Skip to content
އެސްފިޔަ

ބަރުބާދުކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-16

“ޒާން ބުންޔަސް މަންމަ ބުނީ ހިގާބަދާން.. ޒާން ދަރިފުޅަށް ގޮތެއް ހެދިޔަކަ ނުދޭނަން މަންމައެއް..” އަހަރެންގެ ޖުމްލަ ފުރިހަމަ ނުވަނީސް މަންމަ ބުންޔެވެ.

އަހަރެން އެެއްބަސް ވީމެވެ. އަހަރެންނަށް ޔަގީންވާކަމަކީ މަންމަ ދުވަަހަކުވެސް އަހަރެންނަށް އަނިޔާއެއް ދޭކަށް ނޭދޭނެ ކަމެވެ. ކުރިން މަންމަ އަށް ނެއިން ގުނީމައެވެ. އެހެން ނޫނީ މިހާރު އަހަރެން ހުންނާނިއްޔަކީ ރަށުގައެވެ. މުޅިން މިނިވަން ވެގެންނެވެ.

*ޕާރްޓް-16*

ހަވީރު ވުމުން އަހަރެން ތައްޔާރު ވެލީމެވެ. ޒާން އޮފީހުން އަންނާނީ ގާތްގަޑަކަށް ފަހެއް ޖަހާލާރު އެވެ. އެހެން ކަމުން އަދި މަންމައާއި އެކީ ދިޔަޔަސް ޒާން އަކާއި ބައްދަލެއް ނުވާނެއެވެ.

އަހަރެން ތައްޔާރު ވެލައިގެން އަތުގައި އެއްޗެއް އަޅައިލަންވެގެން ހޯދާލީމެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ޔޫޝައު އަހަރެންނަށް ދިން ކެވެލި ކޮޅެވެ. ޔޫޝައު މިހާރު އަހަރެންނަކަށް ވާހަކަ އެއްވެސް ނުދައްކައެވެ. އަހަރެންގެ މެސެޖް ތަށް ނުވެސް ބަލައެވެ. އެކަމާ އި އަހަރެން ނުލާހިކު ދެރަވަމެވެ. ޔޫޝައު ވެސް އަހަރެންދެކެ ފުހިވީ ހެއްޔެވެ. އެއީ ކީއްވެހެއްޔެވެ. އަހަރެން އޭނާ އަށް ނުލާހިކު ރަގަނޅެވެ.

“ރާނިޔާ..” ބޭރުން މަންމަ ގޮވާލި އަޑު އިވުނެވެ.

“ލައްބަ މިނުމުނީ..” އަހަރެން އަވަހަށް ގަޔަށް ސެންޓް ކޮޅެއް ޖަހާލައިފައި ހޭންޑް ބޭގް ހިފައިގެން ނުކުތީމެވެ.

މަންމަ އަހަރެން ގޮވައިގެން އެކިގޭގެޔަށް ވަނެވެ. މަންމަގެ ދުވަސްވީ އެކި ރަހުމަތްތެރިންނަށް އަހަރެން ތަޢާރަފް ކޮށްދިނެވެ. އެހުރިހާ އެއްމެންވެސް ވަރަށް ރަގަނޅެވެ. އެެއްމެ ފަހުން އަހަރެންމެން ދިޔައީ ޒާންގެ މާމަމެން ގެޔަށެވެ. މާމަ ވަރަށް ރަގަނޅެވެ. ވަރަށް ހެއެވެ. އެގޭއިން ސައިބުއިގެން ގެޔަށް ދިޔައިރު އިރުއޯއްސި  މަޣްރިބް ނަމާދު ބަންގި ގޮވާފިއެވެ.

ގެޔަށް އާދެވުމުން އަހަރެން ހިތް ނުތަނަވަސް ވާން ފެށިއެވެ. ޒާން އަހަރެންނަށް ހަދައިލާނީ ކިހިނެއް ކަމެއްވެސް ނެއިންގެއެވެ. މަންމަ ގެޔަށް ވަންނަން ހިގައިގަތީމަވެސް އަހަރެންނަށް ހުރެވުުނީއެވެ.

“ރާނިޔާ.. އާދޭ..” މަންމަ ގޮވާލިއެވެ. އަހަރެން ގޮސް މަންމަ އާއި އަރާހަމަވުމުން މަންމަ ބުނެލިއެވެ.

“ބިރުނުގަނޭ ދަރިފުޅާ.. މިރޭ ބައްޕަ ކައިރީ ބުނެގެން މާދަމާއަށް ކޯޓަށް ދެވޭތޯ ބަލާނަން..” މަންމަ ޔަގީންކަން ދިނެވެ. އަހަރެން ގަދަކަމުން ހީލާފައި އެތެރެއަށް ވަނީމެވެ.

