ލޮތްބެއް މަ ނޭދެން ޔާރު ނޫން – 03
މޯޅިއަކަށް ދެމިލުމަށްފަހު މާކިން ދެލޯ ހުޅުވައިލިއެވެ. ރޭގައި މައިރީން އާއި ކައިލްއާ ދެމެދު ހިގައި ދިޔަ ހާދިސާ ހަނދާނަށް އައުމުން އޭނަގެ ގާތަށް އައީ ލާނެއް ހިންޏެކެވެ. ފޯނު ހުޅުވައިލުމަށްފަހު އެ ވީޑިއޯ ބަލައިލިއެވެ. ސިކުނޑިއަށް އައި ހިޔާލާއިއެކު މާކިންގެ ތުންފަތުގައި ކުޅެލީ ނުސިޔާނު ހިނިތުންވުމެކެވެ. ވައިބާގެ އާއިލާ ގްރޫޕަށް އެ ވީޑިޔޯލީ، ކައިލް އޭނަ ރޮލާ ކާނެކަން އެނގިހުރެއެވެ.
***ޕާޓް 3***
ކުޑަދޮރު ފޮތިގަނޑު ކަހައިލުމުން އެޅުނު އިރުގެ ރަން ދޯދިތަކުގެ އަސަރު އަރާމުކޮށް ނިދާލާފައި އޮތް ރުކައިންގެ މޫނަށް ކުރުމުން ދެލޯ ކުޑަކޮށް ފިއްތައިލިއެވެ. ލޮލަށް އުނދަގޫ ވާން ފެށުމުން ރުކައިން އަޅައިގެން އޮތް ރަޖާގަނޑުން މޫނު ނިވައިކޮށްލަމުން ކައިރީގައި އޮތް ބާލީހުގައި ބައްދައިލިއެވެ. “ދަރިފުޅާ އަވަހަށް ތެދުވަން އުޅޭ.. މިހާރު އެ އޮތް ވަޒީފާއަށް ދާ ގަޑި ޖެހެނީ.. ދަރިފުޅާ ރުކައިން..” ލީލާ ރުކައިންގެ ކޮނޑުގައި ކޮއްޓަމުން ކިޔަމުން ދިޔައެވެ. “ދެން މަންމާ.. މި ހޭލަނީއޭ..” ނިދިބަރު އަޑަކުން ރުކައިން ވާހަކަ ދެއްކިއެވެ. އޭރު ވެސް އޭނަގެ ފޯނުން އެލާރމް އަޅާ އަޑުއިވެއެވެ. “މި އެލާރމަށްލުމުގެ ބޭނުމަކީ ކޮބާތަ؟ ކޮންމެ ދުވަހަކު މަންމައަށް ގޮވަން މިޖެހެނީ މި އެލާރމް އެޅިޔަސް..” ބޯހޫރުވައިލަމުން ލީލާ ބުންޏެވެ.
މޯޅިއަކަށް ދެމިލުމަށްފަހު ދެތިން ފަހަރަށް އެނދުގައި ރުކައިން ފުރޮޅިލިއެވެ. ލީލާ ހިނިއައިސްފައި ހުރެ ބޯ ހޫރުވައިލިއެވެ. އަދި ރުކައިން ބޯ ދަށަށް ލައްވައިގެން އޮތް ބާލީސް ދަމައިގަތެވެ. “މަންމަ ހާދަ ކުރުއެލް އޭ..” ކުސްތަޅައިލަމުން ކުޑަކުއްޖެއް ފަދައިން އެނދުގައި ދެފައި ވަށްކޮށްލައިގެން އިށީނދެ އިނދެ ރުކައިން ބުންޏެވެ. އޭރު އޭނަގެ ދެލޯ ހުޅުވެނީ ކިރިޔަ ކިރިޔާއެވެ. ކުރު އިސްތަށިކޮޅަށް އަތް މަހައިލުމަށްފަހު ހާވައިލިއެވެ. “ރޭގަ އަޅެ ވަރަށް ލަހުންތަ ނިދީ ތިހާ ނިދިއައިސްފަ ތި އިންނަނީ؟؟” ލީލާ ހައިރާންވެފައި އެއްސެވެ. “އެއީ އެއްކަލަ ބޭސްތައް ކާތީއޭ މަންމާ..” ހާފުރެލަމުން ރުކައިން ބުންޏެވެ. އަދި ކަންނެތް ގޮތަކަށް ތުވާލި ހަރުން ތުވާލި ނަގައިގެން ފާހަނައާއި ދިމާލަށް ހިނގައިގަތެވެ.
