Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ވާތީ ހިތަކު ލޯބި މަންމަންވެފާ 1

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
November 9, 2025 5 Mins Read
13 Comments

(1 ވަނަ ބައި)

ފަތިހުގެ ފިނިކަން ފިލާ ޖައްވައް ހޫނުކަން ފެތުރިއްޖެއެވެ. މަގުތައް ކުނި ކެހުމަށް މީހުންތައް ނުކުންނަން ފެށިއެވެ. ކާޅާއި ކުނބޯވެސް އެސޮރުމެންގެ ކެއުން ހޯދުމައް ނިކުމެއްޖެއެވެ. އިސްކޫލައް ދާކުދިން އިސްކޫލައް ތައްޔާރުވާން ފެށިއެވެ. ޑިއުޓީއަށް ދާމީހުން ޑިއުޓީއަށް ދާން ތައްޔާރުވާން ފެށިއެވެ.

ހެޔޮވަރުވަރެއްގެ ކޮޓަރިއެެކެވެ. ސީލިންގާއި މުޅި ކޮޓަރީގައިވެސް ވަނީ އަޅިކުލައެވެ. ކިންގު ސައިޒް އެނދުގައި އޮތް އުމުރުން 19 އަހަރުގެ އެޒިކިއެލް އޮތީ ނިދާފައެވެ. ހަމަ އެކަނި ސޯޓެއް ލައިގެން އޮތް އިރު އޭނާގެ ބައިމަތިފުޅާ ހަށިގަނޑު ފެނި އަންހެން ކުދިންތައް ހޭނެތޭނެކަން ޔަގީނެވެ. ބަނޑުގައި ތަރުތީބުން ހަގޮޅިއިން އިރު، އަތުގެ މަސްތަކުގައި ވެސް ވަރު ހުއްޓެވެ. އެއަތް އިތުރަށް ރީތި ކޮއްދެނީ އަތުގައި ފުއްޕާލާފައި ހުރި ނާރު ތަކެވެ. ހެޔޮވަރުވަރަކަށް ކޮށާލެވިފައި އިސްތަށިގަނޑު ވަނީ އެގޮތް މިގޮތަށް ހޭވިފައެވެ.

ދޮރު ހުޅުވާލާފައި އުމުރުން 19 އަހަރުގެ އެލާރާ ކޮޓަރިއަށް ވަނެވެ. ކަޅު ކުލައިގެ ދޫ ހަރުވާޅަކާ އެކު ކަނޑު ނޫކުލައިގެ ކަކުލާ ހަމައަށް އަރާ ހެދުމެެއް ލައިގެން ހުރި އެލާރާއަށް ނިދާފައި އޮތް އެޒިކިއެލް ފެނި ބޯހޫރުވާލެވުނެވެ. އެލާރާއާ އެޒިކިއެލްއަކީ އެއްމާބަނޑު ދެބެންނެވެ. “މި ދޮންބެ އަދިވެސް ނިދަނީ ދޯ؟” ތުންކޮޅު އޫކޮއްލަމުން ގޮސް ރީތިވާ މޭޒުމަތީގައި އިން ފެންފުޅި ނަގާ އޭގެން އެތިކޮޅެއް އެޒިކިއެލްގެ މޫނަށް އަޅާލަން އޭނާ ދިޔައެވެ. އެހެނަސް އެލާރާގެ ޙިޔާލު ބަދަލު ވިއެވެ. ތުންފަތުގައި ކުރެހުނީ ލާނެއް ހިނިތުންވުމެކެވެ. ފެންފުޅި ބައިންދާފައި އައިސް އެޒިކިއަލްގެ އުނގަނޑުގައި އަތް އަޅާ ކޮއްޕާލިއެވެ. ވަގުތުން އޭނާ ގުޅައަކަށް ބިންމައްޗަށް ޖެހުނެވެ. “އައްދޯތް”

“ކޮން އައްދޯތް އެއްތަ؟ މިހާރު އެޔޮއްގެން 7 ޖެހީއޭ. އަދި ވެސް ހަމަ ނިދަނީ ހޫން. ތިހެން ވާނީ އެހާ ލަސް ވަންދެން ނިދަންޏާ. ކިންގް ސައިޒް އެނދެއްގަ ނިދާ އިރު ވެސް އެނދުން ވެއްޓެނީ. ހިތަށް އަރާ މީނަ މީހަކާ އިނީމަ ދެން އުޅޭނީ ކިހިނެތް ބާއޭ” އެލާރާ އުނަގަނޑުގައި އަތް ޖައްސާލަމުން ބުނެލިއެވެ.

