Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަލްމާޝް 24 (ފަހުބައި)

Ushaali Level 810 Stories100 Comments100 Stories500 Comments
January 26, 2016 8 Mins Read
24 Comments

“ފަހުން ބޮޑުބެ ވަރަށް މަސައްކަތްކޮށްގެން އެކަމުގައި ބައިވެރިވި މީހުން ފުލުހުންނާއި ހަވާލުކުރީ… ﷲ ގެ އިރާދަފުޅުން ގެވެސް ނިމާނަށް ލިބުނީ….” ސަމަދު ބުނެލިއެވެ. ނިމާންގެ ކެތްތެރިކަމަށްޓަކައި ފަޒްނާ އުފަލުން ފުރުނެވެ. ކަރުނުން ފުރިފައިވާ ދެލޮލުން އަލްމާޝް ނިމާންއަށް ބަލާލިއެވެ. އެމޫނުމަތިން ފާޅުވާން ހުރީ އިންތިހާދަރަޖައިގެ ހިތާމައެވެ. އެވަގުތު ތަނުގެ ހަމަހިމޭންކަން ފޫއަޅުވާލީ އަލްމާޝްގެ މަޑުމަޑު ގިސްލުމުގެ އަޑުންނެވެ. ސިހިފައި ނިމާން އަލްމާޝްއަށް ބަލާލުމަށްފަހު އަލްމާޝް ގަޔާ ކައިރިކޮށްލާ ނިއްކުރީގައި ތުންފަތް ޖައްސާލިއެވެ. އެހިނދު އެތަނުގައި ހުރި ކޮންމެ މީހަކުވެސް އެމީހަކުގެ ލޮލުން ފޭބި ކަރުނަތައް ފޮހެލިއެވެ.

ރޭގަނޑުގެ ބޮޑުބައެއް ވޭތުވެ ގަޑިން މެންދަމު އެކެއްޖެހީ އިރު ވެސް އަލްމާޝްއާއި ނިމާން ނުނިދައެވެ. ދެމަފިރިންނަށް މިނިވަންކަން ދިނުމަށްފަހު ފަޒްނާ މާޝަލް ގޮވައިގެން އޭނާގެ ކޮޓަރިއަށް ބަދަލުވީއެވެ. އެކެއް އަނެކަކުގެ އަތުގެ ތެރޭގައި ނިމާން އަދި އަލްމާޝް ވީއިރު އެބޮޑު އެނދުގެ އެއްފަރާތުގައި މިކްޔަން ބާއްވާލާފައި އޮތެވެ. ނިމާންގެ ހަށިގަނޑުގެ އެކި ހިސާބުގައި ހުރި ލަކުނުތަކުގައި އަލްމާޝްގެ އަތް ޖައްސުވަމުން ދިޔައިރު ވެސް އެދެލޯ ހުރީ ކަރުނުން ފޯވެފައެވެ.

