Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނަފްރަތު(6)

naberr
naberr Level 210 Stories100 Login
November 14, 2025 5 Mins Read
14 Comments

ނަތީޖާ ފެނުމާއެކު ރައިހާންގެ ހިތް އޭގެ މަގާމު ދޫކޮށް ދިޔަ އިހްސާސެއް ކުރެވިގެން ދިޔައެވެ.ފުން ނޭވާ އެއް ދޫކޮށްލުމަށްފަހު ޒައިހާން ސިޓިންރޫމުގައި ބެހެއްޓުމަށްފަހު ރައިހާން ކާގެއަށް ވަދެގެން ދިޔައެވެ. ރައިހާން ފެނުމާއެކު ޒާރާ ރިޕޯޓު އަތުލައި ހުޅުވާލިއެވެ. ވިޔާމް ބުނިހެން ޒައިހާން އަކީ އޭނަގެ ދަރިޔެކެވެ.ނަމަވެސް އެކަން ވެގެން ދިޔައީ އެންމެން އަށްވެސް ގަބޫލު ކުރަން ދަތިވެގެން ދިޔަ ކަމަކަށެވެ.އެއްވެސް އެއްޗެއް ބުނުމެއްނެތި ރައިހާން ސިޓިން އަރައިގަންނަން ދިޔައެވެ.ނާދިޔާ ގެ އިތުރުން ރިޔާޒް ގޮވުމުންވެސް ބަޑުހައި ނޫންކަމަށް ބުނަމުންނެވެ.ރައިހާން ގެ އެއަމަލުން ޒާރާ ހިތްހަމަ ނުޖެހިގެން ދިޔައެވެ.ޒާރާ އަށް ދެން ގަބޫލު ކުރެވިގެންދިޔައީ ކުރިޔާ ހިލާފަށް ރައިހާން ގެ ފަރާތުން ޒައިހާން އަށް ބައްޕަ އެއްގެ ލޯބި ނުލިބިގެން ދާނެކަމަށެވެ.”ޒާ!!ރައި އަށް އެނގޭ ވަރަށް އުދަނގޫ ވާނެކަން ދޮންބެ އާއި ވާހަކަ ދައްކަން.އެކަމު މިކަމުގައެއް ޒައި ގެ އެއްވެސް ކުށެއް ނެތްކަން ޒާ އެކޭ އެއްގޮތަށް މަންމަމެން ވެސް ގަބޫލު ކުރޭ…ދޮންބެ އެކަހެރި ވެލަން ބޭނުންވީމަ އެދިޔައީ.ޒާ ދެކެ އަދި ޒައި ދެކެ ހިތްހަމަ ނުޖެހިގެނެއް ނޫން އެދިޔައި.ރައި އަށް ޔަގީން ކުރިއެކޭ އެއްގޮތަށް ޒައި އަށް ބައްޕަ އެއްގެ ލޯބި ދޮންބެ އަބަދުވެސް ދޭނެކަން.ދޮންބެ ކުޑަކޮށް އޯކޭވެލީމަ ވާހަކަ ދައްކަބަ..ހުރިހާ ކަމެއްވެސް އޯކޭ ވާނެ”ރައިޝާ ޒާރާ ގައިގައި ބައްދާލައިއެވެ.ޒާރާ އަށް ބަލާލަމުން ނާދިޔާވެސް ހިނިތުން ވެލައި ބައްދާލިއެވެ.