“ހޫން. ދެން ބޭކާރު ވާހަކަ ނުދައްކާ. އެލާ ދޯ އަހަރެން ކޮއްޕާލީ؟” އެޒިކިއެލް އެއްބުމަ ހިއްލާލިއެވެ. “ނޫޅެން. ކުރާނެ ކަމެއް ނެތިގެނެއް ނޫޅެން” ދޫނެރެލާފައި އެލާރާ ކޮޓަރިން ނިކުމެގެން ދިޔައެވެ.

“ހިތަށް އަރަނީ މަންމަ ބަނޑުގަ އޮތް އިރު މީނަ ހާދަ ޖެއްސުމެއް ކޮއްފަ ހުންނާނެބާއޭ” ބޯހޫރުވާލަމުން އެޒިކިއެލް ތެދުވިއެވެ. މޯޅިއަކަށް ދެމިލަމުން ފާހާނާއަށް ވަނީ ފެންވަރާލާށެވެ.

ފާހާނާ ތެރޭގައިވެސް ވަނީ އަޅިކުލައެވެ. ލައިގެން ހުރި އެއްޗެހި ބާލާފައި އެޒިކިއެލް ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ލޯގަނޑު ކައިރީ އިން “ޓޫތްބަޝް ހޭންގާރ” ގައި އެލުވާފައި އިން ދަތްއުނގުޅާ ބުރުސް ނެގިއެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލަމުން އޭނާ ދަތްއުނގުޅަން ފެށިއެވެ.

“ކޮބާ ދޮންބެ ހޭލީތަ؟” އެލާރާ އެނބުރި ބަދިގެއަށް ވަނުމުން ދެބެންގެ މަންމަ ޔާޝާ އަހާލިއެވެ. “އާނ. ވަދެއްޖެ ފެންވަރަން” ހެދުމުގެ އަތު ކުރި އޮޅާލަމުން އެލާރާ ތަށިތައް ދޮވެ ސައިހަދަން ތައްޔާރު ކުރުމުގެ މަސައްކަތް ފެށިއެވެ.

ލޯގަނޑު ކުރިމަތީގަ ހުރި ޒުވާނާ ތައްޔާރު ވަމުން ދިޔައީ ޑިއުޓީއަށް ދިޔުމަށެވެ. ކަޅު ކުލައިގެ ފަޓުލޫނަކާއި އެކު މަޑު ނޫކުލައިގެ ގަމީހެއް ލާފައިވީއިރު ގަމީހާއި ގުޅުވައިގެން އަޅާފައި ހުރި ކަނޑު ނޫކުލައިގެ ޓައީއިން އެޒުވާނާ ވަރަށް ފުރިހަމަ ކަމަށް ދައްކައެވެ. އަތަށް ޖެލް ކޮޅެއް އަޅާލަމުން ފަންދިގު އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. އެންމެ ފަހު ކަމަކަށް “ފޮގް” ސެންޓު ފުޅި ނަގާ މުޅި ހަށިގަނޑަށް ބުރުވާލިއެވެ.

