”ދެން ޕީރިއެޑް ވެފަ ހުރީމައޭ..“ އާފުރިލަމުން ޔޫއާ ބުންޏެވެ. ”ހެހެ އޯކޭ އޯކޭ. ނާޔާ ބަލައިދީބަ.. ދޮންބެ ދައްތަ ފެންވަރާލަން މިދަނީ.. ދޮންބެ ދައްތަ މިއަދު ނިންމީމި ހަހަ“ ހިދާޔާ އުރުުގައި އިން ހިނާޔާ އަނގައިން އަތް ނެރެލަމުން ވާހަކަ ދެއްކިއެވެ. ޔޫއާ ބޯޖަހާލާފައި ހިނާޔާ އުރާލިއެވެ. ”މިހާރު ނާޔޫ ވަރަށް ބަސް ނާހާދޯ؟ އަބަދު އިނގިލިތައް ބޮނީ“ ޔޫއާ ހިނާޔާ އުރާލިއެވެ.
(4 ވަނަ ބައި)
”ނާޔޫ… ކޭން ޔޫ ބިލީވް އިޓް؟ ދޮންތި މިއުޅެނީ މީހަކާ އިންނަން. ދެން ދޮންތި ޖެހޭނީ ނާޔޫ ދޫކޮއްލާފަ ދާން.. ވަރަށް ދެރަވޭކަން… ދޮންތި ކިހިނެތްތަ ނާޔޫއާއި ދުރުގައި އުޅޭނީ“ ޔޫއާ ތުންކޮޅު އޮޅާލަމުން ވާހަަކަ ދެއްކިއެވެ. ހަގީގަތުގައިވެސް ހިނާޔާ ދޫކޮއްލާފައި ދާންވުމުން ޔޫއާ ހުންނަނީ ވަރަށް ދެރަވެފައެވެ.
ޔޫއާގެ މޫނަށް ބަލަން އޮތް ހިނާޔާ ހީލިއެވެ. ”ދޮންތި ދާތީ ނާޔާ އުފާދޯ ވަނީ؟“ ޔޫއާ ތުންކޮޅު އޫކޮށްލިއެވެ. އެއާއި އެކު ހިނާޔާ މައުސޫމް ގޮތަކަށް ހީލިއެވެ. ”ހެހެ ދޮންތި ފުއްގަނޑު“ ހިނާޔާގެ ކޯތާފަތުގައި ޔޫއާ ބޮސްދިނެވެ.
ކުޑަ ކޮޓަރިއެކެވެ. ކޮޓަރި ތެރޭގައި އެނދަކާއި ކުޑަ އަލަމާރިއެއްގެ އިތުރުން ކުޑަ ލޯގަނޑެއް ނޫން އެހެން އެއްވެސް އެއްޗެއް ނެތެވެ. ކޮޓަރި ތެރޭގައި ލުއި އަލި ކަމެއް ވީއިރު ކޮޓަރި ތެރޭ ކަނެއްގައި އިށީންދެގެން އިން އަންހެން ކުއްޖާ ފެންނަމުން ދިޔައީ ހިޔަންޏެއް ފަދައިންނެވެ. ”ޔާން… ނޫން… ޔާން އެއީ ހަމައެކަނި އަހަރެންގެ ހައްގެއް. ހަމަ އެކަނި އަހަރެންގެ.. ޔޫއާ!.. ހައު ޑެއާރް ޔޫ.. ޔާން އެއީ ހަމަ އެކަނި އަހަރެންގެ މީހެއް. ދުވަހަކުވެސް ޔާން އަހަރެން ނޫން އެހެން މީހަކަށް ނުލިބޭނެ…“ އެކުއްޖާ އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުންޏެވެ. އޭރު އެދެލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ.
ހިދާޔާ ފެންވަރައިގެން ނިކުން އިރު އެނދުމަތީގައި އޮށޯވެލައިގެން ޔޫއާން އޮތެވެ. ”ކޮން އިރަކު އައީ؟ ސައިބޯން ވީނުން؟“ ބޮލުގެ އިސްތަށިގަނޑުގައި ތުވާލި އައްސާލަމުން ހިދާޔާ އެއްސެވެ. ”ހަމަ ދެންމެ މިއައީ.. ކޯއްޗެއް ހެދީ ސައިބޯން؟“ ޔޫއާން ތެދުވެ ހަށިގަނޑު ދަމާލިއެވެ.
