Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަފާތެރިމަވީމޭ 8-13

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
October 21, 2025 15 Mins Read
11 Comments

~މިބައިގައި ދިވެހިވާހަކައިން ސައިޓްގާ ލިޔުނު ހިސާބަށް ލިޔެފާވާނެއެވެ. 14 ވަނަ ބައި އިންޝާ ﷲ ހުކުރު ދުވަހު ކިޔާލަން ލިބޭނެ~

”ޔޫ އާރް ސޯ ލަކީ މޭން“ ޔޫއާގެ މެއާލާ ބޮނޑި ކޮއްގެން އޮތް ބެއާރް ގަނޑާއި ދިމާލަށް ބަލައިލަމުން ނިކްޔާން ބުނެލިއެވެ. އަދި ހަމަ އެސިކުންތުގައި ތެދުވެ އިށީނެވެ. ”މިހާރު ކީކޭތަ މިހިތަށް އަރަނީ؟“ ނިކްޔާން ކޮލުގައި ދެތިން ފަހަރު ޖަހާލިއެވެ. އަދި ޔޫއާއަށް ފުރަގަސްދީ އޮށޯއޮތެވެ.

(8 ވަނަ ބައި)

ނިދިފައި އޮތް ޔޫއާ އަށް ހޭލެވުނީ ބާލިސް ކައިރީ އޮތް ފޯނު ސޯނާ ވާއަޑަށެވެ. އާފުރިލަމުން ފޯނު ނަގާ އޮފް ކޮއްލިއެވެ. ތެދުވެ އިށީނދެ މޯޅިއަކަށް ދެމިލަމުން ފާހާނާއަށް ވަނެވެ.

ފެންވަރައިގެން ނިކުމެ ޔޫއާ ނަމާދު ކޮއްލާފައި ނިކްޔާނަށް ގޮވިއެވެ. ދެން އޭނާ ދިޔައީ ސައި ހަދާށެވެ. ނިކްޔާން ޑިއުޓީއަށް ދިޔުމުން ޔޫއާ މަންމަމެނަށް ގުޅާލިއެވެ.

މެންދުރުގެ ވަގުތެވެ. ކޮލެޖާއި ދިމާލަށް ދިޔަ ޔޫއާ ހުރީ ހާސްވެފައެވެ. މީހަކު ފާރަ ލާހެން ހީވަނީއެވެ. ނަމަވެސް އެކަހަލަ ކަމެއް ކޮއްދާނެހެން ހީވާ ވަރުގެ މީހަކު ކައިރިއަކުން ފެންނާކަށްވެސް ނެތެވެ. ފިޔަވަޅުތައް ޔޫއާ އަވަސް ކޮއްލިއެވެ. ނަމަވެސް އެމީހަކު އޭނާއާ އަރާ ހަމަ ކުރިއެވެ.

”ޔޫ؟“ ފަހަތުންއައި ރިއާނާ ޔޫއާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ޔޫއާ ދިޔައީ ސިހިގެންނެވެ. ”ދޭންންނނނ ރިއާ… ވަރަށް ފޫހިވޭ. ބިރުން ކިރިޔާ ހަލާކު ނުވީ“ ޔޫއާ ކަޅި އަޅާލިއެވެ. ”ހަހަ. ބިރުން ދޯ ތިހުރީ؟ ސޮރީ ނޯ ސޮރީ“ ރިއާނާ ހީލިއެވެ.

”ރިއާ ދޭ ކްލާހަށް. ޔޫ އެބަ އަންނަން ފާޙާނާއަށް ވަދެލާފަ“ ބޯހޫރުވާލާފައި ޔޫއާ ހިނގައިގަތެވެ.

”ޔޫއާ ދިޔުމުން ރިއާނާ ހިނގައިގަތެވެ. ފޯނުން ކައިޝަލްއަށް މެސެޖު ކުރަމުން ދިޔަ ރިއާނާ ސިހުނީ މީހެއްގެ ގައިގައި ވިދުމުންނެވެ. އެއާއި އެކު ރިއާނާގެ ތޫލި ހަޅޭކުގެ އަޑު އިވިލިއެވެ.

ދެލޯ މަރާ ބާރުކޮށްގެން އޮތް ރިއާނާ ދެލޯ ހުޅުވާލީ ނުވެއްޓުމުންނެވެ. އޭރު ޒުވާނަކު ރިއާނާ ހިފަހައްޓައިގެން ހުއްޓެވެ. އެޒުވާނާގެ ދެލޮލަށް ގެއްލިފައި އިރުކޮޅަކު ރިއާނާއަށް ހުރެވުނެވެ.

ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ރީތި ހަށިގަނޑެއްގެ ވެރިޔެކެވެ. ލައިގެން ހުރި ގަޔަށް ބާރު ޓީޝާޓުން އެޒުވާނާގެ ހަށިގަނޑުގައި ހުރި މަސްތައް ވަރަށް ރީތިކޮށް އިނގެމުން ދިޔައެވެ. ވާތު ލޯ ކައިރީގައި ކަޅު ތިލައެއް އިން އިރު ލޮލުގައި ހުރީ މަޑު މުށި ކުލައެވެ. އަވިން ވަންހަނާ ވެގެން ހުންނަ އިރުވެސް ލޮލުގެ ކުލަ ހުންނަނީ ދިއްލާލާފައެވެ.

”ހެހެ ޑޭ ޑްރީމް ކުރަނީތަ؟“ އެޒުވާނާ ހީލާފައި ސުވާލު ކޮއްލިއެވެ. އޭނާގެ ބަރު އަޑު އިވުމުން ރިއާނާއަށް ހިންދިރުވާލެވުނެވެ. ހީލުމުން ކޮލަށް އެރި އަޑި ކޮޅުން ރިއާނާގެ ހިތުން ވިންދެއް ހުޓުނު ކަން ގައިމެވެ. އެޒުވާނާ ރިއާނާގެ ހަށިގަނޑު ތެދު ކޮއްލަ ދިނެވެ.

”ސޮރީ“ ރިއާނާ ކަރު ކެހިލާފައި ބުނެލިއެވެ. ”ހެހެ އެ އޯކޭ ވާނެ“ އެޒުވާނާ ބުނެލިއެވެ. ”މީ ރިއާނާ. ތީ؟“ އެޒުވާނާ ދިޔަ ނުދޭން ވެގެން ރިއާނާ ސުވާލު ކޮއްލިއެވެ. ”މިއީ އިޔާލް“ އިތުރު ސުވާލެއް ކުރަން އުޅެނިކޮށް އިޔާލް ހިނގައިގަތެވެ. ދެން އިތުރަށް ގޮވާކަށް ރިއާނާއަކަށް ނުކެރުނެވެ.

ރިއާނާއަށް މޭގައި ފިރުމާލެވުނެވެ. އިޔާލް ފެނިގެން އޭނާއަށް މިހެން މިވީ ކީއްވެ ހެއްޔެވެ؟ އޭނާއަށް ދެފަރާތަށް ބޯ ހޫރުވާލިއެވެ. ރިއާނާއަކީ ކައިޝަލްގެ ހައްގެކެވެ.

ރިއާނާ ކުލާހަށް ވައިންތާ އިރުކޮޅަކުން ޔޫއާ ވެސް ކުލާހަށް ވަނެވެ. ޔޫއާ ވަނުމުން ރިއާނާ ބެލީ އޭނާއާއި ވާހަކަ ދައްކާ އެޙިޔާލު ތަކުން ބޭރު ވުމަށެވެ. އެކަން ހިނދުކޮޅަކަށް ކާމިޔާބު ވެސްވިޔެވެ. ނަމަވެސް ކުލާހަށް ވައިން އިޔާލް ފެނި އެކަން ދިޔައީ ފެނަށް ވެގެންނެވެ.

ކުލާހުގައި އިން އިރުވެސް ރިއާނާއަށް އިރު އިރު ކޮޅުން އިޔާލްއާއި ދިމާލަށް ބަލާލެވެޔެވެ. އެކަމެއް ޔޫއާ އަކަށް ފާހަގެއެއް ނުކުރެވުނެވެ.

ޑިއުޓީ ނިންމާފައި ގެއަށް ދިޔަ މަގުމަތީގައި ނިކްޔާންއަށް ”މިނީ ސޯ“ ފިހާރަ ކުރިމައްޗަށް އެރުނެވެ. ބޭރުގައި ހުރި ބެއާތަށް ފެނި ނިކްޔާން ހަނދާންވީ ޔޫއާ މަތިންނެވެ. އޭނާ ހިނިތުންވެލާފައި ފިހާރައަށް ވަނެވެ.

ޔޫއާއަށް އެނބުރި ގެއަށް އާދެވުނީ 30 3 ވާން އުޅެނިކޮށެވެ. ވަރުބަލި ވެފައި ހުރި ޔޫއާ ސިހުނީ ފަހަތުން ”ބަން“ ލާފައި އަޑެއް އިވުމުންނެވެ. ބިންމައްޗަށް ވެއްޓިފައި އޮތް އަންހެން ކުއްޖާ ފެނި ޔޫއާ އެކުއްޖާއާއި ދިމާލަށް ހިނގައިގަތެވެ.

”ހޭ؟ އާރ ޔޫ އޯކޭ؟“ އެކުއްޖާ ކައިރީ އުޑަފައިން އިށީންނަމުން ޔޫއާ އަހާލިއެވެ. ”އާރްރްގގގ. ހީވަނީ ކަކޫ މެށުނީހެން“ އެކުއްޖާ ލައިގެން ހުރި ޖީންސްގެ ކަކުލުގައި ހުރި ހިރަފުސް ފޮހެލަމުން ބުނެލިއެވެ.

”ހިނގާ އަޅުގަނޑާއި އެކު“ ޔުއާ އެކުއްޖާ ތެދުވުމަށް އެހީތެރިވެދިނެވެ.

