މިކަހަލަ ސަކަރާތެއްގައި ހުރެމެ އެލްވިން އަށް ނުކުމެވުނީ ގެޔެށް ކައިރިއަށެވެ. އޭނާ ހިތަށް އެރީ އެގެޔަށް ވަނުމަށެވެ. އޭރުން ފަހަރެއްގައި އެމީހާ ގޮސްފާނެއޭ ހިތައެވެ. އޭނާ ހިގަމުން އަންނަނިކޮށް އެގެ ދޮރު ހުޅުވާލި ތަން ދެކުނެެވެ. އެލްވިން ކުޑަކޮށް މަޑުޖެހިލިއެވެ. އެގެއިން އެނުކުތީ ކައިޒެން އެވެ. އޭނާ މިގެޔަށް އެއައީ ކީއްވެހެއްޔެވެ. އަނެއްކާ މިއީ އޭނާގެ ގެ ނޫންބާއެވެ. ކޮންމެ ގޮތެއްވިއަސް މިގަޑީ ކައިޒެން ފެނުމީ ނަސީބޭ ހިތާ އެލްވިން ކައިޒެން އަށް ގޮވާލިއެވެ.
*ޕާރްޓް-10*
ކައިޒެން އަށް މީހަކު ގޮވާލި ހެން ހީވުމުން އޭނާ ބަލާލިއިރު އެލްވިން ފެނުމުން އޭނާ ކުޑަކޮށް ހައިރާން ވިއެވެ. އެލްވިން މިތާ ކީއްހޭ މިކުރަނީ ހިތަށް އެރިއެވެ.
“ކައިޒެން.. ހާއި.. ކޮންތާކަށް ދަނީ..؟” އެލްވިން އައިސް އޭނާ ކައިރީ ހުއްޓިލަމުން ވަރަށް ގާތްކޮށް ވާހަކަ ދެއްކިއެވެ.
“ހާއި، މިދަނީ ސްޓޭޝަން އަށް ދާން ކަމަށް.. އެލްވިން ކިހިނެއްވީ..؟” ކައިޒެން ގަދަކަމުން ހީލަމުން އަހާލިއެވެ.
“ފަހަތުގަ އެބައިނެއްނު މީހަކު ދޯ، އެމީހާ އަހަރެންނަށް ފޮލޯކުރަނީ އެހެންވެގެން..” އެލްވިން ވައިއަޑުން ބުނެލިއެވެ. ކައިޒެން ސިއްރުސިއްރުން ބަލާލިއެވެ. އާއެކެވެ. 10 ވަރަކަށް ފޫޓް ދުރުގައި މޫނުނިވާކޮށްގެން ހުރި މީހަކު އެބައިނެވެ. އެކަމު އެމީހާ އެލްވިންގެ ފަހަތުން އެއަންނަނީ ކީއްވެހެއްޔެވެ؟
“ވަރަށް ވަރުބަލިވެފަ ދޯ ތިހިރީ.. އަހަރެން އެލްވިން ގެޔަށް ލައިދީފާނަން.. އިފް ޔޫ ޑޯންޓް މައިންޑް..” ކައިޒެން ބުނެލިއެވެ. އެލްވިން ވިސްނާލިއެވެ. މިގަޑީ އެއްމެ ރަގަނޅުވާނީ ކައިޒެން އާއި އެކީ ދިޔައިއްޔާއެވެ. އެކަމު ކައިޒެންގެ ވެސް ނިޔަތެއް ނެއިންގެއެވެ. ނޫނެކެވެ. އޭނާ އެލްވިން އަކަށް ގޮތެއް ނަހަދާނެއެވެ. އެއަށްތުރެ އޭނާ މާރަގަނޅުވާނެވެ.
