Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ގާތުގައިވި އަނދިރިކަން 15-2

umny Level 210 Stories
October 28, 2025 3 Mins Read
0 Comments

” ޒޯޔާ މޮޔަވީތަ!؟ އަހަރެން ހީކުރީ ތިއީ އަހަރެންނަށް ލިބުނު ވަރަށް ރަނގަޅު އަންބެކޭ. އަހަރެންގެ އާއިލާއަށް ތިވަރުގެ ބޮޑު އަނިޔާއެއް ދޭން ޖެހުނީ ކީއްވެގެން؟ ބުނެބަލަ! ” އިރުފާން ޒޯޔާގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ.

” އިރުފާން އައި އޭމް ސޮރީ. އައި އޭމް ރިއަލީ ސޮރީ. އަހަރެންނަށް އެހެން ހަދަން އޭނައަށް ފުރުސަތު ދެވުނީ. ” ޒޯޔާއަށް ގިސްލެވެން ފެށުނެވެ.

” ކާކު؟! ” އިރުފާންގެ އަޑު އިހުނަށްވުރެ ހަރުކަށިވެގެން ދިޔައެވެ.

” ލާރާ…. ” ޒޯޔާގެ އަޑު މަޑުވެގެން ދިޔައެވެ. އަދި އިސްޖަހާލެވުނީ އޭނަވެސް އެކުށުގައި ވާފަދައިންނެވެ.

” ކީކޭ؟ ކޮން ލާރާއެއް؟ ” އިރުފާންގެ ދެބުމަ ގޮށް ޖެހިގެން ދިޔައެވެ.

” އަނގައިން ބުނެބަލަ ޒޯޔާ. ކޮން ލާރާއެއްހޭ؟ ” ދެން އިތުރަށް އެންމެ ބަހެއްވެސް ޒޯޔާ ނުބުންޏެވެ. އިރުފާންގެ ގާތަށް އިންތިހާ ރުޅިއައީ ދެނެވެ.

” ޒޯޔާ ތިކިޔަނީ އަހަރެން ފަހަތުން އުޅޭ ލާރާތަ؟ މީހަކު ބުނިހާ ގޮތެއް ހަދަން ޒޯޔާ ތިއީ އޭނައަށް ކާކުތަ؟ ވާހަކަދައްކަބަލަ މިހިރަ އަންހެނާ! ” އައި ރުޅީގައި އިރުފާން ޒޯޔާގެ ކޯ ފިއްތާލިއެވެ. ވީ ތަދާއިއެކު ފެންކަޅިވެފައިވާ ޒޯޔާގެ ދެލޯ އިރުފާންއާއި ހަތަރުކަޅި ހަމަވެ ޒޯޔާ ކޮއްޕާލިއެވެ. އުސްކޮށް ހުރި އެނދުގެ ފަޑީގައި ޖެހިފައި ޒޯޔާ ވެއްޓުނީ ބިންމައްޗަށެވެ. ބަނޑާއި ދިމާއިން ތަދުވި ތަނުގައި އަތުން އަތް އަޅައިގެން އިން އިރު ދުލުން އެންމެ ބަހެއް ވެސް ނުބުނެވެ. ހީވާ ކަހަލައެވެ. އޭނައަށް ކުރެވުނު ކުށުގެ އަދަބު މިގޮތަށް ލިބުން ހައްޤުވެގެންވާ ކަހަލައެވެ.

” މަށަށް އަޅެ ވާހަކަ މިދެއްކެނީ މިތާ ނެތް މީހަކާތަ؟ ތިވަރުގެ މީހެއް މިހާރު މަގޭ ހަޔާތަށް ގެނެވުނީ ވެސް މޮޔަކަމުން ކަންނޭނގެ. އަނގައިން ނުބުންނަންޏާ ހުރޭ! މަށަށް ވެސް ކުރެވޭނެ ބައިވަރު ކަންކަން ހުންނާނެ! ” އިރުފާން ހަޅޭލަވައިގަތެވެ. އޭރު ރުޅިގަދަވެގެން މުޅި ހަށިގަނޑު ތުރުތުރު އަޅައެވެ.

” ޒޯޔާ ތިހިރީ ވަރިކޮއްފައި! ” އިރުފާންގެ ދުލުން ބޭރުވެގެން ދިޔަ ބަސްތަކުން ޒޯޔާގެ ރުއިމުގެ އަޑު ގަދަވެގެން ދިޔައެވެ.

