ރިއާނާ ގެއަށް ދިޔުމުން ޔޫއާ ވެސް ދިޔައީ ގެއަށެވެ. ލިފްޓައް އަރަން ދިޔަ ޔޫއާއަށް ފެނިގެން ދިޔަ މަންޒަރުން ހިތުގާ ރިއްސާލީ އިންތިހާއަށެވެ. ކައިރީ ހުރި ތަނބުގާ އަތް ޖައްސާލެވުނީ ވެއްޓެން އުޅޭހެން ހީވުމުންނެވެ.
(16 ވަނަ ބައި)
ޑިއުޓީ ނިންމާފައި ގެއަށް ދާން ދިޔަ ނިކްޔާންގެ ތުންފަތުގާ ލުއި ހިނިތުންވުމެއްވިއެވެ. އަތުގާ އޮތް ކުޑަ ހެދުންކޮޅަށް ބަލާލުމާއެކު އެތުންފަތުގާވީ ހިނިތުންވުން ފުޅާވެގެން ދިޔައެވެ.
“ނިކް؟” ފަހަތުން އިވުނު ތުއި އަޑު އިވި ނިކްޔާންގެ މޫނުމަތީގާވީ ހިނިތުންވުން ފިލާ ދިޔައެވެ. އަނގަކުނި ކޮއްލަމުން ފަހަތް ބަލާލި އިރު ބުޅާ ހިނގުމުގާ އަންނަމުން ދިޔަ ޒުކާ ފެނި ކަޅި އަނބުރާލިއެވެ.
“ކީއްކުރަން މިތަނައް ތިއައީ؟ ކަލޭ ފެނިގެން އުފަލެއްވާނެ މީހަކު މިތާކު ނުހުންނާނެ” ދަތްކުނޑިވިކާލަމުން ނިކްޔާން ބުނެލިއެވެ.
“ހްމްހްމްމް ބޭބީ ހަމަ ޖެހިބަ. ޔޫއާ އަހަރެން ފެނުނީމަ އުފާވާނެއްނުން؟ ހެހެ. ޔޫއާއަކަށް ނޭނގޭ ދޯ މިއީ ކާކު ކަމެއް؟ ހެހެ. ޔާން އޯ. އެހެންތަ ބުނީ ކިޔާށޭ؟ ތިއީ ޒޫކްގެ ނިކްއެއްނުން؟” ނިކްޔާންގެ މޭގާ ފިރުމާލަމުން ޒުކާ ބުނެލިއެވެ.
“މަގޭ ގައިގަ އަތް ނުލާ” ޒުކާ ކޮއްޕާލަމުން ނިކްޔާން ބުނެލިއެވެ. “ދޭންންން ނިކްކް ތިހެން ނަހަދަބާ” ތުންކޮޅު އޮޅާލަމުން ނިކްޔާންގެ މޭގާ ޒުކާ ތަތްވެލިއެވެ.
“ޒުކާ! ކަލޭ މޮޔަވީތަ؟ އަހަރެން މިއީ މީހެއްގެ ފިރިއެކޭ!!!!”
“ކީއްތަވީ ޔޫއާގެ ފިރިމީހާ ވިއްޔާ؟ ކަލޭ ތިއީ މަގޭ ބަނޑުގަ މިއޮށް ދަރިފުޅުގެ ބައްޕައޭ!!!” ނިކްޔާންގެ ޖުމްލަ ހަމަ ނިމުންތަނާހެން ޒުކާ ބުނެލި ޖުމްލައިން ނިކްޔާންގެ ދެލޯ ބޮޑުވިއެވެ. ބިރުން ހުރެ ޒުކާގެ ބަނޑާ ދިމާލައް ބަލާލެވުނީ އެހެންވެގެންނެވެ. ތެދެކެވެ. ހިމަތޮޅިކޮށް ހުރި ޒުކާ ތަންކޮޅެއް ފަލަ ވެއްޖެއެވެ. ކުޑަކުޑަ ބަނޑެއްވެސް އެބަ އިނެވެ.
“ނޫން. އައިމް ނޮޓް ލެޓިންގް ޔޫ މެނިޕިއުލޭޓް މީ. ތިއީ މަގޭ ދަރިއެއް ނޫން. ކިހިނެތް އެކަން ވާނީ؟ އަހަރެން ކަލެއާ ގާތް ނުވާތާ 8 މަސްވީ!” ދުރުބަލާލަމުން ނިކްޔާން ބުނެލިއެވެ.
