Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ހަވޭލީ – ފަންސަވީސްވަނަ ބައި

Mariyam Imna
Mariyam Imna Level 210 Stories100 Login
September 25, 2025 3 Mins Read
6 Comments

ޔުމްނާއަށް ގެއަށް ވަދެވުނުއިރު ހެނދުނު 8 ޖަހާފިއެވެ. ތެތް ހެދުމާއެއްކޮށް ޔުމްނާ ހުރިގޮތައް ވަނީ ކޮޓަރިއަށެވެ. އަދި އެއަށްފަހު ފާހާނާއަށް ވަދެ ފެންވެރިއެވެ. ފެންވަރާ ނިމުމުން ތެތް ހެދުން ޔުމްނާ ދާވަށިގަނޑަށް އެއްލިއެވެ. އަދި އެއަށްފަހު އެނދުމައްޗަށް ވެއްޓިގަތުމަށްފަހު ނިދަން އޮތެވެ.

*** 25 ވަނަ ބައި ***

ހުސްނާ ކޮޓަރި ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔައެވެ. އޭނާގެ ޝައްކު މިހާރު ޔަޤީނަށް ބަދަލުވެއްޖެއެވެ. އޭނާގެ ދަރިފުޅު ޔުމްނާއަށް އެހެރީ ޖިންނި އަވަލާފައެވެ. ހުސްނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ހުސްނާ ފޭހުނު އިލޯށީގެ ކޮޅު އެވަނީ ހުސްނާގެ ލޮލަށެވެ. ނަމަވެސް ވެ ނިމިފައިވާ ކަމެއް ބަދަލެއް ނުކުރެވޭނެއެވެ. ހުސްނާ އޭނާގެ ފޯނު ނެގިއެވެ. އަދި ޔައުޤޫބު އެރޭ ދިން ނަންބަރު ހޯދުމަށްފަހު އެ ނަންބަރަށް ގުޅަން ފެށިއެވެ. ފޯނު ކަންފަތަށް ޖަހައިގެން ހުރެގެން ހުސްނާ ކުޑަދޮރުން ބޭރު ބަލައިލިއެވެ. އޭރު ހެނދުނުގެ ރަތް ދަކަ އަވި ހުރީ ކޮޓަރިއަށް އެޅިފައެވެ. ހުސްނާ ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔައެވެ. ފޯނު ރިންގު ވަމުން ދިޔަ ވަރަކަށް ހުސްނާގެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ.

އެ މީހާ ފޯނު ނުނަގައިފިއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟ ހުސްނާއަށް މި މުސީބާތުން ސަލާމަތް ނުވެވިއްޖެނަމަ މިކަން ނިމިގެންދާނެ ގޮތް ހުސްނާގެ ހިތަށް އެރުމުން ހުސްނާގެ ބިރު ބޮޑުވިއެވެ. މި ފަދަ ފިކުރުތަކެއް ކުރަމުން ދަނިކޮށް ފޯނު ނެގި އަޑު ހުސްނާއަށް އިވުނެވެ.

“އައްސަލާމު އަލައިކުމް. ތިއީ ކާކުތަ؟” އެކޮޅުން އެހިއެވެ. ހުސްނާގެ ހިތް ހީވީ ޑައިމެއް އެޅިހެންނެވެ. އަވަސްއަވަހަށް ހުސްނާގެ ވަނަވަރު އެ މީހާއަށް އޮޅުން ފިލުވައިދިނެވެ. އަދި ހުސްނާއަށް މިހާރު ކުރިމަތި ވެފައިވާ ރޫހާނީ ކަންތައްތަކުގެ ވާހަކަ ވެސް ކިޔައިދިނެވެ. މި ވާހަކަތައް އަޑު އަހަން އެ ކޮޅުން ބަހެއްވެސް ނުބުނެ ހުއްޓެވެ. ހުސްނާ ވާހަކަ ދައްކާ ނިމުމުން އެ މީހާ ވާހަކަ ދައްކަން ފެށިއެވެ.

“ތިއީ ކުޅުއްދުއްފުށީ ހިތިގަސްދޮށުގޭ ފައްޔާޒު އިބްރާހީމާއި ކުޅުއްދުއްފުށީ ޖަނބުރޯލުމާގޭ ސަރީފާ އާދަމުގެ ހަގު ދަރިފުޅު ހުސްނާ ފައްޔާޒު ދޯ؟” އެ މީހާއަށް އޭނާގެ މައިންބަފައިންގެ ވަނަވަރު އެނގުމުން ހުސްނާ ކުޑަކޮށް ހައިރާންވިއެވެ. “އާ..އާނ. ކިހިނެއް އެނގުނީ؟” ހުސްނާ އެހިއެވެ. “ނޭނގި ހުރޭތަ؟ ކޮއިގެ މައިންބަފައިންވެސް ތި މަޅީގައި ޖެހިގެން އައީ މަ ކައިރިއަށް ވިއްޔަ”. އެ ކޮޅުން ބުންޏެވެ. ހުސްނާ ހިންދިރުވާލިއެވެ. “އަހަރެންނަށް އެހީވެދީ. ބުނި އަދަދެއް ދޭނަން.” ހުސްނާ އާދޭހުގެ ރާގުގައި ބުންޏެވެ. “އަހަރެން ވާނީ ކޮއިގެ މައިންބަފައިން އަހަރެން ކައިރިއަށް އައި ފަހުން ތި އާއިލާއާއި ބެހޭ އެއްވެސް ކަމެއްގައި ހިއްސާ ނުވުމަށް ވައުދުވެފަ.” އޭނާ ބުންޏެވެ. ހުސްނާގެ އުންމީދުގެ ހުޅުކޮޅު ނިވިގެންދިޔައެވެ.