ރުކައިން ފާހަނައަށް ވަނުމުން ލީލާ ކޮޓަރިން ނިކުތެވެ. ޓީވީ ހުޅުވައިގެން ސޯފައިގައި ފައި ދަމާލައިގެން އިން ފާރޫޤު ގާތުގައި ލީލާ އިށީނެވެ. “ފާރޫޤު ދެން އެ ބޭސްތައް އެ ސޮރަށް ދިނުން ހުއްޓާލަންވީނުން.. އެ ކައިގެން އޭނަ ހާދަހާ ނިދިގަދަވޭ…” ލީލާ މަޑުމަޑުން ބުނެލިއެވެ. ލީލާގެ ޖުމުލައިން ފާރޫޤު ލީލާއާއި ދިމާލަށް ބަލައިލީ ހިތްހަމަނުޖެހިފައެވެ. “ތިހެން ވިޔަސް އަހަރުންނަށް ކުރެވޭނެ އިތުރު ކަމެއް ނެތެއްނުން.. ރުކައިންގެ ރައްކަލަށް އެ ބޭސްތައް ކާންދެނީ މި.. އެ ނުކާ ނަމަ ވާނެ ގޮތް ލީލާއަށް އެނގެޔެއްނުން..” ފާރޫޤު ބުނެލިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ލީލާ ބޯޖަހައިލިއެވެ.
ފާހަނައިން ނިކުތް ދުންޔާގެ ދެލޯ ހުރީ ކަރުނުން ބަރާވެފައެވެ. “ދޫނި؟ ޓެސްޓު ކިޓް ކޮބާ؟؟ ކޮން ރިޒަލްޓެއް ލިބުނީ؟؟ ކީއްވެ ތި ރޮނީ؟” ހާސްވެފައި ހުރި ޔާދިން ސުވާލު ގޯނި އޮއްސައިލިއެވެ. ދުންޔާގެ ދެލޮލަށް ބޮޑިވެފައިވި ކަރުނަތަށް ފެނި ޔާދިންގެ ހިތް މަރުވިއެވެ. އެހެންނަމަވެސް އޭނަގެ މޫނަށް އުޖާލާކަމެއް ވެރިވީ ދުންޔާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވުމުންނެވެ. ދުންޔާ ޓެސްޓު ކިޓް ޔާދިންއަށް ދައްކައިލިއެވެ. އެއަށް އަރާފައިވާ ރަތްކުލައިގެ ދެ ރޮނގުބުރި ފެނި ޔާދިންއަށް އެވަގުތު ޝުކުރުގެ ސަޖިދަ ޖަހައިލެވުނެވެ. “އަލްހަމްދުލިﷲ… ދޫނީ.. އަހަރެމެންގެ ދުޢާތައް އިޖާބަ ކުރައްވާފި.. އަލްހަމްދުލިﷲ..” ދުންޔާގެ އުނަގަނޑުގައި ހިފައި އުފުލައިލުމަށްފަހު ކޮޓަރިތެރޭގައި އެނބުރެން ފެށިއެވެ.
