Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޭގެ ބަދަލް-12

Bloom Level 110 Stories
October 7, 2025 3 Mins Read
0 Comments

އެލްވިން ނިދާހެދުމުގައި އިނީ ޓީވީ ބަލާށެވެ. އެލްވިން އަތުގައި އިން ޕޮޕްކޯން ތަށިން އޭނާ ދިޔައީ އަނގަ ހުސްވާވަރަކަށް އަތް ފުރައި ނަގާ ކަމުންނެވެ. ގޭތެރޭގައި ހޫނުވާތީ އެލްވިން އިނީ ސޯފާ ފަހަތުގައި އިން ކުޑަދޮރު ހުޅުވައިގެންނެވެ. ޓީވީން ދައްކަމުން ދިޔަ އެއްޗަކަށް މާބޮޑަށް ގެއްލިފައި އިނުމުން އެގެޔަށް މީހަކު ވައިން ކަމެއްވެސް އޭނާ އަކަށް ނެިއންގުނެވެ. އެމީހަކު ވަރަށް ސިއްރުސިއްރުން ގޮސް ބަދިގެޔަށް ވަނެވެ. އެމީހަކު އެކުރާކަމެއް ކޮށްފައި ދިޔައިރުވެސް އެލްވިން ހުރީއެވެ. އެއްވެސް ކަމެއް އޭނާ އަކަށް ރެކައެއް ނުލައެވެ.

*ޕާރްޓް-12*

މަސަށްކައް ނިއްމައިލައިފައި އިވާން ގެޔަށް އައިރު އެލްވިން ވަނީ ނިދަން ގޮހެވެ. އޭނާ ވެސް އިތުރަށް ހޭލާ ނުހުރުމަށް ވަނީ ކޮޓަރިއަށެވެ. ވަރުބަލި ވެފައި ހުރުމުން ނިކަން އަވަހަށް އިވާން އަށް ނިދުނެވެ.

ސޯނާކޮށްފައިއިން ގަޑިން އެލާމް ވާން ފެށުމުން އެލްްވިން އަވަހަށް ތެދުވިއެވެ. ނުތެދުވެ. އަލުން ނިދައިފިއްޔާ އޭނާ އަކަށް ވަޒީފާ އަކަށް ނުދެވޭނެއެވެ. ފެން ވަރާ ރީތިވެލައިގެން އެލްވިން ނުކުތީރު އިވާން އައިސް ވަނީއެވެ.

“ތިއައީ..؟” އެލްވިން ހައިރާން ކަމާއި އެކީ އެހިއެވެ.

“ޕާން ގަނެގެން..” އިވާން އޭނާ އަތުގައި އޮތް ޕާން ކޮތަޅު ދައްކައިލަމުން ބުނެލިއެވެ.

ދެމީހުންވެސް ސައިބޮމުން ދިޔައިރު އެލްވިން ދިޔައީ ވާހަކަ ދައްކަމުންނެވެ. އޭނާގެ ފަހަތުން މީހަކު އައި ކަމަށް ކިޔައިދިނެވެ. ދެން އޭނާ ގެޔަށް އައީ ކައިޒެން އާއި އެކީ ކަމަށް ވެސް ބުންޔެވެ.

“ކޮބާ އެއްވެސް އެއްޗެއް ފެނުނުތަ..؟” އެލްވިން އަނެއްކާ ވެސް އަހާލިއެެވެ.

“އާން ދެން ފެނުނު.. އެކަމު އެމަގުގަ ހުރި ސީސީޓީ ކެމެރާ އިނީ ހެކް ކޮށްލާފަ ކަންނެއިންގެ.. އެވަގުތަށް ހަމަ ތިން ދުވަހުވެސް އިނީ އެއް ފުޓޭޖް އެއް ރިޕީޓް ވާގޮތަށް..” އިވާން ކިޔައިދިނެވެ.

“ކީއްވެ މީހުން ކޮންމެހެން އެ ކެމެރާ ހެކް ކޮށްލާނީ.. ތިކަމެއް ކުރި ބަޔަކެއްނު ތިވަނީ މަންމަމެންގެ މަރުގެ ފަހަތުގައި ވާބަޔަށް.. އެހެން ވީރު ކީއްކުރަން ކެމެރާ ހެކް ކޮށްލަންވީ.. އަވަހަށް ދާންވީނު އެތާ މީހުން ކައިރީ އަހާލަން..” އެލްވިން ބުނެލިއެވެ. އޭނާ ވަނީ ހާސްވެފަ އެވެ. މަންމަމެންގެ މަރުގެ ފަހަތުގައި ވާބަޔެއް އެވަނީ ހުރިހާ ކަމަކަށްވެސް ވަރަށް ތައްޔާރު ވެފައެވެ. އެހެންކަމުން ކަމުގެ ހަޤީޤަތް ހޯދުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ.

