ހިތުގެ ރިހުން (34)
ޔާސިން ޔަޝްފާގެ އަތުގައި ހިފާ އެއްކައިރި ކޮއްލިއެވެ. ހުޝާމް އާ ނޫރާ އައިސް ކައިރިވެލާފައި ޔަޝްފާއާ ސަލާމް ކުރުމަށްފަހު ޔާސިން އަށް އެހީ ވެދިނީތީ ޝުކުރު އަދާ ކުރިއެވެ.
“ނުވަންނަންތަ އެތެރެއަށް… މިންހާ އެބައޮތް ގެނެއްސަ ވަޅި އަޅައިން..” ހުޝާމް ބުނެލިއެވެ.
“މިންހާ ދަންނަންތަ… އެއީ ވާ މީހެއް ހުރިހާ ނަރުހުންނާ ޑޮކްޓަރުން ދައްކަނީ އޭނަގެ ވާހަކަ.. ސައިކޯއެކޭ ކިޔާފަ” ޔަޝްފާ ސަކަ ގޮތަކަށް ބުނެލިއެވެ. ނޫރާއާ ހުޝާމް އެކު އެކީހެން ޔާސިން އަށް ބަލާލިއެވެ.
“ޝީ އިޒް މައި އެކްސް ވައިފް..” ޔާސިން މަޑުމަޑުން ބުނެލިއެވެ.
“އޯ ސޮރީ އަހަންނަށް ނޭގުނީ” ޔަޝްފަ ކަންފަތުގައި އިގިލި ޖައްސާލަމުން ބުނެލިއެވެ.
” ކާކުކަން އިގުނަސް ނޭގުނަސް ޑޮކްޓަރެއްގެ ހައިސިއްޔަތުން ތިކުރީ ވަރަށް ދަށު ދަރަޖައިގެ ކަމެއް..” ނޫރާ ބުނެލީ އަޑަށް ބާރުލާފައެވެ.
“ހޭ ހޭ ޗިލް އަހަރެން މިބުނީ ސޮރީއޭ ދޯ.. އެހެންނުނަސް އެއީ ޔާސިންގެ އެކްސް އެއްނުން.. ތިކޮޅަށް ކޮން ކަމެއް..” ނޫރާ އަކީ ކާކުކަން ނޭގި ޔަޝްފާ ބުނެލިއެވެ.
“އަހަރެންމީ…” ޔާސިންގެ އިޝާރާތަށް ހުޝާމް އަވަހަށް ނޫރާ ގޮވައިން އެތެރެއަށް ވަނެވެ. ނޫރާ ރުޅި ގަދަ ވެއްޖެއްޔާ ވާނެ ގޮތް އެދެމީހުންނަށްވެސް އެގެއެވެ.
“އެއީ ކާކުތަ އަހަންނަށް ލެކްޗާރ ދޭން.. ޔާސިން އަދި ތިހުންނަނީ އަޅާވެސް ނުލާ” ޔަޝްފާ ތުން ދަމާލާފައި ބުނެލިއެވެ. ޔާސިން ގާތަށް ހިނި އައީ ޔަޝްފާ ތުންކޮޅަށް ހަދައިން ހުރި ގޮތް ފެނުމުންނެވެ.
“އެދިޔައީ ނުޖް ފިރިހެނެއް އެއީ އަހަރެންގެ އެއްބަފާ… ދެން އެއީ…. ދެން ހުރި ކުއްޖާ އިމްޓްރޮޑިއުސް ކުރެވޭނެ ބައިވަރު ގޮތް އެބަހުރި.. އެގެން ބޭނުން…” ޔާސިންއަށް ސީދާ ނޫރާ އަކީ ކާކުކަން ބުނެދޭން އުދަގޫވިއެވެ. އެއްގޮތަލަށްވެސް އެއީ ހުޝާމްގެ މީހެކޭ ބުނާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާގެ ލޯމަތިން ކަންކަން ދާ ގޮތުން އެދެމީހުން ދެމެދުގައި ލޯބި ނުން އިތުރު އެއްޗެއް ނުވާކަން އެގެއެވެ.
