Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

އާއެކޭ ލޯބިވޭ ސަތާރަވަނަބައި (މިއީ ކަނޑައެޅިގެން އަންނާނެ ދުވަހޭ)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
November 18, 2025 7 Mins Read
2 Comments

” ލީނިޔާ: ދެން ޝިރޫ އޯ؟” ކެތްނުވެގެން ލިނީއަށް ބުނެވުނެވެ.

“ސާއިލް: ހާސްނުވޭ ތިކަމާ” ސާއިލް ބުނެލިއެވެ.

 

މިހާރު ބައްޕަ ނެތް ނަމަވެސް، ލީނިޔާއަށް ސާއިލްގެ “ސަޕޯޓް” ލިބިފައިވެއެވެ. މިކަމުގެ ސަބަބުން ހުމާމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ލީނިޔާއަށް ބާރު ލިބޭނެއެވެ. ކަންތައް ބަދަލުވެގެން ދާނީ ދެން ކިހިނެއްބާއެވެ؟ މިކަމުން ސާއިލް އާއި ޝިރުހާގެ ގުޅުމަށް ބުރޫއަރާފާނެބާއެވެ؟

****************************************************************

ދުނިޔެއަކީ ވަރަށް އެހެންކަހަލަތަނެކެވެ. ތިމާ ވާން އެދޭ ކަމެއްވުމަށް ވުރެ މިތާ ނުވުންގާތެވެ. މީ ދުނިޔެ ހިނގައި ގޮތެވެ. ދެރަވެ މާޔޫސްނުވާށެވެ. އުންމީދު ކަނޑާލާނީ މޮޔައިންނެވެ. މަރުދުވަހަށްވެސް އިންތިޒާރު ކުރެވިދާނެވެ. އެވެސް ހަމަ އޮތް ގޮތެކެވެ. އެކަމަކު މި ބުނަނީ ލީނިޔާ ބާސިލްގެ ލޯތްބަށް އިންތިޒާރު ކުރާށެކޭވެސް ނޫނެވެ. މިކިޔައިދެނީ ދުނިޔޭގެ ޤާނޫނެވެ. ކަންވާގޮތެވެ. ކަން ހިނގައި ގޮތެވެ. މީހުން އަމަލުކުރަމުން އަންނަން ގޮތެވެ.

 

ލީނިޔާއަށްވެސް މަޖުބޫރެއް ނޫނެވެ. ބާސިލަށްވެސް މަޖުބޫރެއް ނޫނެވެ. އެމީހަކު އެމީހެއްގެ ދިރިއުޅުމައިގެން އުޅޭށެވެ. ޚުބާބް އޭނާގެ ޑައިރީ ލިޔެލިއެވެ. އައްޑޫ ދަތުރުގައި އެހިތް ފުނޑުފުނޑުވި ވާހަކަ އެއްވެސް މީހަކަށް ހިއްސާއެއް ނުކުރެވޭނެއެވެ. އެހިތަށް ފަރުވާ ހޯދުމަށް ޚުބާބްއަށް ފެނުނު ބޭހަކަށްވީ ޑައިރީއެވެ. އެހިތުގެ އުދާސްތަކާއި ވޭން ހިއްސާކުރާނީ ދެން އެ ފޮތާއެވެ.

 

“ސިހުމާ: ދަރިފުޅާ ނިކުމެބަލަ ކާން ލިނީވެސް ކިހާ ދެރަވާނެ އެގޮއްޔެއަށް ހާދަ ދެރައޭ ކަންތައް ވީ ގޮތް ދަރިފުޅުވާނެ އެގޮއްޔެއަށް ހިތްވަރުދީ ހަދަން ރައްޓެހިން ތިބެނީ ކަމަކު ލިބޭ އުފަލުގައި ބައިވެރިވާހެން ޖެހޭނެ ހިތާމައިގައިވެސް ބައިވެރިވާން ދަރިފުޅުމެން ތިހެން ކަންތައް ކުރީމަ އެ ގޮއްޔެގެ ކުރިމަގު ބަނަވާނީ ހަމަ” ޚުބާބްގެ މަންމައަށް އޮތީ ނަސާހަތްދިނުމެވެ. އައްޑޫއިން އައިފަހުން ޚުބާބްގެ މަންމަގެ ހާލަކީއެޔެވެ.

“ޚުބާބް: މަންމާ އަދިމާ އަވަސް ލިނީ ކައިރިއަށް ގޮސްލަން. އިއްޔެ އެއްނު އަޒީލްބެ ނިޔާވީވެސް” ވިސްނާލަމުން ޚުބާބް ބުނެލިއެވެ. ލީނިޔާއަށް ކައިރި ކައިރީގައި ހިތާމަތައް ލިބޭތީ ހުދު އޭނާވެސް ދެރަވެއެވެ.

“ސިހުމާ: ދަރިފުޅުމެންނަށް އިނގޭނީ. މަންމައަށް ކޮންމެ ގޮތެއް ވަރިހަމައެއް ނުވާނެކަން ދަންނާތި. ޚުބާބް ޚަބީބް.” ސިހުމާއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.

