Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވިހަ ލޯބި 12

afu.shvvn
afu.shvvn Level 110 Stories
October 16, 2025 5 Mins Read
2 Comments

“މަލް، ހިޔެއް ނުވެ އަހަރެން މި ދައްކާ އެއްވެސް ވާހަކައެއް މަލް ޤަބޫލުކުރާނެ ހެނެއް. އަހަރެން އަސްލު މީ ވަރަށް ގޯސް ކުއްޖެއް.” އިސްޖަހައިލަމުން ޒީކް އެހެން ބުނެލީ މަޑުމަޑުންނެވެ.

“ނޫން. އަހަރެން ޤަބޫލުކުރާނަމޭ. ސީރިޔަސްކޮށް. އަހަރެމެން ދިމާވެގެން މި ވީހާ ދުވަހަކު ޒީ ދޮގު ހަދައިފައި ވާ ތަނެއް އަހަރެންނަކަށް ނުފެނޭ. ޒީގެ ބެކް ސްޓޯރީ ފިޔަވާ. މިހާރު ތޮ ވާހަކަ ކޮންމެވެސް މީހަކަށް ޝެއާ ކުރަން ވެއްޖެއެއްނު؟ އެހެން ނޫނީ ޒީގެ ތި ބޮލަކަށްވެސް ލުޔެއް ނުލިބޭނެ.” ޒީކްގެ އަތްތިލައިގައި މަޑުމަޑުން ހިފައިލަމުން އޯގާތެރިކަމާއިއެކު މަލްކާ ވާހަކަ ދެއްކިއެވެ.

“މަލް، ޕްލީޒް ހުވާ ކުރޭ. މިއިން އެއްވެސް ވާހަކައެއް އެއްވެސް މީހަކަށް ކިޔައި ނުދެން.” ޒީކްގެ އަޑުގައި ވަނީ އާދޭހެވެ.

ޒީކްގެ އަޑުގައިވި ރިހުމާއި އާދޭސް ދެނެގަނެވި، މަލްކާގެ ހިތަށް ގޮތެއް ވެލިއެވެ. ޒީކްގެ އަތަށް މަޑުމަޑުން ފިއްތައިލަމުން ބޯ ޖަހައިލީ އަހަރެންނަށް އިތުބާރު ކުރާށޭ ބުނާ ފަދައިންނެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން ޒީކްގެ މާޒީގެ އެ ކަޅު ޞަފުޙާތައް މަލްކާގެ ކުރިމަތީގައި ހުޅުވައިލިއެވެ.

އެއީ މީގެ ފަސްވަރަކަށް އަހަރު ކުރިއެވެ. ޒީކްގެ އުމުރުން ވީ އެންމެ 14 އަހަރެވެ. އެއިރުވެސް ޒީކްއަކީ ކިޔެވުމަށް މޮޅު ތަޢުލީމީ ރޮނގުންނާއި އެކިއެކި މުބާރާތްތަކުން ރަން ވަނަތައް ހޯދަމުން އައި ނުހަނު ބަސް އަހާ ކިޔަމަންތެރި ކުއްޖެކެވެ. މުދައްރިސުންނާއި އެ ރަށުގެ އެހެން މީހުންގެ ޤަދަރާއި އިޚްތިރާމް ލިބިފައި ވީ ނަމަވެސް މުޅިއެކުން ޙަސަދައިގެ ލޯތަކަކުން އޭނާއަށް ސަލާމަތެއް ނުވެވުނެވެ.

ޒީކް ގުރޭޑު އަށަކަށް ބަދަލު ވީ އަހަރު އޭނާއަށް އައު އެކުވެރިންތަކެއް ލިބުނެވެ. ލިޝާއަކީ އޭގެ ތެރެއިން އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. އޭނާގެ އެ ހަމަހިމޭން އަމާން ދިރިއުޅުމަށް ބަދަލު އަންނަން ފެށީ އެ އަހަރުން ފެށިގެންނެވެ.

