ޒާން އަހަރެން ކައިރީ މަޑުން އޮތުމަށް ބުނެފައި ދިޔައެވެ. އަހަރެންނަށް ރޮވެނީއެވެ. ތެދުވާނެ ހިއްވަރެއްވެސް އަހަރެން ގަޔަކު ނެތެވެ. ޒާން އާއި މަންމަ ވާހަކަދައްކާ އަޑު އިވެއެވެ. އިރުކޮޅަކުން އިވުނީ މަންމަ ޝަހާދަތް ކިޔަލި އަޑެވެ. މަންމަ ދުވެފައި އައިސް އަހަރެން ނަގައި އަނގަމަތީ އިން ފޮތިގަނޑު ނައްޓާދިނެވެ. އަހަރެންނަށް މަންމަގެ ގައިގައި އޮޅުލައިގަނެ ރޮއިގަނެވުނެވެ. މަންމަ ވެސް ދިޔައީ ރޮމުންނެވެ. ހަމައެވަގުތު ބައްޕަ ވެސް އައިސް ދޮރުމައްޗަށް އެރިއެވެ.
*ޕާރްޓް-17*
ޒާންގެ މޫނުމަތިން ކިތައްމެހާވެސް ހާސްކަމާއި ބިރުވެރިކަން ފެންނަން ހުއްޓެވެ. ޒާންގެ ހަޤީޤަތް މަންމަމެންނަށް ފަޅާއެރުމުން އަހަރެން ހުރީ އުފަލުންނެވެ. ހަމައެހާމެ ބިރުންވެސް މެއެެވެ. މިފަހަރު ޒާންގެ ކިބައިން ސަލާމަތް ވެވުނީތީވެ އަހަރެން މާތް ﷲ އަށް ޝުކުރުވެރި ވީމެވެ.
“ޒާން..!!!” ބައްޕަގެ ރުޅިވެރި އަޑު މުޅި ކޮޓަރިތެރޭގައި ގުގުމާލިއެވެ. ބައްޕަ މިހާ ރުޅިއައިސް އިންތަނެއް އަހަރެން އަދި ނުދެކެމެވެ.
“ކޮންކަމެއް މީ..؟؟” ބައްޕަ ޒާން އައި ސުވާލު ކުރިއެވެ. ޒާން އެކެއްޗެކޭވެސް ނުބުނެ އިސްޖަހާލައިގެން ހުރީއެވެ.
“ބަަލަ އެއީ ކަލޭގެ އަންހެނުންނޭ.. ތިވައްތަރަށް ތިޔަ ތަޅާ މަރަނީއަކީ.. ގައިމުވެސް އަހަރެން ކަލޭ ބަލާބޮޑު ކުރީ މިހެން ކިޔަމަކުންނެއް ނޫން.. އަންހެނުން ގައިގައި ޖަހާ އެމީހުންނަށް އަނިޔާ ކުރަންވާނެއޭ ކިޔައިފަ އެއްނޫން..” ބައްޕަ ދިޔައީ ރޫރޫ އަޅަމުންނެވެ. އަހަރެންނަށް ހަމަ ރޮވެނީއެވެ. ގައިގައި ވޭން އަޅަމުން ދިޔައެވެ. ހިތަށް އެހާ ބަރުވެފައި ވެއެވެ.
“އެފަކީރު ކަލެއަށް ކޮށްފަ ނުކޮށްދިނީ ކޮންކަމެއް އެއިން..؟؟ ޒާން ނުޖެހޭނެ ދޯ އެހެން ރާނިޔާ އަށް ހިތާކަަށެއް.. ބުނަން ހަމަމިހާރު އޭނަ ވަރިކުރޭ..!!” އަހަރެންނަށް މަންމަ އާއި ދިމާއަށް ބަލައިލެވުނެވެ. މަންމަ ބޯޖަހައިލިއެވެ.