 

މަންމައަށް ބަދަލުތަކެއް އައިކަން ކޮންމެ ދަރިއަކަށް ވެސް ފާހަގަވަމުދިޔައެވެ. އެއީ މަންމަ އުޅުން ގޮތެއްނޫނެވެ. ދަރިއަކާއި ދިމާލަށް ބާރަށް އެއްޗެއް ނުބުނާނެއެވެ. އެހާ ސަމާސާކުރާނެވެ. އެކަމަކު މިފެންނަނީ މުޅިން ތަފާތު މީހެކެވެ.

 

ރޭގަނޑުގެ ކެއުމަށް ނޫރީވެސްއައެވެ. ވަރަށް މީރުކޮން މަންމަ އާއި ދޮންތަ ވަނީ ކައްކާފައެވެ. ކުކުޅާއި ފަރަޓާއެވެ. ތަރުކާރީ ބަތެވެ. ދޮންއަނބު ފަންޔެވެ. އެންމެންވެސް ތިބީ ކެވުންލެއް މީރުކަމުން މާނޭވައި ލެވިލެވިއެވެ. ކައިނިމުމުން ބައްޕަ ހުރިހާ ދަރިން ސިޓިންރޫމަށް ގެނައެވެ. ބޮޑު ވާހަކައެއް ހިއްސާކުރަން އޮތުމުންނެވެ.

 

ދަރިން ހަމަ ޖެހިލުމުން ޚަބީބް ފެށިއެވެ.

“ޚަބީބް: މަންމަގެ އަމަލުތައް ހުންނަގޮތުން ދަރިފުޅުމެން ކަންބޮޑުވާކަން އިނގޭ. ބައްޕަ ބޭނުމެއްނޫން މިހެން ވާކަށް. މަންމަ ބަލިވާކަށް އަލުން އެ ހިތްދަތިކަން ތަޖުރިބާކުރާކަން. ނަފްސާނީ ބަލީގެ ދުނިޔެއަކަށް ވެއްޓޭކަށް ތިން ދަރިންވެސް ތިވަނީ ބޮޑެތިވެފައި. ދެން މިވާހަކަ ސިއްރުކުރާކަށް ނެތިން. މިއީ ދިގުވާހަކައެއް. ކޮންމެ ދަރިޔަކުމެ ކަނުލާ އަޑުއަހާތި.”

ބައްޕަ ފެށީ މަންމައަށް ދިމާވެގެން އުޅޭ ކަންތައްގަނޑުގެ ވާހަކަ ކިޔައިދޭށެވެ.

 

މިހާރު އުމުރުން ފަންސާހާ ގާތްކުރާ ޚަބީބްގެ ދެލޯ ކުރިމަތީގައި އޭނާގެ ދަރިން ތިއްބެވެ. އެކަމަކު ޚަބީބްގެ ހިތާއި ސިކުނޑި ހުރީ، ފަނަރަ އަހަރު ކުރިއަށް ދަތުރުކޮށްފައެވެ.

 

ދަރިިފުޅުމެންގެ މަންމާއި ދިމާވީ އެކަމަކަށް އުންމީދުވެސް ނުކުރަނީހެވެ. ކަރުނަފުހެމުން އަނެއްކާވެސް ޚަބީބު ފެށިއެވެ. އެއީ އޭނާއަށް ދައްކަން ފަސޭހަ ވާހަކަތަކެއްނޫނެވެ.

 

ޚަބީބް އާއި އޭނާގެ އަނބިމީހާ ސިހުމާއާއި ދިމާވަނީ އެންމެ ޒުވާން އުމުރުއެވެ. ޢުމުރުގެ ވިހީގެ އަހަރުތަކުގައެވެ. ޚަބީބުއަށް ސިހުމާ ފެނުނީ މާބަގީޗާއަކުންނެވެ. ސިހުމާ އިނީ ހާލުގައި ޖެހިފައެވެ. ބަލިކަށިވެފައެވެ. އަޅާލާނެ މީހެއް ބޭނުންވެފައެވެ. ސިހުމާ އޭރު ހުރީ “ޑިޕްރެޝަންގެ” އަނދިރި ވަޅުގަނޑެއްގައެވެ. ވަނީ ހިތާމައިގެ ބަރުކަން އެ އަންހެން ކުއްޖާގެ މައްޗަށް ބާރު ބޮޑުވެފައެވެ.

 

ޚަބީބް އޭނަގެ ގާތަށް އައީ ސަލާމަތްކުރާ މީހެއްގެ ސިފައިގައެއް ނޫނެވެ. އައީ އެކުވެރިއެއްގެ ގޮތުގައެވެ. ޚަބީބް ދިޔައީ އޭނާގެ ގާތުގައި ހަމަހިމޭނުން އިނދެ، ހިތާމައިގެ ވާހަކަތައް އަޑުއަހަމުންނެވެ. ސިހުމާއަށް ޚަބީބްގެ ލޯބި ވީ ހަމައެކަނި އިތުބާރުކުރެވޭ ބަނދަރަކަށެވެ.

