ލައިގެން ހުރި ޖީންސް ތެރެއަށް ކަރުދާސްކޮޅު ލަމުން މިކްޔާ ސައިކަލު ދުއްވާލިއެވެ. އޭރުވެސް އޭނާގެ ލުއި ހުނުމުގެ އަޑު އިވެމުން ދިޔައެވެ. މަގުގައި އެއްވެސް އަޑެއް ނީވޭތީވެ އެއަޑު ދިޔައީ އެކޯ ވަމުންނެވެ. “ޝީޒް ލަކީ ޝީޒް ކިއުޓް” އެއްމިޔަކަނުން ހީލަމުން އެޒިކިއެލް ބުނެލިއެވެ. އަދި ލުއި ފިޔަވަޅުތަކެއްގާ ގޮސް ސައިކަލަށް އެރިއެވެ.
(5 ވަނަ ބައި)
ގެއަށް ވަދެގެންއައި ޔައުލާންގެ މޫނުމަތީގައިވީ ކޮންކަހަލަ އިހުސާސެއްކަން ބުނަން ދައްޗެވެ. ބަރުހެލި ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަދެ ބާރަކަށް ދޮރު ޖެހިއެވެ. އޭރު އޭނާގެ ހިތުގެ ވިންދުގެ އަޑު ކަންފަތާއި ހަމައަށްވެސް އިވެމުން ދިޔައެވެ.
“ނޫން ނޫން.. އެލާ؟ ޒަވުލްއާއި؟ ނޯ. ނޯ. ނޯ. ނޯ ވޭ” ޖީބުގައި އޮތް ފޯނު ނަގާ އެނދަށް ހޫރާލަމުން ޔައުލާން ހަޅޭ ލަވައިގަތެވެ. ފޯނު އެނދުގައި ޖެހިފައި ވެއްޓުނީ ބިންމައްޗަށެވެ. ވަގުތުން ފޯނު ތަޅައިގެން ދިޔައެވެ. އަޅާނުލާ ކައިރީގައި އިން ސޯފާއަށް ވެއްޓިގަތެވެ.
“ކީއްވެ؟؟؟ ކީއްވެ ޒަވުލް؟؟؟ އަހަރެންގެ ނެތް ކޯއްޗެއްތަ އޭނަގެ ހުރީ؟ އޭނ؟ ގައިމު އަހަރެން އޭނައަށްވުރެ ރީތި. ހަށިގަނޑުވެސް މާ ފައްކާ” ސޯފާގައި އޮތް ބާލީހުގައި ދައިގަންނަމުން ޔައުލާން ހަޅޭ ލަވައިގަތީ މޮޔައެއް ހެންނެވެ. އަދި އަރައިގަންފައި ހުރި ރުޅިން ބާލިސް މައްޗައް ހޫރުވާލިއެވެ. ފަންކާގައި ޖެހި ބާލީހުގައި ހުރި ކަފަތައް އެތައް މިތަނަށް ބުރައިގެން ދިޔައެވެ. އަދި ބާލިސް ވެއްޓި ޖެހުނީ ސީދާ ޔައުލާންގެ ބޮލުގައެވެ.
“ކިހާ ދެރަކަމެއްތަ؟؟؟ ޔޫ ޓްރައިންގ ޓު ޓެސްޓް މައި ޕޭޝެންސް؟؟؟” ބޮލުގައި ހުރި ކަފަތައް ފޮޅާލަމުން ޔައުލާން ބާލިސް ހޫރުވާލިއެވެ. އަދި ހަށިގަނޑު ދަމަމުން ކަހަލަ ގޮތަކަށް ގޮސް ތެޅިފައި އޮތް އޭނާގެ ފޯނު ނެގިއެވެ.
