Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 2 & 3 & 4

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
December 1, 2025 13 Mins Read
12 Comments

ސަލާމް ކިޔުންތެރިން… 21 ދުވަހުގެ ދިގު އިންތިޒާރަކަށް ފަހު 2 ، 3 އަދި 4 ވަނަ ބައި މިއޮތީ ގެނެސްދެވިފަ. ކެއްތެރިކަމާއި އެކު މި ތިންބަޔަށް އިންތިޒާރު ކުރެއްވި ހުރިހާ ކިޔުންތެރިންނަށް ފަށް ފަށުން ޝުކުރިއްޔާ. އަޅުގަނޑުގެ ހާލަތު ގަބޫލުކޮށް، ކޮމެންޓު ކުރި ކުދިން، އަދި ވަކިން މެސެޖުކޮށް، ހާލު ބެލި ކުދިންނަށްވެސް ފަށް ފަށުން ޝުކުރިއްޔާ. ހާއްސަކޮށް މިސައިޓްގައި ވާހަކަ ލިޔަމުންދާ މާޝްއަށް އަޅުގަނޑު ހާއްސަ ޝުކުރެއް ދެއްވަން ބޭނުން. 🥹❤️

އަޅުގަނޑަށް މެސެޖުކޮށް، ކޮމެންޓުކޮށް، ހެޔޮ ދުޢާ ކޮއްލަދިން ހުރިހާ ކުދިންނަށް މާތް ﷲ ރަހްމަތް ލައްވާށި. އާމީން 🫶🏻

***

“އޭ. ސިންގާގެ ލަޝްކަރު” އަންހެން ކުއްޖަކު ގޮވާލި އަޑަށް ލަޝްކާ ސިހުނެވެ. އޭރު ދެއަންހެން ކުދިން ލަޝްކާއާ ދިމާލަށް އަންނަމުން ދިޔައެވެ. ވަގުތުން ލަޝްކާގެ މުޅި ހަށިގަނޑު ތުރުތުރުލާ ގަތެވެ.

(2 ވަނަ ބައި)

“ކާކަށް ދައްކަންތަ ތި ތުރުތުރުލަނީ؟ ހީވަނީތަ ބިރުން އިނީއާ މީހަކު ކަލޭ ސަލާމަތް ކޮއްދޭނޭ؟” ރަޝާ އަހާލީ މަލާމާތުގެ ރާގަކަށެވެ. “ނާންނާނެ. އެކަކުވެސް ނާންނާނެ. މީހަކު އަންނާނެ ނަމަ މަންމަމެންތާ އަންނާނީ ހަހަހަހަ” ރަޝާއާއި ބައިވެރިވެލަމުން އިނާރާ ވެސް ބުނެލިއެވެ.

“ހެޔޮނުވާނެ… ދުރަށް ދޭ…” ލަޝްކާގެ އަޑު ކިރިޔާ އިވުނު ކަމެވެ. “ކީކޭ؟ ތަންކޮޅެއް ބާރަށް ބުނެބާ” ލަޝްކާއާ ކައިރިވެލަމުން ރަޝާ ކަންފަތް ދިއްކޮއްލިއެވެ. “ނޫން…” ރަޝާ ކައިރިވުމުން ލަޝްކާއަށް ރޮވުނެވެ. ގަންނާ ކުރެއްވީ ބިރުންނެވެ.

“ދެރަކަމެއްނުން. ކޮން ކަރުނަތަކެއްތަ ތި ބާލުވަނީ؟” ރަޝާ ފޫހި ރާގަކަށް ބުނެލިއެވެ. “ޕްލީޒް…” ލަޝްކާގެ އަޑުގައިވީ އާދޭހެވެ. “ކޮން ޕްލީޒެއް ކިޔާކައް؟ އަންނާތި މިއަދު ވެސް އަހަރުން ގެއަށް. ހަވީރު 4 ޖަހާއިރު” ހިނގައިގަންނަމުން ރަޝާ ބުންޏެވެ. ލަޝްކާ ވަގުތުން ބޯޖަހާލިއެވެ.

ހޮސްޕިޓަލަށް ވަދެވުމުން ހުރިހާ އެންމެންގެ ނަޒަރު މީކައިލްއަށް ހުއްޓުނެވެ. އެހެނަސް އަޅާނުލާ އަތުގައި އޮތް ފޯނުގެ ފިއްތަކަށް ފިއްތަމުން އޭނާ ދިޔައެވެ. “އަހަރެން މަތިން މީނަ ހަނދާން ނެތޭނެ ކަންނޭނގެ ދުވަސްކޮޅަކުން. ބަލަ މިތާ ތިބިއްޔާ ތިބިހާ މީހެއް އިއްލުއަށް ބަލަން އެތިބީ” ކުރިމަތިން އަންހެން ކުއްޖެއްގެ އަޑު އިވުމުން މީކައިލްގެ ނަޒަރު އެދިމާލަށް ހުއްޓުނެވެ.

މީކައިލްގެ ކުރިމަތީގައި ހުރި އުމުރުން 21 އަހަރުގެ ދުއާ ފެނި އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ. ކަޅު ކުލައިގެ ހެދުމެއް ލައިގެން ހުރި އިރު އަޅައިގެން ހުރި ރީނދޫ ކުލައިގެ ޝޯލްއިން ދުއާގެ ދޮން މޫނު ފެންނަނީ ވަރަށް ފުރިހަމަ ކޮށެވެ. ހިތިފަތު ބުމަޔަކާ ކުޑަކުޑަ ދެލޮލެކެވެ. ދިގު އެސްފިޔަތަކާއި ކުޑަ ނޭފަތެކެވެ. ރަތްކަންގަދަ ބޮޑު ތުންފަތެވެ. ބަލާ ބަލާ ފޫހި ނުވާނޭ ފަދަ ރީތި ކަމެކެވެ.

“ނޫނޭ. އިއްލު މިއީ ދުއާގެ ހައްގެއްނުން؟ އޯލްވޭސް އެންޑް ފޯރްއެވާރް” ދުއާގެ އަތުގައި ހިފާލަމުން މީކައިލް ބުނެލިއެވެ. “ހެހެ ހޫމް. ކޮބާ މިއަދު ވަރަށް ގިނަ ކްލައިންޓްސް އެބަ ތިބި ތަ؟” ދުއާ އަހާލިއެވެ. “ނޫނޭ. މިއަދު އަންގާރައެއްނުން؟ މިއަދު އިންނާނީ 4 ކުދިން”

“އަޅޭ. މިއަދު ދުއާ އެބަ ހުރި ބައިވަރު ކްލައިންޓްސް” ތުންކޮޅު އޫކޮއްލަމުން ދުއާ ބުންޏެވެ. ދުއާއަކީ ސައިކޮލޮޖިސްޓެކެވެ. “ހަހަ އެހެންވެ އިއްލު ކައުންސެލިންގ ސައިކް ނެގީ ހަހަ” ހީލަމުން މީކައިލް ބުނެލިއެވެ. ތުންކޮޅު އޫކޮއްލާފައި ދުއާ މީކައިލްގެ އަތުގައި ބޮނޑިއެއް ޖެހިއެވެ.

ސްޓޭޝަނުން ނިކުން އެޒިކިއެލް ގޮސް ސައިކަލަށް އެރިއެވެ. ހެޔޮވަރު ދުވެއްޔެއްގައި ގޮސް މަޑުކޮއްލީ ރަށު ހޮސްޕިޓަލް ކުރިމަތީގައެވެ. އެވަގުތު އޭނާގެ ފޯނު ރިންގުވިއެވެ. ގުޅަމުން ދިޔައީ އެލާރާއެވެ. “ދޮންބެ ކޮންތާކުތަ؟” އެލާރާ އަހާލިއެވެ. “މިހުރީ ހޮސްޕިޓަލްގަ. ކިހިނެތްވީ؟” ހޮސްޕިޓަލަށް ވަންނަމުން އެޒިކިއެލް އަހާލިއެވެ. “ކަމެއް ނުވޭ. ހަމަ އަހާލީ. ޔައުއާ އެކީ ކާލަން ދާތީ ދޮންބެ ކޮބާތޯ”

“ކީއްކުރަންތަ ދޮންބެ ހޯދަނީ؟ ދޮންބެ ދިޔައީމަ ތިކުދިން ކިހިނެތްތަ މާފޮޅުވަނީ؟ ހަހަހަ” އެޒިކިއެލް ހީލަމުން ބުނެލިއެވެ. “ދޭންންންންންނނނ ދޮންބޭ” އަކުރުތަކަށް ދަމާލަމުން އެލާރާ ޗުސް ތަޅުވާލިއެވެ. “ހަހަ ދެން ބާއްވަނީ” ކައުންޓަރު ކައިރީ ހުއްޓެމުން އެޒިކިއެލް ބުނެލިއެވެ. ކިއު ނަންބަރެއް ނަގައިގެން ގޮސް ގޮނޑިބަރީގައި އިށީނެވެ.

އެލާރާއާ ޔައުލާން އެކުގައި ދިޔައީ “ލެވެންޑާރ ނައިޓް” ނަމަކަށް ކިޔާ ރެސްޓައުރެންޓަކަށެވެ. ދެއެކުވެރިން ގޮސް ތަންކޮޅެއް ދުރުގައި އިން ގޮނޑިއެއްގައި އިށީނެވެ. “ކޮބާ ކޯއްޗެއް ކަނީ؟” ޓިޝޫއެއް ނަގާ މޫނު ފުހެލަމުން ޔައުލާން އަހާލިއެވެ. “އޮފްކޯސް، ނޫޑްލްސް” އެލާރާ ހީލަމުން ބުނެލިއެވެ.

