މާޔާ ދެވަނަ ބައި
ޒައުލް ކޮފީ ގަންނަން ނިކުތް ވަގުތު މާޔާ ސާރާ ގާތު އެ ތުއްތު ކުއްޖާ އުރައިން ހުރިތަން ފެނުނެވެ. މުޅި މީހާ ދާހިއްލަން ފެށީ ފިސާރި އަވަހަށެވެ. ސާރާ އަށް ޒައުލް ހާސްވެފައި ހުރިތަން ފެނުމުން އެއްމިއްޔަކުން ހީލިއެވެ.
“ޑޮކްޓާރ..” ޒައުލްގެ ގައިގާ ފަހަތުން އައި ނަރުސް ކުއްޖާ ކޮއްޓާލުމުން ސިއްސައިން ގޮސް އެބުރިލިއެވެ.
“ހާދަ ހާސްވެފަ.. ޖިންނި އެއް ފެނުނީތަ؟” ނަރުސް އަދުހަމް އަހާލިއެވެ.
“އާނ.. އޭނ.. ނުން” ކިޔޭ ނުކިޔޭއެއް ނޭގި އަނެއްކާވެސް އެބުރިލީ މާޔާ ކޮބައިތޯ ބެލުމަށެވެ. ޒައުލްގެ މޫނު ކިރިޔާ ނުޖެހޭ ހިސާބުގައި މާޔާ އައިސް ހުއްޓިލައިން ހުރުމުން ބިރުން ހަޅޭއްލަވައިގަނެވުނެވެ. ޑޮކްޓަރަށް ދައްކަން އައިސް ތިބި މީހުންނަށް މި މަންޒަރު ފެނި ހެވޭގޮތްވިއެވެ.
*****
“ކޮބާ ކުއްޖާ ޖައްސާނެ ގެޔެއެއް އިނގިއްޖެތަ؟ ދޭނެ ނަމެކޯ؟” ސާރާ ގެއަށް އައިސް ވަނުމާ އެކު ސާރާ މަންމަ ފާތުމަ ބަދިވަރަކަށް ސުވާލު ކުރަން ފެށިއެވެ.
“ކޮބަ މަ އޭރުވެސް ބުނިންދޯ އެ އަލީއާ އިދެގެން ރީތިކޮށް ހުންނާށޭ.. އޭނަ ކައިރިން ވަރިވީމަ ވެސް މަ ބުނިންދޯ ތި ޒައުލުއަކާ އިންނާނެ ކަމެއް ނެތޭ މީހެއްގެ ފިރިއެކޭ އެއީ.. މަ ކިޔާ އެއްޗެއް ކަލޭ ގަބޫލު ނުކުރާތި” ސާރާ ހުރި ހަމަހިމޭންކަން ފެނުމުން ފާތުމަ ގާތަށް އައިކީ އަމަށަކު ރުޅިއެއް ނޫނެވެ.
“އަޅެ މަންމަދެލޯ އަދިރީތަ؟ ތިބުނާ މަހުޖަނު އަލީއަކާ އަހަރެން ދެވައިން ވީ މޮޅެއް އޮތްތަ.. މަންމަ އަށް ރަގަޅަށް އެގޭނެ އޭނަ އަހަންނަ ހެދި ގޮތް.. މަންމަ ފައިސާއަށް ވިކުނަސް އަހަންނަކަށް އެ މުހިންމެއް ނުން…” ސާރާ އިތުރަކަށް ފާތުމަ ދައްކާ ވާހަކަ އަޑުއަހަން މަޑުނުކޮށް ގޮސް ކޮޓަރިއަށް ވަނެވެ.
“އާނ.. އަހަރެން މީ ނުކިޔަވަ ހުރި ލާރިއަށް ބޫތު ކައިފަ ހުރި މީހެއް.. އެކަމު އާހިރުގަ ކަލޭވެސް އަންނާނީ މި ފާތުމަ ކައިރިއަށް ރޮމުން ރޮމުން..” ސާރާއަށް އަޑު އިވޭވަރަށް ބާރަށް މިހެން ބުނުމަށް ފަހު ފާތުމަ ނިކުމެގެން ހިގައްޖެއެވެ.
