
އަބަދުވޭ ހިތުގާ މަގޭ 2 (11)

“ދެން… އެކަހަލަ ގޮތެއް އައި ގެސް…” ނިޝްވާ ބުނެލިއެވެ. “ހެހެ ކިހިނެތްވީ އައި ގެސް؟؟” ހީލަމުން އަކްޔަލް ސުވާލު ކޮއްލިއެވެ. “ދެން… މިކޭސް ކަންތަކާ ހުރެ ދޯ. މަންމަ ވަރަށް ދެރަވެފަ ހުންނަނީ. ނިޝްވެސް ބައްޕަ މަތިން ވަރަށް ހަނދާންވޭ…” އިސްޖަހާލަމުން ނިޝްވާ ބުނެލިއެވެ. “އަސްލު… ނިޝްގެ ބައްޕަ މަރުވީ ކިހިނެތް ވެގެންތޯ އަހާލަންތަ؟” އަކްޔަލް ސުވާލު ކޮއްލިއެވެ. “ހެހެހެ ތި އެހީނުން؟” ނިޝްވާ ހީލިއެވެ.
“ހެހެ. އައި މީން… ނިޝްގެ ބޮޑުބޭބެތާ އެފަހަރު އެހުރިހާ މީހުންމެރީ. ދެން ސުވާލަކީ ނިޝްގެ ބައްޕަ މަރުވީ އެ މައްސަލަ ބެލުމުގެ ތެރެއިން ނިޝްގެ ބޮޑުބޭބެގެ އަތުންހޭ؟” އަކްޔަލް އޭނާގެ ސުވާލު ތަފްސީލް ކޮއްލަދިނެވެ. “ނޫން. އެވޭދަނަ ހައްލު ކުރީ ވެސް ނިޝްގެ ބައްޕަ. އެވޭދަނަ ހައްލުވެ، ނިޝްގެ ބޮޑުބޭބެ ޖަލަށްލީ އިރު ނިޝްގެ މަންމަ ނިޝްއަށް ބަނޑުބޮޑު. ވަރަށް ވިހަން ގާތްވެފައޯ އޭރު ހުރީ. ދެން އެދުވަސްކޮޅު… ބައްޕަ ނޭވާހިތްލާވަރުން ޑަކްޓަރަށް ދެއްކީ… ދެން ހީ ފައުންޑް އައުޓް ފުއްޕާމޭގެ ކެންސަރު ޖެހިފަކަން ހުރީ. ބައްޕަ ހުރޭ ނިއުމޯތޯރެކްސްވެސް… އެކަން އޮތީ މަންމައަށްވެސް ވަންހަނާވެފަ. ދެން… ނިޝް ވިހޭ ދުވަހު… ހަމަ އެރޭ… ނިޝްގެ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.