
އަބަދުވޭ ހިތުގާ މަގޭ 2 (10)

“ކިހިނެތްވީ؟” އަކްޔަލް އޭނާގެ ބަރު އަޑުން ސުވާލު ކޮއްލިއެވެ. “މާބޮޑު ކަމެއް ނުވޭ. މިއަދުވެސް އުޅެގަ ރާމެން ގަނޑެއް ކައްކާލަން؟” އުޔައިނާ އަހައިލިއެވެ. އަކްޔަލް ހީލަމުން ޖީބަށް އަތް ޖަހާލިއެވެ. އަދި ލަސް ފިޔަވަޅު ތަކެއްގައި ހިނގައިގަތެވެ. “އަހަރެން ރޭގަ ނިޝްއާއި ރައްޓެހިވީން” އަކްޔަލް ބުނެލިއެވެ. “ސޯ؟” ނިތްހިއްލާލަމުން އުޔައިނާ އަހައިލިއެވެ. އަކްޔަލްގެ ފިޔަވަޅުތަށް ހުއްޓުނެވެ. އަދި އުޔައިނާއާއި ދިމާލަށް އެނބުރުނެވެ. “ސޯ؟” އުޔައިނާގެ ސުވާލު އަކްޔަލްވެސް ތަކުރާރު ކޮއްލިއެވެ.
“ކޮބާހޭ މައްސަލައަކީ؟ ވީ ކޭން ސްޓިލް ހޭންގް ދޯ؟ އަހަރެމެންގެ މަންމަމެންވެސް އެހާ ގާތް” އުޔައިނާ ބުނެލިއެވެ. އަކްޔަލްގެ ތުންފަތް އެއްމިޔަކަނުން ދެމުނެވެ. އެއްވެސް އެއްޗެއް ނުބުނެ ހިނގައިގަތެވެ. “އެކަމަކު ކީއްކުރަންތަ ނިޝްވާއާ ރައްޓެހިވީ؟ އެއީ ގައިމު އަކޫގެ ކޮއްކޮއެއްނުން؟” އުޔައިނާ އެހިއެވެ. “ކައިވެނި ހަރާންވާ ވަރެއް ނޫނެއްނުން؟” އަކްޔަލް ހީލަމުން ބުނެލިއެވެ. “ވާހްހް. ހާދަވަރެއް ވެފައޭ ދޯ؟ ކައިވެންޏާ މެދުވެސް ވިސްނާލީ ވިއްޔާ” އުޔައިނާގެ އަނގަ ކުނިވެލިއެވެ.
(10 ވަނަ ބައި)
“ހެހެ ކިހިނެތްވީ؟ ޖޭވީ؟” އަކްޔަލް އުޔައިނާގެ ދޮނ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (2)
Comments are closed.
U a blink?
Hehe, no.. im a army🫶🏻