“ދެން ޕްލީޒް މަަންމީ..ޒައި މޫދަށްދާން ބޭނުމޭ..”ހެނދުނުން ފެށިގެން ޒައިހާން ކުރުނުކޮށް ޒާރާ ކައިރި ރޮމުން ދިޔައީ މޫދަށް ދިޔުމަށެވެ.”ކޮންކަމަކާތަ ޑެޑީގެ ޒައި ރޮނީ”ކޮޓަރިއަށް ވަދެގެން އައި ރައިހާން އަހާލިއެވެ.”ޒައި މޫދަށް ދާން ބޭނުން.މަންމި ކައިރި ބުނީމަ އެއްޗެއް ނުބުނެ..ޒައި ބޭނުންދާން. ޕްލީޒް. ޕްލީޒް” ތަކުރާރުކޮށް ޒައިހާން ކިޔަމުންދިޔައީ ރައިހާން މޫދަށް ގެންދާނެކަން އެނގޭތީއެވެ.ފާއިތުވެ ދިޔަ ދުވަސްތަކުގައި ޒައިހާން ގެ ހިތުގައި ރައިހާން އަށް ބައްޕައެއްގެ ދަރަޖަ ދެވިގެން ދިޔައީ އެހާ ފަސޭހައިންނެވެ.”ދޮންތި ގޮސްދާނަން ޒައި ގޮވައިގެންއެކަމު-“ރައިޝާ އެހެން ބުނެލުމާއެކު ވަގުތުން ޒައިހާން ރައިޝާ ގާތަށް ދިޔައެވެ.އުފާވެފައި ހުރެ ޒައިހާން އަތްޖަހަމުން ދިޔައިރު ރައިހާން އަށް އެމަންޒަރު ބަލަންވީ މަޖާކަމަކަށެވެ.”އެކަމު މޫދަށް ދާނީ ޒައި އާ ދޮންތި އާއި ދެކުދިން އެކަނި…އޭރުން ގިނަ ހަދިޔާ ކެވޭނީ”ރައިހާން އަށް ކަޅި އަޅާލަމުން ރައިޝާ ބުނެލިއެވެ.

ރައިޝާ ޒައިހާން ގޮވައިގެން މޫދަށް ގޮސްފައިވުމުން ގޭތެރޭގައިވަނީ އާދަޔާ ހިލާފަށް އަޑުމަޑު ވެފައެވެ.މެންދުރު ކެއުމަށް އިންސާފު ކުރުމަށްފަހު ނާދިޔާ އާއި ރިޔާޒް ބޭރަށް ދިޔައެވެ.ގޭތެރޭގައި އެކަނި ހުންނަން ފޫހިވުމުން ޒާރާ ވެސް ލުއި ގޮތަކަށް ތައްޔާރު ވެލައިގެން ބޭރަށް ނުކުމެލީ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބޭތޯއެވެ.ވަގުތަކީ މެންދުރު ވަގުތުކަމުން މަގުމަތިން މީހުންވެސް ގިނައެވެ.ވަޒީފާ ނިމި ގެޔަށްދާމީހުންނާއި ސުކޫލުން ކުދިން ގޮވައިގެން ގެޔަށް ދެއެވެ.ވަރުބަލި ވެފައިވުމުން ބޯބާ ޓީ އަށް ވަދެ ފިނި އެއްޗަކަށް އޯޑަރ ކުރަމުން ޒާރާ ފޯނު ނަގައި ހަމަޖެހިލި ނަމަވެސް ސިހުނީ ޖެހިގެން ހުރި މޭޒުގައި ތިބި މީހުން ދައްކަމުން ދިޔަ ވާހަކައިންނެވެ.”ހޫމް…ޒައި އެއީ ވިޔާމް ގެ ދަރިޔެއް…މަ ކީއްކުރަން ކައެ ދޮގުހަދަންވީ”ރައިހާން ވާހަަކަ ދައްކަމުން ދިޔައީ ޒަޔާން އާއިއެވެ.ޒަޔާން ސުވާލު ގެ ނަޒަރަކުން ރައިހާން އަށް ބަލާލިއެވެ. ރައިހާން އެވަގުތު ރިޕޯޓް ނަގައި ޒަޔާން އަތަށް ދިނެވެ.”ރައިހާން..މަށަށް އެނގޭ ވަރަށް ދެރަވެފަކަން ތިހުރީ.އެކަމު ވެދިޔަ ކަންތަކުގައި ޒާރާ ގެ އަދި ޒައި ގެ އެއްވެސް ކުށެއް ނެތް.އެހެންނޫނަސް ޒާރާ ކުރިކަމެއް ކުރީ ރައިޝީ ރައްކާތެރިކޮށްދޭން. އެދެމައިންގެ އެއްވެސް ކުށެއް ނެތެއްނު.”އެންމެ ގާތް އެކުވެރިޔާ މާޔޫސްވެފައި ހުރިތަން ފެނި ޒަޔާން ގެ ހިތުގައި ރިއްސާލިއެވެ.”ޔެސް މޭން…މަ ގަބޫލުކުރަން އޭގަ ޒާ ގެ އެއްވެސް ކުށެއް ނެތްކަން.އެކަމު މިއަދު ނުކުމެގެން ދިޔަގޮތުން ޒާހީކުރަނީ ޒައި އަކަށް ބައްޕަ އެއްގެ ލޯތްބެއް ދެން މަ ނުދޭނޭ..އަހަރެން އެކަހެރި ވެލަން ބޭނުންީމަ އެހެން ދެވުނީ”ރައިހާން ގެ އަޑުގައިވީ ހިތްދަތިކަމެވެ.”ހާސްނުވޭ!!ރާނު އާއި އެއްކޮށް އުޅޭ އެންމެންނަށް އެނގޭނެ މާޔޫސްވެ ހިތްމަރުވާ ކަހަަލަ ކަންކަމާއި ކުރިމަތިވީމަ ރާނު ބޭނުންވާނީ އެކަހެރިވާންކަން. ޒާރާ އަށް ވަގުުތު ނަގާނެ ރާނު ދަސްކުރަން..މިހެން ބުނީމަ ދެން ބުނާނެ އޭނަ ލޯތްބެއް ނުވެއޭ..ކަންތައް ވެދިޔަ ގޮތުން ރައިޝީ ވެސް މިހާރު މަށަށް ނަފްރަތު ކުރާކަން އެނގޭނެ ކައެއަށް. އެކަމު އަހަރެމެން ޖެހޭނީ ކެތްތެރި ކަމާއެކު އެލޯބި ހޯދަން މަސައްކަތް ކުރަން..ﷲ ހަޟްރަތުން ދުޢާ ދަންނަވަން..”ޒަޔާން އަޒުމާއެކު ބުނެލިއެވެ.

