ޕިޔަދަ 12
“ފިރާތް.އަހަންނަށް އިނގޭ ކަލެއާއި ހިސާބައް މި މެސެޖު ފޯރާނެކަން.ހެހެ.ޑޯންޓް ވޮރީ އައި ޑިޑިންޓް ޓެލް ޔޫލިއާ އެނީތިންގް އެބައުޓް އަސް.އެކަމަކު އަހަރެން މީ ކާކުކަން ވަރަށް ރަނގަޅަށް އެ މަންޖެއަށް ދައްކާލާފަ ހުންނާނީ.ޖަލުން ސަލާމަތްވެވުނަސް މަގޭ ކިބައިން ސަލާމަތްވެވޭނެކަމަށް ހީ ނުކުރާތި.ވޮޗް ޔުއަރ ބެކް.-ޒޭން”.ނޯޓުކޮޅު ކިޔައި ނިމުނު އިރު ފިރާތްއަށް މިރޭ ޔޫލިއާގެ ގާތައް އެ ވަނީ ކާކުކަމާއި މެދު ހިތުގައި އޮތް ޝައްކު ފިލައިގޮސް ޔަޤީނައް ބަދަލުވިއެެވެ.ދެ އަހަރުވަންދެން ނުފެނި ހުއްޓަސް ޒޭންގެ އެ ނުރައްކާތެރި ސޫރައަކީ އޭނާއަށް އޮޅޭނެ އެއްޗެއް ނޫނެވެ.”ޒޭން.އަހަރެން ހިޔެއް ނުކުރަން ޒޭން ތިހާ ދަށު ދަރަޖައިގެ ޢަމަލެއް ކޮށްފާނެކަމަށް.އަހަންނަށް އިނގޭ ޒޭން ކޮށްފަ ނުކުރާކަށް ކަމެއް ނޯންނާނެކަން.ބަޓް ދިސް…ދިސް އިޒް ވޭ ޓޫ މަޗް.އަހަރެން ދެކެ ރުޅިއަޔަސް ތި ކުރީ ވަރަށް ކަޑަ ކަމެއް.ޔޫލީ އަށް ގެއްލުން ދޭން އުޅުނީތީ ދެން އަހަރެންވެސް މަޑަކުން ނުހުންނާން”ފިރާތް ހިތާހިތުން އަމިއްލަ ނަފްސާއި މުޙާތަބުކުރަމުން ނޯޓްކޮޅު އަތައް ބޮނޑިކޮށްލިއެވެ.”ފިރޫ.ކީކޭތަ ތީގަ އޮތީ؟އެއީ ކާކުކަން އެނގެން އެބައޮތްތަ ތީގެއިން؟”ރޭހާން އައިސް ފިރާތްގެ ކައިރީގައި ހުއްޓެމުން އެއްސެވެ.”ޒޭން.ޔޫލީ ސިފަ ކިޔައިދިން ގޮތުން އަހަންނަށް އޭރުވެސް ޒޭންއަށް ޝައްކުކުރެވުނު އެކަމަކު ހިޔެއް ނުކުރަން އޭނަވެސް މިކަހަލަ ކަމެއް ކޮއްފާނެ ކަމަކަށް.އަހަރެން އަބަދުވެސް ޤަބޫލުކުރިން މި ފެންވަރުގެ ޢަމަލެއް އަމިއްލަ ދެ އަތުން ކުރާވަރަށްވުރެ އޭނަ ޑީސެންޓް ވާނެކަމަށް އެކަމަކު….”ފިރާތް ފުންނޭވައެއް ދޫކޮށްލިއެވެ.”މި ނޯޓުކޮޅު ކިޔާލީމަ ޔަޤީންމިވީ”ފިރާތްގެ ދުލުން ޒޭންގެ ނަން އިވުމާއެކު ރޭހާންގެ ލޯ މަތިން ސިފަވެގެންދިޔައީ ހަނދާން ކުރަން ބޭނުންނުވާ ދުވަސްތަކެވެ.އޭނާ ފިރާތް އަތުގައި އޮތް ގަނޑުކޮޅު ޖަހައިގަނެ އޭގައި އޮތް އެއްޗެއް ކިޔަން ފެށިއެވެ.އެއާއެކު ރޭހާންއަށް ލޯ ހަނިކޮށްލެވުނެވެ.ޒޭން އެއީ ކާކުކަން ފިރާތްއަށްފަހު ދެން އެންމެ ރަނގަޅަށް ދަންނާނެ މީހަކީ އޭނާއެވެ.ޒޭންއަކީ ފުރާވަރުއްސުރެވެސް ފިރާތްއާއި ފޫޖައްސާލައިގެން އުޅޭ މީހެކެވެ.އެއް ދުވަހަކު ދިމާވި ހިތާމަވެރި ހާދިސާއަކަށްފަހު ޒޭންގެ ހިތުގައި ފިރާތްއާއި މެދު އޮތް ނަފްރަތުގެ އަލިފާނަށް ޕެޓްރޯލް އެޅުނެވެ.ދެ އަހަރުކުރިން ފިރާތް ޖަލައް ދިއުމުގެ ފަހަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް އަތަކީވެސް ޒޭންގެ އަތްކަން ރޭހާންއަށް އިނގެއެވެ.
“އެކަމް ޒޭން ޔޫލިއާއާއި ދިމާކުރަންވީ ކޮން ސަބަބަކާހުރެތަ؟މި ބުނީ މައްސަލަ ޖެހިފަ އޮތީ ޒޭން އާއި ފިރޫއާއި ދެމެދު.ޔޫލިއާއާއި ކޮން ބެހޭ ކަމެއް؟”ރޭހާންގެ އެ ސުވާލުން ފިރާތްއަށް ދެ ބުމަ ގާތްކޮށްލެވުނެވެ.”ކީއްވެގެންހެއްޔޭ؟އަހަރެން ކިބައިން ބަދަލުހިފަންވެގެންނެއްނު.އަހަރެން ޖަލުން ސަލާމަތްވިކަން އެނގުނީމަ އެކަމާއިގެން ވަރަށް ނައްޓާފަ އޭނަ ހުންނާނީ.ދެން އެއް ގޮތަކުން ނުވިއްޔާ އަނެއް ގޮތަކުންވެސް އޭނަގެ މަޤުސަދު ހާސިލްކުރެވޭތޯ ބަލާނެ.މަށާއި ޔޫލީއާއި ދެ މީހުން މާ ގިނައިން މީޓް ކުރާތީވެ އޭނައަށް ހީވަނީ ކަންނޭނގެ އަހަރުން ދެ މީހުންގެ މެދުގަ އެކަހަލަ ގުޅުމެއް އޮތީހެން.އަދި އޭނައައް އޭތި ޤަބޫލުކުރެވޭ މިންވަރަށް އަހަރުމެންނާއި ގުޅުން ހުރި ބައެއް ސޯޝަލް ސަރކަލްތަކުގެ ތެރޭގަވެސް އޮތީ މަށާއި ޔޫލީއޭ ކީޔައިގެން އެ ޒާތް ޒާތުގެ ވާހަކަތައް ފެތުރިފަ.އެހެންވީމަ މަށައް ގެއްލުމެއް ދެވޭތޯ ބަލަންވެގެން އޭނަ ޔޫލީ އެ ބޭނުންކުރީ ހަތިޔާރެއްގެ ގޮތުގަ.އެ ގޮލާ ކޮށްފަ ނުކުރާކަށް ކަމެއް ނޯންނާނެ.ރެއިންއަށް އިނގެއެއްނު އޭނަގެ ގޮތް.އޭނަ އެއީ އެއް އިރެއްގަ ވެސް އަހަރެން އެހާ ހިތްރުހޭ މީހެއް ނޫން އެކަމަކު މިރޭ މި އަންނަ ވަރަކަށް އަހަރެން ދުވަހަކުވެސް އޭނަ ދެކެ ރުޅިއައި ހަނދާނެއްް ނުވޭ.އައި ހޭޓް ހިމް ނައު.އައި ސޯ ފަކިންގް ހޭޓް ހިމް.މިރޭ އެ ކުރި ކަންތައްތަކަށް ފަހު އޭނަ އަހަރެން ދެކެ އެ އަންނަ ރުޅި މިހާރު އަހަރެން ވެސް އޭނަ ދެކެ އަންނަން ފަށައިފި”ފިރާތް އަނެއްކާވެސް ސޯފާގައި އިށީނދެ ދެ އަތް ކަކުލުގައި ވިއްދާލަމުން އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލިއެވެ.ރޭހާން ފިރާތްގެ ބުރަކަށީގައި ފިރުމަމުން ދިޔައީ ހިތްވަރުދިނުމުގެ ގޮތުންނެވެ.އެ ވަގުތު ޔޫލިއާ އެނބުރި އައިސް ކްލޯސެޓައް ވަނެވެ.އެ ދެމީހުން ތިބި ގޮތް ފެނުމުން އަނެއްކާވެސް ކަމެއް ގޯސްވީ ބާވައޭ ޔޫލިއާ ހިތައް އެރިއެެވެ.ޔޫލިއާ ފެނުމާއެކު ރޭހާން ފިރާތްގެ ގައިގައި ކޮއްޓާލުމަށްފަހު ހަށިގަނޑު ތެދުކޮށްލިއެވެ.އެއާއެކު އިސްދަށައް ޖަހައިގެން އިން ފިރާތް އިސްއުފުލައި ރޭހާންއާއި ދިމާލަށް ބަލައިލުމާއެކު ކުރިމަތީ ހުރި ޔޫލިއާ ފެނުމުން މޫނުމަތިން ހަމަޖެހޭގޮތް ދެއްކޭތޯ މަސައްކަތް ކުރިއެވެ.”ކިހިނެއްވެފަ ދެ މީހުން ތި ތިބީ؟އަނެއްކާ ކަމެއް ގޯސްވީތަ؟”ޔޫލިއާ ރޭހާންގެ ފޯނު އޭނާގެ އަތައް ދެމުން އެ ދެމީހުންނާއި މުޙާތަބުކޮށް އާދައިގެ ރާގަކަށް އެއްސެވެ.އެ އަޑުގައި މީގެ އިރުކޮޅެއް ކުރިން ހުރި ހިތާމައިގެ އަސަރެއް މިހާރަކު ނެތެވެ.ނޯރާއާއި ވާހަކަ ދައްކާލެވުމުން އޭނާގެ ހިތައް ވަނީ ކޮަންމެވެސް ވަރެއްގެ ލުޔެއް ލިބިފައެވެ.”ކަމެއް ނުވޭ.ފިރޫ ކުޑަކޮށް ބޯ ސަކަރާތްވެގެން އުޅޭތީ”ރޭހާން ބުންޏެވެ.”އެހެންތަ.ކިހިނެއްވީ؟މިހާރު އޯކޭތަ؟”ޔޫލިއާ ފިރާތް ގާތުގައި ސޯފާގައި އިށީންނަމުން އެއްސެވެ.”އަހަރެން ރަނގަޅޭ.ސްޓްރެސްވީމަ ދެން ޔޫލީއަށް އިނގޭނެތާ ވާނެ ގޮތް”ފިރާތް ބުންޏެވެ.”އޯހް.އައި އޭމް ސޯ ސޮރީ.މިރޭ އަހަރެންގެ ސަބަބުން ދެ މީހުންގެ ހަމަޖެހުން ގެއްލިފަދޯ ތި ތިބީ.ނޯރީވެސް ތި ދެ މީހުންނަށް އުނދަގޫނުކޮށް ރާއިފް ނޫނީ ޕޮލިހުންނަށް ގުޅިނަމަ”ޔޫލިއާ ހިތި ހިނިތުންވުމަކާއެކު ބުންޏެވެ.އެއާއެކު ފިރާތްއަށް ޔޫލިއާއާއި ދިމާލަށް ބަލައިލެވުނީ ސިހިފައި ކަހަލަ ގޮތަކަށެވެ.”ކަމް އޯން ޔޫލީ ޔޫ ނޯ އައި ޑިޑިންޓް މީން އިޓް ލައިކް ދެޓް.އިރާދަކުރެއްވިއްޔާމުން ޔޫލީއަށް ޖެހޭ ކޮންމެ ކަމެއްގަވެސް އަހަރެން ހުންނާނަމޭ އެހީތެރިވެދޭން.އެ ރެއިން ފެށިގެން ވީ އަރ ޕަރޓްނަރސްއެއްނުން”ފިރާތް ޔޫލިއާގެ ފައިމަތީ އޮތް އޭނާގެ އަތް ތިލައިގައި ހިފާލަމުން ބުންޏެވެ.”އައި ނޯ”ޔޫލިއާ ފިރާތްގެ އަތްމަތީގައި އަތް ބާއްވާލަމުން ބުންޏެވެ.އޭރު އެ ތުންފަތްމަތީގައިވަނީ ރަކި ހިނިތުންވުމެކެވެ.