“އާން ވަރަށް އެގެން ބޭނުން.. އޭރުން ދޯ އަހަންނަށް ރެސްޕެކްޓް ކުރަން އެގޭނީ ދެންވެސް ފެނިއްޖެއްޔާ!” ޔަޝްފާ ބުނެލިއެވެ.
” އޯކޭ އޯކޭ…. އެއީ ފުރަތަމަ ކަމަކަށް މަންސޫރުގެ ދަރިއެއް… ހޫމް ހޫމް އަހަރެން އެކްސްގެ ބައްޕަ ގެ ދަރިއެއް..” ބުމަ ހިއްލާލަމުން ކޮސް ވެފައި ހުރި ޔަޝްފާ ގާތު ބުނެލިއެވެ.
“ދެވަނަ ކަމަކަށް އެއީ މިންހާ އާ ކޮން ގުޅުމެކޭ އަހަންނަކަށް ނޭގެ ބުނާކަށް… މަންސޫރަކީ މިންހާގެ ދޮންބައްޕަ.. ދެން ޔަޝް ނިންމާ އެދެމީހުން އެއީ ކޮން ގުޅުމެއްތޯ..” ޔަޝްފާގެ ނަން ޔަޝް އޭ ބުނުމުން އޭނާއަށް ކުއްލި ސިހުމެއް ލިބުނެވެ. އެދެމީހުން ޔޫކޭގައި ކިޔަވަން އުޅުން އިރުވެސް ދުވަހަކުވެސް ޔާސިން ޔަޝްފާގެ ނަން ކުރުކޮށް މިހާ ލޯބިން ނުގޮވައެވެ.
“އެންޑް ދެން ބުނެވޭނީ އެއީ އަހަރެން ބޭބެގެ ލޯބިވެރިޔާއޭ… އަދި އެންމެ ފަހުން ބުނެވޭނީ އެއީ އަހަރެންގެ އެކްސް އޭ..” ޔާސިން މިހެން ބުނުމުން ޔަޝްފާ މޫނަށް ގޮތެއް ހަދާލިއެވެ.
“އިއޫ… ބޭބެ އެންޑް ކޮއްކޮ އާ ހިތާ ވަމުން އޭނަ އެދުވަނީ” ޔަޝްފާ މިހެން ބުނުމުން ޔާސިން ހިތްހަމަ ނުޖެހުނެވެ. އެއްވެސް މީހެއް ނޫރާ އާ ދިމާލަށް ދެރަ ބަހެއް ބުނާކަށް އޭނާ ހިތް ނޭދެއެވެ.
“ސްޓޮޕް ޔަޝްފާ.. އެއީ އަހަރެން މިދުނިޔޭގަ އެންމެ ލޯބިވި އިންސާނާ… އަހަރެން އޭނަ އަށް ހިތްދަތިކަން ދީ ދޯކާ ދިނީ އަހަރެންގެ އަމިއްލަ ފައިދާއަށް….” ޔަޝްފާ އަށް އޭނާގެ ލޯބި ގަބޫލު ނުކުރި ސަބަބު ލޯ ކުރިމަތިން އަދި އެދެނުނިއްޔެވެ. އޭރުވެސް އޭނާ ހިތަށް އަރަމުން ދިޔައެވެ. ކިހާ ރީތިވީމަ ބާއޭ ޔާސިން އެވަރަށް މޮޔަ ގޮވީ. ތެދެކެވެ. ނޫރާގެ ރީތިކަން ފެންނަ ފިރިހެނެއް ކީއްކުރަން އަހަންނެއްވެސް އެ ރީތިކަމަށް ޖެލަސް ވާނެއެވެ. ނޫރާގެ ދޮންކަމަކީ ބޭރުމީހުންގެ ހުންނަ ފަދަ ދޮންކަމެކެވެ. ފަން ރީތި އިސްތަށިގަނޑު ހުޅި އެއް ޖަހާފައި ހުންނަ އިރުވެސް އެހާ ރީއްޗެވެ.