އެއާއެކު ދެމަފިރިންގެ ހުނުމުގެ އަޑު ކޮޓަރިތެރޭގައި ގުގުމައިލިއެވެ. “އައިމް ގޮނަ ބީ އަ ޑޭޑް..” ޔާދިން ހެމުން ބުނެލިއެވެ. “ދިން ދެން ހެހެ ތިރިކޮށްބަ އެނބުރުން އަރައޭ އެބާ..” ޔާދިންގެ ކޮނޑުގައި މަޑުމަޑުން ޖަހަމުން ދުންޔާ ބުނެލިއެވެ. “އޯހް ސޮރީ ސޮރީ.. އުފާވިވަރުން ހެހެހެ..” ޔާދިން ހީލަމުން ދުންޔާ ތިރިކޮށްލަމުން ބުންޏެވެ. “އުފާވެގެން ދެން އަހަރެން މަރާ ނުލާ..” ހެމުން ދުންޔާ ބުނެލިއެވެ. “އާހް ފައިނަލީ.. ބައްޕިގެ ދަރިފުޅު.. ހާދަ އިންތިޒާރަކަށް ފަހުއޭ މަންމިގެ ބަނޑަށް ތިއައީ.. ދަރިފުޅު ދެކެން ބައްޕި މިހުރީ ކެތްމަދުވެފަ ހަމަ.. ބަސް އަހައްޗޭ އިނގޭ ދަރިފުޅާ..” ޔާދިން ހީލަމުން ދުންޔާގެ ބަނޑުގައި ފިރުމައިލަމުން ބުންޏެވެ. ދުންޔާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
ބަދިގޭގައި ސައި ތައްޔާރު ކުރަން ހުރި މައިރީން ސިއްސައިގެން ދިޔައީ ބަން ކިޔާފައި ކޮޓަރީގެ ދޮރު ޖެހުމުންނެވެ. އޭނަގެ ލޮލުގައި އަޅައިގަތީ ދެ ބުމަ ގޮށްޖަހައިގެން އޭނައާއި ދިމާލަށް އަންނަ ކައިލް ފެނިފައެވެ. ނިދާ ހޭލި ގޮތަށް ކައިލް ހުރީ އޭނަ ނިދަންލާ ސޯޓުކޮޅާއެކުގައެވެ. އެ ބައިމަތި ފުޅާ ހަށިގަނޑު ހުރީ ހާމައަށްށެވެ. ގަވައިދުން ކަސްރަތު ކުރާތީވެ އޭނަގެ ބަނޑުގައި ހަ ގޮޅި އަރާފައިވެއެވެ. ކައިލްއަށް ލަނޑެއް މިއަދު ދެވުނީބާއޭ މައިރީންގެ ހިތަށް އެރިއެވެ. އެހެންނޫނީ ހަފްތާއަކު ދެތިން ދުވަހު ދެމީހުން ދެމީހުންނަށް ލަނޑުދިނުމަކީ ދެމަފިރިންގެ އާދައަކަށް ހަދާފައިވާ ކަމެކެވެ. މައިރީން އޭނައަށް ކުރެވުނު ކަމެއް ހަނދާން ކުރަން ހުއްޓައި ކައިލް ފޯނު ދައްކައިލިއެވެ. އެއާއެކު މައިރީން ލަދުން ނުވިރުނީ ކިރިޔާއެވެ.
“ހުވާ ސަހާދެއް އެއުޅޭ މާކިން މަގޭ އަތުން ވަރުގަދަ ބޮޑިއެއް ބޯނެ..” ދަތްކުނޑި ވިކައިލައިގެން ހުރެ ކައިލް ބުންޏެވެ. އޭރު އެ ވީޑިއޯގެ ތިރީގައި ދެލޮލުގެ ބަދަލުގައި ހިތް ހުރި އިމޯޖީތައް ހުއްޓެވެ. އެ ވީޑިޔޯ ޝިޔާމާ އާއި ރިޔާޒްގެ އިތުރުން އެ ގުރޫޕްގައި ހުރި އެންމެން ވަނީ ބަލާފައެވެ. “އަރްގްގް މިއަދު ޖެހޭނެ ހަވީރުގެ ސަޔަށް ވެސް މަންމަމެންގެ ބަޔަށް ދާން.. އައި ކާންޓް.. ނުވެސް ނުކުންނާނަން މިބަޔަކުންނެއް..” މޫނުގައި އަތް އަޅައިލަމުން މައިރީން ބުންޏެވެ. ކޮންމެ ބުރާސްފަތި ދުވަހެއްގެ ހަވީރަކީ އާއިލާ ގުޅުން ބަދަހި ކުރުމަށްޓަކައި ޝިޔާމާގެ ބަޔަށް އައިސް އާއިލާ އެންމެން ސައިބޯ ދުވަހެވެ. މައިރީންއާއި އެއްބަސްވުމުގެ ގޮތުން ކައިލް ބޯޖަހައިލިއެވެ. “ގުޑް އައިޑިޔާ… ބްރެކްފާސްޓް ނަގައިގެން އަވަހަށް ޖޮބަށް ދާން ހިނގާ..” ކައިލް ބުނެލިއެވެ. މައިރީން ބޯޖަހައިލުމުން ކައިލް ވެސް ސައި ތައްޔާރު ކުރަން އެހީވާން ފެށިއެވެ.