އެ ލޯބީގެ ސަބަބުން އޭނާގެ ދިރިއުޅުން ބަދަލުވިއެވެ. ބަލިކަށިވެފައި ހުރި ސިހުމާ، މަޑުމަޑުން ޚަބީބްގެ ހިތްވަރާއެކު އަލުން ދިރުން ހޯދިއެވެ. ހުރިހާ ދަރިން ހެކިކޮށް ޚަބީބް ހުވައެއް ކުރިއެވެ. އޭނާގެ ލޯބިވާ އަނބިމީހާ އަލުން އެ ހާލަތަށް ވެއްޓުނަ ދުވަހަކު ވެސް ނުދޭނަމެވެ.

 

ދަރިންނޭ! އެ ސިއްރަކީ ބޮޑު ބުރައެކެވެ. ދަރިފުޅުމެންގެ މަންމަ ޑިޕްރެޝަންގައި ހުއްޓާ، އެ އަނދިރި ދިރިއުޅުމުގެ ތެރޭގައި ވެފައިވާ ހާދިސާއަކާ ގުޅިފައިވާ ސިއްރެކެވެ. އެ ސިއްރަކީ: ބަޔަކު މަންމަ ރިހީނުކޮށްގެން ރޭޕްކޮށްލުމެވެ.

 

ޚަބީބް އާއި ސިހުމާ ބައްދަލުވިއިރު، ސިހުމާ ބަނޑުބޮޑެވެ. ބިރުން ހުރި ސިހުމާ ހީކުރީ ޙަޤީޤަތް އެނގިއްޖެނަމަ، އެންމެ ފަހު އުންމީދު ކަމުގައިވާ ޚަބީބް ވެސް ގެއްލޭނެ ކަމަށެވެ. ބައްޕަ ނިންމީ: މަންމަ ސަލާމަތްކުރަން ބޭނުންނަމަ، މި ސިއްރު ފޮރުވަން ޖެހޭނެ ކަމަށެވެ. މާތް ﷲ ގެ ތަނަވަސް ރަހުމަތުން އެދަރި ބައިގެންދިޔައީއެވެ. އެލަނދުން މަންމަ ސަލާމްތްވީއެވެ.

 

ޙަޤީޤަތް ބަޔާންކޮށްދެއްވުމަށް ޙަބީބް ދެލޯ މަރާލާފައި ނޭވާއެއް ދޫކޮށްލިއެވެ. “ދަރިފުޅުމެންގެ މަންމަގެ ދިރިއުޅުން ސަލާމަތްކުރަން ބައްޕަ އެންމެ ބޮޑު ގުރުބާނީއެއް ވިން. އެކަމަކު އެއީ ބައްޕަ ދެކެ ލޯބިވާ ޒީނާއަށް އަނިޔާދޭން ޖެހުނު ގުރުބާނީއެއް.”

 

ޚަބީބް އެއްވެސް ޖެހިލުމެއްނެތި، ލޯބިވި ޒިނާގެނަން ހާމަކޮށްލިއެވެ. ބުނެދިނެވެ. ޒިނާދެކެ ބައްޕަވަމުން އައި ލޯބި ޤުރުބާންކޮށް އެރުވީ މަންމަގެ ހައްޤުގައެވެ. ހަމައެކަނި މަންމައަށްޓަކައެވެ. އެހިތުގައި ޖެހި ފަނޑުނުވާއި ކުލުނާއި އޯގާތެރިކަމަށެވެ. އޭނާއަށް އެނގިހުރެ، ސިހުމާ އޭނާގެ މުޅި އާއިލާ އާއި ގުޅުން އުފެއްދިއެވެ. ރުހުން ހޯދިއެވެ. މަންމަގެ ފަރާތުން ވެސް އެ ސިއްރު ފޮރުވީ މުޅި އުމުރަށެވެ.

 

ވާހަކަ ނިމުނު އިރު، އެ ތިން ދަރިންގެ މޫނުމަތީގައި ވެސް ވީ ސިއްސައިގެން ދިއުމާއި ހިތްދަތިކަމެވެ.

 

ޚަބީބްގެ ޝުޢޫރުތައް ލޯލާކޮޅުން ނުފެނެއެވެ.

“ދަރިފުޅާ ހުއްބާ، ޚުބާބު، އަދި ނޫރީ ބައްޕަ އިޚްތިޔާރުކުރީ ދަރިފުޅުމެންގެ މަންމަ. ކޮންމެ ދުވަހަކު ވެސް، މަންމަދެކެ ލޯބިވިކަން ހާމަކުރުން ވަނީ ޙަޤީޤަތަކަށް. ނަމަވެސް… މި ސިއްރު ހިފެހެއްޓުމުގެ ސަބަބުން ބައްޕަ ތިޔަ ހުރިހާ ދަރިންނަން ވެސް އަނިޔާދީފިން.”

 

ޚުބާބުގެ ބަދަލުން ހުއްބާ ތެޅިގަތެވެ. އެއީ ހިތްބަލިކަށި ކުއްޖެކެވެ. އެކަހަލަ ވާހަކައެއް އެހުމުން ވާނެއްގޮތް ވިސްނާލާށެވެ.