ކުރިން ހަމައެކަނި އެކުވެރިއެއްގެ ގޮތުގައި ދެކެވުނު ނުހައިކްއަށް ޒީކް ގާތްކަމެއް ބެހެއްޓެން ފެށުނީ މި ޗުއްޓީއަށް ފަހުގައެވެ. ދެވަނަ ޓާމުގައެވެ.

“ލިޝް، ޕްލީޒް ނުކިޔައްޗެ.” ބްރޭކް ގަޑިކަމުން ޒީކް ހުރީ ލިޝާގެ ގާތުގައި ވާހަކަ ދައްކާށެވެ.

“އަޅެ، އަހަރެންނެއް ނުކިޔާނަމޭ. އެކަމަކު ހާދަ ކުއްލިއަކަށް؟ އައި ތޮޓް ޔޫ ގާއިޒް ވަރ ޖަސްޓް ފްރެންޑްސް؟” ހެވިފައި ލިޝާ އެއްސެވެ.
“އިނގެޔޭ. އެކަމަކު ދެން ކީކޭ ބުނާނީ.” ދެފަރާތަށް ބޯ ހޫރުވައިލަމުން ޒީކް އެހެން ބުނެލިއިރު އެ ދެކުދިންގެ ފަހަތުން ހުރަސްކޮށްލި ނުހައިކްއަށް މި އަޑު އިވުނު ކަމެއް ނުދަނެ ހުއްޓެވެ.

އެ ދުވަހު ގެއަށް ގޮސް ހަމަ ފިލާވަޅު ހަދައި އެނދުގައި އޮށޯވެލިތަނާހެން ޒީކްއަށް އޭނާގެ މަންމަ ގޮވާ އަޑު އިވުނެވެ. ޒޫނާ ގޮވާ އަޑަށް އޭނާ ކަންނެތް ކަމާއިއެކު ތެދުވިއެވެ. ހަމައެކަނި ގޭގައި ލައި އުޅޭ ކަކުލަށްވުރެ ކުޑަކޮށް މައްޗަށް އަރާ ބޮޑު ޓީޝާޓަކާއި ސޯޓެއްގައި ހުރެ ގޮސް އޭނާ ދޮރު ހުޅުވައިލިއެވެ.

“ކީކޭ މަންމާ؟” ޒީކް އަހައިލިއެވެ.

ބޭރު ދޮރުގައި ހުރި ނުހައިކް އޭނާގެ ލޮލުގައި އަޅައިގަތީ ދެނެވެ. އަތުން ފޮތްތަކެއް ހިފައިގެން ހުރެ އޭނާ ޒީކްއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ޒީކް ގަތީ ލަދެވެ. ލައިގެން ހުރި އެއްޗެއްސަށް ބަލައިލުމަށްފަހު ހަމައެކަނި މޫނު ފެންނަވަރަށް ކޮޓަރިއަށް ދެމިލިއެވެ.

“ނުހައިކް އައިސް އެ ހުރީ. ގްރުޕް ވޯކް އެކޯ؟” ޒޫނާ ނުހައިކްއަށް ހީލުމަށްފަހު ބުނެލިއެވެ.

ޒީކް ހުރީ ކުޑަ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ. އޭނާގެ ހަނދާން އަދި އެހާ ބައްޔެއް ނޫނެވެ. މިއަދަކު ސްކޫލަކުން ގުރޫޕް މަސައްކަތެއް ނުދެއެވެ. ނަމަވެސް އޭނާގެ ހަނދާނުގައި މި ވަގުރު ނެތީ ކަމަށް ހީކޮށް އެތެރެއަށް ވަނުމަށް ޒީކް އެދުނެވެ. އަދި ޒީކް ހަރުވާޅަކަށް ބަދަލުކޮށްލުމަށް އަވަހަށް ފާހަނައަށް ވަނެވެ. އޭނާ ނިކުތް އިރު އެނދު ކައިރީގައި ކޮޅަށް ހުރި ނުހައިކް އޭނާގެ ލޮލުގައި އަޅައިގަތެވެ.

