Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް އެދެ ޔާރާ ތިއޭ – 45

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
October 2, 2025 7 Mins Read
20 Comments

“އަހަ ކޮންތާކަށް ދާން ތިއުޅެނީ.. ތިހާ ލޯބިކުދިން ނުވާނެއެއްނުން އެހާ ގޮތްދޫނުކުރާކަށް.. މި ޔަޝާލްއަކާ ހުރެ މަށަށް އައިނާއަށްށާ ކަލެޔަށް ކަމެއް ނުކުރެވިގެން މިއުޅެނީ.. ކަލެމެން ދެމީހުންދެކެ ވަރެއްގެ ލޯތްބެއް އޭނަ އެ ވަނީ ހަހަހަ..” ޒާއިދު ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. “ކަލޭ ކޮންކަމެއް ބޭނުންވަނީ؟ ތިއީތަ ރައްޔިތުންގެ އިތުބާރު ހިފޭ މަގާމްތަކުގައި ހުރެގެން ގަންނަން އެނގޭ ގަނޑަކީ..” އަޑަށް ރުޅިވެރިކަން ވެރިކޮށްލަމުން އަލިޝްކާ އަހައިިލިއެވެ. “ހެހެ ބައެއް ފަހަރު އަތް ހަޑި ވެސް ކޮށްލަންޖެހޭނެ ދޫންޏާ.. އަބަދު ބަސްއަހައިގެން ރޫލްސްތަކަށް ކިހިނެތް ފޮލޯ ކުރާނީ؟ މަޖާ ވެސް ކޮށްލަން ވާނެއެއްނުން..” ޒާއިދު މަލާމާތުގެ ރާގަކަށް އެހެންބުނުމަށްފަހު އަލިޝްކާއާއި ދިމާލަށް ފުންމައިގަތެވެ.

***ޕާޓް 45***

ޒާއިދުއަށް އަލިޝްކާގެ ހަށިގަނޑުގައި އިނގިލިކުރި ޖައްސައިލެވުމުގެ ކުރިން ކުއްލިއަކަށް ބާރު ގަދަ އަތަކުން ޒާއިދުގެ ބޮލުގެ އިސްތަށިގަނޑުގައި ހިފައި ފާރާއި ދިމާލަށް ހޫރުވައިލިއެވެ. ޒާއިދަށް އޭނަގެ ހަށިގަނޑު ސީދާކުރުވުމުގެ ކުރިން އޭނަގެ މޫނަށް އެއްފަހަރާ ގޮށްމުށުގެ ތިން ހަމަލާ އަރައިގެން ދިޔައެވެ. ތުންފަތާއި ނޭފަތް ފެޅި ލޭގަނޑު އޮހޮރިގަތެވެ. އެހެނަސް ޔަޝާލްގެ ހިތް ފުރުނުހެން ހިޔެއް ނުވެއެވެ. ޔަޝާލް ޒާއިދުއަށް އިތުރު ހަމަލާއެއް ދިނުމުގެ ކުރިން ބިރުން ހުރި އަލިޝްކާ ޔަޝާލްގެ އަތުގެ މުލައްދަނޑީގައި ހިފައްޓައިލިއެވެ. އޭރު އަލިޝްކާއަށް ހުރީ ބިރުން ރޮވޭވަރު ވެފައެވެ. ޔަޝާލް އޭނައާއި ދިމާލަށް ބަލައިލުމުން އަލިޝްކާ ހުއްޓާލާށޭ ބުނާ ފަދައަކުން ބޯ ހޫރުވައިލިއެވެ.

ޔަޝާލް ދިޔައީ އައިސްފައި ހުރި ރުޅިން ތުރުތުރުއަޅަމުންނެވެ. އޭނަގެ އަތުގެ އިނގިލިތަކުގެ ހުޅުތަކުން ވަނީ ލޭ ހިލި ރަތް އަރާފައެވެ. އަލިޝްކާ އޭނަގެ ގައިގަ ނުހިފެއްޓިނަމަ ޒާއިދު އޮންނާނެ ހާލެއް އަންދާޒާ ނުކޮށްލެވެއެވެ. “ކަލޭ! މަގޭ ފައިސާ މަތީ ގެންގުޅެގެން ބޮޑު ކުރީމަ ކަލެޔަށް އެނގުނީ އޭގެ ބަދަލު ތިހެންތަ ދޭން އޭ؟؟” ޒާއިދު ކެއްސަމުން ހަޅޭއްލަވައިގަތެވެ. “އަހަރެން މިއޮތް ހުރިހާ ދުވަހު ހަނު ހުރީ ކަލެޔަށް އެއްޗެއް ވިސްނޭނެކަމަށް.. އެކަމަކު އެހެނެއް ނުވިއެއްނުން.. އެހުރި ސީސީޓީވީ ކެމެރާއަށް ހުންނާނޭ ކަލޭ މިތަނުގަ ޖެހި ސަކަރާތް އަރާފަ.. މިއަދު އޭނަ މައްސަލަޖެއްސި ނަމަވެސް ކަލޭ ބެދޭނެ..” ދަތްކުނޑިވިކައިލައިގެން ހުރެ ޔަޝާލް ބުންޏެވެ.

ޒާއިދު ނުލަފާ ހިނިގަނޑެއް ޖަހައިލިއެވެ. “މަ މީ ސާރޖެންޓެކޭ މިހުރި ގަމާރާ.. އެ ސީސީޓީވީ ކެމެރާއިން ފެންނާނެ ކަލޭ މަށަށް އަނިޔާ ކުރަނިކޮށް.. އެ ދައްކާފިއްޔާ ކަލޭގެ މިއޮތް ނޫހާއެކު ކަލޭ ކުޑަ ގޮޅިއަށް ވައްދާނެ.. ޑިޔުޓީގަ ހުންނަ ޕޮލިހެއްގެ ގަޔަށް އެރުމަކީ ކުށެކޭ ދަރިޔާ..” ޒާއިދު އަނގަމަތި އަތުގެ ނުފުށުން ފޮހެލަމުން މަލާމާތުގެ ރާގަކަށް ބުންޏެވެ. އެ ދެލޮލުގައި ވިދަމުން ދިޔައީ ނުރައްކާތެރިކަމުގެ ކުލަވަރެވެ.

