Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާޔާ އެއްވަނަ ބައި

Krystal Level 510 Stories100 Login100 Comments
November 11, 2025 4 Mins Read
5 Comments

މުޅި ހޮސްޕިޓަލް ތެރޭގައި މީހުން އެކި ދިމަ ދިމާލަށް ހިގަމުން ދިޔައެވެ. އެމީހެއް ނަންބަރު ޖެހިދާނެތީ އަވަސް އަރުވާލައިން އުޅޭ މީހުން ގިނައެވެ. މީހަކާ މީހެއް ބަލާނުލާ އުޅޭ ފަހަރު ގިނައެވެ. މާޔާ މަޑު ހިގުމެއްގައި ހިގަމުންދިޔައީ ތެޅިތެޅި އޮތް ހިތަކާ އެކުއެވެ. މިދުވަހުގެ އިންތިޒާރު އޭނާ ކުރާތާ 9 އަހަރު ވެގެން ދިޔައީއެވެ. ކައިވެންޏަށް 9 އަހަރު ވީ އިރު މާޔާ އާ ޒައުލްގެ ދެމަފިރިންނަށް ދަރިއަކު ނުލިބެއެވެ. މާޔާ އަކީ ކުޑަކުދިންނަށް ވަރަށް ފޯރި ހުންނަ މީހެކެވެ. އަދި އޭނާގެ އަމިއްލަ ދަރިޔަކު ނުހަނު ބޭނުންވެއެވެ.

ޑޮކްޓަރުގެ ކޮޓަރިއާ އަރާ ހަމަވުމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ދޮރުގައި ޓަކި ޖަހާލިއެވެ. އެތެރެއިން ބަސް ދޭހަކޮށްދޭ ކުއްޖާ ދޮރު ހުޅުވާލިއެވެ. މާޔާ އޭނާގެ މެމޯ ކޮޅު ދިނުމުން މަޑުކޮށްލަން ބުނެ އެކުއްޖާ ވަނީ އެތެރެއަށެވެ. މާޔާ ގޮސް ގޮޑިއެއްގައި އިށީދެލިއެވެ. އަދި ވަށައިގެން ނަޒަރު ހިންގާލިއެވެ. މާބަނޑު ދެތިން އަންހެނުން އެމީހުންގެ ފިރިންނާ އެކު އައިސް ތިއްބެވެ. އެމީހުންގެ ވާހަކަތައް އަޑު އިވުމުން މާޔާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އެމީހުން ވާހަކަ ދައްކަމުން ދިޔައި ދަރިފުޅު ވިހެއިމާ ދޭނެ ނަމަކާ ދެން ކަންކަން ގެންދާނެ ގޮތްތަކާ ބެހޭ ގޮތުންނެވެ. އޭނާގެ އުދާސްތައް ފޮރުވުމަށް ފޯނުނަގާ އޭނާގެ ފިރިމީހާ ޒައުލް އަށް ގުޅާލިއެވެ. ދެ ފަހަރު ގުޅި އިރުވެސް ލައިން ބިޒީކަމަށް އަރައެވެ.

*****

“ކޮބާތަ އެ މާޔާ… އަހަރެން ނުގުޅިއްޔާ އޭނަ އަހަންނަށް ގުޅާވެސް ނުލާނެ.. ދަރިފުޅަށް ވަރިހަމަ ވާނެ މާޔާ މަންމަ އާ ދޭތެރޭ ކޮންމެ ގޮތެއް ހެދިޔަސް..” ޒައުލްގެ މަންމަ ޒުލޭހާ ފޯނުން ވާހަކަ ދައްކަމުން ދިޔައެވެ.

“ޕްލީސް މަންމާ.. އަނެއްކާ ތި ފެށީއޭ.. މަންމަ މާޔާ އާ ދޭތެރޭ ކަންތައް ކުރާ ގޮތުން އޭނަ އަށް ނުކެރެނީ މަންމަ އަށް ގުޅަން.. އެހެން ނޫނަސް މިދުވަސްކޮޅު އޭނަ ވަރަށް ސްޓްރެސްކޮށް އުޅެނީ..” ޒައުލް ބެލީ މާޔާ ދިފާއު ކުރެވޭތޯއެވެ.

“ސްޓްރެސް ނުވާ އިރެއްދޭތަ… އެހެންނުން ވާނީ ދަރިޔަކުވެސް ހޯދާކަށް އޭނަ ނޫޅޭ ވިއްޔާ… އަބަދުވެސް އެ ބަލަނީ އޭނަ ބައްޕަގެ ރިސޯޓު ހިންގޭތޯ… މާލެ މީހުން ވީމަ ތިބެނީ ތިމާއަށް ތިމާ ފެނިފަ…” ޒުލޭހާ ރުއްކުރު ގޮތަކަށް ބުނެލިއެވެ.

