Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށް-40 (ފަހުބައި)

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
November 17, 2025 5 Mins Read
14 Comments

“އޯ މައި ގޯޑް.. އަނެއްކާ މަގޭ ދެލޮލަށް މިފެންނަނީ ރަގަނޅަށްތަ..؟” ކުއްލި އަކަށް ޖައިޝްގެ އަޑު އިވުމުން މާހީ ސިއްސައިގެން ދިޔައެވެ. އޭނާ އުޅުނީ އަރަން އާއި ދުރުވާށެވެ. ނަމަވެސް އަރަން ދުލެއް ނުކޮށްލައެވެ.

“އާން.. ރަގަނޅަށް ތިފެންނަނީ.. މިއީ އަހަރެންގެ މީހެއް..” އަަރަން މާހީ އަށް ބަލާލި މާނަފުން ހިނިތުންވުމަކާއި އެކީގައެވެ.

*ޕާރްޓް-40 (ފަހުބައި)

ދުވަސްތަށް ފާއިތުވަމުން ދިޔައީ ހަލުވިކަން މަތީއެވެ. މާހީގެ ދިރިއުޅުމަށް ހީވީ ބަހާރު މޫސުން އައި ހެންނެވެ. އަރަން އެހާވެސް ރަގަނޅެވެ. އޭނާ އަށް އަބަދުވެސް ވާހަކަ ދައްކައެވެ. އެއްދުވަހަކު މާހީ އޮތީ ބޮލުގައި ރިއްސާ ވަރުން އޮށޯވެލައިގެންނެވެ. އެނާގެ ގައިގައިވެސް ހަމަ އެހާވަރަށް ރިއްސައެވެ. މަސްވަރު ކަންތަކަތާއި އެކީ ބަލިވުމުން މާހީ އިނީ ވަރަށް ބޮޑަށް ފޫހިވެފައެވެ.

އެހެން އޮށްވައި ކޮޓަރީގައި ޓަކިދީފިއެވެ. މާހީ ބުރުގާ އަޅައިލައި ތައްޔާރު ވެލިއެވެ. ވަދުނީ އަރަން އެވެ. އޭނާގެ އަތުގައި ލޮބޯ ފަނިތައްޓެއް ވެސް އިނެވެ. މާހީ އަށް އެތަށި ފެނުމުން އަގަޔަށް ވައްތަރެއް ޖައްސާ ލެވުނެވެ. އަރަން އައިސް މާހީގެ މަގަތުގައި އިށީންދެ ސައިޑް ޓޭބަލް މަތީގައި ފަނިތަށި ބެއިންދިއެވެ.

“ހުމެއް ނެތް ދޯ..” އަރަން މާހީގެ ނިއްކުރީގައި އަތް ޖައްސާލަމުން ނިކަން އޯގާތެރިކަމާއި އެކު އަހާލިއެވެ.

“ހޫމް..” މާހީ ބުނެލިއެވެ.

“މާހީ މާދަން މިއީ ރަށަށް ދާ ދުވަސް.. އުފަލެއް ނުވޭތަ..؟” އަރަން ހިނިތުން ވެލާފައި އަހާލިއެވެ.

“ވަރަށް އުފާވޭ.. ކުޑޫ ވަރަށް ހިތްހަމަ ނުޖެހިފަދޯ އިންނާނީ..؟” މާހީ ބުނެލިއެވެ. ޒަހީނާ އަށް ނުގުޅާތާ މިހާރު އެއްމަސް ދުވަސްވެ ދިޔައީއެވެ.

“ނޫން.. އަހަރެން ޒަހީނަށްތަ އަށް ގުޅާފަ ހުރިހާ ވާހކައެއް ކިޔައިދީފިން..” އަރަން ބުނެލިއެވެ. މާހީ އަށް ފުންނޭވާއެއް ބޭރު ކޮށްލެވުނެވެ.

“އަން.. ދެން މީތި ބޯލާ.. އޭރުން ފަހަރެއްގާ ބޮލުގެ ރިހުން ކުޑަވެދާނެ..” އަރަން ފަނިތަށި ނަގައި މާހީ އަށް ދިއްކޮށްލަމުން ބުނެލިއެވެ. މާހީ ފާޑަކަށް ބަލާލިއެވެ.

