Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ލޭގެ ބަދަލް-11

Bloom Level 110 Stories
September 27, 2025 3 Mins Read
0 Comments

“ބީ ސޭފް..” އެލްވިން ބޯޖަހާލިއެވެ. ކައިޒެން ދިއުމުން އޭނާ ވަނެވެ. ކައިޒެން އާއި ވާހަކަދައްކައި ލެވުނީމާ އެލްވިން ހުރީ ނިކަން އުފަލުންނެވެ. ކޮންމެ ދުވަހަކުވެސް މިގޮތަށް ކައިޒެން އާއި ވާހަކަ ދައްކައި ލެވޭނެ ނަމައެވެ. އެކަހަލަ ފޮނި ހިޔާލުތަަށް ކުރަމުން އެލްވިން ގެޔަށް ވަނެވެ.

*ޕާރްޓް-11*

ހިރާ މަސަށްކަތް ކުރަމުން ދިޔައިރު އިވާން ހުރީ އޭނާގެ މޭޒުކައިރީ ފައިލްތަކެއް ހިފައިގެން އެބަލާށެވެ. އިރުކޮޅެއް ނުވެ ހިރާ “ނިމުނީއޭ” ގޮވާލިއެވެ. އިވާން ސިއްސައިގެން ދިޔަވަރުން ގޮޑިން ނުވެއްޓުނީ ކިރިއާއެެވެ. މިމަންޒަރު ފެނި ހިރާ ނިކަން ބާރަކަށް ހޭން ފެށިއެވެ. އިވާން ހިރާ އަށް ބަލާލައިފައި މޫނަށް ވައްތަރެއް ޖައްސާލިއެވެ. ހިރާ ބަނޑުމަތި އަތް އަޅައިގެން ހުރެ ހަމަ ހެނީއެވެ. އިވާން އަށް އިނގިލި ދިއްކޮށްކޮށްފައި ހަމަ ހެނީއެވެ.

“މާގިނައިން ހެނިކޮށް ކޮށިއަރައިފާނެ ޕްރިންސެސް..” އިވާން އެހެން ބުނެލީ ހިރާގެ ހުނުން ހުއްޓުވާލުމުގެ ނިޔަތުގަ އެވެ. ވީވެސް އެހެނެވެ. ހިރާ ވަގުތުން ހީއްގޮވުން ހުއްޓާލިއެވެ.

“ބުނެފީމެއްނު ތިހެން ނުކިޔާށޭ..” ހިރާ ބުނެލިއެވެ.

“މައި ޗޮއިސް..” އިވާން އެއް ބުމަ އަރުވާލައިފައި ބުނެލިއެވެ. ހިރާ އެކެއްޗެކޭވެސް ނުބުނެ ބަލަން ހުރީއެވެ. ހިރާ ބަލާކަން އެނގުމުން އިވާން ވެސް ހިރާ އަށް ބަލައިލިއެވެ. އިވާން ބަލަން ފެށުމުން ހިރާ ނަޒަރު ބަދަލު ކޮށްލިއެވެ.

“މިއީ ކޮން ދުވަހެއްގެ ފުޓޭޖް އެއް..؟” އިވާން އަހާލިއެވެ.

“22 ޖުލައި 2023ގެ..” ހިރާ ޖަވާބު ދިނެވެ. އެއީ އިވާންގެ މައިންބފައިން މަރުވި ދުވަހެވެ. ފުޓޭޖް އިން އެއްވެސް އެކްސިޑެންޓް އެއް ހިގިކަމަކަށް ނުދައްކައެވެ. އެއީ ކީއްވެހެއްޔެވެ. އިވާން އަނެއްކާވެސް އޮޅާލައިފައި ބަލާލިއެވެ. އޭނާގެ މައިންބަފައިން އެކްސިޑެންޓްވީ ގަޑިން ރޭގަނޑު 11 ޖަހަނިކޮށެވެ. ނަމަވެސް އެވަގުތަށް ސީސީޓީވީއިން ދައްކަނީ ސައިކަލެއް ދާތަނެވެ. ކޮންމެވެސް ނުބައެެއް އެބަ އުޅެއެވެ.

“21 ޖުލައި ދައްކާބަ..؟” އިވާން އެދުނެވެ.

“ކީއްވެތަ މިމާވަރަކުން ތިބަލަނީ.. މަސަށްކަތް ކުރާ ކޭސް އެއްގެ އެއްޗެއްތަ..؟” ހިރާ އަހާލިއެވެ.