******
“ބޭސް ކައިފަ ދެން ބަލަމާ… އަހަރެން ބުނީމެއް މާޔާ ކައިރީ ޔޫއާ އިނަފް ފޯމީއޭ…” ޒައުލް މާޔާގެ މޫނުގައި ފޮރުމާލަމުން ބުނެލިއެވެ.
“ބަޓް އައި ވޯންޓް އަ ކިޑް… އަހަންނަށް ޔަޤީން ޒައުލްވެސް ބޭބީއެއް ބޭނުން ވާނެކަން…” މާޔާ ދެރަވެލާފައި ބުނެލިއެވެ.
“އިޓްސް އޯކޭ.. ވީ ކޭން ފިގާ އިޓް އައުޓް.. ބައިދަވޭ… އަހަރެންގެ އެބައޮތް މީޓިންގް އެއް.. ފަހަރަކު ލަސްވެދާނެ… ޑޯންޓް ވެއިޓް ފޯމީ..” ޒައުލް މިހެން ބުނުމަށް ފަހު މާޔާ ގައިގާ ބައްދާލިއެވެ. ސާރާ އާ ދެމީހުން ދެމެދު އެއްވެސް ވާހަކައެއް ނުދެކެވޭތީ އޭނާ ހުރީ ހަމަ ޖެހިފައެވެ.
*****
ހަވީރު 4 ޖެހި ތަނާ ޑިއުޓީ ނިންމާލުމަށްފަހު ޒައުލް ހޮސްޕިޓަލުން ނިކުމެ އޭނާގެ ކާރާ ދިމާލަށް ދާން މިސްރާބު ޖެހިއެވެ. ސިކުޑި ތެރޭގައި އެތައް ކަމެއް ހިގަމުން ދިޔައެވެ. ސާރާގެ ކަންތައްތަކާ މެދު ވިސްނި ވަރަށް އޭނާގެ ސިކުޑީގައި ދިޔައީ ރިހެމުންނެވެ. ކާރަށް އަރާ ހުޅުމާލެ ސަހަރާއާ ދިމާލަށް މިސްރާބު ޖެހިއެވެ. ސާރާ ދިރިއުޅެމުން ދިޔައީ އެތާ ކައިރީ ހުންނަ ގެއެއްގައި ކުއްޔަށެވެ.
****
“ދޮންތާ އަހަރެން މިހާރު ވަރުބަލިވެއްޖެ.. އެކަމަކު އިންޝާﷲ އަހަރެން ހިތްވަރެއް އެލުވައެއް ނުލާނަން.. އަހަރެންވެސް ބޭނުން ކައިލް ކަހަލަ ލޯބި ކުއްޖެއް.. ” މާޔާ ވާހަކަ ދެއްކީ އޭނާގެ ދައްތަ މާޔަންގެ ދަރިފުޅު އުރައިން އިދެއެވެ. މާޔާ އަބަދުވެސް ކުދިން ބޭނުން ވެއެވެ. ނަމަވެސް އޭނާގެ ބަލީގެ ސަބަބުން އަދިވެސް ވަނީ އެކަން ނުވެފައެވެ.
މިހާރަކަށް އައިސް މި ރާއްޖޭގައި އެންމެ ގިނައީ އަންހެންނުންނަށް ޖެހޭ ޕީސީއޯއެސް އަދި އެންޑޯމިޓްރިއޯސިސް ބައްޔެވެ. މިބަލީގެ ސަބަބުން ދަރިމައި ވުމަށް އެތައް ހުރަސް ތަކަކާ އަންހެނުން ކުރިމަތި ލައެވެ. މާޔާވެސް ދަނީ މި ބަލި ތަހަންމަލު ކުރަމުންނެވެ.
“ދެން ޔާޔާ އައިވީއެފް އަކަށް ދާން ނުވިސްނަންތަ.. މިހާރު ޓްރީޓޮޕްގަ އެ ހެދޭނުން.. ޒެއްލު ވަޒިފާގަ ހުރެވެސް މާލެ އިން އެކަން ކުރެވެންޔާ ކުރަންވީނުން..” މާޔަން ބުނެލިއެވެ. މާޔާ އަށް ލޯބިން މާޔަން ކިޔަނީ ޔާޔާ އެވެ.