“ކިހިނެއްވީ.. ބޭނުމެއްނޫންތަ.. އެކަމު މާހީ ރަށަށް ދިއުމުގެ ކުރިން ވާނެ ރަގަނޅުވާން..” އަަރަން މާހީގެ އަތުގައި ހިފައި ތަށި ދިނެވެ. މާހީ އެއް ނޭވާ މަތިން ފަނިތަށި ހުސްކޮށްލިއެވެ.

“ދެން އިހަށް އަރާމު ކޮށްލާ.. މިރޭ ގޮވާނަން.. ދަންވަރު ފްލައިޓް ވީމަ އަަހަރެންވެސް އެހާ ހިތްހަމައެއް ނުޖެހެ..” އަރަން އެހެން ބުނެ ނުކުތެވެ. މާހީ އިނީ ހިނިތުންވެލައިގެންނެވެ. އަރަންގެ ފަރާތުން އޭނާއަށް ލޯތްބާއި އަޅާލުން ލިބެއެވެ. އެކަމާއި އެނާ ފަހުރުވެރިވެއެވެ.

ރޭގަނޑު މިހާރު އެއާރްޕޯޓް އަށް ދާގަނޑިވެސް ޖެހެނީއެވެ. މާހީ އިނީ އަރަން އާއި އެކު ބަދިގޭގައެވެ. ދިއުމުގެ ކުރިޔަށް އެއްޗެއް ކާލާށެވެ. މާހީ އިނީ އަރަން ހަދައިދިން ސޭންޑްވިޗް ކާށެވެ. އަދިވެސް އޭނާގެ ގައިގެ ރިހުމަށް އެއްވެސް ބަދަލެއް ނާދެއެވެ. އަރަން އިނީ މާހީގެ ކޮންމެ ހަރަކާތަކެއްވެސް ބަލާށެވެ. ހީވަނީ އޭނާއަށް އަޖައިބެއް ފެންނަނީހެންނެވެ. ލޯބީގައި މީހުން ޖެހި ހަމަ މިވަރުވޭހެއްޔެވެ؟

“ދެން ތިހާވަރަށް ނުބަލާބަލަ..” މާހީ ލަދުން އަނެއް ފަރާތަށް ގޮނޑި އަބުރާލިއެވެ.

ކުޑަކޮށް ހީލައިފައި އަރަން މާހީގެ ގޮނޑި އޭނާޔާއިވީ ފަރާތަށް އަނބުރާލިއެވެ. އަދި ގޮޑީގެ ދެފަރާތުގައި އަތް އަޅުވާލިއެވެ. މާހީ އިނީ އަރަންގެ ދެލޮލަށް ބަލަހައްޓައިގެނެވެ.

“އަހަރެންނަށް މާހީ އަށް ބެލިދާނެ ކިތައްމެ އިރެއްވާންދެކަށް.. އެކަމަކު އެހެން މީހަކު މާހީ އާއި ދިމާއަށް ލޮލުކަނުން ބަލާލިއަސް އެއީ އަހަރެންނަށް ހަޖަމް ކުރަން ވަރަށް އުނދަގޫވާނެ ކަމެއް.. އަހަރެން މާހީ ދެކެ ވަރަށް ވަރަށް ލޯބިވޭ.. ތިޔަނޫން މަލެއް އަހަރެންގެ ހިތަކު ނެތް.. އެހާވެސް މާހީ މަތިން ހަދާވޭ.. އެހާވެސް މާހީ ބޭނުންވޭ..” އަަރަން އޭނާގެ ހިތުގައިވީ އެއްޗިހި ކިޔަމުން ދިޔައެވެ.

“ހަމަ އަސްލުވެސްތަ.. ކުރިން ނުބުއިންނަމަ ނޭނގުނީސް..” މާހީ އިނީ މަޖާވެފައެވެ. އެކަމަކު އަރަންގެ މޫނުމަތިން ފެންނަން ހުރީ އިންތިހާދަރަޖައިގެ ލޯތްބާއި އޯގާތެރިކަމެވެ.