“އިންސްޓަގްރާމް” އަށް ވަދެލުމާއި އެކު އެންމެ ފުރަތަމަވެސް ފެނުނީ އެލާރާގެ “ނޯޓް” ގައި ޖަހާފައި އިން “ޒެޑް” އަކުރެވެ. ވަގުތުން ޔައުލާންއަށް ހަޅޭލަވައިގަނެވުނެވެ. “ވާހްހްހްހް. އެހެންވެ އެލާގެ ތުންފަތުގައި ވީ ހިނިތުންވުމުގެ ސިއްރަކީ މީނަތާ ދޯ؟ ވާހްހް. އެންޑް އައި ތޯޓް އިޓް ވޯޒް މީ” ދަތްކުނޑިވިކައިލަމުން ޔައުލާން ބުނެލިއެވެ. އަދި ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ.
“މަށަށް އެލާ ބޭނުން ކަހަލަ މީހަކަށް ނުވެވުނީތަ؟…” މިފަހަރު ޔައުލާންގެ އަޑުގައިވީ ހިތާމައެވެ. މަޑުމަޑުން އަތް ހިއްލާލަމުން ކޯތާފަތުގައި އަތް ޖައްސާލިއެވެ.
“ވަޓް ދި ހެލް؟؟؟ އެލާ ޒަވުލްއާއި ވާހަކަ ދެއްކިޔަސް މަށަށް ކީއްތަ؟ ހުހް. އެއީ މަގޭ ބިޓެއްވެސް ނޫން ވިއްޔަ. ޔައު ކީއްވެގެންތަ ތިއުޅެނީ؟ ޗީޑި ދެން. ބަލަ ނިކަން ޔައު ހޮޓް ކަން. ޔައުއަށް އެލާއަށްވުރެ މާ ރީތި ކުދިންވާނެ” ޔައުލާން އެއްމިޔަކަނުން ހީލަމުން އަނެއްކާ ފޯނަށް ބަލާލިއެވެ.
ދެން އޭނާ ދިޔައީ އިންސްޓަގްރާމްގެ ފޮލޯ ރިކުއެސްޓްސް އަށެވެ. އެތަނުގައި އެއްހާހަށްވުރެ ގިނަ މީހުން ތިއްބެވެ. ގިނައީ އަންހެން ކުދިންނެވެ. “މިއޮތީ އަހަރެންގެ ފަހަތުގައި ތިބިހާ ކުދިން. ދެން އެލާ ގެއްލުނެކޭ ކިޔާފަ ކީއްތަ؟ ފޮލޯ ބެކް. ފޮލޯ ބެކް. ފޮލޯ ބެކް” ފަހަރަކު ކުއްޖަކަށް ފޮލޯ ބެކް ޖަހަމުން ޔައުލާން އަމިއްލަ ނަފްސައް އަޑު ލައްވާލިއެވެ.
ހިނދުކޮޅެއް ފަހުން “ޔޫ އާރ ފޮލޮވިންގ ޓޫ މެނީ އެކައުންޓްސް ޓޫ ފާސްޓް” އޭ އެރިއެވެ. ވަގުތުން ޔައުލާންގެ ތުންފަތުގައިވީ ހިނިތުންވުން ފިލާ ދިޔައެވެ. “އާރ ޔޫ ކިޑިންގ މީ” ދަތްކުނޑިވިކައިލަމުން ޔައުލާން ފޯނު ހޫރާލިއެވެ.
ނިދަންލާ ސިލްކު ފޮތީގެ ހެދުން ކޮޅު ލަމުން އެލާރާ އޭނާގެ ފަންދިގު އިސްތަށިގަނޑު “ހެއާރ ކްލިޕް” އެއްގެ އެހީގައި ހައްޔަރު ކޮއްލިއެވެ. ފާހާނާއަށް ވަދެ މޫނު ދޮންނަ ފުޅިއާއި “ކްލެންސާރ” ގެ އެހީގައި މޫނު ދޮވެލިއެވެ. އަލުން ކޮޓަރިއަށް ވަދެ މޫނުގައި ދެތިން ވައްތަރެއްގެ ކްރީމް ކޮޅެއް ހާކާލިއެވެ. ތުންފަތުގައި “ލިޕް ބާމް” ކޮޅެއް ހާކާލާފައި ލުއި ފިޔަވަޅުތަކެއްގައި ގޮސް އެނދަށް އެރިއެވެ.