“އަހަރެންވެސް ވަރަށް ވިސްނަން އެބަ ތިކަމާ އެކަމް މައްސަލައަކީ ޒެއްލު މަންމަ ދޯ…” މާޔާ ފުންނޭވާއެއް ލިއެވެ.
“ތިބުނީ؟” މާޔަން އަހާލިއެވެ. މާޔާ އަކީ އެއް އިރަކުވެސް ޒައުލް ކީއްކުރަން ޒައުލް އާއިލާ މީހެއްގެ ވާހަކަ ދައްކާ މީހެއް ނޫނެވެ.
“އަހަންނަށް އިނގޭ މިހާރުވެސް މަންމަ ޒެއްލު އަށް ޕްރެޝާ ކުރާކަން… އެކަމް އޭނަ އެ މަންޒަރު އަހަންނަކަށް ނުދައްކާ… ދޮންތަ ބުނެބަލަ އިދެގެން 9 އަހަރު 10 އަހަރު ވާ އިރު އަހަރެން ހަމަ ދަރިއަކު ބޭނުންވާ ގޮތަށް މަންމަ ވެސް މާމަ ދަރިއެއް ބޭނުންވާނެ ނުން..” މާޔާގެ ވާހަކަ ހުއްޓާލީ މާޔަން ފިރިމީހާ ޔޫނުސް އައިސް ގެއަށް ވަނުމުންނެވެ.
“ދޮންތަބޭ ކޮބާ މީޓިން ނިމުނީތަ.. ދޮންތާ އަހަރެން ދަނީ ޒެއްލު އަންނާނެ ގެޔަށް މިހާރު…” ޔޫނުސް ދޭ ޖަވާބަކަށް ބެލުމެއް ނެތި ދަބަސް ނަގައި މާޔާ އެގެއިން ނިކުތެވެ.
“ކޮން މީޓިން އެއް…؟” ޔޫނުސްވެސް އަހާލީ މާޔަން ކައިރިއެވެ. މާޔަން ކޮޑު ހިއްލާލުމަށް ފަހު ކައިލް ގޮވައިން ކޮޓަރިއަށް ވަނެވެ.
******
ޒައުލް ގޮސް ސާރާމެންގެއަށް ވަދެ ކޮޓަރީގައި ހިފާލިއެވެ. ތަޅުލާފައި ހުރުމުން ތަޅު ދަޑި ޖަހާ އެތެރެއަށް ވަނެވެ. އެވަގުތު އައިސްދާނެ އެޓޭކަކަށް ނުވިސްނާ ހުރި ޒައުލްގެ ބޮލުގައި އައިސް ޖެހުނީ ސާރާ އެއްލި ބުއްފުޅިއެވެ. ޖެހުނު ގޮތުން ތަދު ނުވެއެވެ. ނަމަވެސް ސާރާގެ މި އަމަލުން ޒައުލް ހުރީ ހައިރާން ވެފައެވެ.
“ޒައުލް އަށް މިކުއްޖާ ތިގޭގަ ރަޖިސްޓްރީ ނުކުރެވެންޔާ އަހަރެން ވަރިކޮށްލާފަ ދޭ.. އަހަރެން އަހަރެން ދަރިފުޅު ކޮންމެވެސް ތާކު ޖައްސައިން ބަލާ ބޮޑުކޮށްފާނަން..” ސާރާ ރުޅިއައިސް ހުރި ވަރުން ބުނެލިއެވެ.
“ސާރާ… ކަމެއް ވާ އިރަށް ކީއްވެތަ ވަރިއަށް ތި ގޮވަނީ… އަހަރެން ސާރާ ވަރިކުރަން ބޭނުމިއްޔާ ކީއްކުރަން ސާރާއާ އިންނަނީ…” ޒައުލް ގާތަށްވެސް މި ފަހަރު ރުޅިއައެވެ.
