Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ގާތުގައިވި އަނދިރިކަން 14-2

umny Level 210 Stories
October 25, 2025 4 Mins Read
2 Comments

ސިޓިންރޫމަށް ވަންނަން އަޅާލި ފިޔަވަޅު ހުއްޓުނީ އުނދޯއްޔާއި ދިމާއިން އަމާނީ ފެންނަން ހުރުމުންނެވެ. ހެމުން ބޯ ވާރޭގައި އެކަނިމާ އެކަނި ތެމެމުން ދިޔަ އަމާނީ ފެނިފައި މަލަކްއަށް ބަލަން ހުރެވުނެވެ. ދެން ހަނދާންވީ ވާރެޔާއި ތެމުމުން އޭނަ ނުހަނު އަވަހަށް ރޯގާ ވާ ކަމެވެ. ސިޓިންރޫމުގެ ދޮރު ކައިރި އެތެރޭގައި ހުރި ވާރޭ ކުޑަތައް ލައިފައި ސުޓޭންޑުން ބޮޑު ކުޑައެއް ނަގައި ހުޅުވާލުމަށްފަހު އަމާނީ އެތެރެއަށް ވައްދަން ހިނގައިގަތެވެ. ހަރު ހިނގުމުގައި ހިނގާފައި ދިޔަ ގޮތުން އޭނަ އެހެރީ ނުހަނު ހިތްހަމަ ނުޖެހިފައިކަން އެނގެއެވެ. އުނދޯއްޔާއި އަރާ ހަމަވި މަލަކްގެ ފިޔަވަޅުތައް މަޑުކޮއްލަން ޖެހުނީ ފެނުނު މަންޒަރުންނެވެ. ބޯ ވާރެޔާއި ހެދި ގައިގައި ތަތްލަވާފައިވާ އަތްދިގު ފައިތިލައާއި ހަމަޔަށް އަރާ ނޭވީ ކުލައިގެ ނިދާ ހެދުމުގެ މަތިން އަރާފައިވާ ކުޑަ ބަނޑު ފެނިފައި މަލަކްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުޑައިރުއްސުރެ ހިކިކޮށް ހުންނަ އަމާނީގެ އެބަނޑަށް ހަމަ ގައިމު ވެސް މިހާރު ދެ މަސް ވަރު ވެދާނެއެވެ. ވަގުތުން ހުރިހާ ކަމެއްގެ ހަޤީޤަތް ރޭކާލިއެވެ.

” އަމާނީ! ” މަލަކްގެ ރުޅިގަދަ ހަޅޭކުގެ އަޑު އިވި އަމާނީ ސިހިފައި މަލަކްއާއި ދިމާއަށް އެނބުރުނެވެ. ވަކި އެއްޗެއް ނުބުނެވެނީސް މަލަކް އައިސް ހުސްކޮށް ހުރި އަތުން އަމާނީގެ އަތުގައި ހިފާ އެތެރެއަށް ވައްދަން ހިނގައިގަތެވެ. އަމާނީ ގަދަ ހަދައިގަތުމުން މަލަކް އަތުގައި އޮތް ކުޑަ ވެސް ވައްޓާލާފައި ދެއަތުން ދަމާފައި އެތެރެއަށް ދާން ހިނގައިގަތުމުން އަމާނީގެ ހަރަކާތްތައް މަޑުވިއެވެ. އަދި މަލަކް ބޭނުންވާ ގޮތަށް ކަންތައް ކުރަން ދޫ ދިނެވެ.

” މަންމާ؟ އަނާ؟ ” ތެމިގެން ގެޔަށް ވަތް ދެމިހުން ފެނި އިރުފާންއަށް ލިބުނީ ހައިރާންކަމެކެވެ. އޭރު ޒޯޔާ ފެންނާކަށް ނެތެވެ.

” ހުންނަ ހަޔާތް ކުޑަކަން ދެކިބަލަ! އަމާނީއަށް އެނގޭތަ ތިކުރެވުނީ ކިހާ ވަރެއްގެ ކަމެއްކަން؟! ” މަލަކް އަމާނީ ކޮއްޕާލުމުން އޭނަ ގޮސް މަތަވީ ސޯފާއިން ތެދުވި އިރުފާންގެ ގައިގައެވެ. އޭރު ރުޅިގަދަވެގެން މުޅި މީހާ ހުރީ ރަތްވެފައެވެ.