“ތިހެން ނުހަދާ. އެންމެ ފަހަރަކު ނަމަވެސް އެހީވެދީ. އަހަރެންގެ ކުށެއް ނެތް ދަރިފުޅު ސަލާމަތް ކޮއްދީ!” ހުސްނާއަށް މިހާރު ރޮވެނީއެވެ. ކުރެވުނު ކުށުގެ ބޮޑުކަމުގެ އިހްސާސް ކުރެވިގެން ކަންނޭނގެއެވެ. މި ވާހަކަ އަޑުއިވިފައި އެ މީހާގެ ބަސް ހުއްޓުނެވެ. “ދަ..ދަރިފުޅަށޭ؟” އޭނާ ހައިރާންވެ ހުރެ ސުވާލު ކުރިއެވެ. “ކިހިނެއް ދަރިފުޅަށް ޖެހުނީ؟” އެ މީހާ ހައިރާންވެ ހުރެ އެހިއެވެ. “ނޭ..ނޭނގެ!” ހުސްނާ ބިރުގަނެފައި ހުރެ ބުންޏެވެ. އެ ކޮޅުން ފުން ނޭވާއެއް ދޫކޮށްލި އަޑު އިވުނެވެ. އެތައް އިރެއް ވަންދެން އޭނާ އެހެން ހުރުމަށްފަހު އަނެއްކާވެސް ފުން ނޭވާއެއް ދޫކޮށްލި އަޑު އިވުނެވެ. “….ދެންމެ ތިޔަ ބުނި ވާހަކައިން އަހަރެންގެ ހިޔާލު ބަދަލުވެއްޖެ. ހުސްނާގެ ދަރިފުޅަށްޓަކައި އެކަނި މިކަން މި ކުރަނީ.” އެ މީހާ މިހެން ބުނުމުން ހުސްނާގެ އުންމީދުގެ ހުޅުކޮޅު އަލުން ރޯވެގެން ދިޔައެވެ.

“ކިހާ ދުވަހަކުން އާދެވޭނީ؟” ކެތް މަދުވެފައި ހުރެ ހުސްނާ އެހިއެވެ. ” 3 ދުވަސް. އެންމެ އަވަހަށް އެއީ.” އެ މީހާ ޖަވާބު ދިނެވެ.  މި އަޑު އިވުމުން ހުސްނާ ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލިއެވެ.

“މައްސަލައެއް ނެތް. އަހަރެން ބޭނުންވަނީ އަހަރެންގެ ދަރިފުޅު މިކަމުން ސަލާމަތް ކުރަން” ހުސްނާ ބުންޏެވެ. “އިރާދަކިރެއްވިއްޔާ ތިކަން ވާނެ. އަހަރެން ދަންދެން ކޮއިގެ ދަރިފުޅުގެ ހަރަކާތްތައް ވަރަށް ގާތުން ބަލާތި. އިރު އޮއްސޭ ގަޑިގައި ނުކުތިޔަ ނުދޭތި. އޭނާ ރުޅި އަންނަ ކަހަލަ ކަމެއް ނުކުރާތި. އަދި އޭނާއަށް ޝައްކު ވާކަހަލަ ގޮތަކަށް ހަރަކާތްތައް ނުބަހައްޓާތި.” އެ ކޮޅުން ބުންޏެވެ. “މައްސަލައެއް ނެތް. ތިބުނި ގޮތައް ކަންކުރާނަން.” ހުސްނާ މިހެން ބުނުމުން އެކޮޅުން ފޯނު ބޭއްވިއެވެ.

ހުސްނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި މަޑުމަޑުން ކޮޓަރިން ނުކުތެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ ވަރަށް އަވަހަށް އޭނާ އެތައް އަހަރެއް ވަންދެން ފޮރުވައިގެން އުޅުނު ކަންތައްތައް ފަޅާއަރަން ގާތް ވެއްޖެ ކަމެވެ. ނަަމަވެސް މިކަން ހުއްޓުވުމަށް ހުސްނާއަށް ކުރެވޭނެ ކަމެއް ނެތެވެ. ވަގަކަށް ހާސް ދުވަހެވެ. ވެރިއަކަށް އެއް ދުވަހެވެ.

