Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ރިހުން ފަހުބައި

Krystal Level 510 Stories100 Login100 Comments
November 8, 2025 5 Mins Read
0 Comments

“މިންހާ… މިންހާ..” ޔާސިން މިންހާގެ މޫނުގައި ޖަހާލަމުން ގޮވަން ފެށިއެވެ. ނަމަވެސް މިންހާގެ ހިލަމެއް ނުވެއެވެ.

“ކޮންމެހެން މިންހާ ބޭނުންވާ ގޮތް ނުވީމަ އެކްޓު ކުރާނެ ކަމެއް ނެތް… ތެދުވޭ..” ޔާސިން ހީކުރީ މިންހާ އެކްޓު ކުރަނީ ކަމަށެވެ.

“އާނ އޯކޭ 3 މަސް ދޭނަން… ދެން ތެދުވޭ..” މިންހާ ހަދާ އެއްޗެއް ބަލަން ޔާސިން ބުނެލިއެވެ. މިހެން ބުނުމުންވެސް މިންހާގެ ހަބަރެއް ނުވިއެވެ. ޔާސިން ހާސްވާން ފެށިއެވެ. އަސްލުވެސް މިންހާ ހޭނެތުނީ ބާއެވެ.

މިންހާ އަތްދަޑި މައްޗަށް ލައިން ޔާސިން ހޮސްޕިޓަލަށް ގެންދެވޭތޯ ހިގައިގަތެވެ.

****

ނޫރާ އާ އައިޝާ ތިބީ ބެލްކަނީގައި ކޮފީ ބޯންށެވެ. އާމުކޮށް ދެމީހުން އެއްކޮށް އެންމެ ކުރާ ހިއްވާ އެއްކަމަކީ ކޮފީ ބޮމުން އަނގަ ތެޅުމެވެ.

“ރޭގަ އެވީ ކަންތަކުން ވަރަށް ހިތްހަމަ ނުޖެހުނު ދޯ ދަރިފުޅު..” އައިޝާ އަހާލިއެވެ.

“ކުޑަކޮށް… އެކަމް އޯކޭ… މިންހާގެ ދިރި އުޅުން ހަލާކު ނުވެ ހިފެހެއްޓިޖެ ނުން.. ކޮންމެ ގޮތެއްވިއަސް އަހަރެން ވަރަށް ހެޕީ… ” ނޫރާ ހެވިލާފައި ބުނެލިއެވެ.

” މެރީ ކުރާ ޑޭޓް ފައިނަލް ވެއްޖެތަ..” އައިޝާ އަހާލިއެވެ.

“ހޫމް… އެޕްރިލް 29 ގަ” ނޫރާ ހީވަނީ އުފަލުން ފޮޅޭ ހެންނެވެ.

“އެޕްރިލް އޭ…. މި ޖެނުއަރީ…. 3 މަސް ފަހުން… އަހަވަހަށް ތައްޔާރުވާން ވީ.. މަންމަ ހީ ނުކުރަން އެހާ އަވަހަށް އިންނާނެ ކަމަށް… ” އައިޝާ ބުނެލިއެވެ.

“އާނ ކީއްކުރަން ރައްޓެހި ވެގެން އުޅެންވީ.. އަވަހަށް އިނިއްޔާނުން ރަގަޅުވާނީ…” ނޫރާ ބުނެލިއެވެ. ދެމައިން އެއްފަހަރާ ހޭން ފެށިއެވެ.

****

“މާ ބޮޑަށް ސްޓްރެސްވީމަ އެ ހޭނެތުނީ.. މިހާރު އެހެރީ އިނޖެކްޝަން ދީފަ.. ބޮޑީވެސް ވަރަށް ވީކް… ތަންކޮޅެއް ބޮޑަށް ބަލާލާ ޕޭޝަންޓަށް…” ޑޮކްޓަރު ޔާސިން އާ ވާހަކަ ދެއްކިއެވެ. މިންހާ އޭނާ އާ ދޭތެރޭ ހާދަ ވަރަކަށް ވިސްނައިފިއެވެ. އެކަމުގެ ސަބަބުން ހޭނެތޭ ހިސާބަށް ދިއުމުން ޔާސިން ކަންބޮޑުވިއެވެ. މިންހާ އަށް އިތުރު ފުރުސަތެއް ދިނުމަށް އޭނާގެ ހިތް އެދެން ފެށިއެވެ.