“ހޫމް.. އޯކޭ..” އެލްވިން އެއްބަސް ވިއެވެ. ކައިޒެން އާއި އެކު ކާރަށް އެލްވިން އެރުމުން އެމީހާ ދިޔައެވެ. އާދައިގެ ވަރަކަށް ކައިޒެން ކާރުދުވައްލާފައި ދިއުމުން އެމީހާ ފޯނު ނަގައި މީހަކަށް ގުޅާލިއެވެ.
“އޭނަ ގޮއްސި ކޮންމެވެސް ފިރިހެނަކާ އެކީގަ.. މިފަހަރަކު ނުވި..” އެމީހާ ބުނެލިއެވެ. އަދި ފޯނު ބޭއްވިއެވެ.
ހިރާ މޭޒުކައިރީގައި ގޮނޑި އަނބުރާލަ އަނބުރާލަ އިނެވެ. އޭނާ އިނީ ފޫހި ވެފައެވެ. އިލްހާން ބުނެގެން އިވާންވީ އިލްހާން ކައިރިއަށް ގޮހެވެ. އެކަމު ހާދަ ގިނައިރެވެ. ކެބިންގެ އެކިތަންތަން ބަލަމުން ދިޔަ ހިރާ ސިހުނީ މީހަކު ވަނުމުންނެވެ. ބަލާލީރު އިވާން އެވެ. އިވާން އަށް ވެސް ހިރާ އަށް ބަލައިލެވުނީ އެވަގުތު ކަމުން ދެމީހުންގެ ހަތަރުކަޅި ހަމަވިއެވެ. ހިރާ އަވަސްއަވަހަށް ތުން އަބުރާލައިފައި އަނެއްފަރާތަށް އެނބުރުނެވެ. ހިިރާ ހެދިގޮތް ފެނި އިވާން އަށް ކުޑަކޮށް ހެވުނެވެ.
“ހާދަ ބައްސަހައޭ ދޯ..” އިވާން އައިސް ހިރާ އާއި ކުރިމަތި ވާގޮތަށް ހުރި ގޮޑީގައި އިށީން ދެލަމުން ބުނެލިއެވެ.
“މިހާރު ކިހިނެއްވީ..؟” ހިރާ ހީވަނީ އިވާން ކަމެއް ކޮށްގެން ރުޅިއައިސް އިންހެންނެވެ.
“އަންނަންދެން މަޑުކޮށްލާށޭ ބުނީމަ އިނީމަ..” އިވާން ގޮޑީގައި ލެގިލައިގެން އިނީރު ކިތަށްމެހާވެސް ފިރިހެން ވަންތައެވެ. ހިރާ ޗޮކެއް ކަޑާލައިފައި ފޯނާ ކުޅެން ފެށިއެވެ.
އިވާން ހިތަށް އެރިއެވެ. ހިރާ އަކީ މޮޅު ހެކަރެކެވެ. އޭނާ ކައިރީ ބުނެގެން އިވާންގެ މައިންބަފައިން މަރުވި ދުވަހު އެތާ އިން ސީސީޓީވީ ފުޓޭޖް ބެލިދާނެއެވެ. އޭރުން އެނގޭނެއެއްނޫން ހެއްޔެވެ. އެހެން ހިތާ އިވާން ތެދުވެގެން ގޮސް ހިރާ އިން ގޮޑީގެ ފަހަތުގައި ހުއްޓިލިއެވެ.
“ޕްރިންސެސް އާދެބަ މިތަނަށް..؟” ގޮނޑި އަނބުރާ ލައިފައި އޭގެ އަތް އަޅާބައިގައި އިވާންގެ އަތް ވިއްދާލަމުން އޭނާ ބުނެލިއެވެ. ހިރާ އިނީ ގަނޑުވެފައެވެ. އިވާން އާއި މިހާ ކައިރީ އިދެވުމުންނެވެ. އޭނާގެ ވިންދު އަވަސްވެލިއެވެ. ހިރާ އަމިއްލަ މީހާ ހަމައަކަށް އަޅުވާލައިފައި ދެބުމަ ގޮށްޖަހާލިއެވެ.
