ފޯނު ކަޑާލުމަށްފަހު އެލްވިން އެސްރީން ޝޮޓް އިވާން އަށް ފޮނުވާލިއެވެ. މަގުކުރުކޮށްލަން މިފަހަރު އޭނާ އަޅާލީ ތަންކޮޅެއް ހިމަ ގޯޅިގަނދަކެށެވެ. ހިގަމުން ދަނިކޮށް ފަހަތުން އައިސް މީހަކު ކުއްލިއަކަށް އޭނާ އަނގަމަތީ ފޮތިކޮޅެއް އެޅިއެވެ. ސިއްސައިގެން ދިޔަވަރުންނާއި ގަތްބިރެއްގެ ސަބަބުން އެލްވިން އަށް ތެޅިގަނެވުނެވެ. ނަމަވެސް ހަމައެވަގުތު ލޯމައްޗަށް މަންޒަރު ފުސްވެ އޭނާ އެމީހާގެ އަތް މައްޗަށް ދެމުނެވެ.
*ޕާރްޓް*
އެލްވިން އަށް ލޯހުޅުވާލެވުނީރު ފެންނުނީ ފުސްކޮށެވެ. އަނެއްކާވެސް އެސްފިޔަތަށް ޖަހާލައިފައި އޭނާ ބަލާލިއެވެ. ވަށައިގެން ފެންނަން އޮތީ އަދިރި ކޮށެވެ. ކުރިމަތީ ހުރި އުއްބައްތީގެ އަލި ކޮޅު ފިޔަވައި އެހެން އައްޔެއް ފެންނާކަށް ނެތެވެ. އެލްވިން އިޏި ގޮނޑިއެއްގައި ބައިންދާފައި ދެއަށް ފުރަގަހަށް ލައި އައްސާފައެވެ. ދެފައި ވެސް ހަމަ އެފަދައެވެ. ކިރިޔާވެސް ގުޑިވެސް ނުލެވެއެވެ. އަނގަ މަތީވެސް ވަނީ ފޮތިގަނޑެއް އައްސާފަ އެވެ. އެލްވިން ހިތް ދިޔައީ ބާރުބާރަށް ތެޅެމުންނެވެ. އޭނާ އަށް ހަމައަށް ނޭވާވެސް ލެވެނީީކީ ނޫނެވެ. އެހާ ހިތް ބިރުގަތް ހަދާނެއް އަދި އޭނާގެ ހަދާނަކަށް ނާދެއެވެ.
އިރުކޮޅެއް ތެރޭގައި އެތަނުގެ ދޮރު ހުޅުވުނެވެ. އެތެރެެއަށް ވަދެގެން އައީ ފިރިހެނެކެވެ. އެމީހާގެ މޫނުނިވާ ކުރުމުގެ ގޮތުން ވަނީ މާސްކެއް އަޅާފަ އެވެ. އެމީހާގެ ދެލޯ ފިޔަވައި ފެންނާކަށް ނެތެވެ. އެބެލުމުގައި ވިހަ ނަޒަރެއް އެކުލެވިފަ ވެއެވެ. ތޫނު ދެލޮލެެވެ. އިސްތަށި ގަނޑު ވެސް ވަނީ ހާވާ ލެވިފައެވެ. އޭނާ ލައިގެން ހުރި ކަޅު ކުލައިގެ އަތް ދިގު ގަމީސް ވަނީ އުޅަބޮއްޓާ ހަމައަށް އޮޅާލެވިފައެވެ. މަޑު ނޫކުލައަކަށް ދާ ޖިންސް އެއް ލައިގެން ހުރީރު ފިރިހެން ވަންތަކަން ކިތައްމެ ވަރަކަށްވެސް ދައްކުވާދެއެވެ.
އެއީ އަދި މީގެން ދުވަހަކު ދެކިފައި ނުވާ މީހެކެވެ. އޭނާ މިތަނަށް ގެނައީ މިމީހާ ހެއްޔެވެ. ކޮންބޭނުމަކު ހެއްޔެވެ. އެމީހާ އެލްވިން ހަދާނީ ކިހިނެއް ހެއްޔެވެ.
“މާވަރަކަށް ތިބަލަނީ އަކީ..؟” އެމީހާ އައިސް އެލްވިން އާއި ދާދިގާތުގައި ހުއްޓި އެލްވިންގެ ދަތްދޮޅީގައި ހިފާ އުފުލާލިއެވެ. އެލްވިން އުޅުނީ މޫނުއަނބުރާލާށެވެ. ނަމަވެސް އޭނާ އެއް ދުލެއް ނުކުރިއެވެ.