” އިރުފާން! ” ކޮޓަރި ދޮރު ހުޅުވި އަރީންގެ ގާތަށް ވަނީ އިންތިހާ ރުޅިއައިސްފައެވެ. ދެއްކި ހުރިހާ ވާހަކައެއް އަރީންއަށް ވަރަށް ރަނގަޅަށް އަޑު އިވިއްޖެކަން އެމޫނުމަތިން އަންގައިދެއެވެ. އޭރު އަރީންގެ ފަހަތުގައި މަލަކް ވެސް ހުއްޓެވެ. އަދިވެސް މަލަކްގެ ދެލޮލުން ކަރުނަ ނުހިކެއެވެ.

” އިރުފާން އަޅެ ފަހެ މޮޔަވީތަ؟ ކަމެއް ވާ އިރަށް ޒޯޔާ ވަރި ތިކޮއްލީ!؟ ” އަރީންގެ މޫނުމަތިން ފެންނަނީ އިންތިހާ ރުޅިވެރިކަމެވެ.

” އިން ފަހުން އަދި ހަމަޔަށް ހަފްތާއެއް ނުވެޔޭ. ތިއީތަ އިރުފާންއަށް ބައްޕަ ދަސްކޮއްދިން ތަރުބިއްޔަތަކީ؟ އިރުފާން ދުވަހަކުވެސް ދުށިންތަ ބައްޕަ މަންމައަށް އަނިޔާ ކުރަނިކޮށް؟ މަންމައަށް ބާރަށް އެއްޗެހި ގޮވި ހަނދާނެއް؟ ނުވެއެއްނު. ފިރިންނަކީ ކެތްތެރިވާން ޖެހޭ ބަޔެއް. ވިސްނާނުލާ އަންހެނުންނަށް ކުރެވޭ ކަންކަމުން ހިމާޔަތް ކޮއްދީ ރައްކާތެރިކޮއްދޭން ތިބެން ޖެހޭނީ ފިރިމީހާއޭ. އެހެން ނޫނަސް ކަމުގެ ދެކޮޅު ވެސް ބަލަން ޖެހޭނެ ތިވަރުގެ ބޮޑު ނިންމުމެއް ނިންމާއިރު. ކޮންމެ ކަމެއް ވިޔަސް އެކަމަކަށް މާފު ވެސް ކުރަންޖެހޭނެ. މާފު ކުރުމުގައި ގޮތުގައި ހިފައިގެން ހުރުމަކީ ޝައިތާނާގެ ސިފައެއްކަން އިރުފާންއަކަށް ބުނެއެއް ނުދެވޭތަ؟ ” އަރީން ކިޔަމުން ދިޔަ ވާހަކަތައް އިރުފާންއަށް ވިސްނާލެވުނީ ދެނެވެ. ކަމުގެ ހަޤީޤަތް ވެސް ނުބަލާ އައި ރުޅީގައި އޭނައަށް މިކުރެވުނީ ކީއް ހެއްޔެވެ؟

” ބައްޕާ… މަންމާ… ޒޯ… އައި އޭމް ސޮރީ… ” އިރުފާންއަށް އެންމެ ހިނދުކޮޅަކު ވެސް ދެން އެތާކު މަޑު ކުރާކަށް ނުކެރުނެވެ. އަރީންގެ ދެމަފިރިންގެ އެއްކައިރިން ރެކިގެން އޭނަ ކޮޓަރިން ނުކުމެ ސިޑިން ފައިބަން ފެށި އިރު ދެލޮލަށްވަނީ ކަރުނަތައް ޖަމާވެފައެވެ.

” އަރީން ދޭ އިރުފާންގެ ފަހަތުން. އޭނަ އެކަނިކޮށް ނުލާތި! ” މަލަކްގެ މައިލަގޮނޑިއަށް ކެތެއް ނުކުރެވުނެވެ.

މަލަކްގެ ބަހަށް އެއްބަސްވެ ޒޯޔާއަށް އެހީތެރިވާން ބުނެ އަރީން ނިކުތީ އިރުފާންގެ ފަހަތުންނެވެ. އަދި އިރުފާން ކާރަށް އަރަ އަރާ ހުއްޓާ އަރީން ގޮސް ޕަސެންޖަރު ސީޓުގައި އިށީނެވެ. ދޮރު ލައްޕާލި އިރުފާންއަށް ބުނާނެ އެއްޗެއް ނޭނގިފައި އިސްޖަހައިގެން އިނދެވުނެވެ.