“ކޮބާ ކޮބާ ނެއްތަ ޓީއެއް؟” ހަރަމްބަނދެލަމުން ޔައުލާން އަހާލިއެވެ. “އަމްމްމް… އަސްލު ދެއާރ އިޒް…” މޫނު މަތީގައި އަތް އަޅާލަމުން އެލާރާ ބުނެލިއެވެ. “ކޮބާ ސްޕިލްލްލް” ޝައުގުވެރި ވެލާފައި ޔައުލާން ބުނެލިއެވެ. “ސޯ… އެލާ ކުއްޖަކާ ވާހަކަ ދައްކަން އެބަ…” މޫނުގައި އަތްއަޅައިގެން އިނދެ އެލާރާ ބުނެލިއެވެ. ވަގުތުން ޔައުލާންއަށް ކުރެވުނީ އެހެން ކަހަލަ އިހުސާސެކެވެ. މެއަށް ފިތޭ ކަހަލަ އިހުސާސެކެވެ. އެމީހަކާ މެދު ހިތުގާ ހަސަދަ އުފެދުނެވެ. އެއީ ކީއްވެ ހެއްޔެވެ؟

“ހެހެ. އެހެންތަ؟ ކާކު؟” ހިތުގައިވީ އިހުސާސްތަށް ފޮރުވާލަމުން ޔައުލާން އަހާލިއެވެ. “އިނގެޔޭނުން ސުކޫލް ޓީޗަރު ޒަވުލް؟ އޭނައާ” ލަދުން އިނދެ އެލާރާ ބުނެލިއެވެ. “އޯހްހްހް” މެއަށް ފިތޭ ކަހަލަ އިހުސާސެއް ވާން ފެށުމުން ޔައުލާންއަށް މޭގާ ފިރުމާލެވުނެވެ.

ކިއު ނަންބަރ ޖެހުމުން އެޒިކިއެލް ތެދުވިއެވެ. ޑަކްޓަރަކަށް އިނީ ފިރިހެނެއް ކަމުން ހަމަ ޖެހިލެވުނެވެ. ނަމަވެސް ދިވެހި ކޮއްދޭން އިނީ އަންހެން ކުއްޖެއް ނަމަ…؟ ކޮންމެއަކަސް ހިތްވަރު ކޮއްލާފައި އޭނާ ކޮޓަރިއަށް ވަނެވެ.

ދިވެހި ކުރަން އިނީ ދިވެހި ކުއްޖެއް ކަމުން އެޒިކިއެލް ބޭނުންވީ ވަގުތުން ދުއްވައިގަންނާށެވެ. ނަމަވެސް އޭރު ޑަކްޓަރު އޭނާއާއި ދިމާއަށް ބަލާލަމުން ހީލައިފިއެވެ. ދެން އަލުން ދުރަށް ދާކަށް ނުކެރުނެވެ. ތުންފިއްތާލާފައި ގޮސް އިށީނީ އެހެންވެގެންނެވެ.

“ކިހިނެތްތޯ ވަނީ؟” އިސްޖަހައިގެން އިން އެޒިކިއެލްއަށް ބަލާލަމުން ޑަކްޓަރު އިނގިރޭސިން އަހާލިއެވެ. “އަމްމްމ…” އިނގިލިތަކާ ކުޅެން އިން އެޒިކިއެލްއަކަށް ވާހަކަ ދައްކާކަށް ނުކެރުނެވެ.

“އެޒިކިއެލް؟” އެކުއްޖާ ގޮވާލި އަޑަށް ސިހިފައި ބަލާލިއެވެ. “ކިހިނެތް މަގޭ ނަން އެނގުނީ؟” ދެލޯ ބޮޑު ކޮއްލަމުން އެޒިކިއެލް އަހާލިއެވެ. “ސާބަހޭ. ތީނަގެ ޔުނީފޯމުގަ ނަން ތީނީނުން” އެއަންހެން ކުއްޖާ އެޒިކިއެލްގެ ޔުނީފޯމަށް އިނގިލި ދިއްކޮއްލަމުން ބުނެލިއެވެ. ތެދެކެވެ. މިއާދެވުނީވެސް ފުލުސް ޔުނީފޯމުގައެވެ. ގަންނާ ކުރެއްވީ ލަދުން މޫނުގައި އަތްއެޅުނެވެ.

“މިސް މިކްޔާ ވަޓްސް ހެޕެނިންގ؟” ޑަކްޓަރު ވާނުވާ ނޭނގޭ ހާލުގައި އަހާލިއެވެ. މިކްޔާއަށް ހެވުނެވެ. “އެޒިކިއެލް، ކިހިނެތްތޯ ވަނީ؟” މިކްޔާ އަހާލިއެވެ. “އަމްމ… ފާހާނާއަށް ދާން އުނދަގޫ ވަނީ” ލަދުން އިނދެ އެޒިކިއެލް ބުނެލިއެވެ. “ބަނޑު ހަރުވަނީތޯ؟” ހިނިގަނޑު މަތަ ކުރަމުން މިކްޔާ އަހާލިއެވެ. އެޒިކިއެލް ބޯޖަހާލިއެވެ. “ކޮންސްޓިޕޭޝަން” ހީލާފައި މިކްޔާ ބުނެލިއެވެ.

“ވަޓް އިޒް ދިސް ޓައިނީ ޑީމަން ޖަޖިންގ މައި ބަވުލް. ހައު ޑެއާރ ޔޫ ލާފް އެޓް މީ” އަނގަ ކުނި ކޮއްލަމުން ހިތާހިތުން އެޒިކިއެލް ބުނެލިއެވެ. “ވަޓް އިޒް ދިސް އެޓްރޭކްޓިވް ޖިރާފް. ޖިމަށް ދާހެން ހީވޭ ކޮންމެ ދުވަހަކުވެސް. އެކަމަކު އަމިއްލަ ބަވުލް ހަމައަކަށް ނޭޅޭ ހަހަހަ” ވަށް ކަޅިން އެޒިކިއެލްއަށް ބަލާލަމުން މިކްޔާ އަމިއްލަ ނަފްސަށް އަޑު ލައްވާލިއެވެ.

“ސޯ… ކިހާ ދުހެއް ވެއްޖެތޯ؟” ހީލާފައި މިކްޔާ އަހާލިއެވެ. “ލޯންގ އިނަފް ޓު ކުއެސްޓަން މައި އެގްޒިސްޓެންސް” ބޯހޫރުވާލަމުން އެޒިކިއެލް މަޑުމަޑުން ބުނެލިއެވެ. “މިއަޅެ ނަފްސަނީ ބަލި ހުންނަ މީހެއްބާ؟ ސްކިޒޮފްރީނިއާ މޭބީ؟ ނޫން. ބައިޕޯލާރ ކަންނޭނގެ. ވަރަށް ހީވޭ އެހެން” މިކްޔާ އަނގަ ކުނި ކޮއްލިއެވެ. “ކިތަށް ދުވަސްތޯ؟” މިކްޔާ އޭނާގެ ސުވާލު ތަކުރާރު ކޮއްލިއެވެ.

“މިދިޔަ ހޯމަ ދުވަހުން ފެށިގެން” އެޒިކިއެލް ކަރުކެހިލަމުން ބުނެލިއެވެ. “ސިންސް ލާސްޓް މަންޑޭ” އެޒިކިއެލްއާ މިކްޔާގެ ވާހަކަ އަހަން ވާނުވާގައި އިން ޑަކްޓަރު ކައިރީ މިކްޔާ ބުނެލިއެވެ. އޭރުވެސް އޭނާއަށް ހަމަ ހެވެނީއެވެ. “ވަޓް އިޒް ދިސް ޓޯޗުއާރ ޑިސްކައިޒްޑް އިން ހެލްތްކެއާރ” ކަޅި އަނބުރާލަމުން އެޒިކިއެލް އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ. އެމަންޒަރު މިކްޔާއަށް ވެސް ފެނުނެވެ.

“މީންދަ މީހެއް އަޅެ. މި ޖިރާފް ގަނޑު ހީވަނީ އެހެންފަދަ ކަމެއްހެންނޭ އަޅެ. ހީވަނީ މިކީއަށް މީނަގެ ކިޑްނީއެއް ދޭށޭ ބުނެވުނު ހެން” މިކްޔާ ބޯހޫރުވާލިއެވެ. “ކީކޭ؟” މިކްޔާ ބުނި އެތި އެޒިކިއެލްއަށް އިވުނެވެ. “އެއްޗެކޭ ނޫން. ގިނައިން ފެންބޯށޭ”

“އަހަރެން އަބަދުވެސް ރަނގަޅަށް ފެން ބޯން” އެޒިކިއެލް ބުނެލިއެވެ. “އެންމެ ކޯވަރެއް ނޫނީ، ކާއިރު އެބޯ އެތިކޮޅު ނުވާނޭނުން ދޯ ރަނގަޅަށް ފެންބޯ ކަމަކަށް؟” މިކްޔާ ހީލަމުން ބުނެލިއެވެ. “އަހަރެންގެ ގައިގަ 6 ފޫޓު 5 އިންޗި ހުރޭ. ވަގުތު ނަގާނުން އެހާ ތިރިޔަށް ފެންތަށް ދާން؟ ތިކަހަލަ ކުޑަ ކުޑަކޮއް ތިބޭ ކުދިންނަކަށް ނޭނގޭނެ. ތިބޭފުޅާ ތިހުރީ ކުޑަކަން. ވަޓް އާރ ޔޫ؟ 3 ފޫޓް 0 އިންޗް؟” އެޒިކިއެލް ދޫނެރެލިއެވެ.

