Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކަޅު ސަފުހާ

Sarin Level 1
February 2, 2016 3 Mins Read
8 Comments

އިވީ… އިވީ..

ނާޒިމާ މެދުކެނޑުމެއްނެތި ދޮރުގަ ތަޅަމުން އެއްވަރަށް ގޮވަމުން ދިޔައީ އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށެވެ.

ހޭލާއޮތް ނަމަވެސް އެނދުން ތެދުވަން ބޭނުންނުވެފަ އޮތުމުގެ ސަބަބުން އިވީ އަޅާވެސް ނުލާ މޫނުމަތީ ބާލިސް އަޅައިގެން އޮތެވެ. އެންމެފަހުން ބާލިސް އެނދުމައްޗަށް އެއްލާލުމަށްފަހު އިވީ ތެދުވިއެވެ. ދޮރުނުހުޅުވަނީސް ނާޒިމާ ހުރިތަނުން އެންމެ ފިޔަވަޅެއްވެސް ދުރައްނާޅާނެކަން އިވީއަށް ޔަގީން ވާކަހަލައެވެ.

ކުއްލިއަކަށް ދޮރުހުޅުވާލުމާއެކު އިވީ މޫނުމަތީ ނާޒިމާގެ އަތުން ނުޖެހުނީ ކިރިޔާއެވެ.

” މަންމާ. ތިދެން ހަމަ ކޮންމެ ދުވަހަކުވެސް ކުރަންޖެހޭ ކަމެއްތަ؟ އިނގެއެއްނު މަހޭލާކަން އުޅޭނީ ” މޫނު ކުނިކޮށްގެން ހުރެ އެހެން ބުނުމަށްފަހު އިވީ ދޮރުލައްޕާ ގަޑިބަލާލިއެވެ. ކޮންމެ ދުވަހެއްގެވެސް އާދައިގެ މަތީން އޮފީހަށް ދާން ރެޑީވާން ދެން އިނީ އެންމެ ސާޅީހަކަށް މިނެޓެވެ. އެނޫން ދުވަހެއް އިވީއަކަށް ނާދެއެވެ.

އަލަމާރިން ގަމީހެއް ނަގާ އެނދުމަށްޗަށް އެއްލާލުމަށްފަހު ފާހާނާއަށް ވަދެ ލޯގަނޑުން މޫނު ބަލާލިއެވެ. ކަންނެއްކަމާއެކު ބުރުސްނަގާ ދަތް އުނގުޅަންފެށީވެސް ފޫހިކަމާއެކުއެވެ. ހަފުތާ ފެށުމާއެކު އިވީ ބޭނުންވަނީ ހަފުތާ ނިމޭށެވެ. ވަޒީފާއަށް ދިއުމަކީވެސް އިވީ އަށް ބޮޑުކަމެކެވެ. އެހެން ނަމަވެސް އެވެސް ކުރަންޖެހޭ ކަމަކަށްވާތީ ކުރާ ކަހަލައެވެ. މަގުތައް ކުނިކަހާލައިގެން މަންމަ އަށް ލިބޭ ހަމައެކަނި މުސާރައިން ގޭތެރޭގެ ކަންތައް ތައް ހަމަޖެއްސުން އޮންނަނީ ބޮޑުކަމަކަށް ވެފައެވެ. އެވަރުންވެސް އިވީގެ ހަރަދުތައް ކުރުމަށްފަހު މަންމަ އަށް ދެވޭވަރު ވަނީ ގިނަ ފަހަރަށް ހާހަކަށް ރުފިޔާ އެވެ.

ފެންވަރާ ރެޑީވެލައިގެން މަގުމައްޗަށް ނުކުމެވުނު އިރު ހުރީ އޮފީހަށްދާން ފަސްވަރަކަށް މިނެޓަށްވެފައެވެ. ދާހާ ކާރަކަށް އަތްނަގަމުން ދިޔައެވެ. އެންމެ އަވަހަށް ލިބުނު ކާރަށް އެރުމަށްފަހު ދާންވާ ދިމާ ބުނެލީވެސް ރުޅިއައިސް އިނދެއެވެ.

