އާއެކޭ ލޯބިވޭ ސޯޅަވަނަބައި ( ބައްޕަގެ ކުއްލި ވަކިވުމުން ކުރުވި އަސަރު)
ބާސިލަކީ ލީނިޔާގެ އަލަތު ލޯތްބެވެ. މިދުނިޔެއިން އެންމެ ލޯބިވި ފަރާތެވެ. އެކަމަކު އެގުޅުން ބޮޑުތަނުން މިވަނީ މިހާރު ހުއްޓިފައެވެ. އެއްވެސް ހާލެއްގައި މީ ލިނީ ވާން ބޭނުންވި ގޮތެއް ނޫނެވެ. ވާން އެދުނުގޮތެއްވެސް ނޫނެވެ. މީހެއްގެ އެހީއަށް އޯގާތެރި ބަސްތަކަށް ބޭނުންވި ދުވަހު އުޅުނީ ހަތަރުކަޅިވެސް ހަމަނުކުރާށެވެ. ބެލީ އަހަރެން ހުންނަށް ތާކުވެސް ނުހުރެވޭތޯއެވެ.
އެހީވެދީ ހިތްވަރު ދިނީ މިލީހަމްއެވެ. ވަރަށް ބޮޑު ނިންމުމެއް ނިންމައިފީމެވެ. މިލީހަމްގެ އަމަލުތަކުން ބާސިލްދެކެ ލޯބިވާވަރު ހާމަވެއެވެ. މިވީހާ ދުވަހުވެސް މިއުޅެވުނީ މަތިންބައިން ޖެހިގެންކަހަލައެވެ. އެއްފަރާތުންވާ ލޮތްބެއްގައި ކުރިފަޅާނީ ކިހިނެއް ހެއްޔެވެ؟ ދެން ހަމަ ލީނިޔާ ބާސިލްއާއި އުމުރަށް ވަކިވާނީ ހެއްޔެވެ؟ ނޫނީ މިލީހަމްއަށް ހިބަކޮށް އަރުވާނީ ހެއްޔެވެ؟
********************************
********************************
“އައްޑޫއަށް ދިޔަ ދަތުރަށް ވުރެ މާލެއަށް އަނބުރާ އައި ދަތުރު ކުރުހެން ހީވިއެވެ.”
ބެލެވޭ ގޮތުގައި އެންމެން ތިބީ ވަރުބަލިވެފައެވެ. ނުވަތަ އެމީހުންގެ މެދުގައި އޮތް ހިމޭންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަން އެއްވެސް މީހަކު ބޭނުން ނުވެފައެވެ.
ހުބާބު އޭނާގެ ބޯ ކިޑްކީގައި ޖައްސާލައިގެން އިނީ ކަންފަތުގައި ‘ހެޑްސެޓް’ ޖަހައިގެންނެވެ. މީލީހަމް އޭނާގެ ފޯނު ބަލަމުން ދިޔައެވެ. އޭރު ދެލޮލަށް ފޯރާވަރު ނޫން ހިނިތުންވުމެއް ވަނީ ފޮރުވާލާފައެވެ. މިލީ އަނެއްކާވެސް ބާސިލްގެ މެސެޖަށް ޖަވާބުލިޔެލިއެވެ. ލީނިޔާއަށް ފާހަގަވިއެވެ. އޭނާއަށް އަބަދުވެސް ފާހަގަވެއެވެ. އަދި އޭނާގެ ހިތުގެ އެންމެ އެތެރެއަށް މަޑުމަޑުން އެއްޗެއް ފިނިވެގެން ދިޔައެވެ. ބާސިލް މިދުނިޔެއިން އޭނާއަށް ވައުދުވި ޒުވާނާ، މިހާރު އަނެއް މީހަކަށް ހީލަނީއެވެ. ކަރުނަތައް ފޮރިގެން އައުމުގެ ކުރިން ލިނީ އެހެން ފަރާތަކަށް ބަލާލިއެވެ.