“މި އޮތީ ޔޫލިއާގެ ފޯނު.ނޯރާ ފަހުން އެތައް ފަހަރަކު ގުޅީމަވެސް ފޯނު އޮތީ ނިއްވާލާފަ ކަމަށޯ ބުނީ.ހީވަނީ ވެއްޓުނުގޮތައް ބިންމަތީގަ ޖެހި ޑިސްޕްލޭ ދިޔައީހެން.ނުއެއް ހުޅުވޭ”ޔޫލިއާ އާއި ފިރާތް އެކަކު އަނެކަކުގެ ދެލޮލުގެ ތެރެއަށް ގެއްލިފައި ތިއްބާ ރޭހާން ޑްރެސިންގް ޓޭބަލް ކައިރީ ވެއްޓިފައި އޮތް ޔޫލިއާގެ ފޯނު ނަގައި ރަނގަޅުތޯ ބެލުމަށްފަހު ބުންޏެވެ.އެއާއެކު ޔޫލިއާގެ މޫނުމަތިން މާޔޫސްކަން ފާޅުވިއެވެ.”އަޅޭ.ދެން ތީގެ މާނައަކީ އަހަރެން އާ ފޯނެއް ގަންނަންވީއޭތަ؟”ޔޫލިއާ ތުން އޫކޮށްލަމުން ބުނިގޮތުން ފިރާތްއަށް ހެވުނެވެ.”ހެހެ.ދޫންޏާ ރިލޭކްސް.އާ ޑިސްޕްލޭއެއް ލައްވާލީމަ އޭތި ކުރިއެކޭ އެއްގޮތައް މަސައްކަތް ކުރާނެ.ރެއިން މާދަމާ ތި ފޯނު ފިކްސް ކުރަން އިތުބާރުހިފޭ މީހަކާ ހަވާލުކުރޭ.އޭރުންތާ މި މަންޖެގެ ހިތައް ހަމަޖެހުމެއް ލިބޭނީ.ފިރާތް ޔޫލިއާގެ އަތުގައި ފިރުމާލަމުން ބުންޏެވެ.ޔޫލިއާ ދެ ފައި ހުރަސްކޮށްގެން އިން އިރު ލައިގެން އިން ބާތްރޯބް މަތީގައި އޮތް ފައިމަތިން ސޮހިގެންގޮސްފައި އޮތުމުން އެ ފައިގެ ފަލަމަސްގަނޑުގެ ބޮޑުބައި އޮތީ ހާމައަށެވެ.ފިރާތް ޔޫލިއާގެ ހާމަޔައް އޮތް ފައިމަތީގައި އަތް ބާއްވާލުމަށްފަހު އެ ތަނުގައި މަޑުމަޑުން ފިރުމަމުން ދިޔައެވެ.ޢާއްމު ހާލަތުގައި ފިރިހެނަކު އޭނާގެ ހަށިގަނޑުގައި އަތްލުމަށް ނުރުހޭ ޔޫލިއާގެ ވެސް ފިރާތް ހުއްޓުވުމުގެ ވިސްނުމެއް ނެތެވެ.ކުޑަމިނުން އެ އަތް ދުރުކޮށްލާކަށްވެސް ނޫޅުނެވެ.މަތީގައި އޮތް ފައި ދެކޮޅަށް ހެެއްލަމުން ގުޑައިވެސްނުލާ އޭނާ އިނެވެ.”ތޭންކްސް ރޭހާން.ޑިސްޕްލޭއަށް އަރާވަރު އަހަރެން ޓްރާންސްފަރ ކުރާނަން”ޔޫލިއާ ބުންޏެވެ.”އޯކޭ”އެ ދެ މީހުން ތިބި ގޮތް ގާތްކަމުން އެ ދިމާލަށް ނުބަލަން މަސައްކަތް ކުރަމުން ރޭހާން ބުންޏެވެ.އޭރު އެ މޫނުމަތިން ހިސާބަކަށް ހިތްހަމަނުޖެހުމުގެ އަސަރުވެސް ފެންނަން ހުއްޓެވެ.”ހޫމް.ދެން ރެއިން އިހައް މި ތަނުން ދޭބަލަ.އަހަރެން އެބަ ޖެހޭ ޔޫލީއާއި އެކަނި ވާހަކައެއް ދައްކާލަން.ދޭބަލަ އަދިވެސް އެއްފަހަރު ލިވިންގް ރޫމުގެ ކުޑަދޮރުތައް ހުރީ ރަނގަޅައް ލެއްޕިފައިތޯ ޔަޤީންކޮށްލަން”ފިރާތް މިހެން ބުނެ ރޭހާންއަށް ލޮލުގެ އިޝާރާތުން ދިއުމަށް އެންގުމާއެކު ދާން ނުދާން ހުރެފައިވެސް ރޭހާން ކްލޯސެޓުން ނުކުންނަން ހިނގައިގަތީ ފިރާތްގެ ނުރައްކާތެރި ނަޒަރާއި ދެލޯ ދިމާވުމުންނެވެ.ކޮޓަރީގެ ދޮރު ލެއްޕުނު އަޑު ކްލޯސެޓުގެ ތެރެއަށް ފޯރުމާއެކު ފިރާތް ޔޫލިއާ އާއި އިތުރައް ގާތްވެލަމުން އެ ދެމެދުގައި އޮތް ދުރުމިން ނެތިކޮށްލިއެވެ.އެއިރު އިސްޖަހައިގެން އިން ޔޫލިއާ ލޮލުގެ ހިމަކޮޅުން ފިރާތްއަށް ބަލައިލިއިރު އެ ދޮން މޫނު ވަނީ ޓޮމާޓޯއެއްހާ ރަތްވެފައެވެ.”މްމްމް.ހާދަ މީރު ވަސް ދުވައޭ”ފިރާތް ޔޫލިއާގެ އިސްތަށިގަނޑާއި ނޭފަތް ގާތްކޮަށްލަމުން ބުންޏެވެ.އެއާއެކު ޔޫލިއާގެ މޫނަށް އިތުރަށް ޖަންބުކުލަ އަރައިގެން ދިޔައެވެ.”ދެން ފިރޫ”ޔޫލިއާ އަކުރުތަކަށް ބާރުލާފައި ބުންޏެވެ.”ކީއްވީ؟އަހަންނަށް ހަމައެކަނި ކަމުދަނީ ޔޫލީގެ އިސްތަށިގަނޑުން ދުވާ ވަހެއް ނޫންކަން ޔޫލީއަށް މިހާރު އިނގޭނެ.އެންމެ ފަހުން އަހަރުމެން ބައްދަލުވި ރޭވެސް ބުނިން އަހަންނަށް ޔޫލީ ކަމުދާ ވާހަކަ.އަހަންނަށް އިނގޭ،ޔޫލީވެސް މިހާރު އަހަންނާއި ދޭތެރޭ ދެކެނީ ހަމައެކަނި ޕަރޓްނަރ އެއްގެ ގޮތުގަ ނޫންކަން.އެ ޖުމްލައިން ޔޫލިއާއަށް އިސްއުފުލައި ފިރާތްއާއި ދިމާލަށް ބަލައިލެވުނެވެ.އެ ދެލޮލުން އޭނާއަށް ފެނުނީ ދުލުން ބުނެވުނު ބަސްތަކާއި ދޭތެރޭ އެ ހިތުގައި އޮތް ޔަޤީންކަމެވެ.
