ނަފްރަތު(7)
ދުވެފައި އައިގޮތަށް ޒަޔާން ކަރުގައި އަތް އަޅުވައިލުމުން ހަނާ ބޮލުގައި ޒަޔާން މަޑުމަޑުން ޖަހާލިއެވެ. ހަނދާނެ ނޭގުމުން މަޑުމަޑުން ޒަޔާންމެން ފަހަތުން ދިޔުމަށް ރައިޝާ ހިނގައިގަތެވެ. މާޔޫސްވެފައި ހުރެ ފޯނުނަގައި ޒާރާއަށް ގުޅާލަމުން މޫދާއި ދިމާލަށް ހިނގައިގަތެވެ. “ސާބަހޭ!! ތި ހަމަޖެހިބަލަ އެމީހުންނާ އެއްވަރުކޮށްބަލަ. ފޮޅުވާ މަލެއް އެނގިދާނެއްނު” ޒާރާ އަށް ހެވުނެވެ.”ޒާ ވެސް ނުވާނެ ހެލްޕެއް…އަރާ ޒަޔާން ކޮޅަށް..ވަރިހަމަ އަހަންނަށް” ހިތްހަމަ ނުޖެހިފައި ހުރެ ފޯނު ކަޑާލަމުން ކައިރީގައި ހުރި ކެފޭއަށް ވަދެ ކޮފީ އަކަށް އޯޑަރު ދިނެވެ.
ސައިން އިން ވުމަށްފަހު ކެބިންއަށް ވަދެ ރައިޝާ ހަމަޖެހިލިއެވެ.”ކަމް އިން” ރައިޝާ ބުނެލިއެވެ. ‘މޭމް!! މިހުރީ ފައިލްސްތައް. ވެލްވެޓް ސްޓަރސް އެބައިން މިރޭ 15 20 މީޓިން އަށް ކިޔާފަ” ރައިޝާ ގެ އެސިސްޓެންޓް ބުނެލިއެވެ.” އޯކޭ!! ވިލް ޑަބަލް ޔުއަރ ސެލެރީ..ރައިއަށް ހުރިހާ ކަމެއް ތައްޔާރު ކޮށްލަދެވިދާނެތަ؟”މަޢުސޫމު ގޮތަކަށް ރައިޝާ ބުނެލިއެވެ. 18 ވުމަށްފަހު ރިޔާޒް ކޮމްޕެނީއާއި ރައިޝާ ހަވާލުވީ ކުޑައިރުއްސުރެ ވެސް ރައިޝ އެންމެ ބޭނުންވި ކަމަކީ އެއީ ކަމަށްވާތީއެވެ. ހަގު އުމުރެއްގައި ބޮޑު ކޮމްޕެނީއެއްގެ ސީއީއޯ އަށް ވެވުމުން އުފާވި ނަމަވެސް އެއްވެސް އިރެއްގައި އެކަމާ ކިބުރުވެރިވެ ނަހަދައެވެ. އެކުގައި މަސައްކަތްކުރާ ކޮންމެ މީހަކާވެސް ރައިޝާ ބައްދަލު ކުރަނީ ހިނިތުންވުމަކާއެކުގައެވެ. ބައެއް މީހުން ދެކޭގޮތުގައި މަސައްކަތު މާހަލުގުގައި ސަމާސާކުރުމަކި މަސައްކަތަށް ބުރުއަރާކަމެކެވެ.އެހެން ނަމަވެސް ރައިޝާ މުވައްޒަފުންނާ މެދު އެކަހަލަ ހަރުކަށި އުސޫލުތަކެއް ނުގެންގުޅެއެވެ.”މޭމް!! މިއަކީ އަޅުގަނޑުގެ މަސައްކަތް..މުސާރަ ބޮޑު ނުކޮށްދިނަސް އެ މަސައްކަތް ނިންމާލާނަން” މައިރާ ބުނެލިއެވެ.”އެއްކަލަ މައިދޯ މީ. ހެހެހެ.އޯކޭ މުސާރަ ބޮޑެއް ނުކުރާނަން. އެކަމު ދާންވާނެ ފަހުން ރައި އާއެއްކޮށް ކާން.ރައި ބޭނުން ބައެއްކަންކަން މައި ކައިރިން އޮޅުން ފިލުވާލަން.”ފައިލަތަކަށް ބަލަން ހުރެ ބުނެލިއެވެ.”އިފް އިޓްސް އެބައުޓް ލަވް.. މުލި އުމުރު ދުވަސްވެސް ހޭދަވެދާނެ އެނގޭ..” ކެބިން އިން ނުކުންނަމުން ލާނެއް ރާގަކަށް މައިރާ ބުނެލުމުން ދެމީހުނަށްވެސް ހެވުނެވެ..