ފޯނު ނެގުމާއި އެކު އޭނާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ޒަވުލްގެ ފަރާތުން ލިބިފައި އިން މެސެޖެވެ. “ހޭ… މާދަމާ ބިޒީތަ…؟” ޒަވުލްގެ މެސެޖުގައި އިނެވެ. ހިނިތުންވެލަމުން އެލާރާ ތިރީ ތުންފަތުގައި ދަތްއަޅާލިއެވެ.
“ހެހެ ދެން އަނެއްހެން ބިޒީއެއް ނޫން. ކިހިނެތްވީ އަނެއްކާ؟” އެލާރާ މެސެޖު ކޮއްލިއެވެ. ހަމަ އެވަގުތު ޒަވުލް “ޓައިޕް” ކުރާކަމައް އެރިއެވެ. “މިއަދު ހުޅުވި މިލްކްޝޭކް ފިހާރައެއް ފެނިގެން. ކީމެއްނުން ވަރަށް މިލްކްޝޭކް ބޯހިތްވާ ދުވަސްކޮޅެކޭ. ހިނގާބަލަ ދާން ދޯ؟” ޒަވުލްގެ މެސެޖުގައި އިނެވެ.
“އޯންންން.. ހަނދާން އެބަ ހުރިތަ؟” އެއީ އޭނާ ތިންދުވަސް ކުރިން ބުނި އެއްޗަކަށް ވުމުން އެލާރާއަށް އަހާލެވުނެވެ. “ހެހެ އޮފްކޯސް. އެލާއާއި ގުޅުން ހުރި އެއްވެސް ކަމެއް ހަނދާނެއް ނުނެތޭނެއްނުން؟” ޒަވުލް މެސެޖު ކޮއްލިއެވެ.
“ހެހެ. އޯކޭ އެހެންވެ. ސުކޫލް ނިންމާފަ އާދެ ސްޓޭޝަންއަށް. އޯކޭތަ؟” އެލާރާ މެސެޖު ކޮއްލިއެވެ. “ޔޭސް!!! ސީ ޔޫ. ދެން ނިދާލާ އިނގޭ؟ ގުޑް ނައިޓް” ރަތް ކުލައިގެ ހިތަކާއި އެކު ޒަވުލް މެސެޖު ކޮއްލިއެވެ. “ހެހެ ސީ ޔޫ ޓޫ. ގުޑް ނައިޓް”
ނަމަވެސް ނިދަން އޮށޯތުމުގެ ބަދަލުގައި އެލާރާ ނިކުތީ ކޮޓަރިން ބޭރަށެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ވަނީ އެޒިކިއެލްގެ ކޮޓަރިއަށެވެ. ސޯފާގައި އޮށޯވެގެން އޮތް އެޒިކިއެލް ދިޔައީ ސިއްސައިގެންނެވެ. “ހޫން. ސާބަހޭ މަންޖޭ. ދޮރުގަ ޓަކި ޖަހަން ނޭނގެނީތަ؟” ތުންއަނބުރާލަމުން އެޒިކިއެލް އަހާލިއެވެ. އެވަގުތު އެޒިކިއެލް ފޯނުގައި އިން ބައުލްބީގެ ފޮޓޯ އެލާރާގެ ލޮލުގައި އަޅައިގަތެވެ.
“ހަހަ ކިހިނެތްވީ ކުއްލިއަކަށް ބައުލްބީ މަތިން ހަނދާންވީ؟” އެޒިކިއެލް ކައިރީ އިށީންނަމުން އެލާރާ ސުވާލު ކޮއްލިއެވެ. “އަހަރެން އަބަދުވެސް ހަނދާންވޭ ބައުލްބީ މަތިން” ތުންކޮޅު އޮޅާލަމުން އެޒިކިއެލް ބުނެލިއެވެ. “ހަހަ ބްރޯ ނިކަން ބިޓެއް ނަގާބަލަ. މިހާރު ތިދަނީ ހަމަ ޑިޕްރެޝަނަށް” އެޒިކިއެލްގެ ކޮނޑުގައި ޖަހާލަމުން އެލާރާ ބުނެލިއެވެ. އެއާއި އެކު އެޒިކިއެލްގެ ޙިޔާލައް އައީ މިކްޔާއެވެ. ވަގުތުން ބޯހޫރުވާލެވުނީ އެހެންވެގެންނެވެ.