ފާއިތުވެ ދިޔަ ދުވަސްތަކުގައި މަޑުމަޑުން ރައިހާން އާއި ޒާރާ ގެ ގުޅުން ވަނީ ރަނގަޅުވާން ފަށާފައެވެ.އެހެން ނަމަވެސް ރައިޝާ އާއި ޒަޔާން ގެ ގުޅުން ވަނީ ކުރިޔަށް ވުރެ ބޮޑަށް ހީނަރު ވެފައެވެ. އެކިފަހަރު އެކި އުކުޅުތައް ބޭނުންކޮށްގެން ރައިޝާ އަށް ވިސްނައިދެވޭތޯ ޒަޔާން މަސައްކަތް ކުރެއެވެ.ނަމަވެސް ޒަޔާން އާއި ދިމާލަށް ޖެއްސުމަށް ނޫނީ ދެރަކޮށްލުމަށް ރައިޝާ ކިތަންމެ އެއްޗެއް ބުނެފައި ވެއެވެ. ޖެއްސުން ނުކޮށްލައި ރައިޝާ އާއި ޒަޔާންގެ ދުވަސް ފުރިހަމަ ނުވާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

*** 5 އަހަރު ފަސް***

ޔޫސީއެސްއައި ސުކޫލު ކުރިމަތީގައި ކަޅުކުލައިގެ ކާރެއްގައި ލަށްވެލައިގެން ބައިމަތުފުޅާ ރީތި ޒުވާނެއް ހުޢްޓެވެ. ސުކޫލަށް ވަދެހަދާ ކޮންމެ މީހަކުވެސް އެޒުާނާ އަށް ތަޢުރީފް ކުރަމުންދިޔައެވެ. “ހެލޯ” ލޯބި ފިރިހެން ކުއްޖެއް ދުވެލާފައި އައިސް ޒުވާނާ ގައިގައި ބައްދާލިއެވެ.”އަވަހަށް ހިނގާ ދާން..ނޫނީ..” އެހިސާބަށް ބުނިތަނާ ދެމީހުން އެއްކޮށް ހެވައިގަތީ އެބުނީ ކީކޭކަން އެނގޭތީއެވެ.