“މަންމާ… ދެން އަޅެ… ތިހެން ވާހަކަ ދައްކަން އަހަންނަށް ނުގުޅާތި އަހަރެންވެސް ޑިއުޓީގަ މިއުޅެނީ ހަމަ ބްރޭކް ގަޑިއާ ދިމާކޮށް މަންމަ އަބަދު ތިގުޅަނީ އަހަންނަށް… މާޔާ ނޫނޭ ކުދިން ބޭނުން ނުވަނީ.. އަހަރެން” އަނެއްކާވެސް ޒައުލް ބެލީ މަސްލަހަތަށެވެ.

“ކޮންހާ ދޮގެއް ހަދަން.. މަށަށް ރަގަޅަށް އިނގޭ އެ މާޔާ ދަރިފުޅު ބޮލަށް ވަދެގެންކަން ދަރިޔަކު ނުހޯދަނީ.. މަންމަ މިހެން ހުރެ މާމަ ދަރިއެއްވެސް އުރަން ނުލިބި ކަންނޭގެ މަރުވާނީ…” ޒުލޭހާ ދެރަވާކަން ދައްކާލިއެވެ. މީ އަބަދުވެސް ޒައުލް ކައިރިން ޒުލޭހާ ކުރި ހޯދާ ގޮތެވެ.

“ހޫ ދެން އޯކޭ.. އަހަރެން ބަލާނަން މާޔާ އާ ވަހަކަ ދެއްކޭތޯ… ދެން ބާއްވަނީ ބްރޭކް ނިމިއްޖެ..” ޒައުލް ބުނެލިއެވެ.

“ދެއްކޭތޯއެއް ނުން ދައްކާނީ…” މިހެން ބުނެ ޒުލޭހާ ފޯނު ކަޑާލިއެވެ.

ޒައުލް ފޯނު ބޭއްވުމަށްފަހު މާޔާ އަށް ގުޅާލަން ބަލާލިއެވެ. އޭރު މާޔާގެ ދެ މިސްކޯލް އޮތެވެ. އަވަސް އަވަހަށް މާޔާ އަށް ގުޅާލިއެވެ.

“ހަލޯ ލޯބީ.. ކޮބާ ދެެއްކިއްޖެތަ؟” ޒައުލް ވަރަށް އޯގާތެރިކަމާއެކު ލޯބިން އަހާލިއެވެ.

“ނުން.. އަދި އެއް ޕޭޝަންޓް އެބައިން.. އަހަރެން ވަރަށް ކަންބޮޑުވޭ އެބަ.. ނަތީޖާ އަންނާނީ ކިހިނެއް ކަމެއް ނޭގޭ…” މާޔާ ބުނެލިއެވެ.

“ކަންބޮޑު ނުވޭ އިންޝާﷲ ރަގަޅު ވާނެ.. އަހަރެން ޑިއުޓީ އޮތީމަ ނުދެވުނީ… ސޮރީ..” ޒައުލް ބުނެލިއެވެ.

“އިޓްސް އޯކޭ.. އަހަރެން ހެދުނުވެސް ބުނީމެއް ނުން އަހަރެން އެކަނި ގޮސް ދާނަމޭ.. މީ އެހެން ނޫނަސް ރިޕޯޓް ދައްކަންށެއްނުން މިއައި…” މާޔާ ބުނެލިއެވެ. ކުއްލިއަކަށް ޑޮކްޓަރު ކޮޓަރިން މާޔާގެ ނަން ގޮވަން ފެށިއެވެ. މާޔާ އަވަހަށް ފޯނު ބޭއްވުމަށް ފަހު ގޮސް އެކޮޓަރިއަށް ވަނެވެ.

ޒައުލް ވެސް އޭނާގެ ކޮޓަރިއަށް ވަދެ ޕޭޝަންޓުންނަށް ގޮވަން ފެށިއެވެ. އެންމެ ފުރަތަމަ އިން ޕޭޝަންޓުގެ ނަން ފެނުމުން އޭނާގެ ދެލޯ ބޮޑުވިއެވެ. ނަމަވެސް ޑޮކްޓަރެއް ކަމުން އެޕޮއިންމެންޓް ހަދާފައިވާ ހުރިހާ އެންމެން ކޮންސަލްޓް ކުރަން ޖެހެއެވެ.

ފުރަތަމަ ޕޭޝަންޓް އެތެރެއަށް ވަދެގެން އައިސް އިށީދެލިއެވެ. އޭރު އަތުގައި ތުއްތު ތުއްތު ކުއްޖަކު އޮތެވެ.