“ހޫން. ކުއްލިއަކަށް ތިހެން ކިޔަން ތިފެށީ ޒަވުލް ރައްޓެހިވާން އެހީތަ؟” ދިމާކުރާ ރާގަކަށް އެޒިކިއެލް އަހާލިއެވެ. “ދެން ދޮންބެގަނޑާ! ނޭނގެ ދޯ؟ އައި ގެސް…؟ ދެންމެ މެސެޖް ކޮއްފަ ބުނެފި މާދަމާ ދިމާވާން…” އިނގިލި ތަކާއި ކުޅެން އިނދެ އެލާރާ ބުނެލިއެވެ.
“ހޫން ހޫން. ކިސްއެއް ދޭން ކަންނޭނގެ ދޯ؟ ހަހަހަހަ” ހެމުން ހެމުން އެޒިކިއެލް ބުނެލިއެވެ. “ޗީޑި. ހުހް. ވަރަށް ފޫހިވޭ” އެޒިކިއެލްގެ އަތުގައި ބޮނޑިއެއް ޖަހަމުން މިކްޔާ ކޮޓަރިން ނިކުތެވެ.
ގޭކައިރީގައި ސައިކަލު ޕާކް ކޮއްފައި މިކްޔާ އެތެރެއަށް ވަނީ ދުވަމުން ކަހަލަ ގޮތަކަށެވެ. އޭރުވެސް ޕިއްޒާގެ މީރުވަސް ދޮވަމުން ދިޔައެވެ. އެތެރެއަށް ވައިން އިރު މީކައިލް، ސަފިއްޔާ އަދި މިރުޝާލް ސޯފާގައި އިނެވެ. “އޯހް މައި ބޭބީ” ތިންމީހުން ކުރިމަތީގައި އިން ބިއްލޫރި މޭޒު މަތީގައި އިން ޕިއްޒާ ފޮއްޓަށް ބަލައިލަމުން މިކްޔާ ބުނެލިއެވެ.
“ކޮން މައި ބޭބީއެއްތަ؟ އަހަރެމެން މިތާ ކުޅުދިޔާވެފަ ތިބޭތާ ކޮން އިރެއްތަ މިހާރު” ކަޅި އަޅާލަމުން މީކައިލް ބުނެލިއެވެ. “ދެން ސޮރީއޭ، ކުޑަ ކަމެއް ލައިގަތީ” ތަންދޫރީ ޕިއްޒާ ފޮށި ހުޅުވާލަމުން މިކްޔާ ބުނެލިއެވެ. “ސާބަސް ދަރިފުޅާ. ސައިކަލަކު ނޫންތަ ތިއުޅެނީކީ؟ ދަލުން ފޯވެފަ ވިއްޔަ ތިހުރީ” މިކްޔާގެ ނިތްމަތީގައި ހުރި ދާތައް ފުހެލަދެމުން ސަފިއްޔާ އަހާލިއެވެ.
“މިކީ ސައިކަލު ގެނައީ ކޮނޑަށް ލައިގެންތަ؟ ހަހަ” މީކައިލްއަކަށް ދިމާކޮއްނުލާ ނުހުރެވުނެވެ. “ދެން ދުވެފައޭ ސައިކްއަށް އަރާ ފޭބީ” މީކައިލްއަށް ކަޅި އަޅާލަމުން މިކްޔާ ބުނެލިއެވެ.
“ކޮބާ ދަރިފުޅާ މިއަދު ދުއާ ނުގެންނަންތަ؟” އެކަހަލަ ކަންކަން ކުރާ ރޭރޭގައި ދުއާވެސް އެތަނުގައި ހުންނާތީވެ މިރުޝާލް އަހާލިއެވެ. “ޔާ. މިރޭ ޑިއުޓީގަ ހުރީ” ޕިއްޒާ ފޮއްޗެއްގައި ދަތް އަޅާލަމުން މީކައިލް ބުނެލިއެވެ.
