Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޕިޔަދަ 11

svetlana Level 110 Stories100 Login
October 1, 2025 14 Mins Read
4 Comments

******

ޔޫލިއާ އާއި ފިރާތްގެ ބައްދަލުވުން ނިމި އެރެއަށްފަހު އޭ.އައި.އައި އަށް ދިމާވި މައްސަލަތައް އޯވަރނައިޓަކުން ހައްލުވެގެން ދިޔަ ޙަބަރު ކަށިކުނބުރު ވަލެއްގައި ހުޅިލީހެން ޢާއްމުވެގެން ދިޔައެވެ.އެ ޙަބަރު ވެގެން ދިޔައީ ގިނަ އަދަދެއްގެ ނޫސްވެރިންނާއި ޢާއްމުންވެސް ހައިރާންކޮށްލި ހޫނު ޙަބަރަކަށެވެ.ތިން ދުވަސް ކުރިން ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި އޮތް އެމްޕަޔަރގެ މައްސަލަތައް އެންމެ ރެއަކުން ހައްލުވެ އަލުން އިޔާދަވުމުން ރާއްޖޭގެ ވިޔަފާރި ދުނިޔެއަށްވެސް ހީވީ ޒަލްޒަލާއެއް އައިހެންނެވެ.އޭ.އައި.އައި އަލުން އިޔާދަވުމާއި ގުޅޭގޮތުން ޢާއްމުންނާއި ވިޔަފާރިވެރިން ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ޙިޔާލު ފާޅުކުރަމުން ދިޔައިރު ނޫސްވެރިންވެސް ކަން ހިނގައިދިޔަ ގޮތާއި ގުޅޭގޮތުން އެ ބޭފުޅުންގެ ހައިރާންކަން ފާޅުކޮށް ނޫސްތަކުގެ ރަސްމީ ވެބްސައިޓްތަކުގައި ލިޔުންތައް ޝާޢިއުކުރަމުން ދިޔައެވެ.ޙަބަރާއި ގުޅޭ އަރޓިކަލްތައް އިންޓަނެޓުގައި ދައުރުވަމުން ދިޔަތާ ދުވަސްކޮޅެއް ފަހުން އެ ލިޔުންތަކުގެ މައްޗަށް އަތްގަދަކޮށް ނޫސްތަކުން ޖާގަ ހޯދީ އޭ އައި އައި ގެ ދަށުން ހިންގި ބޭސްވެރިކަމުގެ ކުންފުނިކަމުގައިވާ ވިޓާކޯ އިންޑަސްޓްރީސް އޭ.ވައި.އެފް ކުންފުނީގެ ވެރިޔާ އަދި މަޝްހޫރު މާފިއާ ޕްރިންސް ފިރާތް ހަސަން ގަތުމުގެ ޙަބަރެވެ.ފެންމަތިވެގެންދިޔަ އައު ޙަބަރާއި ގުޅިގެން އެކި މީހުންގެ ދުލުކުރީގައި ފިރާތް އާއި ބެހޭގޮތުން ޒާތް ޒާތުގެ ވާހަަކަތައް ދުވަސްތަކެއް ވަންދެން ދެކެވިގެން ދިޔައިރު އަނެއްބައި މީހުން ތިބީ ވިޓާކޯ ފިރާތްގެ ބާރުގެ ދަށައް ދިއުމުން ކުންފުންޏަށް އަވަސް މުސްތަޤުބަލެއްްގައި އަންނާނޭ ބަދަލުތަކާއިމެދު ކެތްމަދުވެފައެވެ.ވިޔަފާރިއާއި ގުޅޭ ބައެއް ނޫސްތަކުން ފިރާތްއާއި ގުޅައި އެކަމުގައި އޭނާގެ ބަހެއްް ހޯދުމަށް މަސައްކަތް ކުރިއެއްކަމަކު އެ ދުވަަސްކޮޅު ފިރާތްގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބެއެވެ.ނަމަވެސް ކުންފުންޏާއި ހަވާލުވިތާ ހަފްތާއެއް ވާން ގާތްވެފައި އޮއްވާ ފިރާތް ފޭސްބުކްއަށް ދޫކޮށްލި ސްޓޭޓަސްގައި ކުންފުނީގެ ޓޮޕް މެނޭޖްމެންޓް ޓީމް ފިޔަވައި އިތުރު އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ލިޔެފައި އޮތެވެ.އަދި ކުންފުނީގެ ކުރީގެ ވެރިޔާ ނާއިލް އަސްލަމް އަށް ވެސް ޝުކުރާއި ތަޢުރީފުގެ ދެތިން ބަހެއް ބުނެފައި އޮތެވެ.ފިރާތްގެ އެ ސްޓޭޓަސްގެ ސްކްރީންޝޮޓް ޢާއްމުކޮށްފައި އޮތް ނޫހުގެ ފޭސްބުކް ޕޯސްޓަށް ލައިކް ދިން ޔޫލިއާއަށް ފިރާތް ވިޓާކޯ “ގަތް” ކަމަށް ބުނެ އެ ފަތުރާ ޙަބަރުތަކުގެ ތެދުދޮގުމިން އެނގުނެއްކަމަކު ޢާއްމުންގެ ލޯތަކުގައި އަދުން އެޅުވުމުގެ ގޮތުން އޭނާވެސް އެކަމަށް ތާއިދުކޮށް ވަގު އައި.ޑީ އަކުން ފޭސްބުކްގައި ސްޓޭޓަސްތަކެއް ލިޔެ ޕޯސްޓްކުރަމުން ދިޔައެވެ.އެ ގޮތުގައި އަނެއް ހަތް ދުވަސް ފާއިތުވެގެން ގޮސް ފިރާަތް ޖަލުން މިނިވަންވިތާ ފަނަރަ ދުވަސް ފުރުނެވެ.މާޒީވެ ދިޔަ ދުވަސްތަކުގައި ޔޫލިއާއާއި ފިރާތްގެ މެދުގައި ސިއްރު ބައްދަލުވުންތައް ބޭއްވުން އާދަވެގެންދިޔައިރު އޭ.އައި.އައި ގެ އޮފީސް މާހަަުލުގައި ނާއިލް އަވަދިނެތި މަސައްކަތްކުރަމުން ދިޔައީ ވިޓާކޯ އޭނާގެ އަތުން ބީވުމުގެ ސަބަބުން ވިޔަފާރިއަށް ދިމާވި ގެއްލުންތައް ފޫބެއްދުމަށް ޓަކައި އާ މަގުތައް ކޮށުމުގައެެވެ.ފަރުދާގެ ބިއްދޮށުގައި ރޭވެމުންދާ ރޭވުންތަކުގެ ކުޑަވެސް ހިލަމެއް އޭނާއަަކަށް ނުވެއެވެ.

*****

އެއް ރެއެވެ.ބުރަ ދުވަހަކަށްފަހު ތަނަވަސް މާސްޓަރ ބެޑްރޫމުގެ ކިންގް ސައިޒް އެނދުގެ ހެޑްބޯޑްގައި ލެނގިލައިގެން ނާއިލް އިނެވެ.އަތުގައި އޮތް ފޯނުން ޓިކް ޓޮކަށް ވަދެ އިންއިރު ބޮނޑުވާ އިނގިލިން ފަހަރަކު ވީޑިއޯއެއްް ސްކްރޯލް ކުރަމުން ދިޔައެވެ.ނާއިލްގެ ސަމާލުކަން ދަމައިގަތީ މިހާރު ރާއްޖޭގައި ހުރި މަޝްހޫރު ޒުވާންވިޔަފާރި އިންފްލުއެންސަރ އެއް ކަމަށްވާ ސޯފިއާ އަލީގެ ވީޑިއޯއެކެވެ.އެހެންކަމުން އޭނާ އިތުރަށް ކުރިއަށް ނުގޮސް  ފޯނުގެ ސްޕީކަރުގެ އަޑު މަތިކޮށްލިއެވެ.”ވެލްކަމް ގައިސް ދިސް އިޒް ސޯފީ.ސޯ މިއަދު ސޯފީ ހުރިހާ ކުދިންނާ މި ބައްދަލުކޮށްލީ ވިޔަފާރި ދުނިޔޭގެ އާ ޙަބަރަކާއިގެން.ސޯފީއަށް އެނގުނު ގޮތުގައި ބިލިއަނެއަރ ނާއިލް އަސްލަމް ވަނީ ދާދި ފަހުން އޭ.އައި.އައި އެމްޕަޔަރގެ ދަށުން ހިނގަމުން އައި ވިޓާކޯ އިންޑަސްޓްރީޒް….އާނ.އެއްްކަލަ ބޭސް އުފައްދާ ކުންފުނި ހުރިހާ ކުދިންވެސް ދަންނަ އަދި ސޯފީގެ ބަހުން ނަމަ “މާފިއާ ލިންކްޑް ޓައިކޫން”ފިރާތް ހަސަންް އަށް ވިއްކާލާފަ.ހުރިހާ ކުދިންވެސް ހަނދާން އެބަހުރި ދޯ މި މަހު ކުރީކޮޅު އޭ.އައި.އައި އޮތީ އަޑިއަޅާލަން ކައިރިވެފަކަން.މީ،އިންކްލޫޑިންގް ޔޫ އޯލް،ތޯޓް ދެޓް އޭ.އައި.އައި ވޯޒް ގޮނަ ފައިލް ފޯރ ބޭންކްރަޕްސީ.އެއީ އެމްޕަޔަރުގަ އުފެދުނު ސްކޭންޑަލްއެއްގެ ސަބަބުން އެ މީހުންގެ ޕަރޓްނަރސް އިންވެސްޓްމެންޓްތައް އަނބުރާ ގެންދިއުމުގެ ފުރުަަސަތު އޮތުމުން.އެކަމަކު ކަންވީކީ އަހަރުމެން އެކަކުވެސް ހީކުރި ގޮތަކަށް ނޫން.އޭ.އައި.އައި އަށް ދިމާވި ހުރިހާ މައްސަލަތަކެއް ނިމިދިޔަ ވިޔަފާރި ގާލާ އަށްފަހު އެންމެ ރެއެއްގެ ތެރޭގައި ހައްލުވެގެންދިޔައީ.އެކަމަކު ސޯފީއަކަށް ހިޔެއް ނުވޭ މިއީ އާދައިގެ ކަމެއްހެން.މި ކަމާއިމެދު ޝައްކުކުރެވޭ ވަރަށް ބައިވަރު ސަބަބުތައް އެބަހުރި.އަހަރުމެން އެންމެންނަށްވެސް އިނގޭނެ ފަދައިން،ފިރާތް ހަސަން ދެ އަހަރު ދުވަސް ވަންދެން ޖަލުގަ ހުރެފަ އެނބުރި އެ އައީ ވިޔަފާރި ގާލާގެ އެއް ދުވަސް ކުރިން.އެއަށްފަހު ހީ މޭޑް ހިޒް ފަސްޓް ޕަބްލިކް އެޕިޔަރެންސް އިން ދަ ގާލާ.ގާލާ އަށްފަހު އޭ.އައި.އައި އަށް ދިމާވި ހުރިހާ މައްސަލަތަކެއް ވަގުތުން ވަގުތައް ހައްލުވެގެން ދިޔައީ އަހަރުމެން އެންމެން ހައިރާން ކޮށްލާފަ.އޭގެ ދެ ރޭ ކުރިން ދޭ ވަރ ސްޓްރަގްލިންގް ޓު ސޭވް ދި އެމްޕަޔަރ.ދެން އަހަރުމެންނަށް ނޫސްތަކުން އެނގުނީ މިސްޓަރ ނާއިލް މިސްޓަރ ފިރާތްއަށް ވިޓާކޯ ވިއްކާލިކަން.އޭ.އައި.އައި ވެސް އަދި އެމް.ވައި.އޭ.އެފް އަކީ ބޮޑު ދެ އެމްޕަޔަރ އަށް ވީ އިރު މި ވީހާތަނައް ޕަރޓްނަރޝިޕެއްގެ ހިލަމެއްވެސް ނުވޭ.ޕްލަސް އޭ.އައި.އައި އިން ވިޓާކޯ ވިއްކާލިއިރު އެއްވެސް ކަހަަލަ އޮފިޝަލް ސައިނިންގް އިވެންޓެއް ވެސް ބާއްވާފައެއް ނުވޭ.ނޯ ފޯޓޯސް އޮން ސޯޝަލް މީޑިޔާ އެކަމަކު ޔަޤީނުންވެސް މިއީ ދޮގު ނޫހެއް ނޫން.އެކަން މިސްޓަރ ފިރާތްގެ ފޭސްބުކް ސްޓޭޓަސް އިން ހާމަވޭ.ނޯ ޑައުޓް އެބައުޓް ދެޓް ބަޓް ހިޔެއް ނުވޭތަ މިއީ ވަރަށް ޝައްކުކުރެވޭ ޒާތުގެ ޓްރާންސެކްޝަންއެއްހެން؟އައި މީން މި ހުރިހާ ކަމެއްވެސް ހިނގައިމިދިޔައީ ވަރަށް ގާތްގާތުގަ އޯލްމޯސްޓް ޓޫ ޑޭސް އާފްޓަރ މިސްޓަރ ފިރާތް ވޯޒް ރިލީޒްޑް.ސޯފީއަކަށް ހަމަ އެއްގޮތަކަށްވެސް ޤަބޫލެއްް ނުކުރެވޭ ދިސް ހޯލް ސިޗުއޭޝަން މިއީ އިއްތިފާޤެއް ކަމަށް.ތި ކުދިން ބުނަނީ ކީކޭކަން ކޮމެންޓްކޮށްފަ ލައިކް ފޮލޯ އެންޑް ޝެއަރ.ބާއި”ވީޑިއޯ ނިމުމާއެކު ނާއިލްއަށް ބޭއިޙްތިޔާރުގައި ނޭވާދަށުން ހުތުރު ބަހެއް ބޭރުކޮށްލެވުނެވެ.އައި ރުޅީގައި ފޯނު ދުރަށް އެއްލާލަމުން ކަނާތްފަރާތުގައި ހުރި ނައިޓްސްޓޭންޑް މަތީގައި ހުރިހާ އެއްޗެއް ވެއްޖެއްޔާމުން އަތުން ޖަހައި ޓައިލްސްތަކުގެ މައްޗަށް ވަރާލިއެވެ.