ޑަކްޓަރު އިނީ ވާނުވާގައެވެ. އަވަސް އަވަހަށް އެސްފިޔަ ޖަހާލެވުނީ ހައިރާންވެފައެވެ. “ދެޓްސް ނޮޓް ހައު އެނެޓޯމީ ވޯރްްކްސް” ހައިރާންވެފާ އިނދެ ޑަކްޓަރު ބުނެލި ޖުމްލައިން މިކްޔާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

“ޑޫ ޔޫ ބޯތް ނޯ އީޗް އަދާރ؟” ޑަކްޓަރު އަނގަ ހުޅުވިފާ އިނދެ އަހާލިއެވެ. “ޔާ އައި ނޯ ހިސް ބަވުލް ހިސްޓްރީ” ދޫނެރެލަމުން މިކްޔާ ބުނެލިއެވެ. “މިސް މިކްޔާ އިޒް ދިސް ޔުއާރ އެކްސް؟” ދެލޯ ބޮޑު ކޮއްލަމުން ޑަކްޓަރު އަހައިލިއެވެ. “އިއޫ ނޯ” އަނގަ ކުނި ކޮއްލަމުން މިކްޔާ ބުނެލިއެވެ. “ޑަކްޓަރ. ޕްލީޒް ގިވް މީ ސަމް ޕިލްސް އެންޑް ލެޓް މީ ގޯ. ދިސް ލޭޑީ އިޒް މޭކިންގ މީ ގޯ ކްރޭޒީ” ބޮލުގައި އަތް އަޅާލަމުން އެޒިކިއެލް ބުނެލިއެވެ.

ގެއިން ނިކުން ލަޝްކާގެ މޫނުމަތީގާ ވީ ބިރުވެރިކަމެވެ. އިވެމުން ދިޔަ ކޮންމެ އަޑަކަށް އޭނާ ސިހެމުން ދިޔައެވެ. ނަފްސާނީ ގޮތުން ލަޝްކާއަށް އަނިޔާވެފާ ވާވަރު އެއްވެސް ސިއްރެއް ނެތި ކަޝްފު ވަމުން ދިޔައެވެ.

“ލަޝް!” ފަހަތުން ފިރިހެން ކުއްޖެއްގެ އަޑު އިވުމުން ލަޝްކާ ފަސް އެނބުރި ބަލާލިއެވެ. އޭރު އެދިމާލަށް ދުވަމުން ކަހަލަ ގޮތަކަށް ޒުވާނަކު އަންނަމުން ދިޔައެވެ. ކަޅު ކުލައިގެ ހޫޑީއަކާ އެކު ކަޅު ބެލްސެއް ލައިގެން ހުރި ޒުވާނާ ދުވަމުން ދިޔަ އިރު އޭނާގެ ފަންދިގު އިސްތަށިގަނޑު އެގޮތް މިގޮތަށް ނަށަމުން ދިޔައެވެ. ބަލާބެލުމުން ހީވަނީ ވިހީގެ އަހަރުތަށް ގުނަމުންދާ ޒުވާނެއް ހެންނެވެ. ލައިގެން ހުރި ދޫ ހޫޑީއިންވެސް އަތުގައި ހުރި މަސްތަކުގެ ނިޝާންތައް ފެންނަމުން ދިޔައެވެ.

“އަނެއްކާ އެމީހުން ކައިރިއަށް ދަނީ ދޯ ތި؟” ހާސްވެފާ ދާއިޔަލް ސުވާލު ކުރިއެވެ. ލަޝްކާ ދުރުބަލާލިއެވެ. “އެހެން ގޮތެއް ލަޝްއަށް އެބައޮތްތަ؟” ނޭފަތް ދަމާލަމުން ލަޝްކާ ބުނެލިއެވެ.

“ލަޝް… ޕްލީޒް… އެމީހުން ބޭނުންހާ ކަމެއް ލަޝްއަށް ކުރިޔަ ނުދީބަލަ” ދާއިޔަލް އަޑަށް ބާރު ލަމުން ބުނެލިއެވެ. “ދާއިޔަލް ތިއީ ކާކުތަ ލަޝްގާތުގަ ތިހެން ކިޔަން؟ ދާއިޔަލް ތިއީ ރަޝާ ރައްޓެހި ވެގެން އުޅޭ ކުއްޖާ. ދާއިޔަލް މަށަށް ހެޔޮ އެދޭނެތަ؟ ނޫން! ނޭނގެ ތިއީވެސް ރަޝާގެ ރޭވުމެއް ނޫން ކަމެއް” ދާއިޔަލްއަށް ފުރަގަސް ދެމުން ލަޝްކާ ހިނގައިގަތެވެ. ދާއިޔަލް އޭނާގެ ފަންދިގު އިސްތަށިގަނޑުގާ އަތް ހިންގާލީ ބޮލުގާ ރިއްސާގަތުމުންނެވެ.

ލުއި ފިޔަވަޅު ތަކެއްގާ އޭނާ ދިޔައީ “އޯޒޯން” ގެއާ ދިމާލަށެވެ. ހިންދިރުވާލަމުން ލަޝްކާ ގޮސް ދޮރުގާ ޓަކި ޖެހިއެވެ. “ވަދޭ ޕްރިންސެސް” އެތެރެއިން ރަޝާ ގޮވާލި އަޑު އިވުނެވެ. ހިންދިރުވާލަމުން ލަޝްކާ އެތެރެއަށް ވަނެވެ.

އެތެރެއަށް ވަނުމާއެކު ދޮވި ސިނގިރޭޓު ވަހުން ލަޝްކާގެ ނޭފަތުގާ އަތްއެޅުނެވެ. ބިންމަތީގާ ހުސްކޮށް އުކާފައިހުރި އެކްސެލް ދަޅުތައް ހުއްޓެވެ. ކުޑަކުޑަ ފުޅިއެއް ސިނގިރޭޓުގެ އަޅި އަޅަންވެސް ބަހައްޓާފައި ހުއްޓެވެ. “ވަދޭ ވަދޭ…” އިނާރާ ބުނެލިއެވެ.

“ކި… ކީއްކޮއްލަ ދޭންވީ…؟” ލަޝްކާ އިސްޖަހާލަމުން އަހާލިއެވެ. “އޭ އޭ ބަލަ. ރާޝް. ކީއްހޯ ކޮއްލަދޭންވީ ހަހަހަަ” އިނާރާ ހެމުން ހެމުން ބުނެލިއެވެ. “އާދެބަ. ޖައްސާލަބަލަ” ރަޝާ ހީލަމުން ބިންމަތީގާ އަތް ޖައްސާލަމުން ބުނެލިއެވެ. ލަސް ފިޔަވަޅުތަކެއްގާ ލަޝްކާ ގޮސް އިށީނެވެ.

(3 ވަނަ ބައި)

އެއްއަތުން ހީނާފަތް އަޅާފައި ހުރި ރަޝާގެ އިސްތަށިގަނޑުގައި އަތްފުނައަޅާލަމުން ލަޝްކާއާއި ދިމާލަށް ހިނގައިގަތެވެ. “އަން. ނިކަން ދަމާލަ ބަލަ. ހަމަ މޮޔަވާނެ” ސިނގިރޭޓެއްގާ ރޯކޮއްލަމުން ރަޝާ ބުނެލިއެވެ. “ނޯ… ތެންކްސް…” ކެއްސާލަމުން ލަޝްކާ ބުނެލިއެވެ. އޭރު އޭނާ އިނީ ސިނގިރޭޓުގެ ވަހުން ނޭވާ ހާސްވާ ވަރުވެފައެވެ.

“ދެންމެ އެހި ކީއްހޭ ކޮއްދޭންވީ؟ ކުރަންވީ ކަންތައް ބުނީމަ ‘ނޯ ތޭންކްސް’ އޯ. ހާދަ ހެއްވައޭ ދޯ؟ ހަމަ ބޯން ޖެހޭނީ!” ދަތްކުނޑިވިކައިލަމުން ރަޝާ ބުނެލިއެވެ. “ނޫން ހެޔޮނުވާނެ ނޫން…”

ލަޝްކާ ކޮއްޕާލަމުން ރަޝާ އޭނާގެ ގައިމައްޗައް އެރިއެވެ. އަތުގާ އޮތް ސިނގިރޭޓު ތުނބުގައި ބައިންދާލަމުން ލަޝްކާގެ ކޮލައް ފިތާލިއެވެ. ލަޝްކާގެ އަނގަ ހުޅުވުމާއެކު ސިނގިރޭޓުގެ ރޯކޮއްފައި އިންބައި ލަޝްކާގެ އަނގައަށް ވައްޓާލިއެވެ. “އާހްހްހްހްހހހ”

ކުރެވުނު އިހުސާސާއެކު ލަޝްކާއަށް ހަޅޭ ލަވައިގަނެވުނެވެ. ސިނގިރޭޓު ކަރުގާ ތާށި ވުމުން ލަޝްކާ ހާސްވާން ފެށިއެވެ. އަނގަޔައް އިނގިލި ކޮއްޕާ، ކެއްސަމުން ސިނގިރޭޓު ނެރެން އޭނާ މަސައްކަތް ކުރާތަން ބަލަން ރަޝާއާ އިނާރާ ހީހީ ތިއްބެވެ.

ހިނދުކޮޅެއްފަހުން ކެއްސާލާފައި ލަޝްކާގެ އަނގައިން ސިނގިރޭޓު ނިކުތެވެ. އޭރު ކަރުތެރެއިން ދިލަ ހޫނު އިހުސާސް ވަމުންދިޔައެވެ. ލަޝްކާގެ ތުންފަތްވެސް ވަނީ ފިހިފައެވެ.

“ތިހެންވާނީ ބުނާޙެން ނަހަދަންޏާ. ބޮޑު ނޮހޮރޮއްޕާނެކޭ” ކަޅި އަނބުރާލަމުން ރަޝާ ބުނެލިއެވެ. ކަރުނަވީ ދެލޮލުން ރަޝާއާ ދިމާލައް އޭނާ ބަލާލީ ޝަކުވާގެ ނަޒަރަކުންނެވެ.