”ކޮން ނަމެއްތަ ކިޔަނީ؟“ އެކުއްޖާ ގެންގޮސް ސޯފާގައި ބައިންދަމުން ޔޫއާ އަހާލިއެވެ. ”ޒުކާ. ތިއީ؟“ ޒުކާ ހިނިތުންވެލާފައި ބުނެލިއެވެ. ”އައިމް ޔޫއާ“ ޔޫއާ ޒުކާއަށް ސަލާމް ކޮއްލިއެވެ.

”ދޭ ކޮޓަރިއަށް. ކަކޫ ދެވެލާ ހަދަން.“ އޭރު އެކުއްޖާ ލައިގެން ހުރި ޖީންސްގަވެސް ލޭގެ އަސަރު ހުއްޓެވެ. ”ނޫނޭ. އެއޯކޭ ވާނެ. އަޅުގަނޑު ދެން ގޮސް ލާނީ ގެއަށް. ޝުކުރިއްޔާ ވަރަށް ބޮޑަށް“ ޒުކާ ތެދުވިއެވެ.

އިރުކޮޅެއް ފަހުން ނިކްޔާން ދޮރު ހުޅުވާލާފައި ވަނެވެ. ދެއަތް ފުރަގަހަށް ލައިގެން ހުރި ނިކްޔާން ފެނި ޔޫއާ ހީލިއެވެ. ”ތިއޯ؟“ ޔޫއާ އަހާލިއެވެ. އެއާއި އެކު ޔޫއާއަށް ނިކްޔާން ގަނެދިން ބެއާރ އާއި މާބޮނޑި ދިނެވެ. ”މަރްހަބާ ސޫން ޓު ބީ ނާސް“ ޔޫއާ އުފާވެލާފައި އޭގައި ހިފިއެވެ.

(9 ވަނަ ބައި)

”ދެން އަޅެ ނޫން. ނުކެރޭނެ ތިހެން ފޮނުވާލާކަށް .ޕްލީޒް؟“ ޔޫއާ ޒުކާގެ އަތުގައި ހިފާލިއެވެ. ”ހެހެ އޯކޭ“ އެންމެފަހުން ޒުކާ އެއްބަސްވިއެވެ.

އިރުކޮޅެއް ފަހުން ނިކްޔާން ދޮރު ހުޅުވާލާފައި ވަނެވެ. ދެއަތް ފުރަގަހަށް ލައިގެން ހުރި ނިކްޔާން ފެނި ޔޫއާ ހީލިއެވެ. ”ތިއޯ؟“ ޔޫއާ އަހާލިއެވެ. އެއާއި އެކު ޔޫއާއަށް ނިކްޔާން ގަނެދިން ބެއާރ އާއި މާބޮނޑި ދިނެވެ. ”މަރްހަބާ ސޫން ޓު ބީ ނާސް“ ޔޫއާ އުފާވެލާފައި އޭގައި ހިފިއެވެ.

”އަޅޭ ވަރަށް ލޯބި. ތޭންކްސް“ ޔޫއާ އޭގައި ހިފާފައި އުފަލުން ބުނެލިއެވެ. ”ހެހެ“ ޔޫއާގެ ތުންފަތަށް ވެރިވީ ހިނިތުންވުން ފެނި ނިކްޔާންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.

އެވަގުތު ކޮޓަރި ދޮރު ހުޅުވާލިއެވެ. ކޮޓަރިން ނިކުން ޒުކާ ފެނި ނިކްޔާންގެ މޫނު ހުދު ވިއެވެ. ޒުކާ އެގޭގައި އެކުރަނީ ކީއްހެއްޔެވެ؟

”މިއީ ޒުކާ. ދެންމެ ބޭރުން ދިމާވި ކުއްޖެއް. ޒުކާ. މިއީ އަހަރެންގެ ފިރިމީހާ ނިކްޔާން“ ޔޫއާ ދެމީހުން ދެމީހުނަށް ތަޢާރަފް ކޮއްލަ ދިނެވެ. ”ހޭ“ ޒުކާ ތުއި ގޮތަކަށް ބުނެލިއެވެ. ނިކްޔާން ހީލާފައި ކޮޓަރިއަށް ވަނެވެ.

”އެއްޗެއް ކާލަން ވީނުން؟“ ޔޫއާ ޒުކާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

ގެއަށް ވަދެގެން އައި އިޔާލްއަށް މަރްހަބާ ކިއީ ފަޅު ކަމެވެ. ހުރިހާ ބޮކި ތަކެއް ދިއްލާފައި ހުރި ނަމަވެސް ގޭތެރެއަކު އެއްވެސް ދިރުމެއް ނެތެވެ. ގޭތެރޭގައި ރީތި ފަރުނީޗަރުތައް ހުރި އިރު ހުރިހާ އެއްޗެއްވެސް ހުރީ ޕީޗް ކުލައިގައެވެ. މާލޭގެ ގެއަކަށް ބަލާނަމަ އެ އެޕާޓްމެންޓް ކުޑައެއް ނޫނެވެ.

އެޕާޓްމެންޓް ތެރޭގައިވީ މަރުފަދަ ހަމަ ހިމޭން ކަމަށް އަޑު ލައިދިނީ ސިޓިންގް ރޫމުގައި އަޅުވާފައި ހުރި ޓީވީއެވެ. ޓީވީ އިން އިވެމުން ދިޔަ ކޮރެއަން ޑްރާމާގައި ކިޔާ ނުކިޔާއެއްޗެއް އިޔާލަކަށް ނޭނގެޔެވެ. ސޯފާގައި އިން އަންހެން ކުއްޖާ އިޔާލް ފެނި ކަޅި އަޅާލިއެވެ. ފުންނޭވާއެއް ދޫކޮށްލާފައި އޭނާ ދިޔައީ ކާގެއާއި ދިމާލަށެވެ.

”ލަޔާ ނެތްތަ ކާއެއްޗެއް؟ ވަރަށް ބަނޑުފައި“ އިޔާލް އަހާލިއެވެ. ”އެކުއްޖާ ޓީވީ ނިވާލިއެވެ. ”އަހަރެން މިއީ ޝެފެއް ތަ؟ ނޫނީ މަސައްކަތު މީހެއް ތަ؟ މަ ނުޖެހޭނެ އިޔާލަށް ކައްކާފަ ކާންދޭކަށް“ ލަޔާލީ ރުޅި އައިސްފައި ބުނެލިއެވެ.

”ލަޔާ ޕްލީޒް… އިއްޔެ މެންދުރުންސުރެ ނުކައި މިހުރީ…“ އިޔާލްގެ އަޑު ކުރެހުނެވެ. ”ދެން މަށަށް ކީއްތަ؟ ތިހާ ބަނޑުހައި ވަންޏާ އަމިއްލައަށް ކައްކަބަލަ“ ލަޔާލީ އަޑަށް ބާރު ލަމުން ބުނެލިއެވެ.

”ލަޔާ ހެޔޮނުވާނެ… އިޔާއަށް ތިހެން ނަހަދަބަ…“ އިޔާލްގެ ދެލޯ ފޫއަޅުވާލާފައި ކަރުނަ ތިއްކެއް ވެއްޓުނެވެ. ލަޔާލީ ބަރުހެލި ފިޔަވަޅު ތަކެއްގައި ގޮސް އިޔާލް ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފިއެވެ.

”ކޮން ލަޔާ ޕްލީޒް އެއްތަ؟ އިޔާލް މަށާ ކައިވެނި ކުރީ މަ ބޭނުން ވެގެން ތަ؟ ޔޫ ވާރް މައި ބެސްޓް ފްރެންޑް ޔޫ ބާސްޓާރްޑް. ހުރިހާ ކަމެއް ގޯސް ކުރީ ކަލޭ. ކޮން ލޯތްބެއް ތަ؟ މަ ނުވޭ ކަލޭދެކެ ލޯތްބެއް! އަހަރެން ވަރިކުރޭ! ހަމަ މިހާރު ވަރި ކުރޭ! ތިކަހަލަ މީހަކާއި އެކު އެންމެ ހިނދުކޮޅަކަށްވެސް އުޅޭކަށް ބޭނުމެއް ނޫން. ވަރި ކުރާށޭ!“ ލަޔާލީ ދަތްކުނޑިވިކާލިއެވެ.

އިޔާލް ލަޔާލީގެ އަތް ދުރުކުރިއެވެ. ”އިޔާ ލަޔާދެކެ ވަރަށް ލޯބިވޭ. އަބަދުވެސް ލޯބި ވާނަން. މުޅި އުމުރަށް ވެސް ލަޔާއަށް އިންތިޒާރު ކުރާނަން“ އިޔާލް ބުނެލީ އަޒުމުގައެވެ. ”ލޮލް. މަ ދުވަހަކުވެސް ކަލޭދެކެ ލޯތްބެއް ނުވާނަން. ދުވަހަކުވެސް! އެލޯބި ލިބޭނެ ކަމަށް ކަލޭ އިންތިޒާރު ވެސް ނުކުރޭ!“ ލަޔާލީ އަނެއްކާ ވެސް އިޔާލްގެ ހިތަށް ހަންޖަރެއް ހަރާލިއެވެ.

އިޔާލް ލަޔާލީގެ މޫނަށް ބަލަން އިރުކޮޅަކު ހުއްޓެވެ. ދެން އިޔާލް ކޮއްލި ކަމަކުން ލަޔާލީގެ ދެލޯ ބޮޑު ވިއެވެ.

ނިދިނިދި އޮތް ހިނާޔާ ގޮވައިގެން ހިދާޔާ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ހިދާޔާގެ ކޮންމެ ހަރަކާތެއް ބަލަން އެނދުގައި އޮތް ޔޫއާން އޮތެވެ. ”އިނގޭތަ؟ އަހަރެން ކުޑަ އިރު ހިތަށް އެރި ކުއްޖަކު ނުހޯދާނަމޭ. އެއީ ބޮޑު ބޮލުގެ ރިހުމެކޭ. އެކަމަކު ދޯ؟ ނާޔޫ ލިބުން ފަހުން މި ފެންނަ ލޯބި މަންޒަރުތަށް… ހެހެ ބަލާ ބަލާ ފޫހި ނުވޭ. މިހާރު އަހަރެން ބޭނުން 20 ކުދިން ހޯދަން ހެހެ“ ޔޫއާން ނިދިނިދި އޮތް ހިނާޔާއަށް އުނދަގޫ ނުވާނެ ވަރަށް ބުނެލިއެވެ.