 

ޚުބާބުގެ ހިތް މުޅިން ކުދިކުދިވެއްޖެއެވެ. އޭނާގެ، މަންމައަށް ބަދަލުތަކެއް މިއައީ ލީނިޔާއަށް މިހެން ދިމާވުމުންނެވެ. އެވާހަކަތައް މަންމައާއި ހިއްސާކުރެވުމުންނެވެ. އޭނާއަށް ވަގުތުން ރޮއްވިއްޖެއެވެ.

 

“ބައްޕާ، ބައްޕަ މަންމަ ސަލާމަތްކުރީމާ ޝުކުރިއްޔާ. އެކަމަކު ބައްޕަ އަޅުގަނޑުމެން ކައިރީ ތިވަރު ބޮޑު ވާހަކައެއް ނުބުނުއްވީ ކީއްވެ؟. ބައްލަވާ މަންމައަށް ވަމުންދާ ގޮތްތައް. ބައްޕަ މަންމަގެ ފުރާނަ ސަލާމަތްކުރި ނަމަވެސް، އަޅުގަނޑުމެން ތިން ދަރިންގެ ހިތް މުޅިން ކުދިކުދިކޮށްލައިފި.” ބާރަށް ރޮމުން ޚުބާބް ބުނެލިއެވެ. ދެރަވެފައި އިންވަރު އެފަކީރަށް ކިޔައި ނުކިޔޭއެއްވެސް ނޭނގެއެވެ.

 

ހުބާބު ތެދުވިއެވެ. އެ ސޯފާ ދޫކޮށްފައި ހިނގައިގަތެވެ. މަންމަގެ ކޮޓަރިއާއި ދިމާލަށެވެ. ދިޔައިރު، ޚަބީބްއަށް ހީވީ ޚުބާބުގެ ދިރިއުޅުމުގައި އޭނާއަށް ދެވުނު އެންމެ އަގުބޮޑު ލޯބި ގެއްލިގެން ދިޔަ ހެންނެވެ.

 

ޚަބީބްގެ ލޯބި އޭނާގެ އަނބިމީހާ ސަލާމަތްކުރިއެވެ. ނަމަވެސް، އެ ލޯބީގެ ތެރޭގައި ފޮރުވާފައިވާ އެ ސިއްރުން އޭނާގެ އެންމެ ލޯބިވާ ތިން ދަރިންގެ ހިތް ބިންދާލިއެވެ. ޚާއްޞަކޮން ހުރި ހަމައެކަނި ފިރިހެންދަރިއެވެ. ޚުބާބް ޚަބީބެވެ.

 

ޚުބާބް އެނދުގެ ކަނެއްގައި ރޮވިފައި އޮތް މަންމަ ބަލާލިއެވެ. “ޚުބާބް: މަންމާ” މަޑުމަޑުން މަންމަ ގޮވާލީއެވެ. އެއަޑުގައި ވަނީ ތުރުތުރުލުމެވެ. ހިތާމައިގެ މޮޅިވެރިކަމެވެ.

 

ލީނީޔާގެ ގޮހޮރަށް އެންމެ ކާއިތޮޅެއްވެސް ނުދިރެއެވެ. ކާއިރަށް ހޮޑުލެވެނީއެވެ. މީހާގެ ހަށިގަނޑުން ނިކަމެތިކަންވެސް ފެންނަށް ފަށައިފިއެވެ. ކާ ކޮންމެ ވަގުތަކު ބައްޕަ ގާތުގައި އިންނާނެއެވެ. އަތުންލަވައިދޭނެއެވެ. ކާތަށި މޮޑެދޭނެވެ.

 

ސާމިއްޔާތައް ވަނީ ރޯލީމޭ ފޮތް ދީފައެވެ. އެހެންކަމުން އެނދުދަށުގައި އޮތް ފޮތް ނަގައި ހުުޅުވާލީއެވެ.  ރަނގަޅަށް ހަމަޖެހިލަމުން މަޑުމަޑުން ކިޔަންފެށީއެވެ.

“ހަފްތާ ބަންދު ވެސް ދިޔައީ ވަރަށް ބުރަކޮށެވެ. ހިންދެމިލާނެ ވަގުތު ކޮޅެއްވެސް ނުލިބިއެވެ. ފެހި ނަލަ ސުކޫލު ޕޮރުގުރާމު ފެށިގެން ގަސް ހެއްދުންް ވެސް އޭރު ކުރިއަށް ދިޔައެވެ.