ކުޑަ ކޮޓަރިއެކެވެ. ކޮޓަރި ތެރޭގައި ވަނީ މަޑު އޮރެންޖު ކުލައެއް ލެވިފައެވެ. ފާރުގާ އެއްވެސް ކުރެހުމެއް ނެތް ނަމަވެސް “އިޓްސް އޯކޭ ޓު ނޮޓް ބީ އޯކޭ” ޖަހާފައި އިނެވެ. ކޮޓަރި ތެރޭގާވީ ހަމަ ހިމޭން ކަމެވެ. ކޮޓަރީގައި އިނީ ހަމައެކަނި މޭޒަކާ ދެގޮނޑިއެވެ. ކޮޓަރި ތެރޭގާވީ ހަމަ ހިމޭން ކަމުގެ ސަބަބުން ފާރުގާ އިން ގަޑީގެ ކަށީގެ އަޑުވެސް އެއްވެސް ހުރަހެއް ނެތި އިވެމުން ދިޔައެވެ.

“ލީރާ؟ މިއަދު ވާހަކަ ދައްކަން ބޭނުން ނޫނީތަ؟” ލީރާ ކުރިމަތީގާ އިށީނދެގެން އިން މީކައިލް އަހާލިއެވެ. ލީރާ ބޯހޫރުވާލިއެވެ.

“ކިހިނެތްވަނީ؟ ކޮން ކަހަލަ އިހުސާސްތަކެއް ކުރެވެނީ؟” މީކައިލް ކެއްތެރިކަމާއެކު އަހާލިއެވެ. “ހަމަ އެކަހަލަ ގޮތެއް. ވަރަށް ވަރުބަލި. ބޭނުމީ ނިދަން…” ލީރާ ފިނިނޭވާއެއް ދޫކޮއްލިއެވެ. “އަބަދުވެސް ބޭނުމީ ނިދަން…”

“އެއީ ކީއްވެތަ އެހާ ވަރުބަލީ؟ ކިހިނެތް ހީވަނީ؟ އިޒް އިޓް މެންޓަލީ؟ އޯރ ފިޒިކަލީ؟” ލީރާގެ ވަޅުވަދެފާވީ ދެލޮލަށް ބަލާލަމުން މީކައިލް އަހާލިއެވެ.

ލީރާ ހީލިއެވެ. “ނިދީމަވެސް އަރާމު ނުވުން ދެން… ތިއިންވީ އެއްޗަކައް ވާންވީ…” އިސްޖަހާލަމުން ލީރާ އަތަށް ބަލާލިއެވެ. “12 ގަޑި އިރު ނިދިޔަސް ހޭލެވޭ އިރު ވަރުބަލިކަމުން މާނޭވާލެވޭ…”

މީކައިލް ބޯޖަހާލިއެވެ. “އަސްލު ވަރަށް އުނދަގޫވާނެ ކަމަކައް ދޯ ތިކަންވާނީވެސް. ލީރާއަށް ކިހިނެތް ހީވަނީ؟ ކީއްވެހެން ހީވަނީ އެހާ ވަރުބަލި ވަނީ؟”

ދެތިންފަހަރަކު އެއްޗެކޭ ބުނަން ލީރާ އަނގަހުޅުވާލިއެވެ. ފުންނޭވާއެއް ދޫކޮއްލަމުން ތުންފިއްތާލިއެވެ. “ކުށްވެރި ކުރެވެނީ… އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީ…” ލީރާގެ އަޑު ކުރެހުނެވެ. “ކޮންމެ ދުވަހަކު ހޭލާފަ އަމިއްލަ ނަފްސައް ބުނެލަން. ލީރާއޭ. ހިތްވަރު ކުރާށޭ. ލަޝްއަށްޓަކާ ހިތްވަރު ކުރާށޭ. ލަޝްއަށް ވާހަކަ ދައްކާލާށޭ…” ހިންދިރުވާލަމުން ލީރާ ދުރުބަލާލިއެވެ. “އެކަމަކު… ކޮންމެ ދުވަހަކުވެސް ލަޝް ސުކޫލައް ދަނީ… އަހަރެން ލަޝްއާ އަނގައިވެސް ނުބުނާ ދުވަސް ގިނަވާނީ… ލަޝްއާ އެކު އިނަސްވެސް ގަބުވެފަ އިނދެވެނީ ހަމަ…”

މީކައިލް ބޯޖަހާލިއެވެ. ފުންނޭވާއެއް ދޫކޮށްލަމުން ލީރާ ވާހަކަ ކުރިއަށް ގެންދިޔައެވެ.

“ލަޝްއަށް އަހަރެންނަށް ވުރެ ރަނގަޅު މަންމައެއް ބޭނުންވޭ. ލަޝްއަށްޓަކާ އަމިއްލަ ނަފްސުގެ އެންމެ ފުރިހަމައަށް ބަދަލުވާން ބޭނުން. ލަޝްއެއީ ވަރަށް ރަނގަޅު ކުއްޖެއް. ޝަކުވާއެއް ނުކުރާނެ. މަޑު މައިތިރި ކުއްޖެއް…” ލީރާގެ އަޑު ކުރެހުނެވެ. “ހިތަށް އަރާ ލަޝް އެހާ މަޑުމައިތިރި ކުއްޖަކަށްވީ އަހަރެންގެ ސަބަބުންބާއޭ…”

“ތިބުނީނުންތަ ލަޝްއަށްޓަކާ ލީރާގެ އެންމެ ފުރިހަމަ ނަފްސަށް ވާން ބޭނުމޭ؟ ލީރާ “އެންމެ ފުރިހަމަ ނަފްސު” ތި މާނަ ކުރާ ގޮތް ބުނެދީފާނަންތަ؟ ކޮން ކަމެއް ރަނގަޅު ކޮއްލަން ބޭނުމީ؟” މީކައިލް އަހައިލިއެވެ.

“އަހަރެންގެ ނަފްސާނީ ފަރާތް… ލަޝްއަށް ކައްކާ ނުދެވޭ ފަރާތް. ލަޝްއާއި ވާހަކަ ދައްކާނުލެވޭ ފަރާތް…” ލޮލުން ވެއްޓުނު ކަރުނަތިކި އަވަސް އަވަހަށް ލީރާ ފުހެލިއެވެ. “މިއީ އަޅެ ކުރިން އަހަރެން އުޅުން ގޮތެއް ނޫނޭ… ކުރިން އަހަރެން ހޭލަން ފަތިހު 4 ޖަހާ އިރު. ނަމާދުކޮށް ހަދައިގެން ނިކުންނަނީ 6 ޖަހަންވާ އިރަށް. ކުނި ކަހާލާފަ ސައިހަދާ ނިންމަން އެންމެ ލަސްވެގެންވެސް 7 ޖަހަންވާ އިރަށް. ލަޝްއަށް ރަނގަޅު މަންމައަކަށް ވީން. އިމްރާންއަށް ފުރިހަމަ އަންބަކަށް ވެދިނިން. ދެން މިހާރު…؟ ކީއްވެތަ އަޅެ…؟”

“ތިހެން ވަރުބަލިވެ، ނިދި ގަދަވުން އެއީ ޑިޕްރެޝަންގެ އަލާމާތެއް. އެއީ ލީރާގެ ކުށެއް ނޫން” މީކައިލް ބުނެލީ ވިސްނައިދޭ ރާގަކަށެވެ. “ތިހެން ބުނަނީ އެންމެންވެސް… އެކަމަކު މިއީ މަގޭ ދިރިއުޅުން… އަހަރެންނަށް ކަން ކުރެވުނު ގޮތުން ދޯ މިހެން މިވީ؟ އެހެން ކާކަށް އަހަރެން ޝަކުވާ ކުރަނީ؟”

“ގަބޫލު ކުރެވޭ ތިވާހަކަ. އިނގޭ ލީރާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވޭކަން. އެކަމަކު ޑިޕްރެޝަނަކީ ސިކުނޑިއާ ހަށިގަނޑުގެ އިތުރުން މީހާގެ އުޅުމަށް ބަދަލު ތަކެއް ގެންނަ ބައްޔެއް. އެންމެ ކުޑަ ކުޑަ ކަމެއްވެސް ވާނީ ވަރަށް ބޮޑު ކަމަކަށް. އެ އޯކޭ ވާނޭ. ތަނެއް ބިނދުނީމަ އެކަމަށްވެސް ފަރުވާ ކުރަނީނުން؟ ފިޒިޔޯ ހަދައިގެންނާ އެއްކޮށް؟ އެހެން ޑިޕްރެޝަންއަކީ ސިކުނޑިއާ އިހުސާސްގެ ބައްޔެއް. އެކަމަށްވެސް ފަރުވާ ކުރެވޭނެ ހަމަ”

އެސްފިޔަ ޖަހާ ނުލާ ލީރާއަށް މީކައިލްގެ މޫނަށް ބަލަން އިނދެވުނެވެ. އެވާހަކަ ގަބޫލު ކުރަން އޭނާ ބޭނުންވެސްމެއެވެ. ނަމަވެސް ހިތް ދެކޮޅު ހަދަނީއެވެ.

“ދެން އަހަރެން ކިހިނެތް ހަދަންވީ؟” މޫނުގާ އަތްއަޅާލަމުން ލީރާ އަހާލިއެވެ. “އަހަރެން ރަނގަޅުވާ އިރު ލަޝް އަހަރެން އިތުރަށް ބޭނުން ނުވާ ނަމައޯ؟”

“އެއީ ކީއްވެ އެހެން ހީވަނީ؟” މީކައިލް އަހާލިއެވެ. “ލަޝް މިހާރު އަހަރެންނަކާ ވާހަކައެއް ނުދައްކާ. ކުރީގަ ހެނެއް ނޫން މިހާރު ލަޝްވެސް. ގެއަށް އަންނަ ގޮތަށް ވަންނާނީ ކޮޓަރިއަށް. ކާން ނޫނީ ނުނިކުންނާނެ. މިހާރުވެސް ލަޝް އެދިރިއުޅެނީ އަހަރެންނާ ނުލައެއްނުން؟” ލީރާ ނޭފަތް ދަމާލަމުން ބުނެލިއެވެ.