”ލާއިލާހަ އިއްލައް ﷲ 20 ކުދިންނޭ؟ ކިހިނެތްތަ ދާޔާ އެވަރަށް ވިހަނީ؟ އޭގެން ދިހަ ކުދިން އާން ވިހަންޏާމުން އޯކޭ ހަހަ“ ހިނާޔާ އެނދުގައި ބާއްވާލާފައި އައިސް ހިދާޔާ އެނދުގައި އިށީނެވެ. ”ތިކަން ދާޔާއަށް ކޮއްދެވޭނެ ނަމަ އަހަރެން ތިކަން ކޮއްދޭނަން ހަމަ. ހާދަ ލޯތްބެކޭ މިވެވެނީ ދޫނި ދެކެ“ ޔޫއާން ހިދާޔާގެ ތުންފަތަށް ލޯބި ކޮއްލިއެވެ. ”ހެހެ އައި ލަވް ޔޫ މޯރ“ ހިދާޔާ ލަދުން އިނދެ ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ.

އެނދުގައި އޮށޯވެލައިގެން އޮތް ރިއާނާގެ ޙިޔާލުގައި ވީ އިޔާލެވެ. ކައިޝަލް މަތިން ހަގީގަތުގައިވެސް ރިއާނާ ހަނދާނެއް ނެތެވެ. އިޔާލްގެ ޙިޔާލުން ރިއާނާއަށް ނިކުމެވުނީ ފޯނު ރިންގުވާ އަޑަށެވެ. ގުޅަމުން ދިޔައީ ކައިޝަލްއެެވެ. ނަގަން ނުނަގަން ހުރެފައި ރިއާނާ ފޯނު ނެގިއެވެ.

”ހެއީ ޕްރިންސެސް. ކިހިނެތް ތަ ކްލާސް؟“ ކައިޝަލް ވަރަށް ލޯބިން އަހާލިއެވެ. ”ރަނގަޅު“ ރިއާނާގެ ޖަވާބު ކުރެވެ. ”ކިހިނެތްވެފަ ތަ ލޯބީ؟“ ރިއާނާ ވާހަކަ ދެއްކި ރާގުން ކޮންމެވެސް ކަމެއް ވެއްޖެކަން ކައިޝަލްއަށް ދެނެގަނެވުނެވެ.

”ކަމެއް ނުވޭ“ ފޫހި ވެފައި އޮތުމުން ރިއާނާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ”ރިއާ؟ އޯކޭ ތަ؟ ކައިއަށް ކަމެއް ކުރެވުނީ ތަ؟“ ރިއާނާގެ އަޑުގައި ހުރި ފޫހިކަން އިވި ކައިޝަލްގެ ހިތުގައި ރިއްސާލިއެވެ.

”ނޫން. ވަރަށް ވަރުބަލި. ފަހުން ގުޅާނަން“ ރިއާނާ ކައިޝަލްގެ ކަންފަތް މައްޗަށް ފޯނު ކަނޑާލީ ކައިޝަލްގެ ޖަވާބަކަށް އިންތިޒާރު ނުކޮށެވެ.

އޭރު ކޮޓަރިއަށް ވައިން ގޮތަށް ނިކްޔާން ކޮޓަރިން ނިކުތީ އިރު އޮއްސެން އުޅެނިކޮށެވެ. ޒުކާ ނިކުމެގެން ދިޔަކަން ޔަގީން ވުމުންނެވެ. ”ޒުކާ ދިޔައީ ތަ؟“ ނިކްޔާން އަހާލިއެވެ. ”ޔާ. ހަމަ ދެންމެ އެދިޔައީ. މަޑު ކޮއްލި ނަމަ؟“ ޔޫއާ ސޯފާގައި އިށީނދެލިއެވެ.

”ޔޫ ރަށް ރަށުގެ މީހުން ހެނެއް ނުވާނެ ދޯ މާލެ މީހުނެއް…؟ މަށަކަށް ނުފެނޭ މާލެ މަގުމަތިން ފެންނަ މީހުން ގެނެސް ކޮޓަރިއަށް ވައްދާކަށް“ ނިކްޔާން ބުނެލިއެވެ. ”ހެހެ ޒުކާ ވަރަށް ނައިސް. އެއީ ގޯސް ކުއްޖެއް ނޫނޭ“ ޔޫއާ ޒުކާގެ ދިފާއުގައި ތެދުވިއެވެ. ”ޔޫއާ! ހެވޭ ކިތަންމެ ނައިސް އަކަސް. މިއީ މަގޭ ގެ. މިގެއަށް ވެއްދޭނެ މީހުނާއި ނުވެއްދޭނެ މީހުން ވެސް އެނގޭނީ މަށަށް! ތިއީ މަގޭ އަންހެނުން. ޔޫއާ ޖެހޭނީ އަހަރެން ބުނާހެން ކަން ކުރަން!“ ނިކްޔާނަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.

”މިއީ ޔޫއާ ބޭނުން ވެގެން ކުރެވުނު ކައިވެންޏެއް ތަ؟ ނިކްޔާން އަމިއްލައަށް ދޯ ބުނީ ޔޫއާ ބޭނުން މިނިވަންކަން ޔޫއާއަށް ދޭނަމޭ؟ ކިޔާފަ މިހާރު ތިއީ ކޮންކަމެއް؟؟؟“ ޔޫއާ ދަތްކުނޑިވިކާލިއެވެ.

ބުނެވުނީ ބުނެގެން ނުވާނެ އެއްޗެއްކަން އެނގުމުން ނިކްޔާންގެ ރުޅިގަނޑު ފިލާ ދިޔައެވެ. ތެދެކެވެ. ޔޫއާ ބޭނުން މިނިވަންކަން ދޭނެ ކަމަށް ނިކްޔާން ވަނީ ވަޢުދު ވެފައެވެ. ޒުކާ އަކީ ފިރިހެނެއް ވެސް ނޫނެވެ. ނަމަވެސް ޒުކާ އަކީ…؟…

”ސޮރީ…“ ނިކްޔާން މަޢާފަށް އެދުނެވެ. ޔޫއާ އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިއަށް ވަދެ ”ބަން“ ކިޔާފައި ދޮރު ޖެހިއެވެ. ނިކްޔާނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ބޮލުގެ އިސްތަށިގަނޑުގައި ހިފާ ވާން ކޮއްލަމުން ނިކްޔާން ސޯފާއަށް ވެއްޓިގަތެވެ.

(10 ވަނަ ބައި)

އެނދުމަތީގައި ބަންޑުން އޮށޯވެލައިގެން އޮތް ޔޫއާގެ ދެލޮލުން ފަހަރަކު ކަރުނަ ތިއްކެއް ވެއްޓެމުން ދިޔައެވެ. ކޮޓަރި ތެރޭގައި ހުރި، ހުރިހާ ބޮތްކެއް ނިވާލާފައި ހުރި އިރު، އޭނާގެ ގިސްލުމުގެ އަޑު ކޮޓަރި ތެރޭގައި އިވެމުން ދިޔައީ ލުއި މިއުޒިކެއް ފަދައިންނެވެ. މިއަދު އޭނާ ވަރަށް ހިތުގައި ޖެހިއްޖެވެ.

ތެދަށް ބުނާނަމަ ޔޫއާއަށް ކުރެވުނީ ކޮއްޓެއްގައި ތާށި ވެފައި އިން ގުރަޔަކަށް ކުރެވޭ ފަދަ އިހުސާސެކެވެ. އޭނާއަށް ވެސް ހަމަ އެފަދައެއްނުން ހެއްޔެވެ؟ ޔޫއާގެ ހަޔާތުގައި އޭނާ ބޭނުން ގޮތަށް ނެގުނީ ކޮން ފިޔަވަޅެއް ހެއްޔެވެ؟

ޔޫއާ ރޯއަޑު އިވޭތީ ނިކްޔާންގެ ހިތުގައި ރިއްސާލިއެވެ. ދެރަވިއެވެ. އިންތިހާއަށެވެ. ނިކްޔާންގެ ސަބަބުން ޔޫއާގެ ދެލޮލުން ކަރުނަ އަންނާތީ ނިކްޔާން އެކަމާ ހިތާމަ ކުރިޔެވެ.

ލިފްޓު ތެރޭގައިވީ މަރުފަދަ ހިމޭން ކަމެކެވެ. ލިފްޓުގައި ހުރީ އަންހެން ކުއްޖެއް އެކަންޏެވެ. ކޮނޑުގައި އިން ދަބަސް ހުޅުވާލަމުން އެކުއްޖާ އޭގައި އޮތް ހޫޑީ ނެގިއެވެ. މޫނާއި ނިއްކުރި ނިވާވާހެން އިން ”ފުލް ފޭސް ހޫޑީ“ އެކުއްޖާ ލިޔެވެ.

އެންމެ ތިރީ ބަޔަށް އާދެވުމުން ލިފްޓުގެ ދޮރު ހުޅުވުނެވެ. އެކުއްޖާ ޖީބުގައި އޮތް ފޯނު ނަގަމުން ހިނގައިގަތެވެ. ”މިޝަން ވަން! ކާމިޔާބު. ހެހެހެ“ އޭނާ ވިހަ ހިނިތުންވުމަކާއި އެކު ބުނެލިއެވެ. އަނދިރިގަނޑުން ނިކުމެވުމުން އެޅުނު ބޮކީގެ އައްޔާއި އެކު، ޒުކާގެ މޫނު ކަޝްފު ވެލިއެވެ.