“އަޑެއް ނީވުނުތަ.. އޭނަ ވަރިކުރާށޭ.. މަ ބޭނުމެއްނޫން.. އެއްވެސް އަންހެނަކަށް ކަލޭ ކަހަލަ ނުލަފާ ޖަނަވާރެއްގެ ކިބައިން އަނިޔާ ލިބޭކަށް..” ބައްޕަ އަހަރެންގެ ދިފާއުގައި ވާހަކަ ދެއްކިއެވެ.
“އެކަމު ބައްޕާ.. އަހަރެން ރާނިޔާ ދެކެ ނުލާހިކު ލޯބިވޭ..” ޒާން އާދޭހުގެ ރާގަކަަށް ބުންޔެވެ. ހަމަ އެހެން ބުނުމާއި އެކު ޒާންގެ މޫނުމައްޗަށް ހޫނު ހަމަލާއެއް އެރިއެވެ. ޒާން ބައްޕަ އާއި ދިމާއަށް ބަލައިލީ ހައިރާންވެ ހުރެއެވެ.
“ހަބަރުދާރު.. ދެން އެއްމެ ފަަހަރަކުވެސް އެހެން ބުނެގެން ނުވާނެ.. ކަލޭ އޭނާ ދެކެ ލޯބިވަންޔާ ތިގޮތަކަށް އެނާއަކަށް ނެހެދީސް..” ބައްޕަ އެހެން ބުނުމުން ޒާން އަވަސްފިޔަަވަޅު ތަކެއްގައި އައިސް އަހަރެން ކައިރީ ހުއްޓިލިއެވެ. އަދި އަހަރެންގެ އަތުގައި ހިފާއްޓާލި އެވެ. ބޭއިހްތިޔާރުުގައި އަހަރެންނަށް އަތް ދަމައިގަނެވުނެވެ.
“ދުރުގަ ހުރޭ.. ރާނިޔާ އާ ކައިރި ނުވާތި.. ޒާންގެ ފަރަތުން އޭނާ އަށް މިހާރު އެތަށް ހާސް އަނިޔާތަކެއް ލިބިއްޖެ..” މަންމަ ޒާން އާއި ދިމާ އަށް ބުންޔެވެ. އޭރުވެސް އަހަރެންގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ އަންނަނީއެވެ.
“ބަލަ މަންމާ.. އޭނާ އެހަދަނި ހުސް ދޮގޭ..” ޒާން ބެލީ ދޮގުހަދައިގެން ނަމަވެސް އޭނާގެ ކުށެއް ނެތްކަން ދައްކާށެވެ. ނަމަވެސް މިހާރު ލޮލަށް ފެނިފާ ވާކަމެއް ދެނެއް ބަދަލެއް ނުކުރެވޭނެއެވެ.
“ޒާން.. މާދަމާ ކޯޓަށް ދާން ތައްޔާރުވާތި..” ބައްޕަ އެހެން ބުނެ ނުކުމެގެން ދިޔައެވެ. މަންމަ ނުކުތީ އަހަރެންވެސް ގޮވައިގެނެވ. މަންމަ އަހަރެން އެގޭގައި ހުރި އިތުރކޮޓަރީގައި ބަހައްޓައިފައި ދިޔައެވެ. މަންމަ ދިއުމާއި އެކު އަނެއްކާވެސް އަހަރެންނަށް ރޮވެން ފެށުނެވެ. އަހަރެން ނަށް މިދިރިއުޅުން ހަޤުވާންވީ އަހަރެންނަށް ވެވުނު ކޮން އިހުމާލަކުން ހެއްޔެެވެ. ޒާން އަހަރެންނަށް އަނިޔާކުރަނީ ކީއްވެހެއްޔެެވެ. އަހަރެން އޭނާ އަކަށް ގޯނާކޮށް އޭނާ ރުޅިއަންނާނެ ފަދަ ކަމެއް ކޮށްފައެއް ނުހުންނާނެވެ. އަނެއްކޮޅުން މަންމަމެންނެވެ.[ރާނިޔާގެ މައިންބަފައިންް] އަހަރެން މިޖަނަވާރެއްފަދަ މީހާ އަށް ދިނީ ކީއްވެ ހެއްޔެވެ. އަހަރެންނަށް ރަގަނޅަކަށޭ ބުނިނަމަވެސް އަހަރެން މިރަށަށް އައިސް މަހެއްހާދުވަހެއް ނުވެ ދިރިއުޅުން އެފުންމިފުށަށް ޖަހައިފިއެވެ. މިއީ އަޅެ އަހަރެން ދިރިއުޅެން ޖެހިފައިވާ ހާލެވެ. ޒާން ކައިރިން މިނިވަންނެ ރަށަށް ދެވޭނެކަން އެނގޭތީވެ އަަހަރެން އުފާވިއެވެ.