“ހޫން ހޫން ސާބަހޭ. ދޮންބެ ޑިއުޓީއަށް ދަނީ ކައުންސެލިންގ ނަގަންތަ ނޫނީ ބިޓުން ހޯދަންތަ؟” ކަޅު ކުލައިގެ އަބާޔާއަކާއި އެކު ދަނބު ކުލައިގެ ޝޯލްއެއް އަޅައިގެން ހުރި އަންހެން ކުއްޖަކު ދޮރު ހުޅުވާލަމުން ސުވާލު ކުރިއެވެ. “ކިހިނެތްވީ؟ ބިޓެއް ވެސް ލިބޭތޯ ދެން ދޯ؟ ހެހެހެހެ” މީކައިލް ފޮނިވެލަމުން ބުނެލިއެވެ. އަދި ފަހަތަށް އެނބުރި އޭނާގެ ހުރި ހަމަ އެކަނި ކޮއްކޮ ކަމުގައިވާ އުމުރުން 18 އަހަރުގެ މިކްޔާއާ ދިމާލަށް ބަލާލިއެވެ.

“މިކީ ވިއްޔާ ކީއްތަ؟ ހީވަނީ ގައިމު މޭބިސްކަދުރެއްހެން” މިކްޔާގެ ބޮލުން ފެށިގެން ފަޔާ ހަމަޔަށް ބަލާލަމުން މީކައިލް ބުނެލިއެވެ. “ދެން ތިހެންޏާ ދޮންބެ ހީވަނީ ބްލޫބެރީއެއް ހެން” މިކްޔާވެސް ދެރަނުވާން ވެގެން ބުނެލިއެވެ. “އާނ ދެން ބޭކާރު ވާހަކަ ނުދައްކާ ހިނގާ ސައިބޯން” ރީތިވާ މޭޒު މަތީގައި އޮތް ފޯނު ނަގަމުން މީކައިލް ހިނގައިގަތެވެ. އޭނާގެ ފަހަތުން މިކްޔާ ވެސް ގޮސް ވަނީ ކާގެއަށެވެ.

“ކޮބާ އާދޭ ސައިބޯން” ދެބެން ކާގެއަށް ވަނުމުން ދެބެންގެ މަންމަ ސަފިއްޔާ އިށީންނަމުން ބުނެލިއެވެ. “ވާއު. ބަޖިޔާ ދޯ؟ މްމް މިހާރު ވެސް ބަނޑު ފުރިއްޖެ” ބަޖިޔާއަކީ މީކައިލްއަށް އެންމެ މީރު ހެދިކާއެވެ.

“އާނ ދެން ބަނޑު ފުރުނީއާ ދެން ކާނެ ކަމެއް ނެތް. އަވަހަށް ދާން އުޅޭ ހަހަ” މިކްޔާ ހީގަންނަމުން ބުނެލިއެވެ. “ބަނޑު ފުރުނަސް ހިތެއް ނުފުރެޔޭ. އެހެންވެ ކާން ވާނުން” މީކައިލް ބަޖިޔާއެއް ނަގަމުން ބުނެލިއެވެ. “ދޮންބެ ކާއެއްޗެހި ދަނީ ހިތަށް ތަ؟ އަހަރެމެން ކާއެއްޗެހި ދަނީ ބަނޑަށް. ކީކޭ މަންމަ ބުނަނީ” މިކްޔާ ދެލޯ ބޮޑު ކޮއްލަމުން ބުނެލިއެވެ.

“ހޫނ ހޫން ދެން ނިމުނީ. އެކަކަށް މިހާރު 23 އަހަރުވީ އަނެކަކަށް 18 އަހަރުވީ. އަދިވެސް ދެބެންކުރެ އެކަކުވެސް ބޮޑެއް ނުވޭ ދޯ؟” ދެބެންގެ ބައްޕަ މިރުޝާލް ބޯހޫރުވާލަމުން ބުނެލިއެވެ.

“ދެން ދޮންބެ ފެށީ”

“ދެން ކޮއްކޮ ފެށީ”

ދެބެންނައް ބުނެވުނީ އެއްފަހަރާއެވެ. ސަފިއްޔާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

ނަރުސް ޔުނީފޯމު ލައިގެން ލޯގަނޑު ކުރިމަތީގައި ރީތިވާން ހުރި އުމުރުން 23 އަހަރުގެ ޒާލާގެ ހަރަކާތްތައް އަވަހެވެ. މިހާރު 8 ޖަހަން 20 މިނިޓްއަށް ވީއެވެ. އަދިވެސް ތައްޔާރުވެ ނުނިމެޔެވެ.

