Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދީފާ އުފާ – 5

az000 Level 110 Stories
January 16, 2016 4 Mins Read
11 Comments

 

” މާޒް ތިވިސްނުން ދޫކޮށްލާ… މާޒްގެ މަންމަ ކުރަން ބޭނުން ނުވި ކަމެއް ކީއްކުރަން މާޒް ކުރަނީ.. ” ސޮފާ ބުންޏެވެ.

” އަހަރެން ބޭނުން އަހަރެންގެ ބައްޕަ ހޯދަން.. އަހަރެން ބޭނުން އަހަރެންގެ ސުވާލުތަކުގެ ޖަވާބު ހޯދަން..” މާޒްގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާއަށް ރުޅިވެރިކަމެވެ.

” މާޒްގެ މަންމަ ދުނިޔޭގަ އެންމެ ކުރަން ބޭނުން ނުވި ކަންތައް ތީ.. އެހެންވީމަ މާޒްވެސް ރަނގަޅުވާނީ ތިހިޔާލު ދޫކޮށްލިއްޔާ” ސޮފާ މާޒް އަށް ވިސްނައިދެވޭތޯ އުޅުނެވެ.

” މާޒްގެ މަންމައަކީ އަހަރެންގެ ވަރަށް ގާތް ރަހުމަތްތެރިއެއް.. މާޒްގެ ކަންތައްތައް އަހަންނާ ހަވާލުކުރީ އަހަންނަށް ވަރަށް އިތުބާރުކޮށްފަ.. މާޒް ތިގޮތަށް އުޅެން ހަދައިގެން މާޒްގެ މަންމަގެ ހުވަފެން ފުރިހަމަ ނުކުރެވިއްޖިއްޔާ މާދެރަވާނެ.. އެހެންވީމަ ރަނގަޅު ގޮތަކީ މާޒް ކިޔައިވެގެން މަންމަ ފަހުރުވެރި ވާނެ ފަދަ ކުއްޖަކަށްވުން..” ސޮފާ މިހެން ބުނުމުން މާޒްވެސް ބޯޖަހާލަފައި ތެދުވެގެން ކޮޓަރިއަށް ދާން ހިނގައިގަތެވެ. އެވަގުތު ތިރިއަށް ފައިބައިގެން އައި ޔުއާން އަށް މާޒް ފެނި ހިނިތުންވެމެއް ބައްދަލު ކޮށްލިއެެވެ.

” މަންމާ.. އަހަރެން އަންނާނަން ކޮލެޖަށް ބޭނުންވާ ބައެއް ސާމާނު ގަނެލައިގެން.. އާރާވެސް ގޮވައިގެން ދާނީ.. ” ބޭރަށް ދިއުމުގެ ކުރިން ޔުއާން މަންމަގެ  ހުއްދަ ހޯދިއެވެ. ޔުއާންެގެ މިއާދައަކީ ސޮފާ އެންމެ ހިތްހަމަޖެހޭ އެއްކަމެކެވެ.

” ދަރިފުޅުމެން ދާއިރު މާޒްވެސް ގެންދަންވީނު.. މާޒްެވެސް ކޮލެޖަށް ދާނެ..” ސޮފާ ހީލާފައި ބުނެލިއެވެ.

” މާޒް އައީ މިކޮޅުގަ ހުންނަންތަ؟ ” ޔުއާން އަހާލިއެވެ.

” އާނ! މާޒްގެ މަންމަ ނިޔާވުމުގެ ކުރިން މަންމައަށް ކުރި ވަސިއްޔަތެއް އެއީ މާޒްގެ ކަންތައްތައް ބަލަހައްޓަ ދިނުން.. އަނެއްކާ ދަރިފުޅު ހިތްހަމަ ނުޖެހުނީތަ” ސޮފާ ސުވާލުކޮށްލިއެވެ.

” ނޫން.. މަންމަކުރާ އެއްވެސް ކަމަކާ އަހަރެން ނުބެހޭނަން.. އަންނާނަން މާޒް ގޮވައިގެން” ޔުއާން މިހެން ބުނެ އައިކޮޅަށް ދިޔައީ މާޒް ބަލާ ދިއުމަށެވެ.