“ހޫމް.. ތިޖެހުނީ މިއަދު ދާކައްނު..” އިވާން އެއްބަސް ވިއެވެ.

ދެބެން ވެސް އެއްކޮށް ސައިބުއިގެން އިވާން އެލްވިން ހޮސްޕިޓަލަށް ލައިފައި ދިޔައީ ޕޮލިސް ސްޓޭޝަން އަށެވެ. އޭނާ ކެބިން އަށް ވަނީރު ހިރާ މާކުރިން އިނީ ވަދެއެވެ. އޭނާ އިނީ ފޯނާ ކުޅޭށެވެ. ވީ ފޫއްސެއްގެ ބޮޑުކަމުން އިވާން އަށް ބޭއިހްތިޔާރުގައި މޫނަށް ވައްތަރެއް ޖައްސާލެވުނެވެ.

“ކިހިނެއްވެފަ ތީނީ..؟ ބިޓު ކެޓީތަ..؟” އިވާން އައިސް އިށީނުމުން ހިރާ ޖެއްސުމުގެ ރާގަކަށް އަހާލިއެެވެ.

“ހުރެގެެނެއްނު..” ކައިޒެން ވެސް ހިރާ އާއި އެއްބައި ވެލައިގެން ހުރެ ބުނެލިއެެވެ. އިވާން ލޯއަނބުރާލި އެވެ.

ޕެއިޝެންޓް ދިއުމުން އެލްވިން ގޮޑީގައި ހަމަޖެހިލިއެވެ. އަޅައިގެން އިން ވަށް ނަންބަރު އައިނު ހެޔޮވަރުކޮށްލާފައި އޭނާ ނޯޓްފތް ނެގިތަނާހެން ފޯނަށް ނޮޓިފިކޭޝަން އެއް އައެވެ. އެލްވިން ހައިރާންވީ އޭގައި އަންނޯން ނަމްބާރް އޭ ޖަހައިފައި އިނުމުންނެވެ. އޭނާ މާވަރަކަށް ނުވިސްނަ މެސެޖް އޯޕަން ކޮށްލިއެވެ.

“ކަންކަން މާގޯހުން ގޯހަށް ނުދަނީސް، ކަލޭގެ މައިންބަފައިންގެ މަރުގެ ހަގީގަތް ހޯދަން ތިކުރާ މަސަށްކަތް ހުއްޓާލާ..” އެލްވިން އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. އޭނާ ވިސްނާލިއެވެ. މިމީހަކަށް މިަކން އެނގުނީ ކިހިނެއް ހެއްޔެވެ. އެއީ ކާކު ހެއްޔެވެ. އެލްވިން އަވަހަށް އެމެސެޖްގެ ސްކްރީން ޝޮޓް އެއް ނަގާލިއެެވެ. މި މެސެޖް އިވާން އަށް ކޮންމެހެން ދައްކަން ޖެހެއެވެ.

އެލްވިންގެ ހިތް ބިރުގަތެވެ. “ކަންކަން ގޯހުން ގޯހަށް..” އެމާނަ ކުރީ ކިހިނެއް ހެއްޔެވެ. އަނެއްކާ އޭނާ އާއި އިވާން އަށް ނުރައްކަލަކާއި ކުރިމަތި ވަނީހެއްޔެވެ. އެލްވިންގެ ސިކުނޑި ބާރުވަމުން ދިޔައީ އެފަދަ ވިސްނުން ތަކުންނެވެ.

“އެލް ބުންޔޭ ކައިޒެން ރޭގަ އެލް ގެޔަށް ލައިދިން ވާހަކަ..” އިވާން މިފަހަރު ވާހަކަ ދެއްކީ ކައިޒެން އާއި އެކީ ޓެރެސް މަތީ އިދެއެވެ.

“ހޫމް.. އޭނަ ބުނީ މީހަކު އޭނައަށް ފޮލޯ ކުރަނީއޭ ވެސް.. އެހެންވެގެން..” ކައިޒެން ހީއްކުރީ އިވާން ރުޅިއަންނާނެ ކަމަށެވެ. ނަމަވެސް އެހެނެއްނޫނެވެ. އިވާން ޖަހާލީ ހިނިގަނޑެކެވެ.

“ދެން އެނގެއޭ..”އިވާން އެހެން ބުނެލިތަނާހެން ހިރާ އައިސް އެދެމީހުން ކައިރީ ހުއްޓިލިއެވެ.

“މިތާ އުޅޭ ކުދިން ހާދަ ފޮންޔޭ ދޯ.. އަނގައިން ބަހެއްވެސް ބުނެނުލާ..” ހިރާ ކޮފީތަށިން ކޯވަރެއް ބޯލިއެެވެ.