“އެޑްމިޓް އިޓް ލަވް.ޔޫ ވޯންޓް މީ ޓޫ”ޔޫލިއާގެ ފަރާތުން ޖަވާބެއް ނައުމުން ފިރާތް ޔޫލިއާގެ ކޮނޑުގައި ވަސްގަންނަމުން ބުންޏެވެ.”އެކަމަކު ކީއްވެ އަހަރެން؟އަހަންނައް ޔަޤީން އަހަންނައް ވުރެ މާ ރީތި ކުދިން ފިރާތްއަށް ވާނެކަން.ފިރާތްގެ ދިރިއުޅުން އޮތް ތަނަކީ މިއީ.އަހަންނަކީ ލެއިން ދިވެއްސަކަސް ހިތުން ރަޝިއަންއެއް.އަމިއްލަ ވަޒަނައް އައިސް މި އުޅެނީ ދުވަސްކޮޅެއްގެ މެހުމާނެއް ގޮތުގަ.އަހަރެންގެ ބޮޑުދައިތަވެސް ބައްޕަވެސް އަހަރެން ދުނިޔޭގެ ކޮންމެ ޤައުމެއްގަ ދިރިއުޅެން ނިންމިއަސް ހުއްދަދޭނެ އެކަމަކު މި ރާއްޖޭގަ….ނޯ ވޭ.މިހާރު އެއީ ކީއްވެގެންކަން ފިރާތްއަށް ވެސް އިނގޭނެ”ޔޫލިއާ އެ މީހުންގެ މުސްތަޤުބަލުގެ މައްޗައް ބިނާކޮއް ދެއްކި ވާހަކަތަކުން ފިރާތްގެ ކަތުރުކަށިގަނޑައް ވާންވިއެވެ.ހަމައެހެންމެ އޭނާގެ ގާތައް ހިނިވެސް އައެވެ.”ކާކު ބުނީ ރާއްޖެއަކީ ވަކި އަހަރެން އުޅެން ބޭނުންވާ ތަނެކޭ.އަހަރެން ކުރިން އުޅުނިން ރަޝިއާގަ.މިހާރުވެސް އަހަރެންގެ ބައްޕަ އުޅެނީ ރަޝިއާގަ.ޔޫލީ ތިއީ ކާކުކަން ޑޭޑްއަށް އިނގޭނެ.އަހަރެންގެ އުމުރުން ސާދަ އަހަރުއްސުރެ ރާއްޖެ އައިސް މި އުޅެނީ ކަމަކު”ފިރާތް ބުންޏެވެ.”އެކަމަކު ޔޫލީ ހާސްނުވޭ.އަހަރެންވެސް އަހަރެންގެ މަޤުސަދު ހާސިލްވިހާ އަވަހަކަށް އެނބުރި ރަޝިއާއަށް ދާނަން.މިހާރުވެސް ނުގޮސްގެން ބައްޕަ ގުޅާ ކޮންމެ ފަހަރަކު އެ ވާހަަކަ އެބަ ދައްކާ”ފިރާތްގެ ޖުމްލައިން ޔޫލިއާ ވެއްޓުނީ ފުން ވިސްނުންގަނޑެއްގެ ތެރެއަށެވެ.ޔޫލިއާގެ މޫނުމައްޗަށް އެރި ކުލަވަރު ފެނުމުން ފިރާތް އޭނާގެ ސަމާލުކަން ދަމައިގަތުމައް ޓަކައި ޔޫލިއާގެ އަތް ތިލައިގައި ބޮސް ދިނެވެ.އެއާއެކު ޔޫލިއާ އަނެއްކާވެސް ރަކި ހިނިތުންވުމަކާއެކު އޭނާއާއި ދިމާލައް ބަލާލިއެވެ.”ދެން ތިހާ ވަރަށް ނުވިސްނަބަލަ.ދުލުން ނުބުންޏަސް ތި ހިތުގަ އޮތް އެއްޗެއް އަހަންނަށް އެބަ އިނގެއޭ”ފިރާތް ޔޫލިއާގެ ކޮނޑުގައި ހިފައި ގާތްކޮށްލަމުން ބުންޏެވެ.ޔޫލިއާ ފިރާތްގެ ތަނަވަސް މޭމަތީގައި ބޯއަޅާލިއެވެ.އެއާއެކު ފިރާތްގެ ހިނިތުންވުން ފުޅާވިއެވެ.މިވަގުތު އޭނާގެ ހިތް ހީވީ އޮތް ތަނުން ނުކުމެ އުދުއްސައިގަންނާނެ ހެންނެވެ.ޔޫލިއާ މި ގޮތައް އޭނާގެ އަތު ތެރެއަށް ގެނެވޭނެ ދުވަހަކަށް އޭނާ ކިހާ އިންތިޒާރެއް ކުރިކަން ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ.”އެކަމަކު ރެއިން ހާދަ ހިތްހަމަނުޖެހިފަ ހުރިހެންނޭ ހީވަނީ.އަނެއްކާ އަހަރުމެން ދެ މީހުން ގުޅެން އޭނަ ނުރުހުންވަނީތަ؟އައި މީން އައި ނޯޓިސްޑް ހިޒް ރިއެކްޝަން ވެން ޔޫ….އިނގެއްނު”ޔޫލިއާ ލޯ މަރާލަމުން ބުންޏެވެ.އެ ޖުމްލައިން ފިރާތްގެ ތުންފަތްމަތީގައިވީ ހިނިތުންވުން ފިލައި ގޮސް އެ މޫނުމަތިން ހިސާބަކަށް ރުޅިވެރިކަން ފާޅުވިއެެވެ.ވަގުތުން އޭނާއަށް ދަތްކުޑިވިކައިލެވުނު އިރު ފިރާތްގެ މޫނުމައްޗައް އަރަމުން ދިޔަ ކުލަވަރު ޔޫލިއާއަކަށް ނުފެނެއެވެ.”ޔޫލީ ދެން އަހަރެންގެ ގެޔަށް ބަދަލުވާންވީއެއްނު.ރާއްޖޭގަ ހުރިހައި ހިނދަކު މިތަނަށް ވުރެ ހުންނަން މާ ރަނގަޅުވާނެހެން އަހަންނައް ހީވަނީ”ފިރާތްގެ ޖުމްލައިން ޔޫލިއާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ.އޭނާއަށް ފިރާތްގެ މޫނަށް ބަލައިލެވުނީ ޤަބޫލުނުކުރެވިފައި ކަހަލަ ގޮތަކަށެވެ.”މިހެން މި ބުނީ އަހަރެން ޤަބޫލުކުރާ ގޮތުގަ މި ތަނަކީ މިހާރު ޔޫލީ އެކަނި ހުންނަން އެހާ ރައްކާތެރި ތަނެއް ނޫންކަމަށްވާތީވެ.މިރޭވެސް ޔޫލީ ނޯރާއަށް ގުޅައިގެން ނެތްނަމަ އަހަރުމެންނަކަށް ނޭނގޭނެ މިތާ ތެރޭ ކޮންމެ ފަދަ ކަމެއް ހިނގިޔަސް.އެ ވަތް މީހާ ޔޫލީ މަރާލާފައި އޮތްނަމަވެސް އެކަން އިނގޭނީ މާދަމާ ހެނދުނު ނޫސްތަކުން.މިރޭ އެވީ ކަންތައްތަކަށްފަހު އަހަރެން ކިހިނެއް ޔޫލީ އެކަނި ދޫކޮށްލާފަ ދާނީ.އެހެންނޫނަސް މާލޭގަ ހުންނަ ޔޫލީގެ އޮފީހާއި ވެސް ކައިރިވާނެ.ނުވީތާކަށް އަހަންނާއި ބައްދަލުކުރަން ބޭނުންވިޔަސް ބުރިޖު ހުރަސްކޮށް ދިގު ދަތުރަކަށްފަހު ކޮންމެ ފަހަރަކު މާލެ ދާން ވިއްޔާ ތި ޖެހެނީ”ފިރާތް ޔޫލިއާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.ޔޫލިއާއަށް ވެސް ދެންމެ ފިރާތް އެ ދެއްކި ވާހަކަތަކާއި ދޭތެރޭ ވިސްނާލެވުނެވެ.އެ ހުށަހެޅުމަށް އާނއެކޭ ބުނަން ވެސް ހިތައް އެރިއެވެ.ނަމަވެސް އޭނާ މި ހޮޓެލުން ބޭރަށް ގޮސްފިނަމަ ރަޝްފާގެ ސުވާލުތަކާއި ކުރިމަތިލާންޖެހޭނެކަން އެނގުމުން ފަސްޖެހެވުނެވެ.”ހާލަތުގެ ގޮތުން ޔޫލީއަށް އޯކޭ އެކަމަކު އާންޓް ޤަބޫލެއް ނުވާނެ.އާންޓް މެން ތިބީ ޢުމްރާއަށް ގޮސް.އެނބުރި ރަޝިއާއަށް އަންނާނީ އަދި ދިހަ ވަރަކަށް ދުވަސް ފަހުން.ފަނަރަ ދުވަހަށް ގޮއްސަ ތުއްތަބެ ބޭނުންވެގެން އަދި މައްކާގަ ދުވަސްކޮޅަކު ތިބޭ ގޮތައް ނިންމީއޯ ގޯލްޑް ޝޮޕިންގްއަށާއި އެއްކޮށް”ޔޫލިއާ ހިތާމަވެރި ރާގަަކަށް ބުންޏެވެ.
“ދެން ޔޫލީ މި ވަގުތައް އާންޓް ކައިރީގަ އެެއްޗެއް ނުބުނެ ރާއިފް ކައިރީ ޔޫލީ ހޮޓެލްގަ ނޫޅޭކަން ސިއްްރުކުރަން ބުނަންވީއެއްނު.އާންޓް އެނބުރި ރަޝިއާއަށް އައީމަ ހުރިހާ ވާހަކައެއް ކިޔައިދޭނީ.އޭރުން އާންޓް ވެސް ބޮޑައް ހިތްހަމަޖެހޭނީ ޔޫލީ އެކަނި ނުހުރެ އަހަރެން ކައިރީގަ ހުރީމަ ކަންނޭނގެ.ނޯރާ ކައިރީ ހުރުމަށް ވުރެ ވެސް އެ ގޮތް ކަންނޭނގެ ރަނގަޅުވާނީ.ރެއިން ބުނި ނޯރާ އުޅެނީ އިޓަލީގަ އޮތް ފެޝަން ޝޯ އަކަށް ތި ކުންފުނީގެ ފަރާތުން މިލާންއަށް ދާންވެގެންނޯ.އެއީ ތެދެއްތަ؟”ފިރާތް އެއްސެވެ.ފިރާތް އެންމެ ފަހުން ބުނި ޖުމްލައިން ނޯރާއާއި އެކު ހުރުމުގެ ބަހަނާ ދައްކަން އުޅުނު ޔޫލިއާއަށް ނޯރާ މާދަން ނޫން އަނެއް ދުވަހު ފުރަން ޖެހޭކަން ރޭކާލިއެވެ.މިރޭ ވީ ކަންތަކާއި ހުރެ އެކަންވެސް އޭނާގެ ހަނދާނުން ކައްސާލީއޭ ޔޫލިއާގެ ހިތައް އެރިއެވެ.ޔޫލިއާ ދެ އިނގިލިން އޭނާގެ ނިތްކުރި މަސާޖުކޮށްލިއެވެ.ނޯރާ ކައިރީ އިޓަލީއަށް ނުގޮސް މަޑުކުރަން ބުނުމުގެ ޙިޔާލުވެސް އެ ސިކުނޑިއަށް ވެރިވިއެވެ.ނަމަވެސް ދަތުރަކީ ރަސްމީ ދަތުރަކަށްވުމުން ފަހު ވަގުތު އެކަހަލަ ބަދަލުތައް ގެނައުމަކީ ވަރަށް “އަންޕްރޮފެޝަނަލް”ކަމެއްގެ ގޮތުގައި ޔޫލިއާ ދެކުނެވެ.އަދި ވައިވޮނިކްގެ ފަރާތުން އިޓަލީއަށް ފުރަން އުޅޭ ޓީމްގެ ލީޑަރަކީވެސް ނޯރާއެވެ.އެހެންކަމުން ކުއްލި ހާލަތެއް މެދުވެރިނުވާނަމަ ނޯރާއަށް އެ ދަތުރުގައި ބައިވެރި ނުވެ ނުހުރެވޭނެކަން ޔަޤީނެވެ.އެހެންކަމުން މިވަގުތު ފިރާތް އެ ބުނި ގޮތައް ކަންތައް ކުރަން ޔޫލިއާއަށް މަޖުބޫރުވިއެވެ.”