“ރައި ބުނި ބަދަލުވާން ވިސްނާކަމަށް. ﷲ އަށް ޙަމްދުކުރަން ރައިއަށް އެވިސްނުން ދެއްވީތީ” ރައިހާންގެ އިސްތަށިގަނޑުގައި އަތް ހިންގަމުން ޒާރާ ބުނެލިއެވެ.”މަވެސް އުފާވެއްޖެ ވަރަށް ބޮޑަށް. ދެން ހިނގާބަލަ..”ސީދާ ޒާރާ ލޮލަށް ބަލަންހުރެ ރައިހާން ބުނެލި ޖުމްލައިން ޒާރާ މޫނު ރަތް ވެގެން ދިޔައެވެ.” އަދި…ނެތެއްނު ނުވެފައެއް” ކަށީގައި ނެތް ހިތްވަރު ނެރެމުން ޒާރާ ބުނެލިއެވެ.”އޭގެ މާނައަކީ އެއްދުވަހަކުން ވާނެއޭ ދޯ؟ މައި ލަވް” ޒާރާ އިތުރަށް ލަދުގަށްނުވާލުމަށް ރައިހާން ބުނެލިއެވެ.”ރައިހާނޫ” ދެއަތުން ރައިހާން އިސްތަށިގަނޑަށް ޒާރާ ދަމައިގަތެވެ..އެވަގުތު ވަދެގެން އައި ޒައިހާން އަށް މަންޒަރު ފެނުމުން ބޯހޫރުވާލަމުން ކާގެއަށް ވަދެގެން ދިޔައެވެ.”ޒައި! ޑޭޑް ސުވާލެއް ކުރަންތަ؟” ޒައިހާން ބޮލުގައި ރައިހާން ފިރުމާލިއެވެ.ރައިހާން އަށް އާއެކޭ ބުނުމުގެ ގޮތުން ޒައިހާން ބޯ ޖަހާލިއެވެ.”ޒައި ބޭނުންތަ ވަރަށް ލޯބި ލޯބި-“ޒާރާ އަވަސް އަވަހަށް ބަނަހެއް ރައިހާން އަނގަޔަށް ލެއްވިއެވެ.”މަންމީ.. ޑޭޑް ވާހަކަ ދައްކަން ފުރުސަތެއް ދީބަ” ރައިހާން އަހަން އުޅޭ އެއްޗެއް އެގޭހިތް ވެފައި ހުރެ ބުނެލިއެވެ.”ޑޭޑް ކުރާ ބޭކާރު ސުވާލު އަޑު އަހާނެ ކަމެއް ނެތް”ރައިހާން އާއި ދިމާލަށް ޒާރާ ކަޅި އަޅާލިއެވެ.”ހުހް..ޑޭދް ކުރާ ސުވާލެއް ވެއްޖެއްޔާ ބޭކާރު ސުވާލެއް. ބަޓް މަންމި ކުރާ ސުވާލެއް ވެއްޖެއްޔާ ދެއަރ އިސް ނަތިންގް އިމްޕޯޓަންޓް ތިންގް އެއަށްވުރެ”މަޑުމަޑުން ޒައިހާން ބުނި ކަމުގައި ވިޔަސް ރައިހާން އާއި ޒާރާއަށް ކިތަންމެ ރީތިކޮށްވެސް އެއަޑު އިވުނެވެ.ހިނިއައުމުން އަވަސްއަވަހަށް ފެންތަށި ނަގާ އެއްނޭވާއިން ރައިހާން ހުސްކޮށްލިއެވެ.