“އައި ނޯ ވައި ޔޫ ރިޖެކްޓެޑްމީ 7 ޓައިމްސް… އޯކޭ އަހަރެން ދަނީ ދެން..” ޔަޝްފާ ދާން ހިގައި ގަންނަން އުޅިމުން ޔާސިން ޔަޝްފާގެ އަތުގައި ހިފާ ދަމާލިއެވެ. ނުވިސްނާ ހުރި ޔަޝްފާ ބާރަކަށް.އައިސް ޖެހުނީ ޔާސިން ގައިގަ އެވެ.
“އޯ ސޮރީ… އެކަމް ނަންބަރި ދީފަ ދޭބަ… އަހަރެން ދެކެ ހިތް ހަމަ ނުޖެހިފަ ދޯ މިހާރު ތިހިރީ… ” ޔާސިން އަށް ޔަޝްފާ މޫޑު ބަދަލުވިކަން އެގެއެވެ.
“ނުން.. އެވަރު ކަމެއް ޔާސިން ނުކުރަމެއްނުން..” ޔާސިންގެ އަތް ނެގުމަށްފަހު މާކަރުން އޭނާގެ ނަންބަރު ލިޔެލުމަށްފަހު ޔަޝްފާ ހޮސްޕިޓަލް ތެރެއަށް ވަދެގެން ހިގައިގަތެވެ. ޔަޝްފާ ގެއްލެންދެން ޔާސިން އަށް ބަލަހައްޓައިން ހުރެވުނެވެ.
*****
“ޔާސިން އައިތަ؟” މިންހާ ސުވާލު ކޮއްލިއެވެ.
“ނުން.. ބޭބެ ބުނެފިން ގެޔަށް ދާން.. އެފަކީރު ޕޮލިހުގަ ކިތައް ދުވަސްވީ.. ރަގަޅަށް ނުވެސް ނިދޭނެ… ” ޔާސިރު ބުނެލިއެވެ. އެވަގުތަކީ ހުޝާމް އާ ނޫރާ އައިސް އެތަނަށް ވަތް ވަގުތެވެ.
“ކަލޭ… ކަލޭ ކީއްކުރަނީ މިތާގަ…. އަހަރެން އަތުން ޔާސިން ފޭރިގަނެގެން މިހާރު ހުޝާމް ވާވައްދާލިތަ” ނޫރާ ފެނުމާއެކު މިންހާގެ ސިގު ރުޅިގަނޑު އަންނަން ފެށިއެވެ. މަންސޫރު މޫނު މަތިން ހައިރާންކަން ފާޅުވޭވޭ ހުއްޓެވެ. މިންހަ އާ ނޫރާ އާ ދެމެދު އަދަމުން ދަނީ ކޮން އަލިފާންގަނޑެއްކަން އޭނާ އަކަށް ނޭގެއެވެ.
“މިންހާ ހަމަ ޖެހޭ… އަހަރެން އެއްވެސް ކަމެއް ނުކުރަން.. ޔާސިން އަހަރެން އަތުން ފޭރިގަތީ މިންހާ… އަދި މިންހާއަށް ޔާސިން ގެއްލުނީ ހަމަ މިންހާ އާ ހެދި.. އަހަރެން ލޯ ކުރިމަތީ ފެނުނު މިންހަ ޔާސިންއަށް ހަދާލި ގޮތް..” ނޫރާގެ ވާހަކަ ތަކުން މަންސޫރަށްވެސް އަދި ޔާސިރު އަށްވެސް ނޫރާގެ މާޒީ ސިފަވި ކަހަލަ އެވެ.
“އޭތް… ކަލޭ ޔާސިން އާ ބައްދަލު ކޮށް ރެސްޓޯރެންޓް ތަކަށް އަރާ އިރުވެސް އަހަރެން ވީ އެމަންޒަރު ބަލަން ހުންނަންތަ.. ކަލޭ މިތަނަށް ތިއައީ ކޮން ހައިސިއްޔަތަކުން… މިތަނުން ރައްކާވޭ އަހަރެންގެ ޕްރެޝަރު އިތުރަށް މަތި ނުވަނީސް..” މިންހާގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިއެވެ. ނަމަވެސް ހަމަޔަކަށް އެޅުނީ މަންސޫރު އައިސް މިންހާ ކޮޑުގައި ހިފާލުމުންނެވެ.