 

ހުކުރު ހުތުބާއަކީ މުސްލިމު އަހުންނާއި އުޚުތުންނަށް ދެވޭ ދަރުހެކެވ. ފިލާވަޅެކެވެ. ދީނުގެ ކަންކަން ބުނެދީ ހަނދާން އާކޮށްދިނުމުގެގޮތުންނެވެ. އެތައް ގޮތަކުންވެސް ހުކުރު ޚާއްސައެވެ. އެގޮތުން އާއިލާ އެންމެން މެންދުރު ކުކުޅު ކެއުމަކީ ހުރިހާ ގެއްގެވެސް އާދައެކެވެ. ހަވީރު ހިގާލަން ގޮސްލާ ކުދިން ވެރިން ގޮވައިގެން ޕާކަށް ގޮސް ލުމަކީ ހިތްހަމަޖެހޭ ކަމެކެވެ. ވަޒީފާ ބުރަކަން ފިލާ ހިތް އުފާކޮށްދޭ ކަމެކެވެ. ކުޑަކުދިން މަޖާކޮށް ހަދާއިރު އެއީ ބަލާ ފުހިނުވާ މަންޒަރެކެވެ . ރޯލިޔަސް ހީލިޔަސް ހަމަ އެހާ ހިތަށް ހަމަޖެހުން ގެނުވާނެއެވެ.

 

އެންމެ ފަހުގެ ތައްޔާރީތަކަށް މުދައްރިސުން ބައިބަޔަށް ބެހިއެވެ. އިއްތިފާޤުން އަފާ އާއި ނިހާދު ދިޔައީ އެއްބަޔަށެވެ. އެކި މަސައްކަތްތައް ހަވާލު ކުރެވުނު އިރު އަފާމެންނަށް ޖެހުނީ ފިނިފެންމާ ހެދުމާއި އާއި އަހަރީ ކޭކު ހަދާށެވެ.

 

“ކޭކު” އެޅުމާ މާ ހެދުމަށް ނިންމީ އަފާގެ ގޭގައެވެ. އަފާގެ ދޮންތައަކީ ކޭކު އެޅުމުގެ ފައްނުގައި މަޝްހޫރު މޫނެކެވެ. ފާއިނާގެ ކުލަ ކޭކަކީ މުޅި ރާއްޖެއަށް އެނގޭނެ ނަމެކެވެ.

 

މާ ހެދުމަކީ ނިހާދު ވަރަށް ކުރާ ކަމެކެވެ. ނިހާދުގެ ހުނަރުވެރިކަން ފެނި އެންމެން ތިބީ އާޝޯހުވެފައެވެ. ފިރިހެނަކު ފަރިތަކޮން މާހަދާތީއެވެ. ” ނިހާދު މާ ހަދަން ހާދަ މޮޅޭ” އަފާ ނިހާދުއަށް ތައުރީފު ކޮށްލިއެވެ. ” އަފާ ލަވަކިޔާ ހާ ރީއްޗަށް މަލެއް ނުހެދޭނެ” ނިހާދު އަފާއާއި ދިމާކޮށްލިއެވެ. “ލަވަ ބާޒީ ކުޅެންވީ އެއްނު” “ޔަސްފާ މިސް” ސުވާލުކުރިއެވެ. ފޮނިވެލާފައި ތިކަން ކުރަންވީ އޭ އަފާ ބުނެފިއެވެ. ފަހަރަކު މީހަކު ލަވަކިޔަމުން ގޮސް ނިހާދަށް ޖެހުނީ ތ އެވެ.

 

“ތިޔަ ކަޅިރަވައިން ޒަޚަމް ނުވި ހިތަކީ، އެއީ ދުނިޔޭން ވަރަށް ބަދު ނަސީބު ހިތެކޭ…

ތިޔަ އަސަރުގައި މަސްތު ނުވިނަމައީ، އެވެސް ދެން ހާދަ ނާކާމިޔާބު އަޅެކޭ”

 

ނިހާދު ގެ ލަވަ އަމާޒުވީ އަފާއަށެވެ. އެކަން އެންމެން ވެސް ޤަބޫލު ކުރެއެވެ. އެންމެ ފަހު މީހަކަށް ޖެހުނީ އަފާ އަށެވެ. ނިހާދުގެ ލަވަ ނިމުނީ ‘ކ’ އަކުންނެވެ.

 

“ކަލާޔަށް މި ހިތް ލޯބިވީތީ ދެވިއްޖޭ

އެހީއެއް އަހަންނަށް ދެވެން ހަމަ ނެތީހޭ 2*

ހޯ… ކަލާޔަށްޓަކައި ހިތް މަގޭ ދޫކުރަންހޭ

ހިމާޔަތް އަހަންނަށް ކަލާ ދޭނު ހެއްޔޭ ” އެ ރީތި އަޑު ދިޔައީ ތީރުތަކެއް ފަދައިން ނިހާދުގެ ހިތަށް ހެރެމުންނުވެ.