އޮފީހަށް ވަދެވުނު އިރު ގަޑިޖެހިއްޖެއެވެ. އެއީ އަބަދުގެވެސް އާދައެވެ. އައިސް ތިބި މީހުންނަށް ބަލާލުމަށްފަހު އިވީއަށް ހާއްސަ ކުރެވިފައިވާ ހުންނަ މޭޒުކައިރި އިށީނދެލާ ހަމަޖެހިލުމަށްފަހު ދަބަސް ތެރެއިން ލޯގަނޑު ނަގާ މޫނު ބަލާލިއެެވެ. ލިޕްސްޓިކް އަލުން ޖައްސާލިއެވެ. އިވީ އަކީ އަބަދުވެސް ރީތިކަމަށް ލޯބިކުރާ އަންހެން ކުއްޖެކެވެ. އުމުރުން މިހާރު ބާވީސް އަހަރުވީއެވެ. ހަމައެކަނި އާއިލާގަ ހުރިހާވެސް މީހަކީ މަންމައެވެ. އެމަންމަ ކުރާ ބުރަ މަސައްކަތާ ދޭތެރޭ އިވީ ވިސްނާލާ ނަމަ ނާޒިމާ އަށް އެހާ ބުރަ ނުވީހެވެ. އެހެން ނަމަވެސް ނާޒިމާ ހުރި ހަމައެކަނި ދަރިފުޅަށްވާތީ އިވީގެ ކަންތައްތައް މާބޮޑަށް ދޫކޮށްލެވުނީއެވެ.

” އިވީ.. މިއަދުވެސް ގަޑިޖެހިގެން ދޯ. އެހާލަހުން އައިސްފަވެސް އަދި ފޯނު އަތްމައްޗަށްލައިގެން ތިއިންނަނީ ” ނޫރާގެ އަޑަށް ސިއްސައިގެން ދިޔަ އިވީ ފޯނު މޭޒުމަތީ ބޭއްވިއެވެ.

” މި ހަމަ އެފްބީ ޗެކުކޮށްލީ ” އިވީ ބުނެލިއެވެ.

ނޫރާ އާ ދެމީހުން އެކިއެކި ވާހަކަތައް ދައްކަމުންގޮސް ޓީރޫމް އަށް ވަނީ ކޮފީއެއް ބޯލާށެވެ. އެގަޑީ ކޮފީ ރޫމްގަ ތިބި މީހުންނަށް ބަލާލުމަށްފަހު ދެމީހުންވެސް ކޮފީއެއް އަޅާލައިގެން އިށީނދެލިއެވެ. ވާހަކައިގެ ތިބި އެންމެންވެސް ކުޑަކޮށް އަޑުމަޑުކޮށްލީ ޒައިކް އައިސް ކޮފީ ރޫމަށް ވަނުމުންނެވެ. މަޑުނޫކުލައިގެ އަތްދިގު ގަމީހާއެކު އަޅާފައިވާ އަޅިކުލައިގެ ޓައީ ގެ ސަބަބުން ޒައިކްގެ ރީތިކަން އިތުރުވެފަައިވާ ކަހަލައެެެވެ. ޒައިކް އަކީ އިސްކޮޅާ އެއްވަރުގެ ރޫފައެއް ލިބިފަވާ ރީތިކަމަށް ނަންކިޔާލެވޭވަރުގެ ޒުވާނެކެވެ. އޮފީސް ހުރިހާ އަންހެން ކުދިންގެ ހިތްތަކުގެ ރަސްކަންކުރަމުންދާ ޒުވާނަކީ ޒައިކް އެވެ. ނޫރާވެސް މާވަރަކަށް ޒައިކް އާ ދިމާލަށް ބަލާތީ އިވީ އިނީ އެކަމާ ރުޅިގަދަވެފައެވެ. އިވީ ދެކޭގޮތުގައި ޒައިކް އެންމެންނަށް ވެސް ރީތިވަނީ އޭނާއަކީ އޮފީހުގެ އިސްވެރިޔާ ކަމަށްވާތީއެވެ.

” ހޫނ. ދެން މިމީހުން ހީވަނީ އެހެންފަދަ ކަމެއްހެން މި މީހާ ފެނިއްޖެއްޔާ. ” ފޫހި ފާޑަކަށް އިވީ އެހެންބުނެލުމަށްފަހު ތެދުވެ ހިނގައިގަތެވެ. ޒައިކް ގައިގަ ޖެހޭ ނުޖެހޭ ހިސާބުން ދިޔައިރުވެސް އިސްއުފުލާ އިވީ ޒައިކް އަށް ބަލާވެސް ނުލައެވެ.