…………………………………………………………………………………………………….

ޔުއާން އަންނަންދެން މަޑުކޮށްގެން އާރާ އިނީ ސޮފާގައި އިށީނދެގެންނެވެ. އެހެން އިންއިރު އިރުއިރުކޮޅާ ދޮރާ ދިމާއަށް ބަލާލައެވެ.

” ޔުއާންގެ އިންތިޒާރުގަ ތަ؟” ސޯފާގައި އައިސްކްރީމް ތައްޓެއް ހިފައިގެން އައިސް އިށީން ރަޔާން އަހާލިއެވެ. ރަޔާންގެ ސުވާލުގެ ޖަވާބުގައި އާރާ ހުމްމް ލައްވާލިއެވެ.

” ޔުއާން ބުނި މިރޭ ނާދެވޭނޯ” ރަޔާން ދޮގެއް ހަދާލިއެވެ.

” ހަމަ ތެދެއް؟ ” އާރާ ވަރަށް ސީރިއަސް ވެފައި އަހާލުމުން ރަޔާން ހޭން ފެށިއެވެ.

” ދެން ތިއްތި ގަނޑު.. ހާދަ ގޯހޭ.. މަންމަ ކައިރީ ބުނާނަން ތިއްތި އައިސް ކްރީމް ބުއި ވާހަކަ” އާރާ ބަދަލު ހިފާލުމުގެ ގޮތުން ބުނެލިއެެވެ. އެވަގުތު ގެއިން ބޭރުން ކާރުގެ ބަރުގޮނު އަޅާލި އަަޑަށް އާރާ ދުވަމުން ގޮސް ބޭރަށް ނިކުތެވެ. އޭރު ޔުއާންގެ ކާރު މަޑުކޮށްލައިގެން އޮތެވެ. އާރާ ބާރު ހިނގުމެއްގައި ގޮސް ކާރުގެ ކުރީ ދޮރުހުޅުވާލިއެވެ. އެވަގުތު ފެނުނު މަންޒަރުން އާރާއަށްވީ ނުބައި ގޮތެކެވެ. އާރާ އަބަދުވެސް އިންނަ ސީޓުގައި މިހާރު އިނީ މާޒްއެވެ.

“އިފް ޔޫ ޑޯންޓް މައިންޑް.. ޕްލީޒް..” ފަހަތު ޝީޓަށް އިޝާރާތް ކޮށްލަމުން ޔުއާން ބުނެލިއެވެ. އާރާ ގަދަކަމުން ހީލުމަށްފަހު ކުރީ ދޮރުޖަހާފައި ފަހަތު ޝީޓަށް އަރާ އިށީނެވެ. އަދި ޔުއާންގެ ފޯނަށް މެސެޖެއް ކޮށްލިއެވެ.’

‘ ނައު ޔޫ ބިކޭމް ހިޒް ބެސްޓް ފްރެންޑް’ އާރާގެ މެސެޖް ކިޔާލުމަށްފަހު ޔުއާން ކައިރިއަށް އައީ ހިންޏެވެ. ކުރިމަތީގައ އިން ލޯގަނޑު އާރާ ފެންނަ ގޮތަށް އަނބުރާލުމުން އާރާ ތުން އޫ ކޮށްލާފާއި އަނެއް ފަރާތަށް އެނބުރުނެވެ.

……………………………………………………………………………………………………..

މިޝަލް އަށް ހޭލެވުނުއިރު ގަޑިން މެންދަމު ދޭއް ޖަހަނީއެވެ. ކައިރީގައި ރެހާން ނެތުމުން ރެހާން ކޮބައި ބާވައޭ މިޝަލް ހިތަށް އެރިއެވެ. ފާހާނަ ބަލާލިއިރު ފާހާނައިގާ ނެތުމުން މިޝަލް ބޭރަށް ނިކުތެވެ. ރެހާން ހޯދަމުން ގޮސް ސްޓަޑީ ރޫމް ހުރަސްކުރި ގަޑީގައި އެތަނުން ރެހާން ފެނުމުން މިޝަލް އެތަނަށް ވަނެވެ.