“ކާކު ތިހާ ފޮނު މީހަކާ ވާހަކަދައްކާ ހިއްވާނީވެސް..” އިވާން ބުނެލިއެވެ.

“ކަލޭވެސް ވަކި..” ހިރާ ހުއްޓުން އެރީ ފޯނު ރިންގުވާން ފެށީމައެވެ.

ބަލާލީރު މަންމަ އެވެ. މަންމަ ކަމުން ފޯނު ނުނަގަ ވާކަށް ނެތެވެ. އިވާން އާއި ދިމާއަށް ލޯ އަޅާލައިފައި ހިރާ ތަންކޮޅެއް ދުރަށް ހިގައިގަތެވެ.

“ކަލޭމެން ދެމީހުން ތިހެން ރުޅިއައިސް ގެން އުޅެފަ އެއްމެފަހުން އޮންނާނީ ލޯބިވެފަ ތޯއްޗެއް..” ކައިޒެން އިނީ އިވާން އާއި ހިރާގެ ކުޅިގަނދު ފެނިފަިއި ހިނިއައިސް ފައެވެ.

“ޗި.. މަ، އޭނަ ދެެކެ، ލޯބި ވާނީ.. ނޯ، ދުވަހަކުވެސް..” އިވާން މޫނަށް ވައްތަރެއް ޖައްސާލައިފައި ބުނެލިއެވެ.

ރޭގަނޑު ބްރޭކް ލިބުމުން އެލްވިން ދިޔައީ ކައިރީ ފިހާރެއަކަށް އެއްޗެއް ގަނެލާށެވެ. ފިހާރެއަށް ވަނީރަށް އިވާން ގުޅިއެވެ.

“ހެލޯ.. ދޮންބެ މިހާރު ތީނި ގޭގަ ދޯ..” އެލްވިން ފިހާރެތެރެއަށް ވަނެވެ.

“އާން.. އެލް އަދި ނުނިމެދޯ.. ނިމުނީމަ ދޮންބެއަށް ގުޅާލައްޗޭ..” އިވާން އެދުނެވެ.

“އާން.. ހީވަނީ އަވަހަކަށް ނުވެސް ނިމޭނެހެން.. އަދިވެސް ވަރަށް މަސަށްކަތް އެބޮތް..” އެލްވިން ކައުންޓަރު ކައިރިއަށް ގޮސް އޭނާ ގެނަ އެއްޗިހި ބަހައްޓާލިއެވެ.

“އާން ދޮންބޭ އެނޣޭތަ މިއަދު ކޮންމެވެސް މީހަކު އެލް އަށް މެސެޖްކުރަނީ.. ހުރޭ ފޮނުވާލާނަން އެސްއެސް އެއް.. ނުވެސް ދަންނަ ނަންބަރަކުން..” އެލްވިން ފިހާރެއިން ނުކުމެފައި ބުނެލިއެވެ.

“އެހެންތަ.. އަވަހަށް ފޮނުވާލާ..” އިވާން ވެސް އެމެސެޖް ބަލާލާ ހިއްވިއެވެ.

ފޯނުކަޑާލުމަށްފަހު އެލްވިން އެ ސްކްރީން ޝޮޓް އިވާން އަށް ފޮނުވާލިއެވެ. މަގުކުރުކޮށްލަންވެގެން މިފަހަރު އޭނާ އަޅާލީ ތަންކޮޅެއް ހިމަ ގޯޅި ގަނޑަކަށެވެ. ހިގަމުން ދަނިކޮށް ފަަހތުން މީހަކު އައިސް ކުއްލިއަކަށް އޭނާގެ އަނގަމަތީ ފޮތިކޮޅެއް ޖައްސާލިއެވެ. ސިއްސައިގެން ދިޔަވަރުންނާއި ގަތްބިރެއްގެ ސަބަބުން އެލްވިންއަށް ތެޅިގަނެވުނެވެ. ނަމަވެސް ހަމައެވަގުތު ލޯ މައްޗަށް މަންޒަރު ފުސްވެ އޭނާ އެމީހެއްގެ އަތްމައްޗަށް ދެމުނެވެ.

*ނުނިމޭ*

ވާހަކަ އަޕްލޯޑް ކުރަން ގިނަދުވަސް ވީތީ ހުރިހާ ކިޔުންތެރިންގެ ކިބައިން ވަރަށް ބޮޑަށް މަޢާފަށް އެދެމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Bloom

Level 110 Stories

Other Articles

Previous

އިޒްނިފާ

Next

ހިތުގެ ރިހުން (34)

Next
October 8, 2025

ހިތުގެ ރިހުން (34)

Previews
October 7, 2025

އިޒްނިފާ



All Right Reserved!