****

3 މަސް ފަސް

ޔަޝްފާ އަށް ގުޅޭތޯ ޔާސިން އުޅޭތާ 3 މަސްވެގެން ދަނީއެވެ. ހޮސްޕިޓަލަށް ދިއުމުން ބުނީ ޔަޝްފާ ކެޑުނު ކަމެވެ. ފޯނަށް ގުޅުމުން ކިޔަނީ ގުޅޭ ސަރަހައްދުން ބޭރުގައި ހުރި ކަމެވެ. އަންގާވެސް ނުލާ ޔަޝްފާ ގެއްލުމުން ޔާސިން ކުޑަކޮށް ދެރަވިއެވެ. ނަމަވެސް ރައްޓެއްސެއް ފަރާތުން އިގުނު ގޮތުގައި ޔަޝްފާ އަލުން އަރީޝްއާ ގުޅުނީއެވެ. ޔަޝްފަ އިނީ އަރީޝްގެ ދަރިއަކަށް ބަލިވެ ކަމުން ދަރިފުޅަށް ޓަކައި އަލުން އަރީޝް ކައިރިއަށް ދިޔައީއެވެ. އަރީޝްވެސް އޭރުގެ އުޅުން އިސްލާހުކޮށް ޔަޝްފާ ކުރެން މާފަށް އެދި ޔަޝްފާއާ ދޭތެރޭ ވަރަށް ރަގަޅަށް ކަންކުރަމުން ދިޔައެވެ.

މިންހާގެ ކަންކަން ވެސް ދިޔައީ ވަރަށް ރަގަޅަށެވެ. ޔާސިންގެ ހުރިހާ ކަމެއްވެސް ކޮށްދެނީ މިންހާއެވެ. ނައިރާ ސްކޫލް ކަންތަކާ ޔާސިރުގެ ގިނަ ކަންކަމާވެސް ހަވާލު ވެގެން ހުންނަނީ މިންހާއެވެ. ނަމަވެސް ފާއިތުވެދިޔަ 2 ހަފްތާ ވަރު އޭނާ އުޅެނީ ވަރަށް ބަލިކޮށެވެ. ފާހަނަ އަށް ދެވި ހޮޑުލެވޭތީ ތެދުވަންވެސް ވަރެއް ނުހުރެއެވެ. ޔާސިން އާ އެކު އެއްފަހަރު ޑޮކްޓަރަށް ދެއްކުމުން ބުނީ ބޭރަށް ހިނގުން ޖެހިގެން އުޅެނީ ކަމަށެވެ.

ނަމަވެސް މިންހާ ޕީރިއެޑް ނުވާތާ ދެމަސް ވެއްޖެއެވެ. މި މަހު ވެސް ވާ ދުވަސް ދަނީ ކައިރި ވަމުންނެވެ. މިއަދު އޭނާ އެއިނީ ޕްރެގްނެންސީ ކިޓަކުން ޓެސްޓް ކުރަން ފާހަނައަށް ވަދެއެވެ. ބައެއް ފަހަރު ބަނޑުބޮޑުމީހެއްގެ އަލާމާތްވެސް ފެންނަ ހެން މިންހާ އަށް ހީވިއެވެ. ނަމަވެސް ބަނޑުބޮޑު ވާން ޖެހޭ ސަބަބެއް އޭނާއަކަށް ނުވިސްނެއެވެ. އެންމެ ފަހަރަކުން ބަނޑުބޮޑުވެދާނެ ހެއްޔެވެ.

އިގިލި އަގަޔަށް ލައިން މިންހާ އިނީ ނަތީޖާގެ އިންތިޒާރުގައެވެ. 5 ވަރަކަށް މިނިޓްވުމުން ދެލޯ މަރާލާފައި ކިޓް ނަގާލިއެވެ. އަދި އެއް ލޯ ހުޅުވާލާފައި ކިޓަށް ބަލާލިއެވެ. ދެ ރަތް ރޮގު ފެނުމުން އަވަސް އަވަހަށް ލޯ މަރާލިއެވެ. އަނެއްކާވެސް ފެނު އެއްޗެއް ޔަގީން ކުރަން ދެލޯ ހުޅުވާލިއެވެ. ބަނޑުބޮޑުކަން އިނގުމުން މިންހާ އުފާވެސް ވިއެވެ. އަދި ޖެހިލުންވެސް ވިއެވެ. ޔާސިން މިކަމާ ދޭތެރޭ ދެކޭނީ ކިހިނެއް ކަމެއް އޭނާ އަކަށް ނޭގެއެވެ. ޔާސިން ގާތު މިވާހަކަ ބުނާނެ ގޮތެއްވެސް ނުވިސްނުނެވެ.