“ނާއިލް.އެއީ ކޮން އަޑެއް؟!ކިހިނެއްވީތަ؟” ކޮޓަރިތެރެއިން އެއްޗެހިތައް ވެއްޓުނު އަޑުއިވުމާއެކު ފާހާނައިގައި ފެންވަރަން ހުރި އާލިޔާ އަވަސްއަވަހައްް ނުކުމެ އެއްސެވެ.އެއްފަހަރު ބުމަގޮށްޖަހައިގެން އެނދުމަތީ އިން ނާއިލަށް އަނެއްފަަހަރު ނައިޓްސްޓޭންޑް ކައިރި ބިންމަތީ ހުރި އެއްޗެއްސައް ބަލާލަމުން އާލިޔާއަށް ހިތާއި ވީ ފަޅީގައި އަތް ޖައްސާލެވުނީ ވީ ގޮތް ކޮނެމެވެސް ވަރަަކަށް ނަގައިގަނެވުމުންނެވެ.އޭނާ ފާހާނައިގައި ހުރިއިރު ނާއިލް އަޑުބާރުކޮށްގެން ފޯނުން ބަލަމުން ދިޔަ ސޯފިޔާގެ ޓިކްޓޮކް ވީޑިއޯގައި އޭނާ ދެއްކި ވާހަކަތައް ފުސްކޮށް ނަމަވެސް އަޑުއިވުނެވެ.ހަޤީގަތުގައި ވިޓާކޯ ގެއްލުމުން ނާއިލްއަށް ވުރެ ބޮޑައް ދެރަވީ އާލިޔާއެވެ.އެއީ މީގެ އަހަރުތަކެއް ކުރިން ދެ މީހުންގެ ކައިވެނިކުރެވުނު ރޭ ރަނުގެ ގޮތުގައި އެ ކުންފުންޏަށް ލިބޭ މަންފާތަކުގެ ހުރިހާ ފައިސާއެއް އާލިޔާގެ އެކައުންޓައް ޖަމާވާނެހެން އޭނާގެ ނަންމައްޗަށް ބަދަލުކުރި ކުންފުންޏެކެެވެ.ނަމަވެސް މި ވީގޮތުން ދެން އޭނާގެ އެކައުންޓައްް ކޮންމެ މަހަކު މިލިއަނުން ވަންނަމުން ދިޔަ ރުފިޔާތަކާއި ޑޮލަރުތަަކައް ހުއްޓުމެއް އަންނާނެއެވެ.ކުންފުނި އޭނާގެ ނަމުގައި އޮވެ އޭގެއިން ލިބުނު އެންމެހާ މަންފާއެއްގެ ބޭނުންކުރުމުގެ ފުރުސަތު އާލިޔާއަށް އޮތް ނަމަވެސް ހަޤީގަތުގައި ވިޓާކޯ އޮތީ މިއޮއް ހުރިހާ ދުވަހު ނާއިލްގެ އަތްމަތީގައެވެ.އޭ.އައި.އައި ގެ ހިޔާވަހިކަމުގެ ދަށުގައެވެ.އޭ.އައި.އައި ގެ ކުޑައިގެ ދަށުން ހިންގާ އެހެން ކުންފުނިތަކެކޭ އެއްފަަދައިން ވިޓާކޯ ހިންގުމާއި ވެސް ހަވާލުވެގެން ހުރީ ނާއިލްއެވެ.ފަހުން އާލިޔާގެ ނަންމައްޗައް ބަދަލުކޮށް ދެ ފަހަރެއްގެ މަތިން ކުންފުންޏާ ބެހޭ މުހިއްމު ލިޔެކިޔުންތަކެއްގައި އޭނާ ލައްވައި ސޮއިކުރި ނަމަވެސް އެއީ ހަމަ ނާއިލްގެ ބުރަ މަސައްކަތުން ކުރި އެރުވި ކުންފުންޏެކެވެ.އެހެންކަމުން އޭ.އައި.އައި އަށް ދިމާވި މައްސަލައިގައި މާލީ ފައިދާއެއް ނެތްގޮތުގައި ކުއްލިއަކަށް ވިޓާކޯ އެ މީހުން އަތުން ބީވެގެން ދިއުމުން ނާއިލް ވާނެ ދެރަ އާލިޔާއަށް އިޙުސާސްކުރެވުނެވެ.ނާައިލްއަކީ ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ރުންކުރު މިޒާޖެއްގެ ވެރިއަކަސް އާލިޔާގެ ހިތުގައި ނާއިލްއަށް ޓަކައި އުފެދިފައިވީ މަސްތީ ލޯތްބައް ދުވަހަކުވެސް ފަނޑުކަމެއް އައިސްފައެއް ނުވެއެވެ.އަންނަ ރުޅީގައި ބައެއްފަހަރު އޭނާއާއި ދިމާލަށް އަޑުލައި އެއްޗެހިގޮވައި ހެދިނަމަވެސް އަދި އެ ލޯތްބައްް އުނިކަމެއް އަންނާނެ ވަރުގެ ކަމެއް މި ވީ އަހަރުތަކުގެ ތެރޭގައި ނާއިލް ނުކުރެއެވެ.ފުންނޭވައެއް ދޫކޮށްލުމަށްފަހު ތެތް އިސްތަށިގަނޑު ހިއްކަން ގެންގުޅުނު ތުވާލި ވޯކް އިން ކްލޯސެޓުގައި ހުރި ތުވާލި ހަރުގައި އަޅުވާލުމަށްފަހު އާލިޔާ ގޮސް ނާއިލްގެ މަގަތުގައި އިށީނެވެ.ނާއިލް އިސް އުފުލާ ބަލައިވެސް ނުލާ އިން ގޮތައް އިނެވެ.”ނާއިލް.ޕްލީސް ދެން އިތުރަށް އެކަމާ ނުވިސްނަބަ.ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް މި ވަނީ ވިޓާކޯ ގެއްލުމުގެ ހިތާމައިގަ ނާއިލް ޢަރަޤު ވަމުންދާތާ.ދެން ރަނގަޅުވާނީ އެ ކުންފުންޏާއި މެދު ފިކުރުކުރުން ހުއްޓާލިއްޔާ.އަހަންނަށް އިނގެޔޭ އެއީ ނާއިލްއަށް ކިހާ ޙާއްސަ ކުންފުންޏެއްކަން.އެހެންވެއެއްނު ކައިވެނީގެ ރަނުގެ ގޮތުގަ ނާއިލް އަހަންނަށް ވިޓާކޯ ދިނީ”އާލިޔާ އެނދުމަތީ އޮތް ނާއިލްގެ އަތުގައި ހިފާލަމުން ބުނުމާއެކު ނާއިލަށް ސިއްސައިގެން ގޮސް އާލިޔާއަށް ބަލައިލެވުނެވެ.އެ ވަގުތު އޭނާގެ ދެލޮލުން ބިރުވެރިކަމުގެ އިތުރުން ކަމެއް ސިއްރުކުރާކަމުގެ އަސަރުތައް ފާޅުވަމުން ދިޔައެވެ.ސިހިފައި އޭނާއަށް ވަގުތުން އާލިޔާގެ މުށުތެރެއިން އަތް ދަމައިގަނެވުނެވެ.ނާއިލްގެ އެ ހަރަކާތާއެކު އާލިޔާއަށް ލިބުނީ ކުއްލި ސިހުމެކެވެ.އޭނާއަށް ހައިރާންވެފައި ނާއިލްއާއި ދިމާލަށް ބަލާލެވުނެވެ.އެއާއެކު ނާއިލް ބަހަކުން ކުރެ ބަހެއް ނުބުނެ އެނދުން ތެދުވެގެން ގޮސް ކޮޓަރިން ނުކުމެ ކޮޓަރީގެ ދޮރު ބަންލާފައި ޖެހިއެވެ.ދޮރު ލެއްޕުމުން އިވުނު ބާރު އަޑުފައްގަޑާއެކު އާލިޔާއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ.ދެތިން ސިކުންތު ފަހުން އޭނާއަށް ލޯ ހުޅުވައިލެވުނީ ކޮޓަރީގެ ބޭރުން ނާއިލްގެ ފިޔަވަޅުތައް ގޮސް އޮބުމުންނެވެ.އެވަގުތު އާލިޔާގެ ހިތް ދިޔައީ ނެގިނެގިފައި ޖެހެމުންނެވެ.މީގެ ކުރިންވެސް ނާއިލްގެ ކިބައިން މިފަދަ ޢަމަލުތައް ފެނިފައިވާތީ އާލިޔާއަށް އެއީ މާ ބޮޑު ކަމަކަށް ނުވިއެވެ.”އިޓްސް އޯކޭ.ހީޒް ޖަސްޓް ސްޓްރެސްޑް”ނަފްސު ހަމަޔަކަށް އަޅުވާލަމުން އާލިޔާ އޭނާގެ ހިތައް ވިސްނައިދިނެވެ.އިރުކޮޅަކު އެހެން އިނުމަށްފަހު އޭނާ ބިންމަތީގައި ހުރި އެއްޗެހިތައް ނަގައި ނައިޓްސްޓޭންޑް މަތި ތަރުތީބު ކުރަން ފެށިއެވެ.