އައިނާއަށް ހޭލެވުނީ އޭނަގެ ހަށިގަނޑަށް ބަރުވާ އިހްސާސްވުމުންނެވެ. އޭނަގެ މޫނަށް މީހެއްގެ ނޭވާ އެޅޭ ފަދަ އިހްސާސެއްވުމުން އައިނާގެ ކަރުގައި ނޭވާ ތާށިވިއެވެ. ދެލޯ އުނގުޅައިލުމަށްފަހު ދެލޯ ކުޑަކޮށްލާ އެނދުމައްޗަށް ބަލައިލިއެވެ. އޭރު އޭނަގެ މޫނާއި ދިމާލަށް އަނގަ ހުޅުވައިގެން ނިދާފައި އޮތް ޒީނާ ފެނި އައިނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޒީނާގެ އެއްފައި އައިނާގެ އުނަގަނޑުގައި އޮތް އިރު އެއް އަތް އޮތީ އައިނާގެ ބަނޑުމަތީގައެވެ. އެއީ ހުވަފެނެއްބާއޭ ހިތައް އަރާ އައިނާ ދެތިން ފަހަރު އެސްފިޔަ ޖަހައިލިއެވެ. މަންޒަރު ބަދަލުނުވުމުން އެއީ އަސްލެއްކަން ޔަގީންވުމުން އައިނާ ތޫލި އަޑަކުން ހަޅޭއްލަވައިގަނެފައި ޒީނާގެ ގައިގައި ބައްދައިލިއެވެ.
އައިނާ ހަޅޭއްލަވައިގަތުމުން ޒީނާއަށް ސިހިފައި ހޭލެވުނެވެ. “އޯހް މައި ގޯޑް.. އޯ މައި ގޯޑްޑް.. ޒީ..” ޒީނާގެ ގައިގައި ބައްދާލަމުން އައިނާ ތޫލި އަޑަކުން ހަޅޭއްލަވައިގަތެވެ. އައިނާގެ ހަޅޭކުގެ އަޑަށް އަޔާނާ ކޮޓަރިއަށްވަނެވެ. އެނދުގައި އައިނާއާއިއެކު އޮތް އޭނަގެ ހަނގު ދަރިފުޅު ފެނުމުން އަޔާނާގެ ދެލޯ ފުރިގެންއައެވެ. ޒީނާ އެމީހުނާއި ބައްދަލު އެވީ ތިން ވަރަކަށް އަހަރު ފަހުންނެވެ. “މަންމަގެ ދަރިފުޅު..” ރޮވިފައި ހުރެ އަޔާނާ ދެ އަތް ފުޅާކޮށްލީ ޒީނާގެ ގައިގައި ބައްދާލުމަށްށެވެ. އައިނާގެ އަތުތެރެއިން މިނިވަންވެގެން ތުއްތު ކުއްޖެއް މަންމަގެ އަތުތެރެއަށް ވަންނަ ފަދައިން ޒީނާ އައިސް އަޔާނާގެ އަތުތެރެއަށް ވަނެވެ.