”ޔޫއާގެ ނަންބަރު ވެސް ލިބިއްޖެ. ޝީ ޓޯޓަލީ ޓްރަސްޓްސް މީ“ ޒުކާ ފޮނި ވެލާފައި ބުނެލިއެވެ. ”ޕާފެކްޓް. އާދޭ އެހެންވެ. ދެން މިކަމާ އުޅޭނީ މާދަމާ“ އެކޮޅުން ބުނެލި އަޑު އިވުނެވެ. މިދަނީ ކަމަށް ބުނެ ޒުކާ ފޯނު ބޭއްވިއެވެ. ޒިބު ދަމާލާފައި ހޫޑީ އިން މޫނާއި ނިއްކުރި ފޮރުވާލަމުން ބަހަށް އެރިއެވެ.

”ކީއްތަ ތިކުރީ؟“ އިޔާލް ދުރަށް ކޮއްޕާލަމުން ލަޔާލީ ރުޅި އައިސްފައި ސުވާލު ކުރިއެވެ. އިޔާލް އިސްޖަހާލައިގެން ހުރެ މަޑު މަޑުން އަތް ހިއްލާލަމުން ތުން ފުހެލިއެވެ. ”ކީއްހޭ ތިކުރީ!“ ލަޔާލީގެ އަޑު އިހުނަށް ވުރެ ބާރުވެލިއެވެ. ”މަގޭ އަނބިމީހާއަށް ބޮހެއް ދިނުން އެއީ ގޯސް ކަމެއް ތަ؟ ނުވަތަ ހަރާން ކަމެއް ތަ؟“ އިޔާލް ނިތްހިއްލާލިއެވެ.

”މަށާ ދިމާލަށް ތިހެން ނުކިޔާށޭ! މިއީ ކަލޭގެ އަންބެއް ނޫނޭ!“ ލަޔާލީ އަކުރުތަކަށް ދަމާލަމުން ބުނެލިއެވެ. ”ކަލޭ މަށާއި ދެން ކައިރި ނުވާ-“ ލަޔާލީ ދައްކަމުން ދިޔަ ވާހަކަ އިޔާލް ހުއްޓުވީ އަނެއްކާވެސް ލަޔާލީއަށް ބޮސް ދެމުންނެވެ. މިފަހަރު އިޔާލް ހުރީ ލަޔާލީގެ ހަރަކާތް ތަކަށް ސަމާލު ވެގެންނެވެ. ލަޔާލީގެ ހަށިގަނޑު ފާރާއި ތަތްކޮއްލަމުން، ދެއަތުގައި ހިފާ މައްޗަށް ހިއްލާލިއެވެ.

އެއްއަތުން ލަޔާލީގެ ދެއަތުގައި ހިފަހައްޓައިގެން އިޔާލް ހުރި އިރު އަނެއް އަތުން ލަޔާލީގެ ހަށިގަނޑުގެ އެތަން މިތާގައި އަތްހާކަމުން ދިޔައެވެ. އިރުކޮޅެއް ވަންދެން ލަޔާލީ ގަދަ ހެދި ވެސްމެއެވެ. އެހެނަސް އިރުކޮޅެއް ފަހުން އޭނާގެ ހަރަކާތައް ހުއްޓުނެވެ. އިޔާލްއަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. ލަޔާލީގެ ހަށިގަނޑު އުފުލާލަމުން ކޮޓަރިއާއި ދިމާލަށް ދިޔައެވެ.

30 10 ވަނީއެވެ. އަދި ވެސް ޔޫއ އޮތީ ކޮޓަރީގައެވެ. ނިކްޔާން އެއޮތީ ސޯފާގައެވެ. ނިކްޔާނަކަށް ކޮޓަރިއަށް ވަންނާކަށް ނުކެރުނެވެ. ޔޫއާއާއި ކުރިމަތި ލާކަށް ނިކްޔާނަކަށް ނުކެރުނެވެ. ކުރިމަތި ލާނީ ވެސް ކިހިނަކުން ހެއްޔެވެ؟

އެވަގުތު ނިކްޔާންގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ގުޅަމުން ދިޔައީ މާޔާކަމުން ނިކްޔާން އަވަހަށް ފޯނު ނެގިއެވެ. ”ދަރިފުޅާ؟“

ދަންވަރުގެ ވަގުތެވެ. އެނދުގައި އޮށޯވެލައިގެން އޮތް އިޔާލް އޮތީ ލަޔާލީގެ މޫނުކޮޅުގައި ފިރުމާލަ ފިރުމާލައެވެ. މާދަމާ ހޭލެވުމުން ލަޔާލީ އިލާޔަށް ވަރުބާލާނޭ ކަން ވެސް އޭނާއަށް އެނގެޔެވެ. ނަމަވެސް އެއީ ކައިވެނި ކުރެވި އެހާ ގިނަ ދުވަސް ވީއިރުވެސް ލަޔާލީއާއި ގާތް ވެވުނު ފުރަތަމަ ފަހަރުކަމުން އިޔާލް ހުރީ ހިތްހަމަޖެހިފައެވެ. ވަގުތީ އުފަލެއް ނަމަވެސްއެވެ.

މޯޅި އަކަށް ދެމިލަމުން އިޔާލް ތެދުވީ ފާހާނާއަށް ދިޔުމަށެވެ. އެވަގުތު ފޯނަށް މެސެޖެއްއައެވެ. ބިންމަތީގައި އޮތް ޖިންސު ލަމުން އިޔާލް ސައިޑް ޓޭބަލް މަތީގައި އޮތް ފޯނު ނެގިއެވެ. ”ހޭ“ މެސެޖުގައި އިނީ ހަމަ އެކަނި އެހެންނެވެ. ލާފައި އިން ފޮޓޯއިން އެއީ މިއަދު ކޮލެޖުން ދިމާވި ރިއާނާކަން އިޔާލަށް އެނގުނެވެ.

”ހޭ. ކިހިނެތް މަގޭ ނަންބަރު ހޯދީ؟“ އިޔާލް އަހާލިއެވެ. ”ކްލާސް ގުރޫޕް އިން“ ރިއާނާގެ މެސެޖު ފަޅި ސިކުންތެއް ތެރޭގައި ލިބުނެވެ. ”މިކުއްޖާ މަށަށް ހިތްކީބާ؟“ އިޔާލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ފޯނު ބާއްވާފައި އިޔާލް ދެން ވަނީ ފާހާނާއަށެވެ.

ސީލިންގާއި ދިމާލަށް ބަލަން އޮތް ނިކްޔާންގެ ޙިޔާލުގައި ދައުރު ވަމުން ދިޔައީ މާޔާ ދެއްކި ވާހަކައެވެ. ”ދަރިފުޅުމެން މަތިން ވަރަށް ހަނދާންވޭ. ދަރިފުޅާ ޔޫއާ ރަނގަޅަށް ބަލައްޗޭ. އެއީ ހަމަ ރަންގަނޑެއް. ދެން ނުލިބޭނެ އެކަހަލަ ޅީދަރިއެއް“

ނިކްޔާން ދެލޯ މަރާލިއެވެ. އެއާއި އެކު އެދެލޮލުގައި ބޮނޑިވެފައި ހުރި ކަރުނަތަށް ފައިބައިގަތެވެ. ޔޫއާއަށް ވެވުނު ވައުދު އަޑު އިވުނު ފަދައެވެ.

”އޭރު ޔޫ ހުރީ ޔޫގެ ބައްޕަގެ ބެލުމުގެ ދަށުގައެއްނުން؟ މިހާރު ޔޫ ތިހުރީ ޔާންގެ ބެލުމުގެ ދަށުގަ. ޔޫގެ ހަޔާތުގެ މިކަހަލަ ނިންމުން ތަކުގައި އެއްބާރުލުން ދޭން ޖެހޭނީ މިހާރު ޔާންއަށް.. ޔާން ޔޫ ކިޔަވަން އެހީވެދޭނަން. ހުރިހާ ހަރަދެއް ކޮއްދޭނަން.. ޔޫ ކިޔަވާ ނިމުމުން ޔޫ ބޭނުމިއްޔާމުން ޔޫ ވަރިވެސް ކޮއްދޭނަން..“

ނޫނެކެވެ! ނިކްޔާން ޔޫއާ ވަރި ކުރާކަށް ބޭނުމެއް ނޫނެވެ. އެއީ ކީއްވެ ހެއްޔެވެ؟ ސަބަބު ނިކްޔާނަށް ނޭނގުނީ ކީއްވެ ހެއްޔެވެ؟ ޔޫއާ ދެކެ ނިކްޔާނަށް ލޯބި ވެވުނީ ހެއްޔެވެ؟ ނިކްޔާނަށް ޖަވާބު ދިނީ ނިކްޔާންގެ ހިތެވެ. އާއެކެވެ! ނިކްޔާނަށް ޔޫއާދެކެ ލޯބި ވެވިއްޖެއެވެ. އަނެއްކާ ވެސް ޔޫއާއަށް ވީ ވައުދަކާއި ޙިލާފު ވެވިއްޖެއެވެ…

(11 ވަނަ ބައި)

އިރުކޮޅަކު އޮށޯވެލައިގެން އޮވެފައި ނިކްޔާން ކޮޓަރިއަށް ވަނެވެ. ކޮޓަރި ތެރޭގައިވީ ނިދާބޮކީގެ ފަނޑު އަލިކަމެވެ. އެނދުގައި އޮތް ޔޫއާ އޮތީ ފުންނިންޖެއްގެ ތެރޭގައެވެ. ނިދާބޮކީގެ ފަނޑު އަލިން އެމޫނުމަތިން ފެންނަނީ މައުސޫމްކަމާއި ނިޔަނެތިކަމެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް ޔޫއާ ގާތުގައި އުޑަފައިން އިށީނެވެ.

”އައިމް ސޮރީ… ޔާންއަށް ވެވުނު އެއްވެސް ވައުދަކަށް ތެދުވެރި ކަމާއި އެކު ނުހުރެވުން… އައިމް ސޮރީ…“ ނިކްޔާންގެ ލޮލުން ކަރުނަތިއްކެއް ވެއްޓުނެވެ. ”ޕްލީޒް ޑޯންޓް ލީވް މީ…“ ބިންމަތީގައި އިށީނދެ ކުޑަ ކުއްޖެއް ފަދައިން އޭނާ ރޯން ފެށިއެވެ. އެހިތަށް މިއަދު ވަރަށް ތަދު ވެއްޖެކަން ޔަގީނެވެ.