ނައިރާ ގޮވަން ފެށުމުން މިންހާ އަވަސް އަވަހަށް ފާހަނައިން ނިކުތެވެ. ހަދާން ނެތި ކިޓު ސިންކުމަތީ ބޭންދުނެވެ. ޔާސިން ބޭރަށް ދާން ފެންވަރަން ފާހަނަ އަށް ވަނީ އޭގެ 10 ވަރަކަށް މިނިޓު ފަހުންނެވެ. ކިޓު ސިންކުމަތީ އޮތްތަން ފެނުމުން ޔާސިން އެ ނަގާ ބަލާލިއެވެ. އަދި ނަގާ ޑަސްޕިނަށް ލިއެވެ. ފެންވަރާލައިން ނިކުތް އިރު މިންހާ ހުރީ ކުރިމަތީއެވެ. ޔާސިން އަށް އެ ފެންނާނެކަން މިންހާއަށް އެގެއެވެ.

“ކިހިނެއްވީ މިންނޫ..” ޔާސިން އަހާލީ މިންހާ ކަންބޮޑުވެފައި ހުރިތަން ފެނުމުންނެވެ.

“އަހަރެން ބަނޑުބޮޑު..” މިންހާ ދެއަތް ގުޅާލައިން ހުރެ ބުނެލިއެވެ.

“އަހަންނަށް އެގޭ.. މީގެ 2 ހަފްތާ ކުރިންވެސް އިގިއްޖެ..” ޔާސިން ހެވިލާފައި ބުނެލިއެވެ.

“އަހަންނަށް ނޭގުނު އިރު ކިހިނެއް ޔާސިން އަށް އިނގުނީ..” މިންހާ ހައިރާން ވިއެވެ.

“އޯ ހެލޯ.. ނައި އަށް ޕްރެގް އިރު އަހަންނަށް އިގޭ ދޯ މިންހާ އުޅުނު ގޮތް.. ހަމަ ސޭމް މިފަހަރުވެސް.. އެއްކަލަ ދުވަހު ދައްކަން ގޮސް އަހަރެން ޑޮކްޓާރ ކައިރި ބުނީ ޓެސްޓް ދިން އިރު އެ އެޑް ކޮށްލަން..” ޔާސިން އައިސް މިންހާ ގައިގާ ބައްދާލިއެވެ.

” އެހެންވެތަ އަހަރެން ކައިރި ބުނީ ބަލި ރަގަޅުވަންދެން ރެސްޓް ކުރަން.. އެއްވެސް މަސައްކަތެއްވެސް ނުކުރަން..” މިންހާ އަހާލިއެވެ. ޔާސިން އާ އެކޭ ބުނެލިއެވެ.

“މިހާރު މީ 3 ވަނަ މަސް.. ޔާސިން ބޭނުން ގޮތެއް ހެދިޔަސް އަހަންނަށް އޯކޭ..” މިންހާ ހިއްވަރު ކޮށްލާފައި ބުނެލިއެވެ. ޔާސިން ނޭގޭ ކަމަށް ހަދާލިއެވެ. ހަގީގަތުގައި މިހާރު އޭނާ މިންހާ ދޫކުރާކަށް ބޭނުމެއް ނޫނެވެ. ވޭތުވެދިތަ 3 މަސް ތެރޭ މިންހާގެ އުޅުން އޭނާއަށް ފެނިއްޖެއެވެ. އަދި މަޑު މަޑުން މިންހާއަށް ހިތް ޖެހެމުން ދިޔައެވެ. އަދި މިހާރު މިންހާ އިނީ އޭނާގެ ދަރިއަކަށް ބަލިވެކަން އެގުމުން އެ ހިތުގައި ވާ ލޯބި އިތުރު ވިއެވެ.

” އަހަރެން ބޭނުން ވަނީ މިންހާ އާ ނައިރަ އާ އެކު ދިރިއުޅެން.. ދެން މި ލޯބި ލޯބި ބޭބީވެސް ލައިގެން.. ދެން ބުނެބަލަ.. ކޮން ނަމެއްތަ ބޭބީ އަށް ކިޔާނީ..” ޔާސިން މިންހާގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ.