ނަރޫންގެ އެއްފަރާތުގައި، ސާއިލް އާއި ޝިރުހާ، ‘ޗިޕްސް ޕެކެޓެއް’ ހިއްސާކުރަމުން ދިޔައެވެ. އެކަކު އަނެކަކުގެ އަތުގައި ބީހިލާ ގޮތަށް މަޑުމަޑުން ހީނހީނ ތިއްބެވެ. އެމީހުންގެ އުފާވެރިކަން، މަތިންދާބޯޓުގެ ފަނޑު އަލިކަމުގެ ތެރޭގައިވެސް، އުނދަގޫ ނެތި ވިދާލާހެން ހީވިއެވެ.
ލީނިޔާ އޭނާގެ މޫނު ކިޑްކީއާ ދިމާލަށް އަނބުރާލިއެވެ. ވިލާތައް މަޑުމަޑުން ހުވަފެންތަކެއް ފަދައިން ދަތުރުކުރާ މަންޒަރު ބަލަން އިނދެއެވެ. ތިރީގައިވާ، ރަށްތައް ފެނުނީ ކުޑަކޮށެވެ. އެހާ ގިނަ ހަނދާންތަކެއް ބެހެއްޓުމަށް ނުކުޅެދޭހާ ކުޑަކޮށެވެ.
މާލެއަށް ބޯޓު ޖެއްސިއިރު، ވައި ބަރުވެ ހޫނުވިއެވެ. އެންމެން އަވަހަށް ވަކިވެގެން ދިޔައީއެވެ. ޝައިލް އާއި ޝިރުހާ އެމީހުންގެ މާމުއި ހަނދުގެ އުފާވެރިކަމަށް ދިޔައީއެވެ. މީލީ ދުވެފައި ދިޔައީ ބާސިލްއާ އެކުއެވެ. އެދެއަތް ވަނީ ގުޅިލާމެހިފައެވެ. ހުބާބު އޭނާގެ ދައްތަ ހޯދަން ދިޔައެވެ. އަދި ލީނިޔާ؟ އޭނާ ހިނގާފައި ދިޔައީ އެކުވެރިއަކު ނެތި އެކުވެރިކަން ދެމިހުރިހެން ހީވުމުންނެވެ.
މާލޭ ސިޓީގެ މަގުތަކުގެ އަލިކަން ގަދައެވެ. ނަމަވެސް އެ އަލިކަން ލިނީގެ ހިތާ ހަމައަށް ފޯރާފައެއް ނުވެއެވެ. އޭނާ ފޯނު ގާތުގައި ބާއްވައިގެން، ހޮސްޕިޓަލުން ޚަބަރަކަށް އިންތިޒާރުކުރަމުންދިޔައެވެ. – އެހެން އުއްމީދުކުރަން ހުއްޓެވެ. އެހިނދު ފޯނު ރިންގުވިއެވެ. މަންމަ ޒުހުރުގެ މެސެޖެކެވެ.
“ލީނިޔާ، އަވަހަށް އާދޭ. ލިނީ މެސެޖުކިޔާލިއެވެ. އެއީ ބައްޕައާ ބެހޭ ގޮތުންނެވެ.
ލީނިޔާގެ ނޭވާ ހާސްވިއެވެ. އޭނާގެ ވަށައިގެންވާ ދުނިޔެ ނުފެންނަ ވަރަށް ބަދަލުވިއެވެ. ކާރުތަކާއި، ބަރު އަޑުތަކުންނެވެ. އޭނާއަށް އިވެމުން ދިޔައީ ހަމައެކަނި އޭނާގެ އަވަސްވެފައިވާ ހިތުގެ ތެޅުމެވެ. ތުރުތުރުއަޅާ އަޑެވެ. އޭނާއަށް ދުވެން ފެށުނެވެ. މަގުތަކުގެ ތެރެއިންނެވެ. ކުރިން އޭނާ އާއި ބާސިލް ހީނލީ ކެފޭ ކައިރިންނެވެ. ކްލާސް ނިމިގެން އޭނާގެ ބައްޕަ އިންތިޒާރުކުރާ ބަސް ސްޓޮޕް ކައިރިންނެވެ.