“ނުހައިކް..؟” ޒީކް ގޮސް އޭނާގެ ކައިރީގައި ހުއްޓުނެވެ.

“ކޮން ގްރުޕް މަސައްކަތެއްތަ؟ އަހަރެންނަކަށް ހިޔެއް ނުވެ މިއަ-” އޭނާގެ ވާހަކަ ހުއްޓުނީ ނުހައިކް ހިފަހައްޓައިގެން ހުރި ގަނޑު ފެނިފައެވެ.

ވަގުތުން ދެލޯ ބޮޑުކޮށްލައި އޭނާ ނުހައިކްގެ ގެ އަތުން އޭތި ދަމައިގަތެވެ. ބޯ ހޫރުވައިލަމުން ޒީކްއަށް ބަލައިލި ނުހައިކް ފެށީ ހޭށެވެ.

“ޒީ އަހަރެން ސްޓޯކް ކުރަނީތަ؟ އަހަރެންގެ މުޅި ޝެޑިއުލް ލިޔެފަ ތި އޮތީ؟” ހުނުމުގެ ތެރެއިން ނުހައިން އަހައިލިއެވެ.

ޒީކް ނުހައިކްއަށް ލޯ އަހައިލުމަށްފަހު އެ ގަނޑުކޮޅު ބޮނޑިކޮށްލަމުން ގޮސް ޑަސްބިނަށް ލިއެވެ. އަދި ހަރަމް ބަނެލަމުން ނުހައިކް އާއި ދިމާލަށް އެނބުރެލިއެވެ.

“އަހަރެންގެ ހަނދާން އެހާ ބައްޔެއް ނޫނޭ ނުހައިކް. މިއަދު އެއްވެސް ގްރުޕް މަސައްކަތެއް ނުދޭ. ކީތްކުރަން ތި އައީ؟” ޒީކް ކުޑަކޮށް ރުންކުރުވެފައި ހުރެ އަހައިލިއެވެ.

“ޔޫ އެންޑް ޔުއަރ ޓެމްޕަރ. އަހަރެންނަށް ވާހަކައެއް އަޑު އިވިގެން މި އައީ.” ނުހައިކްގެ ހުނުން ހުއްޓިކަމުގައި ވިޔަސް އޭނާގެ ތުންފަތުގައި ވި ލާނެތް ހިނިތުންވުމެކެވެ.

“ކޮން ވާހަކައެއް؟” ޒީކްގެ ހިތް ތެޅެލި ކަމުގައި ވިޔަސް މޫނު މަތިން އެކަމެއް ނުދައްކައެވެ.

“އަހަރެންނަށް އިނގޭ ޒީ އަހަރެން ދެކެ ލައިކް ވާކަން.” އެއްބުމަ އަރުވައިލަމުން ނުހައިކް އެހެން ބުނުމާއިއެކު ޒީކްގެ މުޅި މޫނު އެކަށް ރަތްވިއެވެ.

އޭނާ އެކަމަށް ދެކޮޅު ހަދާކަށް ނޫޅުނެވެ. އޭނާ ލަދުން އިސްޖެހިއެވެ. އޭނާ އެކަށް ބޭޒާރުވީއެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވައިލި ޒީކް ސިހުނީ ނުހައިކް ދެން ބުނެލި ވާހަކައަކުންނެވެ.

“އަހަރެންވެސް.. ޒީ..” ނުހައިކް މަޑުމަޑުން އެ ބުނެލި ބަސްކޮޅާއިއެކު ދެލޯ ބޮޑުކޮށްލަމުން އިސް ހިއްލައިލައި ނުހައިކްއަށް ޒީކް ބަލައިލިއެވެ.

ޤަބޫލުނުކުރެވިފައި ހުރެ ޒީކް މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވައިލިއެވެ. ޒީކްގެ ކޮންމެ ހަރަކާތަކަށް ނުހައިކް ދިޔައީ ފަރުވާތެރިކަމާއިއެކު ބަލަމުންނެވެ.