“މާން…އަހަރެންގެ ހަށިގަނޑުން ބޭރަށް ނެތް ލަކުނެއް ފެންނާކަށް… އެކަމަކު މިވީ ދުވަސްތަކުގައި މި ހިތުގައި ވަނީ ވަރަށް ލަކުނު ލެވިފައި. ދިރިހުރީ އަހަރެމެންގެ ދެކުދިންނަށްޓަކައި.. ހިތުގެ ކަނެއްގައި އަބަދުވެސް އުއްމީދު އޮތް މާން އެނބުރި އަންނާނެކަމުގެ….އަހަރެންގެ ކައިވެނި ލަކީ އާއި…….. ” އަލްމާޝްއަށް ބުނެވުނީ އެެވަރަށެވެ. އަލްމާޝްއަށް ބުނެވުނު އެއްޗަކުން ކަންނޭނގެއެވެ. ނިމާން ކުޑަކޮށް އުފުއްލިލާ އަލްމާޝްގެ މޫނަށް ބަލާލިއެވެ. އެވަގުތު އަލްމާޝްގެ ސިކުނޑި ވިސްނާދިނީ ނިމާންއަށް އެއްވެސް ކަމެއް ސިއްރުކޮށްފައި ނުބޭއްވުމަށެވެ. އެހެންކަމުން ލަކްޔަންގެ ވާހަކަ ފެށިގެން ނިމެންދެން ނިމާންއަށް ކިޔާދިނެވެ. އަލްމާޝް ހީކުރި ގޮތާ ހިލާފަށް ނިމާން އަލްމާޝްގެ ހަށިގަނޑު އިތުރަށް ގަޔާލާ ފިއްތާލާ ތުންފަތުގައި ބޮސްދިނީއެވެ. ވެނިމިފައިވާ ކަންތަކުގެ ވާހަކަ ނުދައްކާ ދެކުދިންގެ މުސްތަގުބަލާ ދޭތެރޭ ވިސްނަން ހިނގާށޭ ނިމާން ބުނެލީ ހީލާފައެވެ. އެކަމަކު އޭގެ ކުރިން އަލްމާޝްގެ ފަރާތުން ނިމާން ކަމެއް ބޭނުންވެގެން އުޅޭކަން އެނގުނީ ނިމާންގެ އަމަލުތައް އެވަގުތު ހުރި ގޮތުންނެވެ. އަލްމާޝް ލައިގެން އޮތް މަޑު ފިޔާތޮށި ކުލައިގެ ނައިޓީގެ ކޮނޑުގައި އިން ވާގަނޑު ނިމާން ދޫކޮށްލުމާއެކު ކަރުނައިގެ ތެރޭންވެސް އަލްމާޝް މޯޅިވެލާ ނިމާންގެ މޭގައި އިތުރަށް ބޮނޑިވެލީއެވެ.
އާދުވަހަކާ ދެމަފިރިންވެސް ކުރިމަތިލީ އާ އަޒުމްތަކަކާއި އާ އުއްމީދުތަކެއް ހިތުގައި ކަނޑައަޅަމުންނެވެ. ދެމަފިރިން އެކުގައި ފެންވަރާލައިގެން ރީތިވެލައިގެން ކޮޓަރިން ނިކުތްއިރު ނިމާންގެ އަތް މަތީގައި މިކްޔަން ހީލައިގެން އިނެވެ. ދަރިފުޅާ ސަކަރާތް ޖަހަމުން އެކުގައި ކާކޮޓަރިއަށް ވަންއިރު އެމީހުންނަކީ ދިރިއުޅުމުގައި ހިތާމަތަކެއް ތަހައްމަލްކޮށްފައިވާ ބައެކޭ އެއްވެސް މީހަކު ނުބުނާއެވެ. ދުރުގައި މަންޒަރު ބަލަން ހުރި ފަޒްނާ ހިތާހިތުން ﷲ ޝުކުރު ކުރީ އެންމެފަހު ވަގުތު އޭނާގެ ދަރިންގެ ދިރިއުޅުން ސަލާމަތްކުރެއވީތީއެވެ. ” ދެދީ….މާލް ކާނީ ދެދީގެ ތަށިން…މާލް ބޭލަށްވެސް ދާނީ ދެދީއާއެކު.. ފެންވަލާނީވެސް…ދޯ މަންމީ…” މާޝަލް އިށީނދެގެން އިން ގޮނޑިއާއި ނިމާން އަރާ ހަމަވިތަނުން  އިން ގޮނޑީގެ މައްޗަށް އަރާ ނިމާންގެ ކަރުގައި ބައްދާލީ އެވަގުތު ނިމާންގެ އަތުގައި އިން މިކްޔަންއަށް ވެސް ބަލާނުލައެވެ. ހުޝިޔާރުކަމާއެކު އަލްމާޝް ނުހިފިނަމަ ކޮންމެސް އެކަކު ތިރިއަށް ވެއްޓުނީހެވެ. ނިމާންވެސް މާޝަލް އުރާލަމުން ކޮލުގައި ލޯބިކޮށްލީ އެކުއްޖާއަށްޓަކައި ނިމާންގެ ހިތުގައިވާ ލޯބި އުތުރި އަރާތީއެވެ. “ހިނގާދޯ ޑެޑީއާއެކު ސައިބޯން” ނިމާން ގޮނޑީގައި އިށިނީ މާޝަލް އުނގުގައި ބައިންދަމުންނެވެ. އަލްމާޝް ފަޒްނާ ކުރެން މަނިކު ކޮބާތޯ އެހީ ސައިމޭޒުން ނުފެންނާތީއެވެ. ބަދަލުގައި ފަޒްނާ ބުނީ ލަސްވުމުން އަވަހަށް އޮފީހަށް ވަދެލަން ސައި ބޮއެގެން ދިޔައީ ކަމުގައެވެ. އެންމެން ސައި ބޮމުންދިޔައިރުވެސް މާޝަލް އަނގަ ގަދަ ކުރަމުން ދިޔައެވެ. ނިމާންއަށް ހުރިހާ ވާހަކަތަކެއް ކިޔާ ދެމުން ގޮސް ކާޓޫންތަކުން ވާގޮތް ވެސް ކިޔާދިނެވެ. ބަދިގެއިން ކުޅިމަސްކޮޅު ހިފައިގެން ނިކުތް ފަޒްނާގެ ހިނގުމަށް ހުއްޓުމެއް އައީ މާޝަލް ބުނެލި އެއްޗަކުންނެވެ. “ދެދީ..މާލްއަށް މާމަގެ ދަންގިޔާ އެއްދުވަހަކުން ފެނިއްޖެ” ނިމާން އަނގައަށްލާން ދިމާކޮށްލި ރޮށިކޮޅު ޖެހުނީ މަޑުޖައްސާލާށެވެ. ދެފަރާތް ހޯދާ ބަލާލީ ފަޒްނާ ފެންނަން ހުރިތޯއެވެ. ނިމާން މޫނުގައި އަތް އެޅީ ފަޒްނާ ފެންނަން ނެތްކަމަށްޓަކައި އުފާކުރަމުންނެވެ. ނިމާން ނޭނގުނީ ފަޒްނާ ލަދުން ބަދިގެއިން ނިކުންނަން ނުކެރިފައި ހުރި ކަމެވެ. އަލްމާޝް ވެސް ދެލޯ ބޮޑުކޮށްލަމުން މާޝަލްއަށް ބަލާލިއިރު އަނގަމަތި އެކުޑަ ކުޑަ އަތްތިލައިން ފޮރުވާލައިގެން އިނދެ ހެނީއެވެ. އަލްމާޝްއަށް ވެސް ހެވުނީ މާޝަލް އިންލެއް ލޯބިކަމުންނެވެ.

“ދަރިފުޅު ބުނާނެ މާފައޭ އެންމެ އަނގަ ގަދައި މިގޭގަ….މާލް މިއަދު މާބޮޑަށް އަނގަ ގަދަ އެހެންވީމަ… މާފަ މޮޅުވީ… މާލް ބަލިވީ…” އަލްމާޝް އެހެން ބުނުމުން މާޝަލް މަޑުމަޑުން އިނދެގެން ކާންފެށިއެވެ.

 