“އަރަން.. ދެން ވެސް އަވަހަށް ދާން ހިގާބަލަ..” މާހީ އަރަންގެ ކޮނޑުގައި ހިފާ ކޮށްޕާލިއެވެ. އަރަން ކުޑަކޮށް ހީލައިފައި ތެދުވިއެވެ. މާހީ އަވަސް އަވަހަށް ގޮސް ކޮތަރިއަށް ވަނެވެ. އޭނާ އިނީ ހަޤީޤަތުގައި ވެސް ވަރަށް ލަދުންނެވެ.

ތިންމީހުންވެސް ޓެކްސީއަކަށް އަރައިގެން އެއާރްޕޯޓް އަށް ދިޔައިރު 3 ޖަހައިފިއެވެ. މާހީ އިނީ ކުޑަކޮށް ނިދިއަންން ގޮތް ވެފައެވެ. ނަމަވެސް ރަށަށް ދެވޭތީވެ އޭނާ އެހުންނަނީ ނިކަން އުފަލުންނެވެ. އެއްމެފަހުން ސަލާމަތުގެ އައްސޭރިއަށް އެރޭތީއެވެ.

އެދުވަހު 5:30 ވެލީރު މާލެ އައިސް އަނެއްކާ 6 ޖެހީރަށް ރަށަށް ދާން ލޯންޗްކައިރިއަށް ދާންޖެހުނެވެ. އިސާހިތަކު ލަސްތަކެއް ނުވެ ފުރައިފިއެވެ. ލޯންޗް އޭގެ ބާރު ދުވެލީގައި ދިޔައިރު މާހީ އަށް އޮތީ ނިދިފައެވެ. މާހީ އާއި ޖައިޝްގެ މެދަށް ވާގޮތަށް އިން އަރަން އިނީ ހޭލައެވެ. ޖައިޝްވެސް އިއާރްޕޮޑްސް ޖަހައިލައިގެން އޮތީ ނިދާފައެވެ. ގިނައަދަދެއްގެ މީހުން ތިއްބެވެ.

އަރަންގެ ތުންފަތްމަތީ ކުޅެލާ ކުޅެލާ ހުރީ ހިތްގަައިމު ހިނިތުންވުމެކެވެ. އޭނާ އެހުރީ ދެކަމަކާއި ހެދި އުފަލުންނެވެ. މާހީގެ ލޯބި ހޯދުނީމައާއި މަންމަކައިރިއަށް ދެވޭތީއެވެ. އޭނާ މުޅި މިދުނިޔެއިންވެސް އެއްމެ ލޯބިވާ ދެމީހުންނަނީ އޭނާގެ މަންމަ އާއި މާހީއެވެ.

ލޯންޗްގެ ދުވެލި މަދުވެއްޖެކަން އިހުސާސް ކުރެވުމުން މާހީ އަށް ހޭލެވުނެވެ. އޭނާ ދެލޯ އުނގުޅާލައިފައި ކުޑަދޮރުން ބޭރު ބަލާލިއެވެ. އުފަން ރަށް ފެނުމުން މާހީގެ ހިތް އުފަލުން ނަށައިގަތެވެ. ވަގުތުއައިސް ޖެހުނީއެވެ. ޒަހީނާ ކައިރީ ނުވެސް ބުނެ އަންނަންޖެހުނީމަ އޭނާ އިނި އެހާ އެހާ އުފަލަކުންނެއް ނޫނެެވެ. ނަމަވެސް އަރަން ބުނީ ދެރަ ނުވުމަށާއި ޒަހީނާ ރުޅި ނާންނާނެ ކަމަށެވެ. މާހީ ވެސް އަރަންގެ ބަސް ގަބޫލުކޮށް ހީލިއެވެ.

“ހޫމްމް.. ވަރަށް މިސްވެއްޖެ ރަށް މަތިން..” ލޯންޗުން ފަބައިގެން އައިސް ޖައިޝް ބުނެލިއެވެ.

ދަބަސްތަކާއި އެއްޗިހި ހަމަވުމުން އަރަންމެން ދާން ހިގައިގަތެވެ. އައިރު އަރަން އާއި މާހީ އައީ އަތުގުޅުވައިލައިގެންނެވެ.