މޫނުމަތީގައި އަތްއަޅައިގެން އިނދެ ނިކްޔާން ކިތަންމެ އިރަކު ރުޔެވެ. ދެން ނިކްޔާން ހަދާނީ ކިހިނެތް ހެއްޔެވެ؟ ޔޫއާދެކެ ލޯބިވާކަން އެނގި ކައިވެނި ވަރިފަށަށް ދާކަށް އެއްގޮތަކަށް ވެސް ބޭނުމެއް ނޫނެވެ. ނަމަވެސް ޔޫއާ ނިކްޔާންދެކެ ލޯތްބެއް ނުވެޔެވެ. ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟

ކަރުނަ ފުހެލާފައި ނިކްޔާން ތެދުވެ ފާހާނާއަށް ވަނެވެ. ވުޟޫ ކޮއްލައިގެން ނިކުމެ ދެރަކްޢަތު ނަމާދެއް ކޮއްލިއެވެ. ދުޢާއަށް އަތް ނަގައިގެން އިނދެ ނިކްޔާން ކިތަންމެ އިރަކު ރުޔެވެ.

ނިދިފައި އޮތް ލަޔާލީއަށް ހޭލެވުން އިރު 8 ޖަހަން އުޅެޔެވެ. ދެކޮޅު ބަލާލި އިރު އިޔާލް ފެންނަން ނެތުމުން އެދިޔައީ ކޮލެޖަށް ކަން ދެނެގަނެވުނެވެ. ތެދުވެ އިށީނީ ފެންވަރާލަން ދިޔުމަށެވެ. އެހެނަސް އިނދެވުނީ ހުސް ގަޔާކަން އެނގުމުން ލަޔާލީގެ ހަރަކާތްތައް ހުއްޓުނެވެ.

ކުލަނޫން ގޮތަކަށް ރޭގެ ހާދިސާ ލަޔާލީއަށް ސިފަވެލިއެވެ. އަތް މުއްކަވާލަމުން ލަޔާލީ ދަތްކުނޑިވިކާލިއެވެ. ”ހައު ޑެއާރް ހީ“ ލަޔާލީ ރުޅިވެރި ކަމާއި އެކު ބުނެލިއެވެ.

ކޮލެޖަށް ވައިން ރިއާނާ ދެކޮޅު ބަލަމުން ދިޔައީ އިޔާލް ފެނޭތޯއެވެ. އިޔާލްގެ އިންތިޒާރުގައި ރިއާނާ އިންނަތާ މިހާރު 5 ވަރަކަށް މިނިޓް ވެދާނެއެވެ. އަދި ވެސް އިޔާލް ނުފެންނާތީ ރިއާނާގެ ހިތުގާ ރިއްސާލިއެވެ.

”މަންޖޭ ކޯއްޗެއް ތަ ތިހޯދަނީ؟“ ފަހަތުން އިވުނީ ޔޫއާގެ އަޑެވެ. ”ޔޫ އެއްނުން؟“ ރިއާނާ ދޮގުހެދިއެވެ. ކައިޝަލްއަށް އިޔާލްގެ ވާހަކަ އެނގޭކަށް ރިއާނާ ބޭނުމެއް ނޫނެވެ. އެހެންކަމުން ރިއާނާ އެވާހަކަ ޔޫއާއަށް ވެސް ވަންހަނާ ކުރިޔެވެ.

”އަހަރެން މިހުރީ. ހިނގާ ކްލާހަށް“ ޔޫއާ ރިއާނާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ”ޔާ. ލެޓްސް ގޯ“ ރިއާނާ ހީލާފައި ތެދުވިއެވެ.

ދެއެކުވެރިން ކިލާހަށް ވައިން އިރު ކިލާސް ރޫމުގައި އިން އިޔާލް ފެނި ރިއާނާގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ. ރިއާނާ އިށީނީ އިޔާލްގެ މޫނު ރީތިކޮށް ފެންނަ ހިސާބެއް ބަލާފައެވެ.

ނިދިފައި އޮތް ނިކްޔާންއަށް ހޭލެވުން އިރު 12 ޖަހަން އުޅެޔެވެ. ޔޫއާ ކިލާސް ގަޑި ނިމެން ކައިރިވެފައި ހުރުމުން ނިކްޔާން ތެދުވިއެވެ. ޔޫއާއަށް ކާލާނެ ހެދިކާކޮޅެއް ގަންނަން ދިޔުމަށެވެ.

”އިޔާލް“ ޔޫއާއަށް ވަދާއީ ސަލާމް ކިޔާފައި ނިކުމެ ރިއާނާ އިޔާލްއާއި އަރާ ހަމަ ކުރިއެވެ. އިޔާލް ހިނިތުންވެލިއެވެ. ”ހޭ“ އިޔާލް ޖީބަށް އަތްޖަހާލިއެވެ. ”ގެއަށްތަ؟“ އިޔާލްއާއި އެއްވަރަށް ހިނގައިގަންނަމުން ރިއާނާ އަހާލިއެވެ. ”ޔާ. ޔޫ؟“ އިޔާލް ސުވާލު ކޮއްލިއެވެ. ”ސޭމް“

ދެން ދެމީހުންގެ ދެމެދުގައި އޮތީ ހަމަހިމޭން ކަމުގެ ވަގުތުކޮޅެކެވެ. ސައިކަލާއި ހަމައަށް ވާސިލް ވެވުމުން ސައިކަލު މަޑި ދަށުގައި އޮތް ހެލްމެޓު ނަގާ އިޔާލް ސައިކަލަށް އެރިއެވެ. ”ބާއި“ އިޔާލް ހީލާފައި ހެލްމެޓު އަޅާލިއެވެ. އިޔާލް ގެއްލެންދެން ރިއާނާ ބަލަން ހުއްޓެވެ. އިޔާލްދެކެ ލޯބި ވެވިއްޖެކަން ރިއާނާއަށް ޔަގީން ވެއްޖެއެވެ.

ކޮލެޖުން ނިކުން ޔޫއާ ހުރީ ގެއަށް ދާހިތް ނުވެފައެވެ. ނިކްޔާންއާއި ކުރިމަތި ލާން ބޭނުން ނޫންވީމައެވެ. އެހެނަސް ޔޫއާ ދެން ދާނީ ފަހެ ކޮންތާކަށް ހެއްޔެވެ؟ ފޯނު ނެގީ ރިއާނާއަށް ގުޅާލުމަށެވެ. އެގެއަށް ދެވޭތޯއެވެ.

”މަންޖޭ“

ފަހަތުން އިވުނީ ބަރު ފިރިހެނެއްގެ އަޑެވެ. ޔޫއާ ފަހަތަށް އެނބުރުނެވެ. ފެނުނު މަންޒަރުން މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ހޫރެމުން ކަހަލަ ގޮތަކަށް ހިނގާފައި އައީ ޕާޓޭ ވައްތަރަކަށް ހުރި ފިރިހެނެކެވެ. ލައިގެން ހުރި ޖިންސުގަނޑު ވެސް ކިރިޔާ ނުވެއްޓޭ ކަމެވެ. ލައިގެން ހުރި ކޮނޑުކެނޑި ދޮވެލާފައި ހުރީ ކޮން އިރަކު ކަމެއް ވެސް ނޭނގެޔެވެ. ދުވަމުން ދިޔަ ވަހުން އެމީހަކު އެހުރީ ހަމައިގައި ނޫންކަން ޔޫއާއަށް ދެނެގަނެވުނެވެ. އެހެނަސް އެއަށް ވުރެ ބޮޑަށް ޔޫއާ ބިރުގަތީ އޭނާގެ އަތުގައި އޮތް ވަޅި ފެނިފައެވެ.

ޔޫއާ ހިނދުކޮޅަކަށް ވެސް މަޑު ކުރުމެއް ނެތި ފިޔަވަޅުތަށް އަވަސް ކޮއްލިއެވެ. ”މަންޖޭ“ އަނެއްކާވެސް އޭނާ ގޮވާލިއެވެ. ”މަޑު ކޮއްބަލަ. އާދެބަލަ ކައިރިއަށް“ އެމީހާގެ ވެސް ފިޔަވަޅުތައް އަވަސް ވެއްޖެއެވެ. ޔޫއާއަށް ރޮވޭ ގޮތް ވެއްޖެއެވެ. ބިރުން މޭގަނޑު އަނގަޔަށް އައިފަދައެވެ. ހިތުގެ ތެޅުމުގެ އަޑު ކަންފަތާއި ހަމައަށް ވެސް އެބަ އިވެޔެވެ.

ޔޫއާއަށް އިތުރަށް ކުރިއަށް ނުދެވެނީސް އޭނާ ޔޫއާގެ އަތުގައި ހިފުމަށް އަތް ދިއްކޮއްލިއެވެ. ޔޫއާ އަކަށް އެކަމެއް ނޭނގުނެވެ. ނަމަވެސް ދެން އިވުނީ އެމީހާ ހަޅޭ ލަވައިގަން އަޑެވެ.

ޔޫއާ ފަހަތަށް އެނބުރުން އިރު ކޮންމެވެސް މީހަކު އޭނާގެ ކަރުގައި ހިފާ ފާރާ ތަތްކޮއްގެން ހުއްޓެވެ. އަނގަމަތީގައި އަތް އެޅުނީ އެއީ ކާކުކަން އެނގުމުންނެވެ. ”ޔާން؟“

ޔޫއާގެ އަޑު ނިކްޔާންއަށް އިވުން ހެނެއް ހިޔެއް ނުވިއެވެ. ދަތްކުނޑިވިކާލައިގެން ހުރި އިރު ނިކްޔާންގެ އަތް އޭނާގެ ކަރަށް ވާން ވަމުން ދިޔައެވެ. ދެބުމަ ގާތް ވެފައި ހުރި އިރު ކަރުގައި ހުރި ނާރުތަށް ވަނީ ފުއްޕާލާފައެވެ.