ހަވީރުގެ ހިތްގައިމު ވަގުތެވެ. އާރޓްފިޝަލް ބީޗުގެ ގޮނޑިއެއްގައި ނިމާންއާއި އަލްމާޝް އިށީނދެގެން ތިބިއިރު އަލްމާޝްގެ އަތުގައި އޮތް ޕޮޕްކޯން ކޮތަޅުން އެތިކޮޅެއް ކާލައެވެ. ދުރުގައި ދުވެދުވެ ހުރި މާޝަލް ވެސް އިރުއިރުކޮޅުން އައިސް އެތިކޮޅެއް ކާލައެވެ. ދޮންތި ފަހަތުން ކުދި ފިޔަވަޅުތަކެއްގައި މިކްޔަން ވެސް އުޅެއެވެ.. މާޝަލް ސަކަރާތްޖަހާ މަންޒަރު ފެނުމުން މިކްޔަންއަށް މަޖާވަނީއެވެ. އެގޮތުން މާޝަލް ދުވެލާފައި ކައިރިއަށް އަންނަ މަންޒަރު މިކްޔަންއަށް ފެނުމާއެކު ވަރަށް ބާރަށް ހިނިގަނޑު ޖަހާލިއެވެ. ނިމާން ލޯބިން މިކްޔަން އުފުލާލާ ކޮލުގައި ބޮސްދިނެވެ. “ވަލުބަލިވީ މަންމީ” އުނަގަނޑުގައި ދެފަރާތުން އަތްއަޅައިގެން ކުޑަކޮށް ގުދަށް އޮތް މާޝަލް ފެނުމުން އަލްމާޝް ކައިރިއަށް ހިނިއައެވެ. ބޮޑުމީހަކާ ތަފާތެއްވެސް ނެތޭ އަލްމާޝްގެ ހިތަށް އެރިއެވެ. އިތުރަށް އެންމެ ހިނދުކޮޅެއްވެސް މަޑުނުކޮށް އަލްމާޝް މާޝަލް ނަގާ ބޭންދީ އުނގުގައެވެ. އެވަގުތު ނިމާންގެ އުނގުގައި އިން މިކްޔަން މާޝަލް އަށް ވަރަށް ލޯބިން ބަލާލަމުން ހީލިތަން ފެނުމުން ނިމާންއާއި އަލްމާޝްއަށް ހެވުނެވެ. މާޝަލް އައިސްކްރީމް ބޯން ބޮޑާހާކަން ފެށުމުން އަލްމާޝް އާއި ނިމާން އެއްކޮށް ހިނގައިގަތީ މިއަދު އައިސްކްރީމް ދޭނެކަމަށް މާޝަލް ކައިރީގައި ވައުދެއްވެފައި އޮތުމުންނެވެ. ތަންކޮޅެއް ދުރުގައި ހުރި ޑަސްބިނަށް އަތުގައި އޮތް ކަރުދާސްގަނޑު ވައްޓާލުމަށްފަހު މާޝަލްގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތް އަލްމާޝްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އަލްމާޝްއަށް ބަލަން ދުރުގައި ހުރި މީހަކު ކުއްލިއަކަށް ނިވާވެލުމުންނެވެ. އެމީހަކާއި އަލްމާޝް އަށް ވައްތަރުވީ ލަކްޔަންއާއެވެ. ކަމަކަށް ނުހަދާ އަލްމާޝް ނިމާންއާ އެއްކޮށް ކުރިއަށް ހިނގައިގަންނަމުން ދެވަނަ ފަހަރަށްވެސް ފަހަތަށް ބަލާލިއެވެ. މިފަހަރުވެސް އެމީހެއްގެ ހިލަމެއް ނުވުމުން އަލްމާޝްއަށް ހީވިގޮތެއްކަމަށް ހީކޮށް ތަންކޮޅެއްބާރަށް ހިނގައިގަތީ ކައިރީގައި ހުރި މާޝަލް އަތްމައްޗަށް ލަމުންނެވެ.

 

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ގޮސް އެއްހަފްތާ ވެގެން ދިޔައީއެވެ. އަލްމާޝްގެ އާއިލާއަކީ އެންމެ އުފާވެރި އާއިލާއޭވެސް ބުނެވިދާނެއެވެ. މަނިކުގެ ބުރަ މަސައްކަތުން ނިމާންއަށް އޭނާގެ ވަޒީފާ ކުރީގެ ވަޒީފާ އޭޑީކޭ އިން ހަމަޖައްސައިދިނެވެ. ނިމާން ހުރީ އެހިޔާލް މުޅިން ދޫކޮށްލައިގެންނެވެ. ނަމަވެސް އަލްމާޝް އާއި ފަޒްނާގެ އެތައް ނަސޭހަތަކުން އެއްބަސް ކުރުވީއެވެ. މަނިކުގެ ވިޔަފާރިވެސް ހިންގަން ނިމާންއާއި ހަވާލުކޮށް ލިޔެކިޔުންތަކުގައި ސޮއި ކުރުވިއެވެ. އަލްމާޝް ރެސްޓްވީއެވެ. ވިޔަފާރީގެ ހުރިހާ ކަމެއް އޮޅުންފިލުވަދިނީ ލަކްޔަންއެވެ. ތިންދުވަސް ވަންދެން ލަކްޔަންއާއެކު ނިމާންއަށް އޮފީސްތެރޭގައި އުޅެންޖެހުނެވެ. އެހުރިހާ ވަގުތުތަކުގައި ވެސް ނިމާންއަށް ފާހަގަވީ ލަކްޔަންގެ އޯގާތެރިކަމެވެ. ހިތްހެޔޮކަމެވެ. ކުދިންގެ ހާލު އޮޅުންފިލުވާ ހެދިއެވެ. އަލްމާޝްގެ ވާހަކަ ނޭހީ ނުކެރިގެން ކަމަށް ހީކޮށް ނިމާން އަމިއްލައަށް އަލްމާޝް ވެސް ރަނގަޅުކަމުގައި ބުންޏެވެ. ނިމާންގެ އެނބުރި އައުމަށްފަހު އަދި އަލްމާޝްއާއި ލަކްޔަން އެއްވެސް ވަރަކަށް ކޮންޓެކްޓް ކޮށްފައެއް ނުވެއެވެ. އަލްމާޝްގެ އަޑު އަހާލާހިތުން ލަކްޔަންގެ ކަންފަތް އުދުހިގަންނަވަރު ވެފައިވެއެވެ.

ނިމާންގެ އެނބުރި އައުން ފާހަގަކޮށް މުޅި އާއިލާ ރިސޯރޓަކަށް ދާގޮތަށް ހަމަޖެހުނެވެ. އަދުނާން އިސްނަގައިގެން މިކަން ކޮށްދިނީ ލޯބިވާ އަނބިމީހާއަށްޓަކައެވެ. އެރިސޯޓަކީ އަދުނާންގެ އަމިއްލަ ރިސޯރޓެއްކަމުން އާއިލާ ހުރިހާ މެންބަރުންވެސް ދާން އެއްބަސްވީ މިނިވަންކަން އޮންނާނެތީއެވެ. އަލްމާޝްގެ އެދުމަކަށް އަފާފް އަދި ދިފްރާން އަދި ނާފްވެސް ބައިވެރިވާގޮތަށް ހަމަޖެހުނެވެ.