”ހުންނާނެ ކުދި ޕިއްޒާ ހަދާފަ. އުޅޭ ކާން؟“ ހިދާޔާ މޫނުގައި ކްރީމް ކޮޅެއް ހާކާލަމުން ވާހަކަ ދެއްކިއެވެ. ޔޫއާން ހީލާފައި ގޮސް ހިދާޔާގެ ހަށިގަނޑުގައި ފަހަތުން ބައްދާލިއެވެ.
”މްމްމް ހާދަ މީރުވަސް ދުވައޭ..“ ޔޫއާން ހިދާޔާގެ ދޮންކަރުގައި ވަސްގަނެލަމުން މަޑުމަޑުން ތުން ޖައްސާލިއެވެ ”ހެހެ.. ދޮރު ތަޅުނުލާ އެހުރީ.. ޔޫ ވަދެދާނެ.. އާންއަށްވެސް އެނގޭނެ ޔޫއެއީ ކިހާ ލާނެއް ކުއްޖެއްކަން“ ޔޫއާން ދުރުކޮއްލަމުން ހިދާޔާ ބުންޏެވެ.
”ހެހެ ހަމަ ޖެހިބަލަ.. އާން މިއައީ ދޮރު ތަޅުލާފައޭ. ކޮބާތަ ނާޔާ؟ ޔޫ ގާތުގަ؟“ ހިދާޔާގެ މޫނާއި މޫނު ގާތް ކޮއްލަމުން ޔޫއާން ވާހަކަ ދެއްކީ މަސްތީ ރާގެއްގައެވެ. ހިދާޔާ ބޯޖަހާލިއެވެ. ޔޫއާން ހިނިތުންވެލާފައި ހިދާޔާގެ ތުންފަތަށް ބޮސް ދިނެވެ.
ހިނދުކޮޅެއް ފަހުން ހިދާޔާއާއި ޔޫއާން ކޮޓަރިން ނިކުތެވެ. އޭރު ހިނާޔާ ގޮވައިގެން ޔޫއާ ސިޓިންގް ރޫމްގައި އިނެވެ. ”އަސްތާ.. ފެންވަރަން ދިޔަ މީހާ މިއީދޯ މިގަންނަ ގަނޑަކީ؟ މަށަށް ދަރިފުޅު ހަވާލު ކޮއްފަ މިމީހުން މާފޮޅުވަނީދޯ؟“ ޔޫއާ ދިމާ ކުރަން ފެށިއެވެ.
”އޭ ބުނަންތަ ވާހަކައެއް؟ ދެން ދޮންބެއަށް ދިމާ ކުރާނެ ކަމެއް ނެތް އިނގޭ؟ ޔޫ ވެސް ދުވަސްކޮޅަކުން ކައިވެނި ކުރެވޭނެ. އޭރުން ދޮންބެވެސް ހަމަ ތިހެން ކިޔާނަން“ ޔޫއާން ދޫނެރެލަމުން ބުންޏެވެ. ”އައްޗީޑީ.. ލައިކް އައި ވިލް ޑޫ އެނީ ތިންގް.. އެ ނިކްޔާން ނިދަންވެސް ޖެހޭނީ ހަމަ ބިންމަތީގަ.. އުނހޫން. ފާހަނާގަ އޮންނަން ޖެހޭނީ“ ޔޫއާ ތުންކޮޅު އޫކޮށްލަމުން ބުންޏެވެ.
ރޭގަނޑުގެ ވަގުތެވެ. ޓިކްޓޮކް ބަލަން އޮތް ޔޫއާ ގަޑި ބަލައިލިއެވެ. އޭރު ގަޑިން 45 7 ކެވެ. 8 ޖަހާ އިރު ނިކްޔާންއާއި ދިމާ ކުރަން ބުނެފައިވީކަން ޔޫއާ ހަނދާން ވިޔެވެ. ”އޭނަ ހަމަ އަންނާނެބާ ޔޫ ބަލާ؟“ ހިތާ ހިތުން ޔޫއާއަށް ސުވާލު ކޮއްލެވުނެވެ. އެވަގުތު ޔޫއާގެ ފޯނަށް މެސެޖެއް އައެވެ. ނުދަންނަ ނަންބަރަކުންނެވެ.
”8 ޖަހަން 15 މިނިޓް. ތައްޔާރު ވެގެން ހުންނާތި. 8 ޖަހަންވާ އިރަށް ދާނަން ޔޫއާ ބަލާ“ މެސެޖު ކިޔާލުމުން އެއީ ނިކްޔާންގެ މެސެޖެއްކަން ޔޫއާއަށް ދެނެގަނެވުނެވެ. އެހެން ކަމުން ފުންނޭވާއެއް ދޫކޮށްލާފައި ތެދުވެ ތައްޔާރު ވެލިއެވެ.