“އަޅެ ލޯބީ. ނާނު އަބަދުވެސް ބުނަމޭނުން ޕިން އަނގައަށް ނުލާނޭ” އެވަގުތު ކޮޓަރިއަށް ވައިން ޒާލާގެ ފިރިމީހާ އަކްނާން އޭނާގެ އަނގައިގައި އިން ޕިން ނެގިއެވެ. “ދެން އެހެން ދޯ ވާނީ. ހާދަ ލަސް ވެއްޖޭ” ޒާލާ ބުނެލިއެވެ.

އަކްނާން ހިނިތުންވެލައިގެން ހުރެ ޒާލާގެ ދޮން މޫނަށް ބަލާލިއެވެ. ބޮޑުބޮޑު ދެލޮލެކެވެ. ދޮންކަމުން މުޅި މޫނުމައްޗަށް ވެސް ވަނީ ޖަންބު ކުލަ އަރާފައެވެ. ރަތް ފިނިފެންމަލެއްގެ ފިޔަފަދަ ބޮޑު ތުންފަތެކެވެ. ތުންފަތް ކައިރީގައި އިން ކުޑަ ކަޅު ތިލަ، ޒާލާގެ މޫނު ވަކިން ފުރިހަމަ ކޮއްދެއެވެ. ހިތިފަތުބުމައަކާ ދިގު އެސްފިޔަތަކެކެވެ. އަންނާރު އޮށްތަކެއް ފަދަ ކުދި ކުދި ދަތްތަކެކެވެ.

“ކިހިނެތްވީ މޫނުގަ އެއްޗެއް އިނީތަ މާވަރަކަށް ތިބަލަނީ؟” އަކްނާން ބަލަން ހުރުމުން ޒާލާ ލަދުގަތެވެ. “ބެލޭނެއްނުން؟ ނާނުގެ ވައިފީ ހާދަ ހޮޓޭ” ދަތްދޮޅީގައި އަތް ހިންގާލަމުން އަކްނާން ބުނެލިއެވެ. “ހޫން. ގަޑި ޖެހެން މިހާ ކައިރިވީމަ ވެސް ވާނެ ފްލާޓް ކުރަން” ޒާލާ ދެފަރާތަށް ބޯހޫރުވާލިއެވެ. “ހަހަ. ގެރެއެއްނުން؟ އަން. މި ޕެކެޓް ބޯލާ” އަތުގައި އޮތް މައިލޯ ޕެކެޓް ކަނޑާލަމުން ޒާލާގެ ތުމުގައި ޖައްސާލަ ދިނެވެ. “ކޮބާތަ ޒަވުލްކޮ؟ އޭނަ ދިޔައީ ތަ؟” ޒާލާ އަހާލިއެވެ.

މަޑު ދުވެއްޔެއްގައި ދުއްވާފައިއައި ސައިކަލު މަޑުކޮއްލީ ރަށު ސުކޫލު ޕާކިންގ ލޮޓް ކައިރިއަށެވެ. ކަޅު ކުލައިގެ ޖީންސަކާއި އެކު ޕީޗް ކުލައިގެ ގަމީހެއް ލާފައި ހުރި ޒުވާނެއް ސައިކަލުން ފޭބިއެވެ. އަޅައިގެން ހުރި މަޑު ރަތް ކުލައިގެ ޓައީ ރީތި ކޮއްލަމުން އުމުރުން 21 އަހަރުގެ ޒަވުލް ހިނގައިގަތެވެ.

ފަންދިގު އިސްތަށިގަނޑެކެވެ. ދިގު މިނުގައި ޔަގީނުންވެސް 6 ފޫޓު ހުންނާނެއެވެ. ކުޑަ ކުޑަ ދެލޮލަކާއި އެކު ބޮޑު ތުންފަތެއް ލިބިފައިވިއެވެ. ތުންފަތް ކައިރީ އިން ކަޅު ތިލައިން ވަކިން ރީތިކަމަށް ދައްކައެވެ. ޒަވުލްއާ ޒާލާއާ ވަރަށް ވެސް ވައްތަރެވެ. ޒަވުލްއަކީ ސުކޫލު ދިވެހި ޓީޗަރެކެވެ.