“އިޒް ދިސް އަ ޖޯކް؟” ޒީކްއަށް އެހުނެވެ.

“ނޫން. ޒިޒީ. އަސްލުވެސް..” ޒީކްއަށް ވަމުން ދިޔަ ގޮތް ފެނި، ނުހައިކްއަށް ހުރީ ހެވިފައެވެ.

“ޒިޒީ؟” ޒީކް އަޅައިގަތީ ނުހައިކް އޭނާއަށް ހެދި ވަނަމުގައެވެ.

ހިނިތުންވެލުމަށްފަހު ނުހައިކް އޭނާގެ ފޮތްތައް ހިފައިގެން ހުރެ ކޮޓަރިން ނިކުމެ ދިޔައީއެވެ. ޒީކްއަށް އުފަލުގެ ކޮޅެއް ނެތެވެ. އޭނާގެ ޙަޔާތަށް ދެން ހީވީ ބަހާރު މޫސުން އައި ހެންނެވެ. ނުހައިކް އާއިއެކު އެ ގޮތުގައި ރައްޓެހިވެގެން ދެ އަހަރު ދުވަހު އުޅުނެވެ. ނަމަވެސް މިކަން ލިޝާ އާއި ޔާނިއު ފިޔަވައި އެހެން އެއްވެސް ކުއްޖަކަށް ނޭނގެއެވެ. އަދި މިކަމުގެ ސަބަބުން ޒީކްގެ ކިޔެވުމަކަށްވެސް އެއްވެސް ވަރަކަށް އަސަރު ކުރިޔަކަ ނުދެއެވެ.

ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ ޒީކްމެން ދިހައަކަށް ދިޔަ އަހަރުއެވެ. ދެކުންދިންގެ ވެސް މައިންބަފައިންގެ ގާތްކަމުން އެކުދިން އެކުގައި ޓިއުޝަން ނަގަން ފެށީ ނުހައިކްގެ ގޭގައެވެ. ނުހައިކްގެ އެއްބަނޑު އެއްބަފާ ބޭބެ، ނިޔަލްވެސް އެއިރު އުޅުނީ އެ ގޭގައެވެ.

ފުރަތަމަ ދުވަސްކޮޅު ދިޔައީ ނުހަނު ހިމޭންކޮށެވެ. ނަމަވެސް ފަހުން ފަހުން އައިސް ޒީކްއަށް ކަމެއް ފާހަގަވާން ފެށިއެވެ. އެ ގެއަށް ދާ ދުވަސް ދުވަހު ނިޔަލް ބަލަން ހުންނަ ގޮތެވެ. އޭނާއަށް އެ ބެލުން އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ. އޭނާ ބިރު ގަންނަން ފެށިއެވެ. ނަމަވެސް ދެ ސަބަބަކާއި ހުރެ ނުހައިކްގެ ގާތުގައި އެ ވާހަކަ ބުނުމަށް ޒީކް ހުރީ ޖެހިލުން ވެފައެވެ.

ފުރަތަމަ ސަބަބަކީ ނިޔަލްއަކީ ނުހައިކްގެ ބޭބެކަމުގައި ވުމެވެ. އަނެއް ސަބަބަކީ އެ އަހަރު ފެށުނީއްސުރެ ނުހައިކް ޒީކް އާއި ދުރުވަން ފަށައިފައި ވާތީއެވެ. މާ ގިނައިން ފޯނުގައި ހުރެފައި މަދުމަދުން ވާހަކަ ދައްކާތީ ޒީކް ހުންނަނީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ.