“ކޮންއިރަކުތަ ދަރިފުޅު އައީ؟؟ އަންގާވެސް ނުލާ.. މަންމަމެނަށް ބަލައިދެވޭނީ ވެސް އަންނަކަން އެނގޭނަމައެއްނުން..” ޒީނާގެ ބޮލުގައި ފިރުމައިލަމުން އަޔާނާ ބުންޏެވެ. “ތިހާ ސަޕްރައިޒްއެއް ނުވާނެއެއްނުން ބުނިނަމައެއް.. އެހެންނޫނަސް މާކްއާއެކީއޭ އައީ.. މަންމައަށް އެނގެއެއްނުން ހީ ޓޭކްސް ގުޑް ކެއާ އޮފް މީ..” ޒީނާ ހީލަމުން ބުންޏެވެ. އައިނާގެ ތުންފަތް ކަނަކުން ދެމުނެވެ. “އޫހް ހީ ޓޭކްސް ގުޑް ކެއާރ އޮފް ޔޫ؟؟ ކުރިން ކިޔާ މާކްބެ މާކްއަށް ބަދަލުވީ ކޮންއިރަކުތަ؟” ލާނެތް ފާޑަކަށް ދިމާކުރާ ފަދައިން އައިނާ އަހައިލިއެވެ. އެއާއެކު ޒީނާގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. “ދެން ދޮންތީ… މަންމާ ބަލާބަ..” ތުންކޮޅު ދަމައިލަމުން ޒީނާ ބުންޏެވެ. ޒީނާ ހުރި ގޮތުން އައިނާއާއި އަޔާނާ ހޭން ފެށިއެވެ.
މާކިން ލިފްޓަށް އެރުމަށްފަހު ގްރައުންޑް ފްލޯ ފިތުގައި އިނގިލި ޖައްސައިލިއެވެ. ވަޒީފާއަށް ދިޔުމަށް ތައްޔާރުވެގެން ނިކުތް ކައިލްމެނަށް ލިފްޓުގެ ތެރޭގައި ހުރި މާކިން ފެނުނީ އިއްތިފާގުންނެވެ. ލިފްޓު ލެއްޕެމުން ދިޔަ ވަގުތު މާކިންގެ ދެލޯ ބޮޑުވެގެން ދިޔައީ ހަރު ހިނގުމެއްގައި ލިފްޓާއި ދިމާލަށް އަންނަމުން ދިޔަ ކައިލް އާއި މައިރީން ފެނުމުންނެވެ. ހިތާ ހިތުން ލިފްޓުގެ ދޮރުލެއްޕޭތޯ މާކިން ދިޔައީ ދުޢާ ކުރަމުންނެވެ. އެހެންނަމަވެސް މައިރީން އަޅައިގެން ހުރި އަތް ދަބަސް ލިފްޓާއި ދިމާލަށް އެއްލުމުން ލިފްޓުގެ ދޮރު ހުޅުވިގެން ދިޔައެވެ. ނަސީބު މިއަދު މާކިންއާ ދެކޮޅަށް ހުރި ފަދައެވެ. “ޝިޓް އައިމް ސޯ ޑެޑް..” ކޮލުގެ އެއްފަރާތުގައި ދަތް އަޅައިލަމުން އަމިއްލަ ނަފްސަށް އަޑުއިވޭ ވަރަށް މާކިން ބުންޏެވެ.
ކައިލްއާއި މައިރީން ލިފްޓުތެރެއަށް ދެމިގަތެވެ. ކައިލް ވަށްކަޅިން މާކިންއަށް ބަލައިލިއެވެ. “ޓައިނީ ޕްލީޒް ގިވް މީ ޔުއާރ ކައިންޑް ބްލެސިން އެންޑް ޕާރމިޝަން ޓު ގިވް ޔުއާރ ސޯ ކޯލްޑް ލިޓްލް ބްރަދާ އަ ލެސަން..” މައިރީންއަށް ބަލައިލަމުން މާކިންގެ ކުރިމައްޗަށް އަރަމުން ކައިލް ބުނެލިއެވެ. މައިރީން އާއި ދިމާލަށް މާކިން ބަލައިލީ ތިމަންނަ ސަލާމަތްކޮށްދޭށޭ ބުނާ ފަދައަކުންނެވެ. “ޕްލީޒް ކޮންޓިނިޔު..” މައިރީން ހިނިއައިސްފައި ބުންޏެވެ. ކައިލް އެއްމިޔަކަނުން ހީލީ ބަދަލު ހިފާނެ މޮޅު ގޮތެއް އޭނަގެ ހިޔާލަށް އައުމުންނެވެ.