“ސާރާ ކީއްކުރަން މިތަނަށް ތިއައީ.. އަހަރެން ބުނީމެއްނުން ހަވީރުން ގެޔަށް ދާނަމޭ… ތިހެން ކޮންމެ ފަހަރަކު ރުޅި އަންނަ އިރަށް އަހަންނަށް އެޕޮއިންމެންޓް ހަދައިން މިތަނަށް ނާދެބަލަ…” ސާރާގެ އަތުގައި އޮތް ބޭބީ އަތްދަޑި މައްޗަށް ނަގާލަމުން ޒައުލް ބުނެލިއެވެ.

“ނައިސް އެބަވޭތަ… ޒައުލް މިކުއްޖާ ވިހެއިން ފަހުން މީ ފަސް ވަނަ ދުވަސް… އަދި މިކުއްޖާ އަށް ނަންކިޔާފަ ރަޖިސްޓްރީ ކުރާނެ ތަނެއް ނެތް.. ކިހިނެއްވީ ޒައުލް މިކުއްޖާ ބޭނުން ނުވަނީތަ… އަހަރެން މީނަ އަށް ބަޑުބޮޑު އިރު ޒައުލަ ހީވަނީ އުފަލުން އުޑުގަ ހުރި ތަރިތައްވެސް ބާލަ ފާނެ ހެން.. ވިހެއިމަ އަހަންނަށް ފިލަން އުޅޭހެން ހީވަނީ…” ސާރާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.

“ނުން އެހެންނެއް ނުން.. ސާރާ އަށް އިނގޭނުން އަހަރެން އަދި މާޔާ އާ މި ވާހަކަ ހިއްސާ ނުކުރާކަން.. ސާރާ އާ އަހަރެން އިނީ އަހަރެންގެ ދަރިޔަކަށް ސާރާ ބަލިވެ އިނީމަ… އަހަންނަށް ވަގުތު ކޮޅެއް ދީ…” ޒައުލް މިހެން ބުނުމުން ސާރާ ގާތަށް އައި ރުޅިއެވެ.

“ކިހާ ވަގުތެއް ދެވިއްޖެ.. 8 މަސް ވީ އެ މާޔާ އެއް ގާތު ބުނާނަމޭ ކިޔާތާ… ދެން އަހަންނަށް އިނގޭނީ ހަދަންވީ ގޮތް.. ޒައުލް އަތުން ދަރިފުޅު ނެގުމަށްފަހު ސާރާ އެތަނުން ނިކުމެގެން ހިގައްޖެއެވެ. ޒައުލް ބޮލުގައި އަތް އަޅާލީ ހަދާނެ ގޮތް ހުސްވީމައެވެ.

*****

“ޕްލީސް ސިޓް” މާޔާ އައިސް ކޮޓަރިއަށް ވަނުމުން ޑޮކްޓަރު ގޮޑިއަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ.

“ޓެސްޓް ތައް ހަދާލާފަ ދެއްތޯ… ލެޓްމީ ސީ…” މާޔާގެ ފައިލް ޑޮކްޓަރު ހުޅުވާލިއެވެ. މާޔާ ބިރުގަނެފައި އިން ވަރުން އަތުން ދާ ވެސް ހިއްލައެވެ. ކުޑަ ހިމޭން ވަގުތު ކޮޅަކަށްފަހު ޑޮކްޓަރު މާޔާ އާ ދިމާލަށް އެބުރިލިއެވެ.

“ސީ މާޔާ… ދެމަފިރިންގެ ރިޕޯޓުވެސް ނިމިފަ އިނީ.. ޒައުލްގެ ފަނި ކޮލެޓީ ވަރަށް ރަގަޅު.. އެއްވެސް މައްސަލައެއް އިންޝާﷲ ނެތް.. ބަޓް ޔޫ މާޔާ… އަދި 29 އަހަރު ދޯ.. ޔޫ އާ ސޯ ޔަންގް ބަޓް ބިސް ކޮލިޓީ ވަރަށް ދަށް… އެވަރޭޖްކޮށް މި އޭޖް ވެއްޖެޔާ ހުންނަން ވާނެ 14 ނޫނީ 15 ބިސް.. އެކަމް ބަލަ އެންމެ 2 ނޫނީ 3 މީނީ މާޔާގެ..” ޑޮކްޓަރު ކިޔާ ދެމުން ދިޔައެވެ.

“ދެން ތި ދެންނެވީ އަޅުގަނޑަކަށް ދަރިއަކު ނުލިބޭނެޔޭ ތޯ؟” މާޔާ ވަރަށް ދެރަވެފައި އަހާލިއެވެ.