“ދެން؟ ޔޫއާ ގާތުގަ ބުނިންތަ މަށާ އެކީ ނިކް ސްލީޕް ކުރީމޭ؟ މޮޔަ ނުގޮވާ ނިކް. ހަނދާން ނެތުނީތަ ޔޫއާއާ ދިމާވުމުން 1 ހަފްތާ ކުރިންވެސް މަށާ އެކީ ސްލީޕް ކުރިންކަން؟” ހީލާފައި ޒުކާ އަހާލިއެވެ.
ވަގުތުން ނިކްޔާންގެ ދެލޯ ބޮޑުވިއެވެ. އޭގެ މާނައަކީ…؟
“އަދި ޔޫއާ ކައިރީ ބުންޏެއްނުން 17 އަހަރުގައޭ ކުއްޖަކާ ރައްޓެހިވީ؟ ހުހް. މަށާ ރައްޓެހިވީ 17 އަހަރުގަ. 6 އަހަރުވީ ކަލޭ މަށާ އެކީ އުޅޭތާ. ކަލޭގެ މަންމަ އިންނާނެ މީހަކު ހޯދާ ދިނީމަ އަހަރެން މަތިން ފޫހިވީ. ކަލޭ ހީކުރީތަ އެހެން އަހަރެން އެއްލާލެވޭނޭ؟ ނޫން. ހެހެހެ ނުވިއެއްނުން ސަލާމަތެއް؟ ކަލޭ ޖެހޭނީ ހަމަ މަށާ ކައިވެނި ކުރަން! ޔޫއާގެ ދަރިފުޅަށް ކަލޭގެ ފަރާތުން ބައްޕަގެ ލޯބި ލިބިފަ އަހަރެންގެ ދަރިފުޅަށް ބައްޕަގެ ލޯބި ނުލިބި ހުންނާކައް ލާހިކެއް ނޫން!” ދަތްކުނޑިވިކާލަމުން ޒުކާ ބުންޏެވެ.
ލިފްޓައް އަރަން ދިޔަ ޔޫއާއަށް ފެނިގެން ދިޔަ މަންޒަރުން ހިތުގާ ރިއްސާލީ އިންތިހާއަށެވެ. އިވިގެން ދިޔަ އަޑުން ހިތުގަ ޝަކުވާ އުފެދުނީ އިންތިހާއަށެވެ. ކައިރީ ހުރި ތަނބުގާ އަތް ޖައްސާލެވުނީ ވެއްޓެން އުޅޭހެން ހީވުމުންނެވެ.
އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ނިކްޔާންގެ ހަށިގަނޑު ފިނިވީ ދެލޯ ބޮޑުވެފާ ހުރި ޔޫއާ ފެނިފައެވެ. އެދެލޮލުގާ ބަބުޅަމުން ދިޔަ ކަރުނަ ފެނި ނިކްޔާންއަށް އެދިމާލައް ދުއްވައިގަނެވުނެވެ.
“ޔޫ… އިޓްސް ނޮޓް ވަޓް އިޓް ލުކްސް ލައިކް-”
“ކިހިނެތް އަހަރެން ތިކަން ގަބޫލު ކުރާނީ؟ ހުރިހާ ގޮތަކުންވެސް ބުނެވޭނީ ކަލޭ މަށަށް ބޭވަފާތެރިވީއޭ” ދެލޮލުން ކަރުނަ އަންނަ ހާލުގާ ޔޫއާ ބުނެލިއެވެ. “ނޫން ނޫން. ދުވަހަކުވެސް ޔާން ޔޫއަކަށް ބޭވަފާތެރިއެއް ނުވަން. ހަމަ ހުވާ” ނިކްޔާންގެ ދެލޮލުގާ ކަރުނައިގެ މުތީތައް ބަބުޅައިގަތެވެ.