ލަސްހިގުމެއްގައި ގޮސް ކޮޓަރިދޮރުމަތީ ހުއްޓިލީމެވެ. ފުން ނޭވާއެއް ބޭރުކޮށް ލައިފައި އަހަރެން ވަނީމެވެ. އަހަރެން ވަނީރު ޒާން އިނީ ފޯނެއްގަ އެވެ. ނަމަވެސް އޭނާ އަހަރެންނާއި ދިމާއަށް ލޯއަޅާލި އެެވެ. ހީވަނީ އެދެލޮލުންވެސް އަހަރެން ފިއްސާލަން އުޅޭހެނެވެ.

އަވަސް ކޮށްލާފައި އަހަރެން ގޮސް ޝޯލް ބަލައި އަލަމާރި ކައިރިއަށް ދާން އެނބުރިލި ތަނާހެން ޒާން އަހަރެން ކުރިމައްޗަށް އެރިއެވެ.

“މަ ކާރީ ނުބުނެ މިހާރު ތަންތަަނަށް ވެސް ދާން ފެށީތަ އެއިން..؟” ޒާން އަހާލިއެވެ. އަހަރެން ހުރި އިސްޖަހާލައިގެނެވެ.

“މަންމަ ބުނެގެން މަންމައާ އެކީ ދިޔައީ..” އަހަރެން ޖަވާބުގައި ބުނީމެވެ.

“މަންމައާ އެކީވިއަސް އެހެންމީހަކާ އެކީ ވިއަސް މަ ކާރީބުނެފަ ކަލެޔަށް ދެވޭނީ.. ބުނިން ދޯ މިއަދު ތަނަކަށް ގޮސްގެން ނުވާނޭ..” ޒާން އަހަރެންގެ އަތުގައި ހިފޭއްޓިއެވެ. ވަރަށް ބާރަށެވެ.

“މަ ކަމެއްކުރަންވެގެން ކަލޭ ކައިރީ ބުނީ މިއަދު ހަވީރު ގޭގަ ހުންނާށޭ.. އެވަރުންވެސް މި ސިކުނޑިއަށް އެއްޗެއް ނުވަށްތަ..” ޒާން އަހަރެންގެ ބޮލުގައި އޭނާގެ އަތުން ޖަހައިލިއެވެ. އަހަރެންނަށް ރޮވެން ފެށުނެވެ. އެއީ ބިރުންނެވެ. އެހެންނޫނަސް އެހެން މީހަކު އަހަރެންނާއި މާބާރަށް ވާހަކަދައްކައިފިއްޔާ އަހަރެންނަށް ރޮވެއެވެ. މިފަހަރުވެސް ވީހަމަ އެހެނެވެ. އެކަމު ބިރުންވެސް ހުރީމައާއި އެކީއެވެ.

“ބުނަން ކަލެޔަކަށް މިރެއަކު މަކައިރިންނެއް ސަލާމަތެއް ނުވެވޭނެ..” އެހެން ބުނެ އޭނާ އަހަރެންގެ އަތުގައި ހިފައިގެން ގޮސް އަހަރެން ދެއްމެ އެޅުވި ޝޯލް އަހަރެންގެ އަނގަމަތީ އެއްސުމަށް އުޅުނެވެ. ނަމަވެސް އަހަރެން ޒާން އަތުގައި ދަތް އެޅީމެވެ. ދަތްއެޅުނު އެއްމެ ބާރަކަށެވެ. ޒާން އަށް ތަދުވެގެން ހަޅޭލަވައިގަތެވެ. އަދި އަހަރެން ކޮށްޕާލިއެވެ. އަހަރެން ގޮސް ޖެހުނީ އިސްތިރި ކުރާމޭޒުގައެވެ.

“މަށާ ދެކޮޅަށްތަ ބާރުފޯރުވަން ތިއުޅެނީ..” ޒާން އަހަރެންނާއި ދިމާއަށް ބަލައިލީ ވިހަ ނަޒަރަކުންނެވެ. ފާޑަކަށް ހިނިއައިސް ހުރެ އަހަރެންނާއި ދިމާއަށް އޭނާ އަންނަން ފެށިއެވެ. އަހަރެން ހަޅޭ ލަވައިގަތިމެވެ.