ރޭގަނޑުގެ ކެއުމަށްފަހު ދަތުރުގެ ކަންތައްތައް ރާވާ ހިންގުމަށްޓަކައި ނިމާން ، އަލްމާޝް ، ދިފްރާން ، އަފާފް އަދި ދީމާ އާއި އޭނާގެ ފިރިމިހާ ޔޫސުފް އަދި ނާފްވެސް ސިޓިންގްރޫމުގައި އިނެވެ. އަލްމާޝްގެ އެދުމުގެ މަތިން އަފާފްވެސް ނިދާގޮތަށް ހަމަޖެހުނީ އެގޭގައެވެ. ކިތަންމެ ދަންވިޔަސް ދީމާ ނިދަން ބޭނުމީ ގޭގައޭ ބުނީ ކުރީގައި ކަންތައްވެފައި އޮތް ގޮތުން އެގޭގައި ނިދަން ނުކެރުމުންނެވެ. ރޫހީއާއި ޖޫލްގެ މަޖާ ޖޯކްތަކުން ތަނުގެ ހަމަހިމޭންކަން ކަނޑުވާލާފައިވެއެވެ. މަސައްކަތުގައި ހަރާކާތްތެރިވަމުން ދިޔަ ހުރިހާ މީހުން ސިއްސައިގެންދިޔައީ މާޝަލް މަންމީއޭ ކިޔާ ގޮވާލި އަޑަށެވެ.

“މަންމިގެ ޕެޓީ މާލް ބޭގަށް ލާބާ”  މާޝަލްގެ އަތުގައި އޮތް އެއެްޗެއް ފެނުމުން އަލްމާޝް ލަދުން އިސްޖަހާލިއެވެ. ހުރިހާ ފިރިހެންވެރިން ވެސް އެދިމާލަށް ބަލާލުމަށްފަހު ނޫންކަމަށް ހެދިއިރު ހަގީގަތުގައި އަލްމާޝް ލަދުގަންނާނެވަރު އިހުސާސް ކުރެވޭނެއެވެ. އިސްޖަހާލައިގެން އިން އަލްމާޝްއަށް ނިމާން ބަލާލުމާއެކު އެހިތުގައި ހަމްދަރުދީ އުފެދުނެވެ. އަފާފް އާއި ދީމާ އަދި ރޫހީއާއި ޖޫލް ވެސް ތިބީ ލަދުން އިނގިލީގައި ދަތްއަޅާލައިގެންނެވެ. އަލްމާޝް އެންމެ ލަދުގަތީ މާޝަލް އެ ހިފައިގެން ކައިރިއަށް އައުމުންނެވެ. ދެލޯ މަރާލި އަލްމާޝް ގަތްލަދުން ބިން ފަޅާލާފައި އަޑިއަށް ދާނެ ނަމައޭ ހިތަށް އެރިއެވެ. ވާނީވެސް އެހެންތާއެވެ. މާޝަލް އަތުގައި އެއޮތީ އަލްމާޝްގެ ބްރާއެކެވެ. ވަގުތުގެ ނާޒުކު ކަން ވިސްނުނީކަންނޭނގެއެވެ. އަލްމާޝް ކައިރީގައި ހުރި މާޝަލް އުރާލައިގެން ސިޑިން މައްޗަށް އެރީ އަފާފްއެވެ. އޭރުވެސް މާޝަލް އަފާފްއާއި އެކި ވާހަކަދައްކަމުން ދިޔައެވެ. މުޅި މާހައުލު ހަމަހިމޭންވެފައި އޮތްއިރު ތަނުގެ ހިމޭންކަން ކަނޑުވާލީ އެވަގުތު އެތަނަށް ހުއްޓުނު އަފާފްއެވެ. އަފާފް ބުނި އެއްޗަކުން ލަދުގަނެފައި އިން އަލްމާޝް ވެސް ސިހިފައި ބަލާލީ ގޭ ދޮރާ ދިމާލަށެވެ. “ޝަހާ….ޝަހާ….” ކުއްލިއަކަށް ފެނުނީ ކުޑައިރުގެ ތިން ރަހްމަތްތެރިން އެކަކު އަނެކަކު ގައިގާ އޮޅުލައިގަތްތަނެވެ. ޝަހާނާގެ ފަހަތުގައި ހުރި ޖިނާން ނިމާންއަށް ފެނުމާއެކު ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ދެމީހުން ކުޑަކޮށް ބައްދާލުމަށްފަހު އިރުގަނޑެއް ހޭދަކޮށްލިއެވެ. އަލްމާޝް ބާކީ ތިބި މީހުންނަށް ޝަހާނާ ތައާރަފްކޮށްދިނެވެ. ހަމަ އެގޮތަށް ނިމާން ޖިނާން ވެސް ތައާރަފްކޮށްދިނެވެ. އަލްމާޝް އެންމެ އުފާވީ އެދަތުރުގައި ޝަހާނާ ވެސް ބައިވެރިވާކަން އެނގުނީމައެވެ. މީގެ ކުޑަ އިރުކޮޅެއްކުރިން ލަދުގަނެފައި އިން އަލްމާޝް މޫނު މަތިން މިހާޜު ފެންނަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. އަދި ޝަހާނާ އިނީ ބަލިވެ ކަން އެނގުމުން އެންމެ ދިމާކުރީ ވެސް އަލްމާޝްއެވެ.