“ލީވް އިޓް ޔަޝާލް ޕްލީޒް.. އަހަރެންނެއް މައްސަލައެއް ނުޖައްސާނަން.. މިއީ ނުވާކަމަކަށް ހަދައިގެން އަހަރެން ހުންނާނަން..” އަލިޝްކާ ލޮލުން ވެއްޓެން ތައްޔާރުވެފައި ހުރި ކަރުނަ ތިކިތައް ފޮހެލަމުން ބުންޏެވެ. “ނޫން.. މި ކަހަލަ ނުލަފާ ޖައްބާރުން މެރީމަ ރަނގަޅުވާނީ.. ކުޑަ ގޮޅިއަށް ލިޔަސް މި މީހުން މަތައެއްނުވާނެ..” ދަތްކުނޑިވިކާލާފައި ވެއްޓިފައި އޮތް ޒާއިދުގެ ބަނޑުގައި ކޮޅުފައިން ޔަޝާލް ޖެހިއެވެ. “އޭރުން އެމީހުންނާ އެއްފެންވަރަކަށް އެ ވެއްޓެނީ ޔަޝާލްއޭ.. އޭރުން ޖަލު ގޮޅީގަ އޮންނަން ޖެހޭނީ ޔަޝާލްއޭ..” ޔަޝާލްގެ ކޮނޑުގައި ހިފައި ތަޅުވައިލަމުން އަލިޝްކާ ހަޅޭއްލަވައިގަތެވެ.

އޭރު އަލިޝްކާއަށް ދިޔައީ ރޮވެމުންނެވެ. އަލިޝްކާގެ ކަރުނަތައް ޔަޝާލްގެ ރުޅި ހިންދައިލިއެވެ. މަޑުމަޑުން އަތް ހިއްލައިލުމަށްފަހު އަލިޝްކާގެ ކޯތާފަތަށް ވެއްޓެމުން ދިޔަ ކަރުނަތައް ފޮހެލަދިނެވެ. “ސޮރީ ޕްލީޒް ހުއްޓާލާ.. ދެން ނުޖަހާނަން..” ބަސްނާހާ ކުޑަކުއްޖަކު މަންމަ އެއްޗެހިކީމަ މާފަށް އެދޭ އުސޫލުން ޔަޝާލް މާފަށް އެދުނެވެ. އަލިޝްކާގެ ކަރުނަތަކުން އޭނަގެ ހިތުގައި ވަޅިން ޅިޔަ އަޅާ ފަދަ އިހްސާސެއް ޔަޝާލްއަށް ދިޔައީ ކުރެވެމުންނެވެ. “މަ ކަލެޔަށް ކަމެއް ނުކޮށް މިހުރީ ތިއީ މަގޭ ކޮއްކޮގެ ދަރިޔަކަށްވީމަ.. އެކަމަކު އެކަން މިހާރު މަ ހަނދާން ނައްތާލާފިން.. ދެން ކަލެޔަށް ފެންނާނީ މަގޭ ހުރި ނުލަފާކަން..” ބަރު އަޑަކުން އެހެން ބުނުމަށްފަހު ބަނޑުގައި އަތުން ހިފައްޓައިލައިގެން ކޮރުޖަހަމުން ފަދަ ގޮތަކަށް ޒާއިދު އެތަނުން ނިކުތެވެ.

ޒާއިދުގެ ބަސްތަކުން އަލިޝްކާގެ ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ. އެހެންނަމަވެސް ޔަޝާލްއަށް އެ ބަސްތަކުން ލިބުނީ ފޫހިކަމެވެ. އެއީ ފެށުނީސްސުރެ އެފަދަ މީހުންގެ އަނިޔާތަކަށް ހޭނިފަ ހުރީމަ ކަމަށް ވެސް ވެދާނެއެވެ. “ލިކާ ހާސްނުވޭ.. އަހަރެން ދިރިހުރި ހިނދެއްގައި ލިކާއަށް އޭނަ އަނިޔާއެއް ދޭކަށް ލާހިކެއް ނޫން..” ޔަޝާލް ވައުދުވިއެވެ. ޔަޝާލްގެ ބަސްތަކުން އަލިޝްކާގެ ބަނޑުގައި ކޮކާ އުދުހޭ ފަދަ އިހްސާސެއް ކުރެވުނެވެ. “އަހަރެން ހާސްވަނީ ޔަޝާލްއާ މެދުގަ އޭ.. ޕްލީޒް މޮޔަ ކަމެއް ނުކުރާތި..” އަލިޝްކާ އާދޭހުގެ ރާގަކަށް ބުންޏެވެ. “މޮޔަ ކަމެއް؟ ހުމްމްމް.. ލައިކް މިކަހަލަ؟” ޔަޝާލް ކުއްލިއަކަށް އަލިޝްކާ ދޮރާލައި ފިއްތައިލިއެވެ. އަލިޝްކާގެ ދެއަތް ޔަޝާލްގެ މޭމަތީގައި ތަތްވެގެން ދިޔައެވެ.

ޔަޝާލްގެ ތުންފަތުގެ އިހްސާސް އަލިޝްކާގެ ކޯތާފަތަށް ކުރެވުމުން، އަލިޝްކާގެ މުޅި މޫނު ރަތްވެގެން ދިޔައެވެ. އޭނަ ހުރީ ޔަޝާލްގެ ކުއްލި ހަރަކާތުން ނޭވާ ހުއްޓިފައެވެ. އަލިޝްކާއާއި ދުރުވެލުމަށްފަހު އަލިޝްކާގެ މޫނަށް އެޅިފައިވި އޭނަގެ ރާޅުބާނި އިސްތަށިކޮޅު ޔަޝާލް އަތުން އެއްފަރާތްކޮށްދިނެވެ. އޭރުވެސް ޔަޝާލް ހުރީ އަލިޝްކާއާއި ނޭވާ އިހްސާސްވާހާ ގާތުގައެވެ. ޔަޝާލްގެ ހޫނު ނޭވާތަށް އަލިޝްކާގެ މޫނަށް އެޅެމުން ދިޔައެވެ. “އަހަރެން ވަރަށް މޮޔަ ކަންތައް ކުރާ ހިތްވޭ..” އަލިޝްކާގެ ކަންފަތްދޮށުގައި އެހެން ބުނެލުމަށްފަހު ކަންފަތުގައި ތުންފަތް ޖައްސައިލިއެވެ. ހީލިކަރައިގެން އަލިޝްކާ ތެޅިގަތެވެ. އަވަސް އަވަހަށް ދޮރު ހުޅުވައިލުމަށްފަހު އެތަނުން ނިކުތެވެ. އަލިޝްކާގެ ހަރަކާތުން ޔަޝާލްގެ ތުންފަތްމަތީގައި ލާނެތް ހިނިތުންވުމެއް ދަތުރުކޮށްލިއެވެ.