” މިގަޑީގަ މިތާނގަ ކީއްކުރަނީ..” މިޝަލް ސުވާލުކޮށްލި އަޑަށް ލެޕްޓޮޕާ ކުޅެންއިން ރެހާން އިސް އުފުލާލާފައި ބަލާލިއެވެ. އަދި ޖަވާބެއް ނުދީ އަނެއްކާވެސް މަސައްކަތާގެން މަޝްއޫލުވިއެވެ. ރެހާންގެ ޖަވާބެއް ނުލިބުމުން މިޝަލް ގޮސް ރެހާންގެ ކުރިމަތީގައި ގޮނޑީގައި އިށީނެވެ. އަދި އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލިއެވެ.

” މި އޮފީހުގެ ކުޑަ މަސައްކަތެއް  ކޮށްލަނީ.. މިޝް ދޭ ނިދަން.. އަހަރެން މިކަންތައްކޮށްލާފަ ދާނަން” މިޝަލްއަށް ބަލާނުލާ އިނދެ ރެހާންއާ ވާހަކަދެއްކިއެވެ.

” ރެހާން މިހާރު އެއުޅެނީ ތިނެއް ޖަހަން.. މާދަންވެސް ތިމަސައްކަތް ކުރެވިދާނެ… ހިނގާދާން ނިދަން.. ތިހެން އުޅެނިކޮށް ބަލިވެދާނެ..” މިޝަލް ބުނެލިއެވެ.

” ޕްލީޒް ޓްރައި ޓު އަންޑަސްޓޭންޑް… މިފަހަރު މީ ވަރަށް ބޮޑު ކަމެއް.. ބައްޕަ އަލަށް އަޅަން އުޅޭ ހޮސްޕިޓަލްގެ ޕްރޮޖެކްޓް ހަވާލުކުރީ މަށައް.. އެހެންވީމަ އަހަރެން ބޭނުން ބައްޕައަަށް ކުޑަވެސް ޝަކުވާ ކުރާނެ ފުރުސަތެއް ނުދީ މިކަންތައް ވަރަށް ފުރިހަމައަށްކުރަން..” ރެހާން ބުންޏެވެ. މިޝަލް ހީލުމަށްފަހު އެތަނުން ނިކުތެވެ. އަދި އިރުކޮޅަކުން ކޮފީ ތައްޓެއް ހިފައިގެން އައިސް ރެހާން ކައިރީ މޭޒުމަތީގައި ބެހެއްޓިއެވެ. ރެހާންވެސް ހީލާފައި މިޝަލްގެ އަތުގައި ތުންފަތް ޖައްސާލިިއެވެ. އަދި މަސައްކަތާގެން މަޝްއޫލުވިއެވެ.

……………………………………………………………………………………………………..

ދުސްތައް ފާއިތު ވަމުން ގޮސް ކޮލެޖަށްދާ ދުވަސްވެސް ޖެހިއްޖެއެވެ. އަލަށް ކޮލެޖަަށް ދެވޭތީވެ އާރާ ހުރީ ވަރަށް އުފާވެފައެވެ. ރަނގަޅަށް އިރު ނާރަނިސް ނަމާދުކޮށްގެން ތައްޔާރުވާން ފަށައިފިއެވެ. ލާނެ ހެދުމެއް ނޭނގިގެން މިޝަލްގޮވައިގެން އައިސް ލާނެ ހެދުމެއް ހޮވުމުގައި އަވަދިނެތި އުޅުނެވެ. ޖޫސް ތައްޓެއް ހިފައިގެން އައިސް ވަން ނާއިލާއަށް މިމަންޒަރުފެނި ބޮލަށް އުނަދަގުވިއެވެ. އާރާގެ އަލަމާރީގަ ހުރިހާ ހެނދުންތަކެއް ހުރީ އެނދުމައްޗައް އުކާލާފައެވެ.