*****

ކަޅުވިލާތަކުން އުނޑުމަތި ބައްދާލާފައިވާއިރު ރޭގަނޑުގެ ރާނީ ކަމުގައިވި ހަނދުވެސް ވަނީ މިރޭ އެ ވިލާތަކުގެ ނިވަލުގައި ފަރުދާވެގެންނެވެ.ރެއަކީ ހުޅަނގު މޫސުމުގެ ފިނި ރެއެއްކަމުން ޖެހެމުން ދިޔަ ވައިރޯޅިއާއެކު ހުޅުމާލޭގެ މަގުތަކުން މަދުން ނަމަވެސް ގަސްގަހުން ވެއްޓެމުން ދިޔަ ފަތްތަކުގެ އަސަރު ފެންނަމުން ދިޔައެވެ.

ނިދުމުގެ ކުރިން ފާހާނައަށް ވަދެ ފެންވަރާލައިގެން ނުކުތް ޔޫލިއާއަށްވެސް ކޮޓަރީގައި ހުޅުވާފައި ހުރި ކުޑަދޮރުން ވަންނަމުން ދިޔަ ފިނި ވައިރޯޅިތަކުގެ  އަސަރު ނުކޮށް ނުދިޔައެވެ.ހެޔަރ ޑްރަޔަރއިން އިސްތަށިގަނޑު ހިއްކަމުން ދިޔައިރު އޭނާގެ މެޔާއި ކަކުލާއި ދެމެދުވަނީ ފިޔާތޮށި ކުލައިގެ ތުވާއްޔަކުން ނިވާކުރެވިފައެވެ.ކުޑަދޮރުން ވަންނަމުން ދިޔަ ވައިރޯޅިތައް އެ ހިމަތޮޅި ހަށިގަނޑުގައި ބީހިލާފައިދާއިރު ޔޫލިއާގެ ޖިސްމައް އެ މަޑު ރޯޅިތަކުން ހިތްހަމަޖެހުން ގެނެސްދެމުން ދިޔައެވެ.އިސްތަށިގަނޑު ހިއްކަން ހުއްޓައި ނޯރާ ގުޅުމުން ދެ އެކުވެރީން ހީހީފައި ފޯނުން ވާހަކަ ދައްކަމުން ދިޔައިރު ކުޑަ ހިނދުކޮޅަކަށް ނަމަވެސް ޔޫލިއާއަށް އޭނާގެ ކޮނޑުގައި އެޅިފައިވާ ބޮޑު ޒިންމާގެ މަތިން ހަނދާންނެތި ސިކުނޑިއަށް ލުޔެއް ލިބުނެވެ.ނަމަވެސް އެ އުފާވެރި ވަގުތުކޮޅު ދެމިގެން ދިޔައީ ކުޑަ ހިނދުކޮޅަކަށެވެ.ލޯގަނޑުން ކަޅުކުލައިން ހެދުން އަޅައިގެން ހުރި މީހަކު އޭނާގެ ފަހަތުގައި ހުރިތަން ފެނުމުން ފޯނުން ވާހަކަ ދައްކަ ދައްކައި ހުރި ޔޫލިއާގެ ހަރަކާތްތައް މަޑުޖެހުނެވެ.ކްލޯސެޓްގެ ތެރެއަށް ވެރިވެފައިވާ ފަނޑު އަލިން އޭނާއަށް ހަމައެކަނި ފެންނަމުން ދިޔައީ އެ މީހާ އަޅައިގެން ހުރި މާސްކުގެ ތެރެއިން ވިދަމުން ދިޔަ ނުރައްކާތެރިކަން އެކުލެވިގެންވާ ތޫނު ދެލޮލެވެ.ލިބުނު ސިހުމުގައި އަތުގައި އޮތް ހެޔަރ ޑްރަޔަރ ޔޫލިއާގެ އަތުން ދޫވެގެން ގޮސް ޓައިލްސްތައް މަތީގައި ޖެހުމާއެކު އޭގެ އަޑު ކެނޑުނެވެ.އެޔާއެކު ފޯނުން ނޯރާގެ އަޑު އައެވެ.”ޔޫލީ،އަރ ޔޫ އޯކޭ؟އެ އިވުނީ ކޮން އަޑެއްތަ؟”ވާހަކަ ދައްކަ ދައްކައި ހުއްޓާ ކުއްލިއަކަށް ޔޫލިއާގެ އަޑު ކެނޑުމުން ނޯރާއަށް ކަމެއް ގޯސްވީހެން ހީވިއެވެ.މިހާރު އެ އިވުނީ އެއްޗެއް ވެއްޓުނު އަޑެވެ.އަނެއްކާ ޔޫލިއާއަށް ކަމެއް ވީ ބާވައެވެ.”ނޯރީ…އަ..ހަރެން..ގެ ފަހަތުގަ އެބަހުރި ކޮންމެވެސް މީހެއް..ކޮޓަރީގަ.އާހް!”ޔޫލިއާއަށް ބުނެވުނީ އެ ހިސާބަށެވެ.ފަހަތުގައި ހުރި މީހާ ކަށިތައް މުނގުރިގެންދާނެހާ ބާރައް އޭނާގެ ހަށިގަނޑުގައި ބައްދައިގަތެވެ.އެޔާއެކު ޔޫލިއާގެ އަތުން ފޯނުވެސް ދޫވެ ބިންމައްޗަށް ވެއްޓި ކެނޑުނެވެ.”އާހް.ތިއީ ކާކު؟ކިހިނެއް މި ކޮޓަރިއަށް ވަނީ.ހަމަ މިހާރު އަހަރެން ދޫކޮށްލާ.ދޫކުރާށޭ!”ޔޫލިއާ އެ މީހާގެ ކިބައިން ސަލާމަތްވުމަށް މަސައްކަތް ކުރަމުން ހަޅޭއްލަވައިގަތެވެ.އެ މީހާ ޔޫލިއާގެ ފައިން ފެށިގެން ބޮލާއި ހަމަޔަށް ނަޒަރު ހިންގާލީ ދަހިވެތިކަމާއެކުއެވެ.އެވަގުތު އޭނާގެ އަތު ތެރެއިން ސަލާމަތްވުމަށް ޓަކައި ޔޫލިއާ ގަދަހަދަމުންދިއުމުގެ ސަބަބުން، ތުވާލިވެސް ދިޔައީ ހިނދެހިނދަކަށް ތިރިއަށް ޖެހެމުން ގޮސް މޭމަތީގެ ބޮޑުބައި ވަނީ ކަޝްފުވެފައެވެ.”ރިލޭކްސް ބޭބީ.ހާދަ ވަރަކަށް ތި ގަދަހަދަނީ.ފިރާތްގެ ހިޔަމިތުރު ދޯ.ނޮޓް ބޭޑް.އެ ގޮލާ ޖަލުން ނުކުތްތާ މަހެއްވެސް ނުވަނީސް ފެށީ ބިޓުހިއްލަން.އެކަމަކު ކަލެއާއި އޮންނަނީ އާދައިގެ ގުޅުމެއް ނޫންދޯ”އެ މީހާ ޔޫލިއާގެ ހާމަޔަށް އޮތް ކަރުދޮށުގައި އޭނާގެ އަތް ހިންގާލަމުން ބުނި ޖުމްލައިން ޔޫލިއާއަށް ލިބުނީ ޝޮކެކެވެ.ފިރާތްގެ ނަން މިތަނަށް އައީ ކިހިނެއް ހެއްޔެވެ.މި މީހަކަށް ފިރާތްއާއި އޭނާއާއި އޮތް ގުޅުން އިނގެނީ ހެއްޔެވެ.”ކަލޭ ތިއީ ކާކު އަހަރެންގެ ކޮޓަރިއަށް ވަދެ ގައިގަ އަތްލަން؟ދޫކުރޭ!”ޔޫލިއާ އަޑައް ބާރުލާފައި ބުނުމާއެކު އެ މީހާގެ ހަރަކާތްތަކަށް ހުއްޓުމެއް އައިހެން ހީވިއެވެ.ނަަމަވެސް ދެވަނަ ސިކުންތުގައި އޭނާ ހޭންފެށުމުން ޔޫލިއާގެ މޫނުމަތީގައި ޖެހުނީ ސުވާލުމާކެކެވެ.”ހެއްހެއް.އަހަރެން މިއީ ކާކުކަން ނޭނގިގެން ދޯ ތިހާ ވަރަށް ތި ގަނަތެޅެނީ.ހުރެބަލަ މަ މިއީ ކާކުކަން ދައްކާލާނަމޭ!”އޭނާ ހުނުން ހުއްޓާލުމަށްފަހު ބޮލުގައި އަޅާފައި އޮތް ހޫޑް ނެގުމަށްފަހު މޫނު ނިވާކުރަން އަޅައިގެން ހުރި ސްކީ މާސްކު ނެގިއެވެ.އެއާއެކު ފެނުނު މޫނުން ޔޫލިއާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ.