 

އެމަންޒަރުތައް ބަލަން ފަހަތުގައި އަފާގެ މަންމަ ހުރި ކަމެއް އެކަކަށް ވެސް ނޭނގެވެ. އަފާއަށް ނިހާދު ލިބުން އެދި ހިތާ ހިތާ ދުއާ ކޮށްލިއެވެ. އެއީ އަފާއަށް އެންމެ ރަނގަޅު ބައިވެރިޔަކަށް ވާނެއެވެ. އެއީ ސައްކެއްވެސްނެތް ކަމެކެވެ. ހުލުޤު ހެޔޮ ދީންވެރި އަހުލާޤު ރަނގަޅު ކިޔަމަންތެރި ކުއްޖެއްގެ ހުރިހާ ސިފަތަކުން ނިހާދު ވަނީ އަތަރުލާފައެވެ. އުމުރުން ދުވަސްވީ މީހުންނަށް ނިހާދު ދޭ އަހައްމިއްޔަތުކަން އަބަދުވެސް ފާހަގަކުރާހިތްވެއެވެ. ވަގުތަށް ނަމާދު ކުރުމަކީ ނިހާދުގެ އާދައެކެވެ. މިއީ ނިހާދުގެ ފުށުން ފެންނަށް ހުސް ރީތި އާދަތަކެވެ. އަފާގެ އާއިލާގެ ކޮންމެ މީހަކަށް ނިހާދު އިހްތިރާމް އަދާކުރެއެވެ. ޝުކުރުވެރިވެއެވެ. މިފަދަ ޒަމާނެއްގައި ހިލޭ މެހެމާނު ދާރީ އަދާކޮށްދޭތީއެވެ.

 

ވިޔަފާރި ކުރަން ހިތަދޫއަށް ދެވުނު ދުވަހެކެވެ. ” އޭ ނިހާދޫ ރެބަނުގައި މާހަދަން އެނގޭނެތަ” ނިހާދު ޖަވާބު ގައި ބޯޖަހާލިއެވެ. “އެހެންވީމާ ރެބަންވެސް ގަންނަށް ވާނެ” އަފާ އެންމެނަށް އެންގިއެވެ. ކޭކު ފިހުމަށް ބިހާއި ތަފާތު އެކި އެއްޗެހި ގަނެވުނެވެ. މާހެދުމަށް ކުލަ ކުލައިގެ ރެބަނާ ކަރުދާހުގެ އިތުރުން ތިނޯހާ ބަރަނިވެސް ގަތެވެ.

 

ފިނިފެންމާ ހެދި އިރު ނިހާދުގެ ނަޒަރު މަދުމަދުން އަފާ އަށްދިޔައެވެ. ވަގުވަގަށް ބަލާ ހެންނެވެ. އެހެން އުޅުމުގެ ތެރޭގައި ހަތަރުކަޅި ހަމަވެއްޖެއްވެ. އެތަންވަޅު ގުރޫޕު އެހެންކުދިން ގެ ފޯނުގައި ރައްކާކުރިއެވެ. ލަދުގަންނާނެ ކަހަލަ އެއްޗަކަށް ވާނެތީއެވެ. އެހެން މާގިނައިރަކު ނުނިތެބުވެނެވެ. އަފާގެ ލޮލުން ސަބުނަމުގެ ތިިތައް ވިދަން ފަށަފިއެވެ.

 

އެކެއް ފެބްރުއަރީގެ ރޭގަނޑު އަފާމެން “ކޭކު” އަޅާއި “އައިސްން” އުގުޅާ ހެދިއެވެ. ކޮންމެވެސް ވަރަކަށް ކޭކު އެޅުމުގެ ހުނަރު އަފާގެ ވެސް ހުރެއެވެ. “އައިސްން”ކޮޅެއް އަފާ ނިހާދުގެ ކޮލުގައި އުނގުޅާލިއެވެ. ނިހާދުވެސް ބަލާކަށް ނުހުރެ އަފާގެ މޫނުގައި އުނގުޅައިފިއެވެ. އޭރު މުޅި ތަނުގައި ވަނީ  ހޭ އަޑު ގުގުމާފައެވެ. އެކަކު އަނެކަކުގެ ގައިގަ ” އައިސިން” އުނގުޅަމުން ދިޔައިރު ހީވަނީ ކުޑަކުދިން ތަކެއް ހެންނެވެ.

 

40 ފިނިފެންމަލުން މާ ބޮޑިތަން ތައްޔާރުކުރީ ސުކޫލުގެ ރަސްމީ ކުލައިންނެވެ. ކޮންމެ މަލެއް ވެސް އިނީ އެހާ ރީތިކޮށެވެ. އެމަލެއްގެ މަގާމުގައެވެ. ވަރަށް ލޯބި ލޯބި ކޮންނެވެ. އެ މާތަކަކީ ޝަރަފުވެރިންނަށް ދޭން ތައްޔާރުކުރެވުނު ހަދިޔާ އެވެ. ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއްވެސް އޮތީ އެދުވަހަށް އަންނަށް ގޮތަށް ނިންމާފައެވެ.

 

ރޭނގަނޑު ވެ އަނދިރި ވުމުން ސުކޫލުގެ ގަސްތަކާ އެއްކޮށް  ވިދާ ބަބުޅަށް ފަށައިފިއެވެ. ހިވަނީ ރާއްޖޭން ބޭރުގެ ސިޓީއެއްހެންނެވެ. އެކި ކުލަތަކުން ޖަރީވެފައިވާ ސުކޫލުގެ ފާރުގައި ހަތާވީސް ހިސާބު އަކުރުން ޖަހާފައިނެވެ. އެއީ ފިރިހެން މުދައްރިސުންގެ ބުރަ މަސައްކަތެވެ.