“ދެން ނިކް. މޮޔަ ވާހަކަ ނުދައްކާ. ޔޫއާ. އެއްގޮތަކީ ކަލޭ ނިކް ގާތުން ވަރިވެގެން ދިޔުން. އަނެއް ގޮތަކީ ނިކް މަށާ ދެއަންބައް ކައިވެނި ކުރުން. އަހަރެންގެ ބަނޑުގާ ވެސް މިއޮތީ ނިކްގެ ދަރިއެއް. މިދަރިފުޅައް ވެސް ބައްޕައެއް ބޭނުންވާނެ” ނިކްޔާންގެ އަތުގާ ހިފާލަމުން ޒުކާ ބުނެލިއެވެ. “ދުރުގަ ހުރޭ!” ނިކްޔާން ޒުކާ ކޮއްޕާލިއެވެ. އެދެލޮލުގާ އޭރުވީ ޝަކުވާއެވެ.
“ނިކްޔާން ޒުކާއާ ކައިވެނި ކުރޭ! އަހަރެން ބޭނުމެއް ނޫން ތިކަހަލަ މުޑުދާރު މީހަކާ އެކު އުޅޭކައް. އަހަރެން މިދަނީ” ލިފްޓާ ދިމާލައް ހިނގައިގަންނަމުން ޔޫއާ ބުނެލިއެވެ. ޔޫއާ ފަހަތުން ނިކްޔާން ދާން އުޅުނުވެސްމެއެވެ. ނަމަވެސް ޒުކާ އައިސް ނިކްޔާންގެ ހަށިގަނޑުގާ ތަތްވެގަތެވެ. “ނޫން. ނުދޭ” ޒުކާ ނިކްޔާންގެ ހަށިގަނޑަށް ބާރު ކޮއްލަމުން ބުނެލިއެވެ. “ދާން އުޅޭ!” ނަމަވެސް ޒުކާ ދުރުކޮއްފައި ލިފްޓާހަމައަށް ދެވެންވީ އިރަށް ލިފްޓުގެ ދޮރު ލެއްޕިއްޖެއެވެ.
ދެލޮލުން ކަރުނަ ފުލެހަމުން ދުވެފާ ކަހަލަ ގޮތަކައް ގޮސް ޔޫއާ އެއްޗެހިތައް ޕެކް ކުރަން ފެށިއެވެ. އެއްވެސް ތަރުތީބެއް ނެތި ހުރިހާ އަންނައުނުތައް ދަބަހައް އަޅާލަމުން ޔޫއާ ގުޅީ ޔޫއާންއަށެވެ. “ދޮންބޭ. ޔޫ ރަށަށް ގެންދޭ. ހެޔޮނުވާނެ. ދެން ޔޫއަކަށް ކެތެއްނުވާނެ…” ރޮވިފާ ވާހާލުގާ ޔޫއާ ބުނެލިއެވެ. “އެއީ؟ ކިހިނެތްވީ؟ ބުނެބަ؟ ކީއްވެ ތިރޮނީ؟” ޔޫއާން ވަަރަށް ހާސް ވެއްޖެއެވެ.
“ޔާން… ދޮންބޭ… ޔާން…” ޔޫއާއަކަށް އިތުރަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ހުރި ތަނަށް ދެމިގެން ދިޔަ ވަގުތުގާ ގޭ ދޮރު ހުޅުވާލި އަޑުވެސް އިވުނެވެ.
(ނިމުނީ)
މިހާ ހިސާބުން “ވަފާތެރިމަވީމޭ” ގެ ފުރަތަމަ ސީޒަން ނިމުމަކައް މިއައީ. މިވާހަކަ ހުރިހާ ކުދިންނައްވެސް ކަމުދިޔަ ކަމައް އުންމީދު ކުރަން. މިވާހަކައިގެ ޖަވާބު ނުލިބުނު ހުރިހާ ސުވާލަކައް މިވާހަކައިގެ ސީޒަން 2 އިން ޖަވާބު ލިބޭނެ ވާހަކަވެސް ބުނެލަން. “ވަފާތެރިމަވީމޭ” ގެ ސީޒަން 2 ގެެނެސްދޭނީ ދެން އަޅުގަނޑު ލިޔާ ދިގުވާހަކަ “ވާތީ ހިތަކު ލޯބި މަންމަންވެފާ” އަށް ފަހު ކަމުގާވެސް ބުނެލަމެވެ. އިންޝާ ﷲ “ވާތީ ހިތަކު ލޯބި މަންމަންވެފާ” ގެ ޓްރޭލާރ ނޮވެންބަރު 5 ވަނަ ދުވަހު ކިޔާލަން ލިބޭނެ. “ވާތީ ހިތަކު ލޯބި މަންމަންވެފާ” ވާޙަކައަކީ ހިލޭ ކިޔާލަން ލިބޭ ވާހަކައެއްކަންވެސް ފާހަގަ ކޮއްލަން. އިންތިޒާރު ކޮއްލައްވާ…!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.