” މަންމާ. ކިހިނެތްވީތަ؟ ” އިރުފާން ސޯފާގައި އޮތް ބުލޭންކެޓް އަމާނީގެ ގައިގައި އޮޅާލަމުން އަހާލި އިރު އޭނަގެ މޫނުމަތީގައިވަނީ އިންތިހާއަށް ކަންބޮޑުވުމުގެ އަސަރުތަކެވެ.

” ވާހަކަދައްކަބަލަ! ކީއްވެތަ އަނގައިން ނުބުނެވިފައި ތިހިރީ؟ ” މަލަކް ކުރަމުން ދިޔަ ސުވާލުތަކުން އަމާނީ ހުރީ އިސްޖަހައިގެންނެވެ.

” މަންމާ! ތިވެގެން އުޅޭ ގޮތެއްް އަހަރެން ގާތުގައި ބުނެބަލަ.. ” އިރުފާން އަމާނީ ސޯފާގައި ބައިންދަމުން މަލަކްއާއި ކުރިމަތިލިއެވެ.

” އަމާނީ އެއިނީ ނަހަލާލަށް ބަލިވެ! ” މަލަކްގެ ޖަވާބާއިއެކު އަމާނީއަށް ދެލޯ މަރާލެވުނެވެ. މަންމައަށް ހުރިހާ ކަމެއް އެނގިއްޖެކަން އޭނައަށް ޔަޤީންވުމުން މަަންމައާއި ދޮންބެއާއި ދެމިހުންނާއި ހަތަރުކަޅި ހަމަކުރަން އޭނަ ޖެހިލުންވިއެވެ.

” ކީކޭ؟ މަންމައަށް ވެސް އިނގޭނެއެއްނު އަމާނީ އެކަހަލަ ކަމެއް ނުކުރާނެކަން. ” އިރުފާން އެވާހަކަ ޤަބޫލު ކުރާކަށް ބޭނުމެއްް ނުވިއެވެ.

” އިރުފާން ޤަބޫލު ކުރިޔަސް ނުކުރިޔަސް އޭނަ އެއިނީ ބަލިވެޔޭ… އޭނަ ކުރެ އަހާބަލަ! ” މަލަކްއަށް އައިސްފައި ހުރި ރުޅީގެ މައްޗަށް ކަރުނަތައް ގިނަވެގަތެވެ.

” މަންމަ އެކިޔަނީ ތެދެއްތަ؟ ” އިރުފާން ގޮސް އަމާނީގެ ކުރިމަތީގައި އޭނައާއި އެއްހަމަ ކުރަން އުޑަފައިން އިށީނެވެ. އަމާނީ އޭރުވެސް އިން ގޮތަށް އިނެވެ. ކޮޅަކަށް ގުޑައިވެސް ނުލައެވެ.

” ދޮންބެ މިއަހަނީ މަންމަ އެކިޔަނީ ތެދެއްހޭ؟ ” އިރުފާން ބެލީ ވީހާ ވެސް މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކޭތޯއެވެ. ލޯމަރައިގެން އިން އަމާނީ ބޯ ޖަހާލި ވަގުތު ދެލޮލުން ކަރުނަތައް ފައިބައިގަތެވެ. އޭރު އޮފީހުން އައިސް ދޮރުން ވަތް އަރީންއަށް އެމަންޒަރުތައް ފެނުނެވެ.

” އަނާ ކީއްވެ؟ ” އިރުފާން އަމާނީގެ އަތުގައި ހިފާލަމުން އަހާލިއެވެ.

” އަހަރެންނަށް ވިސްނާނު… ” އަމާނީ ބުނި ޖުމްލަ ފުރިހަމަ ނުކުރެވެނީސް މަލަކް އައިސް އިރުފާން ދުރުކޮއްލުމަށްފަހު އަމާނީގެ ކޯތާފަތްމަތީ ޖެހިއެވެ. ވަގުތުން ދުވެފައި އައި އަރީން މަލަކްގެ ގައިގައި ހިފާ އޭނަ ދުރުކުރުވިއެވެ.

” މަލަކް ހަމަޖެހިބަލަ… ” އަރީން މަލަކްގެ މޫނުގައި ހިފަހައްޓާލަމުން އޭނައާއި ހަތަރުކަޅި ހަމަކޮއްލިއެވެ. މަލަކްގެ މޫނުމަތިން ކުރިޔަށްވުރެ ގިނައިން ކަރުނަތައް ފައިބައިގަތެވެ.

” އަހަރެން ކިހިނެތްތަ ހަމަޖެހޭނީ އަރީން؟ އަމާނީ ކުރި ކަމަކުން އޭނަ ސަލާމަތްވާނެކަމުގެ ކޮން ޔަޤީންކަމެއް އޮތީ؟ ” މަލަކްގެ ރުއިން ގިސްލުމަށް ބަދަލުވެގެން ދިޔައެވެ. އަރީންއަށް ވެސް ކަމުގެ ހަޤީޤަތް އެނގި ސާފުވެގެން ދިޔައެވެ.

