މިލީހަމްކޮށްލިއެވެ. އޭނާގެ އާދައަކީ މިހާރުއެޔެވެ. ބާސިލާ ޖެހިއްޖެ މީހަކަށް ބަދަލު އަންނާނެއެވެ. އޭގެ ހަތްކަކަށް ކުރީގެ މަޑުމައިތިރި ލިނީ ފުދޭނެއެވެ.

ލީނިޔާ ކާރުގެ ވިންޑޯއިން ބޭރަށް ބަލާލިއެވެ. ކުއްލިއަކަށް ބާސިލް  ގޮވާލިއެވެ. “ބާސިލް: މިލީމެން ދެބެން އަދޭ ފައިބަން އަވަހަށް ” އަވަހަށް ފައިބަން އެންގިއެވެ.

ބާސިލްގެ އަޑު ހީވީ މިވަގުތަށް ބޭނުންވި ހަވޭލާގެ އަޑު ހެންނެވެ. އަޑުގަދައެވެ.، އަވަހެވެ. އަދިއެހާމެ އުފާވެރިވެރިއެވެ.

ޚުބާބް: (ހުސްވަންދެން ނޭވާ ހިފަހައްޓާލާފައި) “އޭ ބާސިލް! ތީ ކާރު ޑްރައިވް އެހާ ބާރަށް  ވާހަކަ ދައްކަން ނުހަދާތި. މިހާރު ވާރޭ ވެހޭ.  ދެން އަވަސްކުރޭ އިނގޭ ލިނީމެން.  ކޮރޯނާވައިރަސް ހިފައިގެން ހޮސްޕިޓަލަށް ދާން ޖެހިދާނެ މިހާ ފިނިއިރު!”

މި ޖުމްލަ އިވުމާއެކު ލީނިޔާ ކުޑަކޮށް ހީނލިއެވެ. އެއީ ހިތާމައިގެ ތެރެއިން ނުކުތް ފުރަތަމަ ހިނިތުންވުމެވެ.

ސާއިލް:  “އަހަރެން މިދަނީ އަވަހަށް އެތެރެއަށް  ކޮރޯނާވައިރަސް ޖެހުމުގެކުރިން” ހެމުން ހެމުން ސާއިލް ބުނެލިއެވެ.

ބާސިލް: “އާނ، އާނ! އަހަންނަށް އިނގޭ. ތީ އެންމެ ގިނައިން ކައިބޮއި ހަދާ މީހާ ” ހިކިކޮން ހުންނަށް ސާއިލްއާއި ބާސިލް ދިމާކޮށްލިއެވެ.

” މިލީހަމް: މި ހިމޭންކަން ދުއްވަލަމާ އަހަރެން މިހާރު ހުރީ މާސްކާއި ހެންޑް ސެނެޓައިޒާ ހިފައިގެން ތައްޔާރަށް.”  ދަބަސް ތެރެއިން މާސްކާއި  ސެނެޓައިޒާ ނަގަމުން މިލީހަމް ބުނެލިއެވެ.  އޭނާގެ ދަބަހުގައި  އަބަދުވެސް އެއްޗެހި ގެންގުޅޭނެއެވެ.

 “ޚުބާބް: ހަމަ އެނގިފައި ނެތީ ކަމަނާ އަންނާނެ ގޮތް  ދުވެފައިތޯ ނުވަތަ ހިނގާފަތޯ.” މިލީއާ ދިމާލަށް ޚުބާބް ބުނެލިއެވެ. މަޖާވެލާފައެވެ.

ލީނިޔާ އާއި މީލީވެސް އެކުގައި ހީނލިއެވެ. ޚުބާބުގެ  ސަމާސާއިން އެމީހުންގެ ބިރުވެރިކަން ކުޑަވިއެވެ.  މާޔޫސްކަން ފިލައި ހިނިތުންކުރުވިއެވެ.

“ލީނިޔާ: ބޭނޫމީ ހޫނު ކަޕަޗީނޯއެއް“ ލީނިޔާ ބޭނުންވައި ބުއިން ވަގުތުން ހާމަކޮށްލިއެވެ.

ޚުބާބްގެ އަޑުވެސް ވަގުތުން ސީރިއަސް ވިއެވެ. ބޭނުންވައި ބުއިންތަކަށް އޯޑަރުދޭން ފެށިއެވެ. ވިއްސާރަވުމުން އެންމެން ވެސް ނެނގީ ހީފިލުވަން ހޫނު އެއްޗެކެވެ. އެ ބާސިލްފިޔަވައެވެ.  މޮޅުވާން ވެގެން އޭނާ ނެގީ “ޗޮކުލެޓް” ޖޫގޯއެކެވެ.

ބާސިލް: “ ހާދަ މީރޭމި”  ޖޫގޯ ބޮމުން ތަޢުރީރުފުވެސް ބާސިލްކޮށްލިއެވެ.

 އޭނާ ހުރީ އެހެން މީހުންނާ ޚިލާފަށް ހީގަނެ ހިތް އަވަސްވެފައިއެވެ. ނަމަވެސް ޖޫގޯ ނެނގީ އެހެން މީހުންނަށް ހިތްވަރު ދޭ ގޮތަކަށެވެ.

އެންމެގެ ތަށި ހުސްވުމުން ކާރާ ދިމާލަށް މިސްރާބުޖެހިއެވެ. “އާދޭ، މިލީމެން އަވަހަށް އަރަން ” ބާސިލް އަވަހަށް ކާރުގެ ދޮރު ހުޅުވާލަމުން އެދުނެވެ.

ލިނީ ފެންނަން ހުރީ ހިމޭނުންނެވެ. އޭނާގެ ހިތާމަ، އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާ ޚުބާބްގެ ބިރުވެރިކަމާ އެއްވެފައި އޮތް ފަދައެވެ.

މިވަގުތު އެމީހުންގެ  ކާރު ދިޔައީ ބިރުވެރި މިސްރާބަކަށްކަހަލައެވެ. އެކަމަކު ޚުބާބާއި ބާސިލްގެ އެހީގައި، އެ ހިމޭންކަން ވީރާނާވިއެވެ. އެމީހުންގެ ގުޅުން  ބާރުގަދަވިއެވެ. މިއީ  އަނެއްކާ ދާއިމީ ފަރުވާއެއްބާއެވެ. ނޫނީ ވަގުތީ ހަތިޔާރެއްބާއެވެ.   އެހެން ނޫނިއްޔާ ހަމަ މިކުދިންނަށް  ދެން އޮތީ އަސްލުވެސް އުފަލުގެ މަނާޒިރެއް ހެއްޔެވެ؟   އެހެންވިއްޖެއްޔާ ދުވަހަކުވެސް މިގުޅުން ތަކަށް ބަދަލެއް ނާންނާނެ ނޫންހެއްޔެވެ؟

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

މާސްކު (ޕާޓް 29)

Next

ހިތް އެދޭ މަންޒިލަކީ… 9

Next
November 21, 2025

ހިތް އެދޭ މަންޒިލަކީ… 9

Previews
November 20, 2025

މާސްކު (ޕާޓް 29)



All Right Reserved!