“ހުުހުމްމް.. އަންހެން ކުއްޖެއް ވެއްޖެއްޔާ ނައިރާ އާ ގުޅުވާފަ މައިރާ ކިހިނެއް ވާނެ އަހަރެން ފެށޭ އަކުރެއް ނުން އެއީ އެމް.. ފިރިހެން ކުއްޖެއް ވެއްޖެއްޔާ… އުމްމްމް ޔޫން.. ޔާސިން ފެށޭ އަކުރު…” މިންހާ ބުނެލިއެވެ. ޔާސިން އޭނާ ދޫނުކޮށްލާނެކަން އިގުމުން ލިބުނު ހިތްހަމަ ޖެހުން ވަރަށް ބޮޑެވެ. އުފަލުން ހަދާނެ ގޮތްވެސް މިންހާ އަކަށް ނޭގުނެވެ.

“ދަރިފުޅު މަންމި އަށް ބަލަށްޗޭ.. މިތާ އެބައޮތް ކުޑަ ކުޑަ ކޮއްކޮ އެއް.. ދަރިފުޅު ބިގް ސިސްޓާރ އަކަށް ވަނީ..” ކޮޓަރި ތެރެއަށް ދުވެފައި ވަދެގެން އައި ނައިރާ މިންހާގެ ބަޑާ ކައިރި ކޮށްލަމުން ޔާސިން ބުނެލިއެވެ.

“އަސްލުވެސް އަސްލުވެސް.. ނައި ސިސްޓާ އަކަށް ވަނީތަ މަންމީ..” ނައިރާ ހެމުން ހެމުން ބުނެލިއެވެ. މިންހާ ބޯޖަހާލިއެވެ. އަދި ތިންމީހުން ކައިރި ވެލާފައި ބައްދާލިއެވެ.

****

“އަޅެ ލޯބީ ޓަކްސެޑޯ ލީމަ އޭ ރީތި ވާނީ…” ނޫރާ ވާހަކަ ދައްކަމުން ދިޔައީ ކޯޓެއް ގަޔަށް ހެޔޮވަރު  ކުރަމުން ދިޔަ ހުޝާމް އާއެވެ.

“އަހަރެން ކޮންމެ އެއްޗެއް ލިޔަސް ރީތިވާނެ..” ހުޝާމް ސަމާސާ ކޮށްލަން ބުނެލިއެވެ.

“ތިކަމަކާ އަހަރެން ދެކޮޅެއް ނަހަދަން ތީ ހަމަ ބެސްޓު.. އެހެން ނުނަސް އަހަރެންގެ އެކަނި ބިގް ޑޭ އެއް ނުން ދޯ މީ… ޔޫ ޗޫސް ބޭބީ ވަޓް ޔޫ ލައިކް.. މީ އަހަރެންގެ ޑްރެސް ރީތި ތަ؟” ނޫރާ ހުޝާމް ކުރިމައްޗަށް އަރާ އަހާލިއެވެ.

” މާޝާﷲ… ލޯބިކަން” ހުޝާމް ހުރީ ހުޅިވި އަގަވެސް ލައްޕާލަން ނޭގިފައެވެ. އަތް ދިގު ކުދި ކުދި ބީޑްސް ޖަބާފައި ހުރި ވެޑިންގް ޑްރެސް ފަސްބައި ހީވަނީ ދޫލައެއް އަޅާފައި އޮތް ހެނެވެ. ނޫރާގެ ރީތި ބައްޓަން ހެދުން ލާފައި ހުންނަ އިރު އިތުރަށް ފުރިހަމަ ވެގެން ދިޔައެވެ.

“ހޫ.. ދެން ތި އަގަ ލައްޕަ ބަލަ. މިހާރު އެންމެ ވީކް އެއް އޮތީ.. މިވެސް މި ހަމަ ޖެހުނީ… ދެން ކޮން ކަމެއް ނުވަނީ؟” ނޫރާ ވިސްނާލަމުން ހުޝާމް ގާތު އަހާލިއެވެ.

“އަހަންނާ ނީދެވެނީ.. އެއީ ނުވެ އޮތްކަން..” ލާނެއް ފާޑަކަށް ހުޝާމް ބުނެލިއެވެ. ނޫރާ ގާތަށް ވެސް ހިނި އައެވެ. ދެމީހުން ކައިވެނި ޕްލޭން ކުރުމުގައި މުޅިންވެސް ދިޔައީ ވަރަށް ހަމަ ޖެހި އުފަލުގައެވެ. ގިނަ މީހުން ކައިވެނި ޕްލޭން ކުރާ އިރު ވަރަށް މައްސަލަ ޖެހެއެވެ. ނަމަވެސް ނޫރާ އާ ހުޝާމްގެ ހުރިހާ ކަމެއް ދިޔައީ ވަރަށް އޮމާން ކޮށެވެ.