“މާކިން.. ކޮންތާކަށް ތި ދަނީ” ކައިލް ހަމަޖެހިލަމުން އަހައިލިއެވެ. “މި.. މި ޖޮބް ހަމަޖެހިފަ ހުރީމަ ކަންތައްތައް ބަލައިލަން..” ކުށެއްކޮށްގެން އިސްޖެހިފައި ހުރި ކުޑަ ކުއްޖެއް ފަދައިން މާކިން ބުންޏެވެ. “ސައިކުގަތަ ދަނީ؟” ކައިލް އަހައިލިއެވެ. މާކިން ބޯޖަހައިލިއެވެ. “ޓައިނީ އަތުގަ އެބަހުރިތަ އެއްކަލަ ހެލޯ ކިޓީ ސްޓިކާސްތަކާ ކޮކާތަކާ ފިޔާތޮށި ކުލައިގެ ގްލިޓާރ އެންޑް ސްޕްރޭ ޕެއިންޓް؟” ކައިލް އަހައިލި ސުވާލުން މާކިންގެ ކަރުގައި ނޭވާ ތާށިވިއެވެ. “ނޫން.. ނޯ ނޯ ދޮންތީ ޕްލީޒް ހީ އިޒް ކްރޭޒީ ޕްލީޒް ޑޯންޓް..” ބިރެއް ފެނިގެން ކައިލްއާ ދުރައްޖެހެމުން މައިރީންގެ ގާތު މާކިން އާދޭސްކޮށްލިއެވެ. “ބޭގުގަ މިހާރު ވެސް އެބަހުރި..” ނުލަފާ ގޮތަކަށް ހީލަމުން މައިރީން ބުންޏެވެ. މާކިން ނުފެނުނަސް އެކަން ކުރަން ދެމީހުން އައީ ރާވައިގެންނެވެ. އެހެންކަމުން އެކަމަށް ބޭނުންވާ ހުރިހާ އެއްޗެއް މައިރީން ހުރީ ހިފައިގެންނެވެ. މާކިން ބޮލުގައި އަތް އަޅައިލީ މިހިސާބުން އޭނަގެ ކަންތައް ދިޔައީކަން އެނގުމުންނެވެ.
ލިފްޓު ހުޅުވުމާއިއެކު މާކިން ދުއްވައިގަތީ އޭނަގެ ސައިކަލު ސަލާމަތް ކުރުމަށްށެވެ. އެތަކެއް ޓްރޭނިންއެއް ހަދައިގެން ފުލުހުގައި އެހާ ގިނަ ދުވަސް ހޭދަކޮށްފައިވި ކައިލްއަށް މާކިން ހިފެއްޓުންވީ ފެންފޮދެއް ބޯލުންފަދަ ފަސޭހަ ކަމަކަށްށެވެ. މާކިންގެ ދެ އަތް ފުރަގަހަށްލުމަށްފަހު ސަލާމަތުގެ މަގު ބަންދުކޮށްލިއެވެ. “އަވަހަށް ފަށާ..” މައިރީންއާއި ދިމާލަށް ކައިލް ބުންޏެވެ. މާކިންގެ ކަނޑު ނޫ ކުލައިގެ އެއާރ ބްލޭޑް ކައިރިއަށް ޖެހިލުމަށްފަހު މައިރީން އޭގެ އެކި ދިމަ ދިމާލުގައި އޭނަގެ އަތުގައި ހުރި ސްޓިކާތައް ތަތްކުރަން ފެށިއެވެ. “ނޫން ނޫން އަޅެ ޕިސް.. މި ވާނީ އެބިޔުސްއަށް.. އަޅޭ މަގޭ ސްޕައިކީ ނޫން..” މާކިން ކިޔަމުން ދިޔައެވެ. ކައިލް ގާތަށް ހިނިއައީ މާކިން އެ ސައިކަލަށް ނަމެއް ދީފައިވާކަން އެނގުނީމައެވެ.