“ޒަވޫ” ފަހަތުން ޒުވާނެއްގެ އަޑު އިވުމުން ޒަވުލް ފަހަތް ބަލާލިއެވެ. އޭރު އަކްނާން އޭނާއާ ދިމާލަށް އަންނަނީއެވެ. އެއީ ޒަވުލްގެ ދޮންތަބެއެވެ. އުމުރުން 22 އަހަރުގެ އަކްނާން ސުކޫލު އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. 6 ފޫޓުގެ އަކްނާންއަކީ ޒުވާން އަންހެން ކުދިންގެ ހިތްތައް ކަތިލާފަދަ ރީތި ކަމެއް ލިބިފާވާ ޒުވާނެކެވެ. ފަންދިގު އިސްތަށިގަނޑަކާއި ކުޑަ ކުޑަ ދެލޮލެކެވެ. ބޮލުގެ އިސްތަށިގަނޑު އެސިހުރުވެރި ދެލޮލަށް އުނދަގޫ ކުރަމުން ދިޔައިރު ބަލާ ބަލާ ފޫހި ނުވާނޭ ފަދަ މަންޒަރެކެވެ. ބައިމަތި ފުޅާ ހަށިގަނޑެއް ލިބިފައިވާ އިރު، ލައިގެން ހުރި ކަޅު ކުލައިގެ ގަމީހުގެ އަތްކުރި އުޅަނބޮއްޓާއި ހަމައަށް އޮޅާލެވިފައިވީ އިރު، ފުއްޕާލާފައި ހުރި ނާރުތައް އޮތީ ހާމައަށެވެ.

“ކޮބާ އަހަރެން ބުނީ ކޮން އިރަކުންހޭ ދިވެހި މަދަހަ މުބާރާތް ބާއްވަނީ؟” ޒަވުލް ކުރެން އަކްނާން އަހާލިއެވެ. “ނޭނގެ ބްރޯ. އިއްޔެ ނޫން ކުރީ ދުވަހުކީ 2 މަސް ފަހުންނޭ. ދެން އިއްޔެގަ ބުނީ މިމަހު ނިމޭކޮޅޭ. ނޭނގެދެން” ޒަވުލް ބޯހޫރުވާލަމުން ބުނެލިއެވެ.

އެލާރާއާ އެޒިކިއެލް ދެބެން ސްޓޭޝަނަށް ވައިން އިރު ދެބެންގެ އިންތިޒާރުގައި ޔައުލާން އިނެވެ. “ސާބަހޭ. މިދެމީހުންހާ ތަތްބައެއް މުޅި ސްޓޭޝަނުގަ ވެސް ނޫޅޭނެ” ބޯހޫރުވާލަމުން ޔައުލާން ބުނެލިއެވެ. “ހަހަ ކިހިނެތްވީ؟ އެލާ ނާހިސްގެން ހިތް ކުދިކުދިވެފަ ދޯ؟” އެޒިކިއެލް އަހާލީ ދިމާކުރާ ރާގެއްގައެވެ.

“ސާބަހޭ ދޮންބެއަށް. ވީއާރ ޖަސްޓް ބެސްޓީޒްއޭ” ކަޅި އަޅާލަމުން އެލާރާ ބުނެލިއެވެ. “އޯކޭ އޯކޭ” ހެމުން ހެމުން އެޒިކިއެލް ސްޓޭޝަނަށް ވަނެވެ. އެޒިކިއެލް ވަނުމުން ޔައުލާން ގާތުގައި އެލާރާ އިށީނެވެ.