Whqttttttt
Nikyaaan r zukaaa
Hama bashuhtifa ingeyyyy..hama aslu koh zukaa nik ge baby akhhh????
Ekm plxxx yoo r nik gulhuvahcheyyy s2 ga
S2 eii pro story eh thaa?????
Curiously waiting for s2 n vaathy hithaku loabi manmanvefaa ge trailer ah
Masha allah mi part vs vrh reeth
Lyyy 🫶🏻
Haha thi suvaalah javaab libeyne s2 ga.. noon s2 vess eii hama free vaahaka eh.. stay tuned dear. Jazaakallah khairan lytt
Hey shiherr☺️
Vafaatherimaveemey season 2 hiley kiyaalan libeyne thr anyways mi story furathama season vrh salhi Curiously waiting for your next story sorry vrh gina dhuvas kohlaafa comment eh kohkevuneethy Ekam baraa barah kiyaa vhk hama ufalaa eku faahaga kohlan
Lyyy❤️😘
Heyy Nayerr
Yess eii vess hama hiley vaahaka eh.. jazaakallah khairan dearrr
Hehe its okayy ey im happy that you read it.. lytt
Heyy shiherrr..
Mi story vx vrh reethi maasha Allah.. heevx nukuraa kahala ending eh miothy libifa.. nikyaan and yuaa dhuru nukurahchey alhe.. second season ah vaguthu gunen fashaafi mihaarussure.. can’t wait for vaathy hithaku manmanvefa also.. keep up Ur work darling.. lyssm
Heyyy marrrshhhh…
Jazaakallah khairan love🥹 haha dhww.. i wanted to give a unsatisfied ending🤣 hehe yesyes stay tuned for itt.. cant wait for your story to lavv.. ilyyyysmmmmm❤️❤️❤️
Hey shierr!!
Long time no comments sorry!
S1 nimunee dhw!
Yaan betrayed yooaa? I thought he was really loyal!
well at least he could’ve said that zuka’s his ex so yooaa can be aware of her.
Then zuka?? She’s preg? And the father is yaan actually… unbelievable
Anyway loved this Season! your descriptions are another level 💗💗💗
Waiting impatiently for s2
Your next story seems interesting cuz I’m already captivated by the name!
IA you’ll get my support!
I got busy these days cuz the tournaments won’t end! senior is done n now the junior n I’m an official!
Lysssm💗💗💗💗
Tc!!
Heyyy dear
Haha huss javaabeh neh suvaal dhw.. dont worry hurihaa suvaalakh vess javaabu libeyne s2 ga..
Hehe yess since a lot of you asked for more dark romance, psychological, psychopathetic story it will be one of themm.. hoping u all will love ittttt❤️❤️
Hehe itss okayy eyy.. hehe congrats
Lyytt
Tc
Aah nikyaan. Really mad about him
😭🥲
Maasha Allah 🤍🕊️
Shiherr 🤍 Finally, the last part of this story is here filled with sadness, mystery, happiness, confidence, and dedication. It truly felt like a movie scene 🎬
Being a girl doesn’t mean we have no right..it means we have confidence, strength, and determination 💪
Shiherr 🕊️I had requested you to use one name could you please include it in a free story?
I couldn’t read it at all 😅
So excited and curious for Season 2!
Lysmm 🤍🕊️
Bye, Tc 🕊️
Jazaakallah khairan Cherryy.. aslu ves dhw.. sureee kon name eh tha? In sha allah will use next series ga.. is it Alooka? Was it u who asked?
Stay tuned for s2 lyt tc 2 byee
Yea it’s me
ya okay. in sha allah will include the name 🫶🏻
Woo interesting.. What’s going to happen next? 😳 It’s shocking, but he really didn’t cheat I think… But the storyline is beautiful 😍😍 can’t wait for season 2.. Ahhhh 🥰🥰
jazaakallah khairan dearr.. varah ufaa vejje kamudhiyaiima hehe.. hmmm???? dhn “what if” eh dhw eii.. haha.. lets see dhw.. stay tuned for s2 🫶🏻