“އެލްވިން ކައިރީ ބުނިން ދޯ ތިކުރަން އުޅޭ ކަންތަށް ހުއްޓާލާށޭ.. އެވަރުންވެސް އަދިވެސް ތިއުޅެނީ އިވާން ލައްވާ އެމަސަށްކަތް ކުރިއަށް ގެންދަން.. ޕިސް ޕިސް.. ބަސްނާހާ ކުއްޖެކޭ..” އެމީހާ ކުޑަކޮށް އެލްވިން އާއި ދިމާއަށް ގުދުވެލަމުން ބުންޔެވެ. އެމީހާގެ މޫނަށް ނުބަލަން އެލްވިން އިނީ ދެލޯ މަރާގެންނެެވެ.
“ހާދަ ރީއްޗޭ ދޯ މަންޖެ..” އެމީހާ އެލްވިންގެ އިސްތަށި ކޮޅެއް އިގިއްޔަށް އޮޅާލަމުން ބުނެލިއެވެ. އެލްވިން އަށް ދެން ކަންތަށް ވާނެ ގޮށް އެނގޭތީވެ ރޮވެން ފެށުނެވެ. އޭނާގެ ދޮންބެ ކޮބާހެވެ. އަޅެ ދިންބެ އޭނާ ސަލާމަށްކުރަން އަންނާނެ ނަމައެވެ.
“ރޮނީތަ.. ހަހަ.. ހާދަ ފިޑިއޭ..” އެމީހާ މާސްކް ތިރިކޮށްލިއެވެ. އެލްވިން ރަގަނޅަށް އެމީހާގެ މޫނަށް ބަލާލިއެވެ. އެއީ ފަހުން މައްސަލަ ހުށައަޅާއިރު އޭނާ އަށް މިމީހާ ހުންނަ ގޮތް ކިޔާދެވޭނެ ތީއެވެ.
“ތިޔަހާ ރީތި އަންހެން ކުއްޖެއް.. ތިހެން ފަސޭހައިން ދޫކޮށްލާނެ ކަމަށްތަ ހީއްކުރީ..” އެމީހާ ތެދުވެފައި އޭނާގެ ގަމީހުގެ ގޮށްތައް ނައްޓަން ފެށިއެވެ. އެލްވިން އަށް ދެކޮޅަށް ބޯ ހޫރާ ލެވުނެވެ. މިހެން މިކަންތަ ވުމުގެ ކުރިޔަށް އޭނާ މަރުވާނެ ނަމައޭ ވެސް ހިތަށް އަރާފިއެވެ. އެލްވިން ކޮންމެވެސް އެއްޗެއް ކިޔަން އުޅުމުން އެމީހާ މަޑު ޖެހިލިއެވެ. އަދި ކައިރިއަށް އައިސް އެލްވިންގެ އަނގަމަތީ އަޅާފައި އިން ފޮތިގަނޑު މޮހެލަ ދިނެވެ.
“އަހަރެން ދޫކޮށްލާ.. ޕްލީސް.. އަހަރެންނަށް ތިހެން ނަހަދާ.. ޕްލީސް..” އެލްވިން އަށް ދިޔައީ ގިސްލެވެމުންނެވެ.
“ނޯނޯނޯ.. އުހުން.. އެލްވިން، ބަލާ އަހަރެންނަށް ޖައްސާފަ އޮށް މަސައްކަށް ޖެހޭނެ ދޯ ފުރިހަ ކުރަންވެސް.. ތިހެން އަދި އެލްވިން ބުނާރަކަށް ދޫކޮށެއް ނުލެވޭނެ..” އެމީހާ އެލްވިން އިން ގޮޑީގައި އަތް އަޅުވާފައި ގުދުވެލިއެވެ. އޭރު އެމީހާގެ މޫނު ހުރީ އެލްވިންގެ މޫނުގައި ޖެހޭ ނުޖެހޭހައި ކައިރީގައެވެ.