އިޝާ ނަމާދުކޮށްލައިގެން ރައިޝާ މީޓިން އަށް ދިޔުމަށް ތައްޔާރުވިއެވެ.ކަޅު ލެގިންސް އަކާއި ކަނޑު ނޫކުލައިގެ އަތްދިގު ހެނދުމުގައި ރައިޝާ ރީތިކަމަށް ދައްކައެވެ.މޫނުގައި އެއްވެސް މޭކަޕެއް ކޮށްފައި ނެތްކަމުގައިވިޔަސް ރައިޝާގެ މޫނު ޖަވާހިރެއްހާ ރީތިކަމަށް ދައްކައެވެ. ޗާޖަށް ޖަހާފައި އޮތް ފޯނު ހިފައިގެން ނުކުމެ ސޯފާގައި ރައިޝާ ޖައްސާލީ ގަޑި ޖެހެން އަދި ކައިރި ނުވާތީއެވެ. “ދޮންތީ” ދުވެފައި އައިސް ރައިޝާ އުނގަށް ޒައިހާން ވަނެވެ.”ކީކޭތަ ދޮންތި ލޯބީ؟” ޒައިހާން ގެ ލޯބި މޫނުގައި ބޮސްދެމުން އަހާލިއެވެ.” ހަނދާންވޭތަ ޔޫ ސެއިޑް ބަލިކޮށް އުޅޭތީ އޭ ޒައިމެން ބަޔަށް ޗޭންޖް ވީ ކޮޒް އެބަލި ހޭންޑްސަމް އަށް ޖެހިދާނެތީ އޭ..އަދިވެސް ދޮންތި ބަލި އޯކޭ ނުވޭތަ؟”ޒައިހާން ސުވާލު ކޮށްލިއެވެ. ޒައިހާން ދުރުހަނދާނެއް އާ ކޮށްލިއެވެ. ވަށައިގެން ހިގަމުންދާ ކަންތައް ޒައިހާން އަށް ފާހަގަކުރެވެއެވެ. ޙާއްސަކޮށް ރައިޝާ ގެ އުޅުން ހުންނަ ގޮތުން ކޮންމެވެސް ކަމެއް ރަނގަޅު ނޫންކަމަށް ޒައިހާން ގެ ކުޑަކުޑަ ހިތް އަބަދުވެސް ބުނެއެވެ. ރައިޝާ ދެރަވެފައި ހުންނަތަން ފެންނަ ކޮންމެ ފަހަރަކު ޒައިހާން ދެރަވެ އެކަމާ ރައިހާންމެން ގާތު ރޮއެ ހަދައެވެ.”ދޮންތި ގެ ބޭބީ…..މިހާރު މަޑުމަޑުން ދޮންތި ފުލީ އޯކޭ ވަމުން މި އަންނަނީ…ބޭބީ ބޭނުމީ ދޮންތި ފޮނުވާލަންތަ؟”ޒައިހާން ލޮލުން ވެއްޑުނު ކަރުނަތިކި ފޮހެލަމުން ރައިޝާ ސަމާސާ ރާގަކަށް އަހާލިއެވެ.” ޒައި އުފާވެއްހެ ދޮންތި އޯކޭކަން އެނގުނީމަ..އެހެންނޫނަސް ޒައި ބޭނުމެއްނޫނެ ދޮންތި ފޮނުވާލަން. އެކަމު މިސްޓަރ ހޭންޑްސަމް ވެސް ދޮންތި ނެތީމަ ދެރަވޭ..ސޯ ދޮންތި ޖެހޭނެއްނުދާން..” ޒައިހާން ގެ މޫނުމަތިން ފެންނަމުން ދިޔައީ މަޢުސޫމު ކަމެވެ.