 

ދަތުރަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖެއްސުމަށްފަހު އަނެއް ދުވަހު މެންދުރުފަހު ފުރާ ވާހަކަ އަޒްމާ ބުނީ ފޯނުކޮށްފައެވެ. ތިން ދުވަހުގެ ދަތުރަކަށްވާތީ އަލްމާޝް ނިދުމުގެ ކުރިން އެންމެންގެ ފޮށިތައް ބޭނުންވާނެ ތަކެއްޗާއެކު ބަންދު ކުރިއެވެ. މާޝަލްގެ ކުޑަބޭގް ބަންދުކޮށް ނިމުމުން ފަޒްނާގެ ކޮޓަރީގައި ޓަކި ޖަހާލީ ނިދުމުގެ ކުރިން މާޝަލްގެ މޫނު ދެކިލާހިތްވުމުންނެވެ. އޭރު ފަޒްނާ މާޝަލް ހީސްލައްވާލައިގެން ފާހާނާއިން ނިކުންނަނީއެވެ. “މަންމީ” ނިދިން ގޮސް ދެލޯ މެރެމުން ދިޔައިރުވެސް އަލްމާޝް ފެނުމާއެކު މާޝަލް ގޮވާލީ ވަރަށް ލޯބިންނެވެ. އެވަގުތު އަލްމާޝް ކައިރިވެލާ ވަރަށް ލޯބިން މާޝަލް އުރާލުމަށްފަހު ކޮލުގައި ބޮސްދިނެވެ. “މަންމި ދޫނި މާމައާއި މާފަގެ ބަސް އަހައިގެން ޝަހާދަތް ކިޔާގެން ނިދާލާ އެނގޭ ޕްރިންސަސް…މޯނިންގްގަ ޖެހޭނެ ވަރަށް އަވަހަށް ތެދުވަން…މާލްއަށް ބުށްތަށި ބޮވޭނީ ލަހުންނެއްނު ދޯ” އަލްމާޝް މާޝަލްއާއި ވާހަކަދެއްކީ ނިކަން ލޯބިންނެވެ.

ބަދިގެއަށް ވަދެ ފެންފުޅިއެއް ހިފައިގެން އަލްމާޝް ނިކުމެ ވަކި ހިސާބަކަށް ދިޔަތަނާ ފޯނެއް މެސެޖެއް އައިސްގެން ބަލާލުމަށްފަހު ހައިރާންވެގެން ތުންފަތުގައި ދަތް އަޅާލިއެވެ. ދެވަނަ ފަހަރަށް ފޯނި ބަލާލީ ގަޑިން ވީއިރެއް ބަލާލަން ވެގެންނެވެ. އޭރު ބަރާބަރު އެގާރަ ޖެހީއެވެ. އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިއަށް ވަންއިރު ނިމާން މިކްޔަންއާއި ސަމާސާ ކުރުމުގައި އެނދުގައި އޮތެވެ.

“ހިނގާދާން…. މުހިއްމު ކަމެއްގައި ކަންނޭނގެ އެބުނީ…ޝޯނާ ޗޭންޖް ކޮށްގެން މިކްބޭބީ މަންމަ ކޮޓަރިއަށް ލާފައި ނިކުމޭ ބޭރަށް. މިދަނީ ކާރު ނެރެން” ވަރަށް ބޮޑު ކަމަކު ބައްދަލުކުރަން ލަކްޔަން އެދިފައި އޮތުމުން ދާން ބޭނުންނުވި ނަމަވެސް ނޫނެކޭ ބުނަން ނުކެރުނީއެވެ. އަވަސްއަވަހަށް އެބަދަން ޖަހާލާފައި ލަކްޔަންއަށް ރިޕްލައި ކޮށްލިއެވެ. ދެވަނަ ފަހަރަށް ފަޒްނާއަށް އުނދަގު ނުކުރަންވެގެން މިކްޔަން ހަވާލުކުރީ މިރޭ އެގޭގައި މަޑުކޮށްގެން ހުރި އަފާފްއާއެވެ.

ލަކްޔަން ބުނި އެޑްރެހަށް ގޮސް ފުރަތަމަ ފަންގިފިލާއަށް އަރާ ދެފަހަރަކު ބެލް އަޅާލުމުން ދޮރު ހުޅުވީ ބޭރު އަންހެނެކެވެ. ކުރިމަތީގައި ތިބި އަލްމާޝްއާއި ނިމާން ފެނުމުން އެމީހާ ވަރަށް އަދަބުވެރިކަމާއެކު އެތެރެއަށް ވަދެ އިށީންނަން ތަންދެއްކިއެވެ. އެމީހާ ކައިރީގައި ލަކްޔަން ކޮބާހޭ އެހުމުން އިނގިލި ދިއްކޮށްލީ އެންމެ ކައިރީގައި ހުރި ކޮޓަރިއާއި ދިމާލަށެވެ. އަލްމާޝް ނިމާންއަށް ބަލާލުމުން  ނިމާން ބޯޖަހާލުމާއެކު މަޑުފިޔަވަޅުތަކެއްގައި ގޮސް އެކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. ބެލްކަނީގައި ހުރި ލަކްޔަންއަށް އެކޮޓަރިއަށް އަލްމާޝް ވަންކަން އެނގުނީ އަބަދުވެސް އެނޭފަތުގައި ހިފާފައި ހުންނަ މަޑުމަޑު މީރު ވަހުންނެވެ. އަލްމާޝްއާއި ލަކްޔަން ހަތަރުކަޅި ހަމަވުމާއެކު ލަކްޔަން ހުރީ ވަރަށް ގަދައަށް ރޮއެފަކަން އެނގުނީ ރަތްވެފައިވާ ދެލޮލުންނެވެ.

“ސޮރީ މާޝް..އުނދަގު ކުރެވުނީމަ…” ލައިގެން ހުރި ޓްރެކްޝޫޓަށް ދެއަތް ޖަހާލަމުން އަލްމާޝް ކުރިމަތީގައި ލަކްޔަން ހުއްޓިލިއެވެ. އަބަދުވެސް އުޖާލާކަމެއް ހުންނަ އެ މޫނުމަތީގައި މިއަދު އެއްވެސް ކަހަލަ ދިރުމެއްނެތެވެ.

“އިޓްސް އޯކޭ ލަކީ… ޓެލްމީ….ވަޓް ހެޕެން؟” އަލްމާޝް އަހާލިއެވެ.

“މާދަމާ ހެނދުނު ފްލައިޓުން ފުރަން މިއުޅެނީ… ދެން ނާންނަ ގޮތަށް….ހިތަށް އެރީ މާޝް ކައިރީގައި ބުނެލާނަމޭ…” އަލްމާޝްގެ ލޮލަށް ބަލަހައްޓައިގެން ހުރެ ލަކްޔަން ބުނެލިއެވެ.