ސުފުރާމަތި ފުރާލެވިފައިވަނީ ދިވެހި ކެއުމުންނެވެ. ކާގެއަށް ވަދެގެން އައި ރައިހާން ނޭފަތް ދަމާލަމުން ބަނޑުގައިި އަތްހާކާލިއެވެ.”ޒާރާ މަ މުޅިން ހަލާކު ކޮށްލައިފި..ބަލާބަލަ މިއޮއް ބަނޑެއް..އެކަމު އަދިވެސް އެބޮޑު ކުރަން ތިއުޅެނީ” ޒައިހާން އާއި ޖެހިގެން އިށީނަމުން ރައިހާން ބުނެލިއެވެ..” މިހިރީވާ ފިރިހެނެއް.. އަޅެ ކެޔަކަސް ތި ދުވަންދެވިދާނެ ދޯ…ބަލާބަލަ ބަލާބަލަ ތިކިޔަނީ ޒާ ނުބުނަން ކޮންމެ ދުވަހަކު 2 ތަށި ބަތްކާށެކެ…”ޒައިހާން އަށް ބަތް މޮޑެދެމުން ޒާރާ ބުނެލިއެވެ.” ހޫމް.. ޒާ ދިމާލަށް ނުބުނަނީ..މި ކެއުން ބޭނުން ކޮށްގެން ތި ބުނަނީ ގިނައިން ކާން.” އެއް ލޯ މަރާލަމުން ރައިހާން ބުނެލިއެވެ.ފާއިތުވެ ދިޔަ 5 އަހަރު ތެރޭގައި ރައިހާން އާއި ޒާރާ ގެ ގުޅުންވަނީ އެއްކޮށް ރަނގަޅުވެފައެވެ. ރައިހާން ގެ ފަރާތުން ލިބޭ އޯގާތެރިކަމާއި ލޯބިން ޒާރާ ގެ ހިތް ލަންބުވައިޅި ފެންފޮތެއް ބޯލާހާ ފަސޭހައިންނެވެ.”ކޮބާތަ އެއުޅޭ  ޒަޔާން..” ޒާރާ ސުވާލުކޮށްލިއެވެ. ” ޒައި ކައިރި ބުނި ލަސްވެދާނެޔޯ ކުޑަކޮށް.. ހީ ލުކްސް ސޭޑް” ޒައިހާން ބުނެލިއެވެ.”ރައި ތި ގޮތް ދޫކޮށްފަ ޒަޔާން އާ ވާހަކަ ދައްކައިގެން ރީތިކޮށް އުޅެވޭތީ މަސައްކަތް ކޮށްބަލަ. 3 އަހަރު މިވީ..ރައިގެ އެދުމަށް ބައްޕަ  މިކޮޅަށް އަހަރެމެން ފޮނުވީ..ރައި ބުނީ ޒަޔާން އާއި އެއްކޮށް ރީތިކޮށް އުޅޭނަމެ..މާދަން މަންމަމެން އައިއްސަ ރައި އަހަރުމެން އެޕާޓެމެންޓް ގަ އުޅޭތަން ފެނުނީމަ ކީކޭ ބުނާނި؟ މި ހުރިހާ ދުވަހު ޒަޔާން އަށް ފިލައިގެން މިތާނގަ ހުންނަނީ އޭތަ ބުނާނީ؟ ޒަޔާން ދެކެ ލޯބިވެޔެ ބުނާއިރު އަމިއްލަ އަށް ގޮސް އޭނަ ކައިރި ނުބުނެވެނީ ކީއްވެ؟؟ މިކަންކަމަކީ ތިއްތި ރައި އަށް ކިޔާދެން ޖެހެ ކަންތަކެއް ނޫން.. ހަނާ އާއި އެއްކޮށް ޒަޔާން ފެނުނީމަ އުނދަގޫ ވަންޔާ ރީތިކޮށް އެވާހަ ޒަޔާން ކައިރި ބުނެބަލަ..”އެއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ..މީގެ 5 އަހަރު ކުރިން ރިޔާޒް މެލޭޝިޔާއިން ގެޔެއް ގަތީ ރައިޝާ ބަދަލުވާން ބޭނުންވާ ވާހަކަ ބުނުމުންނެވެ. ދަރިފުޅުގެ އުފަލަށް ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް ހުެި ރިޔާޒް ގެޔެއް ގަނެދިނީ ލޯބިވާ ދަރިން އުފަލުގައި އުޅޭތަން ދެކުމަށެވެ. ރައިހާންމެން ބަޔަށް ރައިޝާ ބަދަލުވީ ޒަޔާން އޭނަގެ އޮފީސް ކުއްޖެއް ކަމަށްވާ ހަނާ އާއިއެކު އުޅެން ފެށުމުންނެވެ. ރައިޝާގެ ހިތް ޒަޔާން އަށް ހަދިޔާ ކުރެވިފައި ވީ ނަމަވެސް ޒަޔާން އަށް އެކަން އަންގާނެ ގޮތެއް ނޭގުމުން ހިތުގައި ލޯބި ފޮރުވީ އޭގެ ސަބަބުން އަމިއްލަ މީހަ ތަހައްމަލު ކުރަން ޖެހޭނެ ވޭން ނޭގޭ ހާލުގައެވެ. ކޮންމެ ދުވަހަކުޒަޔާން ޒާރާމެން ބަޔަށް ކާން އަންނަންވާރަށް ކޮޓަރިއަށޤ ވަދެ އެކަހެރި ވެވޭތޯ ރައިޝާ ބަލައެވެ.ވެދިޔަ ކަންތަކުގައި އަމިއްލަ މީހަ ކުށް ކުރެވެނީއެވެ.