“ޑޯންޓް މައިންޑް ހިމް” އެލާރާ ބުނެލިއެވެ. “ހެހެ އެއޯކޭ ވާނެ. ދޮންބެ އަބަދުވެސް އެހެން ކިޔައޭނުން” ޔައުލާން ހީލަމުން ބުނެލިއެވެ. “އާހްހްހް ހާދަ ވައޭ ދޯ މިދުވަސްކޮޅު. ވަރަށް ބޮޑު ކޭސްއަކާ އުޅެން ބޭނުމީ” އެލާރާ މޯޅިއަކަށް ދެމިލަމުން ބުނެލިއެވެ.

“ސުބްހާނައްﷲ އެލާ ދެން ތިކަހަލަ ވާޙަކަ ދައްކާކަށް ނުވާނުން؟ ނޭނގެއޭނުން ދެން ވާނީ ކިހިނެތްކަމެއް ވެސް” ޔައުލާން ދެލޯ ބޮޑު ކޮއްލަމުން ބުނެލިއެވެ. “އަޅެ ދެން އެއްވެސް ކޭސްއަކާ ނޫޅޭތާ މިހާރު ކޮން ދުހެއްތަ؟” އެލާރާ ތުންކޮޅު އޫކޮއްލިއެވެ. “ރޭގެ ޑިއުޓީގަ ސައިކަލެއް ނެގި ވާހަކަ އެހިން ހަހަ” ޔައުލާން ހީލިއެވެ. “ތިދެން އާމު ކަމެއްނުން؟ ހަހަ” އެލާރާ ހީލިއެވެ.

ގަޑިއަކީ ރިލީފް ވަގުތެއް ކަމުން ކުލާސް ކުދިންތައް ސަކަރާތް ޖަހަމުން ދިޔައެވެ. އެންމެ ކުއްޖެއް ފިޔަވައެވެ. އެއީ އުމުރުން 17 އަހަރުގެ ލަޝްކާއެވެ. ކުއްޖާ ހިކި ކަމުން ހީވަނީ މަރު މައްޔިތެއްހެނެވެ. ދެލޯ ވަޅުވަދެފައިވީ އިރު ކޯތާފަތުގައާ ދެލޮލުގައިވެސް ރަތްކަން ވިއެވެ. ހިތާމައިގެ ތަސްވީރެއް ފަދައެވެ. ލަޝްކާ އެހާ އެކަނި އޭނީ ކީއްވެ ބާއެވެ؟

“އޭ. ސިންގާގެ ލަޝްކަރު” އަންހެން ކުއްޖަކު ގޮވާލި އަޑަށް ލަޝްކާ ސިހުނެވެ. އޭރު ދެއަންހެން ކުދިން ލަޝްކާއާ ދިމާލަށް އަންނަމުން ދިޔައެވެ. ވަގުތުން ލަޝްކާގެ މުޅި ހަށިގަނޑު ތުރުތުރުލާ ގަތެވެ.

(ނުނިމޭ)

ދެވަނަބައިގެ ތެރެއިން:

“ކޮބާ ކޮބާ ނެއްތަ ޓީއެއް؟” ހަރަމްބަނދެލަމުން ޔައުލާން އަހާލިއެވެ. “އަމްމްމް… އަސްލު ދެއާރ އިޒް…” މޫނު މަތީގައި އަތް އަޅާލަމުން އެލާރާ ބުނެލިއެވެ. “ކޮބާ ސްޕިލްލްލް” ޝައުގުވެރި ވެލާފައި ޔައުލާން ބުނެލިއެވެ. “ސޯ… އެލާ ކުއްޖަކާ ވާހަކަ ދައްކަން އެބަ…” މޫނުގައި އަތްއަޅައިގެން އިނދެ އެލާރާ ބުނެލިއެވެ. ވަގުތުން ޔައުލާންއަށް ކުރެވުނީ އެހެން ކަހަލަ އިހުސާސެކެވެ. މެއަށް ފިތޭ ކަހަލަ އިހުސާސެކެވެ. އެމީހަކާ މެދު ހިތުގާ ހަސަދަ ހުފެދުނެވެ. އެއީ ކީއްވެ ހެއްޔެވެ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

މާސްކު (ޕާޓް 27)