“ނޫނޭ.. އެހެންނެއް ނުން.. އަޅުގަނޑު ނުބުނާނަން ނުލިބޭނެއެކޭ.. އަފްޓާއޯލް ﷲ އަކީ އެންމެ ކުޅަދުންވަންތަ.. އަޅުގަނޑަށް މަސައްކަތް ކޮއްދެވޭނީ.. މާޔާގެ ބިސް ކޮލިޓީ ރަގަޅު ކުރަން އަޅުގަނޑު ބޭސް ދޭނަން..  އަޅެ މަސްދުވަސް ފަހުން އަލުން ޓެސްޓް ހަދައިން އާދެބަލަ..” ޑޮކްޓަރު ބުނެލިއެވެ.

“ނެޗުރަލް ޕްރެގްނެންސީ އެއް ލިބޭނެ ކަމުގެ ކިހާ ޕަސަންޓެއް އެބަ އޮތްތޯ؟” ޑޮކްޓަރު ކުރެން މާޔާ އަހާލިއެވެ.

“ޓޫ… ޓޫ..ޓޫ..” ޑޮކްޓަރު ދެއެކޭ ބުނި އަޑު ހީވީ މާޔާގެ ކަންފަތުގައި ގުގުމައިގަތް ހެންނެވެ. މޭގައި އަތް އަޅާލެވުނީ ވީ ތަދުންނެވެ. އޭނާގެ ދިރިއުޅުމަށް ކުއްޖަކު ހަމަ ނުލިބޭނެ ބާއެވެ. 9 އަހަރު މަސައްކަތް ކުރި އިރުވެސް ދަރި އަކު ލިބުމުގެ ތައުފީގެއް އޭނާ އަކަށް ނުލިބެއެވެ. ޑޮކްޓަރު ބޭސް ލިޔެދިނުމުން މާޔާ ފޭބީ ތިރީ ފްލޯއަށެވެ. ޒައުލް އަކީ މި ހޮސްޕިޓަލުގެ ސައިކޭޓްރިސްޓެވެ. ޒައުލް ގާތަށް ދާން އޭނާ ބޭނުން ވީ ވެފައި ހުރި ދެރައިން ހިތަށް ތަސައްލީއެއް ލިބޭތޯއެވެ.

ހިފެހެއްޓުމެއް ނެތި ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ނަމަވެސް މާޔާ ބެލީ އެކަން ފޮރުވޭތޯއެވެ. ކުއްލިއަކަށް މާޔާ އައިސް ޖެހުނީ އަންހެނެއް ގައިގައެވެ.

“ސޮރީ…” މާޔާ ބަލާވެސް ނުލާ ބުނެލިއެވެ.

“އިޓްޒް އޯކޭ… އާޔޫ އޯކޭ؟” އެ އަންހެން މީހާ އަހާލިއެވެ.

ކުއްލިއަކަށް އަންހެން މީހާ އަތުގައި އޮތް ކުއްޖާ ރޯންފެށިއެވެ. އެވަގުތު މާޔާ އިސް އުފުލާ އެ ކުއްޖާއަށް ބަލާލިއެވެ. އަދި އެ ކުއްޖާ ހުއްޓުވޭތޯ އަޑު ލައްވަން ފެށިއެވެ. އެވަގުތަކީ ޒައުލް ކޮފީއެއް ގަންނަން ނިކުތް ވަގުތެވެ. އަތުގައި އޮތް ފޯނު ވެއްޓުނީ މާޔާ ސާރާ ގާތުގައި އޭނާ ދަރިފުޅު އުރާލައިން ހުރިތަން ފެނުމުންނެވެ. އަދި ޒައުލް ފެނުމުން ސާރާ އެއްމިންޔަކުން ހީލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ (ކިޔުންތެރިންގެ ސަމާލުކަމަށް)

Next

އެދިގެން ކަލާ ލިބޭތޯ 22

Next
November 12, 2025

އެދިގެން ކަލާ ލިބޭތޯ 22

Previews
November 11, 2025

ވާތީ ހިތަކު ލޯބި މަންމަންވެފާ (ކިޔުންތެރިންގެ ސަމާލުކަމަށް)

5 Comments!

  1. Aaraa says:
    November 11, 2025 at 10:57 pm

    Oh goddd.. What is gonna happenn.. Maaya ah saara haggegai kiyaadheynytha??? Btw first prt vrh reethi.. Vrh curious.. When next???
    Tc. Lyy🖤🖤

    1. Krystal says:
      November 12, 2025 at 9:52 am

      In sha allah on friday

  2. shynyx inax shynyx inax says:
    November 13, 2025 at 10:44 pm

    Vrh reethi

  3. Anonymous says:
    November 22, 2025 at 1:56 pm

    When is next??

  4. Anonymous says:
    November 28, 2025 at 3:11 pm

    when is next part?…masha allah..story is very nice..cant wait for the second part…

Comments are closed.

Next Episodeމާޔާ ދެވަނަ ބައި←


All Right Reserved!