Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ހަވޭލީ – ސައްބީސްވަނަ ބައި

Mariyam Imna
Mariyam Imna Level 210 Stories100 Login
October 8, 2025 3 Mins Read
6 Comments

ހުސްނާ ނޭފަތުގައި އަތް އަޅައިގެން ހުރެ ދާވަށިގަނޑުގެ މަތި ހިއްލާލިއެވެ. ސުބުހާނައްﷲއެވެ. ވަށިގަނޑުގެ ތެރޭގައި އޮތީ ތެތްކޮށް އޮތުމުގެ ސަބަބުން ކަންމޫޑުވެފައި ހުރި ޔުމްނާގެ އަންނައުނެވެ. ހުސްނާ އަނބުރައި ނުގަތީ ކިރިޔާއެވެ. ޔުމްނާގެ ކޮނޑުގައި ހިފާފައި ރަނގަޅަށް ތަޅުވާލަން ބޭނުންވިއެވެ. ނަމަވެސް ހުސްނާއަށް ދީފައިވާ އިންޒާރު ހަނދާންވުމުން އެތެރެއަށް ނޭވާއެއް ލުމަށްފަހު ދާވަށިގަނޑު ނެގިއެވެ. އޭރު ވަށިގަނޑުން ފެން ތިކި ޖަހަމުން ދިޔައެވެ. ހުސްނާ އަވސްއަވަހަށް ގޮސް އެ ވަށިގަނޑުގައި ހުރި އެއްޗެހި މެޝެނަށް އަޅާލިއެވެ.

މި މަންޒަރު ބަލަން ޔުމްނާ އެއްލޯ ހުޅުވައިގެން އޮތެވެ.

*** 26 ވަނަ ބައި ***

ޔުމްނާ އެއްލޯ ހުޅުވައިގެން އޮވެ ހުސްނާ އޭނާގެ ދާވަށިގަނޑު ކޮޓަރިން ނެރުނު މަންޒަރު ބަލަން އޮތެވެ. އޭރު އޭނާގެ މޫނުމަތީގައި މަކަރުވެރި ހިނިތުންވުމެއް ކުޅެލެވިފައި އޮތެވެ. ޔުމްނާ ގައިގައި އޮޅާފައި އޮތް ރަޖާގަނޑު ނިއުޅުވާލުމަށްފަހު ތެދުވިއެވެ. އަދި މަޑުމަޑުން ގޮސް ކޮޓަރިން ނުކުތެވެ.

ޔުމްނާ ސިއްރު ސިއްރުން ގޮސް ބޭރު ފެންޑާގޭ ތެރެއަށް ބޯ ދިއްކޮށްލިއެވެ. އޭރު ހުސްނާ އޯކަށް ދެމި ދެމިފައި އެއްޗެހި ދޮންނަމުން ދިޔައެވެ. މި މަންޒަރު ފެނި ޔުމްނާއަށް އިތުރަށް ހެވުނެވެ.

“ތިހާ ސިއްރުން ކޯންޗެއް ބަލަނީތަ؟” މިހެން ބުނި އަޑަށް ޔުމްނާ ސިއްސައިގެން ގޮސް ފަހަތަށް ބަލާލިއެވެ. އޭރު ޔުމާން ޔުމްނާގެ ފަހަތުގައި ހުއްޓެވެ. މި ތަން ފެނި ޔުމްނާގެ މޫނުމައްޗަށް ވެރިވި ފޫހިކަން ޔުމާންއަކަށް ވަންހަނާއެއް ނުވިއެވެ.

“ކީއްކުރަނީތަ މިތާ؟” ހަރުކަށި ގޮތަކަށް ޔުމްނާ އެއްސެވެ. ޔުމްނާގެ މިޒާޖަށް އެ އައި ބަދަލު ފެނިފައި ޔުމާން ކުޑަކޮށް ފަސް ޖެހުނެވެ. “ކަމެއް ކުރަންތަ މިތާ ހުންނަންވީ؟” ޔުމާން ރައްދު ދިނެވެ. “ތިހެން މީސްމީހުންގެ ފަހަތުގައި ހުރީމަ ބިރު ގަންނާނެކަމެއް ނޭނގޭ ދޯ؟!” ޔުމްނާގެ އަޑު ބާރުވިއެވެ. “އަހަރެން އުޅުނީ ޔުމްނާ ބިރު ގަންނުވާކަށް ނޫނޭ!” ޔުމާންގެ އަޑުވެސް ބާރުވިއެވެ. ޔުމްނާގެ ރުޅި އިހުނަށް ވުރެ ގަދަވިއެވެ.