“ހޫމް.. މާލަސް ނުވަނީސް އަހަރެންގެ މަސަށްކަތް ފުރިހަމަ ކުރަން ޖެހޭ..” އެމިހާ އެލްވިންގެ ކަރުން ވަސްގަނެ ލަމުން ބުނެލިއެވެ. އެލްވިން އަށް ބާރަށް ރޮއި ގަނެވުނެވެ. ހަމަ އެވަގުތު އޭނާގެ ލޯމައްޗަށް އަދިރިވިއެވެ. އެ މަޑު އުއްބައްތީގެ އަލީގައި އެމީހާ ދިޔައީ އެލްވިންގެ ގައިން ފުރިހަމައަށް އަރާމު ހޯދަމުންނެވެ. އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ. އެލްވިން ފަކީރަށް ކުރާނެ ކަމެއް ނެތެވެ. އެފަކީރު އޮތީ ހޭހުސްވެފައެވެ.
އެދުމަތީ އޮށޯ ވެލައިގެން އޮށް އިވާން އޮތީ ކަން ބޮޑުވެފައެވެ. އެލްވިން މިއަންނަނީ އޭ ބުނެ އަދިވެސް ނާދެއެވެ. އަނެއްކާ ހޮސްޕިޓަލުގައި އަނެއްކާވެސް މަސަށްކަތް ބުރަވީ ހެއްޔެވެ. އެއީވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކު މިހާރު އެއޮށްގެން 11:30 ވަނީއެވެ. އެހެން ނޫންނަމަ އެލްވިން ގުޅާފައި ތަންކޮޅެއް ލަސްވެދާނެއޭވެސް ބުނާނެއެވެ. އެކަމު މިރޭ ކަންތަށް މިދިމާވީ އެހެނެއް ނޫނެވެ. ދެހިޔާލެއްގައި ހުރެފައި އިވާން އަނެއްކާވެސް އެލްވިންގެ ނަންބަރަށް ޑައިލް ކޮށްލިއެވެ. މިފަހަރު ފޯނު އޮތީ ނިއްވާލައިފައެވެ. އިވާން ހާސްވާން ފެށިއެވެ. އެލްވިން އަށް ކަމެއް ވެއްޖެޔޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ. ދެތިން ފަހަރަކު ގުޅާފިއެވެ. ދެނީ ހަމަ އެއްޖަވާބެކެވެ. “ތިޔަ ގުޅުއްވާ ނަންބަރު މިވަގުތުވަނީ ނިއްވާލައިފައެވެ” އިވާން އަވަސް އަވަހަށް އެލްވިންގެ ފޯނު ޓްރެކް ކުރަމުން ދާތީވެ އެއަށް ބަލާލިއެވެ. އޭގެން މިވަގުތު އެލްވިން ހުރީ ކޮންތާކު ކަން އެނގިގެން ދާނެއެވެ. އިވާން ފުދޭ ވަރަަކަށް ހައިރާންވެސް ވިއެވެ. މީގެން ބުނާގޮތުން ނަމަ މިހާރު އެލްވިން ވަނީ ގަސްބޯ ޖަންގަލީ ތެރޭގަ އެވެ. އެކަމު އެލްވިން އެތަނަށް ދާންވީ ކީއްވެ ހެއްޔެވެ.
އެއްމެ ވަގުތުކޮޅެއް ވެސް ބޭކާރު ކޮށްނުލާ އިވާން ކާރު ތަޅުދަނޑި އާއި ފޯނު ހިފައިގެން ނުކުތެވެ. ކައިޒެން އަށް ވެސް ގުޅަމުންވެ.
“ހޭޔް.. ބްރޯ.. ވަރަށް އަވަހަށް ނުކުމެބަ.. މިދަނީ ބަލާ..” އިވާންގެ އަޑުގައިވީ ސީރިއަސް ކަން ފެނި ކައިޒެން ވަގުތުން އެއްބަސް ވިއެވެ.
އިވާން ކައިޒެން އަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެލްވިން ފޮނުވި ސްކްރީން ޝޮޓް ވެސް އޭނާ ދެއްކިއެވެ. ކައިޒެން ވެސް ގަބޫލު ކުރީ ކޮންމެވެސް މީހަކު އެލްވިން ގެންދިޔައީ ކަމަށެވެ. ދެމީހުންވެސް ތިބީ ހިތްއަވަސް ވެފައެވެ. އެލްވިން ހެޔޮ ހާލުގައި ހުންނާނެ ކަމެއްވެސް ނެއިންގެ އެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.


Next part Avahah up kohdhehchey pls
I will try my best darling.. V busy school interhouse otheema..
Same here bloom gurl
Trying my best!
Bloomm vhk vrh reethi 🥹 ur so talented Masha Allah 😍 vah lwbi veyy lysm tc ❤️
Aww! Thank you..
Love you too! 😘