”ވަދޭ ދަރިފުޅޫ. ނިކްޔާން.. ދޭބަލަ ޔޫއާ ގޮވައިގެން ކޮޓަރި ދައްކާލަން. މަންމަ މިއަންނަނީ ފެންވަރާ ތާޒާ ވެލައިގެން ޔޫއާގެ ހެދުން ލައްވަން.. ވަރަށް ދާހިތްލާފަ“ މާޔާ ހިނގައިގަތީ އޭނާގެ ކޮޓަރިއާއި ދިމާލަށެވެ. ”ލެޓްސް ގޯ ލިޓްލް ގާލް“ ނިކްޔާން ޖީބަށް އަތް ޖަހާލަމުން ހިނގައި ގަންނަމުން ބުންޏެވެ. މޫނު ކުނި ކޮއްލާފައި ޔޫއާ ނިކްޔާންއާއި އެކު ހިނގައިގަތެވެ.
(3 ވަނަ ބައި)
ފުދޭވަރަކަށް ބޮޑު ކޮޓަރިއެކެވެ. ސީލިންގުގައި ”ނިއޯން ލައިޓްސް“ ހަރުކޮއްފައިވީއިރު ވަރަށް ރީއްޗެވެ. ކޮޓަރި ކަނެއްގައި ކިންގް ސައިޒް އެނދެއް އޮތް އިރު މުޅި ކޮޓަރި ތެރެވަނީ އަޅިންނާއި ހުދުން ޖަރީ ކޮއްލެވިފައެވެ.
”ސޯ ލިޓްލް ގާލް.. މަޖުބޫރު ކައިވެންޏަކަށް ދާން ޖެހުނީ ބިޓެއް ނުލިބުނީ ތަ؟ އައި މީން… ބަލާލާފަ ހީވޭ ވަރަށް އެހެން ހެހެ“ ނިކްޔާން ބުންޏެވެ. ”އެކްސްކިޔުޒް ޔޫ؟ މަގޭ ހުތުރޭތަ ތިބުނީ؟“ ޔޫއާ ތުންކޮޅު އޫކޮށްލިއެވެ. ނިކްޔާން ހީލިޔެވެ. ”އާން ދެން… މުޅިއަކުން ދޮގެއްވެސް ނޫން“ ނިކްޔާން ދެއަތުގެ ޝަހާދަތް އިނގިލީގެ ކުރި ޖައްސާލަމުން ބުނެލިއެވެ. ”މަށެއް ނޫން ކަންނޭނގެ. ތީނަ ކަންނޭނގެ ހުތުރީ. އަންހެން ކުދިންނަށް އަބަދު ވަށް ބަހުން އެއްޗެހި ކިޔާ މީހަކުދެކެ ކާކު ތަ ލޯބިވާނީ. އަހަރެން އަދި ފުރަތަމަ ހީކުރީވެސް ފިރިހެން ކުދިން ފަހަތުން އުޅޭ ސޮރެއް ބާއޭ. އެހެންނުން ވާނީ އިސްތަށިގަނޑުވެސް އަންހެނެއްހެން. އެހެންވެ އެކުޅި ހުއްޓުވަން ކަންނޭނގެ ދޯ މަށާ އެދެވީވެސް ހަހަ“ ޔޫއާ ހަރަމް ބަނދެލަމުން ބުންޏެވެ.
ނިކްޔާން ހީލާފައި ޖީބަށް އަތް ޖަހާލިއެވެ. އަދި ޔޫއާ އާއި ދިމާލަށް ލަސް ހިނގުމުގައި ހިނގައިގަތެވެ. ނިކްޔާން ކައިރި ވާން ފެށުމުން ޔޫއާ ފަހަތަށް ޖެހެން ފެށިއެވެ. ޔޫއާ ފަހަތަށް ޖެހުނު ވަރަކަށް އޭނާ ދިޔައީ ކުރިއަށް ޖެހެމުންނެވެ. ނިކްޔާންގެ މޫނަށް ބަލަން ހުރި ޔޫއާ އެނދުގައި ޖެހުމުގައި އެކު އަރިއަޅާލިއެވެ. ޔޫއާ ވެއްޓުނަ ނުދިނުމަށް ނިކްޔާން ޔޫއާގެ އުނގަނޑުގައި ހިފިއެވެ. ނަމަވެސް ދެމީހުން އެއްކޮށް އެނދު މައްޗަށް ވެއްޓުނެވެ.