“ދަރިފުޅު ދެން ދުއާއާއި ކައިވެނި ކުރަންވީނުން؟ މިހާރު މަންމައަށް އެންމެ އިންތިޒާރު ކުރެވެނީ އެދުވަހައް. މިހާރު ގައިމު 5 އަހަރުވީ ރައްޓެހިވެގެން އުޅޭތާ. އަސްލު އެހާ ގިނަ ދުވަހު ރައްޓެހިވެގެން އުޅުން އެއީކީ އެހާ ރަނގަޅު ކަމެއް ނޫނެއްނުން؟” ސަފިއްޔާ އޭނާގެ ހިޔާލު ފައުޅު ކޮއްލިއެވެ. ފާޅުގައި މަންމަ ކައިވެނީގެ ވާހަކަ ދެއްކުމުން މީކައިލް ލަދުގަތެވެ. ކޯތާފަތައް ހޫނުކަން އިހުސާސްވެ، ޖަންބު ކުލަ އަރައިގެން ދިޔައެވެ.
“އާޗާ ދޮންބެ ލަދުގަތީތަ؟ އޯ އެމް ޖީ” އަތް ޖަހާލަމުން މިކްޔާ ބުނެލިއެވެ. “ދެރަކަމެއްނުން؟ ހޫނ. ހެވެއްނުން؟ ދޮންބެ ވިއްޔާ ބިޓެއް އެބަ ހުރިތާ. ޔޫ އާރ ސިންގަލް ހާހާހަހާހާ” ދޫނެރެލަމުން މީކައިލް ބުނެލިއެވެ. މިކްޔާ ކަޅި އަޅާލިއެވެ.
ފެހި ކުލައިގެ ދޫ ޓީޝާޓަކާއި އެކު މުށި ކުލައިގެ ދޫހަރުވާޅެއް ލައިގެން އިސްތިރި ކުރަން ހުރި ޒާލާއާއި ދިމާލަށް ބަލަން އަކްނާން އެނދުގައި އޮތެވެ. ޒާލާގެ ފަންދިގު އިސްތަށިގަނޑު “މެސީ ބަން” އަކުން ހައްޔަރު ކޮއްލާފައިވީ އިރު މޫނުކައިރީގައި ހުރި އިސްތަށިކޮޅުތަކު ތެރެއިން ޒާލާގެ ދޮން މޫނު ފެންނަނީ ވިލާ ތަކެއްގެ މެދުގައި އިން ހަނދެއް ފަދައިންނެވެ.
ވާހަކަ ދައްކަ ދައްކާ ހުރި ޒާލާގެ ނަޒަރު އަކްނާންއަށް ބަދަލު ކޮއްލީ އޭނާ އެއްވެސް އެއްޗެއް ނުބުނުމުންނެވެ. ކަޅި ޖަހާ ނުލާ އޭނާއަށް ބަލަން އޮތް އަކްނާން ފެނި ޒާލާ ލަދުން އިސްޖަހާލިއެވެ.
“ހޫން. ނާނު ދެން އަބަދު ހަމަ ޒާލާއަށް ބަލަނީ. ތިވަރަށް ބަލަނިކޮށް ފޫހި ވެއްޖެއްޔާ އޯ؟” ހީލަމުން ޒާލާ އަހާލިއެވެ. “ހަހަ ނޫނޭ. ނެވާރ އެވާރ” އެއްލޯ މަރާލަމުން އަކްނާން ބުނެލިއެވެ. “ހޫން ހެވޭ” ދޫ ނެރެލަމުން އޭނާ އިސްތިރި ކުރި އަކްނާންގެ ގަމީސް ކޮނޑުގައި އަޅުވާލަމުން ކަބަޑަށް ލިޔެވެ.