ރޭގަނޑުގެ ވަގުތަށް މަރުހަބާ ކިޔުމުގެ ގޮތުން ދުނިޔެއާ އިރު އަލްވަދާއު ކިޔެވެ. ގަދަ ދަނބުކުލައެއް އުނޑުގައި ޖައްސާލެވިފައިވީއިރު އެ ކުލަ ތިރިޔަށް ފޭދެމުން ދިޔަ ވަރަކަށް ރަތްކުލައަށް ފޭދި އޮރެންޖް ކުލަޔަށް ވަނީ ފޭދިފައެވެ. އެކި ވައްތަރުގެ ދޫނިތައް އެ ސޮރުމެންގެ އާއިލާތައް ގާތަށް ދިޔުމަށްޓަކައި އުދުހި ގަސްގަހުގެ ގޮފިތަކުތެރެއަށް ވަދެ ފިލަމުން ދިޔައެވެ. ޖެހެމުން ދިޔަ މަޑު ވައި ރޯޅިތައް ގަސްގަހުގައި ބީހެމުން ދިޔައިރު، ގަސްތައް ދިޔައީ މަޑުމަޑުން ނަށަމުންނެވެ. މަންޒަރު ބަލާ މީހަކަށް ކިތަންމެހައި ވެސް ހިތްގައިމު މަންޒަރެކެވެ. ގޮނޑުދޮށުގެ ދޮންވެލިގަނޑަށް ފައި ކޮށްޕައިލައިގެންއިން ޒުވާން ފިރެހެންކުއްޖާ ދިޔައީ އެމަންޒަރުން ހިތްހަމަޖެހުން ހޯދަމުންނެވެ.

އެ މަންޒަރު އޭނަގެ ބޮލުގައި އުފެދިފައިވި ތޫފާނާއި ނުހަނު ތަފާތެވެ. އެވަގުތު އޭނައަށް ޒުވާން ފުރައިގެ އަންހެންކުއްޖަކާއި ފިރެހެންކުއްޖަކު ފެނުނެވެ. ފިރެހެންކުއްޖާގެ އަތުތެރޭގައި އެ އަންހެންކުއްޖާވީއިރު އެ ދެމީހުންގެ ތުންފަތުގައިވަނީ ލުއި ހިނިތުންވުމެކެވެ. ކުއްލިއަކަށް އޭނަގެ ބޮލަށް ތަދެއް އަރައިގެން ދިޔައެވެ. އަނެއްކާ ވެސް ކުލަނުވާ އެ ހުވަފެންތައް އޭނައަށް ސިފަވަމުން ދިޔައެވެ. ދޮންވެލިގަނޑުން މުށެއް ނަގައި އޭނައަށް އަތް މުށްކަވައިލެވުނެވެ.

ފުންކޮށް ނޭވާލަމުން ދިޔައިރު އޭނަ ދިޔައީ އެ ހުވަފެންތަކުން ދުރަށް ދިޔުމަށްޓަކައި ކުރިމަތިން ފެންނަމުންދިޔަ ގުދުރަތީ ރީތިކަމަށް ގެއްލުމަށް މަސައްކަތް ކުރަމުންނެވެ. “މައި ޑްރީމްސް އާރ ޖަސްޓް ޑްރީމްސް.. އެކަމަކު ކީއްވެ؟؟ ކީއްވެ އެއީ އަސްލުހެން ހީވަނީ.. އާހް..” އޭނައަށް ބުނެވުނެވެ. ތުރުތުރުއަޅަމުން ދިޔަ އަތް ޖީބަށް ކޮށްޕައިލީ ބޭސްފުޅީގައި އަތް ޖެހޭތޯއެވެ. އެހެންނަމަވެސް ނަސީބު ކަން ދިމާކުރި ގޮތުން ޖީބުގައި ބޭސްފުޅިއެއް ނެތެވެ. އެއާއެކު އޭނަގެ ހާސްކަން ދެގުނަވިއެވެ.

ކުއްލިއަކަށް އޭނަ ސިހުނީ އޭނަގެ ކޮނޑުގައި ކޮންމެސް މީހެއް އަތް ބާއްވައިލި އިހްސާސްވުމުންނެވެ. އޭނަ ދެލޯ ކުޑަކޮށްލަމުން އެމީހައާއި ދިމާލަށް ބަލައިލިއެވެ. “ބައްޕާ؟” ހިތްހަމަނުޖެހިފައި އޭނައާއި ދިމާލަށް ބަލަން ހުރި ސާޅީހުގެ އުމުރުތައް ގުނަމުންދާ މީހާއަށް ބަލައިލަމުން އެ ޒުވާނާ މުހާތުބު ކުރިއެވެ. “ބޭސްނުނަގާ އުޅޭތާ ކިތައް ދުވަސް ތި ވަނީ؟” ހިތްހަމަނުޖެހިފައި ހުރެ އެ ޒުވާނާގެ ބައްޕަ ސުވާލުކުރިއެވެ. އެއާއެކު ކުށްވެރިއެއް ފަދައިން އެ ޒުވާނާ އިސްޖަހައިލިއެވެ.

އޭނަގެ ބައްޕަ ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނަގެ އަތަށް ބޭސްފުޅިއެއްލައިދިނެވެ. “ބައްޕަ ދަރިފުޅު ގާތު ބުނަންދޯ ބޭސްތަށް ގަވައިދުން ބޭނުން ކުރާށޭ.. ކީއްވެތަ އަޑު ނީވެނީ؟” އެމީހަ ބުންޏެވެ. “ސޮރީ ބައްޕާ.. ހަނދާން ނެތުނީ..” ބޭސް ގުޅައެއް އަނގަޔަށްލަމުން އެ ޒުވާނާ ބުނެލިއެވެ. “އުޅޭ ނަމާދަށް ދާން.. އެއޮއް މިހާރު ބަންގި ވެސް ގޮވީ..” އެ ޒުވާނާގެ ކޮނޑުގައި ޖަހައިލަމުން އޭނަ ބައްޕަ ބުންޏެވެ. އޭނަ ބޯޖަހައިލުމަށްފަހު އެތަނުން ތެދުވިއެވެ.