ލަވްޔާ އާއި ރާޔާ ވެސް ބަންދަށް ރަށަށް އައިސް އެބަ އުޅެއެވެ. ލަވްޔާ ބުނެގެން ރާޔާ ވެސް އައީ ލަވްޔާ އާއި އެއްކޮށް އެމީހުން ބަލާށެވެ. ދެމީހުންވެސް އޮލަ ވާހަކަ ތަކުގައި ތިބެފައި ބަދަރާއި ވީދިމާއަށް ފައިބަން އުޅެނިކޮށް ރާޔާ ލަވްޔާގެ އަތުގައި ކޮށްޓާލިއެވެ. ލަވްޔާވެސް ހިގުން މަޑުކޮށްލިއެވެ.

“އޭޔް ބަލާބަލަ.. އަނެއްކާ މަގޭ ދެލޮލަށް މިފެންނަނީ ހަމަ ރަގަނޅަށްތަ..” ރާޔާ ބުނެލިއެވެ. ލަވްޔާ ވެސް ބަލާލިއެވެ. އޭނާވެސް ހައިރާންވެ އަނގަހުޅުވުނެވެ. އަރަން އާއި މާހީ ތިބީ އަތުގުޅުވައިލައިގެންނެވެ. ވަރަށް ގާތްވެފައި ވާހަކ ދައްކާށެވެ.

“އެދެމީހުން.. ކޮންއިރަކު.. އަޅޭ..” ލަވްޔާ އަށް އުފަލުން ފުންމައިގަނެވުނެވެ. ކޮންމެވެސް ދުވަހަކުން އަދި މާހީގެ ހިތުގައި އަަރަން އަށް ޓަކައި ލޯބި އުފޭދޭނެކަން އޭނާއަށް އެނގެއެވެ.

ރާޔާ އާއި ލަވްޔާ އަންނަ ތަން ފެނުމުން މާހީ އަކަށް ނުހުރެވުނެވެ. އޭނާ ބޭނުންވީ ދުއްވައިގަންނާށެވެ. އެހެން ހުއްޓައި އަރަން އޭނާގެ އަތުން ދޫކޮށްލާފައި ބޯ ޖަހާލިއެވެ. މާހީ އެއްމެ ސިކުންތު ކޮޅެއްވެސް ވޭތު ކޮށްނުލާ ދުއްވައިގަތެވެ. އެދިޔަގޮތަށް ގޮސް ލަވްޔާ އާއި ރާޔާގައިގައި ބައްދާލިއެވެ. ތިން އެކުވެރިންވެސް އެކިވާހަކަ ތަކުގައި ހީހީފައި ތިއްބައި އަރަން އާއި ޖައިޝް އައިސް އަރާހަމަކޮށްފިއެވެ. ލަވްޔާ ގޮސް ޖައިޝް ގައިގައި ބައްދާލިއެވެ. ޖައިޝްވެސް ލަވްޔާގެ ގައިގައި އޭނާގެ އަަތް ވަށާލިއެވެ.

“މާހީ.. ކޮންއިރަކުތަ ކަލެޔާ އަރަންއާ.. ފެނުނީމަ މިހުރީ ހަމަ ހައިރާންވެ އަންތަރީސް ވެފަ..” ރާޔާ ޖެއްސުމުގެ ރާގަކަށް އަހާލިއެވެ.

“އާން ވިއްޔަ.. ބުނީ ތިމަންނަ އަރަންއާ ރައްޓެއްސެއް ނުވާނަމޭ.. އެއަށް ތުރެއް މާރަގަނޅުވާނެއޭ މަރުވިއަސް..” ލަވްޔާ ވެސް ރާޔާ އާއި އެއްބައި ވެލައިގެން ބުނެލިއެވެ.

“އެއީ މާކުރިން ބުނިއެއްޗެއް..” މާހީ ބުނެލިއެވެ.

ފަސްމީހުންވެސް ރަށުތެރެއަށް އައީ އެކުއެކީއެވެ. ލަވްޔާ އާއި ޖައިޝް ދިޔައީ ޖައިޝްމެން ގެޔަށެވެ. އަރަންވެސް ދިޔައީ އޭނާގެ ގެޔަށެވެ. މާހީ އާއި އެކީ ރާޔާ ދިޔައީ މާހީމެން ގެޔަށެވެ. ގެޔާއި ކައިރިވަމުން ދިޔަ ވަރަކަށް މާހީގެ ހިތްދިޔައީ ބާރަށް ތެޅެމުންނެވެ.