 

އިރުޝާދިއްޔާ ސުކޫލު ހުޅުވުނީ އެގާރަ ފެބްރުއަރީ ނަވާރަސަތޭކަ ނުވަދިހަގައެވެ. މިއަދު ފުރިގެން މިދަނީ ހަތާވިސް ވަނަ އަހަރެވެ.

 

ރަތާއި ފެއްސާ ހުދުގެ ދިވެހި ވަންތައް ގޮތަކަށް ވަންނަށް ދޮރާއި ފާރުތައް ހެދީ އަންހެން މުދައްރިސުންނެވެ. ވަންނަށް ދޮރުގައި ބޮޑު ދެ ރާބަދި އެލުވާފައި ވާއިރު ފާރުގައިހުރީ ފަން ޖަހާފައެވެ. ސުކޫލަށް އޮތީ ކުޑަ ވަރެއްގެ އީދެއް އައިސްފައެވެ. ސުކޫލުގެ އަހަރީ ދުވަހާ ގުޅުވައިގެން ކިޔަވައިދިނުން ވެސް އޮތީ ޤައުމީ ހެދުމުގައެވެ.

 

އަތޮޅުގެ އެންމެނަށް ހުޅުވައިލައިގެން އިރުޝާދިއްޔާ ހިގާލުން ބޭއްވި އެވެ. ވަރަށް ކާމިޔާބު ކަމާއެކު ދިޔަ މި ހަރަކާތް އިންތިޒާމު ކުރުމުގެ މޭސްތިރިއަކީ “ޕުރިންސިޕަލް” އެވެ. “ޕުރިންސިޕަލް “ގެ ދުރު ވިސްނުމާ  ހިޔާލުފުޅެވެ. އެއީ މުރާލި ހިންގުންތެރިއެކެވެ. ކަންކަން ކުރަން ދަންނަށް ޤާބިލު ވެރިއެކެވެ. ސުކޫލު ހޯދަމުން އަންނަށް ރަންވަނަތަކުގެ ހަޤީޤީ ބައިވެރިޔާ އެވެ.

 

ހުނަރު ދައްކާލުމަށް ދަރިވަރުންގެ ހަވީރުގައި ފުރުސަތު ހުޅުވާލިއެވެ. އޭގެތެރެއިން ހުނަރު ހުރި ކުދިންތަކެއް ވަނީ ފާހަގަ ކުރެވިފައެވެ. މި ހަރަކޭތްވެސް ނިމިގެން ދިޔައީ ވަރަށް ވެސް ފުރިހަމައަށެވެ. އަހަރީ ބޮޑު ޖަލްސާ އޮތީ އެދުވަހުގެ ރެއެވެ. ފެހިކުލައިގެ މި ރަސްމިއްޔާތު ސަރަފުވެރި ކޮށްދެއްވީ ނައިބު ރައީސްއެވެ. އިރުޝާދިއްޔާގެ ހަޔާތުން އެވެސް ތާރީޚީ ރެއަކަށްވާނެވެ. އެންމެ ފަހު ކަމަކަށް އޮތީ ރޭވިފައި ދިވެހި ކެއުމެވެ.

 

ކަސަބުން ބޯވަޅު އެޅި ރެތް ލިބާހުގައި އަފާ ހީވަނީ ޕަރީއެއް ހެންނެވެ. އެހާވެސް ރީއްޗެވެ. ގަދަ ރަން ކުލައިގެން ބުރުގާ އަފާގެ އޮމާން ދޮން މޫނާ ނުހަނު ގުޅެވެ. މަޑު މަޑު މޭކަޕެއް އަފާ ކޮށްފައި ހުރިއިރު  އެހާވެސް ހިތްގައިވެ. ރަންކުލައިގެ ފަންޓަރުބައި ވިދަމުންދިޔައެވެ. އަތުގައި އޮތް ތަނޑިގަނޑު ހެލޭއިރު ހީވަނީ އެހެންފަދަ ކަމެއް ހެންހެއްނެވެ.

 

ފޭލީގައި ހުރި ނިހާދު ހިވަނީ އިހުޒަމާނުގެ ރަސްކަލެއްހެންނެވެ. ބޮލުގައި ފޮތިކޮޅު ވެސް ހުރީ އައްސާފައެވެ. ލައިގެން ހުރި ހުދު ކުލައިގެ ގަމީސް  އެހާވެސް ނިހާދުއާ ގުޅެއެވެ. އެހެން ރޭ ތަކާ ހިލާފަށް މިރޭ ނިހާދު ތަފާތެވެ.