“މިހާރު އަހަރެންގެ ކުރިމަތީ އަޑުލާން ފެށީދޯ؟ ތީ ކާކަުތަ އަހަރެންނާއި ދިމާއަށް ބާރަށް ބަސް ބުނަން؟ އޭނ!؟” ޔުމްނާ ޔުމާން އާއި ދިމާއަށް ހަޅޭލަވައިގަތެވެ. މި އަޑު އިވިފައި ހުސްނާ އަވަސްއަވަހަށް މެޝެނު ދޮށުން އެނބުރި ގޮސް ޔުމާން އާއި ޔުމްނާ ޒުވާބު ކުރަން ތިބި ކަންމައްޗަށް އައެވެ.

“ކިހިނެއް ވެގެންތަ މިއުޅެނީ؟؟” ހުސްނާވެސް ނުރުހިފައި ހުރި ފަދައަކުން އެއްސެވެ. “މިއުޅޭ ޔުމާން އަހަރެންނާއި ދިމާއަށް އެއްޗެހި ގޮވީ މިތާ ހުރެގެން!” ޔުމްނާ ޔުމާންއާއި ދިމާއަށް އިނގިލި ދިއްކުރަމުން ބުންޏެވެ. މި ތަން ފެނި ޔުމާން ވަރަށް ބޮޑަށް ދެރަވިއެވެ. އޭނާގެ ލޯބިވާ ކޮއްކޮ ދުވަހަކުވެސް ޔުމާންއާއި ދިމާއަށް ބާރަށް އެއްޗެހި ބުނެ، އޭނާއާއި މެދު ދޮގު ވާހަކަތަކެއް ނުދައްކައެވެ. ނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ޔުމްނާއަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުން އެއީ ހަމަ ޔުމާންގެ ލޯބިވާ ކޮއްކޮ ޔުމްނާ ބާވައޭ ހިތަށް އަރާ ފަހަރު މަދެއް ނޫނެވެ. ޔުމާންގެ މޫނުމައްޗަށް އެރި ހިތާމައިގެ ކުލަވަރު ހުސްނާއަކަށް ވަންހަނާއެއް ނުވިއެވެ. “އެއީ ތެދެއްތަ ޔުމާން؟” ހުސްނާ އެއްސެވެ. ޔުމާން މަޑުމަޑުން އިސްޖަހާލިއެވެ. އަދި އެއްވެސް އެއްޗެއް ނުބުނެ ބާރުބާރަށް ހިނގައިގަތެވެ.

ހުސްނާ ވަރަށް ބޮޑަށް ހައިރާންވިއެވެ. ޔުމާންއަކީ އެއް އިރެއްގައިވެސް ޔުމްނާއާއި ދިމާއަށް އަޑުލި މީހެއް ނޫނެވެ. ކުއްލިއަކަށް މިވީ ކހިނެއް ހެއްޔެވެ؟ ނަމަވެސް ޔުމްނާ ކައިރީގައި ވީ ކހިނެއްތޯ އޮޅުން ފިލުވަންވެގެން ޔުމްނާއާއި ދިމާއަށް އެނބުރިލިތަނާ ޔުމްނާ މޫނު ކުނިކޮށްގެން ހުރެގެން ހިނގައްޖެއެވެ.