” ހެދުމެއްް ހޮވުމުގައި މަންމަ ތަންކޮޅެއް ފަސޭހަ ކޮށްދެންތަ” ޑްރެސިންގ ޓޭބަލްމަތީގައި ޖޫސްތަށި ބަހައްޓަމުން ނާއިލާ ބުންޏެވެ. އެވަގުތު އާރާ އާއި މިޝަލް އެއްކޮށް ނާއިލާއަށް ބަލާލިއެވެ.

” އާރާގެ ބައްޕަ ބުނުއްވި އާރާކައިރީ ބުނާށޭ ކޮލެޖަށް ދާއިރު ކަކުލަށްވުރެ ކުޑަހެދުމެއް ނުލައްޗޭ” ނާއިލާ މިހެން ބުނުމުން އާރާ ދެރަވެލާފައި އަނގަ ހަދާލިއެވެ.

” ދެން އަނގައަށް ގޮތް ގޮތް ހަދާނެ ކަމެއް ނެތް.. އަވަހަށް ޖޫސްތަށިބޮއެގެން ތައްޔާރުވެގެން އާދޭ ތިރިއަށް..” މިހެން ބުނެ ނާއިލާ މަޑުނުކޮށް އެތަނުން ނިކުތެވެ. މިޝަލްއާއި އާރާ އެކަކު އަނެކަކަށް ބަލާލާފައި އަނގަހަދާލިއެވެ.

އާރާ ތައްޔާރުވެގެން ނިކުތްއިރު ޔުއާންގެ ކާރު އާރާ އަންނަދެން މަޑުކޮށްގެން އޮތެވެ. ކާރުގައި ލެގިލައިގެން ޔުއާން ހުރިއިރު ޔުއާންގެ ކަޅި އަމާޒުވެފައި ވާނީ ސީދާ އާރާ އަށެވެ. ހުދު ކުލައިގެ ޓޮޕްކޮޅަކާ ކަޅުކުލައިގެ ޖިންސެއް ލައިގެން ހުރިއިރު އާރާ ފެންނަލެއް ވަރަށް ރީއްޗެވެ. އާރާ ކައިރިވުމުން ޔުއާން ގޮސް ޑްރައިވަރ ސީޓަށް އެރިއެވެ. އާރާވެސް ކުރީ ދޮރު ހުޅުވާލަން އުޅެފައި މާޒް އިނދެފާނެއޭ ހިތަށް އަރާފައި ފަހަތު ދޮރު ހުޅުވާލާފައި އެތެެރެއަށް ވަދެ އިށީނެއެވެ. ކައިރީގަ އިން މާޒް ފެނުމުން އާރާއަށް ހައިރާން ކަމެއް ލިބުނެވެ.

” ކަލޭ މިތާ އިންނަން ޖެހޭތަ” އާރާގެ ސުވާލުން ފޯނާ ކުޅެން އިން މާޒް އިސްއުފުލާލާފައި ބަލާލިއެވެ.

” އަހަރެން މިތާ އިނދެގެން ނުވޭތަ” މާޒްވެސް ކޮށްލީ ސުވާލެކެވެ.

” އާރާ ޕްލީޒް ބީ ނައިސް ޓު ހިމް” ޔުއާން އާރާއަށް ވިސްނައިދެވޭތޯ އުޅުނެވެ. އާރާ މާޒްއާ ދިމާއަށް ލޯއަޅާލުމަށްފަހު ކާރުން ފައިބައިގެން ކުރީ ޝީޓަށް ދާން އުޅުނެވެ. އެވަގުތު ދެން ފެނުނީ ރާކިން އައިސް ކުރީ ޝީޓުގައި އިށީން ތަނެވެ.

” ކުޑަބެ ކީއްކުރަން މިކާރަށް ތިއެރީ.. ތީ އަހަރެންގެ ޖާގަ” އާރާ ހިތްހަމަ ނުޖެހިފައި ބުންޏެވެ.