ލީނިޔާ ހޮސްޕިޓަލްގެ ދޮރާއްޓަށް ފޯރިއިރު، އުޑު ހުޅުވިފައި ވިއެވެ. ވާރޭ ވެހެމުން ދިޔައީ ހަމަ ހިތާމަ ފަދައިންނެވެ. އޭނާ ހުއްޓައެއް ނުލިއެވެ. އޭނާގެ މަންމަގެ މޫނު ފަނޑުވެފައިވިއެވެ. ތުރުތުރު އަޅަނީއެވެ. ކަރުނައިން ތެމިފައި ހުރި މަންޒަރު ފެނުމާ ހަމައަށް ޒުހްރު އޭނާއަށް ބަލާލިއެވެ. އަދި އެ ހިނދުކޮޅުގައި، އެއްވެސް ބަހެއް ބުނުމުގެ ކުރިން ލީނިޔާއަށް ހަޤީޤަތް އެނގުނެވެ.
އޭނާގެ ދެކަކޫ ނުދެމި، އަތްތައް ތުރުތުރު އެޅިއެވެ. ވާރޭގެ އަޑު އޭނާގެ ހިތް ބިނދިގެން ދިޔަ އަޑާ އެއްވެގެން ދިޔައެވެ. ވާރޭ ގަދަވަމުން ދިޔައިރު، ސުވާލެއް އޭނާގެ ހިތުގައި ގުގުމާލިއެވެ. “އަހަންނަށް ލޯބިވީ ކަމުގެ އިޙްސާސް ކޮށްދިން ހަމައެކަނި މީހާ ނެތިއްޖެނަމަ… އަހަރެން ދެން ކުރިއަށްދާނީ ކިހިނެއް ހެއްޔެވެ؟”
*
ލީނިޔާގެ ދެކަކޫ ބިމުގައި ޖެހުނު ހިނދެވެ. ވާރޭގެ އަޑު މުޅި ދުނިޔެއަށް ވެރިވެގަތެވެ. ހަސްފަތާލުގެ ދޮރާއްޓާ ދިމާލުންނެވެ. ވާރޭތެރޭގައި ވެސް ފަނޑުކޮށް ފެންނަމުން ދިޔައީ އޭނާގެ ހިތް ބެނދިގެން ދިޔަ މަންޒަރެވެ. އޭނާގެ މަންމަ، ޒުހުރް، އޭނާގެ ކައިރިއަށް ކުޑައެއް ހިފައިގެން އައެވެ. ނަމަވެސް އެ ކުޑައިން ވާރޭ ކިޔެއްތައް، ހިތުގެ ވޭނެއް ވެސް ހިޔާ ނުކޮށްދިނެވެ.
ލީނިޔާގެ މަންމަ އޭނާގެ ބޮލުގައި މަޑުމަޑުން ފިރުމާލަމުން ދިވެހި ބަހުން ވާހަކަ ދައްކަން ފެށިއެވެ. “މަޑުޖައްސާލާ. ލީނިޔާ، ދަރިފުޅާ. ބައްޕަ… ވަރަށް މަސައްކަތްކުރި ޑޮކުޓަރުން. ހިތްވަރު އެހާ ގަދަ ބައްޕަ.”
މަންމަގެ ޖުމްލަތައް މަޑު ނަމަވެސް އެއިން ފާޅުކޮށްދިނީ އެނގިފައިވާ ހަޤީޤަތެވެ. ބައްޕަ ނެތިއްޖެއެވެ.
ކަރުނައަކާ ނުލާ ލީނިޔާ ތެދުވެ، އޭނާގެ މަންމަގެ ގައިގައި ބާރަށް ބައްދާލިއެވެ. ” ލީނިޔާ: މިހާރު ބައްޕަ ކޮބައިތޯ؟” އޭނާގެ އަޑު ހީވީ ރޯނެ ވާހަކައެއްގެ ގޮތަށެވެ.
ޒުހުރް އޭނާގެ ކޮނޑުގައި ބީހިލިއެވެ. ” ޒުހުރް: އެތެރޭގައި ވީ. ލީނިޔާ ދަރިފުޅު އަވަސްކޮށްލާ.” އެއީ އެންމެ ފަހުގެ ފުރުސަތެވެ.