*****

“ހަލޯ.ހަލޯ.ޔޫލީ ކިހިނެއްވީ؟ޔޫލީ ޕްލީސް ރެސްޕޮންޑް.ޔޫލީ…” ފޯނު ކަންފަތާއި ދުރުކޮށްލި ނޯރާއަށް ލިބިފައިވީ ހާސްކަން ޔޫލިއާގެ އަޑު އެއްކޮށް ކެނޑުމާއެކު އިތުރުވާގޮތް ވިއެވެ.އޭނާގެ ސިކުނޑީގައި ގުގުމަމުން ދިޔައީ މީގެ އިރުކޮޅެއްކުރިން ޔޫލިއާ ބުނި ޖުމްލައެވެ.ޔޫލިއާގެ ހަޅޭކުގެ އަޑެވެ.އަދި އެ އަޑުގައިވީ ހާސްކަމާއި ބިރުވެރިކަމެވެ.މި ވަގުތު އެ ކޮޓަރިއަށް މީހަކު ވަންނާނީ ރަނގަޅު ނިޔަތެއްގައެއް ނޫންކަމަށް ބުނެ ނޯރާގެ ހަވަނަ ޙިއްސު ސިގްނަލް ދިނެވެ.ޔޫލިއާގެ ނަންބަރަށް ދެތިން ފަހަރު ގުޅުމުންވެސް ޖަވާބެއް ނުލިބުމުން ނޯރާ ގެ ހިތް ބާރު ބާރައް ތެޅެން ފެށިއެވެ.އެ ހޮޓެލްއިން މީހަކަށް ގުޅަން އުޅެފައިވެސް ނޯރާއަށް ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލައިލެވުނީ މި ވަގުތު ޒާން ހޮޓެލުގެ ސްޓާފުން ވެސް ވާނީ ޑިއުޓީ ނިންމާފައި ގެތަކައް ގޮސްފައިކަން ރޭކާލުމުންނެވެ.އޭގެ ތެރޭގައި ޔޫލިއާގެ ޕެންޓްހައުސްގައި މަސައްކަތްކުރާ މެއިޑުވެސް ހިމެނެއެވެ.އެންމެ ގާތް އެކުވެރިޔާ މިވަގުތު ހުރި ހާލެއް ނޭނގޭތީވެ ބިރުން ގޮސް ނޯރާގެ ގައިން ހީބިހި ނަގައިގަތެވެ.އިތުރައް ވަގުތު ބޭކާރުކުރަން ނޫޅެ ނޯރާ އަލަމާރިތެރެއިން ޖެކެޓެއް ނަގައި ގަޔަށް މަހާލަމުން ނައިޓްސްޓޭންޑް މަތީ އޮތް ސައިކަލުގެ ތަޅުދަނޑި ނަގައިގެން ބޭރަށް ދާން ތައްޔާރުވުމާއެކު ނުހަނު ބޯކޮށް ވާރޭ އޮއްސާލިއެެވެ.އެޔާއެެކު ނޯރާއަށް ގޮތްހުސްވި ކަހަލައެވެ.މި ވަގުތު މަގުމައްޗަށް ނުކުތަސް ކާރެއް ލިބުމަކީވެސް ނާދިރު ކަމެކެވެ.ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހެއް ފަދައިން ނޯރާއަށް ޓައިލްސްތަކުގެ މައްޗަށް ތިރިވެ އިނދެ ގިސްލަ ގިސްލާފައި ރޯން ފެށުނެވެ.އިތުރު މީހަކަށް ގުޅުމުގެ ޙިޔާލު އައިސް އޭނާގެ ސިކުނޑީގައި ކޮއްޓާލީ އިރުކޮޅެއް ފަހުންނެވެ.ފުލުހުންނަށް ގުޅަން ހިތައް އަރާފައިވެސް އެމީހުންނަށް އަންގައިފިނަމަ ޔޫލިއާއަކީ މީހުން ދަންނަ މޫނަކަށްވުމުން މާދަމާ އެކަން ވާނީ ނޫސްތަކުގެ ފަލަ ސުރުޙީތަކުން ޖާގަ ހޯދާ ވަރުގެ ކަމަކަށްކަން އިނގޭތީވެ ނޯރާއަށް މަޖުބޫރުވީ އެ ޙިޔާލު ދޫކޮށްލާށެެވެ.މިވަގުތު އޭނާ ނަގާފައި ދެން މާލެއިން ޔޫލިއާ ދަންނަ ގާތް މީހަކަށް ހުންނާނީ ފިރާތްއެވެ.ނަމަވެސް ފިރާތްގެ ނަންބަރެއް ނޯރާއަކަށް ނޭނގެއެވެ.އެހެނެއްކަމަކު އޭނާއަށް ރޭހާން މެދުވެރިކޮށް ފިރާތްއަށް އެކަން އެންގިދާނެއެވެ.މިވަގުތު ޔޫލިއާ ސަލާމަތް ކުރެވޭނެ ހަމައެކަނި މީހަކީ އެއީކަން ވިސްނުމާއެކު ނޯރާ އަވަސްއަވަހަށް ފޯނު ނަގައި “ކޮންޓެކްޓްސް” ތެރެ ހާވަން ފެށީ ރޭހާންގެ ނަން ފެނޭތޯއެވެ.ރޭހާންގެ ނަން ފެނުމާއެކު ތުރުތުރު އަޅަމުން ދިޔަ އިނގިލިން ނޯރާއަށް ސްކްރީނުގައި އަތް ޖައްސާލެވުނެވެ.އެއާއެކު ރޭހާންއަށް ގުޅުނެވެ.އެތައް ފަހަރަކު ރިންގުވެފައި ފޯނު ކެނޑުނީ މިވަގުތު ޖަވާބު ނުދޭ ކަަމަށް ބުނަމުންނެވެ.ހިތުގައި އޮތް ކުޑަކުޑަ އުއްމީދުގެ ހުޅުކޮޅުވެސް ނިވެން އުޅޭހެން ހީވުމުން އަނެއްކާވެސް ނޯރާ ފެންކަޅިވެ ރޮވޭގޮތްވިއެެވެ.ޓައިލްސްތަކުގެ މަތިން ތެދުވެ ދެންވެސް ނޯރާ ގުޅީ ރޭހާންއަށެވެ.

******

މާޖެސްޓީ ގޭގެ ސްޓަޑީގައި ލީގަލް ރިޕޯޓްތަކެއް ނިންމުމަށް ޓަކައި ފިރާތްގެ ކުރިމަތީ ހުރި ގޮނޑީގައި ރޭހާން އިނެވެ.އިޝާކޮށްގެން ރޭގަނޑު ކެއުމަށްފަހު ދެ ޒުވާނުންވެސް މަސައްކަތުގެ ތެރެއަށް ވަދެވިފައި ތިބިވަރުން ގަޑީގެ ކަށި އެނބުރެމުން ގޮސް ދަމަށް އެޅިއިރުވެސް ދެ މީހުންކުރެ އެކަކުވެސް ތިބި ތަނުން ގުޑާނުލައެވެ.ކުއްލިއަކަށް ރޭހާންގެ ފޯނުގެ ރިންގުޓޯނުގެ އަޑު ފައިލު ތެރެއަށް ބޯ ކޮއްޕައިގެން އިން ފިރާތްގެ ސަމާލުަކަން ދަމައިގަތެވެ.ނަމަވެސް އޭނާއާއި ޙިލާފަށް ރޭހާން އެކަމަށް ސަމާލުކަމެއް ނުދީ ކުރަން އިން މަސައްކަތުގައި މަޝްޢޫލުވެގެން އިނެވެ.ފޯނަށް ޖަވާބު ނުދީ އޮައްވައި ގޮސް ކެނޑުނުކަމެއް ނޭނގި ހުއްޓާ އަނެއްކާވެސް އެ މީހަކު ގުޅަން ފެށިއެވެ.”ކާކުތަ މިއޮއް ފަދަ ގަޑީގަ ކަލެއަށް އެހާވަރަށް އެ ގުޅަނީ؟އަނެއްކާ މަށައް ނޭނގި ކަލޭ ސިއްރުން ބިޓެއް ގެންގުޅެނީތަ؟”އަނގަކަަހައިގަތުމުން ފިރާތްއަށް އެއްޗެއް ނުބުނެ އިންނަން އުނދަގޫވުމާއެކު ލާނެއް ހިނިތުންވުމަކާއެކު ބުންޏެވެ.އެއާއެކު ރޭހާން އިސްއުފުލައި ފިރާތްއާއި ދިމާލަށް ކަޅި އަޅާލަމުން އަތުގައި އޮތް ފައިލު މޭޒުމަތީގައި ބޭއްވަުމައްްފަހު ފޯނު އަތައް ނެގީ ގުޅަނީ ކާކުތޯ ބެލުމައް ޓަަކައެެވެ.މިވަގުތު ގުޅަނީ ނޯރާކަމުން ރޭހާން ކޮންމެވެސް ވަރަކަށް ހައިރާންވިއެެވެ.ދަން ގަޑިއަކަށްވުމުން ފޯނު ނުނަގަން ހިތައް އަރާފައިވެސް ޖަވާބުދޭ ފިތައް އޮބާލީ ބޮޑު ކަމެއް ދިމާވީ ކަމަށް ހީކޮށެވެ.”ހަލޯ” ރޭހާން ފޯނު ނެގުމާއެކު އެންމެ ފުރަތަމަވެސް ކަންފަތުގައި ޖެހުނީ ނޯރާގެ މަޑު ގިސްލުމުގެ އަޑެވެ.އެއާއެކު ރޭހާންގެ ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެެވެ.”ނޯރާ.ކިހިނެއްވީ ހާދަ ނުގަޑިއެއްގަ ތި ގުޅީ؟ކީއްވެ ތި ރޮނީ؟ކަމެއް ގޯސްވީތަ؟”އިންތަނުން ތެދުވެ ސްޓަޑީ ރޫމުގައި ދެ ކޮޅު ދެ ކޮޅަށް ހިނގަމުން ރޭހާން ހުރިހާ ސުވާލުތަކެއް ފައްޗަކަށް އަމުނާލިއެެވެ.ރޭހާންގެ ސުވާލުތަކުން ކަމެއް ގޯސްވެއްޖެހެން ހީވުމުން ފައިލަށް ނަޒަރު ހުއްޓާލައިގެން އިން ފިރާތްގެ ނަޒަރުވެސް ރޭހާންއަށް ހުއްޓުނެވެ.ފައިލް ލައްޕައި މޭޒުމަތީގައި ބޭއްވުމަށްފަހު ފޯނު ސްޕީކަރަށް ލުމައް އެދި އޭނާ ރޭހާން އިޝާރާތްކޮށްލިއެވެ.”ރޭހާން.ތޭންކް ގޯޑް ޔޫ ޕިކްޑް އަޕް ދި ފޯން.ޔޫލީ…ޔޫލީ.ޔޫލީގެ ޕެންޓްހައުސަށް ކޮންމެވެސް މީހަކު ވަދެގެން އެބަ އުޅޭ.އަހަރެން ޔޫލީއަށް ގުޅައިގެން ހުރިއިރު ޔޫލީ ހުރީ ރީތިވާން.އަހަރުމެން ދެ މީހުން ވާހަކަ ދައްކަން ތިއްބާ ފުރަތަމަ އިވުނީ އެއްޗެއް ވެއްޓުނު އަޑު.ދެން ކުއްލިއަކަށް ޔޫލީއަށް ލޯގަނޑުން ޔޫލީގެ ފަހަތުގަ މީހަކު ހުރިތަން ފެނުނީމަ ޔޫލީއަށް އަހަރެން ގާތުގަ އެ ވާހަކަ ބުނެވުނުތަނުން ފޯނު ކެނޑުނީ.ބިފޯރ ދަ ކޯލް ވޯޒް ކަޓް އައި ހަރޑް ހަރ ސްކްރީމް.ޝީ ސައުންޑެޑް  ވެރީ ސްކެޔަރޑް.މިގަޑީ އެ ހޮޓެލްގަ ނުތިބޭނެ ސްޓާފުންނެއްވެސް.އަހަރެން ސައިކަލުގަ އެ ތަނައް ދާން ތައްޔާރުވެގެން ގެއިން ނުކުންނަން އުޅުނު ތަނުން ވާރޭ އޮއްސާލީ.ދެން މި ވަގުތު ކާރެއް ވެސް ނުލިބޭނެ.ދެން އިނގޭނެ ޔޫލީގެ މަޤާމުގެ ގޮތުން ފުލުހުން އިންވޯލްވް ކުރުމަށްވުރެ ނުކުރުން ކަން ރަނގަޅުވާނީ.އަސްލު ރޭހާންއަށް މި ގުޅީ ފިރާތްއަށް ގުޅޭނެ ގޮތެއް ނެތީމަ.އޮންލީ ހީ ކެން ސޭވް ޔޫލީ.ޕްލީސް ލެޓް ހިމް ނޯ”ފޯނުން ނޯރާ ދެއްކި ވާހަކަތައް އަޑުއަހަން ހުރި ފިރާތްއަށް އިންތަނުން ތެދުވެވުނެވެ ގޮތެއްވެސް ނޭނގުނެވެ.ފިރާތް އެ ދިޔަ ބާރުމިނުގައި މޭޒު ހުރަސްކޮށް ދުވެފައި ގޮސް ރޭހާންގެ އަތުން ފޯނު އަތުލިއެވެ.”އައި އޭމް ހިޔަރ ނޯރާ.ރޭހާން މި ވަގުތު ހުރީ އަހަރެން ކައިރީގަ.ނޯރާ މި ވަގުތު ގެއިން ބޭރައް ނުގޮސް މަޑުކުރޭ.ފުލުހުންނަށް ނާންގާތި ބި ބުނިހެން އެ މީހުންނަށް އެނގިއްޖެއްޔާ މިކަން ވާނީ މާދަމާ ވާއިރު ސޯޝަލް މީޑިއާ ސެންސޭޝަންއަކަށް.އަހަންނާއި ރޭހާން މި ދަނީ އެ ހޮޓެލްއަށް ޑޯންޓް ވޮރީ.އިރާދަކުރެއްވިއްޔާ ޔޫލީއަށް އެއްވެސް ކަމެއް ނުވާނެ.އައި ވިލް ޑީލް ވިތް ދަ ޕަރސަން ހޫ ޑެއަރޑް ޓު ޓަޗް ހަރ!”ފިރާތް މިހެން ބުނެ ފޯނު ކަނޑާލަމުން ރޭހާންއަށް ބަލައިލިއެވެ.”ހިނގާ ދާން.ފާއިތުވެގެންދާ ކޮންމެ ސިކުންތަކީވެސް ޔޫލީގެ ފުރާނައަށް ނުރައްކާވެގެންދާނެ ވަގުތުތަކެއް.ލެޓްސް ގޯ ރެއިން”ފިރާތް މިހެން ބުނެ ރޭހާންގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި މޭޒުމަތީ އޮތް ކާރުގެ ތަޅުދަނޑި ނަގައިގެން ސްޓަޑީ ރޫމުން ނުކުންނަން ދިޔައެެވެ.ފަހަތުން ރޭހާންވެސް ގޮނޑީގައި އަޅުވާފައި އޮތް އޭނާގެ ޖެކެޓު އަތައް ނަގަމުން ނުކުތެވެ.