” މަންމަ ކީކޭ ތިކިޔަނީ؟ ” އިރުފާން ތެދުވެ މަލަކް އާއި ކުރިމަތިލިއެވެ.

” ބައްޕަ ފަހުން ކިޔައިދޭނަން. އަމާނީ ގޮވައިގެން އިހަށް ކޮޓަރިއަށް ދޭ. ” އަރީން މަލަކް ގޮވައިގެން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އޭރު އަޑުގަދަވެގެން ނޯކަރުންތައް ސިޓިންރޫމުގައި ތިއްބެވެ.

އިރުފާން ފުންނޭވާއެއް ދޫކޮއްލުމަށްފަހު ވަކި އެއްޗެއްް ނުބުނެ އަމާނީގެ ކޮނޑުގައި ހިފާ ނަގަމުން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އޭރު ސިޑީގެ ފުރަގަހުގައި ވާހަކަތައް އަޑުއަހަން ހުރީ ޒޯޔާގެ ދެލޯވަނީ ކަރުނުން ފުރިފައެވެ.

—

ކޮޓަރިއާއި ހަމައަށް ދެވޭންދެން ވެސް އިރުފާންއާއި އަމާނީއާއި ދެމިހުން ކުރެ އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. އަމާނީ ގޮވައިގެން އަމާނީގެ ކޮޓަރިއަށްވަދެ އިރުފާން އޭނަ އެނދުގައި ބޭންދިއެވެ. އަދި އޭނައާއި ޖެހިގެން އެނދުގައި އިށީނެވެ.

” ދޮންބެއަށް އަހާލެވިދާނެތަ އަނާ ކީއްވެ ކުރި ކަމެއްތޯ ތިއީ؟ ” އިރުފާން ފުންނޭވާއެއްް ދޫކޮއްލަމުން އަހާލިއެވެ.

” ސޮރީ ދޮންބެ. އަހަރެންނަށް އަސްލު ވިސްނާނުލެވުނީ ކުރިން. މަންމަމެން ދިން ނަސޭހަތް އަޑު ނޭހުނީ.. ” އަމާނީގެ އަޑުވަނީ ކުރެހިފައެވެ.

” ޔާނިއުތަ؟ އޭނަ ބެހުނީކީ ނޫން ދޯ؟ ” އިރުފާން ދެން ކުރި ދެ ސުވާލަށް އަމާނީ ބޯޖަހާލިއެވެ.

” ދެން މަންމަ އިތުރަށް ކީކޭ އެކިޔަނީ؟ ” އިރުފާން އަމާނީގެ ކޮނޑުގައި ހިފާ ގާތްކޮއްލިއެވެ. ކޮއްކޮ ކުރި ކަމަކުން ކޮއްކޮދެކެ އޭނަ ހިތްހަމަ ނުޖެހުނަސް އޭނައަށް ހިމާޔަތް ދޭން އިރުފާން ބޭނުންވެއެވެ.

” ނޭނގޭ މާ ރަނގަޅަކަށް. ކޮންމެވެސް އެއްޗެއް އަހަރެންނަށް އުނދަގޫ ކުރާކަން އެނގެނީ. އެއެތި މިކުއްޖާ ބޭނުންވެގެން އުޅޭކަން އެނގެނީ. ” އަމާނީ ބަނޑުގައި އަތް ޖައްސާލިއެވެ.

” ތިބުނީ ކޯޗެއް؟ ” އިރުފާން ހައިރާންވިއެވެ.

” ނޭނގޭ. ރޫޙާނީ ކޮންމެވެސް އެއްޗެއް. ދޮންބެ ޕުލީޒް މިގަޑީގައި އިހަށް މިކޮޓަރިން ދޭބަލަ… ” އަމާނީ އިރުފާންގެ އަތް ނަގަމުން ކޮނޑުގަައި ހިފާ ދުރުކޮއްލިއެވެ.

” ހޫމް އޯކޭ. ތެތް ހެދުން ބަދަލުކޮއްލާތި އަވަހަށް. އެންޑް ބުނަން. ލަސްނުކޮށް ތިކުށަށް ތައުބާވޭ… ” އިރުފާން ކޮޓަރި ދޮރުލައްޕާލަމުން ނިކުތެވެ.