އޭގެ އަނެއްދުވަހު ކޯޓަށް ގޮސް ޒާން އަހަރެްނ ވަރިކުރި އެވެ. ޒާންގެ އަނގައިން ވަރިކޮށްފީމޭ ބުނި އަޑު އިވުމުން އަހަރެންގެ ހިތް އުފަލުން ނަށައިގަތެވެ. އެއްމެ ފަހުން މިނިވަންވީއެވެ. އެތަށް ލައްކަ ދުވަހެއް ވޭނުގައި ހިތާމައިން ފޯވެ ހުރެފައި ހިތަށް ފިނިކަމެއް މިލިބުނީ އަދި ކިރިއާއެވެ.
ޒާންގެ މައިންބަފައިން އަހަރެންނަށް ރަށަށް ދާން ޓިކެޓް ނަގައިދިނެވެ. އަހަރެން ހުރީ އެކަމާއި ނުލާހިކު އުފަލުންނެވެ.
އެއްދުވަސް ފަހުން އަހަރެން ހުރީ ރަށުގައެވެ. ކާރު އައިސް ގޭކުރިމައްޗަށް މަޑުކޮށްލުމުން އަހަރެން އަވަހަށް ފޭބީމެވެ. ފޮށި ހިފައިގެން އައިސް ގޭ ދޮރުމަތީ ހުއްޓިލައި މަންމަމެންގެ ފައިވާން ހުރިތޯ ބަލާލީމެވެ. ނެތެވެ. އޭގެ މާނައަކީ އެއީ މަންމަ އާއި ބައްޕަވީ އޮފީހުގައި ކަމަށެވެ. ނޫނީ ކޮންމެވެސް އެހެންކަމަކު އެވެ. އަހަރެން ރަށަށް އަންނަން އުޅޭވާހަކަ އާއި ޒާން އާއި ވަރިވި ވާހަގަ އެއް ވެސް ނުބުނަމެވެ. އަހަރެން ބަލާލީ ހަރުގައި ތަޅުދަނޑިއެއް އޮތް ތޯއެވެ. ނަސީބު ހަމަރަގަނޅީއެވެ. އަހަރެން ގޭތެރެއަށް ވަދެ އަހަރެންގެ ކޮތަރި ހުޅުވާލީމެވެ. އެއްވެސް އެއްޗެއް ގުޑިލައިފަކާއެއް ނެތެވެ. އަހަރެން މިތަން ދޫކޮށް ދިޔަ ގޮތަށް އެހުރީއެވެ. ހިރަފުސް ނެތުމުން މަންމަމެން މިތަން ފޮޅާކަން އެނގެއެވެ. އަހަރެން ފޮށިން އެއްޗިހި ނަގައި ތަރުތީބު ކުރީމެވެ. ހުރިހާކަމެއް ނިއްމައިލައިފައި އަހަރެން ފެންވަރައި ހަދައިގެން އައިސް އޮށޯވެލީމެވެ. މާ ގިނައިރުތަކެއް ނުވެ ފުން ނިންޖަކަށް އަހަރެން ގެނބިއްޖެވެ.