މައިރީން ހިނިއައިސްފައި ހުރެ ‘ބޭބީ ޕިންކް ޓެމްޕޮރަރީ ސްޕްރޭ ޕެއިންޓް’އިން އެ ސައިކަލުގައި ހިތާއި ކޮކާ ކުރަހަމުން ދިޔައެވެ. މާކިންއަށް ހުރެވުނީ ތުންފަތް ހަފާލަ ހަފާލައެވެ. “އޭއި މަގޭ ގަޑި ޖެހެނިއްޔޭ.. ދޫކޮށްބަލަ ދެންން.” މާކިން ކުސްތަޅައިލިއެވެ. މާކިންގެ ހެލްމެޓަށް ފިޔާތޮށިކުލައިގެ ގްލިޓާ އަޅައިލުމަށްފަހު ސްޓިކާތައް ތަތްކޮށްލިއެވެ. އެވަގުތު އެތަނަށް ހިނގާފައި އަންނަމުން ދިޔަ ފުލުސް ޔުނީފޯރމްގައި ހުރި މީހަ ފެނި މާކިން އެހީއަށް އެދި ގޮވަން ފެށިއެވެ. އެހީއަށް އެދި ގޮވާ އަޑުއިވުމުން ރުކައިން އަވަސް އަވަހަށް އެދިމާލަށްއައެވެ.
ކައިލް ފެނުމުން ރުކައިން އެއްބުމަ އަރުވައިލިއެވެ. “މިއީ ޕޭބެކް އެއް.. ހާސްނުވޭ މީ މަގޭ އަނބިމީހަގެ ކޮއްކޮ.. ހެހެ އެއީ މަގޭ އެކުވެރިޔެއް މޮޔަޔާ..” މާކިންގެ ގައިން ދޫކޮށްލަމުން ބޮލުގެ ފުށްކިބައިގައި ޖަހާފައި ކައިލް ބުންޏެވެ. މައިރީންއާއި ދިމާލަށް މާކިން ދުއްވައިގަތުމުން ކައިލް އަވަސް އަވަހަށް މައިރީންގެ އަތަށް ދަމައިލުމަށްފަހު އޭނަގެ ފަހަތަށްލިޔެވެ. “މަގޭ އަންހެނުންނަށް ކަމެއް ކޮށްގެން ނުވާނެ.. މާކިން ކުރި ކަމުގެ ސަޒާ މިއީ.. ދެން ވެސް އެހެން ނަހަދާތި..” ކައިލް ބުންޏެވެ. މާކިން ކަޅި އަނބުރައިލުމަށްފަހު ގަޑި ޖެހެން ކައިރިވެފައިވުމުން އަވަހަށް ހެލްމެޓު އަޅައިގެން ސައިކަލު ދުއްވައިލިއެވެ. އޭރުވެސް އޭނަ ދިޔައީ ކައިލްއާއި ދިމާލަށް ހިތާއި ހިތުން އެތިވަރު ގޮވަމުންނެވެ.
ރުކައިން ހުރީ އެމީހުންގެ ކުޅިވަރު ބަލަން ހީލަހީލައެވެ. އެހެން ހުއްޓާ އައިނާ ލިފްޓުން ފައިބައިގެންއައެވެ. “އޭ މަގޭ ކާރުވީ ދޮންނަ ތަނަށް ގެންގޮސްފަ.. ސައިކަލު އަހަރުން ދެމީހުން ވެސް ދަނީ.. އައިނާ ގޮސްލާ އިނގޭ ރުކައިންއާއެކު ސައިކުގަ.. ރުކައިން އޭނަ ކޮކާ އެމްވީ ނޫސް ބިލްޑިއަށް ގެންގޮސްދެއްޗޭ..” ސައިކަލަށް އަރަމުން ކައިލް ބުނެލިއެވެ. އައިނާގެ ދެލޯ ބޮޑުވިއެވެ. “އައި ގޮސްފާނަން ޓެކްސީގަ.. އިޓްސް އޯކޭ..” ބޯހޫރުވައިލަމުން އައިނާ ބުންޏެވެ. “ސައިކުގަ އަވަސް ވާނެ އައީ.. އެހެންނޫނަސް މިހާރު އެންމެ ފަސް މިނެޓް ގަޑި ޖެހެން.. ރުކައިން އައި ކައެއް ނުލާނޭ..” ކައިލްގެ ރޭވުން އެނގުމުން ލާނެތް ގޮތަކަށް މައިރީން ބުންޏެވެ.