“ކޮބާ ރައި” ކަރުގައި އޮތް ޓައި ދޫކޮށްލަމުން ޒަޔާން އަހާލުމުން ލޮލުގެ އިޝާރަތުން ކޮޓަރީގައި ކަމަށް ޒާރާ ބުނެލިއެވެ.”! 3 އަހަރު.. އެކަމުވެސް އަބުރައި އަންނަ ހިޔާލެއް ރައިޝީ ގެ ނެތް….މުޅި މީހަ މާޔޫސްވެފަ މިހުންނަނި އަބަދު..”ޒަޔާން ގެ އަޑުގައި ވީ ހިތްދަތިކަމެވެ.”ޒަޔާން..ޒަ ގަބޫލުކުރަން ކަންތައް ވެގެން ދިޔައީ ރަނގަޅަށް ނޫންކަމަށް..ކޮންމެ ދުވަހަކު އައިސް ދޮރު ކައިރި ހުރެ ރައި އަށް ވާހަކަ ދައްކާ އަޑު ޒާ އަހަން..އެކަމު ފަހުން ފަހުން އައިސް ނުދައްކަނީ ޒަޔާން ރައިގް ލޯބިބޭނުން ނެތީތަދެން..”ޒާރާ ސުވާލު ކޮށްލުމުން ޒަޔާން ބޯ ހޫރުވާލިއެވެ..ބޭރުގައި ދެކެވެމުން ދިޔަ ވާހަކ އަޑުއަހަން ހުރި ރައިޝާ ލޮލުން ހޯސްލާފައި ކަރުނަތްއް ފައިބައިގަތެވެ..”އައި ލަވް ޔޫ ޔާން..އިންޝާ ﷲ އަހަރެން ވަރަށް އަވަހަށް މި ލޯބި ހުށަހަޅާނަން” އަމިއްލަ ނަފްސަށް އިވޭވަރަށް ރައިޝާ ބުނެލިއެވެ.

ދަންވަރު ހަމަހިމޭންވަގުތުގައި ރައިޝާ އަށް ހޭލެވުނީ ހީކަރުވައިގަތުމުންނެވެ. ނަމަވެސް އިތުރަށް ނިދަން ބޭނުން ނުވުމުން ބެލްކަންޏަަށް ނުކުމެލިއެވެ.އެވަގުތު ކަންފަތުގައި ޖެހިގެން ދިޔައީ މިހުރިހާ ދުވަހު އެއަޑެއް އެހުމަށް ބޭގަރާރުވެފައިވާ އަޑެވެ.

ކީއް މިވަނީ…..ހާނ……

ކީއް މިވަނީ ފެނިފަ ތިލޯ

އިހުސާސެކޭ އާ މީ ވިންދުގާ، ހިތުގާ ހިނގާ މީ އިޝްގުހޭ..

ހައިރާންވާހާ ޗާލޭ ތިލޯ

ހައިރާންވާހާ ޗާލޭ ތިލޯ

އިހުސާސެކޭ އާ މީ ވިންދުގާ، ހިތުގާ ހިނގާ މީ އިޝްގުހޭ..

ނުކުރޭ ޒަޙަމް ތިހެން ޔާރާ ހިތް މަގޭ، ތިޔަ ރީތި ދެލޮލުން ޖާދުވީ…

އެދެޔޭ މިހިތް މަގޭ ބީހެން ތި މަލުގާ، ވައިރޯޅިހެން ގޮސް އުދުހިފާ…

ގާތްވެލުމޭ ހިތް އެދެނީ…

ވަސްމީރު ހުވަނދުން ހަށިގަނޑުގާވާ، ހިތް ކީއްވެބާއޭ ފުރެނީ…

ގިޓާ ރާގާއި އެއްވަރަށް ލަވަ ކިޔަމުންދިޔައިރު އެހިތުތެރޭގައި ރައިޝާ އަށް އޮތް ލޯބި ހާމަވަމުންދިޔައެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އަނެއްކާވެސް ޒަޔާން ގިޓާ ގެ ނާރުތަކާއި ކުޅެން ފެށިއެވެ. ރައިޝާ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިނަމަވެސް އަމިއްލަ މީހަ ހަމަޖެލިމުމަށްފަހު މަޑުމަޑުން ކަރުކެހެލިއެވެ.