*****

ކުރިމަތިން ފެންނަމުން ދިޔަ މޫނަށް ޔޫލިއާ ބަލަމުންދިޔައީ ހައިރާންކަމުގެ ނަޒަރަކުންނެވެ.އޭނާއެކޭ އެއްފަދައިން ބްލޯންޑް ކުލައިގެ  އިސްތަށިގަނޑެކެވެ.އެ ތޫނު ދެލޮލައް ލައްވާފައިވާ ނޫކުލައިގެ ލެންސްގެ އިތުރުން ނާރުތައް އަރައި ފުއްޕާފައި ހުރި އޭނާގެ ކަރުގެ ވާތްފަރާތުން ތިރިއަށް އަރުވާފައިވީ ޓެޓޫގެ ސަބަބުން ހުޅަނގުގެ ޒުވާނެއް ވައްތަރު ޖަހައެވެ.އަލި ހަންގަނޑަކާއި ކަސްރަތީ ހަށިގަނޑެކެެވެ.ޔޫލިއާއަށް މި ޒުވާނާ ފެނުމުން ފިރާތް މަތިން ހަނދާންވިއެވެ.އެއާއެކު އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ.ފާއިތުވެގެންދިޔަ ދުވަސްތަކުގެ ތެރޭގައި ފިރާތްއާއި އޭނާއާއި ދެމެދު ވަނީ ގާތް ގުޅުމެއް އުފެދިފައެވެ.ފިރާތް ފެނުމުން ބުނެދޭން ނޭނގޭ ކަހަލަ އިޙުސާސްތަކެއް ޔޫލިއާއަށް ވަނީ ކުރެވެން ފަށާފައެެވެ.ކުރިމަތީ ހުރި ޒުވާނާއާއި ފިރާތްއާއި ވައްތަރުކަމުން އެ މޫނުމަތިން އޭނާއަށް ފިރާތް ސިފަވީ އެހެންވީމައެވެ.މިވަގުތު ފިރާތް އަންނާނޭނަމައެވެ.މި ނުލަފާ މީހާގެ ކިބައިން އޭނާ ސަލާމަތްކޮށްދޭނެ ނަމައެވެ.ނަމަވެސް….ޔޫލިއާގެ ލޮލައް ޖަމާވެފައިވީ ކަރުނަތައް އޭގެ މަޤާމު ދޫކޮށް އޭނާގެ ކޯތާފަތްމަތީގައި ބޮސްދީފައި ތިރިއަށް ފައިބައިގަތެވެ.އެ މަންޒަރު ފެނުމުން އެ ޒުވާނާގެ ތުންފަތްމައްޗަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ.”އޯވް.ޑޯންޓް ކްރައި.އައި ވިލް ޓޭކް ކެއަރ އޮފް ޔޫ”.އެ ޒުވާނާ މިހެން ބުނެ ޔޫލިއާގެ ދެ ކޮނޑުގައި ހިފައި އޭނާއާއި ދިމާލަށް އަނބުރާލިއެވެ.އޭރު ޔޫލިއާގެ އުނަގަނޑުވަނީ ޑްރެސިންގް ޓޭބަލުގައި ޖެހިފައެވެ.ޔޫލިއާ އަވަސްއަވަހަށް ދެ އަތް މޭމަތީގައި ހުރަސްކޮށްލީ ތުވާލި ވެއްޓުނަނުދިނުމަށެވެ.”ވަޓް…ވަޓް ޑޫ ޔޫ ވޯންޓް؟”ޔޫލިއާ އެ ޒުވާނާއާއި ދުރަށްޖެހެން މަސައްކަތްކުރަމުން ބުންޏެވެ.އޭނާ ސިއްރުން ފަހަތައް އަތް ގެންގޮސް ޑްރެސިންގް ޓޭބަލް މަތީ ހުރި ބިއްލޫރި ސެންޓް ފުޅި ނެގިއެވެ.ނަމަވެސް ކަންދިމާކުރިގޮތުން ޒުވާނާއަށް އެ މަންޒަރު ޑްރެސިންގް ޓޭބަލްގެ ލޯގަނޑުން ފެނުނެވެ.އޭނާ ވަގުތުން ޔޫލިއާގެ ފަހަތުން އަތް ގެންގޮސް ގަަދަކަމުން އެ ސެންޓްފުޅި ޔޫލިއާގެ އަތުން އަތުލައި ބިންމައްޗަށް ވައްޓާލިއެވެ.އެއާއެކު ސެންޓުފުޅި ތެޅި ފުޅިތޮށިތައް ކްލޯސެޓުގެ އެކި ދިމަދިމާލަށް ބުރައިގެން ދިޔައެވެ.”ނައިސް ޓްރައި ބޭބީ.ބަޓް…މިރޭ ކަލެއަކަށް މަގޭ ކިބައިން ސަލާމަތްވާކަށް ލާހިކެއް ނޫން”އޭނާ މިހެން ބުނެ ޔޫލިއާގެ ދެ ކޮނޑުގައި ދެ އަތުން ހިފަހައްޓާފައި ހުރި އިނގިލިތަކަށް ބާރުކޮށްލިއެވެ.އިވިގެންދިޔަ ކަށިއަޑާއިއެކު ޔޫލިއާގެ ރުއިމުގެ އަޑު މަސްހުނިވެގެންދިޔައެވެ.”ގަރލް ޝަޓް ދި ފަކް އަޕް.އޮރ ޔޫ ވޮންޓް ލައިކް ވަޓް އައި ޑޫ ނެކްސްޓް”ކޮނޑުގައި އަޅަމުން ދިޔަ ވޭނުގެ ސަބަބުން އެ ދިން އިންޒާރު ޔޫލިއާގެ ކަންފަތައް އިވުނު ހެނެއް ހިޔެއް ނުވިއެވެ.އޭނާގެ ރީތި ދެލޮލުން ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ.އެ މަންޒަރު ފެނި ޒުވާނާގެ ގާތައް އައީ އަމަށަކު ރުޅިއެއް ނޫނެވެ.”އައި ޓޯލްޑް ޔޫ ޓު ޝަޓް އަޕް”.މިހެން ބުނެ ބަލާކަށް ނުހުރެ އޭނާ ޔޫލިއާގެ ތުނި ތުންފަތުގައި ގަދަކަމުން ބޮސްދިނެވެ.އެއާއެކު ޔޫލިއާއަށް ލިބުނީ ކުއްލި ސިހުމެކެވެ.އިރުކޮޅަކު ގަނޑުވެފަައި ހުރިނަަމަވެސް ދެ ވަނަ ސިކުންތުގައި އޭނާ ގައިގައި ހުރި ބާރެއްލައި އެ ޒުވާނޭ ކޮއްޕާލެވޭތޯ މަސައްކަތް ކުރިއެެވެ.ނަމަވެސް އެ ނަންނޭނގޭ ޒުވާނާ މާ ހުށިޔާރެވެ.އޭނާ ޔޫލިއާގެ ދެފައި ބިމުން ހިއްލާލައިގެން ގޮސް ކްލޯސެޓް ތެރޭ ހުރި ވެލްވެޓް ސޯފާގައި ބާއްވާލިއެވެ.