ބަރާބަރު އަށްގަޑި ސުންމިނިޓް ގައި ނިކްޔާން އައިސް ބަރުގޮނު އަޅުވާލިއެވެ. ނިކްޔާން ސީދާ ގަޑިއަށް އައުމުން ޔޫއާ ހިނިތުންވެލިއެވެ. ގަޑިއަށް ފަރުވާތެރިވާ މީހުންނަކީ ޔޫއާ ވަރަށް އިހްތިރާމް ކުރާ ބައެކެވެ. ޔޫއާ ބޭރަށް ނިކުން އިރު ސައިކަލުގައި ނިކްޔާން އިނެވެ. އައިސް ބްލޫ ޖީންސަކާއި އެކު އަޅި ކުލައިގެ ޓީޝާޓެއް ލައިގެން އިން އިރު ނިކްޔާން ވަރަށް ސްމާޓް ކަމަށް ދައްކައެވެ. އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮއްލާފައިވީ އިރު ކަރުގައި ރިހި ކުލައިގެ ފަށެއް އޮތެވެ.
”އަރާ“ ނިކްޔާން ބުނެލިއެވެ. ޔޫއާ ހީލާފައި ސައިކަލު ފަހަތަށް އެރިޔެވެ. ”ކޮންތާކަށްތަ މިދަނީ؟“ ޔޫއާ އަހާލިއެވެ. ”ހެހެ ކިތޭ ކުޑަޔަސް އަނގަ ވަރަށް ބޮޑުދޯ؟ މަޑުން އިނދެބަލަދެން ހެހެ“ ނިކްޔާން ބުނެލިއެވެ. ޔޫއާ އަނގަ ކުނި ކޮއްލާފައި ހަމަ ޖެހިލިއެވެ. ޔޫއާ އާއި ނިކްޔާން ސައިކަލުގައި ނައްޓާލިތަން ބަލަން ދުރުގައި އޭނާ ހުއްޓެވެ.
މަޑު ދުވެލީގައި އައިސް ނިކްޔާން ސައިކަލު މަޑު ކޮއްލީ ”ވެލްވެޓް އަވާރް“ ނަމަކަށް ކިޔާ ރެސްޓައުރެންޓްއެއް ކުރިމަތީގައެވެ. ”ކޮބާ ފައިބަންވީނުން؟“ ނިކްޔާން ބުނެލިއެވެ.
ޔޫއާ ގޮވައިގެން މީހުން ތަންކޮޅެއް ދުރު ހިސާބެއްގައި ނިކްޔާން އިށީނެވެ. ”އޯޑަރު ޖަހަންވީނުން؟“ ނިކްޔާން ބުންޏެވެ. ޔޫއާ ބޯޖަހާލިއެވެ. ”ކޯއްޗެއް ކާން ބޯން ބޭނުމީ؟“ ނިކްޔާން އެއްސެވެ. ”އާމް.. ޓޮމާޓޯ ޕާސްތާ؟ ދެން ބޯން ބްލޫ ބެރީ މިލްކްޝޭކް“ ޔޫއާ ބުންޏެވެ. ”އެކްސްކިޔުޒް.. 2 ޓޮމާޓޯ ޕާސްތާ އެންޑް ވަން ބްލޫ ބެރީ މިލްކްޝޭކް އެންޑް ވަން ޗޮކްލެޓް މިލްކްޝޭކް“ ނިކްޔާން އޯޑަރު ޖެހިއެވެ.
”ދެން ބުނެބަލަ. ކީއްކުރަންތަ އަސްލު ޔޫ ތިގެނައީ މިތަނަށް؟“ ޔޫއާ އެއްސެވެ. ”ކައިވެނި ކުރެވޭ އިރު މަޖުބޫރު ކައިވެންޏަކަސް ދެމީހުނަށް އެކަކު އަނެކަކާއި މެދު ކޮންމެވެސް އެއްޗެއް އެނގެން ޖެހޭނެ ކަމަށް އަހަރެން ގަބޫލު ކުރަނީ.. ސޯ.. އައިމް ޔޫސުފް ނިކްޔާން ނިހާލް.. މީހުން ލޯބިން ކިޔަނީ ޔާން.. އުމުރުން 23 އަހަރު.. އަހަރެން މަސައްކަތް ކުރަނީ ރަށު ހޮސްޕިޓަލު ލެބޯޓްރީގައި.. ދެން ލޯބީގެ ލައިފްދޯ؟ އެންމެ ކުއްޖަކާ ރައްޓެހިވީ.. އެވެސް ވަރަށް ކުރިން.. 17 އަހަރުގަ.. ކިޔެވުމަށް އުނދަގޫ ވާތީ އޭނަ ދޫކޮއްލީ.. އޭގެ ފަހުން ކުއްޖަކާ ރައްޓެހިވެސް ނުވަން ލޯތްބެއްވެސް ނުވަން.. މަންމަ މީހަކާ އިންނަން ކީމަ އަހަރެން ބުނީ މަންމަ ބޭނުން ކުއްޖަކު ހޯދައިދޭށޭ.. ސޯ.. ދެޓްސް އޯލް.. ދެން ޔޫއާ ކިޔާ“ ނިކްޔާން ކިޔައިދިނެވެ.
