އިވާން ކައިޒެން އަށް ހުރިހާ ވާހަކެއް ކިޔައިދިނެވެ. އެލްވިން ފޮނުވި ސްކްރީން ޝޮޓްވެސް އޭނާ ދެއްކިއެެވެ. ކައިޒެން ވެސް ގަބޫލު ކުރި ކޮންމެވެސް މީހަކު އެލްވިން ގެންދިޔައީ ކަމުގައެވެ. ދެމީހުންވެސް ތިބީ ހިތް އަވަސް ވެފައެވެ. އެލްވިން ހެޔޮ ހާލުގައި ހުންނާނެ ކަމެއްވެސް ނެއިންގެއެވެ.
*ޕާރްޓް-14*
އެލްވިން އަށް ހަމަހޭވެރިކަންވީރު އޭނާ އޮތީ ބިންމަތީގައެވެ. ތެދުވަން އުޅުމުން އެނބުރުން އަރައި ލޯމަށްޗަށް އަދިރިވިއެވެ. އެކަމަކުވެސް އެލްވިން ހިތްވަރު ކޮށްލާފައި އިށިނެވެ. އޭނާގެ ހަދާނަށް މަޑުމަޑުން އަންނަންފެށީ ކުރިން ހިގާދިޔަ ކަންތަކެވެ. އޭނާ އަށް ދެއަށް މޭތެރެއަށް ލާ ބޮޑިކޮށްލާފައި ބާރަށް ރޮއި ގަނެވިއްޖެވެ. ރޮއި ރޮއި މީހާ ވަރުބަލިވެގެން ހުރިތަމަނަށް ދެމިއްޖެއެވެ. އެލްވިން ފަކީރުގެ ހިތްވަނީ ބަރުވެފައެވެ. ނުވެސް ދަންނަ މީހަކު އެވަނީ އޭނާގެ އިއްފަތް ތެރިކަން ފޭރިގަނެފައެވެ.
އިވާން ކާރު ގޮސް ހުއްޓާލީ ފޯނުން އެލްވިންގެ ލޮކޭޝަން ދައްކާ ދިމާލުގައެވެ. ވަށައިގެންވާ ބޯ ޖަންގަތްޔަށް ނަޒަރެއް ހިންގާލައިފައި ކައިޒެން ކާރުން ނުކުތެވެ. އިވާން ވެސް ކައިޒެން ފަހަތުން ނުކުތެވެ.
“އެލް ފެންނާކަށް ނެތް..” އިވާން އިސްތަށިގަނޑުތެރެއަށް އަތް ހިންގާލައިފައި ބުނެލިއެވެ.
“އޭޔް..” ކައިޒެން އިވާންގެ ސަމާލުކަން ހޯދުމައްޓަކައި ބުނެލިއެވެ. އިވާން ބަލާލީރު ކައިޒެން ހުރީ އެތާ ހުރި ފަން ޖިފުނޑިގަޑެއް ކައިރީގަ އެވެ.
“މިތާ އެތެރެ ބަލާލަން ވީނު..؟” ކައިޒެން ބުނެލިއެވެ. އިވާންވެސް އެއްބަސް ވިއެވެ. ފުރަތަމަ އެތެރެއަށް ވަނީ އިވާންއެވެ.
އަންހެން ކުއްޖެއްގެ ގިސްލުމުގެ އަޑު އިވާންގެ ކަންފަތާއި ހަމައަށް ފޯރާފިއެވެ. އަޑުއައި ދިމާއަށް އިވާން ބަލާލިއެވެ. އެއީ އެލްވިން އެވެ. އެލްވިން އޮތީ ރޮއިލަ ރޮއިލަ އެވެ. އިވާން އަވަހަށް ގޮސް އެލްވިން ކައިރީ ހުއްޓިލިއެވެ.
“އެލް..” އިވާން ގޮވާލިއެވެ. އޭނާ އިނީ ބަސްހުއްޓިފަ އެވެ. ލޯބިވާ ކޮއްކޮ އޮތް ހާލެވެ. އަތާއި މޫނުގައި ހުރީ ވަކި އަޅުވާފައެވެ. އަތުގައި ވަނީ ދަތް އަޅާފައެވެ. އިވާންގެ ހަބަރެއް ނުވެގެން ވައިން ކައިޒެން އަށް ވެސް ވީހަމަ އެވަރެވެ. އޭނާވެސް އިނީ ބަސް ހުއްޓިފައެވެ.