ހޭލެވުނީރު އަދިވެސް ގަޔަކު އެހާ ވަރެއް ނެތެވެ. މަޑުމަޑުން ތެދުވެފައި އަހަރެން ގަޑިބަލާލީމެވެ. މިހާރު އެއޮށް 7 ޖެހީއެވެ. މިގަޑީގައި މަންމަ އާއި ބައްޕަ ވެސް އުޅޭނީ ގޭގަ އެވެ. އަހަރެން މޫނުދޮވެ ހަދައިލައިގެން ނުކުތީ ބަނޑުހައި ވެފައިހުރިވަރުންވެ. އަހަރެން ބަދިގެޔާއި ހަމައަށް ދިޔައިރުވެސް ބައްޕަ އާއި މަންމަ ވާހަކަ ދައްކާ އަޑު އިވެއެވެ. އަހަރެން އައިކަން އަދި އެމީހުންނަކަށް ނޭންގޭނެއެވެ. ނަމަވެސް އަހަރެން ހަމަ އާދައިގެ ގޮތަކަށް ގޮސް އައިސްއަލަ މާރިކައިރީ ހުއްޓިލައި ފެންފުޅިއެއް ނަގައި ބޮއިލީމެވެ.
“ރާނިޔާ..؟؟” މަންމަ ގޮވާލިއެވެ. އެއަޑުގައި ހައިރާންކަން އެކުލެވިފައި ވެއެވެ.
“ނުވެސް ބުނެލަ އައީކީއްވެތަ..؟ ކޮބާތަ ޒާން..” މަންމަ އެހެން އަހައިލައި ބަދިގެ ދޮރާއި ދިމާއަށްވެސް ބަލައިލިއެވެ. ބައްޕަ ވެސް ހުރީ ހައިރާންވެފައި އަހަރެންނަށް ބަލާށެވެ.
“ޒާން އެއް ނާދެ..” އަހަރެން އެހެން ބުނުމުން މަންމަ އާއި ބައްޕަ ދެމީހުންގެ މޫނުމަތިންވެސް އިތުރަށް ހައިރާންކަން ފެނުނެވެ.
“އެއީ ކީއްވެ..؟ ރާނިޔާ އެކަނިތަ އައީ..؟” މަންމަ އަނެއްކާ ވެސް އެހިއެެވެ.
*ނުނިމޭ*
ވާހަކަ އަޕްލޯޑް ކުރުން ލަސްވީތީވެ ހުރިހާ ކުދިންގެ ކިބައިން ވަރަށް ބޮޑަށް މަޢާފަށް އެދެން.. މިދިޔަ ދެހަފްތާ އަޅުގަނޑު އުޅުނީ ވަރަށް ބިޒީކޮށް.. ޓެސްޓް އޮތީމަ އާއި ޓީޗާރްސް ޑޭ ސެލެބްޜޭޝަންގެ ކަންތަތަކުގައި އުޅެން ޖެހުމުގެ ސަބަބަުން ގިނަވަގުތު ހޭދަކުރަން ޖެހިފައި ވަނީ ސްކޫލުގައެވެ. އެހެންކަމުން ވާހަކަ ލިޔުމަށް ވަގުތުނުވީއެވެ. ނަމަވެސް ދެން އަޅުގަނޑު ޔަޤީންކަން ދޭކަމަކީ އަޅުގަނޑުގެ ތިންވާހަކައިން ވެސް ކޮންމެ ހަފްތާއަކު އެއް ބައި ކިޔާލަން ލިބޭނެ ކަމެެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Abadhu ves thiakahala bahanaa eh dhahkanyy dhuvahaku ves avahakah kiyaakah nulibey
Sorry,sorry,sorry darling dhen eheneh nuvaane…
Also i ahve strict paremts, bunefaane kiriyaa rulhiannaa rakah dhen phone eh nulibeyne lap eh nunegeyne…
And mifaharu gerentee dhen okay..
koba dhooni
Right here… 😊
Oh I understand muxo and sorry for that 😢
Sorry to hear that you have strict parents 😭
Its okay..