“ވަޓް…. ކީއްވެ ދަނީ……ސޮރީ……” ކުރެވުނު ކަންތައް ހިތަށް އެރުމުން އަލްމާޝް ބުނެލިއެވެ.

“މާޝް… މިއަންނަ މަހު ބާވީހުގައި މަށަށް ތާރޓީ ފުރޭނެ…އަހަރެން ބޮޑުވެ ފުރާވަރަށް އެރިއްސުރެ ފެށިގެން މާތްﷲ އަހަރެން ހިތުގައި ލޯބިލެއްވި ހަމައެކަނި އަންހެންކުއްޖަކީ ތީ… މާޝް އަހަރެން މޮޔަ ކޮށްލައިފި.. މިދުނިޔެއަށް މާޝް ނުލާ އެންމެ ނޭވައެއް ލުމަކީވެސް މަށަށް ދަތި ކަމެއް. ފަހަރެއްގައި ވެސް ހީނުކުރައްޗެ އަހަރެން މިއުޅެނީ މާޝްއާއި ނިމާން ދޭތެރަށް ވަންނާށޭ… އަހަރެން އެހާ ނުލަފާ ނުވާނަން… އެނގޭ ލޯބިވުމަކީ ހާސިލް ކުރުމެއް ނޫންކަން…ތިދެމަފިރިންގެ ކައިވެނީގައި މާތްﷲ ބަރަކާތްލައްވާށި….އެކަމަކު ދުވަހެއްގައި ވެސް ނިމާން މާޝް ދޫކޮށްލައިފިއްޔާ ހަބަރެއް ވެލައްޗެ… މާޝްގެ ސާޅީސް ދަރިން ހުރިކަމުގައި ވިޔަސް ދުލެއްނުކުރާނަން…މިދުނިޔެ މަތިން މިހިތް އެދުނު އެކަނި މީހަކީ ތީ… ދުވަހެއްގައި ވެސް މިހަޔާތަށް ދިވެހި އަންހެންކުއްޖެއް ނުގެންނާނަން… މީހަކާ ނީންނާނަމޭ ނުބުނާނަން.. އެކަމު ތިލޯބި މިހިތުން ފަނޑެއްނުވާނެ… މާޝްދެކެ ވަރަށް ވަރަށް ލޯބިވޭ…. އަބަދުވެސް ލޯބިވާނަން…..ނޭނގެ ކީއްވެކަމެއް ފުރުމުގެ ކުރިން މާޝް ދެކިލާހިއްވީ… މިވާހަކަތައް ބުނެލާހިއްވީ….ލޯބިވާވަރު އަންގަދޭން ބޭނުންވީ….” ލަކްޔަން ވާހަކަދެއްކީ އަލްމާޝްއަށް ފުރަގަސްދީގެން ހުރެއެވެ. މިފަހަރުވެސް އަލްމާޝްގެ ދުލުން ބޭރުވީ އެންމެ ލަފްޒެކެވެ. “ސޮރީ” އިސްދަށަށް ޖަހާލައިގެން ހުރި އަލްމާޝް ހުރީ ދެއަތްދެއަތާއި މޮޑެލަމޮޑެލައެވެ.

“މާޝް މަށާ ސަލާންވެސް ނުކުރާނަންތަ؟” އަލްމާޝް އިސްއުފުލާލީ ލަކްޔަންއާއި ސަލާންކޮށްލުމަށެވެ. އަލްމާޝްގެ އަތްތިލައިގާ ހިފައިގެން އިރުކޮޅަކު ހުރުމަށްފަހު ލަކްޔަން ދޫކޮށްލީ ހިތާ ދެކޮޅަށެވެ.  މުޅި އުމުރަށް އެއަތުގައި ހިފޭނެނަމައޭ އެވަގުތުކޮޅު ހިތަށް އެރިއެވެ. ލަކްޔަން އަތުން ދޫކޮށްލުމާއެކު މަޑުފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުންނަން ހިންގައިގަތް އަލްމާޝް ހުއްޓުނީ ދެވަނަ ފަހަރަށް ލަކްޔަން ގޮވާލީމައެވެ.

“ދިއުމުގެ ކުރިން އެންމެ ފަހަރަކު ހަގް ކޮށްލަން ބޭނުން… ޕްލީޒް ވަން ލާސްޓް ހަގް…. އުމުރުގަ ވެސް މީ މާޝް ކައިރީގައި އެދޭނެ އެންމެ ފަހު ކަންތައް…ޕްލީޒް” އަލްމާޝް ބަހެއް ނުބުނެ ހުރުމުން ލަކްޔަން ކުރިއަށް ޖެހިލާ އަލްމާޝްގެ ގެނެސް މެއާއިލާ ބޮނޑިކޮށްލިއެވެ. އެވަގުތުކޮޅު ދިހަ ގަރުނައަށް ދިގު ދެމިގެންދާނެ ނަމައޭ ލަކްޔަންގެ ހިތަށް އެރިއެވެ. ލަކްޔަން ހިފާފައި ހުރިލެއް ބާރުކަމުން އަލްމާޝްއަށް ނޭވާ ލާންވެސް ދަތިވިއެވެ. އެކަމަކު ލަކްޔަން ދުރުކޮށްލާކަށް ނުކެރުނެވެ.  ކުއްލިއަކަށް އަލްމާޝް ދުރުކޮށްލުމަށްފަހު އަލްމާޝްގެ ދެއަތްތިލަ ނަގާ ލަކްޔަން ތުންފަތް ޖައްސާލުމަށްފަހު އަލްމާޝްގެ ތުންފަތާ ކައިރިވެލިއެވެ. ކުއްލިއަކަށް އަލްމާޝްގެ ބޮޑު ދެލޯ ލަކްޔަންއަށް ފެނުމާއެކު އަތުން ދޫކޮށްލުމަށްފަހު ބާރު ހިނގުމެއްގައި ފާހާނާއަށް ވަދެ ދޮރު ލައްޕާލިއެވެ. ކުރެވެން އުޅުނު ކަންތައް ވިސްނުނީ ކަންނެނގެއެވެ. އެކޮޓަރިިން ނިކުތުމުގެ ކުރިން އަލްމާޝް ޝޯލްގެ ބަޔަކުން މޫނު ފޮހެލާ ހަމަޖެހިލީ ހާސްކަން ފިލިވާލުމަށެވެ. ގެއަށް ދިޔަ މަގުމަތީގައި ނިމާން ނުއެހިއެއްކަމަކު އަލްމާޝް ލަކްޔަން ދެއްކި ވާހަކަތައް ފިއްޔެއް ވެސް ވައްޓާނުލާ ނިމާންއަށް ކިޔާދިނެވެ. ފަހުން އެދެމެދުގަ ވީ ކަންތައް ބުނަން ނުކެރުނީ ދެފަރާތަށްވެސް ރަނގަޅަކަށެވެ.