ޒައިހާން ގެ މޫނުގައި ދެއަތުން ހިފާލަމުން އެލޯބި މޫނަށް ރައިޝާ ބޮސްދިނެވެ.”ޔެސް..ދޮންތި އެއްކޮށް ކައިރިވާ ދުވަސް ވަރަށް ކައިރި ވެއްޖެ.ސޫން ދޮންތި ދާނެ.ބަޓް ޒައި އަންނައްޗެ ދޮންތި ކައިރިއަށް. އޯލްމޮސްޓް އެވެރީ ޑޭ. އޯކޭ ޑީލް” ޔެސް އޭ ބުނަމުން ރައިޝާ ގައިގައި ޒައިހާން ބައްދާލިއެވެ. މަންޒަރު ބަލަން ތިބި ޒާރާ އާއި ރައިހާން ގެ މޫނުމަތީގައި ހިނިތުނންވެލިއެވެ. އަމިއްލަ ކޮއްކޮ އާއި މެދު އައި ބަދަލާއިމެދު ރައިހާން އިންތިޙާ އުފާކުރިއެޗެ.” ޒަޔާ ދެކެ ކިތަންމެ ލޮބި ވިޔަސް އޭނަގެ ދުވަހެއް ފުރިހަމަ ނުވާނެ ޒަޔާން އާއި އަރައިރުން ނުވެއެއް. ކުރިން ދުވަހުވެސް އެސޮރާއި ދިމާލަށް ޒޮމްބީ އޯ ކިޔާފަ ގޮވާލީ” ހިނިގަނޑެއް ޖަހަމުން ޒާރާ ބުނެލިއެވެ.
ވެލްވެޓް ސްޓަރސް ގައިގައި ރައިޝާ ކޮޒީ ކޯނަރސް އިންތިޒާރުގައި މާގިނައިރަކު ހުންނާކަށް ނުޖެހުނެވެ.”އައްސަލާމް ޢަލައިކުމް…އަޢިޝަތު ރައިޝާ ރިޔާޒް” ކޮޅަށް ތެދުވެލަމުން ރައިޝާ ސަލާމް ގޮވާލިއެވެ.” ޒެއިން އަހުމަދު” ސަލާމް ކުރަން އަތްދިއްކޮށްލުމުން ރައިޝާ އޭނަގެ އަތުގައި ވި އަގޮނޓި ދައްލާލިއެވެ.”ހެހެހެ މީހެއްގެ އަންބެއް ދޯ” ޒެއިން ހިނިގަނޑެއް ޖަހާލަމުން އިށީނެވެ..ވެއިޓަރު އައުމުން އޯދަރ ދިނުމަށް ރައިޝާ ބުނެލިއެވެ.”އަހަރެންނަށް މީގެ ފުޅިއެއް.”ވޮޑްކާ ފުޅިއެއް ދައްކާލަމުން ޒެއިން ބުނެލިއެވެ. ރައިޝާ ޙައިރާން ވެގެން ދިޔައީ މަޝްހޫރު އިލްމުވެރިއެއްގެ ދަރިއެއް ގެ ފަރާތުން އެފަދަ އަމަލެއް ފެނުމުންނެވެ. އެހެންނަމަވެސް ކުރިއަރައިފައިވާ މި ޒަމާނުގައި މަދު މީހެއްގެ ދަރިއެއް ނޫނީ އެކަހަލަ ކަމެއް ނުކޮށް ނުހުންނާނެކަމީވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.” 2 ފްރެޝް އޮރެންޖް ޖޫސް” މައިރާ އަށް ބަލާލުމުން އެންމެ ރަނގަޅު ކަމަށް ބުނެލިއެވެ.”