އެއަށްފަހު މޮޔައެއްހެން އޭނާ ޔޫލިއާގެ ކަރުދޮށުގައި ބޮސްދޭން ފެށިއެވެ.ވަގުތުން އެ ތަންތަނުން ރަތް ކުލައިގެ ނިޝާންތައް ފާޅުވިއެވެ.”ކީއްވެ؟ކީއްވެ އަހަންނަށް ތިހެން ތި ހަދަނީ؟ކޮބާތަ އަހަރެންގެ ކުށަކީ؟ހޮނެސްޓްލީ،އައި ޑޯންޓް އީވެން ނޯ ޔޫ ސޯ ވައި؟”ޔޫލިއާ ރުއިމުގެ ތެރެއިން އެއްސެވެ.އެއާއެކު އެ ޒުވާނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ.”ޔާހް ރައިޓް.ޔޫގެ ކުށެއް ނެތް ބަޓް ވަޓް އައި ވޯންޓް އިޒް ރިވެންޖް.އަދި އަހަރެންނަށް އެ ބަދަލު ލިބޭނީ ކަލެއަށް ލިބޭ ގެއްލުމުން އުފާ ހޯދައިގެން.ސޯ ޝަޓް އަޕް އެންޑް ބިހޭވް”އޭނާ މިހެން ބުނެ އަނެއްކާވެސް ޔޫލިއާއާއި ދިމާލަށް ގުދުވެލުމާއެކު ޖީބުގައި އޮތް ފޯނު ރިންގުވުމުން އިންޒާރުގެ ނަޒަރަކުން ޔޫލިއާއާއި ދިމާލަށް ބަލައިލުމަށްފަހު އޭނާ ފޯނައް ޖަވާބު ދިނެވެ.”ވަޓް!ފިރާތް އެބަ އާދެއޭ؟!ހައު ޑިޑް ހީ….އަރގް.އާނ އޯކޭ.”ޒުވާނާ ކަންފަތާއި ފޯނު ދުރުކޮށްލަމުން ރުޅިވެރި ނަޒަރަކުން ގައި ދަށުގައި އޮތް ޔޫލިއާއާއި ދިމާަލަށް ބަލައިލަމުން ހަށިގަނޑު ތެދުކޮއްލިއެވެ.”އަޑުއިވުނު ދޯ.ކަލޭގެ މަޖުނޫނާއި އޭނަގެ ސައިޑްކިކް ދެންމެ މިތަނައް ވަދެއްޖެޔޯ.ފިރާތް ހަސަން އަކީ އަބަދުވެސް އަހަންނަށްވުރެ ހުރިހާ ގޮތަކުން ވެސް ކުރި އަރައިގެން ދާން މަސައްކަތް ކުރާ މީހެއް.އެކަމަކު އޭނަ އެންމެ ފަހުން ކުރި ކަންތައް…..،އައި ވިލް ނެވަރ ފޯރގެޓް.ސޯ ރިމެމްބަރ ދިސް ޔޫލިއާ ހަސަން.އައި ވިލް ބީ ބެކް ޓު ސީކް ވެންޖީންސް”މިހެން ބުނެ އޭނާ ކްލޯސެޓްގެ ކުޑަދޮރުން ބޭރައް ފުންމާލީ ޔޫލިއާ ބަލަބަލައި ހުއްޓައެވެ.އެއާއެކު މޭމަތީގައި އަތް އަޅައިގެން ހުރެ ޔޫލިއާއަށް އަވަސް އަވަހަށް އޮތް ތަނުން ތެދުވެވުނެވެ.އެއަށްފަހު ދުވެފައި ގޮސް ފާހާނައަށް ވަދެ ތުވާލިން މިނިވަންވުމަށްފަހު ގޮސް ފެންމާގަނޑު ދަށައް ވަނެވެ.އޭރުވެސް ޔޫލިއާއަށް ދިޔައީ ހުއްޓުމެއްނެތި ރޮވެމުންނެވެ.ކަރުދޮށާއި މޭމަތި ސައިބޯނިލައި އުނގުޅަމުން ދިޔައީ އެ ތަންތާގައި ރަތް އަރާފައި ހުރި ނިޝާންތައް ފިލުވުމަށްޓަކައެެވެ.ނަމަވެސް……އިރުކޮޅަކު އެ ގޮތުގައި ހޭދަކުރުމައްފަހު ޔޫލިއާއަށް މާގަނޑު ދަށައް ތިރިވެ އަޑުން އަޑު ނަގާ ރޯން ފެށުނެެވެ.އުމުރުން 21 އަހަރު ވީ އިރު ދުވަހަކުވެސް މީހަކު އޭނާއަށް އެ ފަދައިން ގޯނާ ކޮށްފައެއް ނުވެއެވެ.ހަޔާތުގައި ދެންމެ ހިނގައިދިޔަ ފަދަ ބިރުވެރި ހާދިސާއެއް ކުރިމަތިވެފައެއް ނުވެއެވެ.އަދި އެ ވެސް މިހާ ނުރައްކާތެރި ކުއްލި ގޮތަކަށެވެ.އެހެން ހިތައް އެރުމާއެކު ޔޫލިއާއަށް ދެ އަތްތިލައިގެ ތެރޭގައި މޫނު ފޮރުވާލެވުނެވެ.އެއާއެކު ހިމަ ދިގު އިނގިލިތަކުގެ ދޭތެރެއިން މާގަނޑުން އޮހޮރެމުން ދިޔަ ފެނާއި އެކުވެގެން ޔޫލިއާގެ ކަރުނަތައް ވެސް ފުރޭނިގެން އައެވެ.

*****

ކާރުގައި ރޭހާންއާއި ޖެހިގެން ހުރި ސީޓުގައި އިން ފިރާތް ދިޔައީ ކެތްމަދުވެފައިވާ މީހެއް ފަދައިން އިރުއިރުކޮޅާ އަތުކުރީ އޮތް ގަޑިއަށް ބަލަމުންނެވެ.”ކިތައް މިނިޓު ބާކީ އިނީ؟”ފިރާތް ކާރު ދުއްވަން އިން ރޭހާން ކުރެން އެއްސެވެ.”ފަސް މިނުޓު.މި މަގު ނިމޭކޮޅުގަ އެ ހޮޓެލް ހުންނަނީ.ފިރޫ އަދި ދުވަހަކުވެސް ނުދަން ދޯ އެ ހޮޓެލްއަށް.”ރޭހާން މިހެން ބުނުމާއެކު ފިރާތް އަށް ލޯ މަރާލަމުން ސީޓުގައި ބޯ ޖައްސާލެވުނެވެ.ފާއިތުވެގެންދާ ކޮންމެ ސިކުންތެއްވެސް އޭނާއަށް ހީވީ އެއް ގަރުނުހެންނެވެ.”ގޯޑް ޕްލީސް ކީޕް ހަރ ސޭފް”ފިރާތްއަށް ހިތާހިތުން ދުޢާ ކޮށްލެވުނެވެ.ކާރު ގޮސް ޒާން ހޮޓެލްއާއި ގާތްވުމާއެކު ރޭހާން ގޮވަގޮވާ އޮއްވައި ފިރާތް ކާރުން ފުންމާލައިގެން ގޮސް ހޮޓެލްގެ ދޮރުން އެތެރެއަށް ވަނެވެ.ފިރާތް ދިޔަ ދިމާލަށް ބަލައިލަމުން ރޭހާންއަށް ދެ ފަރާތައް ބޯ ހޫރާލެވުނެވެ.އަވަހަށް ކާރު ޕާކް ކުރުމަށްފަހު އޭނާ ވެސް ދުވެފައި ގޮސް އެތެރެއަށް ވަނެވެ.ދަންވަރުގެ ވަގުތައްވުމުން ހޮޓެލްގެ ލޮބީތެރެ އޮތީ އެއްކޮށް ހުސްކޮށެވެ.ރިސެޕްޝަން މޭޒުދޮށުގައި އިން މީހާވެސް އޮތީ ތާއްޔާއިޖެހިފައެވެ.އެއިން ކަމަކަށް ފަރުވާލެއްނެތި ލިފްޓާއި ދިމާލަށް ދާން އުޅުނު ފިރާތްއަށް ފިޔަވަޅުތައް މަޑުޖައްސާލެވުނީ ޕެންޓްހައުސާއި ހަމަޔަށް ދެވުނަސް އެތެރެއަށް ނުވަދެވޭނެކަން ރޭކާލުމުންނެވެ.އަދިވެސް އެ މީހަކު ހުރީ ޔޫލިއާ ގާތުގައި ޕެންޓްހައުސްގައި ކަމެއް ނޭނގެއެވެ.އެހެންކަމަށް ވަންޏާމުން ޔަޤީނުންވެސް ޔޫލިއާއަކަށް ދޮރު ހުޅުވާކަށް ނާދެވޭނެއެެވެ.އަދި އެ މީހުން ބޭރުގައި ތިބެ ބެލް އަޅައިފިނަމަ އެ މީހަކު އެލާޓަށް އައިސް ޔޫލިއާއަށް ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ.ފުންނޭވައެއް ދޫކޮށްލުމަށްފަހު ފިރާތް ރިސެޕްޝަނާއި ދިމާލަށް ހިނގައިގަތީ ޕެންޓްހައުސް ސޫޓުގެ ތަޅުދަނޑި ހޯދުމަށެވެ.ރިސެޕްޝަނުގަ އިން މީހާއަށް ގޮވާލަން އުޅުނު ތަނުން އޭނާގެ ލޮލުގައި އަޅައިގަތީ ކައުންޓަރު މަތީގައި އޮތް ޑިޖިޓަލް ކީ ކާޑެކެވެ.ފިރާތް އެ ކާޑު އަތައް ނަގައި ބަލައިލިއިރު އެއީ ހޮޓެލްގެ މަސައްކަތު މީހުން  ކޮޓަރިތައް ސާފުކުރަން ވަނުމައްޓަކައި ބޭނުންކުރާ މާސްޓަރ ކާޑެެވެ.އެހެންކަމުން ފިރާތް އުއްމީދުކުރީ ޕެންޓްހައުސަށް ވެސް އެ ކާޑުގެ އެހީގައި ވަދެވޭނެކަމަށެވެ.ފިރާތްް އިތުރައް ވިސްނަން ނަހަދައި  ކާޑު ހިފައިގެން ގޮސް އެންމެ ކައިރީ ހުރި ލިފްޓައް އަރައި ޕެންޓްހައުސްް ސޫޓު ހުންނަ އެންމެ މަތީ ފްލޯރ ގެ ފިތައް އޮބާލިއެވެ.ފަހަތުން އައި ރޭހާންއަށް ލިފްޓުގެ ދޮރު ލެއްޕުމުގެ ކުރިން އެތެރެއަށް ދެމިގަނެވުނީ ކިރިޔާއެވެ.އޭނާ ކައިރީ ހުރި ފިރާތްއާއި ދިމާލަށް ބަލައިލީ ހިތްހަމަނުޖެހިފައެވެ.”ގޯޑް.ފިރޫ.އެކީގަ މީހަކު ހުރިކަން ހަނދާން ނައްތާލައިގެން ނުވާނެ ދޯ.އެކަންޏެއް ނޫންވިއްޔާ ތި އައީ”ރޭހާން ނުރުހުމުގެ ރާގަކަށް ބުންޏެވެ.އެއާއެކު ފިރާތްއަށް ފުންނޭވައެއް ދޫކޮށްލަމުން ލިފްޓުގެ ލޯގަނޑުން ފެންނަމުން ދިޔަ އޭނާގެ ތަރުތީބު ގެއްލިފައިވާ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން އޭނާގެ އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލިއެވެ.”ސޮރީ މޭން.މިކަހަލަ ކަންކަމުގަ އިނގެއެއްނު އަހަރެން ހާސްވާނެ ވަރު.އެސްޕެޝިއަލީ ޔޫލީ ކަހަލަ މައުސޫމު ކުއްޖަކަށް މި ކަހަލަ ކަމަކާ ކުރިމަތިވީމަ.ކެން ޔޫ އިމޭޖިން؟ޔޫލީ ގާތައް ވަދެގެން އެ އުޅެނީ ކޮންކަހަލަ މީހެއް ކަމެއްވެސް ނޭނގެއެއްނު.އެހެންވެގެން ބޮޑައް ހާސްވެފަ މިހިރީ.ކަން ހިނގައިދިޔަ ގޮތް އޮޅުންފިލުވަން ސީ.ސީ.ޓީވީ ފުޓޭޖްވެސް ބަލައިލެވޭނީ ފުރަތަމަ އެ ސޮރު އެ ތަނުން ނެރެފަ ޔޫލީ އޯކޭކަން ޔަޤީންކޮށްފައެއްނުން.އާހް.ގޯޑް އައި ހޯޕް ޝީޒް އޯކޭ”ފިރާތް ނިތުގައި ހިފަހައްޓާލަމުން ބުންޏެވެ.”އިންޝާ الله.އިރާދަކުރެއްވިއްޔާ އަހަރުމެންނަށް ދެވޭއިރު ޔޫލީ ހުންނާނީ ހެޔޮ ހާލުގަ”ރޭހާން ފިރާތްގެ ކޮނޑުގައި ހިފަހައްޓާލަމުން ބުންޏެވެ.ފިރާތް ހިނިތުންވެލަމުން އޭނާގެ ކޮނޑުމަތީ އޮތް ރޭހާން އަތުގައި މަޑުމަޑުން ޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