 

ރީތި ވެލި ބީޗް ރިސޯރޓްގެ ހިތްގައިމު ތުނޑިމަތީގައި އަލްމާޝްގެ އާއިލާ މަޖާކުރަމުން ދެއެވެ. މާޝަލް ކުޑަ ޓައިޓްކޮޅަކާއި ޕެޓީކޮޅެއްގައި ހުރި އިރު ފޫޅާއި ހަމަ ހުރީ ހާމައަށެވެ. ނިމާން މާޝަލް ގޮވައިގެން މޫދުގައި ސަކަރާތްޖަހާ މަންޒަރު ބަލަން އަލްމާޝް އިނީ ހެވިފައެވެ. މިކްޔަން އުނގުގައި ބައިންދައިގެން އިންނަން ފޫހި ވުމުން މޫދުގެ ކައިރީގައި މިކްޔަންގެ ފައިތިލަ ޖައްސާލިއެވެ. މަޖާވެގެން މިކްޔަން ތެޅިގަތުމުން އަލްމާޝް ހެވިލާފައި އެހިސާބުގައި އިށީނދެލާ ލޮނުގަނޑު ވެލިގަނޑަށް ހިންދާލާ ހިސާބުގައި މިކްޔަކް ބޭންދިއެވެ…. މިކްޔަން ދެފައިތަޅުވާ މަންޒަރު ބަލަން އަލްމާޝް އިން އިރު މާޝަލްގެ ހުނުމުގެ އަޑު ކަނޑައިގެން ނުދޭއެވެ. އިރުކޮޅަކުން ނިމާން މާޝަލް ގޮވައިގެން އައިސް އަލްމާޝް ކައިރީގައި ޖައްސާލުމުން އެހިސާބު ކައިރީގައި މާޝަލް ދުވަން ފެށިއެވެ. ނިމާން މިކްޔަން ނަގާ ލޮނުގަނޑާ ކުޅެމުން ދިޔައިރު އަލްމާޝް އިނީ ކަޅިޖަހާނުލާ އެއުފާވެރި މަންޒަރު ބަލާށެވެ. ދުރުން ދުވަމުން އައި މާޝަލް އަލްމާޝްގެ އުނގަށް ވެއްޓި ގަތުމުން ލޮނުގަނޑު ތެރެއަށް އަލްމާޝް ވެއްޓުނު އަޑު އިވުމާއެކު ކުޑަކުޑަ އަތްތިލަ އަނގަމަތީގައި އަޅާލައިގެން ހޭން ފެށުމުން އަލްމާޝްއަށް ވެސް ހެވުނެވެ. މިކްޔަން ބައިންދާފައި އިން ހިސާބަށް ކުދި ރާޅު އަންނަން ފެށުމުން ނިމާން އަޑެއް ލައްވާލާފައި ލޮނުގަނޑު ދުރަށް ކޮށްޕާލުމާއެކު މިކްޔަންގެ ހުނުމުގެ އަޑުވެސް އިވިގެންދެއެވެ.

 

ރޭގަނޑުގެ ވަގުތެވެ. ބޮޑު ކޮޓަރީގައި ހުރި ކިންގް ސައިޒްގެ އެނދުގައި މިކްޔަން ދެމެދުގައި ބާއްވާލައިގެން އަލްމާޝްއާއި ނިމާން ތިބިއިރު ހުދު ކުލައިގެ ދޫ ހަރުވާޅުގައި ނިމާން އޮތީ ހުސްގަޔާއެވެ. އަތްދިގު ގަޔަށްދޫ ހުދުކުލައިގެ ގަމީހުގައި އަލްމާޝް އޮތްއިރު އެގަމީސް ހުރީ އަލްމާޝްގެ ކަކުލުން ކުޑަ ތަންކޮޅެއް މައްޗަށެވެ. ދަށުން ލާފައި ހުރި ކަޅު ކުލައިގެ ޓައިޓްކޮޅުން ބައެއް ފެންނަންވެސް އޮތެވެ. އަލްމާޝްއާއި ނިމާން ދެލޯމެރިފައި އޮތްއިރު މެދުގައި އޮތް މިކްޔަންވެސް އޮތީ ގަދަ ނިދީގައެވެ. މިކްޔަންއާއި އަލްމާޝްއާއި ދޭތެރެން ހުސްތަންގަނޑެއް ހުރުމުން އެއީ މާޝަލް އޮތް ތަން ކަން އެނގެއެވެ. ކޮޓަރީގެ މައި ދޮރު ހުޅުވާލައިގެން އުޑުމަތިން ފެންނަން ހުރި ހަނދަށް ބަލަހައްޓައިގެން ހުރި މާޝަލް ހުދުކުލައިގެ ގަނޑެއްގައި ހަނދު ކުރެހޭތޯ މަސައްކަތް ކުރަމުންދިޔައެވެ. އެގަނޑުގެ އެއްފަރާތުގައި ދަނޑިމީހުންގެ ހަތަރު މީހުންވެސް ކުރަހާލާފައި ހުއްޓެވެ. ގަނޑުގެ މެދުގައި ވަން ހެޕީ ފެމިލީ ޖަހާލާފައި އިންތަން އެއީ މާޝަލްގެ އަތު ކުރެހުމެވެ. އިރުކޮޅަކުން ފެނުނީ ގަނޑު ހިފައިގެން އައިސް އަލްމާޝް ކައިރީގައި އޮށޯވެލިތަނެވެ. ކުޑަ އިރުކޮޅަކު ދެލޯ މަރައިގެން އޮތުމަށްފަހު އަނެއްކާވެސް ތެދުވެގެން ގޮސް ހުޅުވާފައި ހުރި ދޮރު ލައްޕާލުމަށްފަހު ކުރިން އޮތް ތަނުގައި އޮށޯވެ ކައިރީގައި ނިދާފައި އޮތް ނިމާންގެ އަތް މިކްޔަންގެ ވަށާލުމަށްފަހު އަލްމާޝްގެ އަތް ގެނެސް މާޝަލްގެ ބަނޑުމަތީގައި ބާއްވާލަމުން ދެލޯ މަރާލިއެވެ. އޭރު މާޝަލްގެ ތުންފަތްމަތީގައި ވަނީ ލޯބި ހިނިތުންވުމެކެވެ.