މިހުރީ ބައެއް މުހިންމު ލިޔެކިޔުންތައް.ވަރަށް އުފާވެއްޖެ އާރްޒެޑް ކަލެކްޝަން އާއި އެއްކޮށް މަސައްކަތް ކުރަނެ ފުރުސަތު ލިބުނީމަ…ރައިޝީ ލިޔުންތައް ކިޔާލާފަ ސޮއި ކޮށްލާ ދުރުދުރުން ބަލާލިން މީގެ ކުރިން އާރްޒެޑް އިން ކޮށަފަ ހުރި މަސައްކަތްތައް. ވަރަށް ރީތި މަސައްކަތްތައް.. އެހެން ޕްރޮޖެކްޓް ތަކާއި އެއްގޮތަށް މިވެސް ކާމިޔާބު ކަމާއިއެކު ރައިޝީ ނިންމާލާނެކަން ޔަގީން”ޒެއިން ގެ ވާހަކަ ހުރިގޮތުން ރައިޝާ ހިތްހަމަނުޖެހުނެވެ.”ވަރަށް ބޮޑަށް މާފަށް އެދެން މިހެން ބުނަން ޖެހުނީމަ. އެކަމަކު ރައި އަށް ރައިޝީ ކިޔަނީ ރައި ގެ ހަޒްބެންޑް އެކަނި. ދެވަނަ ފަހަރަށް މީހަކަށް ނަމަކުން ގޮވާލާއިރު އޭނަގެ ރުހުން އޮތްތޯ ބަލަން ހަނދުމަކޮށްދެން” ނައިރާ އަށްވެސް ޒެއިން ގެ ޢަމަލުތައް ހުންނަ ގޮތުން ފޫހިވިއެވެ.
އޯޑަރު މޭޒުމަތީގައި ބެހެއްޓި ވަގުތު ޒެއިން ގެ އަތުން ޖެހި ޖޫސްތަށި ރައިޝާ ގަޔަށް ވެރުނެވެ.”އަމް ރިއަލީ ސޮރީ”އެއް މިޔަކަނިން ޒެއިން ހިނިތުނެވެލިއެވެ.” އެ އޯކޭވާނެ” ރައިޝާ ތެދުވެގެން ފާހަނަ އަށް އަވަސް އަވަހަށް ދިޔައެވެ.ޒެއިން ގެ އިތުރުން މައިރާ ދެމެދުގައި ވި ހަމަހިމޭންކަން ފޫއަޅުވާލީ ޒެއިން އެވެ.”އެބަ އަށްނަން ބިލް ދައްކާފަ.”ޒެއިން ގެ އެބަހަށް މައިރާ ބޯޖަހާލިއެވެ.”ކޮބާ އޭނަ” ގޮނޑީގައި އިށީނަމުން ރައިޝާ އަހާލިއެވެ.އެވަގުތު ޒެއިން އަނބުތާ އޮރެންޖް ޖޫސްތައްޓެއް ހިފައިގެން އައެވެ.”އަމް ރިއަލީ ސޮރީ..ގަސްތުގައި ކުރިކަމެއް ނޫން. މިއީ މާފަށް އެދުމުގެ ގޮތުން ދޭ އެއްޗެއް..ބިލް އަހަރެން ދައްކާފަ މިޔައީ”އެއް ނޭވާއިން ހުރިހާ އެއްޗެއް ޒެއިން ކިޔާލިއެވެ.”އެއީ އެވަރު ކަމެއް ނޫން…ޝުކުރިއްޔާ”ޖޫސްތައްޓަށް އިޝާރާތް ކޮށްލަމުން ރައިޝާ ބުނެލިއެވެ.އެވަގުތު ފޯނެއް އައުމުން މައިރާ ބޭރަށް ނުކުމެލިއެވެ.