“ޑޯންޓް ކޯލްމީ ދެޓް.. އެންޑް ތިހެން އިނީމަ މަށަށް ތެދުވެވޭތަ..؟” ހިރާ ރުންކުރުވެ ހުރެ ބުނެލިއެވެ.
“ދެޔާރް ޔޫގޯ މައި ލެއިޑީ..” އިވާން ސީދާ ވެލަމުން ހިރާ އަށް ތަންދެއްކިއެވެ. ހިރާ ފޫހި ގޮތަކަށް ލޯއަނބުރާލިއެވެ.
“ކޮން ކަމެއް ކުރަންވީ..؟” ކޮންޕިއުޓާ ކައިރީ ހުއްޓިލަމުން ހިރާ އަހައިލިއެވެ. ކަން ކުރަންވީ ގޮތް އިވާން ކިޔައިދިނުމުން ހިރާ މަސަށްކަތް ފެށިއެވެ.
ދެމީހުންގެ މެދުގައިވެސްވީ ހަމަހިމޭން ކަމެވެ. އެހަމަހިމޭން ކަން ފޫއަޅުވާލީ ކައިޒެންގެ އަޑުންނެވެ.
“ވިން ކީއްވެތަ އެމަގުން އައީ.. އެއީ އަނެއްހެން މީހުން ހިގާ އުޅޭ މަގެއްވެސް ނޫންދޯ..” ކައިޒެން އަހާލިއެވެ.
“ވަރުބަލިވެފަ ހުރީމަ ބޭނުންވީ އަވަހަށް ގެޔަށްދާން، ދެން ދޮންބެވެސް ބުނި ބިޒީކޮށް އުޅޭތީ ނެތޭ ބަލާއާދެވޭކަށް.. އެހެންވެ މަގުކުރުކޮށްލާނީ އޭ ހިތާ..” އެލްވިން އޮޅުން ފިލުވައިދިނެވެ.
“ދެން ވެސް އެމަގުން ނާންނަށްޗޭ.. އެމަގަކުން އެހާ މީހުންނެއްވެސް ނުދާނެ، ދެން ވިން އަށް ކަމެއްވިއަސް ކާކަށް އެނގޭނީ..” ކައިޒެން އެލްވިން އަށް ނަސޭހަތް ދިނެވެ.
ދެން ދެކެވުނީ ދެމީހުންގެވެސް މަސަށްކަތުގެ މައިދާނުގެ ވާހަކަތަކެވެ. ވާހަކައިގައި ތިބެ މިހާރު ގެޔަށް އާދެވިއްޖެވެ. އެލްވިން ދަނީ އޭ ބުނެ ފެއިބިއެވެ. އެލްވިން ގޯތިތެރެއަށް ވަންނަން އުޅެނިކޮށް ކައިޒެން ގޮވާލިއެވެ.
“ބީ ސޭފް..” އެލްވިން ބޯ ޖަހާލިއެވެ. ކައިޒެން ދިއުމުން އޭނާ ވަނެވެ. ކައިޒެން އާއި ވާހަކަ ދައްކައި ލެވުނީމާ އެލްވިން ހުރީ ނިކަން އުފަލުންނެވެ. ކޮންމެ ދުވަހަކުވެސް މިގޮތަށް ކައިޒެން އާއި ވާހަކަދައްކައި ލެވޭނެ ނަމައެވެ. އެކަހަލަ ފޮނި ހިޔާލުތަށް ކުރަމުން އެލްވިން ގެޔަށް ވަނެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.


Vrh reethi mi part ves elvin ah Kaaku tha follow kurany e alhe so curious when’s next
Thank you! Inshallah v avahah next part ves kiyaalan libeyne!
Mi part vx v reethi
This part is nice
When’s next bloom
Thank you! 😊
Inshallah v avahah!