ތިޔަ ސޫރަ ފެނިފާ ހިތް މަގޭ ތެޅެޔޭ، ނާންނާށެ ގާތަށް ފެންނަހާ

ގެނބެމުން ދަނީއޭ މަގޭ ހިތް އިޝްޤުގާ، ކޮށްދީ ސަލާމަތް ހިތް މަގޭ..

ލޯބި ފެނޭ ތިޔަ ދެލޮލުން….

ނޫނީ އަހަންނަށް ޝައްކެއް ވަނީބާ، ހާސްވޭ ހިތާމޭ ބިރުގަނޭ

ހައިރާންވާހާ ޗާލޭ ތިލޯ….

ހައިރާންވާހާ ޗާލޭ ތިލޯ…

ހައިރާނަވާހާ ޗާލޭ ތިލޯ….

ހައިރާން ވާހާ ޗާލޭ ތިލޯ…..

ހިތް އެދޭ ޔާރާ ތިޔޭ، ހިތް މަގޭ ދޫވެއްޖެޔޭ..

ލޯބިވެވިއްޖެޔޭ، ތިޔަ ހިތް ދީފާނުހޭ..

އަތުގެ ތެރޭ ތިޔަ ފޮރުވާ ދޭށޭ، އިޝްޤު ކުށެއް ކަމުވޭހޭ..

ހައިރާންވެޔޭ..

ހިތް އެދޭ ޔާރާ ތިޔޭ، ހިތް މަގޭ ދޫވެއްޖެޔޭ…

ލޯބިވެވިއްޖެޔޭ، ތިޔަ ހިތް ދީފާނުހޭ..

އަތުގެ ތެރޭ ތިޔަ ފޮރުވާ ދޭށޭ، އިޝްޤު ކުށެއް ކަމުވޭހޭ..

ލޯމަރާލައިހެން ހުރެ ރައިޝާ ފުންނޭވާ އެއް ދޫކޮށްލިއެވެ.ކޮންމެ ރެއަކުވެސް ޒަޔާން ލަވަކިޔާއަޑު އެހުމަށް ރައިޝާ އާދެއެވެ. ނަމަވެސް އަމިއްލަ އިހުތިޔާރުން ބޭރުގައި ލަވަކިޔުމުން ނިއްކުރީގައި ޖަހާލިއެވެ…”އަމް..ސޮރީ….” ޒަޔާން ކައިރިގައި ހުއްޓިލަމުން ރައިޝާ މަޑުމަޑުން ބުނެލިއެވެ.”އިޓްސް އޯކޭ!! ވަރަށް ރީތި…ރައިޝީ ލަވަކިޔުން..ދެން ދޭ ނިދަން ވަރަށް ދަންވެއްޖެއެއްނު!! ގުޑްނައިޓް” ގިޓާ ހިފައިގެން ޒަޔާން ހިނގައިގަތެވެ.”ވަރަށް ދަންވެއްޖެއެއްނު ނިދަންދޭ!! މިހާ ދުވަސްފަހުން އައިމަވެސް ފޮނުވާނުލެވިގެން..ވަރަށް ފޫހި”ޒަޔާން އާއި ދިމާލަށް ވައްތަރު ޖައްސަގެން ހުރެ ބުނެލުމަށްފަހު އެތަނުން ނުކުތުމަށް ހިނގައިގަތެވެ. ރައިޝާ ގެ އަމަލުން ޒަޔާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.މިހުރިހާ ދުވަހު ނުލިބި ހުރި އުފާތައް އެއްފަހަރާ ލިބިގެން ދިޔަ އިހުސާސެއް ޒަޔާން އަށް ކުރެވުނެވެ.”މުސްކުޅިވެ މާމަ ކާފަ ކިޔަސް ރައިޝީ ގެ ތި ޖެއްސުން ކުރުމެއް ނުހުއްޓޭނެ.”ލާނެތް ވައްތަރަކަށް ޒަޔާން ބާރަށް ގޮވާލިއެވެ.އެއަޑަށް ރައިޝާ އަބުރައި ޒަޔާން އާއި ދިމާލަށް އައިސް ކުރިމަތީ ހުއްޓުނެވެ..”ޗި!! މިހާރު އެހާ ދުރު ހުވަފެންވެސް ދެކެންފެށީތަ…ޒޮމްބީގަޑު” “ނޫނެ!!! މިހާރު ރައިޝި އަށް ލަދުގަންނަންވެސް އެނގޭތަ؟؟ކުރުކުރު މިހެކެ އިނގިލި ދިއްކުރަނީމި” ޒަޔާން އާއި ދިމާލަށާށް ރައިޝާ ދިއްކޮށްގެން ހުރި އިނގިލީގައި ހިފައި ރައިޝާގެ މޫނާއި ގާތްވެލިއެވެ. ރައިޝާ ގެ ހިތް ނޭގޭ ބާރު މިނެއްގައި ތެޅެންފެށިއިރު ރައިޝާގެ މޫނަށް ބަލަންހުރި ޒަޔާންއަށް ހިންދިރުވާލެވުނެވެ. ޒަޔާން ގެ އެއަމަލުން ރައިޝާ އިތުރަށް ލަދުގަތުމުން އަވަސް އަވަހަށް ޒަޔާން ކޮށްޕާލައި ކޮޓަރިން ނުކުމެގެން ދިޔައެވެ..