މޭޒުކައިރީގައި ރައިޝާމެން ނެތުމުން މައިރާ ހައިރާން ވެގެންދިޔައެވެ.”އެކްޒްކިއުޒް! ކިތާ ތިބި 2 ކަސްޓަމަރ ކޮބައިތޯ”ކައިންޓަރާއި ކައިރިވެލަމުން މައިރާ އަވަސްވެފައިވާ ހިތަކާއެކު ސުވާލުކޮށްލިއެވެ.”ސޮރީ!! ކަސްޓަމަރުންގެ މައުލޫމާތު ހިއްސާ ކުރުން އެއީ މަނާކަމެއް..”އެ ކުއްޖާ ބުނެލިއެވެ.”އަޅުގަނޑަކީ ރިލޭޓިވް އެއް..ވަރަށް ދުވަސްފަހުން ބައްދަލު ކޮށްލަން މިޔައީ”މައިޜާ ވާހަކައެއް ހަދާލިއެވެ..”އޮހް އޯކޭ.. ރައިޝާ މޭމް ބޮލަށް ތަދެއް އެރުމުން މޭމް ހަޒްބެންޑް ޓުކް މޭމް ރެސްޓް ކުރަން..އެއީ ރޫމް ނަންބަރ 308″ކޮމްޕިއުޓަރ އަށް ބަލާލަމުން އެކުއްޖާ ބުނެލިއެވެ. ހަނދާން ގޮތެއް ނޭގިފައި ހުރެ އަނބުރާ ކުރިން ތިބި މޭޒާއި ދިމާލަށް މައިރާ ގޮސް އިށީދެ ފޯނު ހުޅުވައި ޒާރާ އަށް ގުޅާލިއެވެ.
ބްލޭންކެޓް އިން ރައިޝާގެ ހަށިނގަޑު މައިރާ ފޮރުވާލިއެވެ. އެވަގުތު ދުވެފައި ޒަޔާން އައިސް އެކޮޓަރި އަށް ވަނެވެ.ޒަޔާން ގެ ސުވާލާއެކު މައިރާ ކުރުގޮތަކަށް ކަންތައް ވެދިޔަގޮތް ކިޔައިދިނެވެ.”އަށްނަން ލަސްވާނެތީ މިތާމީހެއްގެ އެހީއާއެކު ވަދުނީ.މާބޮޑު ކަމެއް ނުކުރެއެކަމު މޭން ގެ ހެނދުމުގެ އެއްބައި ވީދާލާފަ އޮތީ. އޭނަ ނުހިފޭއްޓެނީސް ފިލައިފި.މޭމް ގެ ޕާރސަނަލް އެސިސްޓެންޓް ގޮތުގައި ހުރެ މޭމް ރައްކާތެރި ނުކުރެވުނީމަ އަޅުގަނޑި މާފަށް އެދެން” މައިރާ މޫނުމަތީގައި ވީ ހިތާމައިގެ އަސަރެވެ.”ނޫނެ. ވަރަށް ބޮޑު ކަމެއް ތިކޮށްދިނީ..މިހަކު ގޮވައިގެން އައިސްވެސް ރައިޝީ ސަލާމަތް ކުރީ މައިރާއެއްނު ހަމަ.ރަނގަޅު މީހެއް ނޫނީ އެވަރު ކަމެއް ނުކުރާނެ..ވަރަށް ބޮޑަށް ޝުކުރިއްޔާ..އޯކޭ ދިޔަސް ދެން. ރައިޝީ ގޮވައިގެން އަހަރެން ނިދަނީ ގެޔަށް”ޒަޔާން ބުނެލިއެވެ.މައިރާ ބޯ ޖަހާލުމަށްފަހު ދަބަސް ހިފައިގެން ނުުކުތެވެ.