މި ހިޔާލުތަކުގައި ހުރެގެން ހުސްނާ ޔުމްނާ ކޮތަރި ކައިރިން ލާފައި ދިޔައެވެ. ކުއްލިއަކަށް ހުސްނާގެ ނޭފަތުގައި ވަރަށް ނުބައި ވަހެއް ޖެހުނެވެ. ހުސްނާ ހުރި ފިޔަވަޅު މައްޗަށް ހުއްޓުނެވެ. އަދި މަޑުމަޑުން އަނެއްކާވެސް ޔުމްނާގެ ކޮޓަރި ކައިރިއަށް ހިނގައިގަތެވެ.

ޔުމްނާގެ ކޮޓަރިއާއި ކައިރި ވީ ވަރަކަށް ވަސް ދިޔައީ ގަދަވަމުންނެވެ. ޔުމްނާގެ ކޮޓަރީގެ ދޮރާއި އަރާ ހަމަ ވީއިރު ހުސްނާ ހުރީ ނޭފަތުގައި އަތް އަޅައިގެންނެވެ. ހުސްނާ މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

ހުސްނާ އޯކައް ނުދެމުނީ ކިރިޔާއެވެ. ކޮޓަރި ތެރޭގައި ދުވަމުން ދިޔައީ ކަންމޫޑު ވަހެވެ. ހުސްނާ އެނދުމަތީގައި ހަމަޖެހިލައިގެން އެއްވެސް ތަރުތީބެއް ނެގި ނިދަން އޮތް ޔުމްނާއަށް ބަލައިލިއެވެ. ނިދާފައި އޮތްލެއް އަރާމުކަމުން އޭނާއަށް މި ވަސް ނުދުވާކަން ހުސްނާއަށް އެނގުނެވެ. ނޫނީ ޔުމްނާ އެކަމާއި އަޅާ ނުލަނީއެވެ.

ހުސްނާ ނޭފަތުގައި އަތް އަޅައިގެންހުރެ ދާވަށިގަނޑުގެ މަތި ހިއްލާލިއެވެ. ސުބުހާނަﷲއެވެ. ވަށިގަނޑުގެ ތެރޭގައި އޮތީ ތެތްކޮށް އޮތުމުގެ ސަބަބުން ކަންމޫޑުވެފައި ހުރި ޔުމްނާގެ އަންނައުނެވެ. ހުސްނާ އަނބުރައިނުގަތީ ކިރިޔާއެވެ. ޔުމްނާގެ ކޮނޑުގައި ހިފާފައި ރަނގަޅަށް ތަޅުވާލަން ހުސްނާ ބޭނުންވިއެވެ. ނަމަވެސް ހުސްނާއަށް ދީފައިވާ އިންޒާރު ހަނދާންވުމުން އެތެރެއަށް ނޭވާއެއް އެެތެރެ ކުރުމަށްފަހު ދާވަށިގަނޑު ނެގިއެވެ. އޭރު ވަށިގަނޑުން ފެން ތިކި ޖަހަމުން ދިޔައެވެ. ހުސްނާ އަވަސްއަވަހަށް ގޮސް އެ ވަށިގަނޑުގަިއ ހުރި އެއްޗެހި މެޝެނަށް އަޅާލިއެވެ.

މި މަންޒަރު ބަލަން ޔުމްނާ އެއް ލޯ ހުޅުވައިގެން އޮތެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mariyam Imna
Follow Me Written By

Mariyam Imna

Level 210 Stories100 Login

Other Articles

Previous

އަބަދުވޭ ހިތުގާ މަގޭ 10

Next

ލޭގެ ބަދަލް-10

Next
September 25, 2025

ލޭގެ ބަދަލް-10

Previews
September 25, 2025

އަބަދުވޭ ހިތުގާ މަގޭ 10

6 Comments!

  1. 🤍 Eekko 🤍 says:
    September 25, 2025 at 4:29 pm

    Then vaany kihineh baa!?
    Husnaa ge past olhun filuvaithee bala! Aatheys kohfa mi bunee, I’m so curious!!!
    Mi part ves vrh reethi. Athi thankolheh dhigu kholi nama hama perfect vaane!

    1. Mariyam Imna Mariyam Imna says:
      September 28, 2025 at 6:44 pm

      Hi eekko!
      Hehe we’ll see Husna ge past very soon🫣
      Im glad you liked this part as well!
      Insha Allah then oi bai dhigu kohleveytho massakkai kuraanan💪

  2. shynyx inax shynyx inax says:
    September 25, 2025 at 7:30 pm

    Mi part vx v reethi

    1. Mariyam Imna Mariyam Imna says:
      September 28, 2025 at 6:44 pm

      Thank you Shynx Inax!

  3. Piyaari says:
    September 27, 2025 at 10:27 pm

    This part is very nice can’t wait for next part when is the next part

    1. Mariyam Imna Mariyam Imna says:
      September 28, 2025 at 6:45 pm

      Hi Piyaari!
      Im glad you liked this part!
      Insha Allah Wednesday or Friday ga upload kohlleveytho massakkai kuraanan💪

Comments are closed.

Next Episodeހަވޭލީ – ސައްބީސްވަނަ ބައި←


All Right Reserved!