ވަގުތުން އެލްވިން ހޮސްޕިޓަލަށް ގެންދެވުނެވެ. ކިތައްމެ ހިތްވަރެއް ކުރަން އުޅުނަސް އިވާން އަށް ރޮވިއްޖެވެ. ކޮއްކޮ ސަލާމަތް ނޮކޮށް ދެވުނީތީވެ އަމިއްލަ މީހާ ކުއްވެރި ކުރެވުނެވެ. ކައިޒެން އެކުވެރިޔާއަށް ހިތްވަރު ލައިދިނެވެ. މިވަގުތަކީ މިއީ ހިތްވަރު ކުރަންވީ ވަގުތުކަން ބުންޔެވެ.
ޑޮކްޓަރު އެމެޖެންސީ ރޫމުއިން ނުކުތުމާއި އެއްކޮށް އިވާން އަށް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ޑޮކްޓަރު ކައިރީ ހުއްޓެލެވުނެވެ.
“ޕެއިޝެންޓްގެ ހާލު އެހާ ރަގަނޅެއް ނޫން.. ބެލެވޭގޮތުގައި ޕެއިޝެންޓް ވަނީ ރޭޕް ވެފައި..” އިވާން އަށް ހީވީ މީހަކު އޭނާގެ މޫނުމަތީ އެތިފަހަރެއް އަޅާލިހެންނެވެ.
“އަދި ޕެއިޝެންޓް ސްޓޭބަލްވާން ވަގުތުކޮޅެއް ނަގާނެ.. އަދި ހެޔެއްނާރަ.. އެހެންވީމަ މާދަމާ ހެނދުނު ޓެސްޓް އެއްް ހަދާލައިފައި ދޫކޮށްލަން އެނގޭނީ.. އެއްމެ ރަގަނޅު ވަދެލިއަސް..” ޑަކްޓަރު އެހެން ބުނެ ހިގައިގަތެވެ. އިވާން އިނީ ހުރިތާ ގަނޑުވެފައެެވެ.
“އިވާން..” ކައިޒެން ގޮވާލިއެވެ.
އިވާން ސިއްސައިގެން ގޮސް ހިޔާލުތަކުން ބޭރުވުމައްފަހުގައި އެލްވިން އޮތް ކޮޓަރިއަށް ވަނެވެ. އެލްވިން އޮތީ ދެލޯ މަރާލައިގެނެވެ. އޭނާގެ ދެއަތުގައި އެކިތަންތާގައި ހުރީ ބެންޑޭޖް އަޅާފައެެެވެ. ކޮލުގައިވެސް ހުރީ ވަކި އަޅުވާފައެވެ. ތުންފަތްވަެސް ވަނީ ފަޅާގެން ގޮސްފައެެވެ. މިވަރުކޮށްލަން ކެރުނީ ކާކަށް ހެއްޔެވެ. އެލްވިންގެ ކުށަކީ ކޮބައިހެއްޔެވެ. އިވާންގެ ދެލޯ ކަރުނުން ފުރުނެވެ. އަވަހަށް ކަރުނަތަށް ފުހެ ލާފައި ގޮސް އެލްވިން ބާއްވައިފައި އޮތް އެނދުކައިރީ އިން ގޮނޑީގައި އިށީންދެލިއެވެ. އިވާންއަށް ވަގުތު ދީފައި ކައިޒެން ނުކުމެލީ ބޭރަށެެވެ.