“ނޫރާ މަޑުކުރޭ..” ހުޝާމް އާ އެއްކޮށް ބޭރަށް ނިކުންނަން އުޅުނު ނޫރާ ހުއްޓުވީ މަންސޫރެވެ.
“މިންހާ… މީ ބައްޕަގެ އުފަން ދަރި… ނޫރާ އަކީ ނޫރާ ބެލި ދަރިފުޅުގެ ބޮޑުދައިތަ ދިން ނަމެއް.. އެކަމަކު ބައްޕަގެ އަސުލު ދަރިފުޅަށް ކިޔަނީ ނޫރާ އެއްނުން މިންހާ… ދަރިފުޅަށް މިންހާގެ ނަން ދިނީ މީހުން ކިޔާނެ އެއްޗަކަށް ލަދުން…” މަންސޫރު ވާހަކަ ދެއްކިއެވެ.
“ކީކޭ… މި ގޮތް ކުޑަ އަންހެނާއަކީ ބައްޕަގެ ދަރިއޭ…. އޭނަ އަހަރެން މުޅި ދިރިއުޅުން ހަލާކް ކުރީ…” މިންހާ އަނެއްކާވެސް ބާރަށް ބުނެލިއެވެ.
“މިންހާ… އަހަރެން އެއްޗެއް ނުބުނެ މިންހާ ގޮވައިން އުޅެވޭތޯ މި މަސައްކަތް ކުރަނީ… މިތާ މިތިބަ އެންމެނަށް އިނގޭ މިންހާ އުޅުނު ގޮތް.. ޔާސިން އަށް ދިން ދޯކާ… އެހެންވީމަ އަހަރެން ނެތިން އެވާހަކަ ދައްކަން.. ތިދެކުދިން ދެމެދު ހިގާފައިވަ ކަމަކީ މާ ކުރީގެ ކަމެއް.. ދެމީހުން މާފް ކޮށް އެއްކޮށް އުޅެންވީ… މިންހާ އާ ނޫރާގެ ނަން އަހަރެން ބަދަލު ކުރާނަން ވަރަށް އަވަހަށް..” މަންސޫރުގެ މިނިންމުން ނޫރާ އަކަށް ކަމަކު ނުދިޔައެވެ. ކޮންމެ ގޮތެއްވިއަސް އައިޝާ އޭނާ ބަލާ ބޮޑުކުރީ އަމިއްލަ ދަރިއަކު ބަލާހާ ރަގަޅަށެވެ.
“ބައްޕަ އަހަރެން ގާތު ނުވެސް ބުނެ އެ ނިންމުން ތި ނިންމީ..” ނޫރާ ނުރުހުންވެފައި ބުނެލިއެވެ.
“އަހަ މީގަ މިންނުގެ މަޝްވަރާއެއް ހޯދަން ޖެހޭކަމެއް ބައްޕަ އަކަށް ނުވިސްނޭ…” މަންސޫރު ނޫރާ އާ މުހާތަބު ކުރީ މިންހާގެ ނަމުންނެވެ.
“މިންނު އެއް ނުން… ނޫރާ…. މައިޔަމް ނޫރާ….” ނޫރާގެ އަޑު ކުޑަކޮށް ބާރުވިއެވެ.
“ދަރިފުޅާ… ތީ ބައްޕަގެ ހުރިހާވެސް އެއްޗަކީ… ދަރިފުޅަށް ދަރިފުޅުގެ މަގާމު ލިބެން ޖެހޭ… ” މަންސޫރު ބުނެލިއެވެ.
“ކަލޭތީ ވަރަށް ވިހަ މީހެއް… އަމިއްލަ ބައްޕަ ކުރަން ބުނާ ކަންކަން ނުކުރެވޭ މީހަކު ކިހިނެއް މީހެއްގެ ދަރިއެއްގެ ގޮތުގަ ހުންނާނީ….. އަބަދުވެސް ބަލާނެ ފޫބުޑުން ދުވާނެ ފިރިހެނަކު ވޭތޯ…” މިންހާ މިބުނި އެއްޗަކުން ނޫރާއަށް ރުޅި އައިސްގެން މިންހާގެ ކޯމަތީ ޖެހުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.




Omgg the timing