Skip to content
އެސްފިޔަ
PRO · MVR 2.00

އަބަދުވޭ ހިތުގާ މަގޭ 2 (7)

“ކާކު ތަ؟” ބަދިގެއަށް ވައިން ނިޝްވާ ފެނި ޔީޝާ އަހައިލިއެވެ. “ސްޓޭޝަނުން” ފޯނު ނަގާ ސްޕީކަރަށް ލަމުން ނިޝްވާ ބުނެލިއެވެ. “ހަލޯ؟ ޔީޝާ؟” ވާހަކަ ދެއްކީ ހުޒާންއެވެ. “ޔެސް. އަޅުގަނޑު. ކިހިނެތް ތޯ ވީ؟” ޔީޝާ އަހައިލިއެވެ.
އެކޮޅުން އިވުނީ ޔީޝާ ދުވަހަކުވެސް އަހަން ބޭނުންވީ ޙަބަރެއް ނޫނެވެ. އަތުގައި އޮތް ރޮށި ދަމާ އެތި ބިންމައްޗަށް ވެއްޓުނެެވެ. އިވިގެން ދިޔަ ޙަބަރުން ޔީޝާއަށް ހުރިތަނަށް ތިރިވެވުނެވެ. އަނެއްކާ ވެސް އެ ބިރުވެރި ހުވަފެން ހަގީގަތަށް ވީ ހެއްޔެވެ؟ ޔީޝާ ކައިރީގައި ހުރި ނިޝްވާގެ ހަށިގަނޑުގައި ވެސް ބިރުވެރި ކަމުގެ ރާޅެއް ނަގާލީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ.
(7 ވަނަ ބައި)
“އަނެއްކާ… މާރްޑާރް ކޭސްއެއް. ޔަމްނަތް އަލީ. 18 އަހަރު. ރޭގަ ކޮލެޖަށް ދިޔަ ގޮތަށް ގެއަށް ނާންނަ ކަމަށް ވަނީ” ހުޒާން ބުނެލީ މަޑު މަޑުންނެވެ. “ވަޓް؟ ކީކޭ؟” ޔީޝާގެ ދެލޯ ބޮޑުވިއެވެ. “ހީވަނީ ކޮޕީ ކެޓްއެއްހެން މިއުޅެނީ…” ހުޒާން ބުނެލިއެވެ. “އޭނ؟ ކީކޭ؟ ތަންކޮޅެއް ސާފުކޮށް ބުނެބަ” ޔީޝާގެ ހިތް އަވަސް ވެއްޖެއެވެ.
“މިބުނީ… އެމީހަކު ޔަމްނަތް މަރާލާފައި ވަނީ ނިޔާލް މީހުން މެރި ގޮތަށޭ. ހަމަ އެއްގޮތަށް. ނިޔާލްގެ މަރުތަށް ކޮޕީ ކުރަން…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.