ލީނިޔާގެ ފައިތައް ހީވީ ހުސްވެފައިވާހެންނެވެ. އޭނާ އެތެރެއަށް ދިޔައީ ހަސްފަތާލުގެ ދާލަމްތަކުގައި އޭނާގެ ކުޑަ ވަނާ އަޑު ހިމޭންކަމުގެ ތެރޭގައި ގުގުމާލަމުންނެވެ. އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. “މިހާރު ބައްޕަ މަރުވެގެން ދިޔައިރު، އޭނާއަށް އަހަރެން ދެކޭނެ ގޮތެއް ވެދާނެބާ!”
ޑޮކްޓަރުގެ ހުއްދަ ލިބުމުން ލީނިޔާ އެކޮޓަރިއަށް ވަނެވެ. އާދައިގެ ހަސްފަތާލް ކޮޓަރިއެކެވެ. ހުދު ފޮތިގަނޑުތަކެވެ. އަޑުނުކުރާ މެޝިންތަކުން މުޅިތަނަށް ވެރިވެފައިވާ އައިސް އަޑުތަކެވެ.
އޭނާގެ ބައްޕަ، އަޒީލް، އެނދުގައި އޮތީ ހަމަޖެހިފައެވެ. އޭނާގެ މޫނުމަތިން އެއްވެސް ވޭނެއް ނުފެނުނެވެ. އެއީ ލީނިޔާއަށް އެނގޭ ހިތްހެޔޮ، އަބަދުވެސް ހީލާ މޫނެވެ. އޭނާގެ މޭމަތީގައި އޮތް ބައްޕަގެ އެ ގަދަފަދަ އަތް މަތީގައި ލީނިޔާ އޭނާގެ އަތް ބާއްވާލިއެވެ.
ލީނިޔާއަށް ވާހަކައެއް ނުދެއްކުނެވެ. އޭނާ ބޭނުންވީ އޭނާއަށް ކުޑައިރުއްސުރެ ލޯބި ދިނުމަށް ޝުކުރު އަދާކުރާށެވެ. އެމީހުންގެ ހިތާމަވެރި ގޭތެރޭގައި އޭނާއަށް ރައްކާތެރިކަން ދިނުމުން ޝުކުރު އަދާކުރާށެވެ. ނަމަވެސް އެންމެ ބޮޑަށް އޭނާ ބޭނުންވީ އެ ސިއްރު ބުނާށެވެ. އޭނާ ހުމާމާ ބެހޭ ގޮތުން ފޮރުވާފައިވާ އެ ވޭނެވެ. އެ ވޭނުން އޭނާ ދުވަސްކޮޅެއް ވަންދެން މަރުވެފައި ހުރި ވާހަކައެވެ.
ލީނިޔާ ބައްޕަ އަޒީލްގެ އަތުގައި ބާރަށް ހިފާލަމުން ސިއްރުސިއްރުން ބުންޏެވެ: “ބައްޕާ، މަގޭ ހިތުގައި ވަރަށް ބޮޑު ސިއްރެއް ވެއެވެ… ވަރަށް ބޮޑު ކަމެއް ދިމާވެފައި ވޭ.”
އެހިނދު، ބައްޕަގެ އިނގިލިތަކުން އަވަސް ހަރަކާތެއް ކޮށްލިއެވެ. ކުޑަކޮށް ނަމަވެސް ލީނިޔާގެ އަތުގައި ބީހިލާ ގޮތަށެވެ.
ލީނިޔާގެ ނޭވާ ހާސްކޮށްލިއެވެ. “ބައްޕާ؟”
އޭނާގެ މޫނުމަތީގައި މަޑު ހިނިތުންވުމެއް އެޅިއެވެ. އޭނާ ލީނިޔާއަށް އެނގޭ ގޮތަށެވެ. އެއްވެސް ބަހަކާ ނުލާ އެނގޭ ގޮތަށެވެ. ދެން، އެ ހަރަކާތްތައް މަޑުވިއެވެ. ހިނިތުންވުން ގެއްލިއްޖެއެވެ. ލީނިޔާއަށް އެނގުނެވެ. އެއީ ބައްޕަގެ ފަހު ޖަވާބެވެ.