ނިމުނީ

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

އެ އިޙްސާސް….

Next

އެދެނީ މަޢާފް

Next
January 26, 2016

އެދެނީ މަޢާފް

Previews
January 25, 2016

އެ އިޙްސާސް….

24 Comments!

  1. Ushaali says:
    January 26, 2016 at 12:37 am

    Al hamdhu lllahi… mi vahaka feshigen ninmaalevunyma v ufaa vehjje. ushalige new stoþy ‘fun asar’ kairi musthagubalegga kiyaalan libene. mihaaru dhany liyevumun. insha allah. mi story huriha kiyuntherinnah ves kamudhaane kamah heekuran. gud nyt….tc….☺☺☺☺☺☺☺☺☺☺

  2. heartless pwincess says:
    January 26, 2016 at 12:53 am

    Nimunythr??? Nooooooooooo.. 🙁 :'(
    story vvvvvvvvvvvvv nyc.. keep it up 🙂

  3. Mimmi says:
    January 26, 2016 at 2:30 am

    Waaaaau vrh reethi <3
    Thankyouuu knme part ehvs kian comment nukurias..
    V v nyc story 🙂

  4. Zaanaa says:
    January 26, 2016 at 3:52 am

    Vvvvv reethi v ufaavehje up kohdeneema thx

  5. Niz says:
    January 26, 2016 at 6:58 am

    Vvv reethi mivaahaka…vaahaaka feshigen nimen dhen kiyaaly evvx foohi kameh nethi..ehaa vx reethi..ur the gud writer..keep it up

  6. rakin says:
    January 26, 2016 at 8:47 am

    Alhey nimuny thah…. lakyan haadha sad vaaney dhww… e kujja ah ehn nuhadhaa alhe ushaali.. btw story v v v salhi

  7. shau says:
    January 26, 2016 at 9:38 am

    Wooowwww…wowwww… Vaahaka v v salhi… BT nimuny dhw… Konmeh part eh ves kiyan hama 2 faharu noony 3 faharu ehaa ves mi story furihama… Thnq Ushaa n keep it up… Adhi ves mikahala reethi story akah inthixaaru kuran UShaa ge faraathun…

  8. Abdu says:
    January 26, 2016 at 11:12 am

    V v v rythi story ,New story ge inthixaaruga.hop will come sooooooon

  9. jeen says:
    January 26, 2016 at 12:52 pm

    Thankxxx love…. I love your story…. Ushaage story ge inthixaaruga hurin…. I love youuu…. ?

  10. Kai says:
    January 26, 2016 at 1:15 pm

    Oh ush hama nimaalee:( 🙁 varah dhera 😉 hope to see the next stry of urs soon 😀 😀 till dhen bi bi 😛

  11. Elly says:
    January 26, 2016 at 4:52 pm

    V reethi stry eh.. keep it up ?☺

  12. Mar Sha Marsha says:
    January 26, 2016 at 5:58 pm

    Alhe adhi dhe thin part liyeli nama ushaali… varah rythi mi vaahaka… lucky ge life ah konmeves kujjaku genesfa ninmaali nama… ekanakuves story vvvv rythi… hope to c new story soon.. once again story was reallly realllly nice..

  13. Lana says:
    January 26, 2016 at 7:37 pm

    never commented before.. but feshigen nimendhen kiyin.. c c reethi story

  14. Aimsithu says:
    January 26, 2016 at 7:45 pm

    Waaau.. asluves varah reethi mivaahaka.. nimmmun ves varah nice… keep it up ushaali

  15. AXX says:
    January 26, 2016 at 8:30 pm

    Best story ever.. luv u… mmmmmuah :*

  16. ryn says:
    January 28, 2016 at 1:59 am

    vvv nice story…
    alhe ushaali ge fb page eh indheytha?

  17. Nanni says:
    January 30, 2016 at 1:17 pm

    Very nice story but you are updating it too slowly ….

  18. Shinn says:
    January 30, 2016 at 9:06 pm

    Ushaali. Thihen hadhaakah nuvaane. Story up koh Dhee. Dhrfaiga hifaa aadheyse ves kohffaanan. Sweety. Story up kohdheeeeeeeeeeeeee.

  19. Anonymous says:
    February 15, 2016 at 7:20 pm

    …………………މިހާތަަނަށް ކިޔުމު އެންމެ ރީތީ ވާހަކަ

  20. Kaira says:
    April 18, 2016 at 1:24 pm

    ?

  21. .. says:
    May 17, 2016 at 10:13 pm

    So far the best story I read

  22. z_i 2121 says:
    August 14, 2016 at 7:44 pm

    Best story ever… waaaaau…. vvvvv reethi…??

  23. Isha says:
    June 6, 2019 at 7:26 pm

    Beautiful story.

  24. Rai says:
    May 23, 2020 at 3:34 am

    Keep it up masha Allah vara reethi good luck all the best ❤️❤️❤️❤️

Comments are closed.



All Right Reserved!