ހުސްނާއަށް ގޮތް ހުސްވި ކަހަލަ އިހްސާސެއް ކުރެވުނެވެ. އޭނާގެ ސަބަބުން އޭނާގެ އާއިލާވެސް އެ ވަނީ ރޫޅެން ފަށާފައެވެ. ހުސްނާ ބޮލުގައި އަތް އަޅައިގެން ހުރެ ފެންޑާގެއާއި ދިމާއަށް ދިޔަތަނާ މީހަކު ސަލާން ގޮވި އަޑު އޭނާއަށް އިވުނެވެ. ހުސްނާ އަވަސްއަވަހަށް ބުރުގާ އެޅުމަށްފަހު ފެންޑާ ބޭރަށް ބޯ ދިއްކޮށްލިއެވެ. އޭރު ފެންޑާ ބޭރުގައި މެދު އުމުރުގެ ފިރިހެނަކާއި ބޮލުގައި ނުރަ ޖަހާފައި ހުރި އިސްކޮޅުން ކުރު ފިރިހެނެކެވެ. ހުސްނާ ބޭރަށް ނުކުތުމުން އެ ދެ މީހުންގެ ތެރެއިން ބޮލުގައި ނުރަޖަހާފައި ހުރި މީހާ ކުރިއަށް ޖެހިލިއެވެ.

“އަހަރެންގެ ނަމަކީ ޞިއްދީޤު. އަހަރެން މިއީ ހުސްނާ ތިހޯދާ ފަންޑިތަވެރިޔާ.” ޞިއްދީޤު ތައާރަފުވެލިއެވެ. ހުސްނާވެސް ތައާރަފުވެލިއެވެ. “މިއީ އަހަރެންގެ ދަރިފުޅު ސަލީމް” ޞިއްދީޤާއި ޖެހިގެން ހުރި ފިރިހެން މީހާއަށް އިޝާރަތް ކުރަމުން ބުންޏެވެ. ހުސްނާ ސަލީމާއިވެސް ސަލާން ކުރިއެވެ. “އަވަހަށް އެތެރެއަށް ވަދޭ” ހުސްނާ ދައުވަތު ދިނެވެ. ނަމަވެސް އެއަށްވުރެ ބޮޑަށް ޞިއްދީޤުގެ ޝައުގުވެރިކަން ހުރީ ގޭގެ ބޭރު ފާރާއި ތަންތަން ބެލުމުގައެވެ. “ބޭބޭ..؟” ހުސްނާ ގޭތެރެއަށް އިޝާރަތް ކޮށްގެން ހުރެ ބުންޏެވެ. އޭރު ޞިއްދީޤު ގޭގެ ބޮޑު ދޮރުން ނުކުމެ ގޭގެ ވަށައިގެން ހިނގަން ފެށީ ހާސްވެފައި ހުރެއެވެ.

“ކިހިނެއްވީތަ އަނެއްކާ؟” ހުސްނާ ހާސްވެފައިހުރެ އެހިއެވެ. އޭރު ޞިއްދީޤު ދިޔައީ ހާސްވފައިހުރެ އެއްޗެހިތަކެއް ކިޔަމުންނެވެ. “އަހަރެން އޭރު އައި އިރަށްވުރެ ހާލަތު މިހާރު ގޯސް….” މޮޔައެއްހެން ބޯ ހޫރުވަމުން ޞިއްދީޤު ކިޔަމުން ދިޔައެވެ. “ކޮބާތަ ކަލޭ މަންމަ ދޫކޮށްފަ ދިޔަ ފޮތް؟؟” ކުއްލިއަކަށް ހުސްނާއާއި ދިމާއަށް އެނބުރިގަނެފައި ޞިއްދީޤު އެއްސެވެ. “ފޮތްވީ އަހަރެންގެ ކޮޓަރި ތެރޭގައި” ހުސްނާ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖަހަމުން ބުންޏެވެ. ޞިއްދީޤުވެސް ހުސްނާގެ ފަހަތުން ގޭތެރެއަށް ވަނެވެ.