ލީނިޔާ ކޮޓަރިން ނުކުތީ ބޭރުގައިވާ ވާރޭތަކަށް ވުރެ ބޮޑު ހުސްކަމެއް އޭނާގެ ތެރޭގައިވާ ކަމުގެ އިޙްސާސާއެކުގައެވެ. އޭނާގެ މަންމަ ވަގުތުން އޭނާގެ ގާތަށް އައެވެ.
އެ ހިނދު، އެތަނަށް ވަދެގެން އައީ ސާއިލެއެވެ. އޭނާގެ ހެދުން ތެމިފައި، އޭނާގެ މޫނުމަތިން ފެނުނީ ވަރަށް ގަދަ ޙައިރާންކަމެވެ. އޭނާ ގޭގައި ކުރަން އުޅުނު ކަންތައް ނިންމާފައި އައީއެވެ.
“ކީއްވެ މިއުޅެނީ، ސާފުކޮށް ބުނެބަލަ؟” ސާއިލް ޒުހުރައްތައް އާ ދިމާލަށް ބަލާލަމުން ބުންޏެވެ.
ޒުހުރައްތައް ރޮމުން އަހަންނާއި ވާހަކަ ދެއްކިއެވެ. ލިނީގެ ބައްޕަ ނިޔާވީއެވެ.
އެއަޑު އަހާފައި ސާއިލް ހުއްޓުނީ ލީނިޔާގެ ކައިރީގައެވެ. އޭނާ ލީނިޔާގެ ދެލޮލަށް ބަލާލިއެވެ. އަދި ވާރޭގައި ތެމިފައިވާ ލީނިޔާގެ މޫނުމަތީގައިވާ ބިރުވެރިކަން އޭނާއަށް ފެނުނެވެ.
އޭނާ އެނގިގެންދިޔައީ ކޮންމެވެސް ކަމެއް ވެގެން ދިޔަކަމެވެ. އެއީ ހަމައެކަނި ބައްޕަ ނެތިގެން ދިޔުމުގެ ވޭނެއް ނޫނެވެ. މާ ބޮޑު ސިއްރެކެވެ.
ހުބާބު މަޑުމަޑުން ބުންޏެވެ: “ލިނީ އަހަންނަށް ނުބުނާ ސިއްރެއް އެބަ އޮތް. އެއީ ކީއްވެ ހުމާމް ހައްޔަރުވީ ސިއްރާ ގުޅިފައިވާ އެއްޗެއްހެއްޔެވެ؟”
ލީނިޔާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. އޭނާއަށް ނޭވާ ނުލެވުނެވެ. އޭނާއަށް ކިހިނެއް އެނގުނީ؟ * ލީނިޔާގެ އެންމެ ބޮޑު ސިއްރު މިހާރު ސާއިލަށް ވަނީ ހިސާބަކަށް އެނގިފައެވެ. ކުރިއަށް އޮތް ތަނުގައި، ލީނިޔާ ސާއިލަށް ފުރިހަމަ ހަޤީޤަތް ބުނެދޭނެއެވެ. ބައްޕަގެ މަރަށް ފަހު އޭނާއަށް އެހީތެރިވާނީވެސް ކާކު ހެއްޔެވެ؟
” ސައިލް: ކުރިއަށް އޮތްތައި ބޭބެއެއްގެ ހިމާޔަތާއި ރައްކާތެރިކަންވެސް ދޭނަން. ތި ސިއްރު ބުނޭ ލިނީ އާދޭސްކުރަން.”
ސާއިލްގެ ސުވާލަށް ލީނިޔާގެ ހިތް ތެޅިގަތެވެ. ހަސްފަތާލްގެ ދާލަމްތަކުގައިވާ ފަނޑު އަލިކަމުގެ ތެރޭގައި ވެސް އޭނާގެ މޫނުމަތިން ލޭ ވަކިވެގެން ދިޔަ ކަހަލައެވެ. އޭނާގެ މަންމަ ޒުހުރްގެ ސަމާލުކަން އެމީހުންގެ ދެމެދަށް އެނބުރި އައެވެ.