“ލީރާ ބޭނުންވޭ ދޯ ލަޝްއާ އެކު އުފަލުގަ އުޅެން؟” މީކައިލް ސުވާލު ކޮއްލިއެވެ. “ލައްބަ!!! ބޭނުން ލަޝް ސުކޫލުން އައީމަ ގޮސް އޭނާ ގާތުގަ އިނދެގެން ވާހަކަ ދައްކާލަން. އެކަމަކު… ހިތްބުނަނީ… ‘ލަޝް އަހަރެންދެކެ ރުޅިއައިސްފަ ހުރީއާއޯ؟’ އެހެން ހިތަށް އަރާ ހަނުހުރެވެނީ…” ލީރާގެ ކޯތާފަތުގާ ކަރުނައިގެ ރޮނގެއް ކުރެހުނެވެ. “މިހާރު އަހަރެމެން ދެމީހުންގެ ދެމެދުގާވީ ހަމަ ހިމޭންކަމުގެ އަޑު މާ ބާރު ވެއްޖެ. ކީއްވެ އެހެންވާންވީ؟ އެއީ އަހަރެން ނުވަމަހާ ނުވަދުހު ބަނޑުގަ ބާއްވާ، ވިހާ ބަލާ ބޮޑު ކުރި އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅޭ…”

މޫނުމަތީގާ އަތް އަޅައިގެން ރޯން އިން ލީރާއާ ދިމާލަށް ބަލަން މީކައިލް އިނެވެ. ލީރާއަށް ރޯލަން ފުރުސަތު ދިނުމަށެވެ. ކަރުނަ ފުހެލަމުން ލީރާ މީކައިލްއާ ދިމާލަށް ބަލާލީ ތިންވަރަކަށް މިނިޓް ފަހުންނެވެ. ފުންނޭވާއެއް ދޫކޮށްލަމުން މީކައިލް ވާހަކަ ދައްކަން ފެށިއެވެ.

“ލީރާ… ލީރާއަށް ކުށްވެރިއެއްގެ އިހުސާސް ކުރެވެނީ ލީރާ ލަޝްއާއި މެދު ވިސްނާތީއޭ. އެހެންވެ އޭގެ މާނައަކީ އަދިވެސް ތިއީ މަންމައެކޭ. ލީރާގެ ހުރި ބަލިމަޑުކަމެއްގެ ސަބަބުން އެކަން ލަޝްއަށް ނުދެއްކުނު ނަމަވެސް..”

ލީރާ ނޭފަތް ދަމާލިއެވެ. “އެކަމަކު ލަޝްއަށް އަހަރެން ފެންނަނީ އެހެން ނޫން ނަމަ؟ އަހަރެން ބޭނުމެއް ނޫން މިކަހަލަ މަންމައަކަށް ވާކަށް…”

“އެހެންވެ ތަންކޮޅެއް ކުޑަކޮށް މަސައްކަތް ފަށަން ވީނުން؟ އިނގޭ އުނދަގޫ ވާނެކަންވެސް. އެކަމަކު ކުޑަ ހިތްވަރެއް ބޭނުންވާނީ. ކުރެވޭ ވަރަކުން ކުރާނީ. ޑިޕްރެޝަންއަކީ ސިކުނޑީގެ ބައްޔެއް ނަމަވެސް އޭގެ އަސަރު މުޅި ހަށިގަނޑަށް ކުރާނެ. އަމިއްލައަށް ފެންތައްޓެއް އެޅުންވެސް ބޮޑު ވޭނަކަށްވުން އެކަށީގެންވޭ. އެއީކީ މައްސަލައެއް ނޫނޭ. ލީރާއަށް ކުރެވޭ ވަރުން ކުރާނީ. ސަމްސަލެއް އުފުލާލާނެހާ ވަރު ނެތް މީހަކަށް، އެކަން ކުރަން މަޖުބޫރު ކުރުންވެސް އެއީ ދެވޭ އަނިޔާއެއްނުން؟ އެހެންވެ އުޅޭ ވަރަށް ކުޑަކޮށް ފަށަމާ. ކޮންމެ ދުވަހަކުވެސް ލަޝްއަށްޓަކާ ކުޑަކުޑަ ކަމެއް ކޮއްލަ ދިނުން. ކޮންކަމެއް ކޮއްލަދޭނީ؟”

“އަމް… ލަޝް ސުކޫލަށް ދާންވާއިރަށް ސައިހެދުން؟ ލަޝްއަށް އެންމެ މީރުވާނީ މަސްހުންޏާ ރޮއްޓާ” ލީރާ ވިސްނާލަމުން ބުނެލިއެވެ.

“ތި ޙިޔާލު ރަނގަޅެއްނުން ދޯ؟ އެހެންވެ މާދަމާ އެހެން ހަދަމާ؟” ހިނިތުންވެލަމުން މީކައިލް ބުނެލިއެވެ. ލީރާވެސް ހިނިތުންވެލިއެވެ.

“އެހެންވެ ލީރާ… މިއަދުގެ ސެޝަން މިހާ ހިސާބުން މިނިމުނީ އިނގޭ؟ އަންނަ ހޮނިހިރު ދުވަހު އަންނަ އިރު ލީރާ ހަމަ ޖެހިގެން އަންނާނެ ކަމަށް އުންމީދު ކުރަން” ހީލަމުން މީކައިލް ބުނެލިއެވެ. “އިންޝާ ﷲ” ލީރާ ބުނެލިއެވެ.

ލީރާއާ އެކުގާ މީކައިލް ކައުންސެލިންގ ދޭ ކޮޓަރިން ނިކުތެވެ. ކުޑަ ތަންކޮޅަކަށް ހިނގާލުމާއެކު ފެނުނީ ސޯފާގައި ޖާނުން ވަރުގަދަ ފިރިހެނަކު އިންދައެވެ. ކަޅު ކުލައިގެ ޖީންސަކާއެކު އަޅި ކުލައިގެ ޓީޝާޓެއް ލައިގެން އިން އެޒުވާނާ ހީވަނީ ސާޅީހުގެ ފަހު އަހަރުތަށް ގުނަމުން އަންނަ މީހެއް ހެއްނެވެ. ހަމުގެ ކުލަ މާ އަލި ނޫނަސް ކަޅޭ ބުނެވޭ ވަރެއްވެސް ނޫނެވެ. ތުނިކޮށް ކޮށާލެވިފާވީ އޭނާގެ އިސްތަށިގަނޑުގަޔާއި ތަންކޮޅެއް ދިގުކޮށް ހުރި ތުނބުޅީގާވެސް ނުރައިގެ އަސަރު ހުއްޓެވެ.

“މިއީ އަޅުގަނޑުގެ ފިރިމީހާ އިމްރާން” ލީރާ ހިނިތުންވެލަމުން އިމްރާންއާ މީކައިލް ތަޢާރަފް ކޮއްލަދިނެވެ. “އައްސަލާމު އަލައިކުމް” ހިނިތުންވެލަމުން މީކައިލް ސަލާމަށް އަތް ދިއްކޮއްލިއެވެ. އިމްރާން ސަލާމް ބަލައިގަތެވެ. އަދި ލީރާގެ އަތުގާ ހިފަމުން ހިނގައިގަތެވެ.

“ކާކުތަ އެއީ؟” ދެމަފިރިން ނިކުމެގެން ދިޔުމުން ކައުންޓަރު ކައިރީގާ އިންކުއްޖާ ދެލޯ ބޮޑު ކޮއްލަމުން ސުވާލު ކޮއްލިއެވެ. “އެއީ އެ ކްލައިންޓްގެ ފިރިމީހާ. ހެހެ. ކިހިނެތްވީ؟” މީކައިލް ފެންފުޅިއެއް ނަގަމުން އަހާލިއެވެ.

“ހީވަނީ ބޯ މީހެއްހެން. ދެން ނުވެސް ފެންނަ މީހެއްވީމަ. މަގޭ ވާ ތުރުތުރުލާލާ މީނީ އޭނަ އައީން ސުރެ” ސިރާޖް ބުނެލިއެވެ. “ހަހަ. އާނ. އެ ކްލައިންޓް އަހަރެން ކައިރިއަށް އަންނަން ފެށީ މީގެ 2 މަސް ކުރިން. އޭނާގެ ފިރިމީހާ ރިސޯޓުގައޯ މިއޮށް ހާދުހު އުޅުނީ. މިއަދު އަންނަ ވާހަކަ ބުނި. އެން ޖީ އެލް ހީ ލުކްސް ސަސް އިނގޭ” މީކައިލް ބޯހޫރުވާލަމުން ބުނެލިއެވެ.

“އޭ އޭ ހަމަ ޖެހޭ. ކަލޭ ތިއުޅެނީކީ އެހެން މީހުންނަށް ފާޑު ކިޔޭ ވަޒީފާއަކު ނޫން އިނގޭ؟ ހަހަހަ” އިނގިލި ދިއްކޮއްލަމުން ސިރާޖް ބުނެލިއެވެ. “ހަހަ. މަޢާފް ކުރައްވާ” ކަންފަތު ފޫޅުގާ ހިފަމުން މީކައިލް ބުނެލިއެވެ.

ހޮސްޕިޓަލުން ނިކުން ލީރާއާ އިމްރާންގެ ދެމެދުގާ އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ނަމަވެސް އިރު އިރުކޮޅުން އިމްރާން ލީރާއާ ދިމާލަށް ބަލާލައެވެ. “ދެން ލީރާ ތިކަމުން އަރައިގަންނަން ވެއްޖެއްނުން؟ މިހާރު ކޮން ދުހެއް؟ 7 އަހަރު ވަނީ” އެންމެ ފަހުން އިމްރާން ބުނެލިއެވެ. ލީރާގެ ފިޔަވަޅުތަށް ހުއްޓުނެވެ. އިމްރާންއާ ދިމާލަށް ބަލާލި އިރު އެދެލޮލުގާ ކަރުނައިގެ މުތީތަށް ބަބުޅަމުން ދިޔައެވެ.