ވެޑިގް ހެދުންތައް ހެޔޮވަރު ކުރަން ދިނުމަށް ފަހު ހުޝާމް އާ ނޫރާ ދިޔައީ މަންސޫރު ގާތަށެވެ.

“ކޮބާ ދަރިފުޅު ތައްޔާރީތައް ރަގަޅުތަ؟” މަންސޫރު ސިޓީ އުރައެއް ދިއްކޮށްލަމުން އަހާލިއެވެ.

“އާނ ބައްޕާ.. ދެން އޮތީ ހަނީމޫން އަށް ޕޭކުރުން.. ދޯ ހުޝާމް..” ނޫރާ ސިޓީ އުރަ ކަޑާލަމުން ހުޝާމަށް ދޯ އެއްލިއެވެ.

“އޯމައި ގޯޑް.. ބައްޕާ ކިހިނެއް އިނގުނީ އަހަރެމެން ހަނީމޫނަށް ދާން ބޭނުންވީ އުމްރާ އަކަށް ކަން..” ސިޓީ އުރާ ތެރޭ އޮތް ޕޭމަންޓް ސްލިޕް ފެނުމުން ނޫރާ އަހާލިއެވެ. ހުޝާމް ނޭގޭ ކަމަށް ހަދާލައިން ހުއްޓެވެ. މަންސޫރު ގާތު ހަނީމޫނަށް ދަނީ އުމްރާ އަކަށޭ ބުނީ ހުޝާމް އެވެ.

“ތީ ބައްޕަ ތި ދެކުދިންނަށް ދިން ހަދިޔާއެެއް..” މަންސޫރު ބުނެލިއެވެ.

“ދެން ބައްޕާ މިހާރު ކިހާ ހަދިޔާ އެއް ދެވިއްޖެ.. ބައްޕަ ހުރިހާ އެއްޗަކަށް ތި ޕޭ ކުރަނީ… އަހަރެމެންނަށް އެއްވެސް ހަރަދެއް ކުރަން ފުރުސަތެއް ނުދެ…” ނޫރާ ތުއި ގޮތަކަށް ބުނެލިއެވެ.

“ބަލަ ބައްޕަ ކީއްކުރަން ހޯދާހާ ރުފިޔާ އެއްތަ މީ.. ހަމަ ދަރިފުޅަށް ހަރަދު ކުރަން ދޯ.. ދަރިފުޅު މީހަކާ އިދެވެންދެން ބެލުމަކީ ބައްޕަގެ ވާޖިބެކޭ..” މަންސޫރު ބުނެލިއެވެ.

*****

މުޅި ހަފްތާ ދިޔައީ ހަލަބޮލިކޮށެވެ. އެންމެންވެސް ތައްޔާރު ވަމުން ދިޔައީ ނޫރާ މެންގެ ކައިވެންޔަށެވެ. ހެދުން ފެހުމާ ކުލަ ކުލައިގެ ޝޯލް ހޯދުމުގައި ހޭބޯ ނާރައި އުޅުނެވެ.

އެޕްރިލް 29 އައީ ހީވެސް ނުކުރާހާ އަވަހަށެވެ. ހެދުނު ކައިވެނި ކުރެވުނީ ފެމިލީ ކޯޓުގައެވެ. ދެފަރާތުގެ އާއިލާ އިންވެސް ކޯޓު ދޮށަށް އައިސް ތިއްބެވެ. އާތިކާވެސް އައިސް ހުރީ އޭނާގެ ދެލޯފަދަ ދަރިފުޅު ކައިވެނި ކުރެވޭތީއެވެ.

ކައިވެނި ކުރެވުމުން އެންމެން އެއްކޮށް ދިޔައީ ކާނިވާ ތެރެއަށް ސައިބޯންށެވެ. ނޫރާގެ ހިނިތުންވުން މޫނުމަތިން ފަޑެއް ނުވެއެވެ.

“ކޮބާ މިންހާ އާ ނައިރާ..” ހުޝާމް އައިސް ޔާސިން ގާތު އަހާލިއެވެ.