” އެކަމް މިހާރު މީ އަހަރެންގެ ޖާގަ.. އަހަރެންގެ ކާރު ހަލާކުވެއްޖެ.. ” ރާކިން ބުންޏެވެ. އާރާ އިތުރު ބަހެއް ނުބުނެ އަނެއް ފަރާތަށް އެނބުރިގެން އިނެވެ.

ކާރު ކޮލެޖް ކައިރިއަށް އައިސް މަޑުކޮށްލުމާއެކު އެންމެ ފުރަތަމަވެސް ކާރުން ފޭބީ އާރާއެވެ. ރާކިން ފައިބަގެން ދަމުން އާރާގެ އިންތިޒާރުގައި ހުރި ފަލަކްއަށް ހިނިތުންވެލިއެވެ. އަދި ހަމައެކަނި ފަލަކްއަށް އިވޭނެ ވަރަށް ‘ މޯނިން ލަވް ‘ އޭ ބުނެލިއެވެ.

ކާރު ޕާކް ކޮށްފައި މާޒްއާއި އެކު ކޮލެޖަށް ވަންނަ ދިޔަ ޔުއާންގެ އަތުގައި އާރާ ހިފެހެއްޓިއެވެ. އަދި ތަންކޮޅެއް ފަހަތަށް ގެނައެވެ.

” ޑޯންޓް ފޮގެޓް ތީ އަހަރެންގެ ބެސްޓް ފްރެންޑް.. އެންޑް އައި ރިއަލީ ހޭޓް ދެޓް މާޒް… ކާރުގެ ކުރީ ޝީޓުގައި އިންނާނީ އަހަރެން.. އަބަދުވެސް އަހަރެން..” އާރާގެ ޖުމްލަތަކުން ޔުއާން ކައިރިއަށް ހިނި އަންނަ ގޮތްވވިއެވެ. ނަމަވެސް އާރާ ރުޅިއައިސްދާނެތީ ހިނި ކޮންޓްރޯލް ކުރިއެވެ. އާރާ ފަލަކް ކައިރިއަށް ދަމުން ދިޔައީ މާޒްގައިގަ ޖެހިގަނެފައެވެ. އެވަގުތު މާޒް ވެއްޓެން ދިޔަ ނަމަވެސް ވެއްޓުމުގެ ކުރިން އަމިއްލަ މީހާ ކޮންޓްރޯލް ކުރިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

az000

Level 110 Stories

Other Articles

Previous

އަލްމާޝް 20

Next

ދުކު (4ވަނަ ބައި)

Next
January 16, 2016

ދުކު (4ވަނަ ބައި)

Previews
January 16, 2016

އަލްމާޝް 20

11 Comments!

  1. misty says:
    January 16, 2016 at 4:03 pm

    Haahda kuree.. But very nice.. When next part???

  2. misty says:
    January 16, 2016 at 4:04 pm

    Me first… Yayyyyy

  3. kairaa says:
    January 16, 2016 at 4:10 pm

    nice . me 1st. oooooooops?????

  4. shau says:
    January 16, 2016 at 5:17 pm

    Nice

  5. Niz says:
    January 16, 2016 at 7:26 pm

    Vvv nice mi prt

  6. Kai says:
    January 16, 2016 at 11:01 pm

    Varah salhi story 😀 😀 but pic Varah boringgg 🙁 plc change it 😉 when is the nxt prt 😛

  7. Anonymous says:
    January 17, 2016 at 11:49 am

    Haadahaareechey mipartves…konmedhuvahaku up kodeynvnun this story…i like this story. …………

  8. Ny says:
    January 17, 2016 at 11:57 am

    V v v reethi beynun konmedhuvahakuves mivaahaka kiyaalaane. ….up kodechey. ….?????????

  9. ހައުލާ says:
    January 20, 2016 at 4:00 pm

    varareethi

  10. misty says:
    January 20, 2016 at 11:31 pm

    Avahah up koh dheeba next prt

  11. BLACKANGEL says:
    October 3, 2016 at 3:07 pm

    it was a varah varah reethi story

Comments are closed.

Next Episodeދީފާ އުފާ – 6←


All Right Reserved!