“އުހުން އެހެން ކަމަކު..” އިވާންގެ ނަޒަރު ހުއްޓިފައި ހުރީ ކޮންޕިއުޓަރްގެ ސްކްރީން އަށެވެ. ހިރާ ދެއްކީ 21 ޖުލައިގެ ސީސީޓީވީ ފުޓޭޖް އެވެ. އިވާން އަނެއްކާވެސް އޮޅާލިއެވެ. ހަމައެވަގުތަށް އިނީ ސައިކަލެއް ހުރަސްކޮށްލިތަނެވެ. އެއްވެސް ތަފާތެއްނެތެވެ. އެކަމު ދެ ދުވަހު އެކަކު ހަމަ އެއްގޮތަކަށް އެއްމަގަކުން ދާންވީ ކީއްވެ ހެއްޔެވެ.

“23 ޖުލައި..” އިވާން އަނެއްކާވެސް ބުނެލިއެވެ. ބަރުހިތަކާއި އެކު ހިރާ އަނެއްކާވެސް މަސަތްކަށް ފެށިއެވެ. ސިކުންތުކޮޅެއް ތެރޭގައި ހިރާ 23 ޖުލައިގެ ސީސީޓވީ ފުޓޭޖް ދައްކާލިއެވެ. ހަމަ އެއްފަދައެވެ. އިވާން ހާސްވިއެވެ. މިވާނީ ކޮންމެވެސް ބަޔެއް ރާވައިގެން ކުރިކަމަކަށެވެ.

“އެއްގޮތަކަށް ދޯ މިވަނީ ހަމަ އެވަގުތަށް..؟” ހިރާ ބުނެލިއެވެ. އިވާން ވެސް އެއްބަސް ވިއެވެ.

“އަސްލު ކޮންދުވަހަކު ތިކަމެއްވީ..؟” ހިރާ އަހާލިއެވެ.

“22 ޖުލައި.. އެކްސިޑެންޓް އެއް ހިގީ މިމަގުގަ.. އެކަމު ހިޔެއްނުވޭ އެކްސިޑެންޓް އެއްހެނެއް، ހުރި ވަރިޖަހާ ބަޑިޖަހައިފަ ވެސް..” އިވާން ކިޔައިދިނެވެ.

“ކާކު އެކްސިޑެންޓްވީ..؟” ހިރާ އިނީ ވަރަށް ޝައުގުވެރިވެފައެވެ. އެހެންކަމުން ހިރާ ރުޅިއަރުވާލުމުގެ ގޮތުން އިވާން ބުނެލިއެވެ.

“އަމިއްލައަކަށް ހޯދާ..؟” އެހެން ބުނެ އިވާން ނުކުމެގެން ދިޔައެވެ.

“އޭޔް.. އޯކޭވާނެ ދޯ މިހާރު ގެޔަށްދިޔައަސް..” ހިރާ އަހާލިއެވެ. އިވާން ކޮނޑުއަރުވާލިއެވެ.

ކައިޒެން ކެބިން އަށް ވަނި އިވާން ދިޔަތާ މާގިނަ އިރެއް ނުވަނީސް އެވެ. އޭރު ވެސް ހިރާ އިނެވެ. އޭނާ އިނީ ފޯނުން ކޮންމެވެސް އެއްޗެއް ކިޔާށެވެ.

“ހާޔް.. ހިރާ ދޯ..؟” ކައިޒެން އައިސް އޭނާގެ މޭޒުކައިރީ އިށީންނަމުން ވާހަކަދެއްކިއެވެ.

“ލައްބަ..” ހިރާ ވެސް ހިނިތުންވެލިއެވެ.

“މިއީ ކައިޒެން ހިނގޭ.. އިވާން އާއި އެއްކޮށް އުޅޭ ކޮޕް..” ކައިޒެން އަމިއްލަ ތަޢާރަފް އެއް ދިނެވެ.

“އެއްޗެއް އަހާލަންތަ..؟” އިރުކޮޅަކު ވިސް ނަން ހުރެފަ ހިރާ އަހާލިއެވެ.

“ޔާރް، ގޯ އަހެޑް..” ކައިޒެން ކުރަން އިން މަސަށްކަތް ހުއްޓާލައިފައި އަޑުއަހަން ފެށިއެވެ.