”ޔާން! އޭނަ ދޫކޮށްލާ!“ މީހުންތަށް އެތަނަށް އެއްވާން ފެށުމުން ޔޫއާ ބުނެލިއެވެ. ”ހަނދާން ކުރާތި. ދެން ކަލޭ މަގޭ އަންހެނުން ގައިގައި އިނގިލި ކުރި ޖައްސާލަން އުޅުނަސް ނިމުނީ“ ނިކްޔާން ބުނެލީ ބިރުވެރި ރާގަކަށެވެ. އެމީހާ ކޮއްޕާލާފައި ޔޫއާގެ އަތުގައި ހިފައިގެން ގޮސް ނިކްޔާން ސައިކަލަށް އެރިއެވެ.

ސައިކަލު ފަހަތުގައި އިން ޔޫއާ އިނީ ހައިރާންވެ އަންތަރީސް ވެފައެވެ. ދުވަހަކު ވެސް ނިކްޔާން އެހާ ރުޅި އައިސްފައި ހުއްޓާ އޭނާއަށް ފެނިފައެއްނުވެއެވެ. ޔޫއާ އިނީ ގަންނާ ކުރެއްވީ ބިރުން އަނގައިން ވެސް ބުނަން ނުކެރިފައެވެ.

”މިއަދުން ފެށިގެން ޔޫއާ ކޮލެޖަށް ދާނީ މަށާއި އެކު“ ގޭތެރެއަށް ވަދެ ނިކްޔާން ބުނެލިއެވެ. ”ޔާންއަށް ކީއްތަ ތިވަނީ؟ ކިހިނެތް އެތަނަށް އަންނަން އެނގުނީ؟ އެތާ ކީއްތަ ތިކުރަނީ؟ ކީއްވެތަ ޔާން މިހާރު ޔޫ ފަހަތުން އަބަދު ތިއުޅެނީ؟“ ޔޫއާ އެއްފަހަރާ ސުވާލު ގޯނި އޮއްސާލިއެވެ.

”ބުނަން ވީތަ؟“ ނިކްޔާން ތެދުވެގެން ގޮސް ހުއްޓުނީ ޔޫއާގެ މޫނާއި މޫނު ޖެހޭ ނުޖެހޭ ހިސާބުގައެވެ. ހިންދިރުވާލާފައި ޔޫއާ ބޯޖަހާލިއެވެ.

(12 ވަނަ ބައި)

”އަޑު އަހަން ކެރޭނެ؟“ ނިކްޔާން އެއްބުމަ ހިއްލާލަމުން އަހާލިއެވެ. ޔޫއާއަށް ހިންދިރުވާލިއެވެ. ނިކްޔާން މިއުޅެނީ ކީކޭ ބުނަން ބާއެވެ؟ ”އަހަރެން ޔޫއާދެކެ ލޯބި ވާތީ“ ސީދާ ޔޫއާގެ ލޮލަށް ބަލަން ހުރެ ނިކްޔާން ބުންޏެވެ.

ހިނދުކޮޅަކަށް ހިތުގެ ހިނގުން ހުއްޓުނު ކަހަލަ އިހުސާސެއް ޔޫއާއަށް ކުރެވުނެވެ. ބަނޑުގައި ކޮކާ އުދުހޭ ފަދަ އިހުސާސެއް ކުރެވުނެވެ. ނިއްކުރިމަތީގައި އޮށްދާ ހިއްލަމުން ދިޔައިރު ތިރީ ތުންފަތް ތުރުތުރުލާން ފެށިއެވެ.

”ކިހިނެތް ވީ؟“ ނިކްޔާން ޔޫއާއާއި ގާތަށް ފިޔަވަޅެއް އަޅާލިއެވެ. ސިހިފައި ޔޫއާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ޔޫއާ ފާރުގައި ޖެހުނެވެ. ސިހިފައި ފަހަތަށް އެނބުރެވެން އުޅުން ވަގުތު ނިއްކުރި ފާރުގައި ނުޖެހުނީ ނިކްޔާން އެތަނުގައި އަތްއެޅުމުންނެވެ. ”ޔޫ އާރް ސޯ ކްލަމްޒީ“ ނިކްޔާން އެއްމިޔަކަނުން ހީލިއެވެ.

ޔޫއާ އިސްޖަހާލިއެވެ. ސިކުނޑި ބުނީ ދުއްވައިގަންނާށެވެ. ހިތްބުނީ މަޑު ކުރާށެވެ. ކުރަންވީ ކީއްކަމެއް ޔޫއާއަކަށް ނޭނގުނެވެ. ގަބުކައިފައި ހުރެވުނީ އެހެންވެގެންނެވެ.

ޔޫއާގެ ދޮންމޫނަށް ބަލަން ހުރި ނިކްޔާންގެ ދެލޯ ދެން ދައުރު ކޮއްލީ ޔޫއާގެ ފިޔާތޮށި ކުލައިގެ ތުންފަތާއި ދިމާލަށެވެ. ފިނިފެންމާ ފިޔައެއްފަދަ ފިޔާތޮށި ކުލައިގެ ތުންފަތުގައި މަޑު ތުރުތުރުލުމެއް ހުއްޓެވެ. ނިކްޔާންގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ. މަޑުމަޑުން އަތް ހިއްލާލަމުން ޔޫއާގެ ތުންފަތުގައި ފިރުމާލިއެވެ. އެއާއި އެކު ޔޫއާ ސިހުނެވެ.

”ކީއްވެ ހާދަ ވަރަކަށް ތި ސިހެނީ؟ ޔާން ފެންނަނީ ވަރަށް ބިރުވެރިކޮށް ތަ؟ ނޫނީ ފަހަތުގަ ފުރޭތައެއް ހުރީ ތަ؟“ ނިކްޔާން ފަހަތް ބަލައިލިއެވެ. ”ނު… ނޫން…“ ޔޫއާ ބުނެލީ އަޅައަޅައިގަންނަމުންނެވެ.

”ދެން…؟ ކިހިނެތް ވީ؟“ ނިކްޔާން ހީލާފައި އަހާލިއެވެ. ”ކަ… ކަމެއް… ނުވޭ-“ ޔޫއާގެ ވާހަކަ ދެއްކުވުން ނިކްޔާން ހުއްޓުވީ ޔޫއާއަށް ބޮސްދެމުންނެވެ. ޔޫއާގެ ދެލޯ ބޮޑުވީ އިރު ހަށިގަނޑު ގަނޑުވީ ކަހަލަ އިހުސާސެއް ކުރެވުނެވެ. ހަމަ ހުރެވުނު ގޮތަށް ހުރެވުނީއެވެ. ހަށިގަނޑުގައި ހުރި ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނު އިރު ހިތުގެ ތެޅުން އަވަސްވެލީ އިންތިހާއަށެވެ.

”ހެހެހެ“ ޔޫއާ ދެކޮޅު ނެހެދުމުން ނިކްޔާން ލުއިކޮށް ހީލިއެވެ. ނިކްޔާންގެ ހުނުމުގެ އަޑު އިވުމުން ޔޫއާއަށް ދެލޯ މަރާ ބާރު ކޮއްލެވުނެވެ. މަޑު މަޑުން ހުރި ނިކްޔާންގެ އަތް ހަރަކާތް ކުރަން ފެށިއެވެ. އޭނާގެ ހަށިގަނޑުގެ އެތަންމިތާގައި ނިކްޔާންގެ އަތް ހަރަކާތް ކުރަމުން ދިޔައީ އަވަސް އަވަހަށެވެ.

ނޭވާ ކުރުވާ ކަހަލަ އިހުސާސެއް ކުރެވުމުން ނިކްޔާން ޔޫއާއާއި ދުރުވެލިއެވެ. އެއްމިޔަކަނުން ހީލަމުން ޔޫއާ އުރާލީ ލުއި ފަތެއް ނަގާހާ ފަސޭހަ ކަމާއި އެކުގައެވެ. ޔޫއާ އުރާލައިގެން ނިކްޔާން ވަނީ ކޮޓަރިއަށެވެ. މަޑުމަޑުން ޔޫއާ އެނދުގައި ބާއްވާފައި ނިކްޔާން ޔޫއާގެ ގައިމައްޗަށް އެރިއެވެ.

”ޔޫ އާރް ޓޫ ކްލަމްޒީ. މިއީ އަމިއްލަ ނަފްސު ރައްކާތެރި ނުކުރާތީ ލިބޭ އަދަބު އިނގޭ؟“ ޔޫއާ ލައިގެން ހުރި ހެދުމުގެ މޭމަތީގައި އިން ޒިބު ހުޅުވާލަމުން ނިކްޔާން ބުނެލިއެވެ. ޔޫއާގެ މޫނު މައްޗަށް ރަތް ކަން އަރާކަހަލަ އިހުސާސެއް ކުރެވުނެވެ. މޫނު މަތި ހޫނުވި ކަހަލަ އިހުސާސެއް ކުރެވުނެވެ.

ނިކްޔާން ޔޫއާގެ މޭމަތީގައި މޫނު ޖައްސާލިއެވެ. ”ހާދަ ވަރަކަށް ތި ހިތްތެޅެނީ ތި؟ ތިހާ ވަރަށް ނުތަޅުވަބަ ދެން“ ނިކްޔާން ހީލަމުން ބުނެލިއެވެ. ޔޫއާއަކަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ހަމަ އޮތް ގޮތަށް އޮވެވުނީއެވެ.

”ޑޯންޓް ޓެލް މީ ޓު ބީ ޖެންޓަލް“ އެއްލޯ މަރާލަމުން ލައިގެން ހުރި ގަމީހުގެ ގޮށްތައް ނައްޓަން ފެށިއެވެ.

ގެއަށް ވަދެގެންއައި އިޔާލްއަށް މިއަދުވެސް މަރްހަބާ ކިއީ ފަޅުކަމެވެ. ނަމަވެސް އެފަޅުކަމުގެ އަޑު އިޔާލްއަށް ވަރަށް ބާރެވެ. ލަޔާލީ މިއަދު ހުންނާނީ ވަރަށް ރުޅިއައިސްފައި ކަން އިޔާލަށް އެނގެޔެވެ. އެހެނަސް އިޔާލް އެތެރެއަށް ވަނީ އާދައިގެ ގޮތަކަށެވެ.