އާނ އެއީ ތެދެއް.އަހަންނައް އަދި މި ހުރެވުނީ ތި ކަން ސިކުނޑީގަ އެންމެ ފަހަށް ބަހައްޓައިގެން.ތޭންކްސް ފޯރ ރިމައިންޑިންގް”ޔޫލިއާ ހިނިތުންވެލަމުން ބުންޏެވެ.”ޔޫ އަރ ވެލްކަމް.ދެން ބުނެބަލަ.ދާނަންތަ؟”ފިރާތް އެއްސެވެ.”ހޫމް.ދެން އެންމެ ރަނގަޅުވާނީ ތި ގޮތް ކަންނޭނގެ.ނޯރީ ދިޔައީމަ އެހެންނޫނަސް އަހަރެން އެކަނިވާނެތާ”ޔޫލިއާ ބޯޖަހާލަމުން ބުންޏެވެ.ޔޫލިއާގެ ޖަވާބު އިވުމުން ފިރާތްގެ ތުންފަތްމައްޗަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ.ނަމަވެސް ރޭހާންއާއި ގުޅުވައިގެން ޔޫލިއާ ދެންމެ ކުރި ސުވާލު ހަނދާންވުމާއެކު އެ ހިނިތުންވުން ފިލައި ދިޔައެވެ.އޭނާ ޔޫލިއާ ގަޔާއި ދުރުކޮށްލަމުން ސޯފާއިން ތެދުވީ ރޭހާންގެ ގާތައް ދިއުމަށް ޓަކައެވެ.”ވެއަރ އަރ ޔޫ ގޮއިންގް؟”ފިރާތް ތެދުވުމާއެކު ޔޫލިއާ ދެފައި އެއްފަރާތުން ގެނެސް ސޯފާ މައްޗަށް އަރުވައި، ލައިގެން އިން ބާތްރޯބް ކޮނޑުމަތިން ރަނގަޅުކޮށްލަމުން އެއްސެވެ.”ނީޑް ޓު ސްމޯކް”ފިރާތް ޖީބުން ސިނގިރޭޓު ފޮށި ނަގައި ޔޫލިއާއަށް ދައްކާލަމުން ބުންޏެވެ.ހަޤީގަތުގައި އެއީ އެތަނުން ނުކުތުމަށް ޓަކައި އޭނާ ދެއްކި ބަހަނާއެކެވެ.”މިތާ ތެރޭ ރޯކޮށްފިއްޔާމުން ޔޫލީގެ ހެދުންތަކުގަ ދުވާނީ ހުސް ދުން ވަހެއްނު.ދެން އަވަހަށް ޕެކް ކުރަން އުޅޭ.އަހަރުމެން މިރޭ މާލެ ދާނީ ޔޫލީ ގޮވައިގެން”ފިރާތް ސޯފާއާއި ދިމާލަށް ގުދުވެ ޔޫލިއާގެ ނިތުގައި ބޮސްދެމުން ބުންޏެވެ.ޔޫލިއާ އޯކޭއޭ ބުނުމުން ފިރާތް ކްލޯސެޓުން ނުކުތެވެ.ލިވިންގް ރޫމަށް ދެވުނު އިރު ސޯފާގައި އެއްދިމާލަކަށް ނަޒަރު ހުއްޓާލައިގެން ރޭހާން އިނެވެ.ފިރާތް ފެނުމާއެކު ފާޑަކަށް ކަޅި އަޅައިގަންނަމުން ރޭހާން އަތުގައި ހުރި ބިއްލޫރު ފެން ތަށި ކުރިމަތީ ހުރި މޭޒުމަތީގައި ބާރަކަށް ބެހެއްޓިއެެވެ.”ފިރޫ ތި ކުރަން އުޅެނީ ރަނގަޅު ކަމެއް ނޫން.އަހަންނަށް އެނގުނޭ ގާލާ އޮތް ރޭވެސް އޭޒް އަ ވުމެން،ފިރޫއަށް ޔޫލިއާ ކަމުދިޔަކަން އެކަމަކު ތިހާ ސީރިއަސް ވެދާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަން.ޙާއްސަކޮށް ފިރޫއަށް ޔޫލީ އެއީ ކާކުކަން އެނގުނު ހިސާބުންވެސް ތި ހިތުގަ ޔޫލިއާ އާއި މެދު އެ ފަދަ ޙިޔާލުތަކެއް އޮވެދާނެ ކަމަކަށް އަހަރެން ހިޔެއް ނުކުރަން.ޝީ އިޒް އިނަސެންޓް ބްރޯ.ފިރޫ އަހަންނަށް ޔޫލިއާގެ ޕްލޭންސް ކިޔައިދިން ހިސާބުން އަހަންނަށް ހުރިހާ ކަމެއް ސާފުވި.ޔޫލިއާގެ ހަމައެކަނި ބޭނުމަކީ އޭނަގެ ބައްޕަ ޖަލުން ސަލާމަތްކުރުން.އޭނަގެ ބައްޕަ ޖަލައް ލީ ފަރާތުގެ ހަޤީގަތް ދުނިޔެއަށް ހާމަކުރުމަށް ޓަކައި ޔޫލިއާ ބޭނުންވީ ފިރޫގެ އެހީތެރިކަން.ފިރޫ ތިއީ ހަޤީގަތުގަ ކާކުކަން އޭނައަށް ނާންގާ ހުރެ ތިމާގެ އަމިއްލަ އެދުންތައް ފުއްދުމަށް ޓަކައި އެކަމުގެ ނާޖާއިޒް ފައިދާ ނަގަން ނޫޅެބަލަ.އަހަރެން މި ދައްކަނީ ކޮން ވާހަކައެއްކަން ފިރޫއަށް ހަމަ ރަނގަޅައް އިނގޭނެ.ޔޫ ކާންޓް ޔޫސް ހަރ އޭޒް އަ ޕޯން(pawn).އޭނައަށް ހެޔޮ އެދިގެން އެންެމެ ކައިރީގައި ހުރެ ދޯކާ ދޭން ނޫޅެބަލަ.ފިރޫއަށް ހީވޭތަ އޭނައަށް ފިރޫ ތިއީ ކާކުކަން އިނގޭ ދުވަހަކުން ފިރޫ ދެކެ ލޯބިވާނެހެން.ނުވާނެ.ޝީ ވިލް ހޭޓް ޔޫ ޓު ޑެތް”ރޭހާން ހިތްހަމަނުޖެހިފައި ހުރި ނަމަވެސް ވާހަަކަ ދެއްކީ މަޑުމައިތިރިކޮށެވެ.
ރޭހާންގެ ވާހަކަ ނިމެންދެން ފިރާތް ހުރި ފިޔަވަޅުމަތީ އެއްވެސް އެއްޗެއް ބުނުމެއްނެތި ހަނު ހުއްޓެވެ.“އެހެންތަ؟ހަތް އަހަރު…”ފިރާތް ދެ އަތުން ހަތް އިނގިލި ދައްކާލަމުން ބުންޏެވެ.އަހަރެންގެ ދިރިއުޅުމުން ހަތް އަހަރު ފާއިތުވެގެން މި ދަނީ ޔޫލީ ދެކެ ލޯބިވެވުނުތާ.އެ ހުރިހައި އިރު ރެއިން ތިހުރީ ކޮން ދުނިޔެއެއްގަ؟”ފިރާތް މަލާމާތުގެ ރާގަކަށް ބުނުމާއެކު ރޭހާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެންދިޔައީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ.އިންތަނުން ތެދުވެވުނު އިރު އޭނާއަށް ފިރާތްއާއި ދިމާލަށް ބަލަން ހުރެވުނީ އިވުނު އަޑު ޤަބޫލުނުކުރެވިފައެވެ.ރޭހާންގެ އެ ނަޒަރުން ފިރާތްއަށް އޭނާގެ ހިތުގައިވީ ސުވާލުތައް ދެނެގަނެވުނެވެ.”އަހަންނަށް އެންމެ ފުރަތަމަ ޔޫލީ ފެނުނީ އޭނަގެ ފިފްޓީންތް ބާތްޑޭ ޕާޓީއިން.ހަނދާންވޭތަ އަހަރުމެންގެ އެގާރައިގެ އަހަރު ބޮޑު ޗުއްޓީގަ ބައްޕަ ކައިރިއަށް އަހަރެން ރަޝިއާއަށް ދިޔައީމެއްނު.އެ ދުވަހު އަސްލު އެ ޕާޓީއަށް ދާން ދަޢުވަތު ލިބިފަ އޮތީ ބައްޕައަށް.އެކަމަކު އަހަރެން އެކޮޅުގަ ހުއްޓާ ބައްޕަ ކުއްލިއަކަށް މިކޮޅަށް އަންނަން ޖެހުނީމަ ބުނީ ބައްޕަގެ ބަދަލުގަ އަހަރެން ކައިރީ އެ ޕާޓީއަށް ދާށޭ.އެންޑް އައި ސޯ ހަރ ދެއަރ.އައި ޑޯންޓް ނޯ ހައު އައި ފެލްޓް ބަޓް ސަމްތިންގް ޗޭންޖްޑް އިން މީ ދެޓް ޑޭ.ރެއިން ބުނެބަލަ ދުވަހަކުވެސް އަހަރެން އަންހެނަކު ފަހަތުން ސަލާން ޖަހަމުން ދުވިންތަ؟ޔޫލީއާއި ދިމާލަށް އަހަރެން މި ބަލާ ނަޒަރުން އެހެން އަންހެނަކާއި ދިމާލަށް ދުވަހަކުވެސް ބެލިންތަ؟އެހެން އަންހެނަކާއި ސަލާންކުރިއަސް ދުވަހަކުވެސް ހިނިތުންވެފަ ވާހަކަ ދެއްކިންތަ؟މިއިން އެއްވެސް ކަމެއް އަހަރެން ނުކުރަމެއްނު.ބިކޯޒް އައި ލަވްޑް ހަރ.އެކަމަކު އެ ދުވަހު ހަމަ އެ ޕާޓީގެ ތެރެއިން އަހަންނަށް އެނގުނީ ޔޫލީ އެއީ ހަޤީގަތުގަ ކާކުކަން.އެއީ ފިރުޝާން އަންކަލްގެ ދަރިއެއް.އެކަން އެނގުނީމަ އަހަރެން ވަރަށް ދެރަވި އެކަމަކު އެއީ ލޯތްބައް އޮތް ހުރަހެއް ކަމަކަށް އަހަންނެއް ނުދެކެން.އެންޑް އަި ވޯޒް ހެޕީ ބިކޯޒް އައި ނިއު ޝީ ވޯޒް ގޮއިންގް ޓު ބީ ޔޫސްފުލް ޓު މީ ސަމްޑޭ.އައި ނޯ އައި މައިޓް ހަރޓް ހަރ އިން ދަ ޕްރޯސެސް ބަޓް އައި ލަވް ހަރ ސޯ އައި ވިލް ޕްރޮޓެކްޓް ހަރ.ޔޫލީ އެއީ އަހަރެންހާ ހިތްހަރު މީހެއް ނޫނަސް އަހަރުމެން ދެ މީހުންގެ މަޤުސަދަކީ އެކައްޗެއް.”ފިރާތް ނުހަނު އަސަރާއިއެކު އޭނާ ބުނަން ބޭނުންވި ވާހަކަތައް ބުނުމައްފަހު މޭމަތީ ދެ އަތް ހުރަސްކޮށްލިއެވެ.އެ ވާހަކަތައް އަޑުއަހާފައި ރޭހާންއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.ގާތް އެކުވެރިޔާގެ ހިތް އޮތް ގޮތް މިއޮއް ހުރިހާ ދުވަހު ދެ ގޮތެއް ނުވެ ގާތުގައި ހުރި މީހެއްގެ ހައިސިއްޔަތުން އޭނާ އާއި ހިއްސާނުކޮށް ހުރީތީވެ ދެރަވެސް ވިއެވެ.ނަމަވެސް ފިރާތް މިހާރު އެ ކުރަން އުޅޭ ކަންތަކުގެ ސަބަބުން ލޯބިވިޔަސް ދެރަ ލިބޭނީ ހަމަ ޔޫލިއާއަށްކަން އިނގޭތީވެ ހަމަ އެ މިންވަރަށް ފިރާތް ދެކެ ރުޅިވެސް އާދެވުނެވެ.