Next

އެދިގެން ކަލާ ލިބޭތޯ 21

Next
November 10, 2025

އެދިގެން ކަލާ ލިބޭތޯ 21

Previews
November 9, 2025

މާސްކު (ޕާޓް 27)

13 Comments!

  1. Darkqueen38 says:
    November 9, 2025 at 8:47 pm

    Varah reethi curious to see what happens next

    1. shihaamaa ali shihaamaa ali says:
      November 9, 2025 at 8:48 pm

      Jazaakallah khairan dear, stay tuned for the next episode in thursday 🫶🏻

  2. shihaamaa ali shihaamaa ali says:
    November 9, 2025 at 8:48 pm

    there was a bit problem with the comment section you guys can comment now 🫶🏻

  3. Ezikiels' Wife 🥹 says:
    November 9, 2025 at 8:53 pm

    O MY GOSH… EZIKIELLLLL SOUNDS SOOOOOOOOO HOTTTTTTTTTTTTTTT🥵🥵🥵🥵 OMG OMG I WANT HIM SOOOOOO BADDD 😭
    mi part vess warah reethi. i can’t wait for next.. when next?????
    ILYSMMM SHIHERRR

    1. shihaamaa ali shihaamaa ali says:
      November 9, 2025 at 10:50 pm

      hehehe 🥹🫶🏻 jazaakallah khairan dearr.. in sha allah next episode on thursday stay tuned.. lyttt

  4. Aanaa says:
    November 9, 2025 at 9:08 pm

    Masha allah mi part vs vrh reethi
    haadha udhaguley nan thah kiyan, ekm vrhhh laawbiii uniiquue nan thah❤️
    Hih edhey kahala myhun😫
    Ischool ge badhalga school
    Vrh hyvey yaulaan elaara ah hih kiyaafihn
    Curiously waiting
    When next???
    Lyyy🫶🏻

    1. shihaamaa ali shihaamaa ali says:
      November 9, 2025 at 10:56 pm

      jazaakallah khairan dearr.. haha yess shihaa like vany very unique, ehaa meehun use nukuraa names😭ischool is the dhivehi name for school 🫶🏻 haha balamaa dww.. next in sha allah on thursday lyt 🫶🏻

  5. Riusha💙 says:
    November 9, 2025 at 9:38 pm

    Haadha wierd names thakekey.. I meant itz a bit hard to read. But i respect them, cux thw author will know dhww the names and everything. Well they r unique…
    Maasha Allah varah reethi first prt ingeyy.. Ehn episodes vx mihaa dhigukon genesdheyne kamah unmeedhu kuran ☺️💙
    Curiously waiting for the nxt prt..
    When nxt prt????
    Take Care.. Luv ya 💙💙💙

    1. shihaamaa ali shihaamaa ali says:
      November 9, 2025 at 10:57 pm

      😭😭😭😭😭 i like to use unique names… hehe..
      jazaakallah khairan dear.. in sha allah 900-1000 words per episode on thursday
      tc lyt 🫶🏻

  6. It's SUNFLOWER 🌻 says:
    November 10, 2025 at 10:36 am

    Masha allah. Mi prt vrh fahkaa. Keep it up shiherr.

    1. shihaamaa ali shihaamaa ali says:
      November 10, 2025 at 11:08 am

      Jazaakallah khairan dearr.. 🫶🏻

  7. Your fav bab Your fav bab says:
    November 10, 2025 at 2:28 pm

    Alhey varah salhi first part!!
    Varah mysterious vaane hen heevany then neyge dhw rn😁😁
    Waiting for the next part?
    Ly💗💗

    1. shihaamaa ali shihaamaa ali says:
      November 10, 2025 at 3:08 pm

      Jazaakallah khairan dearr
      Hehe yess its a mysterious story🙈.. stay tuned for next in sha allah on thursday

Comments are closed.

Next Episodeވާތީ ހިތަކު ލޯބި މަންމަންވެފާ (ކިޔުންތެރިންގެ ސަމާލުކަމަށް)←


All Right Reserved!