”ޔޫ ޕާރްވާރްޓް“ ހަށިގަނޑު މަތީގައި އޮތް ނިކްޔާން މޭގައި އަތް އަޅާ ކޮއްޕާލަން މަސައްކަތް ކުރަމުން ޔޫއާ ބުންޏެވެ. ނަމަވެސް ނިކްޔާން ހުރީ ޔޫއާގެ އެއަމަލަށް ތައްޔާރު ވެގެންނެވެ. ޔޫއާގެ ދެއަތުގައި ހިފާ އަތް މައްޗަށް ނަގާ ހައްޔަރު ކޮއްލިއެވެ. ”ވާން އުޅޭ ފިރިމީހާއަށް ވެސް ތިހެންތަ ވާހަކަ ދައްކަނީ؟“ ނިކްޔާން އެއްބުމަ ހިއްލާލިއެވެ. ”މީ މަގޭ ބޭނުންވެގެން ވީ ކަމެއް ތަ؟ ވާން އުޅޭ ފިރިމީހާއޯ މައި ފުޓް“ ޔޫއާ ތުންއަނބުރާލިއެވެ.
”އޯހް ޔޫ ލިޓްލް ވަން.. ބޭނުން ނޫނަސް މަގޭ އަންހެނުނަށް ވާށެއްނުން ދެން ޖެހޭނީ ހެހެ“ ޔޫއާގެ ތުންފަތު ކަނުގައި ތުންޖައްސާލަމުން ނިކްޔާން ބުންޏެވެ. އެއާއި އެކު ޔޫއާގެ ދެލޯ ބޮޑު ވިއެވެ. ޔޫއާގެ ބޮޑުވެފައިވީ ދެލޮލަށް ބަލައިލާފައި ހީލަމުން ނިކްޔާން ތެދުވިއެވެ. އަދި ކޮޓަރިން ނިކުތެވެ. އެއާއި އެކު ޔޫއާ ތެދުވެ އިށީނެވެ. އެވަގުތު ކަބަޑުގައި އިން ލޯގަނޑުން އޭނާގެ މޫނު ފެނުނެވެ. ރަތްވެފައިވީ މޫނު ފެނި ޔޫއާއަށް ކޯތާފަތުގައި އަތް ޖައްސާލެވުނެވެ.
”އިއޫ ވަޓް ދި ހެކް؟ ވައި އޭމް އައި ބްލަޝިންގް އިއޫ“ ކޯތާފަތުގައި ދެއަތުން ޖަހަމުން އިނދެ ޔޫއާ އަމިއްލަ ނަފްސަށް އިވޭވަރަށް ވާހަކަ ދެއްކިއެވެ. އެވަގުދު ދޮރު ހުޅުވާލާފައި ވައިން މާޔާ ފެނި ޔޫއާގެ ހަރަކާތްތަށް މަޑު ވިއެވެ. ”ދަރިފުޅާ؟ ހާދަ މޫނު ރަތްވެފަ؟“ މާޔާ އަހާލިއެވެ. ”އާނ.. މީ.. މަދިރިޔެއް… އޭތި ފައްސާލަން..“ ޔޫއާ އަޅައަޅައިގަންނަމުން ބުންޏެވެ. ”ޕިސް ޕިސް.. ނިކްޔާން ކަންތަކޭ މިއީ.. އޮނަސައްތަ ފަހަރު މަންމައަށް ބުނެވިއްޖެ މިހާރު މި ދޮރު ލައްޕާފަ ބަހައްޓާށޭ. ނުލެއްޕޭ ވިއްޔަ. ދެން މަދިރިއާ މެއްސާ ވަންނާނުން“ މާޔާ ދެފަރާތަށް ބޯހޫރުވާލަމުން ބުންޏެވެ. ޔޫއާއަށް ހެވުނެވެ.
”ހަމަ ހުވާ މިކުރީ.. ހިތަށް އަރާ ހަމަ ދެލޯ ކޮނެލަފާނަމޭ ފެނުނަސްވެސް.. ހާދަހާ ފޮންޏޭ އެސޮރުގަނޑު“ ޔޫއާ އެނބުރި ގެއަށް އަހިސް ރިއާނާއަށް ގުޅާ ހުރިހާ ވާހަކައެއް ކިޔައިދިނެވެ.
”ހޫމް… ހީވަނީ ހަމަ ރިޕަންޒެލްއާއި ފްލިންހެން. ޔަގީން މިދެމީހުން ދުވަސްކޮޅަކުން އެކަކު އަނެކަކަށްޓަކާ މަރުވާންވެސް ތައްޔާރުވާނެ ހަހަ.. ރިޕަންޒެލްއާއި ފްލިންވެސް ފުރަތަމަ އެހާ ރުޅި އައެއްނުން.. އެކަމަކު ފްލިން ސްޓެބް ވިގަޑީގަ ކޮންފަދަ ހަހަ“ ރިއާނާ ހެމުން އިނދެ ބުންޏެވެ.