ސީލިންގަށް ބަލަމުން ދިޔައިރު މަޔާންގެ ދެ ލޮލުގައި ވަނީ ހުސްކަމެވެ. “ޔާން ހިތްވަރު ކުރަން ވާނެ.. އަހަރެން މާފަށް އެދެން ޔާންގެ ފަޔަށްވީ ގޮތުން ބަޓް ޓްރައި ޓު އަންޑަސްޓޭންޑް-” ކައިލްގެ ޖުމުލަ ބުރިވެގެން ދިޔައީ މަޔާން ވާހަކަ ދެއްކުމުންނެވެ. “އައި އަންޑަސްޓޭންޑް..” މަޔާން މަޑުމަޑުން ބުނެލިއެވެ. މަޔާންގެ ކޮނޑުގައި ކައިލް އަތް ބާއްވައިލީ މަޔާންއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. “މަޔާންގެ ވުންޑް ހީލްވީމަ މިކޮޅުން ޕްރޮސްތެޓިކް ފަޔެއް ޖެހޭނެ.. އޭރުން ހަމަ ނޯރމަލްކޮށް ހިނގައި އުޅެވޭނެ އެހާ ބޮޑަށް ނުވިސްނައްޗޭ..” ކައިލް ބުންޏެވެ. މަޔާން ފުންނޭވާއެއްލުމަށްފަހު ބޯޖަހައިލިއެވެ. “ސޯ.. މަންމަ ބުނި ކައިލްއާ މައިއާ މެރީ ކުރިއްޔޭ.. ކިހިނެތްވީ ކަމެއް އަނެއްކާ އެއީ؟” ލާނެތް ހިނިތުންވުމަކާއެކު އޭނަގެ ވޭންތައް އެއްފަރާތްކޮށްލަމުން މަޔާން އަހައިލިއެވެ.

“އެއީ ދޯ.. އެއީ ކުޑަކޮށް ފޯސްޑް މެރިއޭޖްއެއް.. ޒާއިދު ކައިރިން މައިރީން ސަލާމަތް ކުރަން..” ބޯކަހައިލަމުން ކައިލް ބުންޏެވެ. ކައިލްގެ ޖަވާބުން މަޔާންގެ ދެލޯ ބޮޑުވިއެވެ. “އަހަރެން ނެތް އިރު ކަންތައްތަކެއް ހިންގައިލާފި ދޯ.. ކިޔާދީބަލަ ދެން..” މަޔާން ބުންޏެވެ. ކައިލް މަޔާންއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. މަޔާން ދިޔަ ފަހުން ޒާއިދުމެން މައިރީން ރަހީނު ކުރިކަމާއި، ޒާއިދުމެންގެ ކައިރިން ސަލާމަތްކުރަން ކައިލް މައިރީން ރަހީނު ކުރި ވާހަކައެވެ. އަދި މައިރީންގެ ބައްޕަ މައިރީން މީހަކާ ދެވަން އުޅުމުން ކައިލް މައިރީންއާއި ކައިވެނި ކުރަން އެއްބަސްވި ވާހަކަ ވެސްމެއެވެ. އަދި މިހާރު މައިރީންއާއި ކައިލްވެގެން ކިޔާރާގެ ކޭހުގެ މަސައްކަތްކުރަމުންދާ ވާހަކައެވެ. އެއްވެސް ވާހަކައެއް ވައްޓައިނުލައި ކައިލް ކިޔައިދިނެވެ.

މަޔާން ވެސް ކައިލްގެ ވާހަކަތައް ޝައުގުވެރިކަމާއެކު އަޑު އަހަން އިނެވެ. “ޔޫ ޑިޑް ދި ރައިޓް ތިންގް މެރީން ހާރ.. ތެންކްސް އަހަރެންގެ ކޮއްކޮ ރައްކާތެރިކޮށްދިނީތީވެ ކައިލް..” މަޔާން ޝުކުރުވެރި ރާގަކަށް ކައިލްއާއި ދިމާލަށް ބުންޏެވެ. “އަހަރެންނަށް ޝުކުރު އަދާ ނުކުރޭ.. އަހަރެން އަބަދު ސަލާމަތް ކުރާހާ ވަނީ.. ނުރައްކާތެރި ކަންކަމާ ކުރިމަތިލުމަކީ އޭނަ އެންމެ ކުރާ ހިތްވާ ކަންތައް ފަދަ..” ކައިލް ބޯހޫރުވައިލަމުން ހިނިތުންވެފައި ބުންޏެވެ. “މައި ވަރަށް ހައިޕާ އިންޑިޕެންޑެންޓް ވާނެ.. އަހަރެން އެހާ އޯކޭ ނުވިޔަސް މަންމަމެން މައި ކުޑައިރު ގެންގުޅުނީ ކޮއްޓެއްގައި ދޫންޏެއް ގެންގުޅޭހެން.. އެހެންވެ ކަންނޭނގެއެއީ..”  މަޔާން ވިސްނައިލަމުން ބުންޏެވެ. ކައިލް ވެސް މަޔާންގެ ވާހަކައަށް ބޯޖަހައިލިއެވެ.

ސޯފާގައި ދެފައި ވަށްކޮށްލައިގެން އަލިޝްކާ އިނީ ޓީވީއަށް ބަލާށެވެ. އޭނަގެ މޫނު މަތިން މީހަކަށް އިންތިޒާރު ކުރަމުންދާކަން ދޭހަވެއެވެ. އިރުއިރުކޮޅަކާ އެހެން އިނދެ އޭނަ ދިޔައީ ގަޑިއަށް ބަލަމުންނެވެ. ގަޑިން އެގާރަ ގަޑި ބައިވި ތަނާހެން ބޮޑު ދޮރު ހުޅުވައިލުމަށްފަހު އެ ގެޔަށް މީހަކުވަނެވެ. އަލިޝްކާ ޓީވީ ނިއްވައިލީ އެއީ ކާކުކަން އޭނައަށް އެނގޭތީއެވެ. ހަށަން ބަނދެގެން އޭނަ ކުރާ ކަންތައް ބަލަން އަލިޝްކާ އިނެވެ. ފައިގެ އިނގިލިތަކުގެ ކުރި ޖައްސައިގެން އޭނަ ހިނގަމުން ދިޔައެވެ. ސިޓިންރޫމްގެ ބޮކި ދިއްލުނު ވަގުތު ސޯފާއި އިށީނދެގެން ބޯ ހާވައިލައިގެން އިން އަލިޝްކާ ކުއްލިއަކަށް ފެނުމުން އޭނަ ދިޔައީ ސިއްސައިގެންނެވެ. އައިދަންއަށް ވީ ގޮތުން އަލިޝްކާ ގާތަށް ހިނިއައެވެ.