 

ހިނގާލަން މަސައްކަތަކަށް އިވީ އަބަދުވެސް އޮފީހަށް އަންނަނީވެސް ދަނީވެސް ކާރުގައެވެ. ގުޅައިގެން ކާރެއް ލިބުމަކީ އުނދަގޫ ކަމަކަށްވާތީ އޮފީސް ދޮރުމަތީ މަޑުކޮށްލައިގެން ހުރީ ކާރެއްގެ އިންތިޒާރު ގައެވެ. ހަމައެވަގުތެވެ. އިވީ ކުރިމައްޗަށް އައިސް ސައިކަލުގެ މަޑުކޮށްލީ ޒައިކް އެވެ. ދެމީހުން އެއްތަނެއްގަ މަސައްކަތް ކުރި ނަމަވެސް އިވީ ޒައިކް އާ ވާހަކަ ދައްކައެއްނޫޅެއެވެ. އިވީ ދެކޭގޮތުގައި ވެރިންނާ އާދައިގެ މުވައްޒަފުންނާ ދެމެދު ދުރުކަމެއް ހުންނަށް ޖެހޭނެއެވެ. އެއްތަނެއްގަ ހަމަޖެހިގެން މަސައްކަތް ކުރެވޭނީ އޭރުންނެވެ.

” އިވީ. ކާރެއް ނުލިބޭނެ މިގަޑީ.. މަގެންގޮސްދީފާނަން ” އޮފީހުގެ އެހެން އަންހެން ކުއްޖެއްނަމަ މިހާރު އިނީހީ ޒައިކް ފަހަތުގައެވެ. އެކަމަކު އިވީ އެއާ ތަފާތެވެ. މޫނުމައްޗަށް ފޫހި ވައްތަރެއް ޖައްސާލުމަށްފަހު އަޅާވެސް ނުލިއެވެ. ދެވަނަ ފަހަރަށްވެސް ވާހަކަ ދައްކަންޖެހުނީ ޒައިކް ީ އަށެވެ. އެވަރުންވެސް އިވީ އަޅެއެއް ނުލިއެވެ.

” ތިހާ ފޮނިވާކަށްނުވާނެ. އަހަރެން ނޫޅެމޭ އިވީއަށް ކަމެއްކުރާކަށް ” ޒައިކް ބުންޏެވެ.

” ނޯ ތެންކްސް. އަލަކަށްނޫން ދޯ އަހަރެން މިތާ ޓެކްސީ ހޯދަން މިހުންނަނީކީ. ތި ޒައިކް ކޮންމެ ދުވަހަކަވެސް ދަނީ މިހެން. އެކަމަކު ކުއްލިއަކަށް މިއަދު ތިއަހަނީ އޯ ” އެހެން ބުނުމާއެކު އިވީ ކުރިމަތިން ހުއްޓި ކާރަށްގޮސް އެރީ ޒައިކް އަށް ބަލާވެސް ނުލައެވެ. އިވީއަކީ އަބަދުވެސް ޒައިކްއަށް ހިތްގައިމު ގޮތެއް ހުންނަ އަންހެން ކުއްޖެކެވެ. އެހެން ނަމަވެސް މަގާމުގެ ގޮތުން ޒައިކް އަށް އޮފީސް މާހައުލުގަ އިވީއާ ފާޅުގަ ވާހަކަ ދައްކާ އުޅެން ނުކެރެނީއެވެ.

އެހެން ދުވަސްތަކާ ހިލާފަށް މަރާމާތުގެ މަސައްކަތެއް ކުރާތީ އޮފީހުން އެންމެންވެސް ފޮނުވާލީ ނިމޭ ގަޑިއަށްވުރެ ދެގަޑިއިރު ކުރިންނެވެ. އަވަހަށް ގެއަށް އަންނަން ޖެހުމުން އެކަމާވެސް އިވީ ހުރީ ޒައިކް ދެކެ ފޫހިވެފައެވެ. އިވީ ދެކޭ ގޮތުގައި އެކަހަލަ ހުރިހާ ކަމެއްވެސް ވަނީ ޒައިކްއާ ހުރެއެވެ.