ލިފްޓް އައިސް އެންމެ މަތީ ފްލޯ އަށް ހުއްޓުމާއެކު ދެ ޒުވާނުންނަށްވެސް ލިފްޓުން ނުކުމެވުނީ އެކުއެކީގައެވެ.ބަލާކަށްނުހުރެ ފިރާތް ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކުރިމަތިން ފެންނަން ހުރި ޕެންޓްހައުސްގެ ދޮރު ތަޅުގައި ކާޑު ޖެއްސުމާއެކު ޕީޕް އަޑު ގޮވާފައި ދޮރު ހުޅުވުނެވެ.އެތެރެއަށްވަނުމާއެކު ލިވިންގް ރޫމާއި ބަދިގެ ތެރެ ހުސްކޮށް އޮތުމުން ފިރާތްއަށް ލިބުނީ ހައިރާންކަމެކެވެ.އަނެއްކާ އެ މީހަކު ޔޫލިއާ ހޮޓެލުން ބޭރައް ގެންދިޔައީ ބާވައެވެ؟މިހެން ހިތައް އެރުމާއެކު އޭނާގެ ހިތުގައި އޮތް އުއްމީދުގެ ހުޅުކޮޅު ފަނޑުވިއެވެ.ކޮޅައް ހުންނަން ދަތިވުމުން ފިރާތްއަށް ސޯފާގެ އަތްގަނޑުގައި ހިފަހައްޓާލެވުނެވެ.”ފިރޫ އޯކޭތަ؟”އެ މަންޒަރު ފެނުމުން ރޭހާންއަށް ވަގުތުން ފިރާތްގެ ކޮނޑުގައި ހިފަހައްޓާލެވުނެވެ.”އަހަރެން އޯކޭއޭ ރެެއިން.ހިނގާ ކޮޓަރިތައް ބަލަން”ފިރާތް މިހެން ބުނެ ގޮސް ޕެންޓްހައުސްގެ ދެ ކޮޓަރިން ކުރެ އެއް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.ނަމަވެސް އެ ކޮޓަރީގެ ވަށައިގެންވަނީ ހުސް އަނދިރިކަމެވެ.އެ ކޮޓަރި ފާސްކުރުން ރޭހާންއާއި ހަވާލުކޮށްފައި ފިރާތް ދެން ހުރި ކޮޓަރިއަށް ގޮސް ވަނެވެ.އެ ކޮޓަރީގައި ވަނީ ފަނޑު އަލިކަމެކެވެ.މެދުގައި ހުރި ކިންގްސައިޒް އެނދުގެ ފައިލާކޮޅުގައި އަޅާފައި އޮތް ބީޖް ކުލައިގެ ކާޕެޓް މަތީގައި ތަރުތީބެއްނެތި އެއްލާލެވިފައި އޮތް ލޫބޯޓިން ހީލްގެ ދެ ކިބަ ފެނުމުން ފިރާތްއަށް މިއީ ޔޫލިއާގެ ކޮޓަރިކަން ޔަޤީންވިއެވެ.ކޮޓަރީގެ ބެލްކަންޏަށް ނުކުމެވޭ ގޮތައް އިން ދޮރާއި ބާކީ ހުރި ދެ ކުޑަދޮރު ލައްޕައި ތަންޑު އެޅުވުމަށްފަހު ފިރާތް ކްލޯސެޓުގެ ތެރެއަށް ބޯދިގުކޮށްލިއެވެ.އެތާ ތެރޭގައިވީ ފަނޑު އަލިކަމުގެ ތެރެއިން ވިދަމުންދިޔަ ފުޅިތޮށިތައް ފެނުމުން ފިރާތްގެ ހިތައް ވެގެން ދިޔައީ ނުބައި ގޮތެކެވެ.ފުޅިތޮށިތަކައް ބަލަން ހުއްޓާ ފާހާނާތެރެއިން ފެންފައިބާ އަޑު އިވުމުން އޭނާގެ ދެލޯ ދަތުރުކުރީ އެ ދިމާލަށެވެ.ހިނގަމުން ގޮސް ފާހާނާއިގެ ދޮރާއި ގާތްވުމާއެކު ކަންފަތުގައި މަޑު ގިސްލުމެއްގެ އަޑު ޖެހުނެވެ.ފިރާތްގެ ދެލޯ ބޮޑުވިއެވެ.އަޑުން އޭނާއަށް އެއީ ޔޫލިއާކަން ޔަޤީންވިއެވެ.އަނެއްކާ އެ މީހަކު ޔޫލިއާއަށް ކީއްކުރީ ބާވައެވެ.ހިތްވަރުކޮށްފައި ފިރާތް އަތް އުފުލައި ދޮރުގައި ޓަކި ޖަހާލިއެެވެ.އެއާއެކު ފާހަނައިގެ ތެރެއިން އިވެމުން ދިޔަ ހުރިހާ އަޑުތަކެއް ކެނޑުނެެވެ.”ޔޫލީ.މިއީ މަށޭ.ފިރާތް.ނޯރާ ގުޅާފަ މި ބަޔައް މީހަކު ވަދެގެން އުޅޭ ވާހަކަ ބުނީމަ މި އައީ.ޔޫލީ ތިހުރީ ނުކުމެވޭ ފަދަ ހާލަތެއްގަ ނަމަ ނުކުމެބަލަ.އައި ނީޑް ޓު ސީ އިފް ޔޫ އަރ އޯކޭ.މަށާއި ރެއިންއާއި ދެމީހުން ފިޔަވާ މިތާކު ނެތޭ އެހެން އެއްވެސް މީހަކު” ފިރާތް ދެއްކި ވާހަކަތައް އެތެރޭގައި ހުރި ޔޫލިއާއަށް އަޑުއިވުމާއެކު ކަރުނައިގެ ތެރެއިންވެސް އޭނާއަށް ހިނިތުންވެވުނެވެ.ފިރާތްގެ ހިމާޔަތް ލިބޭނެކަމަށް އޭނާ ކުރި އުއްމީދު ދޮގަކަށް ނުވުމުން އުފާވެސްވިއެވެ.ހިތްވަރުކޮށްފައި ގޮސް ސްޓޭންޑްގައި އަޅުވާފައި އޮތް ބާތްރޯބުން ހަށިގަނޑު ނިވާކޮށްލަމުން ޔޫލިއާ ގޮސް ދޮރުހުޅުވާލިއެެވެ.

ފާހާނައިގެ ދޮރު ހުޅުވުމާއެކު ދޮރާއި ފުރަގަސްދީގެން ހުރި ފިރާތް އަނެއްފަރާތައް އެނބުރުމާއެކު ފުރަތަމަވެސް ފެނުނީ ޔޫލިއާގެ ރަތްވެފައިވާ ދެ ލޮލެވެ.ތެތް އިސްތަށިކޮޅުތައް ދޮން މޫނުގެ ދެ ފަރާތުގައި ތަތްލަވާފައި ވާ އިރު ތުންފަތުގައި މަޑު ތުރުތުރެއް އުފެދިފައި ހުއްޓެވެ.”ޔޫލީ.އަރ ޔޫ އޯކޭ؟އެ މީހާ ކަމެއް ކުރިތަ؟”ފިރާތް ޔޫލިއާގެ ކަފަކޮޅެއްހާ މަޑު އަތްތިލައިގައި ހިފާލަމުން ބުންޏެވެ.ޖަވާބުދިނުމުގެ ބަދަލުގައި ޔޫލިއާ ފިރާތްގެ އަތު ތެރެއިން އޭނާގެ އަތް ދަމައިގަނެ ފިރާތްގެ އަތް ފޮޅުވާލިއެވެ.ޔޫލިއާގެ މި ހަރަކާތުން ފިރާތް އަށް  ލިބުނީ ކުއްލި ހައިރާންކަމެކެވެ.ނަމަވެސް ދެން ފެނިގެން ދިޔަ މަންޒަރުން އޭނާގެ ދެލޯ މުދުނައް އަރައިގެން ދިޔައެވެ.ޔޫލިއާ އޭނާގެ އިސްތަށިގަނޑު އެއްފަރާތްކޮށްލުމުން ކަރުގައި ހުރި ނިޝާންތައް އޭނާގެ ލޮލުަގައި އަޅައިގަތީ އަދި ކިރިޔާއެވެ.އޭނާއަކީ ވެސް ތަސައްރަފު ފުދިފައިހުރި ބޮޑު ފިރިހެނަކަށް ވުމުން އެ ނިޝާންތައް ފެނުމުން އެ މީހަކު ޔޫލިއާ ގާތައް ވަނީ ކޮން ނިޔަތެއްގައިކަން އޭނާއަށް ނަގައިގަނެވުނެވެ.ދެވަނަ ސިކުންތުގައި އައި ރުޅިން އޭނާގެ ކަތުރުކަށިގަނޑައް ވާންވެގެންދިޔައެވެ.ލިބުނު ޝޮކުގައި ހަރަކާތެއް ކޮށްލަން ނޭނގިފައި ފިރާތްއަށް އިރުކޮޅަކު ހުރެވުނެވެ.ޔޫލިއާގެ މަޑު ގިސްލުމުގެ އަޑު އިވުމާއެކު އޭނާއަށް ހަމަބިމައް އާދެވުނެވެ.”ފިރޫ…އައި އޭމް ޑަރޓީ.އޭނަ…އޭނަ އުޅުނީ އަހަރެން ރޭޕްކުރަން”އެ ޖުމްލައިން އެ މީހާއަށް އޭނާގެ ހަޤީގީ  މަޤުސަދު ކާމިޔާބުނުވާކަން އެނގުމުން ފިރާތްގެ ހިތައް ހަމަޖެހުމެއް ލިބުނެވެ.މިއޮތް ހުރިހާއިރު ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނު އިރު އޭނާގެ ހިތައް ވަނީ ކުޑަ ނަމަވެސް ތަސައްލީއެއް ލިބިފައެވެ.ފިރާތް ޔޫލިއާ ގެނެސް މޭގައި ޖައްސާލިއެވެ.”ލަވް.އިޓްސް އޯކޭ.ދެން ނުރޮއެ ހުއްޓާލާ.އަހަރެން ތި މީހަކު ހޯދާފަ އޭނަ ޔޫލީއަށް ތި ދިން އަނިޔާތަކުގެ ބަދަލު ހިފާނަން.ޑޯންޓް ވޮރީ”ފިރާތް މިހެން ބުނެ ބޯ ގުދުކޮށް ޔޫލިއާގެ ނިތުގައި ބޮސްދިނެވެ.އޭރު ރޭހާންވެސް ކްލޯސެޓުގެ ދޮރުކައިރީ ފާރައް ލެނގިލައިގެން ހުއްޓެވެ.އޭނާ އެއްޗެއް ބުނުމައްޓަކައި ހުޅުވާލި އަނގަ ލައްޕާލަންޖެހުނީ އެ ތަން ފެނި ފިރާތް އަތުގެ އިޝާރާތުން އެކަން މަނާކުރުމުންނެވެ.