”އައްޗީޑީ.. މަށަށް ވާނެ ނަމަ ރިޕަންޒެލް ގެންގުޅޭ ބޮނޑާއި އަހަރެން ކައިވެނި ކުރީހީ.. އެކަމަކުވެސް މަށަށް މިޖެހުނީ މި ޕިގްއާއި ވިއްޔާ މެރީ ކުރަން. ހަމަ ތެދެއް މިބުނީ.. އާރްގްގްގް“ ރިއާނާ ހޭތީވެ ޔޫއާގެ ރުޅިގަނޑު ގަދަވަމުން ދިޔައެވެ. ނަމަވެސް ރިއާނާ ދިޔައީ ހުއްޓި ނުހުރެ ހެމުންނެވެ.
”ހޫމް ހޫމް ހެޔޮ ދެން މަށަށް މަލާމާތް ނުކުރިޔަސް ވެސް.. ދެން ކޮން އިރަކުންތަ ރިއާ އާއި ކައިޝަލްއާއި ކައިވެނި ކުރަނީ؟“ ކައިޝަލްއަކީ ރިއާނާގެ ލޯބިވެރިޔާއެވެ.
”ކައި ކޮޓަރި ހަދާ ނިމެންދެން މިހުންނަނީ.. އިއްޔެ ނޫން އަނެއް ދުވަހު ފާހާނާ ނިމުނީއެ. އަދި އެބައޮތް ދުވަސް އެހެންވެ ހެހެ.. އަބަދު ރިއާ ކުރިން މެރީ ކުރާނީއޭ ކިޔަ ކިޔާފަ އެންމެ ފަހުން ޔޫ ދޯ ތި މެރީ ކުރަނީ ފުރަތަމަ؟ ހެހެ“
”އެހެންތާ އެވީ.. އާރްގްގްގް އައި ހޭޓް ދިސް.. ޔޫ ބޭނުމީ ކިޔަވަން.. ޔޫ ބޭނުމީ ނަރުހަކަށް ވާން.. ޔޫ ބޭނުމެއް ނުވޭ ކިޔަވާ ނުނިމި ކައިވެނި ކުރާކަށް..“ ޔޫއާގެ އަޑު ކުރެހުނެވެ. ރިއާނާ އިސްޖަހާލިއެވެ. އެކުވެރިޔާގެ މަޖުބޫރީ ހާލަތު އެނގި ދެރަ ވުމުންނެވެ.
ރޭގަނޑުގެ ވަގުތެވެ. ގޭގައި އޮވެފައި ޔޫއާ ބޭރަށް ނިކުމެލީ ރިއާނާގެ ގެއަށް ދިޔުމަށެވެ. ރެއަކީ ހިތްގައިމު ރެޔެކެވެ. އުޑުމަތީގައި ފުރިހަމަ ހަނދުއިން އިރު، އުކާލެވިފައިވީ ޑިސްކޯ ތަކެއްހެން ކުދި ކުދި ތަރިތައް ބަބުޅަމުން ދިޔައެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅިން ޔޫއާގެ ހިތަށް ހަމަޖެހުން ގެނެސް ދިނެވެ. ލަސް ހިނގުމުގައި ދިޔަ ޔޫއާ ސިހުނީ ފަހަތުން ސައިކަލެއް ބަރުގޮނު އަޅުވާ އަޑު އިވުމުންނެވެ.
”ކޮބާ ވައިފީ ކޮންތާކަށް؟“ ކަޅު ކުލައިގެ ދޫ އަބާޔާއަކާ އެކު ކަޅު ކުލައިގެ ރޫޖެހި ބުރުގަލެއް އަޅައިގެން ހުރި ޔޫއާއާ ދިމާލަށް ބަލާލަމުން ނިކްޔާން އަހާލިއެވެ. ”ވައިފީއޭ؟ ޗީޑި. ނިކްޔާން ބަލަން ޖެހޭ ތަ މަ ދާހާ ތަނެއް؟ މަ ދާތާކަށް މަ ހިނގައިދާނަން“ ޔޫއާ ކަޅި އަނބުރާފައި ފިޔަވަޅުތައް ހަލުވި ކޮއްލިއެވެ. ”އަސްތާ! ވާން އުޅޭ އަނބިމީހާ އުޅޭ ނޫޅޭ ގޮތް މަށަށް އެނގެން ޖެހޭނެ ކަންނޭނގެ ދޯ؟ ދެން ބުނެބަލަ އަޅެ“ ނިކްޔާން ތުންކޮޅު އޮޅާލިއެވެ.