“އެހެންވީމަ ތީގެ މާނައަކީ ތި ދެ މީހުންނޭ ކިޔައިގެން ފެތުރިފަ އޮތް އަޑުތަކަަކީވެސް ތެދެކޭ ދޯ.އައި އެމް ސޮރީ ފިރޫ.އަހަންނަކަށް ނޭނގެ ފިރޫ ޔޫލިއާ އާއި ދޭތެރޭ ތި ފަދަ ނަޒަރަކުން ދެކެމުން އައި ކަމެއް.ތި ބުނިހެން ހަތް އަހަރުވެގެން ދިޔަ އިރު ތިއިން އެއްވެސް ކަމެއް އަހަންނާއި ޙިއްސާނުކުރީތީވެ ފިރޫގެ ބެސްޓީގެ ހައިސިއްޔަތުން ވަރަށް ދެރަވެއްޖެ.އަހަރެން ހީކުރީ އަހަންނައް ފިރޫއާއި ބެހޭގޮތުން ހުރިހާ އެއްޗެއް އިނގޭކަމަށް.ދެން މައްސަލައެއް ނެތްތާ.އެކަމަކު ފިރޫ ހަޤީގަތުގަވެސް ޔޫލިއާދެކެ ލޯބިވާނަމަ މިހާރުން މިހާރައް އޭނައަށް ހަޤީގަތް ކިޔައިދީ”ރޭހާން ބުނި ފަހު ޖުމްލަ އިވުމާއެކު ފިރާތް އޭނާއާއި ދިމާލަށް ބަލައިލީ އަލިފާނުގެ ނަޒަރަކުންނެވެ.”ރެއިން މޮޔަވީތަ؟އަހަރެން ޔޫލީއަށް ހަޤީގަތް ކިޔައިދީފިނަމަ އޭނަ އަނެއްކާވެސް އަހަންނަށް ގެއްލިދާނެ.އަދި އެ ވެސް ހަތް އަހަރުވަންދެން އަހަރެން ކުރި ދިގު އިންތިޒާރަށް ނިމުން އަންނަން އެހާ ގާތްވެފަ އޮއްވައި.އަހަންނަށް ހަމަ އެ ރޭ އެ ޕާޓީގެ ތެރެއިން ޔޫލީގެ ވަނަވަރު އެނގުނު ހިސާބުން ފެށިގެން ފުރަތަމަ ފަހަރައް އޭނަ އަހަންނައް ގެއްލުނީ.މިވަގުތު އަހަރެން ޔޫލީއަށް ހަޤީގަތް ކިޔައިދީފިނަމަ އައި ވިލް ލޫޒް ހަރ ފޯރ ދަ ސެކަންޑް ޓައިމް.އެންޑް އައި އޯލްމޯސްޓް ލޮސްޓް ހަރ ޖަސްޓް ނައު ބިކޯޒް އޮފް ޒޭން.ޒޭން އެ މަސައްކަތްކުރީ މަގޭ ހައްޤަކަށް އަރައިގަންނަން.މިރޭ އަހަރުމެންނަށް ނާދެވުނުނަމަ ވާނެގޮތް ހިތައް ވެސް ގެންނާކަށް އަހަރެން ބޭނުމެއްނޫން.ސޯ ޖަސްޓް ލެޓް ތިންގްސް ބީ ދަ ވޭ ދޭ އަރ.އެންޑް ޑޯންޓް ޔޫ ވޮރީ.އަހަރެންވެސް ބޭނުމެއްނޫން އުމުރު ދުވަހު ޔޫލީ އޮޅުންގަނޑެއްގެ ތެރޭގަ ބަހައްޓައިގެން ގެންގުޅޭކަށް.ކޮންމެވެސް ދުވަހަކުން އަހަރެން ޔޫލީއަށް ހަޤީގަތް ކިޔައިދޭަނަން.ބަޓް ފޯރ ނައު،އައި ނީޑް ހަރ ޓު ޓްރަސްޓް މީ.އޯކޭ؟”ފިރާތް ރޭހާންގެ ކޮނޑުމަތީ އަތް ބާއްވާލަމުން ބުންޏެވެ.ރޭހާން ފިރާތްގެ އަތް ފޮޅުވާލުމަށްފަހު މޫނު އަނެއް ފަރާތައް އަނބުރާލީ ކިތަންމެ ނުރުހުނަސް މިވަގުތު ފިރާތްއާއި އިތުރަށް ޖަދަލުކުރާނެހާ ހިތްވަރު ނެތުމުންނެވެ.ރޭހާންގެ އެ ޢަމަލުން ފިރާތް އޭނާ ފޮޅާލި އަތައް ބަލައިލުމަށްފަހު ދެ ކޮނޑު އަރުވާލަމުން ދުރަށް ހިނގައިގަތީ ރޭހާންއަށް މާ ގިނައިރު އެހެން ރުޅިއައިސްފައި ނުހުރެވޭނެކަން އިނގޭތީއެވެ.”އެންޑް ބައި ދަ ވޭ،ޔޫލީ ކުރިމަތީގަ ތި މޫޑީ ކުލަވަރު ނުދައްކާވޭތޯ ބަލައްޗޭ.ޔޫލީއަށް ހީވަނީއޯ ރެއިން އަހަރުމެން ދެމީހުންގެ ގުޅުމަށް ނުޤަބޫލުހެން”ފިރާތް ފިޔަވަޅުތައް މަޑުޖައްސާލަމުން ބުނުމާއެކު ރޭހާންއަށް ފިރާތްއާއި ދިމާލަށް ބަލާލެވުނީ ހައިރާންކަމާއިއެކުއެވެ.އެއާއެކު ފިރާތްގެ ތުންފަތްމައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.”ޑޯންޓް ލޫކް އެޓް މީ ލައިކް ދެޓް.”ސަބަބެއް ނެތި”ތިހެން އުޅެންޏާމުން ޔޫލީ ނޫން ކޮންމެ މީހަކަށްވެސް ހީވާނީ ހަމަ އެހެން.ސޯ ބީ މައިންޑްފުލް އޮފް ދެޓް އެންޑް ސްމައިލް” ފިރާތް މިހެން ބުނެ ގޮސް ޔޫލިއާގެ ކޮޓަރިއަށް ވަނެެވެ.
ރޭހާން އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން އަނެއްކާވެސް ސޯފާގައި އިށީނދެ އިނދެ ފެންތަށިން ކޯވަރެއް ބޯލީ އޭގެ ފިނިން މޭ ތެރޭގައި އުފެދިފައިވީ ރިހުމަށް ލުޔެއް ލިބޭތޯއެވެ.”އަހަރެން ތި ގުޅުމަށް ނޫނެކޭ ބުނާނެ ސަބަބެއްވެސް ހޯދައިދިނީ ފިރޫ.ފިރޫ ތި ކުރަން އުޅޭ ކަންތަކުގެ ސަބަބުން ގެއްލުންވާނީ ހަމަ ތި ދެ މީހުންނަށް.ތި ދެމީހުންގެ ދޭތެރޭ ބޭއްވި ބައްދަލުވުންތަކުގެ ތެރެއިން ޔޫލިއާގެ ހިތުގަ ލޯބީގެ ގަސް ފަޅުވައި އެއަށް އުއްމީދުގެ ކާނާ އެޅުމުގެ ކުރިން ފިރޫ ޔޫލީއަށް ހަޤީގަތް ކިޔައިދިންނަމަ އަހަރެން ތި ގުޅުމަކަށް ހުރަހެއް ނާޅާނަން.އަހަރެން ހިތްހަމަނުޖެހުނީ ޔޫލިއާގެ ބައްޕަގެ ސަބަބުންނެއް ނޫން.އެއީ ޤާތިލަކަށް ވީމައެއް ނޫން،ރޭޕިސްޓަކަށް ވީމައެއް ނޫން.ހަމައެކަނި ފިރޫގެ ސަބަބުން.އެއީ ފިރޫ ޔޫލިއާއަށް ތި ސިއްރުކުރަމުން އަންނަ ކަންތައްތަކުގެ ސަބަބުންކަން ފިރޫއަށް ހަމަ ރަނގަޅަށް އިނގޭނެ.ޔޫލީއަށް ހަޤީގަތް އިނގޭ ދުވަހަކުން ދެރަ ލިބޭނީ ހަމަ ފިރޫއަށް.ފިރޫ ޔޫލީ ދެކެ ތިހާ ލޯބިވަންޏާމުން ފިރޫއަށް ޔޫލީ ގެއްލޭނެ ދުވަހެއް ނުދައްކަވާތޯ އަހަރެން ދުޢާކުރާނަން.ކިތަންމެ ބޭނުންވިޔަސް ފިރޫއަށް ދޯކާ ދީފަ ޔޫލިއާއަށް ވެސް އަދި ނޯރާއަށް ވެސް ހަޤީގަތް ކިޔައިދޭކަށް އަހަންނަކަށް ނުކެރޭނެ.ފިރޫ ކޮންމެ ކަމެއް ކުރިއަސް ފިރޫގެ ފަހަތުގައި ހުންނާނެކަމަށް އަހަރެންގެ އަމިއްލަ ނަފްސަށް ވީ ވަޢުދު މަތިން ހަނދާން ނައްތައެއް ނުލާނަން.ޔާ الله.މިއަޅާގެ އެކުވެރިޔާގެ ދިރިއުޅުން ބާއްޖެވެރިކުރައްވާންދޭވެ”ރޭހާންއަށް ހިތާހިތުން ދުޢާކުރެވުނެވެ.