”ހަހަ އޯކޭ.. އައިޝަތް ޔޫއާ ހުމައިދު. 19 އަހަރު.. އޭލެވެލް ކިޔަވާ ނިމުނީ އިހަކަށް ދުވަހަކު.. ފަހު ޓެސްޓު ހެދި ދުހު ނޫން އަނެއް ދުވަހު ނިކްޔާން އަހަރެންގެ ގެއަށް އައީ.. ދެން ލޯބީގެ ލައިފް.. ދުވަހަކުވެސް ލޯތްބެއް ނުވަން.. ކުއްޖަކާ ރައްޓެހިވެސް ނުވަން.. ދެން ވަޒީފާ އަކު ނޫން..“ ޔޫއާ ކިޔައިދިނެވެ. ”އޭ ލެވެލް ނިންމާފަ ކިޔަވާ ހިތް ކެނޑުނީތަ؟ ހެހެ“ ނިކްޔާން އެއްސެވެ. ”ނޫން.. ޔޫގެ ބައްޕަ ގަބޫލު ކުރާ ގޮތުގައި އަންހެން ކުދިން ނުޖެހޭނެ ކިޔަވާކަށް.. ވަޒީފާއަށް ދާކަށްވެސް.. އެއީ ފިރިމީހާގެ ޒިންމާ.. އަންހެން ކުއްޖާ ޖެހޭނީ ގޭގައި ދަރިން ބަލަން ތިބެން.. ޔޫ ބޭނުން ކިޔަވަން.. އެކަމަކު.. މިއީ ޔޫގެ ބައްޕަގެ ނިންމުން.. ސޯ.. ޔާ..“ ޔޫއާ ބުންޏެވެ.
އޭރު ޔޫއާގެ މޫނުމަތީގައި ހުރި ހިތާމަވެރިކަން ފެނި ނިކްޔާންގެ އަނގަ ބެދުނެވެ. ”އައިމް ސޮރީ… އަހާލެވިދާނެތަ ކޮންކަހަލަ މީހަކަށްތޯ ވާން ބޭނުމީ؟“ ނިކްޔާން އެއްސެވެ. ”ނަރުހަކަށް..“ ޔޫއާ ބުންޏެވެ. އެވަގުތު ދެމީހުން އޯޑަރު ކުރި ކެއުން އައެވެ. އެހެން ކަމުން އެވަގުތަށް އެވާހަކަ މެދުކަނޑާލެވުނެވެ.
ކައި ނިމުމުން އިރުކޮޅަކު ދުއްވާލަން އުޅިފައި 30 10 ވުމުން ނިކްޔާން ޔޫއާ ގެއަށް ގެނެސް ދިނެވެ. ސައިކަލުން ފައިބާފައި ނިކްޔާންއަށް ހިނިތުންވުމެއް ދީފައި ޔޫއާ ހިނގައިގަތެވެ. ”ޔޫ…“ ނިކްޔާން ގޮވާލިއެވެ. ނިކްޔާން ގޮވާލުމުން ޔޫއާ ފަސް އެނބުރުނެވެ. ”މީހުން ރުޅި އެރުވުމަކީ ޔާންގެ މިޒާޖު.. އެކަމަކުވެސް ޔާންއަށް ކައިވެނި ކޮއްގެން ޔޫއަށް އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ކަމުގެ ޔަގީންކަން ޔާން ދޭން..“ ނިކްޔާން އެހެންބުނެ، ސައިކަލު ދުއްވާލިއެވެ. ޔޫއާއަށް ހިނިތުންވެވުނެވެ.
(ނުނިމޭ)
ފަސްވަނަބައިގެ ތެރެއިން:
”އަނބި ގަބޫލު ކޮއްފިންތަ؟“ ގާޒީ ސުވާލު ކޮއްލިއެވެ. ނިކްޔާން ލަސް ލަހުން ޔޫއާގެ މޫނަށް ބަލައިލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