” އިރުފާން ކަންތައް ތިކުރީ ރަނގަޅަކަށް ނޫން. އެކަމަކު ދަރިފުޅަށް ވިސްނުނީމައި ބައްޕަ އުފާކުރަން.. ” އަރީން އިރުފާންގެ ކޮނޑުގައި ހިފަހައްޓާލިއެވެ.

” އެކަމަކު ކަމުގެ ދެކޮޅު ވެސް ބަލަން ޖެހޭނެ. ޒޯޔާއާއި ވާހަކަދައްކައިގެން ތިކައިވެނި ރުޖޫޢަ ކުރެވޭތޯ ބަލާ. ޒޯޔާ އެވާހަކަދެއްކީ ކޮން ލާރާއެއް؟ މެލެރީ ދައްތަގެ ލާރާތަ؟ ” އަރީން އަހާލިއެވެ.

” ނޭނގެ. ބޮޑަށް ހީވަނީ އެހެން… ” އިރުފާން ދެލޯ ފުހެލަމުން ޖަވާބު ދިނެވެ.

” ހަލޯ؟ ފަރުޒާނާ ކައިރީ ބުނެލަބަލަ ކުޑަ އިރުކޮޅަކުން އެބަ ގޮސްލަމޭ އިނގޭ. ދެން މިއަދު ބޭބެ އޮފީހަކަށް ވެސް ނުދާނަން އިނގޭ.. ވަރަށް ގިނަ ކަންކަން ދިމާވެގެން އަސްލު… ” ޖީބުގައި އޮތް ފޯނު ނަގައި އަރީން ގުޅާލީ ހުޝާމްއަށެވެ.

” ލާރާއަށްވެސް ގުޅާ ލައިފިން. ފޯނެއް ނުނަގާ. ހިނގާ ލާރާމެން ގެޔަށް ގޮސްލަން. އެގެޔަށް ގޮސްލާފައި އަމަލްބޭގެ ގެޔަށް ގޮސްލަން ވެސް ޖެހޭ އެބަ. ދަރިފުޅު ކޮއްކޮ ސަލާމަތް ކުރެވެން އޮތީ ހުރިހާ ކަމެއްގެ ހަޤީޤަތް ރަނގަޅަށް އެނގިގެން. ޒޯޔާއަށް ވެސް އިނގޭ އެއްޗެއް ބުނެވޭނީ އޭނައަށް ވެސް ހަމަޔަކަށް އެޅިގެން ދޯ. އިރުފާންއަށާއި ކޮއްކޮއާއި ދެމިހުންނަށް އެނގެން ޖެހޭ އެއްޗެހި ވެސް ބައްޕަ ފަހުން ކިޔައިދޭނަން. ގެނޭ ބައްޕަ ދުއްވާނަން. ” އަރީން ކިޔައިދިނެވެ.

—

” ތެދުވޭ ޒޯޔާ. ތެދުވެ އެނދުގައި އޮށޯވޭ… މަންމަ މިއައީ އައިސްޕެކް ހިފައިގެން ” މަލަކް ޒޯޔާދެކެ އައިސްފައިވާ ރުޅިވަނީ މަޑުވެފައެވެ. އިރުފާންއެކޭ އެއްގޮތަށް ކަމުގެ ދެކޮޅު ނުބަލާ އޭނައަށްވެސް ޒޯޔާދެކެ ރުޅި އާދެވުނީމައެވެ.

މަލަކްގެ އެދުމަށް ބިންމަތިން ތެދުވެ ޒޯޔާ އެނދުގައި އޮށޯވެލިއެވެ. އަަދި ބަނޑާއި ދިމާއިން ނޫފާގަނެފައި އިން ތަނުގައި މަލަކް އައިސްޕެކް ޖައްސައިދޭން ހުއްދަ ދިނެވެ. އޭރުވެސް ޒޯޔާގެ ގިސްލުމަކަށް ބަދަލެއް ނާދެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

މަގޭ ރަންކޮޅާ 1

Next

މާސްކު (ޕާޓް 25)

Next
October 28, 2025

މާސްކު (ޕާޓް 25)

Previews
October 28, 2025

މަގޭ ރަންކޮޅާ 1



All Right Reserved!