******
މާލޭގެ މަގުތައްމަތިން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރުގައި އިން ޒިޔާން ކާރުގެ ސަރަކައިގައި ހިފަހައްޓައިގެން އިން އަތުގެ އިނގިލިތައް ވަނީ މުއްކެވިފައެވެ.ކާރުގައި ޖަހާފައި ހުރި “ވޯރ ސޯންގް” ގެ އަޑު މަތިކޮށްލަމުން ޒިޔާން ފުންނޭވައެއް ދޫކޮށްލިއެވެ.ޒިޔާން ދަތްކުޑި ވިކާލައިގެން އިންއިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމުގެ ކުލަވަރުތަކެވެ.އިރުކޮޅެއްފަހުން ކާރު ގޮސް ވަނީ ގޯޅިގަނޑެއްގެ ތެރޭގައި ރީތިކޮށް ތިން ބުރިއަށް ހަދާފައި ހުރި ގެޔަކަށެވެ.ގޭގެ ގޭޓު ހުރަސްކޮށް ކާރު ގޮސް ގޯތި ތެރޭގައި ޕާކްކޮށްލަމުން ޒިޔާން ކާރުން ފޭބިއެވެ.އެއިރު ގޭގެ ގޭޓު ކައިރީ ތިބި ސެކިޔުރިޓީ ގާޑުން ފާޑަކަށް އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ތިއްބެވެ.ޒިޔާންއަށް އެތަން ފެނުމުން އޭނާ އިތުރަށް ރުޅިގަދަވެ ބުމަ ގޮށްޖެހުނެވެ.”ކަލޭމެން ދެމީހުން ދެ ލޯ ނާށިހެން ބޮޑުކޮށްގެން ތިބެ ކޯއްޗެއްތަ ތި ބަލަނީ؟!ގޭޓު ލައްޕާފަ ތަޅުލާ!ހަނދާންކޮށް ގޭ އެއްވެސް މީހަކަށް މިރޭ އަހަރެން ދަންވަރު ބޭރުގަ އުޅުނުކަން އެނގިގެން ނުވާނެ”ޒިޔާން މިހެން ބުނެ ބަންލާފައި ކާރުގެ ދޮރުފަތް ލައްޕާލަމުން ހަރު ފިޔަވަޅުތަކެއްގައި ގޮސް ގޭގެ ބޮޑުދޮރުން އެތެރެއަށް ދެމިގަތެވެ.މި ވަގުތު ގޭތެރެ އަނދިރިކޮށް އޮތުމުން ޒިޔާންއަށް ގޭތެރޭގެ އެއްވެސް މީހަކު ހޭލާ ނޫޅެނީކަން ދެނެގަނެވުނެވެ.ދަންވަރުވަންދެން ބުރު ތަޅަން އުޅުމަކީ ރަނގަޅު އާދައެއް ނޫންތާއެވެ.ފުންނޭވައެއް ދޫކޮށްލަމުން ސިއްރު ފިޔަވަޅުތަކެއްގައި ޒިޔާން ލިވިންގް ރޫމުގެ މެދުގައި ހުރި ސިޑިއާއި ދިމާލަށް މިސްރާބުޖެހިއެވެ.ސިޑީގެ މެދާއި ހަމަޔަށް ފޯރި ތަނުން މުޅި ގޭތެރެ އެއްކޮށް އަލިވެގެން ދިޔައެވެ.ޒިޔާންއަށް ތުންފަތުގައި ދައިގަނެވުނީ ދެން މިރޭގެ ކަންތަކާއި ޖެހުނީއޭ ހިތައް އެރުމުންނެވެ.”ޒޭން!ދަރިފުޅު މިހާ ދަން ގަޑިއެއްގަ ކޮންތާކުން ތި އައީ؟!”ޒިޔާން އިސް އުފުލައި އަޑު އައި ދިމާލަށް މައްޗައް ބަލައިލިއެވެ.އެއިރު ހަރު ވައްތަރު ޖަހާ އުމުރުން ދުވަސްވީ އަންހެނަކު ސިޑީގެ ރެއިލިންގައި އަތް އަޅުވާލައިގެން ޒިޔާންއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.ކަޅުކަންގަދަ އިސްތަށިގަނޑުން ނުރައިގެ އަސަރު ކޮންމެސް ވަރަކަށް ފެންނަން ހުރިއިރު މަދުން ނަމަވެސް ރޫޖެހިފައިވާ އޭނާގެ މޫނުމަތިންވެސް އެކަމަށް ހެކިދެއެވެ.އޭނާ ޒިޔާންއާއި ދިމާލަށް ބަލަހައްޓައިގެން ހުރީ ޝައްކުގެ ނަޒަރަކުންނެވެ.”އަނެއްހެން ތަނަކުންނެއް ނޫން މާމާ.ނުނިދުނީމަ ބުރެއް ޖަހާލަން ގޮސްލީ”ޒިޔާން ބޯކަހާލަމުން ބުންޏެވެ.އެއާއެކު އަޒީމާއަށް ޒިޔާން އެ ހެދީ ކަނޑައެޅިގެން ދޮގެއްކަން ޔަޤީންވިއެވެ.ޢާއްމުގޮތެއްގައި ޒިޔާން މި ގަޑީ ގެޔަށް އަންނާނީ ކޮންމެވެސް ކްލަބަކުން ނުވަތަ އެ ޒާތުގެ ނޭއްގާނީި ޢަމަލެއް ހިންފާފައެވެ.”ދަރިފުޅާ.މާމައަށް އިނގެޔޭ ދަރިފުޅު ތި އައީ ހަމައެކަނި ބުރެއް ޖަހަން ގޮއްސަ ނޫންކަން.ދަރިފުޅު ވިސްނާލަބަލަ ދަރިފުޅުގެ މަންމައަށް މިއަދު ދަރިފުޅު ތި އުޅޭ އުޅުން ފެނިއެއްޖެނަމަ ދެރަވާނެ މިންވަރު”އަޒީމާގެ އެ ޖުމްލައިން ޒިޔާންއަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ.އިސާހިތަކު ސިޑީގެ ރެއިލިންގައި ހިފަހައްޓައިގެން ހުރި އޭނާގެ އަތުގެ އިނގިލިތަކަށް ވާންވެގެންދިޔައެވެ.”މާމާ.އަޅުގަނޑަށް ހީވަނީ މަންމަ މި ދުނިޔޭގަ ނެތަސް އަޅުގަނޑު މަންމައަށް އިންސާފު ހޯދަދޭން ކުރާ މަސައްކަތުން މަންމަގެ ރޫހައް ހަމަޖެހުމެއް ލިބޭނެހެން.މާމައެއް ނޫންތޯ އަޅުގަނޑަށް ދަސްކޮށްދިނީ އިންސާފަކީ އެ މީހަކު ހޯދި ގޮތަކަށް ހޯދައިގެން ލިބޭނެ އެއްޗެކޭ.ޝަރީޢަތުގައި މަންމަގެ ޤާތިލައް އިއްވުނީ ހަމައެކަނި އުމުރު ދުވަހުގެ ޖަލު ހުކުމެއް.އެކަަމަކު އޭގެއިން އަހަރެންގެ މަންމަ ތަހައްމަލުކުރި ވޭނުގެ އަގު އަދައެއް ނުކުރެވޭނެ”ޒިޔާން ސިޑިން މައްޗަށް އަރަމުން ބުންޏެވެ.އެއާއެކު އަޒީމާގެ ދެލޮލުން ކަރުނަ ހިލުނެވެ.މީގެ އެކާވީސް އަހަރު ކުރިން ލޯބިވާ ދަރިފުޅުގެ ސަންދޯއް އޭނާގެ ލޯ ކުރިމަތީގައި ގެންދެވުނު މަންޒަރު އަދިވެސް ފެންނަ ކަހަލައެވެ.އޭރު ޒިޔާންގެ އުމުރުން އެންމެ 3 އަހަރެވެ.މައިންބަފައިންގެ ލޯބިން ޒިޔާން މަޙުރޫމުވީ ދިމާވި ހިތާމަވެރި ހާދިސާއެއްގައި އޭނާގެ މަންމަ އަދި އަޒީމާގެ ދަރިފުޅު ޔަމްނާ ނިޔާވުމުންނެވެ.ޔަމްނާގެ މަރަށްފަހު ޒިޔާންގެ ބައްޕަވެސް އެހެން މީހަކާއި އިނދެގެން ކޯޓު މެދުވެރިކޮށް ޒިޔާން އަޒީމާއާއި ހަވާލުކުރުމަށްފަހު ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރީއެވެ.އެދުވަހަށްފަހު މިއަދާއި ހަމަޔަށް ވެސް ޒިޔާން ބަލައި ބޮޑުކުރީ އަޒީމާއެވެ.އެއިރު ޔަމްނާ ނިޔާވިތާ މާކަ ގިނަ ދުވަހެއްވެސް ނުވެއެވެ.އަޒީމާގެ ހިތުގައި އަށަގެންފައިވީ ލޯބިވާ ދަރިފުޅުގެ މަރުގެ ބަދަލުހިފުމުގެ ރޫޙު ޅަ އުމުރުއްސުރެ ޒިޔާންގެ ހިތުގައި ވެސް އަށަގެންނުވި މީހަކީ އަޒީމާއެވެ.ނަމަވެސް މިއަދު އަޒީމާ އެކަމާއިގެން ހިތާމަކުރަނީ ޒިޔާންއަށް ގޯސްމަގު އިޙްތިޔާރުކުރަން ޖެހުނީވެސް އެ ބަދަލުހިފުމުގެ ރޫޙު އޭނާގެ ހިތުގައި އަށަގެންފައިވާލެއް ބޮޑުކަމުގެ ސަބަބުންކަމަށް ވާތީއެވެ.
މޮޅަށް ކިޔަވައިގެން ހުއްޓަސް ހަޤީގަތުގައި ޒިޔާންއަކީ އަޙުލާޤީ ގޮތުން ރަނގަޅު ކުއްޖެއް ނޫނެެވެ.އަޒީމާގެ ފިރިމީހާ ނުޖައިދު ޒިޔާންގެ އުމުރުން ފަނަރަ އަހަރުގައި ނިޔާވުމަށްފަހު ފުރާވަރުގައި ކިޔެވުމުގެ އިތުރުން ވިޔަފާރި ހިންގުމާއި ހަވާލުވެގެން އުޅުނު ނަމަވެސް ޒިޔާންގެ އުޅުން ގޯސްވާން ފެށީވެސް އެ ހިސާބުންނެވެ.ގޯސް ރައްޓެހިންނާއި އެކު ނުރައްކާތެރި ގޭންގުތަކަށް ވަދެ ލާއިންސާނީ ޢަމަލުތައް ހިންގުމުގައި ޒިޔާން ބައިވެރިވެފައިވަނީ ހަޤީގަތުގައި އޭނާގެ ހިތުގައި އުފެދިފައިވީ ޝަކުވާތައް ކޮންމެވެސް ސިފައެއްގައި ބޭރުކުރުމުގެ ގޮތުންނެވެ.ކުޑައިރު މައިންބަފައިންގެ ލޯބިން މަޙުރޫމްވެފައި ވުމުން ޒިޔާންގެ ނަފްސާނީ މައްސަލަތައް ވެސް ހުރެއެވެ.ނަމަވެސް އެ ކަންކަމަށް ފަރުވާ ހޯދާކަށް އޭނާ އެއްބަހެއް ނުވިއެވެ.ފުރާވަރަށް އެޅީއްސުރެން އޭނާ އައީ މަންމައަށް އިންސާފު ހޯދައިދިނުމަށް ޓަކައި ހިތުތެރޭ ބޮޑު ރޭވުންގަޑެއް ރާވަމުންނެވެ.ނަމަވެސް މާމަ އަޒީމާ އެ ފަދަ ކަންކަމާއިގެން ނުޤަބޫލުވާނެކަން އިނގޭތީވެ ޒިޔާން މިއޮއް ހުރިހާ ދުވަހު ހުރީ އޭނާގެ ރޭވުންތައް ސިއްރުކޮށްގެންނެވެ.ޒިޔާން ވިސްނަމުންދިޔައީ އޭނާގެ މަންމަ މަރާލި މީހާގެ ދަރިފުޅުގެ ފަރާތުން މަންމަގެ މަރުގެ ބަދަލު ހޯދުމަށެވެ.އޭނާއާއި ފިރާތްއާއި ދޭތެރޭ އޮތީ ޒާތީ ހަސަދައިގެ އިތުރުން އެހެން ހާދިސާއަކާއި ގުޅިގެން މައްސަލަޖެހިފައި ނަމަވެސް މިރޭ އޭނާ ކުރަން އުޅުނު ކަންތައް ކާމިޔާބުވީނަމަ އެއް ގަލުން ޖަހައި ދެ ދޫނި މަރާލެވުނީހެވެ.މިރޭ ފިރާތްގެ ސަބަބުން އެކަން ކާމިޔާބުނުވީއެވެ.އެހެން ހިތައް އެރުމާއެކު ޒިޔާންއަށް އަނެއްކާވެސް ދަތްކުޑި ވިކާލެވުނެވެ.ނަމަވެސް ފުންނޭވައެއްލަމުން މޫނުމަތިން ހަމަޖެހޭގޮތް ދެއްކީ އަޒީމާއަށް ޝައްކެއްވިޔަނުދިނުމައް ޓަކައެވެ.”އެނީވޭ.ދެން އެ ވާހަކަ ބާއްވާ.މާމަ ކީއްވެތަ މިހާ ދަންވަންދެން ހޭލާ ތި އުޅެނީ؟އަނެއްކާ ކޭޓް ބޭސް ދިންތަ؟”ޒިޔާން އަޒީމާއަށް ޙާއްސަކޮށް ގޭގައި ގެންގުޅޭ ބޭރު ނޯކަރު ކޭޓްއަށް ނިސްބަތްކޮށް އެއްސެވެ.”އާނ.ޒޭންއަށް ވުރެ އެ މަންޖެވެސް މާމައަށް މާ އަޅާލާ ވިއްޔާ.ދަންވަރު ތިހެން ބޭރަށް ގޮސް އުޅެންޏާ، މާމައަށް ކަމެއް ވިޔަސް ދަރިފުޅަށް އެނގޭނީކީއެއް ނޫންވިއްޔާ”އަޒީމާ ހިތްހަމަނުޖެހުމުގެ ރާގަކަށް ބުނެ އޭނާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.އެއާއިއެކު އެ ދިގު ކޮރިޑޯ ތެރެއިން ޒިޔާަން ދުވެފައި ކަހަލަ ގޮތަކަށް ގޮސް އަޒީމާއާއި އަރައި ހަމަކުރިއެވެ.”ކަމް އޯން މާމާ.ދެން އަޅުގަނޑު ދަންވަރު ބޭރަަކަށް ނުދާނަން.ޕްރޮމިސް”ޒިޔާން އަޒީމާއަށް ކަށި އިނގިލި ދައްކާލަމުން ލާނެއް ހިނިތުންވުމަކާއެކު ބުނުމުން ހިތްހަމަނުޖެހިފައި ހުއްޓަސް އަޒީމާއަށް ވެސް ހިނިތުންވެވުނެވެ.ހުރި ހަމައެކަނި މާމަ ދަރިފުޅުގެ އުޅުން ކޮންމެ ގޮތަކަށް ހުރި ނަމަވެސް އެ ދަރިފުޅުގެ މި ފަދަ ޢަމަލުތަކުން އޭނާގެ ހިތައް އަބަދުވެސް އުފާވެރިކަން ގެނެސްދެއެވެ.”ހޫމް.ދެން ދޭ ނިދަން.މާދަމާ ހެނދުނު އޮފީހަށް ދާން އަވަހަށް ތެދުވަންވާނެ.މާމަވެސް މި ދަނީ ފަތިސް ވުމުގެ ކުރިން ނިދާލަން”އަޒީމާ މިހެން ބުނެ ގޮސް ކޮޓަރިއަށް ވަނުމާއެކު ޒިޔާންވެސް ކޮރިޑޯގެ ވާތްފާރާތުގައި ހުރި އޭނާގެ ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހީ ވަރުބަލިވެފައި ހުރުމުންނެވެ.