“އިމްރާންއަށް ހީވަނީތަ އަހަރެން ބޭނުން ނުވަނީއޭ؟ އަހަރެންވެސް ބޭނުން. ވަރަށް ވަރަށް ބޭނުން މިކަމުން އަރައިގަންނަން. އެކަމަކު…” ރޮވެން އުޅޭހެން ހީވުމުން އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ލީރާ ފިޔަވަޅުތަށް އަވަސް ކޮއްލަމުން ގޮސް ކާރަށް އެރިއެވެ. ކަޅި އަނބުރާލަމުން އިމްރާންވެސް ގޮަސް ކާރަށް އެރިއެވެ.

(4 ވަނަ ބައި)

ދެމަފިރިން ގެއަށް ވައިން އިރު ގޭތެރޭގާވީ ކަނު އަނދިރިކަމެވެ. ދޮރު ކައިރީގައި އިން ސްވިޗް ޖައްސާލަމުން އިމްރާން އެތެރެއަށް ވަނެވެ. ފަހަތުން ލީރާވެސް ވަނެވެ. “ވަރަށް ވަރުބަލި. މިދަނީ ނިދާލަން. ލަޝްއައީމަ ލަޝްއަށް ކާއެއްޗެއް ގަނެދެއްޗޭ…” ކޮޓަރިއާ ދިމާލަށް ހިނގައިގަންނަމުން ލީރާ ބުނެލިއެވެ.

“ކޮބާ ލަޝްކާ؟” އިމްރާން ސުވާލު ކުރިއެވެ. “ނެތް ގެއަކު. ލަޝް އަންނާނެ މަޤްރިބްއަށް ގޮވުމުގެ ކުރިން” ކޮޓަރި ދޮރު ލައްޕާލުމުގް ކުރިން ލީރާ ބުނެލިއެވެ. ހިތްހަމަ ނުޖެހިފާ އިމްރާން ސޯފާގާ އިށީނެވެ.

ސިކުންތުތަށް މިނިޓްއަށް، މިނިޓްތަށް ގަޑިއިރަށް ވަމުން ދިޔައެވެ. 40 6 ވީ އިރުވެސް ލަޝްކާ ގެއަށް ނާންނާތީވެސް އިމްރާން ހުރީ ރުޅި އައިސްގެން ފަޅައިގެންދާ ވަރުވެފައެވެ.

ދޮރު ހުޅުވާލާފައިވައިން ލަޝްކާ ފެނި އިމްރާން ކޮޅަށް ތެދުވިއެވެ. އޭރު ގަޑިން 7 ޖެހީއެވެ. ދޮރު ލައްޕާފައި އެނބުރުނު ލަޝްކާ އިމްރާން ފެނި ހުއްޓުން އެރިއެވެ. މުޅި ހަށިގަނޑު ތުރުތުރުލާން ފެށިއެވެ. ދެލޮލުން ކަރުނަތަށް އަންނަން ފެށީ އެއްވެސް ހުއްޓުމެއް ނެތިއެވެ.

“ކޮން ރުއިމެއް ތި ރޮނީ؟ އޭނ؟ ކަލޭ ކައިރީ މަ ނުބުނަންތަ ނަމާދަށް ގޮވަން ވާއިރަށް ގެއަށް އަންނަން ޖެހޭނެޔެކޭ؟” އިމްރާން ހިތްހަމަ ނުޖެހިފާ ވާހަކަ ދެއްކިއެވެ. “ނު… ނޫން… ބައް… ބައްޕަ… ބުނުއްވި… އެހެން…” ލަޝްކާގެ އަޑު ނިކުތީ ކެނޑި ކެނޑިގެންނެވެ.

“ދެން؟؟؟؟ ކަލޭ ކޯއްޗެއް ހަނދާން ވެގެން މިހާ ލަސްކޮށްފަ ތިއައީ؟ މިހާރު އެޔޮއްގެން 7 ޖެހީއޭ” އިމްރާންގެ އަޑު ދިޔައީ ހިނދެއް ހިނދަކަށް ބާރު ވަމުންނެވެ. “ސޮ… ސޮރީ ބައްޕާ…” ކޮޓަރިއާ ދިމާލަށް ދުއްވައިގަންނަމުން ލަޝްކާ ބުނެލިއެވެ.

“ބޮޑު ސިންގާ އަންހެނަކަށްވީ އިރުވެސް ބުނާ ބަހެއް އަހަނީކީ ނޫނޭ. ދެރަކަމެއް މިއީދެން” އިމްރާން ސޯފާގައި އިށީންނަމުން ކުދިކިޔައިގަތެވެ.

ޓެކްސީއަށް ރުފިޔާ ދައްކާފައި ކާރުން ފޭބި ރަޝާ، ކުރިމަތީގާ ހުރި “ނޯވާ” ގެއާ ދިމާލަށް ބަލާލިއެވެ. ދެބަޔަށް އިން އެ އިމާރާތަށް ބަލާލުމާ އެކު ރަޝާގެ ތުންފަތުގާ ހިނިތުންވުމެއް ކުރެހުނެވެ. ބުޅާ ހިނގުމުގާ ހިނގައިގަތީ ދަބަހުގާ އޮތް އެކްސެލް ދަޅު ނަގާ، ކަނޑާލަމުންނެވެ. ލިފްޓަށް އަރާ ދެވަނަ ބަޔަށް ރަޝާ ފޭބިއެވެ. ދަބަހުގާ އޮތް ތަޅުދަނޑި ނަގަމުން ކޮޓަރި ދޮރު ހުޅުވާލާފައި ވަނެވެ.

ސޯފާގައި އިން ދާއިޔަލް ފެނި ރަޝާގެ ތުންފަތުގާ ހިނިތުންވުމެއް ކުރެހުނެވެ. ކަޅު ކުލައިގެ ސޯޓަކާ އެކު ކަނޑު ނޫކުލައިގެ ޓީޝާޓެއް ލައިގެން އިން ދާއިޔަލްގެ އިސްތަށިގަނޑު ވަނީ އެގޮތް މިގޮތަށް ހޭވިފައެވެ. އަތުގާ ކިރިޔާ ހުސްނުވެ އޮތް ސިނގިރޭޓެއް އޮތް އިރު އަނެއް އަތުގާ ރެޑްބުލް ދަޅެއް އިނެވެ. “ކޮންތާކު އުޅިފަ ތިއައީ؟” ރަޝާ ފެނި ދާއިޔަލް ސުވާލު ކޮއްލިއެވެ.

“އޯހް… އީންއާ އެކު ކުޑަކޮށް މަޖާ ކޮއްލަން އުޅިފަ މިއައީ” ކޮނޑުގާ އިން އަތް ދަބަސް ސޯފާއަށް އެއްލާލަމުން ރަޝާ ގޮސް އިށީނީ ދާއިޔަލްގެ އުނގުގައެވެ. ދާއިޔަލްގެ ކަނދުރާއާ ދިމާލުގާ އަތް އަޅުވާލަމުން އެއްއަތް އޭނާގެ ފަން ދިގު އިސްތަށިގަނޑު ތެރެއަށް މަހާލިއެވެ. އަނެއް އަތް ދާއިޔަލްގެ މޭގާ ޖައްސާލަމުން އޭނާގެ ކަނދުރާގައި ރަޝާ ތުންފަތް ޖައްސާލިއެވެ. މަޑު މަޑުން ދާއިޔަލްގެ ބުރަކައްޓާ ދިމާލަށް އަތް ދައުރު ކޮއްލަމުން ދާއިޔަލްގެ މެޔާ އޭނާގެ މޭ ތަތް ކޮއްލިއެވެ.

ދާއިޔަލްގެ ފިރިހެންވަންތަ ހުނުމުގެ އަޑު އިވި ރަޝާގެ ތުންފަތަށް ހިނިތުންވުމެއް ކުރެހުނެވެ. “މިރޭ ހާދަ އޯވާރ ވެގެން ތިއުޅެނީ؟” ރަޝާ ލައިގެން އިން ރަތް ކުލައިގެ ގަޔަށް ބާރު ޓޮޕް ކޮޅުގެ ކޮނޑު ތިރި ކޮއްލަމުން ދާއިޔަލް ސުވާލު ކޮއްލިއެވެ. “ކިހިނެތްވީތަ؟ އައި ނޯ ޔޫ ލައިކް ދިސް” މަސްތީ ރާގެއްގާ ރަޝާ ބުނެލިއެވެ. ލުއި ހިނިތުންވުމަކާއި އެކު ދާއިޔަލް ރަޝާއަށް ބޮސް ދިނެވެ. ލުއި ފަތެއްހެން ރަޝާގެ ހަށިގަނޑު އުފުލާލަމުން ކޮޓަރިއަށް ވަނެވެ.

ހޮސްޕިޓަލްގާ އިސް މިކްޔާގެ މޫނު ކުނިވެފާ އިނީ ބަނޑުހައިވެފާވީ ވަރުންނެވެ. “ކޮއްކޮ ހާދަ އަނގަ ކުނިވެފަ؟” އެވަގުތު އެތަނަށް އައި ދުއާ އަހާލިއެވެ. “ފަހަރީ ޕްލީޒް ފީޑް މީ. ބަނޑުހައިވެގެން މަވާ މަރުވަނީ މިއޮށްގެން” ތުންކޮޅު އޫކޮށްލަމުން މިކްޔާ ބުނެލިއެވެ. “ހެހެ ސާބަހޭ މިކީއަށް. ދެން ދަގަ ކާން؟” މިކްޔާ ކައިރީ އިން ގޮނޑީގާ ދުއާ އިށީނެވެ. “މި އެތިގަނޑު ނިންމާފަ އަދި ދެވެން އޮތީ. ފަހަރި ޑިއުޓީތަ؟” މިކްޔާ އަހާލިއެވެ. “ހަހަ ޔެސް. ސުއިސައިޑް އެޓެމްޓް ޕޭޝަންޓެއް ކައިރިއަށް ވަދެލާފަ މިއައީ. ދާންވީ އަނެއްކާ” ބޯހޫރާލަމުން ދުއާ ތެދުވިއެވެ.