ރާޔާ އާއި ދެމީހުން އެއްކޮށް ގޮސް ދޮރު މަތީ ހުއްޓިލައިފައި މާހީ ސަލާމް ގޮވާލިއެވެ. އެއަޑަށް ބަދިގެއިން ޒަހީނާ ބޯދިއްކޮށްލިއެެވެ. އޭނާ ދުވެފައި ކަހަލަ ގޮތަކަށް އައިސް މާހީގައިގައި އޮޅުލައިގަތެވެ.

“މަގޭ ދަރި.. ނަސީބެއްނު ސަލާމަތުުން ހުރި ކަންވެސް.. އަލްހަމްދުﷲ..” ޒާހީނާގެ ލޮލުން ކަރުނަ ހިލުނެވެ. މާހީ އަށް ވެސް ވީއެވަރެވެ.

“އަވަހަށް އެތެރެއަށް ވަދޭ.. ކޮބާތަ އަރަން..؟ އެސޮރަށް ކުޑޫ ވަރަށް ޝުކުރު އަދާކުރަން.. އެސޮރު މާހީ އެސަލާމަތް ކުރީ މަރުންނޭ.. އޭރުވެސް ކޫޑޫ އަށް ހީވެއްޖޭ މި މާއިލް މިއީ ކޮންމެވެސް އެހެން ބޭނުމަކު އުޅޭ ކުއްޖެއްކަން..” ޒަހީނާ މާހީ އާއި ރާޔާ ގޮވައިގެން އެތެރެއަށް ވަންނަމުން ބުނެލިއެވެ.

ޒަހާން ވެސް ހުރީ މާހީ އައީމައި ވަރަށް އުފަލުންނެވެ. އެއްމެން އެކީ ސައިބުއި ނިއްމާލައިފައި އައިސް ސިޓިން ރޫމް އަށް ނުކުމެފައި މާހީ ނިއްމީ އޭނާ އާއި އަރަންގެ ވާހަކަ ބުނުމަށެވެ.

“ކުޑޫ.. އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން އެބޮތް..” މާހީ ކުޑަކޮށް ފަސްޖެހުނެވެ. ޒަހީނާ އޭނާގެ މިގުޅުމަށް ތާއީދު ކުރާނެ ކަމެއްވެސް ނޭނގެއެެވެ.

“އަވަހަށް ބުނޭ..”

“އަހަރެންނާ އަރަން މިއުޅެނީ ރައްޓެހިވެގެން..” މާހީ ބުނެލިއެވެ. ޒަހާން ފެށީ ބާރަށް ހޭށެވެ.

“ޒަހާން ކޮންކަމަކާތަ ތިހެނީ.. އެއީ ކިހާ އުފާވެރި ހަބަރެއް.. ކުޑޫ ވަރަށް އުފާވެއްޖެ.. އަރަން އަކީ ވަރަށް ރަގަނޅު ކުއްޖެއް.. އަރަން ކައިރީ ބުނަށްޗޭ މިއަދު ހަވީރު ސައިބޯލަން މިގެޔަށް އައުމަށް..” ޒަހީނާ ރުހޭ ކަން އެނގުމުން މާހީ ވަރަށް ވެސް އުފާވިއެވެ.

އެދުވަހު މެންދުރު މާހީ އިނީ އަރަން އާއި އެކީ އެގޭގައެެވެ. އަރީޝާ އިނީ އެދެކުދިންގެ ކުރިމަތީގައެވެ. އަރީޝާ އިނީ ވަރަށް ވެސް އުފަލުުންނެވެ.

“މާހީ ދަރިފުޅާ.. ތިހާ ލަދުނުގަނޭ.. މިއީ ހަމަ މާހީގެވެސް މަންމަ.. ދެން މާހީވެސް ކިޔާނީ މަންމަ..” މާހީ އަށް ލިބުނު އުފަލަކުން ފުޅާ ހިނިތުންވެލުމެއް ވެލެވުނެވެ. އަރަންވެސް ހުރީ އުފަލުންނެވެ.