”ވައި އާރް ޔޫ ސޯ އެނޯއިންގް؟“ ޔޫއާ ކަޅި އަޅާލިއެވެ. ”ހެހެ ދެން އަޅެ ބުނެބަލަ؟“ ޔޫއާ ފަރާތުން އެދެވޭ ޖަވާބެއް ނުލިބެނީސް އެތަނުން ނުދާން ނިކްޔާން ނަދުރެއް ބުނެގެން ހުރި ފަދައެވެ.
“މިދަނީ ޔޫގެ ބެސްޓީ ރިއާނާ ގާތަށް. އޯކޭއެއްނުން؟ ދެން ދާން އުޅޭ“ ޔޫއާ ފަސްއެނބުރި ހިނގައިގަތެވެ. ”އޯހް އެހެން ތަ؟ ހެހެ. ބެސްޓީ ބަހައްޓަބަލަ. ހިނގާބަލަ ޑޭޓް އަކަށް ދާން“ ނިކްޔާން ޔޫއާ އާއި ސައިކަލު އެއްވަރު ކޮއްލިއެވެ. ”އައްޗީޑި ނޫޅެން..“ ޔޫއާ އަނގަ ކުނި ކޮއްލިއެވެ.
”އެންމެ ރަނގަޅު. މިރޭ ދެން ދޭ ބެސްޓީ ގާތަށް.. މާދަމާ ރޭ.. 8 ގަ. ސީ ޔޫ ދެން ބޭބީ ގާރްލް“ ނިކްޔާން އެއްލޯމަރާލާފައި ސައިކަލު ދުއްވާލިއެވެ.
”މީނަ ވާހަކަ ދައްކާ ނިމުނީމަ ދާންވީ ދޯ އަބަދުވެސް… ޕިސް ޕިސް.. ކައިވެނި ކުރެވުނީމަ ކިހާ ވަރެއް ވާނެބާއޭ ހީވަނީ“ ދެފަރާތަށް ބޯހޫރުވާލަމުން ޔޫއާ އަމިއްލަ ނަފްސަށް އިވޭވަރަށް ބުންޏެވެ.
ހެނދުނުގެ ވަގުތެވެ. ނިދިފައި އޮތް ޔޫއާއަށް ހޭލެވުނީ ދޮރުގައި ޓަކި ޖަހާ އަޑަށެވެ. ”ސާބަހޭ.. ދުވަސްކޮޅަކުން މީހެއްގެ އަންބަކަށް ޔޫ ވާނެ އެކަމަކު މިހާރު އަބަދު ނިދަނީ ދޯ؟ ކައިވެނި ހަމަ ޖެހުނީ ޔޫ ކަންނެއްވީ ޕިސް ޕިސް..“ ދޮރު މަތީގައި ހުރި ހިދާޔާ ދެފަރާތަށް ބޯހޫރުވާލިއެވެ.
”ދެން ޕީރިއެޑް ވެފަ ހުރީމައޭ..“ އާފުރިލަމުން ޔޫއާ ބުންޏެވެ. ”ހެހެ އޯކޭ އޯކޭ. ނާޔާ ބަލައިދީބަ.. ދޮންބެ ދައްތަ ފެންވަރާލަން މިދަނީ.. ދޮންބެ ދައްތަ މިއަދު ނިންމީމި ހަހަ“ ހިދާޔާ އުރުުގައި އިން ހިނާޔާ އަނގައިން އަތް ނެރެލަމުން ވާހަކަ ދެއްކިއެވެ. ޔޫއާ ބޯޖަހާލާފައި ހިނާޔާ އުރާލިއެވެ. ”މިހާރު ނާޔޫ ވަރަށް ބަސް ނާހާދޯ؟ އަބަދު އިނގިލިތައް ބޮނީ“ ޔޫއާ ހިނާޔާ އުރާލިއެވެ.
(ނުނިމޭ)
ހަތަރުވަނަބައިގެ ތެރެއިން:
”އޭނަ ހަމަ އަންނާނެބާ ޔޫ ބަލާ؟“ ހިތާ ހިތުން ޔޫއާއަށް ސުވާލު ކޮއްލެވުނެވެ. އެވަގުތު ޔޫއާގެ ފޯނަށް މެސެޖެއް އައެވެ. ނުދަންނަ ނަންބަރަކުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







When the other page ah next part up vaanyy??
Mi site in mi vaahaka full koh kiyaaleveyny.. e site ga nuliyan now since some readers were saying e site in vaahaka nukiyeyeyi dont like when guys are so pushy and touch you or try to kiss you without consent and he calls her little one really i get yooas frustration tho its sad that some girls family still prevents them from studying society needs to change
true true