ފަތިސްނަމާޑުކޮށް ނިިމިގެން ހެނދުނު ޒިކުރުތައް ކިޔަން ރައިޝާ ބެލްކަނީގައި ހުއްޓެވެ.އެވަގުތު އެއްލި ކަޅިއަކުން ޒަޔާން ދުވަން ތައްޔާރުވެގެން ނިކުތްތަން ފެނުމުން އަނބުރާ ކޮޓަރިއަށް ރައިޝާ ވަދެ އެއްވެހި ބަދަލުކޮށްލައިގެން އަވަސްއަވަހަށް ނުކުތެވެ. ރައިޝާ ފެނުމުން ޒާރާ އަށް ހިނިތުނެވެވުނެވެ.ފަތިސް ނަމާދަށްފަހު ރައިޝާ ރޭގައި ކަންތައްވެ ދިޔަގޮތުގެ ވާހަކަ ޒާރާ އަށް ކިޔައިދިނެވެ. ޒަޔާންގެ އުފަންދުވަހަށް ރޭވުންތަކެއް ދެމީހުން ރޭވިއެވެ.” ގުޑްލަކް ލަވް” ރައިޝާ ފެނުމާއެކު ޒާރާ ފުޅާ ހިނިތުންވުމަކާއެކު ބުނެލިއެވެ.

ޒަޔާން ދިޔަމަގުން ގޮއްސި ނަމަ ރައިޝާ ފާރަލަނީކަން ޒަޔާން އަށް އެނގޭނެކަން ޔަގީނެވެ.ޖެހިގެން ހުރިމަގަކީ ދިގުމަގެއް ކަމަށްވެފައި، ޒަޔާން އަކީ އެކިމަގުމަގުން ދުވާމީހަކަށް ވުމުން ޒަޔާން ފެންނާނެކަމުގެ ފުރިހަމަޔަގީންކަމެއް ރައިޝާ އަކަށް ނެތެވެ.ނަމަވެސް ހިތްވަރު ކޮށްލފައި ބާރަށް ރައިޝާ ދުއްވައިގަތެވެ.މަގުގެ މެދަކާ ހިސާބަށް ދެވުންއިރު ރައިޝާހުރީ ދާހިތްލާ ވަރުބަލި ވެފައެވެ.ލޮލުގެ ކޮޅުކޮޅަށް ޒަޔާން ފެނުމާއެކު ކުރިޔަށްވުރެ ބާރަށް ދެފަޔަށްބާރުލައި ދުއްވާގަތެވެ.”ޒަޔާން” މަޑުމަޑުން ރައިޝާ އަށް ކިޔާލެވުނެވެ…

***ނުނިމޭ***

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

naberr
Follow Me Written By

naberr

Level 210 Stories100 Login

I don't just write stories_i translate silence, dreams, and chaos into words that speak🧡