ސިޓިންގް ރޫމުގައި ތުންކޮޅު އޫކޮށް، ދެފައި ވަށްކޮއްގެން ސޯފާގައި އިން ލަޔާލީ ފެނި އިޔާލަށް ހެވޭ ގޮތް ވިއެވެ. ރުޅިއައުމުން ލަޔާލީގެ މައުސޫމްކަން ފެނިފައެވެ. ”ކޮން ހުނުމެއް ތަ ތިހެނީ؟“ ލަޔާލީ ސޯފާއިން ތެދުވިއެވެ.

”ހޭން ތަ އެބަ؟“ އިޔާލް ފެންފުޅިއެއް ނަގަމުން އަހާލިއެވެ. ”ކަލޭ ކީއްކުރަން ރޭގަ މަގޭ ގަޔަށް އެރީ؟ ކަލޭ ތި ކާކު މަގޭ ގަޔަށް އަރަން؟ އޭން؟ ޖަވާބު ދީބަލަ!“ ލަޔާލީ އިޔާލްގެ އަތުގައި ބޮނޑިއެއް ޖެހިއެވެ.

”ލަޔާ ވެސް ބޭނުން ވީމަ ދޯ ކުރެވުނީ؟ ލަޔާ ވެސް ގަދައެއް ނަހަދަމެއްނުން؟“ އިޔާލް ހީލާފައި ބުނެލިއެވެ. އަދި ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

ލަޔާލީއަށް އިސްޖަހާލެވުނެވެ. ލަދުގައިން ކަހަލަ އިހުސާސެއް ކުރެވުނެވެ. އެއާއި އެކު ވަގުތުން ބޯހޫރުވާލެވުނެވެ. ”އާރްރްގްގްގގ ވަޓްސް ރޯންގް ވިތް މީ؟“ މޫނު މަތީގައި މަޑު މަޑުން ޖަހާލަމުން ލަޔާލީ ސޯފާގައި އޮށޯތެވެ.

ފޯނު ހިފައިގެން ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ރިއާނާގެ މޫނު މަތީގައިވީ ނުތަނަވަސް ކަމެވެ. އިރުއިރު ކޮޅުން ފޯނަށް ބަލާލައެވެ. އަނެއްކާ ފޯނު ނިއްވާލައެވެ. ހީވަނީ ކުރަން އުޅޭ ކަމެއް ކުރަން ނުކެރިގެން އުޅޭހެންނެވެ.

އެންމެ ފަހުން ރިއާނާ ނަންބަރަކަށް ޑައިލް ކޮއްލިއެވެ. ފުރަތަމަ ރިންގާއި އެކު ކައިޝަލް ފޯނު ނެގިއެވެ. ”ރިއާ؟“ ކައިޝަލް މަޑުމަޑުން ގޮވާލިއެވެ. އެއަޑަކު މިހާރު އެއްވެސް ޖޯޝެއް ނެތެވެ.

”ކައި… އަހަރެން ވާހަކައެއް ބުނަން ބޭނުން…“ ރިއާނާ ބިރުން އިނދެ ބުނެލިއެވެ. ”ބުނެބާ؟“ ކައިޝަލް ބުނެލިއެވެ. އެއަޑުގައި ވީ ވޭން އަޑު އިވި ރިއާނާގެ ހިތުގައި ރިއްސާލިއެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ.

”ރިއާ ބޭނުމީ ބްރޭކްއަޕް ވާން…“ ރިއާނާ ހިތްވަރު ކޮއްލާފައި ބުނެލިއެވެ. އިރުކޮޅެއްގެ ހަމަހިމޭން ކަމަކަށް ފަހު ކައިޝަލް ގިސްލާ އަޑު އިވެން ފެށިއެވެ. ”ކީއްވެ…؟ ކޮބާ ތަ ކައިގެ ކުށަކީ؟“ ނޭފަތް ދަމާލަމުން ކައިޝަލް ސުވާލު ކުރިއެވެ. ހީވީ ނުރޯނަމޭ ބުނެލިހެންނެވެ.

”ރިއާ…“ ރިއާނާއަކަށް ދެން ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ. އެހެން ބުނާނީ ކޮން ދުލަކުން ހެއްޔެވެ؟ ”ސޮރީ…“ ރިއާނާއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ.

(13 ވަނަ ބައި)

”ސޮރީ؟؟ ރިއާ… ޗީޓު… ކުރީތަ…؟“ ކައިޝަލް އަހާލީ އަޅައަޅައިގަންނަމުންނެވެ. ”އައިމް ސޮރީ ކައި… ރިއާއަށް އެހެން މީހަކުދެކެ ލޯބިވެވިއްޖެ…“ ރިއާނާ ހިތްވަރު ކޮއްލާފައި ބުނެލިއެވެ. ކައިޝަލް ދެން އެއްވެސް އެއްޗެކޭ ނުބުންޏެވެ. ރިއާނާ ކަންފަތް މައްޗަށް ފޯނު ކަނޑާލީއެވެ.

ރިއާނާ ފުންނޭވާއެއް ދޫކޮއްލަމުން ހަމަ ޖެހިލިއެވެ. ކަން ކުރެވުނީ ކައިޝަލްއަދި އަމިއްލަ ނަފްސަށް ވެސް އެންމެ ރަނގަޅަށް ކަމަށް ބުނެލިއެވެ. ހަމަ ޖެހިލާފައި ދެން ގުޅާލީ އިޔާލްއަށެވެ. 5 ވަނަ ރިންގުގައި އިޔާލް ފޯނު ނެގިއެވެ.

”ހޭ؟ ކޭން ވީ މީޓް؟“ ރިއާނާ ހިނިތުންވުމަކާއި އެކު ވާހަކަ ދެއްކިއެވެ. ”ޝުއާރ. ކިހިނެތް ވީ އަނެއްކާ؟“ އިޔާލް އަހާލިއެވެ. ”އަމް… ވާހަކައެއް ދައްކާލަން… ސެންޓްރަލް ޕާކްއަށް… މާދަން ނޫން އަނެއް ދުވަހުން… އޯކޭ ތަ؟“ ރިއާނާ ލަދުން އިނދެ ބުނެލިއެވެ. ”އޯކޭ މިދަނީ“ އިޔާލް ފޯނު ބާއްވަމުން ބުނެލިއެވެ.

ކޮޓަރި ތެރޭގައިވީ ނިދާ ބޮކީގެ ފަނޑު އަލިކަމެވެ. ނިދާބޮކީގެ މަޑު ނޫކުލައާއި އެކު ނިދިފައި އޮތް ޔޫއާގެ މޫނު މަތިން ފެންނަނީ މައުސޫމްކަމެވެ. ބަލާބަލާ ފޫހި ނުވާނޭ ފަދަ ރީތި ކަމެކެވެ. ޔޫއާގެ ހަށިގަނޑުގައި ބައްދާލައިގެން އޮތް ނިކްޔާން އޮތީ އެރީތި ކަމުގައި އާޝޯހު ވެފައެވެ. ކޮންފަދަ ރީތި ކަމެއް ހެއްޔެވެ؟

ދެމީހުންގެ ހަށިގަނޑުގައި ވެސް އެއްވެސް ނިވާކަމެއް ނެތްއިރު ހަށިގަނޑު ނިވާ ކުރެވިފައިވަނީ ކޮނޑާއި ހަމައަށް އަޅާފައި އޮތް ފޮތިގަނޑެވެ. ނިދިފައި އޮތް ޔޫއާގެ އިތުރުން ނިކްޔާންގެ މޫނު މަތީގައި ވެސް ވަރުބަލިކަން ވިއެވެ.

ނިދިފައި އޮތް ޔޫއާ ކުކުރާލާފައި ދެލޯ ހުޅުވާލިއެވެ. އެންމެ ފުރަތަމަ ވެސް ފެނުނީ ކަޅި ޖަހާ ނުލާ އޭނާއާއި ދިމާލަށް ބަލަން އޮތް ނިކްޔާންއެވެ. އެއާއި އެކު ހިނދުކޮޅެއްގެ ކުރީގެ ހާދިސާ ހަނދާން ވުމުން ކޯތާފަތަށް ހޫނުކަން އިހުސާސް ކުރެވުނެވެ. މޫނު މަތީގައި އަތް އެޅުނީ ގަންނާ ކުރެއްވީ ލަދުންނެވެ.

”ހެހެ ކިހިނެތް ވީ؟“ ނިކްޔާން ހީލާފައި ސުވާލު ކޮއްލިއެވެ. ”ކަ… ކަމެއް ނުވޭ…“ ޔޫއާ ކަރުކެހިލަމުން ބުނެލިއެވެ. ”ހެހެހެ އޯކޭ އޯކޭ. ދޫނީ…؟“ ޔޫއާގެ މޫނާއި ގާތްވެލަމުން ނިކްޔާން އޭނާގެ ބަރު އަޑުން ގޮވާލިއެވެ. ”މްމް؟“

”އެއްވެސް ތަނަކަށް ތަދުވޭތަ؟“ ޔޫއާގެ ހަށިގަނޑު ގަޔާއި ގާތް ކޮއްލަމުން ނިކްޔާން އަހާލިއެވެ. ”ނޫން… އަމް… ކުޑަކޮށް…“ ޔޫއާ ލަދުން އޮވެ ބުނެލިއެވެ. ނިކްޔާން ހީލާފައި ޔޫއާގެ ނިތުގައި ބޮސްދިނެވެ. ”ކަމް ހިއާރ“ ނިކްޔާން ޔޫއާގެ ހަށިގަނޑުގައި ގިލިގިލި ކޮއްޓާލިއެވެ. އެއާއި އެކު ޔޫއާގެ ލުއި ހުނުމުގެ އަޑު ކޮޓަރި ތެރޭގައި އިވިލިއެވެ.