 

ކޮޓަރިން ނިކުއިން އިރު އަތުގާ ކަޅު ކޮތަޅަކާއި ތިރީސްހަތަރު ފިނިފެންމަލުގެ މާބޮޑިއެތް އޮތެވެ. އަފާ ހުރީ ހައިރާންވެފައެވެ. ސުކޫލަށް ކެއުމަކަށް ދާ މީހަކު ރަތް ފިނިފެންމާ ބޮޑިއެއް ގެންގުޅޭތީއެވެ. މިވާން އުޅޭ ގޮތަކީ ކޮބައިބާއެވެ. އަފާގެ ސިކުނޑީގައި އެނބުރެން ފެށީ ނިހާދުގެ އަތުގައި އޮތް މާ ބޮޑިއެވެ. އަނެއްކާ ނިހާދު ކުއްޖަކަށް ލޯބި ހުށައަޅަން އުޅެނީ ހެއްޔެވެ؟”
މުޅި އުމުރަށް ދިނީކީ ނޫނެވެ. ކިޔާލަން ދިނީއެވެ. އޮޅުން އަރާފާނެތީ ބުނެލައިދެމެވެ. މިއީ ހަވާލުކުރަންޖެހޭ މީހެއްގެ އަމާނާތެކެވެ.
ފޯނު ހުޅުވާލުން އެންމެ ފުރަތަމަވެސް އައީ ޚުބަބުމެންގެ މެސެޖެކެވެ. އޭގައި ބުނެފައި އޮތެވެ. “ވޭން ބޮޑު ނަމަވެސް، ހިތް އަލުން އުފެދޭނެއެވެ. ލީނިޔާ އެކަނިވެރިއެއް ނުވާނެއެވެ. މިކަމުގެ ބަރުކަން އުފުލަން އެކަންޔެއްނުވާނެއެވެ. އަހަރެމެން އެންމެން މިތާ މިތިބީ ލިނީއަށް އެހީވާށެވެ. ބައްޕަ މަރުވިޔަސް ދިރިއުޅުން ކުރިއަށް އޮތީއެވެ. ކެތްތެރިވާން ވާނެއެވެ. ދުނިޔެއަކީ ވަގުތީ ތަނެކެވެ. ދަންނާށެވެ! މީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެކެވެ. ”

ލީނިޔާގެ ދެލޯ ކަރުނުން ފުރުނެވެ. އެބުނީ ހަމަ ތެދެކެވެ. މީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެކެވެ. ނޭނގެނީ ވަގުތެވެ. ދުވަހެވެ.

މަންމައަށް ހިތްވަރަކަށް ވާން ލީނިޔާ އަޒުމު ކަނޑައެޅިއެވެ. ކުޑައަށް ތިބި ދެކޮއްކޮގެ ހައްްޤުގައެވެ. އެކުދިނަށް ވާނީ އަދި އެންމެ ފަނަރަވަރަކަށް އަހަރެވެ. ކުރިމަގު އޮތީ ނޫންހެއްޔެވެ؟ މީ ކެތްތެރިކަން އިސްކުރަންވީ ވަގުތެވެ. ހިތްވަރުކުރަންވީ ދުވަހެވެ. ކުރިއަށް އޮތްތައި ކަންތައްތައް ބަދަލުވެގެން ދާނީ ކިހިނެއްބާއެވެ. ފަސް އެކުވެރިންގެ ގުޅުމަށް ބުރޫއެއް އަރާފާނެބާއެވެ.

ނުނިމޭ

🥰🥀🫶😊❤️

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

އެދިގެން ކަލާ ލިބޭތޯ 23

Climate Change and Its Global Impacts
Next

ކްލައިމެޓް ބަދަލުތަކާއި އޭގެ ދުނިޔޭގެ އަސަރުތައް!

Next
Climate Change and Its Global Impacts
November 18, 2025

ކްލައިމެޓް ބަދަލުތަކާއި އޭގެ ދުނިޔޭގެ އަސަރުތައް!

Previews
November 18, 2025

އެދިގެން ކަލާ ލިބޭތޯ 23

2 Comments!

  1. Anonymous says:
    November 20, 2025 at 1:59 am

    mi vaahaka baeh faharu varah olhun araa mamma ge vaahaka kiyadhin iru v gotheh rangalakah neyngun kon zeena and gurubaanv ey

    1. Isnaa says:
      November 20, 2025 at 11:28 am

      މަންމަގެ ވާހަކަ ކިޔައިދިން އިރު އެކުދިން ބައްޕަގެ ލޯބިވެރިޔާގެ ވާހަކަވެސް ބުނެލީ އެކުއްޖާވެސް ވަރަށް ބޮޑު ޤުރުބާނެއްނުއެވީ
      (ޚުބާބް ބައްޕަ ޚަބީބްގެ ލޯބިވެރިޔާ ޒީނާ ޤުރުބާން ވީ)

      އޭނާ ޚަބީބްދެކެ ވީ ލޯބީގައި ފިދާވީ

      ބައެއް ފަހަރު ލޯބީގައި ޤުރުބާންވެސް ވާންޖެހޭނެ ތިމާ އެންމެ ލޯބިވާ މީހާ އާއި އުމުރަށް ވަކިވާންވެސް ޖެހިދާނެ
      އެ މީހަކާ އިނުމުގެ ނަސީބުވެސް ނުލިބިދާނެ

      🥰🫶 !ޝުކުރިއްޔާ

Comments are closed.

Next Episodeއާއެކޭ ލޯބިވޭ އަސާރަވަނަބައި ( ލިނީ ބައްޕަގެ ވަކިވުމަށް ހަފްތާއެއް ފާއިތުވުން)←


All Right Reserved!