މަޖީދީ މަގާއި ސޯސަންމަގު ގުޅިފައިވާ ސަރަޙައްދުގައި “ޓްރެފިކް ލައިޓަށް” މަޑުކޮށްލައިގެން އޮތް ކަޅުކުލައިގެ ” ޖަގުވަރ” ކާރުގައި އިން ޒުވާނާ އޭނާގެ ފޯނުން ވާހަކަ ދައްކަމުން އުންގުމަތީ ބާއްވައިލާފަ އޮތް ފޮތުގައި ކޮންމެވެސް އެއްޗެއް ލިޔަމުން ދިޔައެވެ. ކާރުގެ ކައިރީ މަޑުކޮށްލާ ކޮންމެ ފަރާތެއްގެ ލޯވެސް އެ ކާރަށް އަމާޒުވެއެވެ. އެ ކާރު ފޮހެ އޮފް ކޮށްފައި ވާއިރު ކައިރީގައި މަޑުކޮށްލަިއގެން ތިބޭ މީހުންގެ ސިފަ ފެންނަހާވެއެވެ. އެންމެ ކޫރެއްހާ ހިސާބުވެސް ނެތް ކަޅުކަން ގަދަ މި ކާރުގެ ވެރި އަކީ ރާއްޖޭގެ ހޮޓެލް ދާއިރާގެ ނަން މަޝްހޫރު ދަޔާންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. އޭނާގެ ހައިބަތާއި މުއްސަނދިކަން ހަމައެކަނި މި ކާރުން ވެސް ދައްކުވައިދެއެވެ.
” އާމިރު އަދި ކިހާއިރެއް ވާނެތޯ؟”
ރައިޒެލް ކަންފަތާ ފޯނު ވަކި ކޮށްލުމާ އެކު އޭނާގެ ޚާއްސަ ޑްރައިވަރު ގާތު އަހާލިއެވެ.
” ދެން ނުވާނެ މާގިނަ އިރެއް ކުޑަ ސާހިބު، ވަގުތަށް އަޅުގަނޑު ގެންގޮސްދެއްވާނަން.”
އާމިރު ވެސް ރައިޒެލް އަށް ބަލާލުމުގެ ބަދަލުގައި ބެލީ އަވަހަށް ޖަވާބު ދެވޭތޯއެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ވަނީ ކުރިމަތީ އޮތް މަގަށް ހުއްޓިފައެވެ. އާމިރަކީ ރައިޒެލްގެ އުމުރުން 17 އަހަރުން ފެށިގެން އޭނާގެ ބައްޕަގެ ގާތުގައި މަސައްކަތް ކުރަން އުޅުނު މެލޭޝިޔާގެ ރައްޔިތެކެވެ. އޭނާގެ ބައްޕަގެ ކުންފުނީގެ ކާރު ޑްރައިވަރު ވެސް މެއެވެ. އާއިލާއަށް ވަފާތެރި ޚާދިމެކެވެ. އެ އާއިލާއާ އެކު އުޅޭތާ ގިނަ ދުވަސްތަކެއް ވެފައި ވުމުން ދިވެހި ބަސް ފަރިތަ ކަމާއެކު ބޭނުން ކުރަން އެންގޭ ދެބައި އުމުރުގެ ފިރިހެނެކެވެ.
މެންދުރުގެ ގަދަ ހޫނުގައި ވެސް މަގުތަކުގައި ހޭލަމާލަވެ އުޅޭ މީހުން މަދެއް ނޫނެވެ. ސުކޫލުތަކަށް ކުދިން ގެންދާ ގަޑި ކަމަށް ވުމާއެކު ގިނަ ޢަދަދަކަށް ބެލެނިވެރިންނާއި ދަރިވަރުން ފެންނަމުން ދިޔައެވެ. އޭސީ ކުރެވިފައިވާ ކާރުގެ ތެރޭގައި ރައިޒެލް އިން އިރުވެސް ލޮލޮގައި ކަޅު އަވިއައިނެއް އަޅައިގެން އިނެވެ. އޭނާ ވެސް މަގުމަތިން ދާ މީހުންނަށް ބަލަން އިނީ ” ޓްރެފިކް ލައިޓުގެ ” ފެހި އަލި ދިއްލޭނެ އިރެއްގެ އިންތިޒާރުގައި އިންދެއެވެ. މިޔަދަކީ އޭނާއަށް ވަރަށް ވެސް ބޮޑު ދުވަހެކެވެ. އޭނާގެ ބައްޕަގެ މިންނެތް މަސައްކަތުން ކޮޅަށް ޖަހައި މިޔަދު ބޮޑު ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީކޮށް ހިންގަމުންދާ އެ ކުންފުނީގެ ފުރަތަމަ ފަހަރަށް އެޅޭ ލަގްޒަރީ ހޮޓެލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް ދިޔުމަށެވެ.
މަގުގެ އެއް ފަރާތު ދުވާރު މަތިން ފުއްމަމުން ކަހަލަ ގޮތަކަށް އައި ކުޑަ ކުއްޖާ ރައިޒެލްގެ ލޮލުގައި އަޅައިގަތެވެ. މިނިވަން ކަމާ އެކު އެއްވެސް ޚިޔާލެއް ފިކުރެއް ނެތި އޭނާގެ އަމިއްލަ ދުނިޔޭގައި ވާ ފަދައެވެ. ރައިޒެލް އަށް އެ ކުޑަ ކުއްޖާގެ މޫނުގައިވި ހިނިތުންވުން އުނދަގޫ ކުރިއެވެ. ދެބުމަ ކައިރި ކޮށްލަމުން ނިތް ކުރިއަށް ރޫ އަރުވާލެވުނެވެ. އާމިރު ކާރު ނައްޓާލުމަށް ތައްޔާރު ކޮށްލީ އެވުގުތުއެވެ.
މަގުގެ އެއް ފަރާތު ދުވާރު މަތިން ފުއްމަމުން ކަހަލަ ގޮތަކަށް އައި ކުޑަ ކުއްޖާ ރައިޒެލްގެ ލޮލުގައި އަޅައިގަތެވެ. މިނިވަން ކަމާ އެކު އެއްވެސް ޚިޔާލެއް ފިކުރެއް ނެތި އޭނާގެ އަމިއްލަ ދުނިޔޭގައި ވާ ފަދައެވެ. ރައިޒެލް އަށް އެ ކުޑަ ކުއްޖާގެ މޫނުގައިވި ހިނިތުންވުން އުނދަގޫ ކުރިއެވެ. ދެބުމަ ކައިރި ކޮށްލަމުން ނިތް ކުރިއަށް ރޫ އަރުވާލެވުނެވެ. އާމިރު ކާރު ނައްޓާލުމަށް ތައްޔާރު ކޮށްލީ އެވުގުތުއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.


Girl the first paragraph is copied exactly like laara ge story.. please don’t do these kind of this.. I get that U are inspired but copying other ppls writing is plagiarism which is a crime
Hey.. laara ge which story..??
Nufilaaney thi handhaan.. nan vess hama copied..😮💨
darkqueen38 rangalhu kollaa.. komme meehakah vess hama vaahaka liyeveyne.. darkqueen ah vess hama liyeveyne.. ekamaku copy kurun eii rangalhu kameh noon.. accept kureveyne kameh vess noon..
Yeah… Characters ge names ekani change ee
Vrh reethi
Thank you