އެއީ ދުވަހެއްގެ ހަވީރުގެ ވަގުތެވެ. ލިޝާ އާއި ޒީކް ހިތްހަމަ ޖައްސައިލުމަށްޓަކައި ބޭރަށް ނިކުމެލީ ހިނގައިލަން ދިއުމަށެވެ. ގުރޭޑު 10 ގައި އުޅެމުން ދާތީ މަސައްކަތްތައް ބުރަވެފައި ވާހަކަ ދެކެވޭލެއް މަދުވެފައި ވާތީވެސްމެއެވެ. މަޑުމޮޅިވެފައި ހުރެ ނުހައިކް ދުރުމިން ބަހައްޓާ ވާހަކަ އެ ދުވަހު ޒީކް ލިޝާއަށް ކިޔައިދިނެވެ. އެކަމުގެ ޙަޤީޤަތް އެންމެ ގާތް އެކުވެރިޔާއަށްޓަކައި ބަލައިދޭނެކަމުގައި ލިޝާ ބުނެ، އެއްބަސްވިއެވެ.

އެރޭގެ ވަގުތެވެ. ނިދަން އޮށޯވެލުމަށްފަހު ޒީކް އޭނާގެ ފޯނު ހުޅުވައިލީ ލިޝާގެ މެސެޖެއް އައިސްފައި ވުމުންނެވެ. އޭނާ ފޮނުވައިފައި ވީ ފޮޓޯތަކެކެވެ. އެ ފޮޓޯތައް ފެނިފައި ޒީކްގެ އަތުން ފޯނު ދޫނުވީ ކިރިޔާއެވެ. ވީ ދެރައިގެ މައްޗަށް އޭނާއަށް އިސްކުރެވުނީ ރުޅިއެވެ. އަވަހަށް ނުހައިކްއަށް މެސެޖުކޮށްލީ ވާހަކަ ދައްކަން ބޭނުންވާ ކަމަށް ބުނެފައެވެ.

ނުހައިކްގެ ޖަވާބެއް ނައުމުން އޭނާގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. މާދަމާއަށް އެކަންތައް ބާއްވަމުން އޭނާ ލޯމެރިއެވެ. އެހެން ނަމަވެސް އަނެއް ދުވަހު ސުކޫލަށް ދާން ޖެހުނީ ރަނގަޅަށް ނުނިދި އޮއްވައެވެ. ސުކޫލުން ވާހަކަ ދައްކަން އުޅެވެސް ނުހައިކް އޭނާއަށް އަތުވާ ގޮތެއް ނުވިއެވެ. ކޮންމެވެސް ބަހަނާއެއް ދެއްކުމަށްފަހު ކޮންމެ ފަހަރަކުވެސް ނުހައިކް ދަނީއެވެ.

އެރެއެވެ. ޓިއުޝަން ނިންމުމަށްފަހު މުދައްރިސް ދާންދެން އޭނާ މަޑުކޮށްލިއެވެ. ހަމަ ދިއުމާއިއެކު ރުޅިވެރިމަކާއިއެކު އޭނާ ނުހައިކްއަށް ކުރިމަތިލިއެވެ.

“ނުހައިކް ކީކޭ ހިތާ ތި އުޅެނީ؟” ނުހައިކްއަށް ލޯ އަޅައިލަމުން ޒީކް ވާހަކަ ދެއްކިއެވެ.

“ޒީކް، އަހަރެން މި ގަޑީގަ ވަރަށް ބިޒީ. އަހަރެން ތާކަށް ދާންޖެހޭ އެބަ.” އެހެންޏާ ނުހުންނަ ހަރުކަށިކަމެއް މިފަހަރު ނުހައިކްގެ އަޑުގައިވިއެވެ.

ޒީކްގެ ހިތުގައި ރިއްސައިލިއެވެ. ކަންކަން މިހާ އަވަހަށް ބަދަލު ވީ ކޮން އިރަކު ހެއްޔެވެ؟

“އާނ، އަހަރެންނަށް އިނގޭ ދާން ތި އުޅޭ ތަނެއް.” ޒީކް ފޯނު ހުޅުވައިލިއެވެ.

“ޒީކް، އައި ޑޯންޓް ހޭވް ޓައިމް ފޯރ ޔުއަރ ބުލްޝިޓް.” ދޮރާއި ދިމާލަށް ހިނގައިގަންނަމުން ނުހައިކް ބުނެލިއެވެ.