ދުއާ ދިޔުމުން އަލުން ކީބޯޑުގެ ފިތްތަކަށް ފިއްތަން ފެށިއެވެ. ލިޔަން އިން އެތި ލިޔެ ނިމުން އިރު 8 ޖަހަން އުޅެޔެވެ. ޑިއުޓީ ގަޑި ނިމުމާއެކު ނިކުންނަމުން އިނގިލީގެ ނިޝާން ޖަހާ މެޝިނުގާ އިނގިލި ޖައްސާލިއެވެ. އަދި ކަންނެތް ހިނގުމުގާ ހޮސްޕިޓަލުން ނިކުތެވެ. އެވަގުތު އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަމުން ދިޔައީ މީކައިލްއެވެ. “ހަލޯ؟”

“ކޮބާ މިކީ އަންނަގަ ކާން؟ ޕިއްޒާ އޯޑަރު ކުރީމި” މީކައިލް ބުނެލިއެވެ. “އަސްލުތަ؟ ހަމަ މިހާރު މިދަނީ. ހައިވެގެން މިއޮށް މަރުވަނީ މިހާރު. މިކީ ނުދަނީސް ކާން ނުފަށާތީ” އަމުރުވެރި ގޮތަކަށް އެހެން ބުނެލަމުން މިކްޔާ ފޯނު ބޭއްވިއެވެ. އަދި ބަރުހެލި ފިޔަވަޅުތަކެއްގާ ގޮސް ސައިކަލަށް އެރިއެވެ.

ހައިވެފާ ހުރި ވަރުން މިކްޔާއަށް ސައިކަލު ދުއްވުނީވެސް ހަގީގަތުގާ ލިމިޓަށް ވުރެ ބާރަށެވެ. “ޕިއްޒާ ޕްލީޒް. މިކީ އިޒް ގޮއިންގ. މިކީއަށް އިންތިޒާރު ކުރައްޗޭ…” މަޑުމަޑުން މިކްޔާ ބުނެލިއެވެ. އަނެއްކާ އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަމުން ދިޔައީ މީކައިލްއެވެ. “ކޮބާ އާދޭ ދެން މިހާރު މިއޮށް ހިހޫ ވަނީ” މީކައިލް ޝަކުވާގެ ރާގަކަށް ބުނެލިއެވެ. “މިދަނީއޭ. ހަމަ އުދުހިފަ މިދަނީ” ސައިކަލު ބާރު ކޮއްލަމުން މިކްޔާ ބުނެލިއެވެ. “އަވަސް ކުރޭ ހޫން” މީކައިލް އެހެން ބުނެ ފޯނު ބޭއްވިއެވެ.

“ޕްލޭޓް ނަންބަރު 7289 ސައިކަލު މަޑު ކޮއްލަ ދެއްވާ” ފަހަތުން ފުލުހަކު ބުނެލި އަޑު އިވުނެވެ. “އޯހް ޝިޓް. ދެން ނޫން މިހާރަކު ނޫން” އަކުރުތަކަށް ދަމާލަމުން މިކްޔާ ބުނެލިއެވެ. “ޕްލޭޓް ނަންނަބރު 7289 ސައިކަލު މަޑު ކޮއްލަ ދެއްވާ” އަނެއްކާވެސް ފުލުސް މީހާ ބުނެލިއެވެ. މިފަހަރު އެއީ ދަންނަ އަޑެއްހެން މިކްޔާއަށް ހީވިއެވެ. އެހެން ކަމުން ފަހަތް ބަލާލިއެވެ. ފަހަތުގާ ހުރި އެޒިކިއެލް ފެނި މިކްޔާގެ ދެލޯ ބޮޑުވިއެވެ.

“ޔޫ؟” “ޔޫ؟” ދެމީހުނަށް ހިތާ ހިތުން ބުނެވުނެވެ.

އެއީ މިއަދު ދިމާވި އަންހެން ކުއްޖާކަން އެނގުމުން އެޒިކިއެލްގެ ތުންފަތް އެއްމިޔަކަނުން ދެމުނެވެ. “އޯހް ޓައިމް ފޯރ ސްވީޓް ރިވެންޖް” އެޒިކިއެލް ޕޮލިސް ސައިކަލުން ފައިބަމުން ހިތާ ހިތުން ބުނެލިއެވެ.

“ލައިސެންސް ދެއްވާ” މިކްޔާ ކުރިމަތީގާ ހުއްޓެމުން އެޒިކިއެލް ބުނެލިއެވެ. “ބޭފުޅާ ނިދަނީވެސް އަވި އައިނު އަޅައިގެންތަ؟ މިހާރު ގައިމު ރޭގަނޑު 8 ޖެހީ އެޔޮށް” އަތު ކުރީގާ އޮތް ގަޑި ދައްކާލަމުން މިކްޔާ ބުނެލިއެވެ. ތެދެކެވެ. އަދިވެސް އެޒިކިއެލް ހުރީ އަވި އައިނު އަޅައިގެންނެވެ. ހަވީރުން ސުރެ ސައިކަލު ދުއްވުމައިގެން އުޅުމުން ހަނދާން ނެތުނީއެވެ.

“އަހެމް. ދެން ކީއްތަވީ؟ މިކަހަލަ ކޮލެޓީ، ފެންވަރު ރަނގަޅު އައިނު ގެންގުޅޭ ބޭފުޅުން ވަރަށް މަދުވާނެ” އެޒިކިއެލް ފޮނިވެލިއެވެ. މިކްޔާ އަނގަ ކުނި ކޮއްލިއެވެ. “ދެން ލައިސެންސް ދޭންވީނުން؟ ލިމިޓަށް ވުރެ ބާރަށް ތިބޭފުޅާ ދުއްވީ” އެޒިކިއެލް އަނެއްކާވެސް ބުނެލިއެވެ. “އޯކޭ އޯކޭ. ދެން ސޮރީއޭ. ބަނޑުހައިވެފަ ހުރި ވަރުން ބާރަށް ދުއްވުނީ” މިކްޔާ ބަނޑުގާ އަތް ހާކާލަމުން ބުނެލިއެވެ.

“އެކަމަކުވާ. ތިހެން ދަނިކޮށް މީހަކުގައިގަ ޖެހި މަރުވެއްޖެ ނަމަ އޭނާގެ އާއިލާ ކައިރީ ބުނާނީ ކީކޭ؟ ހައިވެފަ ހުރި ވަރުންނޭ ބާރަށް ދުއްވުނީ؟ ވާއު ދިސް ލޮޖިކް އޮފް ޔުއާރސް” އެޒިކިއެލް ހަރަމް ބަނދެލިއެވެ. “ބުނަންތަ ވާހަކައެއް؟ ބަނޑުހައިވެފާ ހުރި އަންހެނަކަށް ވުރެ ދުނިޔޭގަ ބާރު ގަދަ އެކަކުވެސް ނުހުންނާނެ އިނގޭ؟ އަސްލު ކުރިމައްޗަށް އެރީ ވިއްޔާ… ދޭ ޑިޒާވް ޓު ޑައި” މިކްޔާ ކޮނޑު އަރުވާލިއެވެ.

އެވަގުތު ދެމީހުން ހަތަރު ކަޅި ހަމަވިއެވެ. ހިނދުކޮޅަކު ދެމީހުން އެކަކު އަނެކަކު ލޮލަށް ގެއްލިފާ ތިއްބެވެ. “ހޫން. ސައިކަލުން ފައިބާ” ކަރުކެހިލަމުން އެޒިކިއެލް ބުނެލިއެވެ. “ކީއްކުރަން؟ ހައިވެފާ އޮތް އަހަރެންގެ ބަނޑު ކަލެއަށް ދައްކަންތަ؟” މިކްޔާ ނިތް ހިއްލާލިއެވެ. އެޒިކިއެލް ބޯހޫރުވާލިއެވެ. “އިނގޭތަ؟ ތީނަ ތިއުޅޭ ގޮތުން އައި ޖަސްޓް މިސްޑް ސަމްވަން”

“ކާކުތަ؟ ތީނަގެ އެކްސް؟؟؟” ހީލަމުން މިކްޔާ ސުވާލު ކޮއްލިއެވެ “ނޫން. އަހަރެން ކުރިން ގެންގުޅުނު ބުޅާ” އެޒިކިއެލް ބުނެލިއެވެ. “”ކުރިން ގެނގުޅުނު ބުޅާ؟” އޯހް ބުޅާ މަރުވީ ދޯ؟ ކިހިނެތްވީ؟” މިކްޔާ އަހާލިއެވެ. “ގެނބުނީ. ކިރު އަޅާފަ ހުރި ބޯތައްޓެއް ތެރެއަށް ވެއްޓި” އެޒިކިއެލް ބުނެލިއެވެ.

“އޯ. އެމް. ޖީ” މިކްޔާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “މަލާމަތް ކުރާނެ ކަމެއް ނެތް އިނގޭ؟ އެބުޅަލަށް އޭރު އެންމެ 5 ހަފްތާ. ނުލާހިކު ކުޑަ ވިއްޔަ އޭރު” ކުޑަ ކުއްޖަކު ހިތްހަމަ ނުޖެހުމުން ކަޅި އަޅާލާހެން ކަޅި އަޅާލަމުން އެޒިކިއެލް ބުނެލިއެވެ.