މަންމަ ޒުހުރް، ބާރު އަޑަކުން ބުންޏެވެ: ” ޒުހުރް: ސާއިލް! ތިހާ ކަންތައް ގޯސްވެފައިވާ ވަގުތެއްގައި ކީއްތިކުރަނީ؟ ޝައިނާގެ މައްސަލަ މިހާރަކު ނޫނެއްނު.”
ލީނިޔާގެ މަންމައަށް ބަލާލުމަށްފަހު އަނބުރާ ސާއިލާއި ދިމާލަށް ބަލާލިއެވެ. އޭނާގެ ދެލޮލުގައި ހުރީ ސުވާލުކުރުމެއް ނޫނެވެ. އިޙްސާސްތައް އެނގިގެންދިޔުމުގެ ބައްދަލުވުމެކެވެ. ” ސާއިލް: މިއީ ހަމައެކަނި ޝައިނާގެ މައްސަލައެއް ނޫން. މީގެ ތެރޭގައި ލީނިޔާ ވެސް ވޭ. އޭނާ ހުމާމް ހައްޔަރުވުމަށްފަހު އެއްވެސް ވާހަކައެއް ދައްކާފައެއް ނުވޭ ލީނިޔާ، ލިނީ އަހަންނަށް ނުބުނާ ސިއްރެއް ވޭ.”
ލީނިޔާ އޭނާގެ މަންމަގެ ގާތުން އެކަހެރިވިއެވެ. ބިންމަތީގައި ޖައްސާލިއެވެ. އޭނާގެ ދެލޯ ތެމިފައި ވިއެވެ. އޭނާއަށް އެނގުނެވެ. ބައްޕަ މަރުވުމާއެކު މި ބަރުކަން އޭނާއަށް އިތުރަށް އުފުލި ނުދެވޭނެއެވެ.
އެ ދެމީހުންނަށް ދުރުވާން ސާއިލް ލީނިޔާގެ އަތުގައި މަޑުމަޑުން ހިފާލަމުން ދޮރާއްޓާ ދިމާލަށް ހިނގައިގަތެވެ.
ބޭރުގައި ވާރޭ މަޑުވެފައި ވިއެވެ. ސާއިލް ލީނިޔާއާއެކު ގިނަ ވަގުތެއް ވަންދެން ހޮސްޕިޓަލްގެ ވައިގެ ތެރޭގައި ހިނގާލިއެވެ.
ލީނިޔާ މަޑުމަޑުން ވާހަކަ ދައްކަން ފެށިއެވެ. އޭނާގެ އަޑު ރޮވުމުގެ ސަބަބުން ތުރުތުރު އަޅަމުން ދިޔައެވެ. “ބައްޕަ އަޅުގަނޑުދެކެ ވަރަށް ލޯބިވި. އަހަންނަށް ރައްކާތެރިކަންދިން… އުފަން ބައްޕަ ނޫނަސް ހިމާޔަތްދިން. ހުމާމް އޭނާ އަހަންނަށް ވޭން ދިނީ… އެއީ ކައިވެނީގެ ކުރިންރޭ. ބޮޑު ކަންތައްތަކެއްވި. އަހަންނަށް އެނގުނީ އޭނާ “ޑްރަގްސް” ވިއްކާ މީހެއްކަން. އެކަން އަހަރެން ހުމާމްގެ ގާތު ބުނުމުން، އޭނާ އަހަރެންގެ… ގައިގާ އަތްލީ. ބާރު ދެއްކީ. އޭރުވެސް މަސްތުވެފައި ހުރީ”
ލީނިޔާގެ ކަރުނަތައް އެނބުރި އަންނަން ފެށިއެވެ.
“އަހަރެން އެކަން ހަމަ ފޮރުވާލީ. ބައްޕަ ނޫނީ އެއްވެސް މީހަކަށް އެނގެން އަހަރެން ބޭނުން ނުވީ. އަހަރެން ހީކުރީ ބައްޕަ މަރުވެގެން ދިޔުމުގެ ކުރިން އެކަން ބައްޕައަށް ބުނެދެވޭނެކަމަށް. އެންމެ ފަހުގެ ހިނދުކޮޅުގައި ވެސް ބައްޕަ އަހަންނަށް އެނގޭނެކަމުގެ އިޝާރާތެއް ދިން. ބައްޕަ ވަކިވެގެން ދިޔައީ.”