*******
“ކޮބާ ނިމުނީތަ ޕެކްކޮށް؟”ފިރާތް ޔޫލިއާގެ ކްލޯސެޓައް ވަދެ އެއްސެވެ.އެއިރު ޔޫލިއާ އަތުގައި އޮތް ބޯ ކެހެރި ކޯޓު ސޯފާ މަތީގައި ހުޅުވާފައި ހުރި ފޮއްޓައް އަޅައި ޒިބު އަޅުވަނީއެވެ.ކްލޯސެޓު ތެރެއިން މިހާރު އެއްވެސް އެއްޗެއް ފެންނަން ނެތް އިރު ކައިރީގައި އިތުރު ދެ ފޮށިވެސް ހުއްޓެވެ.ބާތްރޯބްގެ ބަދަލުގައި މިހާރު ޔޫލިއާ ލައިގެން ހުރީ ބޭބީ ޕިންކް ކުލައިގެ ފައިގެ ތަނބިކައްޓާއި ހުރި އަތްދިގު ހެދުމެކެވެ.ހެދުމުގެ ކަނާތްފަރާތު ކަކުލުން ތިރިއަށް ސްލިޓްއެއް ހުރިއިރު އިސްތަށިގަނޑު ވަނީ މިނިވަންކަމާއެކު ދޫކޮށްލާފައެވެ.މި ވަގުތު ބޭރުތެރެ ފިނިވާނެކަން އިނގޭތީވެ ހެދުން މަތިން އޭނާ ވަނީ ހުދު ކުލައިގެ ބޯ ކެހެރި ކޯޓެއް ލާފައެވެ.”ހޫމް ނިމުނީ”ޔޫލިއާ އެ ފޮށި ބިންމައްޗަށް ބާލަމުން ބުންޏެވެ.ފިރާތް އައިސް ޔޫލިއާ ގާތުގައި ހުއްޓެމުން އޭނާގެ ދެ ކޮނޑުގައި ހިފަހައްޓާލިއެވެ.”މިއޮއް ފަދަ ގަޑީގަ ތިހާ ވަރަށް ރީތިވެގެން ނުދިޔަސް އޯކޭ ވާނެއޭ.ނިދާ ހެދުން ލީނަމަ”ފިރާތް ޔޫލިއާގެ ކޯތާފަތުގައި ފިރުމާލަމުން ބުންޏެވެ.”ޕިސް.ޕިސް.ސާބަސް ފިރޫއަށް.ތި ގޭގަވެސް ގާޑުންނާއި ނޯކަރުން އުޅެއެއްނު.އެ މީހުން ކުރިމަތީގަ އަހަރެން ކަހަލަ މެހެމާނަކު ގެޔައް ގެންނައިރު ނިދާހެދުމުގަ ހުރެއްޖެއްޔާމުން ފިރޫވެސް ލަދު ގަންނާނެއެއްނު.ކީކޭ ދެން ބުނާނީ”ޔޫލިއާ ތުން އަނބުރާލިއެވެ.”ކޮބާތަ މައްސަލައަކީ.ޔޫލީ ނިދާ ހެދުމުގަ ހުއްޓަސް އެއީ އެ މީހުންނާއި ބެހޭ ކަމެއް ނޫނޭ.މަށާއި ޑޭޑްއަށް އެ މީހުން ކުރާ އިއްޒަތާއި ޤަދަރު ޔޫލީއަށްވެސް ކުރާނެ.އަހަރެން އެކަން ޔަޤީންކުރާނަން”ފިރާތް ޔޫލިއާގެ އަތް ތިލައިގައި ބޮސް ދެމުން ބުންޏެވެ.”ހޫމް.އެނގިދާނެތާ.ދެން ހިނގާބަލަ ވަރަށް ނިދި އެބަ އާދެއޭ”ޔޫލިއާ ފިރާތްގެ އަތުގެ މުލައްދަޑީގައި ހިފާލަމުން ބުނި ގޮތުން އޭނާގެ ގާތައް ހިނިއައެވެ.”އޯކޭ.ލެޓްސް ގޯ.ބައި ދަ ވޭ،އައި ލައިކް ޔޫ ބެޓަރ އިން އަ ބާތްރޯބް”ފިރާތް ޔޫލިއާގެ ކަންފަތް ދޮށުގައި ވައި އަޑުން ބުނުމާއެކު ޔޫލިއާގެ މޫނު ރަތްވެގެން ދިޔައެވެ.”ދެން ފިރޫ.އައި ހޭޓް ޔޫ!”ޔޫލިއާ ފިރާތްގެ މޭގައި ބޮނޑިއެެއް އަޅާލިއެވެ.”އައި ހޭޓް ޔޫ ޓޫ”ފިރާތް ޔޫލިއާގެ ކޯތާފަތުގައި ބޮސް ދިނުމަށްފަހު ބިންމަތީ ހުރި ފޮށިތަކުގެ ތެރެއިން ދޭތި ހިފައިގެން ކޮޓަރިން ނުކުންނަން ދުއްވައިގަތެވެ.ޔޫލިއާ އަތުގަ ނުޖެހި ފިރާތް ކޮޓަރިން ނުކުތުމާއެކު ތުންދަމައިގެން ހުރެ ބާކީ ހުރި ފޮށި ދަމަމުން އޭނާވެސް ކޮޓަރިން ނުކުތެވެ.
ލިފްޓު ގޮސް ގްރައުންޑް ފްލޯއަށް ހުއްޓުމާއެކު ތިން މީހުން ތިން ފޮށި ދަމަމުން ހޮޓެލުގެ ލޮބީ ހުރަސްކޮށް ނުކުންނަން ދިޔައެވެ.ޔޫލިއާއާއި ފިރާތް ކާރުގެ ފަހަތު ޝީޓައް އެރިއިރު އެ މީހުން ގެނައި ފޮށިތައް ޑިކީއަށް ލުމަށްފަހު ރޭހާން ޑްރައިވަރު ޝީޓައް އަރައި ކާރު ދުއްވާލިއެވެ.ފަހަތު ޝީޓުގައި ތިބި ދެ މީހުންނަށް ދޭތެރެއަކުން އޭނާ ވައްކަޅިން ބަލަމުން ދިޔައިރު އެ މޫނުމަތިން އަދިވެސް ހިތްހަމަނުޖެހުމުގެ އަސަރުތައް ފެންނަން ހުއްޓެވެ.ފަހަތުގައި ޔޫލިއާ ފިރާތްގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތް އިރު ފިރާތް ދިޔައީ ފޯނުން އޭނާގެ އޭޖެންޓަަކަށް މެސެޖު ކުރަމުންނެވެ.
ފިރާތް:ޒޭން ވަނީ މިރޭ ޒާން ހޮޓެލަށް ވަދެ ޔޫލިއާ ހަސަންއަށް ޖިސްމާނީގޮތުން އަނިޔާކުރަން މަސައްކަތްކޮއްފަ.އަހަރެން ޖަލުން ނުކުތްފަހުން އަދި އޭނަގެ ޙަބަރެއް ބަލައިނުލެވިގެން މި އުޅެނީ.ހީކުރީ އަހަރެން ގޮޅިއަށް ލާފަ ގޮސް ރާއްޖޭގަ ނޫޅެނީ ކަމައް.ކިހިނެއްތަ އޭނަ މިއޮއް ހުރިހައި ދުވަހު އުޅުނީ؟”
އޭޖެންޓު:(ކޯޑްނޭމް)ޓައިގަރ:އޭނަ މިއޮއް ހުރިހާ ދުވަހު އުޅުނީ ހަމަ އާދައިގެ ޑީޖެންއެއްހެން.އޭނަ ކާފަ މަރުވިފަހުން އެ މީހުންގެ ވިޔަފާރިއާއި ހަވާލުވިގޮތައް އަދި ވެސް އެ ކުންފުނިތައް ހިންގަނީ އޭނަ.ދެން ވަރަށް ފަހުން އުޅުނެއްނު މާލޭގަ ހައުސިންގް މިނިސްޓަރުގެ ގޭގަ ބިމު އަޑީ ވަޅުލާފަ ތިބި ޖުމްލަކޮށް ތިން މިލިއަން ރުފިޔާ ހިމެނޭ ބްރީފްކޭސްތަކެއް ވަގަށް ނަގައިގެން،🤣އެކަން ކުރީ އެ މީހުންގެ ގޭންގުން.ހައުސިންގް މިނިސްޓަރުގެ ދުޝްމަން ހޯމް މިނިސްޓަރު އަންގައިގެންނޯ ހައްހައް😂😂
މެސެޖަށް ޓައިގަރ ދީފަ އޮތް ޖަވާބު ފެނުމުން ފިރާތްއަށް އަޑިއަށް ހީލެވުނީ އެ މެސެޖު ލިޔެފައި އޮތް ގޮތް މަޖާ ކަމުންނެވެ.ނަމަވެސް ވަގުތާއި ހާލަތުގެ ގޮތުން އޭނާއަށް މަޖުބޫރުވީ ހަރުކަށި އިބާރާތުން މުޙާތަބުކުރުމެވެ.