އޭނާ ނުކުމެ މަޑުމަޑުން ދޮރުލައްޕާލައިފައި ފާރުގައި ލެނގިލިއެވެ. ދެލޯ މަރާލައިފައި ފުން ނޭވާއެއް އެތެރެ ކޮށްލެވުނެވެ. އިވާން އަމިއްލަ މީހާ ކުއްވެެރިކުރާނެ ވަރު އޭނާއަށް އެނގެއެވެ. އެކަމަކު އެލްވިން އަށް މިހެން ހެދީ ކާކު ހެއްޔެވެ. އެމީހަކު އެވަނީ ކުރިކަމެއް ވިއްޔާ ވަރަށް ވިސްނާފައި ކޮށްފައެވެ. އެހެން އިންދައި ކައިޒެންގެ ފޯނު ރިންގް ވާން ފެށިއެވެ. އޭނާ ފޯނުނެގިއެވެ. ދެވަނަ ސިކުންތުގައި އޭނާ އަވަސް ފިޔަވަޅުތަކެއްގައި ދިޔައެވެ.
އިވާން އެލްވިންގެ އަތުގައި ހިފާލިއެވެ. ދެއަތް ތުރުތުރު އަޅާހާލުއެވެ. އެލްވިންގެ އަތުގައި މަޑުމަޑުން ފިރުމާލައިފައި އިވާން އެލްވިންގެ މޫނަށް ބަލާލިއެވެ.
“ސޮރީ އެލް.. ދޮންބެ އަށް މާލަހުން ދެވުނީ.. ސޮރީ.. ދެން ދުވަހަކުވެސް އެލް އެކަނި ކޮށްނުލާނަން.. ކިތައްމެ ވަރުބަލި ވެފަ ހުއްޓަސް އެލް ބަލާދާނަން.. ސޮރީ..” އިވާން އަށް ހަމަ ރަގަނޅަށްވެސް ރޮވިއްޖެވެ.
އެވަގުތު އެލްވިން އޭނާ އަށް އެދި ގޮވާނެ ވަރެވެ. ސަލާމަތަށް އެދި ރޯނެ ވަރެވެ. ދޮންބެގެ ހިމާޔަތަށް އެދޭނެ ވަރެވެ. އޭނާއަށް މިވަރުގެ ކަމަކުންވެސް އެލްވިން ސަލާމަތެއް ނޮކެއް ދެވުނެވެ. އޭނާއަކީ ކޮންކަހަލަ ބޭބެ އެއް ހެއްޔެވެ. އެނދުގައި ބޯއަޅާލައިގެން އޮވެ އިވާން ދިޔައީ ރޮމުންނެވެ.
ޒައިދިން ލަސްހިގުމެއްގައި އައިސް ގެޔަށް ވަނެވެ. އޭނާ ގޮސް ސޯފާގައި އިށީނީރު ފޯނު ހިފައިގެން އެތާގައި ވިލްދާ އިނެވެ. ޒައިދިން އައިތަން ފެނުމުން ވިލްދާ ފޯނު ތިރިކޮށްލާފައި ގޮވާލިއެވެ.
“ޒައިދިން..” ޒައިދން ފޯނު ބާއްވާފައި ބޯޖަހާލިއެވެ.
“ކޮބާ.. ކިހިނެއް ކަންތަށް ދިޔައީ..” ވިލްދާ އިނީ ޒައިދިންގެ ޖަވާބެއްގެ އިންތިޒާރުގައެވެ.
“ކާމިޔާބު ކަމާއި އެކީ ނިއްމާލެވިއްޖެ.. މިހާރު އެނބޮއި ހޮސްްޕިޓަލުގަ..” ޒައިދިން ސޯފާގައި ހަމަޖެހިލަމުން ނުލަފާ ހިނިތުންވުމަކާއި އެކު ބުނެލިއެވެ.
“ބައްސަހާ ކުއްޖެއް..” ވިލްދާ ޒައިދިންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
“ތިޔަހެން ވީރު އަހަރެން މިދަނީ ހޮސްޕިޓަލަށް..” ވިލްދާ އެހެންބުނެ ތެދުވެގެން ދިޔައީ އޭނާގެ ކޮޓަރިއަށެވެ.
*ނުނިމޭ*
5 Comments!
Comments are closed.


Vrh wait kuraa story eh. This episode was amazing just like others
Whn next????
Thank you! ❤
Inshaalaah next week ga! 😊
Waitingggggggg
Story kiyaa hithun keh nukureveyyyy
Avahah up kohladhee baaaaaaa🙃🙃🙃
Looooking forward
Next episode Avahah up kohladhee ba
Plzzz! ☺️☺️