“މިންނު ބަލިވެ އުޅެނީ.. މިރެއަށް އިންޝާﷲ ޕާރޓީއަށް ދާނެ..” ޔާސިން ބުނެލިއެވެ. އެންމެންވެސް ވާހަކައިގާ ސައިބޮއެ ނިންމާލިއެވެ. ރޭގަނޑު އޮތް ޕާރޓީ އަށް ތައްޔާރުވުމަށް އެންމެންވެސް ދިޔައީ ގެޔަށެވެ. ނޫރާ އާ ހުޝާމް ދިޔައީ ނަސަންދުރާގައި ހިފާފައި ހުރި ކޮޓަރިއަށެވެ. އެ ދެމީހުން ތައްޔާރުވުން އޮތީ އެތާއެވެ. މަންސޫރު ބޭނުން ވަނީ ނޫރާ ވީހާވެސް ހަމަ ޖެހިގެން ޕާރޓީއަށް ތައްޔާރު ވާންށެވެ. އެކަމަށް ވެވެން ހުރި ހުރިހާ ކަމެއް އޭނާ ވަނީ މިއަދު ކޮށްފައެވެ.

*****

ރޭގަޑު 8 ޖެހި އިރު ޕާރޓީ ފެށުނެެވެ. މެހެމާނުން އެކި ހަދިޔާ ހިފައިން އައިސް ނޫރާގެ ދެމަފިރިންނަށް މަރުހަބާ ކިޔަމުން ދިޔައެވެ. ޔާސިން ޕާރޓީއަށް އައީ ތަންކޮޅެއް ލަހުންނެވެ. މިންހާގެ ހޮޑު ލެވުން ނުހުއްޓިގެން އެންމެ ފަހުން ބޭސް ގުޅައެއް ކާލައިން ހޮޑު މައިތިރި ވުމުން އައިއެވެ.

މިންހާ އައިސް ނޫރާ އާ ސަލާމް ކޮށްލިއެވެ. ނޫރާ މިންހާގެ އަތުގައި ހިފާ ގަޔާ ކައިރި ކޮށްލާފައި ބައްދާލިއެވެ.

“ވީކަމެއް ވީ.. އަހަރެންނަށް މާފް ކުރޭ..” މިންހާ ބުނެލިއެވެ.

“އަހަރެން ހިތުގަ ނެތް މިންނު އަށް އެއްވެސް ހިތް ބުރަކަމެއް.. ބީ ހެޕީ ވިތް ހިމް..” ނޫރާ މަޑުމަޑުން ބުނެލިއެވެ.

އާއިލީ ފޮޓޯ ނަގަން އެންމެ ކައިރި ވެލިއެވެ. ނައިރާ ހުރީ އޭނާ ދައްތައަކަށް ވާ ވާހަކަ ބުނަން ކެއްމަދުވެފައެވެ. ހަމަ އެންމެން އެއްވެލުމުން ނޫރާ އާ ހުޝާމްގެ މެދަށް ޖެހިލިއެވެ.

“ހައި އެވްރީ ވަން.. ނައި އަކީ މިހާރު ބިގް ސިސްޓާރ އެއް.. މަންމި ބަނޑުގަ އޮތީ ނައިގެ ކޮއްކޮ..” ނައިރާ މިހެން ބުނުމުން އެންމެން އެކު އެކީ ހެން މިންހާ އަށް ބަލާލިއެވެ. މިންހާ ލަދުން ހުރެ ބޯ ޖަހާލިއެވެ. ހުޝާމް އޭނާގެ ކައިރި ހުރި ޔާސިންގެ ބޮލުގައި ހިފާ ތަޅުވާލިއެވެ.

އެންމެން އެކު އެކީހެން ހޭން ފެށިއެވެ. އެތައް ވޭނަކާ ހިތުގެ ރިހުމަށް ފަހު މިއަދު މި ދެ އާއިލާ އަށް ވަނީ އުފާވެރިކަން ލިބިފައެވެ.

-ނިމުނީ-

 

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

އާއެކޭ ލޯބިވޭ… ސާދަވަނަބައި ( އެތައް ސިހުމަކާއެކު ކައިވެނިކުރެވުން)

Next

އަބަދުވޭ ހިތުގާ މަގޭ 29

Next
November 8, 2025

އަބަދުވޭ ހިތުގާ މަގޭ 29

Previews
November 7, 2025

އާއެކޭ ލޯބިވޭ… ސާދަވަނަބައި ( އެތައް ސިހުމަކާއެކު ކައިވެނިކުރެވުން)



All Right Reserved!