ކާރު ދޮރު ހުޅުވާލުމަށްފަހު އަތްދަނޑި މައްޗަށް ރައިޝާ އުފުއްލާލަމުން ލިފަޓަށް ޒަޔާން ފިއްތާލިއެވެ.”އައި ލަވް ޔޫ..އައި ލަވް ޔޫ އަ ލޮޓް..ޔާން ޕްލީޒް ރައި ދޫނުކުރައްޗެ”ކަންނެތް ގޮތަކަށް ރައިޝާ ބުނެލިއެވެ.”ޒަޔާން ގެ ހިތް އެވަގުތު އުފަލުން ނަށައިގަތެވެ.ދަންވެފައި ހުރުމާއެކު ޒަޔާނ ރައިޝާ ގޮވައިގެން ދިޔައީ ޒަޔާންމެން އެޕާޓްމެންޓަށެވެ. ދޮރު ލައްޕާލުމަށްފަހު ކޮޓަރިއަށްވަދެ އެނދުމަތީގައި ރައިޝާ ބާއްވާލުމަށްފަހު ބްލޭންކެޓް އަޅަން ތެދުވެލި ވަގުތުގައި ޒަޔާން އަތުގައި ރައިޝާ ހިފާލިއެވެ.”ޕްލީޒް..ޑޯންޓް ލީވް މީ އެލޯން” ޒަޔާން އަނގައިން ބަހެއް ބޭރުވުމުގެ ކުރިން ގަމީހުގެ ގިރުވާނުގައި ހިފައި ރައިޝާ ދަމާލިއެވެ.އެ ކުއްލި އަމަލުން ޒަޔާންގެ ހިތަށް ގޮތެއް ވެގެން ދިޔަ ނަމަވެސް އަމިއްލަ ނަފްސު ހަމައަކަށް އަަޅުވާލަމުން ތެދުވިއެވެ.”ރައިޝީ..މިގަޑި ނިދާލާ..މާދަން ވާހަކަ ދައްކާނީ!! ޔޫ އަރ ނޮޓް އިން ޔުއަރ ސެންސް ރައިޓް ނައު” ރައިޝާ ގައިމަތީގައި ބްލޭންކެޓް އަޅައިލަމުން ޒަޔާން ބުނެލިއެވެ.”ޒޮމްބީގަނޑު…އަމް އިން މައި ސެންސް”ރައިޝާ ބްލޭންކެޓް ނަގާ އެއްލާލިއެވެ.”ރައިޝީ!! ބަސްއަހާބަލަ”ޒަޔާން އޭނާގެ އަޑަށް ހަރުކަށިގަން ގެނުވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ރައިޝާ ގެނަ ކުއްލި އަމަލުން ޒަޔާން ހައިރާންވެގެން ދިޔައެވެ.މަޑުމަޑުން ރައިޝާގެ އެ ޢަމަލުގައި ޒަޔާންއަށް ބައިވެރިވެލިއެވެ. ނޭވާ ކުރުވާން ފެށުމުން ރައިޝާ މަޑުމަޑުން ދުރަށް ޖެހެލިއެވެ.”ޔޫ އޯކޭ” ރައިޝާ ގެ މޫނުގައި ޒަޔާން ހިފާލިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ރައިޝާ އެހުރިގޮތަށް ހުރެ ޒަޔާން ގަމީހުގެ ގޮށްތައް ނައްޓާލިއެވެ. ސައިޑް ޓޭބަލް މަތީގައި ދިއްލާފައިހުރި ލައިޓް އަވަސްއަވަހަށް ނިއްވާލިއެވެ. ދުވަސްތަކެއްގެ ފަހުން ކައިވެނީގެ ފުރަތަމަ ރޭގެ ފޮނި މީރުކަން ދެމަފިރިން ޙާސިލްކުރަމުން ދިޔައެވެ.