އައިނާ މައިރީންއާއި ދިމާލަށް ކަޅި އަޅައިލިއެވެ. މައިރީންމެން ސައިކަލު ދުއްވައިލުމުން، އައިނާ ފޯނު ހުޅުވައިލާ އަވަސް ރައިޑަށް ވަނެވެ. “އަހަރެންގެ ބޮސް ކައިލްއަކީ.. އަހަރެން މިއީ އަހަރެންނަށްވުރެ މަތީ މީހުންގެ ބުނާ އަޑު އަހާ މީހެއް.. ސައިކަލު ފަހަތަށް އަރާ..” މޫނު މަތިން އެއްވެސް އިހްސާސެއް ދެއްކުމަކާ ނުލައި އާދައިގެ ގޮތަކަށް ރުކައިން ބުންޏެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







Maasshhhh
Hiyeh nukuran mirey kiyaalan libidhaane kmkh
Thannkuuuuuuuu smmmm,,,masha allah mi part vs hama vrhh reethi
Alheeyyyy dhunya preg v’vvvvv.. Alhamdulillah, ekm trailer ga e iny keekey?????
Ehnvr e beys kaa myhaky rukain dhwww,,ekm kiihve tha eii raakin hn hyvanyy????Maakin regret kuraane grp ah levigen…aana beynun cyc huri goi balan vs.. Kail mai r dhimaaalah”mageyy anhenun”nun gthkh nugovaa soooocuuuteee..mihaar eba hyvey zee r maakin hnvss
Curiously waiting…when next???? Lyyyy🫶🏻🫶🏻🫶🏻
Heyyy sorry for the late reply was very busy..
Thankyouu soo muchh I’m happy u like it.. Ur welcome darlll..
Hehe yess She’s pregg.. Hehe tariller ga iny keekey kan adhi ingeyne..
Lets see.. Rangalhahvx maaking regret kuraane ehnun..
Haha lets see dhww vaa goii..
now its uploaded
Love uu moree darll💜🦋
Vara reethiiiii mi part vess
Vara suprise vi mirey kiyan libunee ma thankyou 🥰
Alheyyy I’m soooo happy dhunyaa is pregnant
Maakin ah maireen aa kail kohli kanthah dhww
I othi eh scene kiyaagen binmatheega🤣
Maakin ge spiky pink kohleevihyaa
Vara fori eba huri can’t wait for next episode
Lysm🖤
Thankyouu soo muchh I’m happy u like it..
It was an accident but ur welcome hehe
Hehe yess She’s pregg..
Hehe yess maakin ge spiky rangalhah pink kohlaafi
Haha lets see dhww vaa goii..
now its uploaded
Love uu moree darll💜🦋
I’m soo happy dhunya is pregnant yaadhin is sooooo excited
Maakin ge spiky 😂🤣
Whn nxt?????
Me too hehe..
Heh maakin ge spiky spiky dhww
now its uploaded
Love u moree darll💜🦋
This part is soo goooddd!!
Finally dhunyaa is pregnant dhoo
Yaadhin is gonna be a dad!
Kail and mai vx haadha nulafaeyy ekm revenge was the best haha
Wonder whats gonna happen with aina and rukain
Love this part
When next??
Ily🤍🙂
Thankyouu soo muchhh.. I’m happy u liked itt..
Hehe yess..
Yesss he is gonna be a dad..
Maakin ge vx fault eii lol.. i dont blame them heheh..
lets see dhww..
its uploaded now
Love u moree darll💜🦋
Masha Allah Vrh reethi mi part vx
Ooo I’m soo happpyyy that dhunya and yaadhin is gonna be parents.
Hmm rukain maybe raakin dhw. Cux I think the Beys is for memory or Smthing like that Ehnve rukain remember nuvany ainaa. Ekm Neyge dhw asleh kameh Vrh Curious hama
I’m struck by kail and mai ge revenge 😭🤣. Maakin ge spikeyy pinky akah badhal vee dhn 🤣🤣
Ahhhh Vrh Curious dhn vaane gothakaa medhu
Whens the next part? Can’t wait 😩 ❤️💐
Thankyouu soo muchhh.. I’m happy u liked itt..
Hehe yess.. I’m happy she is preg too..
hehe lets see dhww..
Best revenge everrrr.. haha yeshhh
lets see dhww..
its uploaded now💜🦋