އޭނާގެ ފުރަތަމަ ލޯބި ހާސިލް ވުމުނެވެ. މާހީގެ ހިތުގައި އަރަން އަށްޓަކައި ވަނީ ސާފު ތެދުވެރި ލޯތްބެވެ. އޭނާވެސް އަރަން އަށް ވީވަރަކުން ލޯބިދޭނަމެވެ. އަރަންވެސް ހަމަ އެފަދައެެވެ. މާހީ އަށް އޭނާ އާއި ހެދި އެއްމެ ފަހަރަކުވެސް އެދެލޮލުން ކަރުނަ ތިއްކެއްގެ މިންވަރުވެސް ވެއްޓުނަކަ ނުދޭނެއެވެ.

ދެފަރާތު އާއިލާގެވެސް ރުހުމާއި އެކީ ނިއްމީ ވީހާވެސް އަރަން އާއި މާހީގެ ކައިވެނި ކުރުމަށެެވެ. ޒަހާންގެ ކައިވެނި ކުރުމަށް ފަހު މާހީގެ ކައިވެނި ކުރުމަށް ވަނީ ނިއްމާފައެވެ.

އެއްދުވަހަކުގެ އިރުއޯއްސުނު ވަގުތެވެ. މާހީ އާއި އަރަން ގޮޑުދޮށަށް ނުކުމެ ތިބީ އިރު އޯއްސޭ މަންޒަރު ބަލާށެވެ. ބޯ ކިރުކޮޅެއް ފަހަަދަ ހުދު ދޮންވެލިގަނޑުމަތީ އިށީން ދެލައިގެން އިން މާހީ އާއި ޖެހި ފިތިގެން ގޮތަކަށް އަރަން އިނެވެ. އޭނާ އެހެން އިދެފައި މާހީގެ ކޮޑުގައި އަތް އަޅުވާލިއެވެ.

“ވަރަށް އުފާވެއްޖެ.. މާހީ އާއި އަހަރެންގެ ކައިވެނި ކުރެވޭތީވެ.. އޭރުން އަބަދުގެ އަބަދަށް މާހީ ތިއީ އަހަރެންގެ މީހެއް.. އަބަދުވެސް މާހީ އަށް އަހަރެންގެ ލޯބިލިބޭނެ.. އަހަރެންގެ ހަށިގަނޑުގައި ފުރާނަ ހުރިހައި ހިދަކު.. އަބަދުވެސް..” އަރަން ވަރަށް ޔަގީން ކަމާއި އެކީ ބުނެލިއެވެ. މާހީ ވެސް ހިނިތުންވެލިއެވެ. އޭނާވެސް އެކަން ގަބޫލު ކުރެއެވެ.

މާހީ އާއި އަރަންގެ ހަޔާތަށް އައީ އުފާވެރި ދުވަސް ކޮޅެކެވެ. މުޅި އުމުރަށްވެސް އެދެ ލޯބިވެރިން އެކަކު އަނެކަކު ދެކެ ލޯބިވާނެއެވެ. އިތުބާރު ކުރާނެއެވެ. އަބަދުގެ އަބަދަށް އެކީގައި އުޅޭނެއެވެ.

*ނިމުނީ*

ކިޔުންތެރިންގެ ސަމާލު ކަމަށް!!

އަޅުގަނޑުގެ ވާހަކައެއް ކަމަށްވާ “ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ” ވާހަކައިގެ ފަހުބައި ކިޔުމަށް ފަހު ވަރަށް ގިނަ ކިޔުންތެރިން އެދިފައި އޮތީ ދެވަނަ ސީޒަން އަކަށް!! އެހެންކަމުން އަޅުގަނޑު ބުނެލާނީ އަޅުގަނޑު މިހާރު ނިއްމާފައި މިވަނީ އެވާހަކައިގެ ދެވަނަ ސީސަންއެއް ލިޔުމަށެވެ. އެވާހަކައަށްވެސް އެހެން ވާހަކަ ތަކަށް ލިބޭ ސަޕޯޓް ވަރަށް ބޭނުމެެެވެ. ޝުކުރިއްޔާ!!