ކަންނެތް ކަމާއެކު ލޯ ހުޅުވާލުމާއެކު ރައިޝާ ބޮލަށް ތޫނު ތަދެއް އިހުސާސް ކުރެވިގެން ދިޔައެވެ. މަޑުމަޑުން ރޭގަ ހިގާ ދިޔަ ހާދިސާ ހަނދާން ވުމާއެކު ބްލޭންކެޓް އަޅައި މޫނު ފޮރުވާލިއެވެ.”ގުޑް މޯރނިންގ”ރައިޝާގެ އިސްތަށިގަޑުގައި ޒަޔާން ފިރުމާލިއެވެ.”ހްމްމް!! ގުޑް މޯރނިންގ”އއްވެސް ހަރަކާތެއް ނުގެނެސް ރައިޝާ ބުނެލިއެވެ.ރައިޝާ ގެ އެ އަމަލުން ޒަޔާން އަށް ހެވުނު ނަމަވެސް ބޭރުފުށުން އެކަން ހިއްދާލިއެވެ.” މިހާރު އެހެރަ 45 9 އަވަހަށް ރެޑީ ވެގެން އާދޭ ސައިބޯން..ހުންނާނެ ރައިޝީ އަށް އެންމެ ކަމުދާ ބްރޭކްފާސްޓް ހަނދާފަ” ތުވާލިން ބޮލުގައި ހުރި ފެންތައް ހިއްކާލަމުން ޒަޔާން ވާހަކަ ދެއްކިއެވެ. ސިއްރު ސިއްރުން ބްލޭންކެޓަ ހިއްލާލައި ޒަޔާން ދިޔައީތޯ ރައިޝާ ބަލާލިއެވެ. ހަމައެކަނި ކަޅު ޖިންސެއްގައި ޒަޔާން ހުރި އިރު ބޮލުން ފެއްތިކި ޖަހަމުނން ދިޔައެވެ.ނޭގޭ ސަބަބަކާއި ހުރެ އެ ފެންތިކި ދެކެ ރައިޝާ އަށް ރުޅި އާދެވުނެވެ.”ތިހެން ދަތްކުޑި ވިކައިގެން ހުއްޓަކަސް އެޔެއް ނުދާނެ..ތިހާ ރުޅި އަށްނަންޔާ ބޯ ހިއްކާލަދީބަލަ”ލާނެއް ރާގަކަށް ޒަޔާން ބުނެލިއެވެ.
“ޒަޔާނޫ!!!”އަޑުގެ ނެތްތަނަށް ރައިޝާ ގޮވުމާއެކު ކުރަންހުރި މަސައްކަތް ބަހައްޓާފައި ދުވެފައި ކޮޓަރިއާއި ދިމާއަށް އަވަހަށް މިސްރާބު ޖެހިއެވެ.”ކިހިނެއްވީ އަނެއްކާ؟” އަވަސްއަވަހަށް ސުވާލުކޮށްލިއެވެ.
ނުނިމޭ****
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.



Masha Allah mi part ves Vrh reethi mi story kiyaa hithun hama kehnuvey Thankolheh Avahah part thah up kohdhehchey dear ☺️ anehka Kihineh baa eii??? Zayaan and raisha haadha cute eyy Curiously waiting for the next part when’s next
Lyy❤️
awww am trying avahah up kureveythw and test fesheythy getiing ready forit too so vrh tight koh dheny insha allah i will try my best to up soon
lets see dhw kihineh thw vee
for me too they are cute
love u more
Omg girl… “Raihaanoo” and “zayaanoo” kiyaafa govaalaa than than kolhu kiyaairu, I can hear you calling ppl like tht.. lol… ” Dad kuraa suvaaleh vihyya beykaaru suvaaleh.. Mammi kuraa suvaaleh vihyyaa there’s nothing important thing eyah vure…” LMAO NABAABATH.. OMG… HEE HEE BALI VEHJJE… DONT MAKE ME WAIT ANOTHER YEAR OR SOME, BEFORE UPLOADING THE NEXT EPISODE… CANT WAIT… Love you bodukoh ingey….
for me too dhn keehkuraany zaihaan ah ves visney vrh dhn
will make u wait until its ur wedding day actually gaazy huthuba kiyan feshyma will upload so u can read right away HAHAHAHA
love u more dear
Lol
This is the best part I ever read so nice masha allah
Curiously waiting
Love u
AWWWW glad to knw u like it
love u more ifooo