“ދޮންތަ މަށަށް ހާޓް އެޓޭކްއެއް ނުދެވިގެންތަ ތި އުޅެނީ..” މޭގައި އަތް އަޅައިގެން ހުރެ ފުން ނޭވާތަކެއްލަމުން އައިދަން ބުންޏެވެ. “އައިދަންއަށް އެނގޭތަ އައިދަން ތިޔަ ހެޔޮ އެދިގެން މަސައްކަތް ކުރާ ޒާއިދު މިއަދު އައިދަންގެ މި ދޮންތަގެ ގަޔަށް އަރަން އުޅުނުކަން؟” އަލިޝްކާ ހާސަރުތަކެއް ދިގުކުރުމެއް ނެތި އޭނަ ވާހަކަ ދައްކަން ތައްޔާރު ކުރި މައުޟޫއަށް އަލިއަޅުވައިލިއެވެ.

އަލިޝްކާގެ ވާހަކައިން އައިދަންގެ މޫނު ހުދުވެގެން ދިޔައީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. “ދޮންތާ..” އައިދަން މަޑުމަޑުން ގޮވައިލިއެވެ. އޭނަގެ ދެލޮލުން ބުނާފަދައެވެ. ދޮންތާއެވެ. ތިހެން ނުބުނާށެވެ. ތިއީ ދޮގެކޭ ބުނާށެވެ. އެހެންނަމަވެސް ހަގީގަތަކީ ހިތި އެއްޗެކެވެ. “ކޮއްކޮއަށް ހެޔޮ ދޯ އޭނަ ދޮންތަ ނޮޅާ ކާލިޔަސް.. ކޮއްކޮ ވެސް ތި މަސައްކަތް ކުރަނީ އެހެން އަންހެންކުއްޖަކަށް އެ އަނިޔާ ދެވޭތޯއެއްނުން..” އަލިޝްކާ ބުނެލިއެވެ.

އެއީ އައިދަން ޒާއިދުމެނަށް މަސައްކަތް ކުރި ފަހުން އައިދަންއާއި ދިމާލަށް ކޮއްކޯއޭ ކިޔައި ގޮވައިލި ފުރަތަމަ ފަހަރެވެ. އައިދަންގެ ހިތް ފިތެމުން ދާ އިހްސާސްވިއެވެ. ވަގުތުން ބޯ ހޫރުވައިލިއެވެ. “ދޮންތާ ނޫން.. އަހަރެން ދުވަހަކު ވެސް އެކަހަލަ ކަމެއް ނުކުރާނަން.. ޒާއިދު ޔާޝް ހޯދައިދޭނަމޭ ބުނީމައޭ އަހަރެން އޭނައާއެކީ މަސައްކަތް ކުރަނީމި.. އެކަމަކު.. އެކަމަކު ދެން އަހަރެން އޭނައާއެކީ މަސައްކަތެއް ނުކުރާނަން.. އަހަރެންގެ އާއިލާގަ ހަމައެކަނި ހުރި މީހަކީ ތިއީ.. ދޮންތަ އަހަރެންނަށް ގެއްލިއްޖެއްޔާ އަހަރެން.. އަހަރެން ވަރަށް އެކަނިވެރިވާނެ..” އިސްޖަހައިލަމުން ކުރެހިފައިވި އަޑަކުން އައިދަން ބުންޏެވެ.

އައިދަންއަށް ވިސްނުނީތީވެ އަލިޝްކާއަށް ހިނިތުންވެވުނެވެ. “ޔާޝް އަދި ފެންނާނެ.. އެކަމަކު ޔާޝްގެ ނަން އެކްސްކިޔުޒްއަކަށް ބޭނުން ނުކުރޭ އިދީ.. ޔާޝް ވެސް އެގޮތެއް ބޭނުމެއް ނުވާނެ..” އައިދަންއަށް ވިސްނައިދޭ ފަދަ ގޮތަކަށް އަލިޝްކާ ބުންޏެވެ. އައިދަން ބޯޖަހައިލިއެވެ. އޭނަގެ އަތްވަނީ މުށްކެވިފައެވެ. “އިދީ.. އަންނަ ރުޅީގަ ޒާއިދުއަށް ކަމެއް ނުކުރާތި.. އޭރުން އިދީ ވެސް ދާނީ ޖަލަށް..” އަލިޝްކާ ބުންޏެވެ. “އަހަރެން ކިހިނެތް ހަދަންވީ.. ދޮންތައަށް އެހެން ހަދާފަ އަހަރެންނަށް ލާހިކެއް ނޫން އޭނަ އުފަލުގަ އެހެން އުޅޭ ތަން ބަލާކަށް..” އައިދަން ދަތްކުނޑި ވިކައިލަމުން ބުންޏެވެ. “ދޮންތަ ބުނާ ކަމެއް އިދީއަށް ކޮށްދެވޭނެތަ؟” އަލިޝްކާ އައިދަންގެ ދެލޮލަށް ބަލައިލަމުން ބުންޏެވެ. އައިދަން ބޯޖަހައިލިއެވެ.