“ދެން ހެޔޮ މިކުއްޖާއަށް ކުރިއަށް މިއޮތް 4 ދުވަސް ތެރޭ 7 ދުވަސް ފުރޭނެ.. ނަމެއް ކިޔާފަ ބޮޑިބަތް ކައްކާފަ ބަހަން ޖެހޭނެ.. އަހަންނަށް ހީވަނީ އަހަރެން އެކަނިހެން މިކުއްޖާޔާ ދޭތެރޭ ވިސްނަނީ..” ސާރާ ދެރަވާން ފެށިއެވެ. ޒައުލްގެ އަޅާލުން ކުޑަ ވާ އިހުސާސް ތަކެއް އޭނާއަށް ކުރެވެން ފެށިއެވެ. އަދި ކުރިން އޭނާ ބަޑުބޮޑު އިރު މަދުވެގެން މަހަކު 3 ދުވަހު އޭނާ ކައިރީ ޒައުލް ހުރެއެވެ.
“ނުން.. އަހަރެން ވިސްނަން… މީ އަހަރެންގެ ދުނިޔެއަކީ.. އަހަރެން މިކުއްޖާ ދެކެ ވަރަށް ވަރަށް ލޯބިވޭ… ދެން ބުނެބަލަ ނަމެއް ހޯދީތަ؟” ޒައުލް އަހާލިއެވެ.
“ސާބަސް.. މިހާރު ނަންވެސް ހަދާން ނައްތާލީ؟ އަހަންނަށް އިގޭ އޭރުވެސް ތިވަރުކަން ޒައުލް އަށް ވާނީ..” ސާރާ ޒައުލް އަތުން ދަރިފުޅު ނެގިއެވެ.
“އަޅެ އަހަރެން ސަމާސަ އަކަށޭ.. ދެން ދީބަލަ ތިސޮރު…” ޒައުލް އަނެއްކާވެސް ސާރާ އަތުން ކުޑަމީހާ ނެގިއެވެ.
“ނޭގޭ.. ބުނޭ އިގެންޔާ..” ސާރާ ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.
“ޒާން އެއް ނުން… ޒާން ބިން ޒައުލް ކިޔާކަށް ނުން ދޫނިގަޑު ބޭނުންވީ…” ޒައުލް ބެލީ ސާރާ ހަމަ ޖެއްސޭތޯއެވެ. ޒައުލް ދަރިފުޅު ނަން ހަދާން ހުރުމުން ސާރާ އުފާވިއެވެ.
ދަރިފުޅު ސިއްސައިގެން ގޮސް ރޯން ފެށީ ޒައުލްގެ ފޯނު ރިންގްވާން ފެށުމުންނެވެ. ގުޅަމުން ދިޔައީ މާޔާއެވެ. ޒައުލް ފޯނު ހިފައިން ދޮރުން ބޭރަށް ނިކުތެވެ. އޭރުވެސް ކޮންމެވެސް ވަރަކަށް ޒާންގެ ރުއިމުގެ އަޑު އިވެމުން ދިޔައެވެ.
“ހަލޯ ލޯބީ.. ކީކޭ؟” ޒައުލް ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން އަހާލިއެވެ.
“ނުނިމޭ؟ ގައިމު ދޮންތަބެ އައިއްސި ގެޔަށް… ކޮން ކުއްޖެއް ރޯ އަޑު އެ އިވެނީ؟” މާޔާ މިހެން ބުނުމުން ޒައުލްއަށް ތެޅިގަނެވުނެވެ.
-ނުނިމޭ-
ނޯޓު: ވާހަކަ ނުނެރެ މިހާ ގިނަ ދުވަސް ވެގެން ދިއުމުން ކިޔުންތެރިން އަރިހުން ނިހާޔަތަށް މާފަށް އެދެން.. އިންޝާﷲ ގަވައިދުން ހަފްތާއަކު ދެދުވަހު ވާހަކަ ނެރެވޭތޯ ވަރަށް މަސައްކަތް ކޮށްދޭނަން..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




Mashallah mi part vx vrh reethi
Maaya ah enguneema haadha dheravaane eii dhww
Alheyy
When next?
،will upload soon in sha allah