އެ ގޮތުގައި ފަސް ވަރަކަށް މިނުޓު ހޭދަވެގެން ދިޔައިރު ޔޫލިއާގެ ގިސްލުމުގެ އަޑު ފިޔަވައި ކްލޯސެޓްގެ ތެރެއިން އިތުރު އަޑެއް ނީވެއެވެ.ރޭހާން ގުޑާވެސްނުލައި ހުރިތަނައް ގަނޑުވެފައި ހުރިއިރު ފިރާތް ދިޔައީ ކެތްތެރިކަމާއެކު ޔޫލިއާގެ ބުރަކަށީގައި ފިރުމަމުން އޭނާގެ ހިތްހަމަ ޖައްސައިދެވޭތޯ މަސައްކަތްކުރަމުންނެވެ.އިރުކޮޅެއްފަހުން ފިރާތް ލުއި ފަތް ކޮޅެއްހެން ޔޫލިއާ އަތްދަނޑިމައްޗަށް ނަގައިގެން ގޮސް ސޯފާގައި ބޭންދިއެވެ.ރޭހާން ކޮޓަރީގެ ނައިޓްސްޓޭންޑް މަތީ ހުރި ފެން ޖަގުން ތައްޓަކައް ފެން އަޅައިގެން އައިސް ޔޫލިއާ އަތައް ދިނެވެ.ޔޫލިއާ އެއްނޭވައިން ފެންތަށި ހުސްކޮށްލުމަށްފަހު ހަމަޖެހެން މަސައްކަތްކުރިއެވެ.އޭނާ ހަމަޔަކަށް އެޅި ރަނގަޅައް ވާހަކަ ދެކެވެން ފެށީ އިރުކޮޅެއް ފަހުންނެވެ.ގާތުގައި އިން ފިރާތްގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ކަންވީގޮތް ޔޫލިއާ ކިޔައިދެމުން ދިޔައިރު ފިރާތްގެ އެއް އަތް ވަނީ ފަހަތުން ގެންގޮސް ޔޫލިއާގެ ކޮނޑުގައި ވަށާލެވިފައެވެ.އަނެއް އަތް ވަނީ ޔޫލިއާގެ އުނގުމަތީ އޮތް އޭނާގެ އަތްތިލައާއި ގުޅި ލާމެހިފައެވެ.”އެ މީހާގެ ނަމެއް އަހަންނަކަށް ނޭނގެ.އެކަމަކު އޭނަގެ ވާހަކަތަކުން އަހަންނަށް ހީވަނީ އެއީ ފިރާތްގެ ދުޝްމަނެއްހެން.އޭނަ ބުނި ފިރޫ އަކީ އަބަދުވެސް އޭނައަށް ވުރެ ހުރިހާ ކަމެއްގައިވެސް ކުރިއަރައިގެންދާން މަސައްކަތްކުރާ މީހެކޯ.އަދި ފިރޫ އެންމެ ފަހުން ކުރި ކަންތައް ތިމަންނަ ދުވަހަކުވެސް ހަނދާން ނައްތައެއްނުލާނަމޯ.ހީ ސައުންޑެޑް ލައިކް ހީ ހެޑް އަ ބީފް ވިތް ޔޫ.އިޓް ވޯޒް ސްކެއަރީ”ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ޔޫލިއާ ބުންޏެވެ.ޔޫލިއާ ދެންމެ ކިޔައިދިން ވާހަކަތަކުންނާއި އެ މީހެއްގެ ގައިގައި ހުރި ސިފަތަކުން އޭނާގެ ހިތުގައި ކޮއްޓާލީ މީގެ އަހަރުތަކެއް ކުރީގެ ހަނދާނެކެވެ.ޔޫލިއާ އެ ބުނި ގޮތައް އެ މީހާއަކީ ހަޤީގަތުގައިވެސް އޭނާގެ ދުޝްމަނެކެވެ.އޭނާގެ ދުޝްމަނުންކުރެ އެ ޒާތައް ވާހަކަ ދައްކާނީ ސީދާ ކާކުކަން އެނގުނު ނަމަވެސް އެ ފަރާތުންވެސް މި ފަދަ ދަށުދަރަޖައިގެ ޢަމަލެއް ކޮށްފާނެ ކަމާއިމެދު ފިރާތްގެ ހިތުގައި ޝައްކު އުފެދުނެވެ.އެ ވެސް އޭނާގެ ކިބައިން ބަދަލު ހިފުމަށް ޓަކައި އޭނާއާއި އެކު ވިޔަފާރީގެ ގޮތުން ގުޅުން އޮތް މައުސޫމު އަންހެން ކުއްޖަކަށް ގެއްލުންދިނުން ފަދަ ތާކުންތާކު ނުޖެހޭ ޢަމަލެކެވެ.ޔޫލިއާގެ ވާހަކަ ނިމުނުތަނާ ރޭހާންގެ ފޯނު ރިންގުވުމުން ގުޅަނީ ކާކުހެއްޔޭ އަހާފަދަ ގޮތަކަށް ސޯފާގައި ތިބި ދެ މީހުންގެ ނަޒަރުވެސް އޭނާއަށް ހުއްޓުނެވެ.ރޭހާން ފޯނު ނަގައި ހަލޯ ކިޔުމަށްފަހު އެ ކޮޅުން ކޮންމެވެސް އެއްޗެއް ބުނުމުން އޭނާ ބަލައިލީ އެނބުރި ޔޫލިއާއާއި ފިރާތްއާއި ދިމާލަށެެވެ.އެއަށްފަހު ފޯނު ކަންފަތާއި ދުރުކޮށްލަމުން ސޯފާގެ ކުރިމައްޗަށް އައިސް ހުއްޓުނެެވެ.”ޔޫލިއާގެ ފޯނައް ނުގުޅޭތީވެ ނޯރާ ގުޅީ.ޝީ ވޯންޓްސް ޓު ހިޔަރ ޔުއަރ ވޮއިސް”ރޭހާން މިހެން ބުނެ ޔޫލިއާއަށް އޭނާގެ ފޯނު ދިއްކޮށްލުމާއެކު ޔޫލިއާ ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ކްލޯސެޓުން ބޭރައް ނުކުތެވެ.

ޔޫލިއާ ދިއުމާއެކު ފިރާތްއަށް ދެ އުޅަނބޮށި ކަކުލުގައި ވިއްދާލަމުން އިސްތަށިގަނޑު ތެރެއަށް އަތް މަހާލެވުނެވެ.އެ ވަގުތު އެއްލި ކަޅިއަކުން ހުޅުވިފައި ހުރި ކްލޯސެޓުގެ ކުޑަދޮރު ކައިރީ ބިންމަތީގައި ފަތްޖަހާފައި އޮތް ކަރުދާސްކޮޅެއް ފެނުނެެވެ.ފިރާތް ބުމަ ގާތްކޮށްލަމުން ސޯފާއިން ތެދުވެގެން ގޮސް އެ ކަރުދާސްކޮޅު ނެގިއެވެ..ދޮރުކައިރީގައި ރޭހާންވެސް ފިރާތް ކުރަމުން ދިޔަ ކަންތައް ބަލަން ހުއްޓެވެ.ކަރުދާސްކޮޅު ނިއުޅުވާލުމާއެކު އެތެރޭގައި ލިޔެވިފައިވީ އިބާރާތްކޮޅު ފެނުމުން ފިރާތްއަށް ލިބިގެން ދިޔައީ ކުއްލި ޝޮކެކެެވެ.

******

ޢައްސަލާމްއަލައިކުމް.އަޅުގަނޑުގެ އެގްޒާމްތައް ފެށިގެން ގޮސް ކުރިއަށް އޮތުމާއެކު މި ބައި މި ގެނެސްދިނީ ހުރިހާ ކިޔުންތެރީންނަށްވެސް އަޅުގަނޑު ވާހަކަ ގެނެސްދިނުން ހުއްޓާނުލާ ކަމުގެ ޔަޤީންކަން އެރުވުމުގެ ގޮތުންނެވެ.އުއްމީދުކުރަން ހުރިހާ ކުދިންނަށްވެސް މި ބައި ކަމުދިޔަ ކަމަށް 🤗

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

svetlana

Level 110 Stories100 Login

An avid reader and storyteller at heart, weaving tales that captivate and inspire. Passionate about exploring the depths of human emotions.crafting worlds that linger in the imagination.Writing is not just a passion—it's my way of breathing life into dreams.

Other Articles

Previous

ތިޔައީ މަގޭ މިތުރާއޭ 2

Next

ހިތަކުން ނުދާނޭ ފިލާ 3

Next
October 1, 2025

ހިތަކުން ނުދާނޭ ފިލާ 3

Previews
October 1, 2025

ތިޔައީ މަގޭ މިތުރާއޭ 2

4 Comments!

  1. Your fav bab Your fav bab says:
    October 3, 2025 at 8:36 pm

    Varah reethi mi part!!
    Loved it💗💗💗
    Adhi ves exam nunimey dhw??
    Who ever did that to yooliaa I’m so pissed off!!!
    Naseebeh firaath ethanah aikan but eyna rakka vejje!!
    When next?
    Ly❤

    1. svetlana says:
      October 4, 2025 at 7:49 pm

      Yeah girl HSC nimijje but A level start vaan ulhenee.Thanx for the comment 💗 Next part is a surprise.stay tuned 🤗🥰

  2. Anonymous says:
    October 4, 2025 at 9:52 am

    i like this when next

    1. svetlana says:
      October 4, 2025 at 2:26 pm

      Thanx 🤗 next part Eii surprise eh 🤣

Comments are closed.

Next Episodeޕިޔަދަ 12←


All Right Reserved!