ވާހަކައިގެ ޓްރެއިލާން ޑިސެމްބަރު މެދުތެރޭ އަޅުގަނޑު މިސައިޓަށް ލާނެ ވާހަކަވެސް ބުނެލަމެެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ދެވުނީ ވޭނޭ 16

ޖަމާޢަތުގެ ތެރޭގައި ނޫސްވެރިންގެ ދައުރު
Next

ޖަމާޢަތުގެ ތެރޭގައި ނޫސްވެރިންގެ ދައުރު!

Next
ޖަމާޢަތުގެ ތެރޭގައި ނޫސްވެރިންގެ ދައުރު
November 17, 2025

ޖަމާޢަތުގެ ތެރޭގައި ނޫސްވެރިންގެ ދައުރު!

Previews
November 17, 2025

ދެވުނީ ވޭނޭ 16

14 Comments!

  1. Nai_73 says:
    November 17, 2025 at 9:10 pm

    _MuXo_ ehme furathama ves bunelan beynun vany vrh Bodhah thank you eyy Ekam vrh sad mi vhk nimunyma mi vhk ves hessa salhi ingey finally aran ah maahy ge Loabi haasil vehje dhw mi story ah ves season 2 eh liya kahala hama but it’s up to you than you ❤️
    Lyy❤️😘

    1. _MuXo_ says:
      November 17, 2025 at 9:29 pm

      Aww… Thank you very much.. V happy vehjje Nai_73 ah muxo ge vaahaka reethi veetheeve..
      Hehe.. Muxo ge friend eh ves buni mivaahaka nimmaane kameh nethey.. Ekamu keeh kuraane..
      Anyways love you too.. 🥰🥰🤗

  2. Niki says:
    November 18, 2025 at 12:34 pm

    ALhey!! Ending thankolheh kada! You should make them marry at the end! Who knows somebody might die before they marry so give that detail !

    1. _MuXo_ _MuXo_ says:
      November 18, 2025 at 3:59 pm

      Ahahahah! Okay.. Thank you for the feedback!

  3. Alaika_22 says:
    November 18, 2025 at 4:58 pm

    Awwwnnn….. Aran and maahy ge love story Vrh cute…… Mi vhk ah ves season 2 nereyhaa Reethi Masha allah…… Keep it up….
    Luv you and take care 💕🤞🏻

    1. _MuXo_ says:
      November 18, 2025 at 5:23 pm

      Aww…vrh happy vehje Alaika_22 ah mi story reethi Veema Muxo ge friend eh ves buni mi story ah season 2 eh liya kahala yo but I am not thinking to write a season 2 for this story Anyways luv u too! Tc😘❤️

    2. _MuXo_ says:
      November 18, 2025 at 9:56 pm

      Thank you!
      Ikr, Aran and Maahy are so cute! 🥰🥰
      Love you too! 😘

  4. aishath ashwerr says:
    November 18, 2025 at 8:10 pm

    Hey muxo ending ah wedding Bai nuleeema kada ingey but overall vaahaka hama habeys 💕

    1. _MuXo_ says:
      November 18, 2025 at 9:57 pm

      Alsu tha.. Sad vehjje.. Hehe..
      Thank you! ☺😚

  5. Nyb says:
    November 18, 2025 at 9:37 pm

    I prefer you writing a bonus episode for this story where they get married

    1. _MuXo_ says:
      November 18, 2025 at 9:58 pm

      Ehenthaa dhw.. 😊
      Anyways.. Thank you!

  6. Nai_73 says:
    November 18, 2025 at 10:01 pm

    Hi muxo 😎
    I also want a bonus episode it will be better if you add the wedding in bonus episode hope you will upload a bonus episode I appreciate your hard work byeee 🖤
    Tc.lyy 😘❤️

    1. _MuXo_ says:
      November 18, 2025 at 10:03 pm

      Okay..👍 Lets write a bonus ep dhw..

  7. _MuXo_ says:
    November 18, 2025 at 10:02 pm

    Hey guys!! 🤗 Hama bunelaanee ey hithaa Muxo ge insta id is muxo3533 If you want you can follow.. We can chat and have fun.. It’s up to you..

Comments are closed.

Next Episodeއަބަދަށް- ބޯނަސް އެޕިސޯޑް←


All Right Reserved!