Other Articles

Previous

ދެވުނީ ވޭނޭ 15

Next

ހިތް އެދޭ މަންޒިލަކީ… 6

Next
November 15, 2025

ހިތް އެދޭ މަންޒިލަކީ… 6

Previews
November 14, 2025

ދެވުނީ ވޭނޭ 15

14 Comments!

  1. Anonymous says:
    November 14, 2025 at 3:17 pm

    Vrh reethi mi part..
    Mi site ga story liya kujjehge faraathun inspire vegen dhw song when eothy 😭.. vrh reethi ekam vx

    1. naberr naberr says:
      November 15, 2025 at 10:37 am

      hi anonymous
      thnks yhh hithah ery try kohlaany ey my intention wasnt to copu her style or anything if anyone thinks likw that am sorry
      happy to know that u enjoyed it

  2. Raiii says:
    November 14, 2025 at 3:36 pm

    Awww so nice mi part vs haadha dhuvaheh vehjjey inthizaaru kuraathaa finally
    Zayaan never missed a chance to tease raishaa
    Can’t wait for next part

    1. naberr naberr says:
      November 15, 2025 at 10:42 am

      hi Raii
      alhey vrh bodah sorry inthizaaruga behehtunyma was busy and lap work nukuraathyve las v sorry
      aslah vs dhw edhemyhun ge dhuvas furihama vany tease kuryma ekaku anehkah hehe
      mext part tuesday ga insha allah

  3. No name says:
    November 14, 2025 at 3:38 pm

    I love zayaan n raishaa anehkaa kihineh v ba ehaa madun zayaan ah govy
    Curiously waiting
    Love u

    1. naberr naberr says:
      November 15, 2025 at 10:44 am

      hi No name
      lets see dhw keehvethw ehaa madun govy
      next part tuesday ah vaarah submit kohleveythw eba try kohlan insha allah
      love u more

  4. Nayerr says:
    November 14, 2025 at 3:42 pm

    Masha Allah mi part ves Vrh reethi haadha dhuvas kohlaafa eyy thi upp kohly zaihaan ah kithah yrs Mihaaru Curiously waiting for the next part when’s next
    Lyyy ❤️💋

    1. naberr naberr says:
      November 15, 2025 at 10:47 am

      hi Nayerr
      long time no see dhw hehe yhh lap halaaku vgn and busy v ma sorry for that rai ah 18 and zayaan ah kithah years kan balan next part kiyaalun kihineh vaane? hehe
      tuesday ah vaarah up kohlan try mikurany insha allah vrh busy koh miulhney ehnve
      love u more

  5. DRACULA 🧛🏻‍♀️😉 says:
    November 14, 2025 at 4:09 pm

    OMG NABS….
    WELCOME BACK…..
    VARAH DHUVAS FAHUN YOUR STORY GE NEW EPISODE WH KIYAALAN MI LIBUNEE… I LOVED IT….
    YAGEEN RAISHA AH ZAYAAN AND HIS SIDE-CHICK FENUNEE KAN… 😉🤣🤣
    RAISHA GE HIH THIHEN HALAAKU KURAAKAH NUVAANE EHNNU LUV…..
    ANYWAYS…. CAN’T WAIT FOR THE NEXT PART…
    WHEN IS THE NEXT EPISODE…??
    LYSM NABS…>>

    1. naberr naberr says:
      November 15, 2025 at 10:54 am

      hi Dracula
      hehe after long time dhw
      ufaa vehjje reethi kan egunyma dracula ah
      lets see dhw kaakuthw fenuny or keehthw v ?
      hehe lets see dhw raisha ge hih halaaku veyhw or not ?
      tuesday ge up kuran try kurani mi busy koh ulheythyve
      love u more anhenaaa

  6. shynyx inax shynyx inax says:
    November 14, 2025 at 6:23 pm

    Vrh reethi

    1. naberr naberr says:
      November 15, 2025 at 10:57 am

      hi shynyx inax
      thnk you

  7. Ifooo says:
    November 15, 2025 at 9:56 am

    Urghh raishaa ulhey hoiy dhww heehee halaaku vehjje imagine vs vehjje i zombie kiyaafa zayaan ah govi iru how his face look like
    Curiously waiting
    Love u lots 💓

    1. naberr naberr says:
      November 15, 2025 at 10:58 am

      hi ifooo
      hehehe hehe zombie aka ehaa vahtharu v ma kahnne ehn e govi zayaan ah ehehe
      love u more

Comments are closed.

Next Episodeނަފްރަތު(7)←


All Right Reserved!