ފިރާތް:އެހެންތަ.އިނގެއްނު އޭނަ އެއީ އަހަރެން ދެކެ އަބަދުވެސް ރުޅި އަންނަ މީހެއްކަން.ދެން ދެ އަހަރުކުރިން ހިނގި ކަންތައްތަކަށްފަހު….އިނގެއެއްނު.އެކަމަކު އަހަރެން ޖަލުން ސަލާމަތްވުމަށް ފަހުވެސް އޭނަ ސީދާ އަހަރެން ކައިރިއަށް ނައިސް ޔޫލިއާ
އަށް އަނިޔާ ކުރަން އުޅުމަކީ ހަޤީގަތުގައި އަހަރެންގެ ހިތުގައިވެސް ޝައްކު އުފެދޭ ކަމެއް.އެހެންކަމުން އަހަރެންގެ ހިތް ބުނަނީ މީގަ ކޮންމެވެސް އެހެން ނުބައެއް އެބަ އުޅެއޭ.ޓައިގަރ ކޮއްދޭންވީ ކަމަކީ ޒާން ހޮޓެލްގެ ސީ.ސީ.ޓީވީ ފުޓޭޖުތައް ދިރާސާކުރުމަށް ފަހު މިރޭ ރޭގަނޑު ބާރަ އާއި ދަންވަރު ދޭއް ޖެހުމާއި ދޭތެރޭގަ މަގުމަތިން ފެށިގެން ގޮސް ހޮޓެލް ތެރޭގައި ހިނގާފައި ހުރި ހުރިހާ ކަމެއް ބަލައިދޭންވީ.މާދަމާ ރޭގެ ކުރިން އަޕްޑޭޓެއް ވައްޓާލައްޗޭ.ޔޫ ހޭވް 24 އަވަރސް”
ޓައިގަރ:ޔެސް ބޮސް 🫡
ޓައިގަރގެ މެސެޖު ފެނުމާއެކު ފިރާތް ފޯނު ނިއްވައި ޖީބައް ލުމަށްފަހު ޔޫލިއާއަށް ބަލައިލިއެވެ.ބިމަށް ނަޒަރު ހުއްޓާލައިގެން އިން ގޮތުން އޭނާ ކަމަކާއިގެން ފިކުރުކުރަނީކަން ފިރާތްއަށް ދެނެގަނެވުނެވެ.”ޔޫލީ.ލޫކް އެޓް މީ؟ވަޓްސް ވްރޯންގް؟ދެން އިތުރަށް އެކަމާ ނުވިސްނަބަލަ”ފިރާތް ޔޫލިއާގެ މޫނު އޭނާއާއި ދިމާލަށް އަނބުރާލަމުން ބުންޏެވެ.”ނުވިސްނަން.އެކަމަކު އަދިވެސް ހިތްބިރުގަންނާތީވެ އޯވަރތިންކް ކުރެވެނީ.ހީވެސް ނުކޮށް ހުއްޓާ އެ ފަދަ ކަމެއް ދިމާވީމަ.އަޅެ އެއީ ކާކުތަ އެކަމަކު؟ފިރޫގެ ދުޝްމަނަކަސް އޭނަ އަހަންނަށް ގެއްލުން ދިނުމުގެ ބޭނުމަކީ ކޮބާތަ؟ވަޓްއެވަރ ހެޕެންޑް…އިޓް ޑަޒެންޓް މޭކް ސެންސް އެނީމޯރ”ޔޫލިއާ ނިތުގައި ހިފަހައްޓާލަމުން ބުންޏެވެ.”ޔޫލީ ބޭބީ.ކާމް ޑައުން..ޑީޕް ބްރެތްސް.ޔޫލީ ތިހިރީ މެންޓަލީ ވަރަށް ބޮޑައް ޑިސްޓަރބް ވެފަ.އެހެންވީމަ ވެދިޔަ ކަންތަކާއި ބެހޭގޮތުން މާ ބޮޑައް ވިސްނަންވެއްޖެއްޔާމުން އިތުރަށް ގޯސްވާނީ.ގެޔައް ދެވުނީމަ ޕެނަޑޯލް ގުޅައެއް ކައިގެން ނިދާލާނީ ދޯ.މިހާރު ގެޔާއި ވަރަށް ކައިރީގައޭ މި ތިބީ”ފިރާތް ކާރުގެ ބިއްލޫރިގަޑުން ބޭރަށް ނަޒަރެއް ދެމުން ބުންޏެވެ.ދިހަވަރަކަށް މިނުޓު ފަހުން ކާރު ގޮސް މާޖެސްޓީ ގޭގެ ގޭޓުން އެތެރެ ވުމާއެކު ފިރާތް ވަގުތުން ފައިބައި އަނެއްފަރާތުން ގޮސް ޔޫލިއާ އިން ފަޅީގެ ދޮރު ހުޅުވާލަދިނެވެ.އެއަށްފަހު ޔޫލިއާގެ އަތުގައި ހިފައިގެން ގޭތެރެއަށް ވަންނަން ހިނގައިގަތްއިރު ރޭހާން ޑިކީގައި ތިބި ފޮށިތައް ބާލަން މަޑުކުރިއެވެ.ގޭގެ ލިވިންގް ރޫމަށް ވަދެވުމާއެކު ފިރާތް ޔޫލިއާގެ އަތުގައި ހިފައިގެން ގޮސް ސިޑިން މައްޗައް އަރަން ފެށިއެވެ.އޭނާ ޔޫލިއާ ގޮވައިގެން ގޮސް ވަނީ ކޮރިޑޯގެ ކަނާތްފަރާތުގައި ހުރި ކޮޓަރިއަކަށެވެ.ކޮޓަރީގެ ހަތަރު ފާރުގައި ހުދުކުލަ ލެވިފައިވާ އިރު މެދުގައި ކިންގް ސައިޒް ބޮޑު އެނދެއް ހުރެފައި ކަނާތް ފަރާތުގައި ވޯކް އިން ކްލޯސެޓެއް ހުއްޓެވެ.ކްލޯސެޓާއި ޖެހިގެން ހުރީ ފާހާނައެވެ.އެނދުގެ ވާތް ފަރާތުގައި ބީޖް ކުލައިގެ ސޯފާއެއް ހުރެފައި އެނދު ކައިރި ބިންމަތީގައި މެރޫން ކުލައިގެ ކެހެރި ކާޕެޓެއް އޮތެވެ.ކޮޓަރީގެ ޑިޒައިން ސީލިންގްގައި ލެޑު ލައިޓުތައް ހަރުކުރެވިފައިވާއިރު މަތީގައި ޗާންދަލިޔާއެއްވެސް ހަރުކުރެވިފައިވެއެވެ.”މިއީ ޔޫލީގެ ކޮޓަރި.އޯލް ޔުއަރސް.މި ކޮޓަރިއާއި ޖެހިގެން ދެން ކަނާތްފަރާތުގަ ހުންނާނީ އަހަރެންގެ ކޮޓަރި.އެ ކޮޓަރިއާއި ޖެހިގެން ދެ ކޮޓަރި ދޫކޮށްފަ ބާކީ މި ފްލޯގަ ހުރި ކޮޓަރި ގިނައިން ބޭނުންކޮށް އުޅޭނީ ރެއިން.ބައެއްފަހަރު ވޯކް ލޯޑް ބޮޑުވީމަ އޭނަ ގެޔަށް ނުދާ ރޭތަކުގަ ރެއިން އެ ކޮޓަރީގަ މަޑު ކުރާތީވެ އެ ކޮޓަރި ހުންނަނީ އަބަދުވެސް ރެއިންއަށް ޓަކައި ތައްޔާރުކޮށްފަ.ރެއިން ވަރަށް ހިތްހަމަނުޖެހޭނެ އެހެން މީހަކު އެ ކޮޓަރިއަށް ވަދެއްޖެއްޔާ.ފިރާތް މަޑު ހުނުމަކާއެކު ބުންޏެވެ.ދެން ޔޫލީވެސް ގިނަގިނައިން މިގެޔަށް އައިސް އުޅޭތީވެ މިކަހަލަ ހާލަތެއް އައިސްދާނެ ކަމަށް ވިސްނާފަ އަހަރެން މި ކޮޓަރި ތައްޔާރުކޮށްފަ ބެހެއްޓީ ޔޫލީއަށް.ޑޫ ޔޫ ލައިކް އިޓް ޕްރިންސެސް؟”ފިރާތް ކޮޓަރީގެ އެކި ފަރާތްފަރާތައް ކަޅި ހިންގަމުން ދިޔަ ޔޫލިއާއަށް ބުންޏެވެ.”ޔާހް.އައި ލަވް އިޓް”ޔޫލިއާ ފިރާތްގެ ތަނަވަސް މޭމަތީގައި ބޯ އަޅާލަމުން ބުންޏެވެ.ޔޫލީ އެއްވެސް ކަމެއް ބޭނުންވެއްޖެ ހާލަތެއްގަ ޔޫ ކެން އޯލްވޭސް ކަމް ޓު މީ.އައި އެމް ނެކްސްޓް ޑޯރ.އެއް ގޮތަކަށްވެސް ހީނުކުރައްޗޭ ޔޫލީ ތިއީ މިގޭ މެހުމާނެކޭ.ރެއިންއެކޭ ވެސް އެއްފަދައިން ޔޫލީއަކީވެސް މިހާރު އަހަރެންގެ ހަޔާތުގެ މުހިއްމު ޙިއްސާއެއް.އެހެންވީމަ މިހާރު މި ވަގުތުން ފެށިގެން ތިއީ މިގޭ މީހެއް.ފިރާތް ޔޫލިއާގެ ކޯތާފަތުގައި ފިރުމާލަމުން ބުންޏެވެ.”އޯކޭ ބަޓް ފިރޫގެ ޑޭޑް ޤަބޫލުވާނެތަ އަންހެން ކުއްޖަކު މި ގޭގަ ބަހައްޓަން؟ޔޫ ނޯ ވަޓް އައި މީން ރައިޓް؟”ޔޫލިއާ ކަންބޮޑުވުމުގެ ރާގަކަށް ފިރާތްއަށް ނަޒަރެއް ދެމުން ބުންޏެވެ.އެއާއެކު ފިރާތްގެ މޫނުމަތީގައިވީ ހިނިތުންވުން ފިލައިގެންދިޔައެވެ.”ހެހެ.ބައްޕަ ދޯ؟ޔޫލީ އެކަމާއިގެން މާ ބޮޑައް ނުވިސްނާ.އަހަރެންގެ ބައްޕަ ވަރަށް ކޫލްވާނެ”މޫނުމައްޗަށް ވެރިވި ނުތަނަވަސްކަމުގެ ކުލަވަރު ފޮރުވާލަމުން ފިރާތް ބުނި ޖުމްލަ ނިމުނުތާ ސިކުންތެއް ނުވަނީސް ކޮޓަރި ތެރޭގައި ގުގުމާލީ އޭނާގެ ފޯނު ރިންގުވާ އަޑެވެ.ފިރާތް “އެކްސްކިޔުޒްމީ” އޭ ބުނެ ޖިންސުގެ ޖީބުން އަވަސްއަވަހަށް ފޯނު ނެގީ މިއޮއް ދަން ގަޑީގައި ގުޅަނީ ކާކުތޯ ބެލުމަށެވެ.އަނެއްކާ ޓައިގަރ ބާވައެވެ.އެހެން ހިތައި ފޯނުގެ ސްކްރީނުގައި ދެ ލޯ ތަތްވުމާއެކު އޭނާއަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ.”ޑޭޑް!”ޑިސްޕްލޭއަށް އަރާފައި އިން ނަން ފެނުމުން ޔޫލިއާއާއި ފިރާތްއަށް އެކުއެކީގައި ބުނެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Ey ey what???? Is firaath the one who killed her dad????
So confused now?? Firaath then ehm ehm SUS👀
Ziyaan then haadha molhey dhw firaath kibain badhalu hifan vegen rapist akah change vaan???😶
Btw loved this part?
Surprise ekey kiyaagen mi part genes dhiny thee thnx darl💗
Ly💗
Hahaha no girl I think you forgot that Yulia’s dad is in jail😂go back to episodes 3,4&5
Firat is hiding something else about himself that is very important from Yulia and that’s why Rehan is upset.you should be SUS about him 🤣🤣🤣