ސާއިލް ހުއްޓި، ލީނިޔާގެ ދެ ކޮނޑުގައި ބާރަށް ހިފާލިއެވެ. އޭނާގެ މޫނުމަތީގައި ހިތާމަޔާއި ރުޅިވެރިކަން އެކުލެވިފައި ވިއެވެ. ހުމާމާ ދެކޮޅަށް ރުޅިވެރިކަމެވެ. “ތިބާގެ އަތް ތެރޭގައި އެކަނި ނޫނެވެ. މީލޭހަމް އާއެކުވެސް ހަމަޖެހުމެއް ގެނެސްދީފައެއް ނުވެއެވެ. އޭނާ ހަމައެކަނި ބޭނުންވީ އޭނާގެ ވިޔަފާރި ކުރިއަށް ގެންދާށެވެ.” * ސާއިލް އޭނާގެ އަތް ދޫކޮށްލާފައި ލީނިޔާގެ ކައިރީގައި ހުރެ، އުޑާ ދިމާލަށް ބަލާލިއެވެ. ” ލީނިޔާ: އަޒީލް… އަހަރެންގެ ބައްޕައެއްގެ ގޮތުގައި ދެކުން މީހާ. ނަމަވެސް އޭނާއަކީ އަހަރެންގެ ދޮންބައްޕަ. އޭނާ އަބަދުވެސް އަހަންނަށް ހަމަޖެހުން ދިން.”
އޭނާ އަނބުރާ ލީނިޔާގެ ދިމާލަށް ބަލާލިއެވެ.
” ސާއިލް: ލިނީގެ ބައްޕަ ލިނީއަށް އިންތިހާ ލޯބި ދިން. އަހަރެން ހުމާމްއަށް ވާނެ ގޮތެއް ހަމަޖައްސާނަށް. އޭނާ އެކަމުން ރެކިގެން ދާން އަހަރެން ފުރުސަތެއް ނުދޭނަން. އަހަރެން މިހާރު ލިނީއާ އެކު ވާނަން.”
” ލީނިޔާ: ދެން ޝިރޫ އޯ؟” ކެތްނުވެގެން ލިނީއަށް ބުނެވުނެވެ.
“ސާއިލް: ހާސްނުވޭ ތިކަމާ” ސާއިލް ބުނެލިއެވެ.
މިހާރު ބައްޕަ ނެތް ނަމަވެސް، ލީނިޔާއަށް ސާއިލްގެ “ސަޕޯޓް” ލިބިފައިވެއެވެ. މިކަމުގެ ސަބަބުން ހުމާމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ލީނިޔާއަށް ބާރު ލިބޭނެއެވެ. ކަންތައް ބަދަލުވެގެން ދާނީ ދެން ކިހިނެއްބާއެވެ؟ މިކަމުން ސާއިލް އާއި ޝިރުހާގެ ގުޅުމަށް ބުރޫއަރާފާނެބާއެވެ؟
ނުނިމޭ
( ކިޔުންތެރިންގެ ސަމާލުކަމަށް)
ވޭތުވެދިޔަބައިގައި ސާއިލްގެ ނަން ދެތިން ފަހަރު ޝައިލް މިހެން ލިޔެވިފައި އިނީތީ ނިހާޔަތަށް މާފަށްއެދެމެވެ.
🥰🫶🥀😊❤️
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






omg i didn’t expect milee to backstab linee like that shes holding hands with baasil after comforting linee huriha kameh v iru where did she get this audacity mily wasn’t as nice and pure as i thought
Hi dear Anonymous 😘
Yes milee vrh bad dhw ehn kanthr kureema Dhn linee ah dhimaavi goeh dhw vrh dhera 🥲
Vaahaka midhanee vrh hurt touching kon 😭
(Vaahaka ga madhu madhu mistake hureethii nihaayatha maafah edhen 🫶🥰 )
Vaahakage aan baeh IA miyadhu kiyaalan libeyne
😊❤️