“ދޮންތައަށް އެނގޭ ޒާއިދުމެން މައިރީން ކިޑްނެޕްކުރިކަން.. މައިރީންއަކީ ދޮންތަގެ ފްރެންޑެއްގެ ފްރެންޑެއް.. އަދިވެސް މައިރީންއަށް އަނިޔާ ދެވޭތޯ އުޅޭކަން ދޮންތައަށް އެނގޭ.. އިދީއަށް ހެކި އެއްކުރެވިދާނެތަ އެކަމަށް؟ ޒާއިދުމެން މީގެ ތޭރަ އަހަރު ކުރިން ކުރި ކަންތަކުގެ ހެކި ދޮންތަ ބޭނުމީ..” އަލިޝްކާ ބުންޏެވެ. އައިދަންގެ ދެލޯ ބޮޑުވިއެވެ. އަލިޝްކާ އެކަހަލަ ކަމަކަށް އެދުމުން އައިދަން ހައިރާންވިއެވެ. އޭނައަށް އެކަން ކުރެވިދާނެބާއެވެ؟ އޭނައަށް ޒާއިދުމެނަށް ބޭވަފާތެރިވެވިދާނެ ހެއްޔެވެ؟ އަލިޝްކާ ހުރީ އައިދަންގެ ޖަވާބަކަށް އިންތިޒާރުކޮށްގެންނެވެ. އައިދަން އެކަން ކޮށްދީފި ނަމަ އޭނަގެ މަސައްކަތަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެއެވެ. އިރުކޮޅަކު ވިސްނައިލުމަށްފަހު އައިދަން ޖަވަބެއް ދިނެވެ. އައިދަންގެ ޖަވާބުން އަލިޝްކާގެ މޫނަށް ގޮތް ނޭނގޭ ކުލަވަރެއް އަރައިގެން ދިޔައެވެ.

ދުވަސްތައް އޭގެ ހަލުވި މިނުގައި ވޭތުވަމުން ދިޔައެވެ. މަޔާންގެ ކޭސް ލަންކާއިން ނިމިގެން ދިޔައީ ކުށްވެރިންނަށް ހައްގު އަދަބު ދެވިގެންނެވެ. އެހެންނަމަވެސް ސިފައިން ހޯދާ ހޯދައި ވެސް އެ ގޭންގުގެ ވެރި ފަރާތް ފެންނަ ކަމަކަށް ނުވިއެވެ. ރާއްޖެ އައުމާއެކު ގޭންގުގައި މަސައްކަތް ކުރި ދިވެހިންނަށް އެމީހުންގެ ހުކުމްތައް އިއްވިގެން ދިޔައެވެ. ކޯޓުގައި ހުރި މަޔާންގެ މޫނުގައި ވަނީ މާޔޫސްކަމެވެ. އެމީހުންނަށް އެމީހުންގެ ހައްގު އަދަބު ދޭން އިއްވުނު ކަމުގައިވިޔަސް އަދަބުދިނުން އެއީ ނުވާ ކަމެކެވެ. އެމީހުންގެ ސަބަބުން މަޔާންގެ ފަޔެއް ގެއްލުނު ކަމުގައިވިޔަސް އެއީ އިންސާނުންނަށް ވީތީވެ އެމީހުންގެ ހައްގުތަކެއް ވެސްވެއެވެ. އަނިޔާ ލިބުނު މީހާއަށްވުރެ އެމީހުންގެ ހައްގުތައް މާ ގިނަހެން ވެސް ހީވެއެވެ.

“އާދެ އޮފިސާރ މަޔާން އަހްމަދު ރަހީނުކޮށް، އަނިޔާކޮށް، އަދި މަރައިލަން މަސައްކަތްކުރުމުގެ ކުށުގެ ދައުވާއާއެކު ހުސެން ދަހުލާން އުމުރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރަން..” ގާޒީގެ އިއްވުމުން ވެސް މަޔާންގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނައަށް އިންސާފު ލިބިއްޖެއެވެ. އެހެންނަމަވެސް އޭނަ އުމުރަށް ނުކުޅެދޭ މީހަކަށްވީއެވެ. އޭނަގެ ގާތުގައިވީ އެންމެންގެ ބޮލުގައި އެޅިފައިވި ބުރައަކަށް އޭނަވިއްޔޭ މަޔާންގެ ހިތަށް އެރިއެވެ. ލާރާ މަޔާންގެ ގޮޑި ދުއްވަމުން ދިޔައިރު އެއްވެސް ވާހަކައެއް ނުދައްކައެވެ. އެހެންނަމަވެސް މާޔަލް ދިޔައީ ހުއްޓައިނުލާ އަނގަ ތަޅަމުންނެވެ.

ގޭތެރެއަށް ވަންނަން ނެގި ފުރަތަމަ ފިޔަވަޅާއެކު ލާރާގެ މޫނުމަތި ބަނަވެގެން ދިޔައީ ކުރިމަތިން ފެނުނު މަންޒަރުންނެވެ. “އޭނަ މިގޭގަ ކީއްކުރަނީ..؟” ދަތްކުނޑިވިކައިލަމުން ރުޅިގަނޑު ހިންދަން މަސައްކަތްކުރަމުން ލާރާ އެއްސެވެ. “އޭނަގެ އާއިލާއެއް އަހަރެމެންނަކަށް ނޭނގެ.. އެހެންވެ އޭނަގެ އާއިލާ ހޯދެންދެން އޭނަ މި ގޭގަ ހުންނާނީ..” ޝިޔާމާގެ ގާތުގައި އިން ލަޔާޝާއަށް ބަލައިލަމުން މަޔާން ބުންޏެވެ. ލާރާ ފަހަތުގައި ހުރުމުން މަޔާންއަކަށް ލާރާގެ މޫނަށް އަރައި ފައިބަމުން ދިޔަ ކުލަވަރެއް ނުފެނުނެވެ. ކުއްލިއަކަށް ލާރާ މަޔާންގެ ގޮޑި ކުރިޔަށް ކޮށްޕައިލިއެވެ. އެފަދައިން ކުރިއަށް ކޮށްޕައިލުމުން މަޔާން އަނގަ މައްޗަށް ވާ ގޮތަށް މުށިތައް މައްޗަށް ވެއްޓުނެވެ. އެއަޑަށް ސޯފާގައި ތިބި ޝިޔާމާއާއި ލަޔާޝާ ބަލައިލިއެވެ.