އަމާނީއަށް ރަނގަޅަށް ރޮއެގަނެވުނީ ދެނެވެ. ވިސްނާނުލާ ކުރެވުނު ކަމަކުން އޭނައަށް އެކުރެވުނީ ކިހާ ބޮޑު ފާފައެއް ހެއްޔެވެ؟ އޭނަ ދެން މައިންބަފައިންނާއި ކުރިމަތިލާނީ ވެސް ކިހިނެތް ހެއްޔެވެ؟

—

” ޒޯ؟ ” މާޔޫސްވެފައި ހުރި އިރުފާންއަށް ފެނުނީ އެނދުގައި އިން ޒޯޔާ ރޮމުން ދިޔަ މަންޒަރެވެ.

” އައި އޭމް ސޮރީ އިރުފާން… ” ޒޯޔާ ގޮސް އިރުފާންގެ ގައިގައި އޮޅުލައިގަތެވެ.

” ކިހިނެތްވީ ޒޯ؟ ” އިރުފާން ހައިރާންވެފައި އަހާލިއެވެ.

” އަނާއަށް އެހުރިހާ ކަމެއް ދިމާވީ އަހަރެންގެ ސަބަބުން… ” ޒޯޔާއަށް ކުރިޔަށްވުރެ ބާރަށް އިރުފާންގެ ގައިގައި ބައްދައިގަނެވުނެވެ.

” ތީގެ މާނައަކީ؟ ” އިރުފާން ކުއްލިއަކަށް ޒޯޔާ ދުރުކޮއްލާ އޭނައާއި ހަތަރުކަޅި ހަމަކޮއްލިއެވެ.

” އަމާނީގެ ފަހަތުން އޭތި އެއުޅެނީ އެސިހުރު ނެގުނީމައި… ” ޒޯޔާ ކިޔަމުން ދިޔައެވެ.

” ކީކޭ؟ ކޯޗެއްތަ؟ އެހެންނޫނަސް ޒޯޔާއަށް ކިހިނެތް އެސިހުރުގެ ވާހަކަ އިނގެނީ؟ ” އިރުފާންއަށް އަދިވެސް ވާނުވާ ރޭކައެއް ނުލައެވެ.

” އަނާއާއި ޖިންނި އަވާލަފައިއޭ އެހުރީ. އޭތީގެ ބޭނުމަކީ އަނާގެ ބަނޑުގައި އޮތް ބޭބީއާއި އަނާ. ބޭބީ ވިހައިފިއްޔާ އޭތި ބޭބީ ގެންދާނެ. އަނާ ވެސް ގެންދާނެ.. ” ޒޯޔާ ކިޔަމުން ދިޔަ ވާހަކަތަކުން އިރުފާން ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ.

” ޒޯޔާ މޮޔަވީތަ!؟ އަހަރެން ހީކުރީ ތިއީ އަހަރެންނަށް ލިބުނު ވަރަށް ރަނގަޅު އަންބެކޭ. އަހަރެންގެ އާއިލާއަށް ތިވަރުގެ ބޮޑު އަނިޔާއެއް ދޭން ޖެހުނީ ކީއްވެގެން؟ ބުނެބަލަ! ” އިރުފާން ޒޯޔާގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ.

” އިރުފާން އައި އޭމް ސޮރީ. އައި އޭމް ރިއަލީ ސޮރީ. އަހަރެންނަށް އެހެން ހަދަން އޭނައަށް ފުރުސަތު ދެވުނީ. ” ޒޯޔާއަށް ގިސްލެވެން ފެށުނެވެ.

” ކާކު؟! ” އިރުފާންގެ އަޑު އިހުނަށްވުރެ ހަރުކަށިވެގެން ދިޔައެވެ.

” ލާރާ…. ” ޒޯޔާގެ އަޑު މަޑުވެގެން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

umny

Level 210 Stories

Other Articles

Previous

ތިޔައީ މަގޭ މިތުރާއޭ 12 (ފަހުބައި)

Next

ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާ ތަކެއް އޭރުދީފާ-18

Next
October 25, 2025

ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާ ތަކެއް އޭރުދީފާ-18

Previews
October 25, 2025

ތިޔައީ މަގޭ މިތުރާއޭ 12 (ފަހުބައި)

2 Comments!

  1. imko says:
    October 27, 2025 at 7:39 am

    When is next part
    I can’t wait for next part

  2. umny says:
    October 27, 2025 at 4:56 pm

    Jazakillah 🤍 Submit kohlaafa ihnaaney dear

Comments are closed.

Next Episodeގާތުގައިވި އަނދިރިކަން 15-2←


All Right Reserved!