ކަޅު ކުލައިގެ އަބާޔާއަކާއި އެކު އޮރެންޖު ކުލައިގެ ޝޯލްއެއް އަޅައިގެން ސެންޓްރަލް ޕާކުގައި އިން ރިއާނާގެ މޫނު މަތީގައިވީ ނުތަނަވަސްކަމެވެ. މެންދުރުގެ ވަގުތު ކަމުން ޕާކުގައި އަނެއްހެން އެއްވެސް މީހަކު ނެތެވެ. އެއީވެސް ނަސީބެކޭ އޭނާ ހިތަށް އެރިއެވެ. އިޔާލް ގާތުގައި އަންނަން ބުނި ވަގުތުގެ 20 މިނިޓް ކުރިން އައިސް އޭނީ ވެސް އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލާށެވެ. އިރުކޮޅެއް ފަހުން އިޔާލް އަންނަތަން ފެނުނެވެ.

ރީނދޫ ކުލައިގެ ޓީޝާޓަކާއި އެކު ކަޅު ކުލައިގެ ޖީންސެއް ލައިގެން ހުރި އިޔާލްގެ ތުންފަތްމަތީގައިވީ ލުއި ހިނިތުންވުމެކެވެ. އިސްތަށިގަނޑުގައި އެއްވެސް ސްޓައިލްއެއް ނެތް އިރު ވެސް ބަލާބަލާ ފޫހި ނުވާ ފަދަ ރީތި ކަމެކެވެ. ލައިގެން ހުރީ އަތްކުރު ޓީޝާޓެއް ކަމުން އަތުގައި ފުއްޕާލާފައި ހުރި ނާރުތަށް ފެނި ރިއާނާއަށް ހިންދިރުވާލެވުނެވެ.

”އަނެއްކާ ކޮން ވާހަކައެއް ތަ ދައްކަން ތިއުޅެނީ؟“ ރިއާނާ ގާތުގައި އިށީންނަމުން އިޔާލް އަހާލިއެވެ. ރިއާނާ ދެތިން ފަހަރަކު ފުންނޭވާއެއް ލަމުން ހަމަ ޖެހިލިއެވެ. އިޔާލް އިނީ ރިއާނާގެ ވާހަކަ އަހަން ތައްޔާރަށެވެ. ކުއްލިއަކަށް އިނދެފައި ރިއާނާ އިޔާލްގެ ތުންފަތުގައި ބޮސް ދިނެވެ.

ވަގުތުން އިޔާލް ހީވީ ކަރަންޓު ޖެހުނު ހެންނެވެ. ރިއާނާ ދުރުކޮއްލަމުން ކޮޅަށް ތެދުވިއެވެ. ”ރިއާނާ!“ އިޔާލްއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. ”އިޔާ… އައި ލައިކް ޔޫ… ނޫން… އިޔާދެކެ ރިއާ ވަރަށް ލޯބިވޭ…“

”ރިއާނާ މޮޔަވީ ތަ؟ ނޫން. ތިކަމެއް ދުވަހަކުވެސް ނުވާނެ! އަހަރެން މިއީ މީހެއްގެ ފިރިއެކޭ!“ ވާއަތުގައި އިން ކައިވެނީގެ އަނގޮއްޓި ދައްކާލަމުން އިޔާލް ބުނެލީ ރުޅިވެރި ރާގަކަށެވެ. ރިއާނާއަށް ހުރި ތަނަށް ތިރިވެވުނެވެ. އަޑުން އަޑުނަގާ ރޯން ފެށުނެވެ. ދެން ރިއާނާ ހަދާނީ ކިހިނެތް ހެއްޔެވެ؟

”އިޔާ… އޯކޭ ދެވަނަ އަންބަށް ވިޔަސް. ރިއާ ބޭނުމީ އިޔާގެ ހައްގަކަށް ވާން. ޕްލީޒް.. ރިއާ އެކަނި ނުކޮއްލާ. ރިއާއަކަށް އިޔާއާއި ނުލާ ނޫޅެވޭނެ“ ރިއާނާ އިޔާލްގެ ފައިގައި ހިފާ އާދޭސް ކުރަން ފެށިއެވެ.

”އަހަރެންގެ އަންހެނުންދެކެ އަހަރެން ވަރަށް ލޯބިވޭ. ލަޔާއެއީ މަގޭ ފުރާނަ. ދުވަހަކު ވެސް ލަޔާ ދޫކޮއްލާފަ ނުދާނަން. ސާފު؟“ އިޔާލް ބުނެލީ ހަރުކަށި ރާގަކަށެވެ. ރިއާނާ ކޮއްޕާލާފައި އިޔާލް ހިނގައިގަތެވެ. އޭރު އިޔާލް ރުޅި އައިސްގެން ރޫރޫ އަޅައެވެ. ރިއާނާއަށް ގިސްލަ ގިސްލާފައި ރޯން ފެށުނެވެ.

ހަވީރުގެ ވަގުތެވެ. ދުވަހަކީ ޔޫއާއާއި ނިކްޔާން ސައިކަލު ދުއްވާލަން ދިޔަ ދުވަހެކެވެ. ލިފްޓުން ނިކުމެގެން އައި ޒުކާގެ ތުންފަތުގައިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ދޮރުގައި ކޯޑު ޖަހާލަމުން އެތެރެއަށް ވަނީ ކުރަންއައި ކަމެއް ވާނެ ކަމުގެ ޔަގީންކަން ހިތުގައި އޮތް ހާލުގައެވެ. ދެމަފިރިންގެ ކޮޓަރިއަށް ވައިން ޒުކާގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނީ ކުރަންއައި ކަންތަށް ކާމިޔާބު ވުމުންނެވެ.

ދުވަސްތަށް ފާއިތު ވަމުން ދިޔައެވެ. ޔޫއާއާއި ނިކްޔާންގެ ގުޅުން ދިޔައީ ވަރުގަދަ ވަމުންނެވެ. ލަޔާލީގެ ލޯބި ކާމިޔާބު ކުރުމަށް އިޔާލް މަސައްކަތް ކުރަމުންދާ ފަދައިން، އިޔާލްގެ ލޯބި ކާމިޔާބު ކުރުމަށް ރިއާނާ ދިޔައީ ކުރެވުނު ކަމެއް ކުރަމުންނެވެ. ޔޫއާއާއި ނިކްޔާންގެ ދިރިއުޅުމަށް ވިހަ ލުމަށް ޒުކާ ދިޔައީ ކުރެވުނު ކަމެއް ކުރަމުންނެވެ. އެހެނަސް އެކަން ވަނީ އެދެމަފިރިންނަށް އަދި ވަންހަނާ ވެފައެވެ.

ފާހާނާ ތެރޭގައި ހުރި ލަޔާލީގެ މޫނު މަތީގައިވީ ނުތަނަވަސް ކަމެވެ. އަތުގެ ނިޔަފަތިތަށް ހެފެމުން ދިޔައިރު ހިތުގެ ވިންދުގެ އަޑުވެސް ކަންފަތާއި ހަމައަށް އިވެމުން ދިޔައެވެ. ފާޙާނާ ތެރޭގައި ހުރެ ދެކޮޅަށް ހިނގަމުން ދިޔައެވެ. އިރުކޮޅެއްފަހުން ފޯނު ސޯނާވިއެވެ. ލަޔާލީ ފުންނޭވާއެއް ދޫކޮށްލާފައި މޫނު ދޮންނަ ތަށިމަތީގައި އޮތް އެއްޗަށް ބަލާލިއެވެ.

(ނުނިމޭ)

ސާދަވަނަބައިގެ ތެރެއިން:

އާދައިގެ ހިނގުމެއްގައި ހިނގާފައި އައިސް ގެއަށް ވައިން ނިކްޔާންއަށް މަރްހަބާ ކިއީ ކަނު އަނދިރިކަމެވެ. ހުރިހާ ބޮތްކެއް ނިވާލާފައި ހުރުމުން ހައިރާން ވިއެވެ. ބޮކި ދިއްލާލުމާއި އެކު ފެނިގެން ދިޔަ މަންޒަރުން ދެލޯ ބޮޑުވެ ހިތް އަވަސްވީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ހިތަކުން ނުދާނޭ ފިލާ 9

Next

އެދިގެން ކަލާ ލިބޭތޯ 17

Next
October 22, 2025

އެދިގެން ކަލާ ލިބޭތޯ 17

Previews
October 21, 2025

ހިތަކުން ނުދާނޭ ފިލާ 9

11 Comments!

  1. JAY IS MINE. NOT URS MALEBADDIE says:
    October 22, 2025 at 9:06 am

    ♡♡♡♡♡♡

    1. TAETAEKOOKIE says:
      October 22, 2025 at 9:39 pm

      Saabas manje ah. Mashah engihje you thee kaakukan hooru maamaa

    2. TAEKOOKIE IS BETTEY THAN JAY says:
      October 22, 2025 at 9:40 pm

      Saabas manje ah. Mashah engihje you thee kaakukan hooru maamaa

    3. shihaamaa ali shihaamaa ali says:
      October 22, 2025 at 10:34 pm

      jazaakallah khairan dear:)

  2. jung_ _ _ says:
    October 22, 2025 at 5:40 pm

    mi part ves v reethi maashaa allah

    1. shihaamaa ali shihaamaa ali says:
      October 22, 2025 at 10:34 pm

      jazaakallah khairan dear

  3. Eh says:
    October 23, 2025 at 12:57 pm

    Hus army n engenes tha

  4. Anonymous says:
    October 24, 2025 at 8:14 pm

    When next??

    1. shihaamaa ali shihaamaa ali says:
      October 24, 2025 at 9:10 pm

      can read it now 🙂

  5. Maanu 💢 says:
    October 28, 2025 at 7:05 pm

    When is next part ?

    1. shihaamaa ali shihaamaa ali says:
      October 28, 2025 at 7:36 pm

      u can read ep14 and ep15 mihaaru 🙂

Comments are closed.

Next Episodeވަފާތެރިމަވީމޭ 2 (ކިޔުންތެރިންގެ ސަމާލުކަމަށް)←


All Right Reserved!