“ނާންނާތި ކައިރިއަށް.. އެއްމެ ފިޔަވަޅޭއްވެސް ކުރިޔަށް އަޅައިގެން ނުވާނެ..” އަހަރެންގެ އަޑު ނުކުތީ ފޭދިގެންނެވެ. އަހަރެން ގަސްދުކުރި ކޮޓަރިން ނުކުތުމަށެވެ. ނަމަވެސް އަހަރެންނަށް ނެއިންގުނު ކަމެވެ. މާކުރިން ޒާން ހުރީ ކޮޓަރި ތަޅުލާފަ އެވެ.

“ހަހަ.. ރާނިޔާ އަކަށް ގަދައެއް ނުދެއްކޭނެ.. މިހާރު ތީމަގޭ ހައްގެއް.. މަ ބޭނުން ގޮތެއް ހެދޭނީ..” ޒާން އައިސް އަހަރެންގެ ދެއަތުގައި ހިފޭއްޓިއެވެ.

“ބުނަން، ކައިވެނިކޮށްގެން އުޅުމަކީ އޭގެ މާނައެއްނޫން، ފިރިމީހާ ބޭނުން ވާއިރަށް އަންހެނުން އެކަމަށް ތަބާވާށޭ ވަކި ހަމަތަކެއް އޮވެއޭ..” އަހަރެންވެސް ބުނީމެވެ. އޭރު އަހަރެންނަށް ގިސްލެވެނީއެެވެ.

“ހެހެ.. އެއީ ރާނިޔާ ގަބޫލު ކުރާ ގޮތް..” ޒާން އަހަރެން އެދުމައްޗަށް ކޮށްޕާލިއެވެ. އަހަރެން އުޅުނީ ތެދުވާށެވެ. ނަމަވެސް އޭގެ މާކުރިން ޒާން އަހަރެންގެ ގައި މައްޗަށް އެރިއެވެ. އަދި އަހަރެންގެ އަގަމަތީ އެ ޝޯލް އެއްސިއެވެ. އަހަރެން ކިތައްމެ މަސަށްކަތެއް ކުރިއެއްކަމަކު ބޮޑު ފިރިހެނަކު އަހަރެން ގައިމަތީ އޮށްވައި އަހަރެންނަށް ދެއްކޭނީ ކޮން ބާރެއް ހެއްޔެވެ.

ނަސީބެކެވެ. ޒާން އަށް އިތުރު ކަމެއް ނުކުރެވެނީސް ދޮރުގައި ޓަކިދީފިއެވެ. ސިހިފައި ޒާން ދޮރާދިމާއަށް ބަލާލިއެެވެ.

“ޒާން.. ދަރިފުޅާ.. އާދެބަ..” މަންމަގެ އަޑެވެ. އަހަރެންނަށް ބާރަށް ރޮއި ގަނެވުނެވެ.

“އަވަހަށް ދޮރުހުޅުވަބަަލަ..” މަންމަ އަނެއްކާވެސް ޓަކިދިނެވެ.

ޒާން އަހަރެންނާއި ދިމާއަށް މަޑުން އޮތުމަށް ބުނެފައި ދިޔައެވެ. އަހަރެންނަށް ރޮވެނީއެވެ. ތެދުވާނެ ހިއްވަރެއްވެސް އަހަރެންގެ ގަޔަކު ނެތެވެ. ޒާން އާއި މަންމަ ވާހަކަ ދައްކާ އަޑު އިވެއެވެ. އިރުކޮޅަކުން އިވުނީ މަންމަ ޝަހާދަތް ކިޔާލި އަޑެވެ. މަންމަ ދުވެފައި އައިސް އަހަރެން ނަގައި އަގަމަތީ އިން ފޮތިގަނޑު ނައްޓާދިނެވެ. އަހަރެންނަށް މަންމަގެ ގައިގައި އޮޅުލައިގަނެ ރޮއިގަނެވުނެވެ. މަންމަވެސް ދިޔައީ ރޮމުންނެވެ. ހަމައެވަގުތު ބައްޕަ ވެސް އައިސް ދުރުމައްޗަށް އެރިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (5)

  1. Nayerr

    Masha Allah mi part ves Vrh reethi hama kiyaa hithun indha enimuny ehme kiyaa hiyvi thankolun enimuny so curious next part vrh Avahah kiyaalan beynun can’t wait when’s next zaan ves nuvaane dhw ehen hadhaakah anehka zaan aa raaniyaa aa vari kuran tha eulheny coat ah dhaa vhk buneema so curioussss next part Avahah up kohdhehchey

  2. _MuXo_

    Thank you so much for your support! I am really happy that you like my stories! And I will try my best to upload the next part! Don’t worry v avahah kiyaalan libeyne! Inshaalaah!

  3. shynyx inax

    Mi par vx v reethi

    1. _MuXo_
      shynyx inax

      Thank you! 😊

  4. shynyx inax

    v reethi

Comments are closed.