“22 ޖުލައި 2023 ގަ އެކްސިޑެންޓް އެއް ހިގިއެއްނު..” ކައިޒެން ބޯ ޖަހާލީ އެއްބަސް ވުމުގެ ގޮތުންނެވެ.

“ދެން އެ އެކްސިޑެންޓްވި މީހުންނާ އިވާން އާއި އެއްވެސް ގުޅުމެއް ވޭތަ..؟” ހިރާ ލަދުން ހުރެ އަހާލިއެވެ.

“އޯހް.. އެއީ އިވާންގެ މަންމަ އާ ބައްޕަ..” ކައިޒެން ހަދަން ކޮށްލާފައި ބުނެލިއެވެ.

ހިރާ އަށް ލިބުނީ ހައިރާން ކަމެވެ. އޭނާ ދެރަވިއެވެ. އިވާން ހާދަ ދެރައެއްވާނެ ހެއްޔެވެ. އެއުޅެނީ މައިންބަަފައިންނަށް އިންސާފް ހޯދަދޭށެވެ.

“އޯހް.. ތެންކްސް.. ދެން ދަނީ.. ސީ ނެކްސް ޓައިމް..” ހިރާ ތެދުވެގެން ހިގައިގަތެވެ.

ހިރާ ގޮސް އޭނާގެ ސައިކަލަށް އަރައި ހެލްމެޓް އަޅަން އުޅެނިކޮށް އިވާން އަންނަތަން ފެނުނެވެ. ހިރާ ގާތަށް ނުލަފާ ހިންޔެއް އައެވެ. އޭނާ ހެލްމެޓް އަޅައި ސައިކަލު އިވާން އާއި ދިމާއަށް ދުއްވާލިއެވެ.

މާބާރަކަށް ސައިކަލެއް އޭނާ އާއި ދިމާއަށް އަންނާތީވެ އިވާން ހިގުން މަޑުކޮށްލިއެވެ. ސައިކަލު އައިސް ކުރިމައްޗަށް ހުއްޓިލިއެވެ. އެކުއްޖާ ހެލްމެޓް ކެޕް ހިއްލާލިއެވެ. އެއީ ހިރާ އެވެ.

“އެނގެއްޖެ އެއީ އިވާންގެ ކޮންބައެއްކަން..” ހިރާ ބުނެލިއެވެ.

“އެހެންތަ..” އިވާން ބުނެލިއެވެ.

“ސީޔޫ..” ހިރާ އެހެން ބުނެ ސައިކަލު ދުއްވާލިއެވެ. ހިރާ ދިޔަތަން ބަލަން އިދެފައި އިވާން ގޮސް ޕޮލިސް ސްޓޭޝަަނަށް ވަނެވެ.

އެލްވިން ނިދާ ހެދުމުގައި އިނީ ސިޓިން ރޫމުގައި ޓީވީ ބަލާށެވެ. އެލްވިން އަތުގައި އިން ޕޮޕް ކޯން ތަށިން އޭނާ ދިޔައީ އަނގަ ހުސްވާރަކަށް އަތް ފުރާ ނަގައި ކަމުންނެވެ. ގޭތެރޭގައި ހޫނުވާތީވެ އެލްވިން އިނީ ސޯފާގެ ފަހަތުގައި އިން ކުޑަދޮރު ހުޅުވައިގެނެވެ. ޓީވީން ދައްކަމުން ދިޔަ އެއްޗަކަށް މާބޮޑަށް ގެއްލިފައި އިނުމުން އެނގެޔަށް މީހަކު ވައިން ކަމެއްވެސް އޭނާ އަކަށް ނޭނގުނެވެ. އެމީހަކު ވަރަށް ސިއްރު ސިއްރުން ގޮސް ބަދިގެޔަށް ވަނެވެ. އެމީހަކު އެކުރާކަމެއް ކޮށްފައި ދިޔައިރުވެސް އެލްވިން ހުރީއެެވެ. އެއްވެސް ކަމެއް އޭނާއަކަށް ރޭކައެއް ނުލައެވެ.

*ނުނިމޭ*

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Bloom

Level 110 Stories

Other Articles

Previous

އަބަދަށް-35

Next

އެކުގައިވާނަން-12

Next
September 27, 2025

އެކުގައިވާނަން-12

Previews
September 27, 2025

އަބަދަށް-35



All Right Reserved!