ތަޅުގަ ހިފާލިއެވެ. ގެ ހުރީ ތަޅުލާފައެވެ. އޭގެ މާނައަކީ މަންމަވެސް މިވަގުތު ގޭގަ ނޫޅެނީއެވެ. އިވީ ވަޒީފާއަށް ދާންފެށިފަހުން ދުވަހަކުވެސް މިގަޑީ ގެއަކަށް ނާދެއެވެ. އެހެންކަމަށް ވުމާއެކު މަންމަ ދާތަނެއްވެސް އިވީއަކަށް ނޭނގެއެވެ. ދަބަސްތެރެ ހާވަންފެށީ ތަޅުގަނޑި އޮތްތޯއެވެ. ކަންދިމާކުރިގޮތުން ތަޅުދަނޑި އޮތެވެ. ދޮރުހުޅުވާލުމާއެކު ފުރަތަމަވެސް ފައިގަ އަޅައިގަތީ ދޮރުދޮށަށް އެކި ގޮތްގޮތަަށް އުކާލެވިފައިވާ ފައިވާން ތަކުގައެވެ. ދެވަނަ ފަހަރަށް ގުދުވެލާ އިވީ ފައިވާން ތަކަށް އަނެއްކާވެސް ބަލާލަން މަޖުބޫރުވީ އެތަނުން ދެފައިވާނަކީ ހަމަ ޔަގީނުންވެސް ފިރިހެން ފައިވާން ކަމަށްވީތީއެވެ. މަންމަ އާއްމުކޮށް އަރާ އުޅޭ ފައިވާންތައް އިވީއަކަށް އިންގެއެވެ. މަންމަގެ ފައިވާން ފައިވާން ހަރުގަ ހުރިތަން ފެނުމުން އިވީ ޔަގީންކުރީ މަންމަގެ ރައްޓެހިންތަކެއް އައިސް އުޅެނީ ކަމަށެވެ. އެކަމަކު ދޮރުތަޅުލަންވީ ސަބަބެއް އިވީއަކަށް ނުވިސްނުނެވެ.

މަޑުމަޑުންގޮސް މަންމަ ކޮޓަރީ ދޮރުގަ ހިފާލިއެވެ. އެދޮރުވެސް ހުރީ ތަޅުލާފައެވެ. ކޮންމެ ކަމެއް ވަރިހަމަ ކޮށްލާ ފާޑަށް ޗޮކެއް ކަނޑާލުމަށްފަހު އިވީ ދިޔައީ އަމިއްލަ ކޮޓަރިއާ ދިމާލަށެވެ. ތަޅުގަ ހިފާ އަނބުރާލި ނަމަވެސް ނުހުޅުވުނެވެ. އެދޮރުވެސް ހުރީ ތަޅުލާފައެވެ. ކުއްލިއަކަށް އެތެރެއިން މީހަކު ވާހަކަ ދައްކާ އަޑުއިވުނުހެން ހީވިއެވެ. އެކަމަކު ކާކު ހެއްޔެވެ؟ އަތުގަ އޮތް ތަޅުދަނޑިއަށް ބަލާލުމަށްފަހު ތަޅަށްބަލާލީ ހައިރާން ކަމާއެކު އެވެ. އެތައް ސުވާލެއް އެވަގުތު އިވީގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. އިރުކޮޅަކު ހުރެލުމަށްފަހު ކޮންމެ ގޮތެއް ހެޔޮކަމަަށް ތަޅުގަނޑިޖަހާ އަނބުރާލިއެވެ.

” ނުނިމޭ “

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sarin

Level 1

Other Articles

Previous

ހާދަ ލޯބިންނޭ..(10)

Next

ކަޅު ސަފުހާ (2)

Next
February 2, 2016

ކަޅު ސަފުހާ (2)

Previews
February 2, 2016

ހާދަ ލޯބިންނޭ..(10)

8 Comments!

  1. shahaa says:
    February 2, 2016 at 2:38 pm

    Im first..vv nyc

  2. nihaa says:
    February 2, 2016 at 2:51 pm

    Em the second.. Vvv nice.. When nxt part

  3. Faxoo says:
    February 2, 2016 at 2:57 pm

    Mee araamagu saitga in story eh dhoa… Varah salhi

  4. Usu says:
    February 2, 2016 at 3:07 pm

    Vaahaka warah furihama!✌
    Dhen oii baii ws awahah upload kuraane kamah ummeedhukuran

  5. Zeena says:
    February 2, 2016 at 3:13 pm

    Reethi ekam hadha kurukoh thi up koh dhinee

  6. shif says:
    February 2, 2016 at 3:47 pm

    mee genesdheefa oih parteh…ehaa gina dhuvas koffa anekka vs alun feshy tha… dhn anekka vs kuryga gen 3 mas fahun aneh bai… ma hithah araa mikahala writers keekuran baaey mi vaahaka liyany… emeehakah nuvaa varuge kameh kuran noolhe geyga reechah inniyya maa reethi vane

  7. Rasheedha says:
    February 2, 2016 at 6:31 pm

    Varah furihama vahaka anhenkudhin v goddakkane kureega nafrath dhen lobi

  8. Faxoo says:
    February 2, 2016 at 6:53 pm

    Good luck 6_^ 🙂

Comments are closed.

Next Episodeކަޅު ސަފުހާ (2)←


All Right Reserved!