ހުސްނާ ކޮޓަރިއަށް ވަނުމަށްފަހު އެނދު ދަށުން ފޮށި ނެރުނެވެ. އަދި ފޮށި ތަޅުދަނޑިން ހުޅުވުމަށްފަހު އޭގައި ހުރި ފިޔޮހިތަކާއި ބުދުތައް އެއްފަރާތް ކުރުމަށްފަހު ފޮތްތައް ނެގިއެވެ. އޭގައި ހުރި ބުދުތަކައް ބަލަމުން ޞިއްދީޤު އެއްސެވެ. “ކޮއަށް އެނގޭތަ ފަންޑިތައިގެ ކަންކަން؟” ހުސްނާ ފޮތް ނަގާ އެނދުމަތީގައި ބޭއްވިއެވެ. “ކޮންމެވެސް ވަރަކަށް އެނގޭ…” ހުސްނާ ޖަވާބު ދިނެވެ. ޞިއްދީޤު އެނދުމަތީގައި އޮތް ފޮތް ހުޅުވާލިއެވެ. އަދި ކޮންމެ ގަނޑެއްވެސް ވަރަށް ފަރުވާތެރިކަމާއެކީ ބަލަމުން ދިޔައެވެ.

“އަހަރެން މި ފޮތް ބެލި ފަހުން މީގައި ހުރި ކުރެހުންތަކުގެ ކުލަ މިވަނީ ގަދަވެފަ. ބޮޑަށް ލަފާކުރެވެނީ ކޮއިގެ މަންމަމެން ހެދި ސިހުރުގެ ނޭދެވޭ އަސަރު ކުރަނީ ހެން. އެ ރަނގަޅު ގޮތެއްގައި ދެމެހެއްޓިފައި ނެތުމުގެ ސަބަބުން އެ ސޮހުރު އެ އުޅެނީ އަނބުރާ ހުސްނާއަށް ޖެހެން” ޞިއްދީޤު ފޮތުގެ ގަނޑުތައް އުކަމުން ބުންޏެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mariyam Imna
Follow Me Written By

Mariyam Imna

Level 210 Stories100 Login

Other Articles

Previous

ހިތުގެ ރިހުން (34)

Next

ތިޔައީ މަގޭ މިތުރާއޭ 5

Next
October 8, 2025

ތިޔައީ މަގޭ މިތުރާއޭ 5

Previews
October 8, 2025

ހިތުގެ ރިހުން (34)

6 Comments!

  1. [email protected] says:
    October 8, 2025 at 9:27 am

    When is the next part coming . And why are you taking so long to publish s new part. It has almost been a month after you posted a new one

    1. Mariyam Imna Mariyam Imna says:
      October 9, 2025 at 6:36 pm

      Hi Reehsaswan!
      Yes, I know i have been quite behind publishing this story, but that’s due to my busy schedule this month.
      I’m deeply sorry for the delays, and I will try my best to upload the story daily.
      Insha Allah next Saturday ga dhen oi bai kiyaalan libeyne. 🤗

  2. 🤍 Eekko 🤍 says:
    October 8, 2025 at 3:25 pm

    Anehka Husna ah e jinni gandu jeheny tha??!!
    Alhe Kon fanditha e tha hus na ge mama hethy!?
    I anm so so so curious!
    Can’t wait for the next one!
    When next??

    Lysssm 😘

    1. Mariyam Imna Mariyam Imna says:
      October 9, 2025 at 6:42 pm

      Hello Eekko!
      Let’s see what Husna’s next move is👀
      Knowing Sareefa, she could have done anything
      Insha Allah next Saturday ga upload kohllanan💪
      Lyttt!!

  3. Kudu says:
    October 8, 2025 at 7:19 pm

    Maashaa Allah mi part ves v Reethi 💗
    Busy kamun kury ep ga comment eh nukurevuny 😭😭😭😥
    Husna mom konkahala fanditha eh hadhaegen baa miulheny 🤔😭
    Is it connected to faraa 😭
    Kihineth baa mivanee
    Husna ah e jinniiii avalaan ulheny tha
    Full of questions 😅
    So curious
    Tc
    Lysm (>❤️<)

    1. Mariyam Imna Mariyam Imna says:
      October 9, 2025 at 6:46 pm

      Hi Kuduu!
      Its okay to be busy, I feel you😭
      Let’s see what Sareefa did this time dhw 😮‍💨
      The truth is about to be revealed real soon, so stay put!
      Husna ah ves jinni avalavvanvee dhw😂
      Im so glad you loved this part as well!
      Lyttt!🤍🤍🤍

Comments are closed.

Next Episodeހަވޭލީ – ހަތާވިސްވަނަ ބައި←


All Right Reserved!