މުށިތަށް މައްޗަށް ވެއްޓިފައި އޮތް މަޔާން ފެނުމުން ޝިޔާމާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ދަރިފުޅާއޭ ކިޔާފައި ޝިޔާމާ މަޔާންއާއި ދިމާލަށް ދުއްވައިގަތެވެ. އޭރު ލަޔާޝާ ވެސް ޝިޔާމާއާއިއެކު އައިސް “ޔާންބޭ” އޭ ކިޔައި ގޮވައިލިއެވެ. ލާރާ ދަތްކުނޑިވިކާލާފައި ލަޔާޝާގެ މޫނުމަތީގައި ޖެހިއެވެ. ލާރާގެ އަމަލުން ޝިޔާމާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ހުހް މިހާރު ޔާންބެ އޭ ކިޔާފަ ގޮވާއިރު ދެ މީހުން އެއްއެނދެއްގައި ނިދާ އެހެން ކަންތައް ކުރިއިރު ނޭނގެ ބޭބެއެއް އެހެން އެއްޗެއް.. ކިހިނެތް އުޅޭނަމޭ ހިތާތަ ތިއުޅެނީ ލަދުކުޑަ އަންހެނާ.. މަޔާން ތިހާލުގަ ވެސް މީނަ ގެޔަށް ވެއްދީ ދެ މީހުން މި ގޭގަ ތިބެގެން އަނެއް ކުޅިވަރެއް ފަށަން ދޯ..” ލާރާ ހަރުކަށި ރާގަކަށް ރުޅިއައިސް ރަތްވެފައި ހުރެ ބުންޏެވެ. ލާރާގެ ވާހަކައިން އެތާގައި ބޮމެއް ގޮވިފަދައެވެ. ޝިޔާމާ ލާރާގެ ގައިގައި ޖަހަން އަތް އުފުލައިލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ފުރަތަމަ ނަޒަރުން 19

Next

އަބަދުވޭ ހިތުގާ މަގޭ 13

Next
October 2, 2025

އަބަދުވޭ ހިތުގާ މަގޭ 13

Previews
October 2, 2025

ފުރަތަމަ ނަޒަރުން 19

20 Comments!

  1. Aanaa says:
    October 2, 2025 at 10:20 am

    Masha allah mi part vs vrh reethi
    Break gadi jeheythy cmnt ehvs nukureveyne..lakka suvaal ebh
    IA scl in aissa cmnt kohlaanan
    Lyy🫶🏻

    1. Maash Maash says:
      October 2, 2025 at 11:22 pm

      Thankyouuu soo muchh.. I’m happy u liked it..
      hehe alrr
      Love you moree darll💜🦋

  2. Thiththi says:
    October 2, 2025 at 11:21 am

    Yaashal aa Aliskaa yaa dhemihun ekaku anekaku dheke ran’galhah ves loabivee dhoa! Kurin ves heeviyey yaashal eyna salaamaiy kuraaney! Adhi ves e beyskaa zuvaanaage nameh bunaakah nuveytha? Laara ah hageegaiy en’guneema vaanee kihinebbaa! Idhaane ebbasveetha e heki hoadhaidheyn? Yash akee layaasha tha noonee adhi ehen kujjeththa? Haththaa ves suvaalu! Hama varah inthizaaruga kuriyah vaane goiy en’geyne iraka!

    1. Maash Maash says:
      October 2, 2025 at 11:24 pm

      Hehe yeahh.. E beys kaa zuvaana akey kaaku kan engeyne adhi.. Varah guilty vaane dhww laara ah enguny.. dhen anna part ga ingeyne Aidhan ehbas v tho noony nuveytho..💜🦋

  3. Shiu💜 says:
    October 2, 2025 at 1:17 pm

    Mi part vx varah Reethi Masha Allah..
    Zaaidh dheke haadha rulhieh eba aadheyey 😡
    Alishka and Yashaal soooo cutee 🤭 They love eachother 😁
    E beys kaa zuvaana akee Raakin tha??? Memory loss vefa?? E fenuny Aina and Raakin kurin ulhunu goiyy dhw huvafenuga???
    Aidhin agree v tha heki hoadhan ??
    Mayaan ah v goiyy dhw 😭
    Laara ah avahah kiyaidhee e eee edited photo thakekey pls, I can’t watch Laara and Mayaan drifting apart 😭💔
    Appreciate your hard work 💗
    Curiously waiting for the next part.
    Lysm Maash 💜

    1. Maash Maash says:
      October 2, 2025 at 11:35 pm

      Thankyouu soo muchh.. I’m happy u liked itt..
      hehe yess zaaidhu vrh foohi dhw asluvx..
      Alishka and yashaal dhen cute vaane ehnun..
      beys kaa meehaky kaakukan engeyne fahun hehe.. neyge hama ehgothakvx hehe..
      Dhen oii baiga ingeyne aidhan agree viyya..
      Laara ah adhi ingeyne..
      Appreciate ur lovely comment darl..
      Next part mondayga insha allah..
      Love you moree darll💜🦋

  4. naeen says:
    October 2, 2025 at 3:28 pm

    MA nicee and more interesting I like ittt
    oooooh kaakuba eyna akee so curious
    yashaal is so real for attaking that aghh zaaidhu guy
    and hopefully laara n mayaan dhemeehun hamayakh elheyne dhw
    hama ehn ep thakekey ehfadhain mi part ves ATEE Masha Allah
    anywaysssss canttt wait for the next onee <33
    tc lyyy <3

    1. Maash Maash says:
      October 2, 2025 at 11:37 pm

      Thankyouu soo muchh.. I’m happy u liked itt..
      Eyna akey kaaku kan engeyne dhen oii bai ga..
      Fr fr..
      Lets see dhww vaagoii
      Aww thankss
      Next part mondayga insha allah..
      Take care.. Love you moree darll💜🦋

  5. Your fav bab Your fav bab says:
    October 2, 2025 at 3:53 pm

    Hey gurl!!
    Yashaal hama habeys👏👏👏
    Ugh zaaidh is pissing me off so bad!!!
    Btw alishka and yashaal so cute💗💗 alhe alishka blush vaane varu hithah araafa hama hevenee😂😂😂
    Alhe LAARAAAA!!!!! Why would you literally push off a disabled person who just got treated and that’s her HUSBAND!!
    Kidnappers ge goth dhen laaraa ah ves engen jehey dhw!! They wanna separate the families in peace and hama akani photo akah her action was unbearable 💀💀💀
    Btw When next??
    Ly💗💗💗

    1. Maash Maash says:
      October 2, 2025 at 11:39 pm

      Heyy darll..
      hehe asluvxx
      agree with u on that..
      Yeshhh alishka and yashaal is cute dhww,, haha yeshhh alishka would soo shyy dhww..
      She is preg so pregnant hormones ig.. but true she shouldn’t have done that..
      Next part mondayga insha allah..
      Love you moree darll💜🦋