“އެހެންވެ ތިބުނަނީ… އެބުޅާ މަރުވީ ބޯތައްޓަކަށް ވެއްޓިއޭތަ؟” މިކްޔާ ހެމުން ހެމުން ބުނެލިއެވެ. “ދެން ކިހާ ދެރަކަމެއްތަ؟ މަޖަލެއް ނޫން އިނގޭ؟” އެޒިކިއެލް ތުންކޮޅު އޫކޮށްލިއެވެ. “ހަހަހަހަ އިޓްސް ހިލޭރިޔަސް. މަޑުކޮށްބަލަ. ކޮންނަމެއް ކިޔާ ބުޅަލެއްތަ؟” މިކްޔާ ހުނުން މަތަ ކުރަމުން އަހާލިއެވެ. “ބައުލްބީ”

“ބައުލްބީއޭ؟ ހަހަހަހަ ތީނަ އަބަދުވެސް ބައުލް މައްސަލަ ހުރޭ ދޯ؟ ބައުލްބީއޯ ވަޓް ދި ހެލް” މިކްޔާއަށް ހެވުނު ވަރުން ސައިކަލުންވެސް ނުވެއްޓުނީ ކިރިޔާއެވެ. “މިދެނީ ވާރނިންގެއް. ލައިސެންސް ދެވުން ކަމަކަށްވެސް ނުވިއެއްނުން؟ ދެން މިހެން ވެއްޖެ ނަމަ ސައިކަލު ނަގާނަން” އެޒިކިއެލް ސީރިޔަސް ވެލާފައި ބުނެލިއެވެ. “ހަހަ އެއީ ކީއްވެއޯ؟”

“މަގޭ ބުޅަލަށް އެއްޗެހި ކީމަ. ހީ ވޯޒް އަ ފޯލެން ހީރޯ އިނގޭ؟” އެޒިކިއެލް ކަޅި އަޅާލިއެވެ. “ހްމްމްމް ކިރުތައްޓަށް ވެއްޓުނު ހީރޯ ދޯ؟ ހަހަހަ” މިކްޔާ ހީލަމުން ބުނެލިއެވެ. ކަޅިއަޅާލަމުން އަތުގާ އޮތް ކަރުދާސްކޮޅު މިކްޔާއަތަށް އޭނާ ދިނެވެ.

“ދެން އެހެންވެ ދިޔަޔަސް އޯކޭ ދޯ؟” އޭގައި ހިފަމުން މިކްޔާ އަހާލިއެވެ. “ހޫމް. ދޭ. ގޮއްސަ ތިޔަ އެއްޗެއް ކެވޭތޯ ބަލާ. ބަލައިގެން ދުއްވާތި. އެކަމަކު ދެން ބާރަށް ދުއްވަނިކޮށް ފެނިއްޖެއްޔާ-”

“ކީއްކުރަނީ؟ ކިރު އަޅާފަ ހުރި ބޯތައްޓަކަށްލާ ގަންބާލާނީތަ؟” އެޒިކިއެލްގެ ޖުމްލަ ހުއްޓުވަމުން މިކްޔާ ބުނެލިއެވެ. އެޒިކިއެލް އެއްވެސް އެއްޗެއް ނުބުނެ މިކްޔާގެ ދޮން މޫނަށް ބަލަން ހުއްޓެވެ.

ލައިގެން ހުރި ޖީންސް ތެރެއަށް ކަރުދާސްކޮޅު ލަމުން މިކްޔާ ސައިކަލު ދުއްވާލިއެވެ. އޭރުވެސް އޭނާގެ ލުއި ހުނުމުގެ އަޑު އިވެމުން ދިޔައެވެ. މަގުގައި އެއްވެސް އަޑެއް ނީވޭތީވެ އެއަޑު ދިޔައީ އެކޯ ވަމުންނެވެ.

“ޝީޒް ލަކީ ޝީޒް ކިއުޓް” އެއްމިޔަކަނުން ހީލަމުން އެޒިކިއެލް ބުނެލިއެވެ. އަދި ލުއި ފިޔަވަޅުތަކެއްގާ ގޮސް ސައިކަލަށް އެރިއެވެ.

(ނުނިމޭ)

ފަސްވަނަބައިގެ ތެރެއިން:

ސީލިންގާ ދިމާލަށް ބަލަން އޮތް އިމްރާންގެ މޫނުމަތީގައި ރުޅިވެރިކަންވީ އޭގެ އިންތިހާއަށެވެ. އެމޫނު މަތީގައި ހުރި އަސަރު ތަކުން ދެންމެ ދެންމެ މީހަކު މަރާލަފާނެހެންވެސް ހީވެޔެވެ. ނިދިފައި އޮތް ލީރާގެ މޫނަށް ބަލާލަމުން އެނދުން ތެދުވީ ކުއްލިއަކަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ނެތިގެން ދަނީ މި ރާއްޖޭން

Next

ތިހަނދާނުން އަށްވަަނަބައި (ދިރިއުޅުމަކީ ނިމުމެއް ނުވާ ހަނގުރާމައެކޭ)

Next
December 1, 2025

ތިހަނދާނުން އަށްވަަނަބައި (ދިރިއުޅުމަކީ ނިމުމެއް ނުވާ ހަނގުރާމައެކޭ)

Previews
November 30, 2025

ނެތިގެން ދަނީ މި ރާއްޖޭން

12 Comments!

  1. Aanaa says:
    December 1, 2025 at 6:19 am

    Heyyyyy shihaa
    Finally u r backkkkkk…Alhamdulillah🫶🏻
    Shihaage vhk thah mathin haadha miss vieyyy😭
    Masha Allah mi part thah vrhhh reethiii
    Sooo curious
    When next???
    lyyy🤍

    1. shihaamaa ali shihaamaa ali says:
      December 1, 2025 at 2:15 pm

      heyyy Aanaa
      hehe yess im back, alhamdhulihllahi.. hehe jazaakallah khairan.. in sha allah next ep soon.. lyt

  2. It's AI💚 says:
    December 1, 2025 at 11:50 am

    Shiherr. Arigato.
    Lyssssssssssmmmmmmmmmm💚💚♡💚♡

    1. shihaamaa ali shihaamaa ali says:
      December 1, 2025 at 2:15 pm

      lytt
      welcome 🙂

  3. Your fav bab Your fav bab says:
    December 1, 2025 at 3:28 pm

    Hey shierrrrrr!!!
    Missed you so much and so happy to see u backk😁😁
    Mi 3 ep ves hama obiness to the max^^^~~~³
    Loved it so much!!💗💗💗
    So dhaaiyal is rashaa’s bf right?
    Ezikiyal and mikya ah vaa saabas!! hemun hemun gos bidhijje😂😂
    I’m sitting on the edge of my seat now!! So curious!!
    When next?
    Lysssm n tc

    1. shihaamaa ali shihaamaa ali says:
      December 1, 2025 at 6:38 pm

      heyy dearrr
      yes alhamdhulihllahi i am backkkk.. jazaakallah khairan dearr..
      YES Dhaaiyal and Rashaa are dating..
      Dhww shihaavess e scenes liyun iru heehee 🤣
      stay tuned for next episode in sha allah next sooonn..
      lytt tc

  4. Maash Maash says:
    December 1, 2025 at 4:56 pm

    Heyyyy shiherrr…
    Vrh vrh vrhhh reethi ingey all these parts maasha Allah.. I just loved it.. ezekial and mikya soo funny.. I hate Rasha sooo muchhh… Lashka ulhey gothun vrh dheravey.. hope she gets a happy ending.. I’m sure shiher ge ehen stories thakekey ehfadhain mi story vx reethi vaanekan.. sorry for the late comment ingey.. adhi kiriya mi kiyaalevuny.. I hope your doing well darll.. I’m so proud of you.. lyssm💜🦋

    1. shihaamaa ali shihaamaa ali says:
      December 1, 2025 at 6:42 pm

      heyyyy marrrshhhh
      jazaakallah khairan lovelyy.. haha dhwww i was laughing sooo much e dhemeehun ge parts liyun iru haha 🤣 ikrr she’s sooo meaann 🙁 asluvess shihaa vess vrhhh dheraveyy ☹️ hehe let’s see dhww.. hehe ummeedhu kuran kamudhaane kamahh 🫶🏻 hehe its okay it happens.. i hope you are doing well tooo.. awwwyyy this comment made meee soooo happpyyyyyy BRB im gonna goo cryyy 🥹🥹❤️ lyyyyyssssssmmmmmmm🥹🥹❤️🥹🫶🏻

  5. maan lover says:
    December 2, 2025 at 2:04 pm

    Hey shihaaa
    After such a long time.. (in actual it was not as long as i expected. I thought you would take at least more than a month but you only took 21 days) i hope you have recovered. I just want to tell you something.. In my opinion..
    Some readers might get or feel bored if the stories are short i meant 12-15 episodes. I recommend you to write longer as u wrote before 30- 50 episodes.. Hope you won’t take it negatively..
    Im grateful b cuz you uploaded 3 episodes at once. They r so good n very nice.. MA💗💞
    Curiously waiting for the next episode
    When next episode????
    Tc.. Lyyy 💗💗💞💞

    1. shihaamaa ali shihaamaa ali says:
      December 2, 2025 at 5:41 pm

      hehe yess.. i’m still recovering soo some weeks ga eps lass vedhaane or madhu vedhaane but I will upload dhn hama in sha allah..
      yesyes.. my last story ވަފާތެރިމަވީމޭ aslu kurukolly cause dhn innaany 5 years later big gap eh annaathyve aslu season 2 eh genna gothah ninmmaaly.. jazaakallah khairan for sharing ur pov 🙂
      jazaakallah khairan dear next episode ves in sha allah soon
      tc lyt

  6. Vaanuvaa.com says:
    December 3, 2025 at 1:13 pm

    Wait Wait what what??!!!
    Your taking a 5 year break ????????

    1. shihaamaa ali shihaamaa ali says:
      December 3, 2025 at 1:47 pm

      whaaatt no no.. i’m back right now.. i just too a few days ge break eh.. sorry for the confusion 🙁

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ 5←


All Right Reserved!