“ދޫނީ. އާދެބަ ނާނު ކައިރިއަށް” އަތް ދިއްކޮއްލަމުން އަކްނާން ބުނެލިއެވެ. ހީލާފައި ގޮސް ޒާލާ އަކްނާންގެ އަތުގައި ހިފާލިއެވެ. “އަވަހަށް އާދޭ ދެން. މިއަދަށް ވާވަރަށް މަސައްކަތް ކުރެވިއްޖޭނުން؟ ކަމް ބޭބީ ގާލް” ޒާލާގެ ހަށިގަނޑު އޭނާގެ ހަށިގަނޑު މައްޗަށް ވައްޓާލަމުން އަކްނާން ބުނެލިއެވެ.
“ސާބަސް. ވަރަށް ފްލާޓް ކުރާހިތްވޭ ދޯ؟ ހަހަ” ހީލަމުން ޒާލާ އަހާލިއެވެ. “އާނ. މަގޭ އަންހެނުންނާ ފްލާޓް ކުރުމުން މައްސަލައެއް އެބައޮތްތަ؟” ޒާލާއާއި މޫނާ މޫނު ގާތް ކޮއްލަމުން އަކްނާން ބުނެލިއެވެ.
ސީލިންގާ ދިމާލަށް ބަލަން އޮތް އިމްރާންގެ މޫނުމަތީގައި ރުޅިވެރިކަންވީ އޭގެ އިންތިހާއަށެވެ. އެމޫނު މަތީގައި ހުރި އަސަރު ތަކުން ދެންމެ ދެންމެ މީހަކު މަރާލަފާނެހެންވެސް ހީވެޔެވެ. ނިދިފައި އޮތް ލީރާގެ މޫނަށް ބަލާލަމުން އެނދުން ތެދުވީ ކުއްލިއަކަށެވެ.
ކޮޓަރި ދޮރު ހުޅުވާލުމާއި އެކު ގޮވަމުން ދިޔަ ހޯނުގެ އަޑު ބާރުވެލިއެވެ. “ކިހާ ދެރަކަމެއްތަ؟ ކަލެއަށް ކުރާނެ ކަމެއް ނޭނގިގެންތަ ތިއުޅެނީ؟” އިމްރާން އެހޯނާއި ދިމާލަށް ހަޅޭލަވައިގަން އިރު ހީވަނީ އެއީ އިންސާނެއް ހެންނެވެ.
އެވަގުތު ބަދިގެ ތެރެއިން އަޑެއް އިވުނެވެ. ދޮރު ކައިރީގައި ނިވާވެލި ނަމަވެސް އެހިޔަނި އިމްރާންއަށް ފެނުނެވެ. އެއްމިޔަކަނުން ތުންފަތް ދެމުން އިރު އެދިމާލަށް އޭނާގެ ފިޔަވަޅު ނަގަން ފެށިއެވެ.
(ނުނިމޭ)
ހަވަނަބައިގެ ތެރެއިން:
“މީ މަގޭ ދިރިއުޅުން. އަހަރެން ބޭނުން ގޮތެއް ހަދާނީ. ކަލެއަށް ކޮން ކަމެއް؟ އަހަރެން ބޮޑުވީ އެކަނިމައިއެކަނި. ދެންވެސް އަހަރެން އުޅޭނީ އެކަނި!!”
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







Nice💗💗💗💗💗💗
Jazaakallah khairan 🙂
Yaulaan just admit it! You like elara😹
Ezikiyal bunee thedeh hama zawul aa bahdhalu kuran elaa edhanee kiss akah😹😹😹
I swear imran has to do something with lashka!
When next?
Ly.💗💗
Don’t mind me commenting really late cuz my term tests are ahead n I’m freaking out 😭
Hahaha😭😭
Hmmmmmm let’s see dhww..
Lytt🤍
Hehe it’s okay best of luck for your exam 🙂
Shier are you married?
I don’t want to share anything from my personal life here in the site.. It’s too public for me, please understand 🙂
Luv the name yaulaan❤️Has so many memories attatched to it..Shiher kihine hodhi nameh mee ?
story is nice keep it up
Jazaakallah khairan…. shiherr hurihaa names vess hoadhanyy nan fothun🫶🏻
kurin lin kee thi soora nun kiyaa storyehga ves othyma ahaaly igey absolutely no hate to u❤️vara unique nameh veema &b4 nufehna nameh veeema
🫶🏻