  6. Fragger 23 says:
    October 2, 2025 at 5:32 pm

    Oh my god
    Anehkaa aidhan Alishka aa ehbas vitha
    N what’s gonna happen to zaaidh
    Dhen laaraa ves dho
    Ehaavaru kuraakah nuvaane dho Mayaan ah
    Adhi ehaa balikoh ulhey iru
    Hageegai neygey thy dho laaraa ehen kanthah ekury
    Then Mayaan at least noony layaasha viyas vaane dho dhen eiyyy eh noonkan visnanee jeheyne gothaky
    Poor Mayaan
    Anehkaa kon bomeh baava govyyy
    Dhen vaany kihineh baa
    N Alishka n Yashal ves ulhey goi dho
    Hama rangalhah ves ethibey hama attach vefa hehe
    Mi part vez varah reethi
    N I like it
    When’s next tttt Maaaaash???????
    I like beynun thankolheh avahah kiyaalin dhen oi Bai
    Thankolheh avahah genesdhevi dhaane tho Maaaaaaaash
    I’m waiting for your nexttttttt partttttttt
    Like can’t wait
    To Lysm…. MAASH

    1. Maash Maash says:
      October 2, 2025 at 11:46 pm

      Dhen oii baiga ingeyne aidhan ehbas viyya..
      Zaaidhu ah vaa goii vx engeyne adhi.
      Yeahh laara ah iraadha kurevviya visneyne..
      poor mayaan indeed.. i feel bad for him too..
      Dhen oii bai kiyaaleyma vaa goii ingeyne..
      Yess alishaka and yashaal aslahvx dhww
      Thankyouu soo muchh.. i’m happy u liked itt..
      Next part mondayga insha allah..
      Love youu moree darll..💜🦋

  7. TAnoyMous76 says:
    October 2, 2025 at 5:34 pm

    Hey gurllllll Maash
    Mi part ves varah reethi
    Waiting for next part
    N avas kohla dhevun edhen

    1. Maash Maash says:
      October 2, 2025 at 11:46 pm

      Hiii darll
      Thankyouu soo muchh.. i’m happy u liked itt..
      Next part mondayga insha allah..
      Love youu moree darll..💜🦋

  8. Luna🖤 says:
    October 2, 2025 at 10:25 pm

    Mi part vess Vara reethiiiii
    Alheyyy I hope laara will know the truth soon
    And mi zaaidh is really getting on my nerves
    And I hope aidhin Will succeed his mission
    Keep it up ♥️♥️♥️

    1. Maash Maash says:
      October 2, 2025 at 11:48 pm

      Thankyouu soo muchh.. i’m happy u liked itt..
      Laara ah engeyne adhi vrh avahah..
      lets see what happens dhww
      Next part mondayga insha allah..
      Love youu moree darll..💜🦋

  9. Aanaa says:
    October 2, 2025 at 11:33 pm

    Masha allah mi part vs vrh reethi❤️
    Adhi mivy cmnt kohlaane vagutheh
    Alheyyy zaaaidddhoooooooooooo
    Huvaa rulhi eba araalai
    Alishka r yashaal vrh cuteee
    Aanaa ah assu gulheny aina r yashaal..neyngw kiihve kmh mihaar hiivey rukain r aina hen enme fahun gulhwyny
    Aidhan e hoadhan ulheny layaasha thaaa? Vrh hiivey
    Alhey laaraa,, kithanme rulhi ayas nuvaane dhw ehn hadhaakah..layaasha nuny mayaan vehje ehnu dhn lara ah vgn ulheygoiy kiyaidheyn
    Hithuga jehihje vrh…poor mayaan..mayaan ge hithah kuraane asar visnifa fen kalhi vehje😭😭😭..hewvany hama vhkge thereyga ulhevey hn
    Scenes thah vrh detail koh kiyaadhiifa huhnaathy
    Aanaa beynjn mi vhk ah film eh hadhan🫢
    Cmnt maa dhigu vehje ekm vs adhivs baevaru suvaal ebahuri😭
    Last question…eyna aky kaaku kan engeyne tha vrh avaha???
    Curiously waiting
    When next???
    Lyyyy🫶🏻🫶🏻🫶🏻

  10. Maash Maash says:
    October 2, 2025 at 11:53 pm

    Thankyouu soo muchh.. i’m happy u liked itt..
    Hehe yess zaaidhu asluvx vrh foohi dhww..
    yeshh alishka and yashaal is cutiesss..
    Hehe lets see dhw dhen vaagoii..
    ahaha vrh detail kohlevifa dhw mi part ga meeny.. poor mayaan.. feel bad for him too..
    Awww i wishh hehe😭
    i love long comments hehehe..
    Eyna akey kaaku kan ingeyne adhi hehe.. kon iraku kameh neyge but ingeyne..
    Next part mondayga insha allah..
    Love youu moree darll..💜🦋

  11. Mariam says:
    October 3, 2025 at 11:54 pm

    Adhi mi kiyalevuny vhk. Midhuvas kolhu hama bxy kamun Nukiyigen miulheny.
    Dhn mi zaaidhu mee konkahala meehehtha Alhe Vrh foos.
    Alishka and yashaal awwww.
    Anekkaa Kon meeheh ge vhk baa 🤔
    yo Is layaasha the one aidhan men e Hoadhany. Omg Vrh Curious
    And finally aidhan ah visnijje dhw Ekm aidhan dhin javaabaky Koba baa
    Oh noo laaraa ehn hedheema Mayaan Haadha dhera eh vaaney aslu. It’s so emotional 😭
    Laara ah visnaathee 😭and make laara and Mayaan live happy
    Whens next part. I loved mi part ❤️.
    Curiously waiting for the next part 💐

    1. Maash Maash says:
      October 4, 2025 at 10:07 pm

      Hehe ehen dhww..
      Zaidhu aslu vx vrh foosey dhww..
      Lets see dhww vaagoii.. aidhan ge javaab ingeyne dhen oii bai GA..
      Lets see dhww laara ah vaa goii..
      Next part up vefa mihaaru eyny.. 💜🦋

Comments are closed.

Next Episodeހިތް އެދެ ޔާރާ ތިއޭ – 46←


All Right Reserved!