“އަހަރެންނަށް އިނގޭ ނުހައިކް އާއި ރައިނާ ގެ ގުޅުމެއް އޮންނަކަން.” ޒީކްގެ އަނގައިން ދެން ބޭރުވި ބަސްތަކާއިއެކު ނުހައިކްއަށް ހުރި ފިޔަވަޅު މަތީގައި ހުއްޓެވުނެވެ.

މަޑުމަޑުން ޒީކް އާއި ވީ ފަރާތަށް އެނބުރުނު އިރު ޒީކްގެ ދެލޮލުގައި ވިދަމުން ދިޔަ ރުޅިވެރި ކަރުނަތަށް އޭނާއަށް ފާހަގަވިއެވެ. އޭނާ ދެ ފަރާތަށް ބޯ ހޫރުވައިލިއެވެ. އޭނާގެ ދެލޯ ދެން ދަތުރުކުރީ ޒީކް ފޯނުން ދައްކަމުން ދިޔަ ފޮޓޯއަށެވެ. އޭގައި ނުހައިކް އާއި ރައިނާ ބައްދައިގެން ހުރި މަންޒަރު ފެނިފައި ނުހައިކްގެ އަނގައިގައި ތަޅެއް އެޅުވުނު ކަހަލައެވެ.

“ޒިޒީ…” ނުހައިކް މަޑުމަޑުން ޒީކް އާއި ދިމާލަށް ފިޔަވަޅު އަޅައިލިއެވެ.

“ނޫން ނުހައިކް. ކިހާ ދުވަހެއް ވަންދެން ތިކަން ކުރިއަށް ގެންދަން ހިތާ ތި އުޅުނީ؟” ދަތްކުނޑި ވިކަމުން ޒީކް އެހެން ބުނިއިރު އޭނާގެ އަޑުގައި ވީ ވޭނާއި ޝަކުވާއެވެ.

“ނޫން، އަހަރެން ބޭނުމެއް ނޫން ނުހައިކްގެ އެއްވެސް ވާހަކައެއް އަޑު އަހާކަށް.” ދެފަރާތަށް ބޯހޫރައިލަމުން އެހެން ބުނެ، ޒީކް ދޮރުން ނިކުމެ ދިޔަ މަންޒަރު ބަލަން ނުހައިކް ހުރީ ގަނޑުވެފައެވެ.

ޒީކްއަށް އެގޭ ދޮރާއްޓާއި ހަމައަށް ނުދެވެނިސް، ވަރުގަދަ އަތަކުން އަނގައިގައި އަތް އަޅައި އެތާ ހުރި އެހެން ކޮޓަރިއަކަށް ވެއްދުނެވެ. ބިރުން ޒީކްގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. އެ މީހަކު ގޮސް ޒީކް ދަމާހަލައިފައި އެނދު މައްޗަށް ވައްޓައިލިއެވެ. ދޮރު ތަޅުލައިފައި އެނބުރުނު އެ މީހާގެ މޫނު ފެނިފައި ޒީކްގެ މޫނުގެ ކުލަ އެއްކޮށް އޮއްސުނެވެ.

“ނިޔަލް….” ޒީކްއަށް ވައި އަޑުން އެހެން ބުނެވުނުއިރު ދިޔައީ މުޅި މީހާ ތުރުތުރު އަޅަމުންނެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

afu.shvvn
Follow Me Written By

afu.shvvn

Level 110 Stories

. 17y

Other Articles

Previous

ދެވުނީ ވޭނޭ 6

Next

ހަންޖަރު 11

Next
October 17, 2025

ހަންޖަރު 11

Previews
October 16, 2025

ދެވުނީ ވޭނޭ 6

2 Comments!

  1. Eelam.. says:
    October 17, 2025 at 7:00 pm

    Heyy when next curiously waiting for the next part 😊

    1. afu.shvvn afu.shvvn says:
      October 18, 2025 at 11:09 am

      heyy. in sha allah, im uploading it today. stay tuned!

Comments are closed.

Next Episodeވިހަ ލޯބި 13←


All Right Reserved!