Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް އެދެ ޔާރާ ތިއޭ – 41

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
September 18, 2025 6 Mins Read
30 Comments

“މިއަދުގެ ޕްލޭން ހަނދާން އެބަހުރިތަ؟” ކައިލް ކުޑަކޮށް ސީރިއަސްވަމުން ސުވާލުކޮށްލިއެވެ. “މައި ބްރޭކް ނަގާފަ ކައިލްއަށް ގުޅާނަން ލައިކް ޓްވެލްހާއިރު..” މައިރީން ބުންޏެވެ. “ހޫމް.. އެ ޒާއިދުގެ މޫނަށް އަރާ ކުލަވަރު ބަލަން ކެތްމަދުވެފަ އަހަރެން މިހުރީ އަހަރުމެން ދެމީހުންގެ ކައިވެނީގެ ކެއުން އެންމެނަށް ދޭއިރު..” އެއްމިޔަކަނުން ހީލަމުން ކައިލް ބުންޏެވެ. މައިރީން ވެސް ކައިލްގެ ވާހަކައަށް ތާއީދުކޮށް ބޯޖަހައިލިއެވެ.

***ޕާޓް 41***

މާލޭގެ ކާރުބާރު ބޮޑު މަގުމަތީގައި ސައިކަލު ދުއްވައިލުމަށްފަހު ޖަސްޓިސް ލޯފާރމް އިމާރާތުގެ ކުރި މައްޗަށް ސައިކަލު މަޑުކޮށްލިއެވެ. މައިރީން ސައިކަލުން ފޭބުމަށްފަހު އެތެރެއަށް ވަނެވެ. އެއާއެކު ފޮނި އެއްޗެއް ފެނިގެން ހިނިތަކެއް އޭތި ވަށައިލާ ފަދައިން އެތާ ތިބި އެންމެން މައިރީން ވަށައިލިއެވެ. އެންމެން އެފަދައިން އޭނަގެ ގާތަށް އައިސް ތަފާތު ސުވާލުތައް ކުރަން ފެށުމުން މައިރީން ލަދުގަތެވެ. އެވަގުތު މައިރީން ގާތު އޮފީހަށް އައިސް ދިނުމަށް ޒައިޝް ބުނުމަކީ މައިރީންގެ ނަސީބޭ ހިތަށް އެރިއެވެ. “މައިރިން ކިހިނެތްތަ؟” ޒައިޝް އަހައިލިއެވެ. “ރަނގަޅު” މައިރީން އަވަސް އަވަހަށް ޖަވާބު ދިނެވެ. “އަހަރެން އޭރު ވެސް ކިޔައި ދިނިން ދޯ މި ކޭސްއަކީ ކިހާ ނުރައްކާތެރި ކޭސްއެއްކަން..” ޒައިޝް އޭނަގެ ތަގުދީރު ފަށައިގަތެވެ. “އޭރުގެ ވާހަކަ ދައްކައިގެން ވާނެ ކަމެއް ދެން ނޯންނާނޭ ޒައިޝް ސާރ.. ވީ ކަމެއް ވީ.. ދެން އޮތީ ކުށްވެރިން ހޯދާފަ އެމީހުންނަށް އެކަށީގެންވާ އަދަބު ދިނުން.. ކިޔައިދީބަލަ މިހާރު އެ ކޭސް އޮތް ހިސާބު..” މައިރީން ބުނެލިއެވެ.

ކައިލް އޭނަގެ ކެބިންއަށް ވަތް އިރު އުކައިލްއާއި ދާރިއަންގެ އިތުރުން މާވިން ހުއްޓެވެ. އެންމެންގެ މޫނުމަތީގައިވި ލާނެތް ހިނިތުންވުމުގެ ސަބަބުން ކައިލްއަށް އެއްބުމަ ހިއްލައިލެވުނެވެ. “އެންމެފަހުން ކިޑްނެޕް ކުރި މަންޖެއާ ކައިވެނި ކުރީ.. ގަދަ ސޮރެކޭ..” ކައިލްގެ ކޮނޑަށް އަތް ވައްޓައިލަމުން ހިނިއައިސްފައި ހުރެ މާވިން ބުންޏެވެ. ކައިލް ކޮންމެ ވެސް ވަރަކަށް ރަކިވިއެވެ. އެހެންނަމަވެސް އެކަން ނުދައްކާ ހިނިތުންވެލިއެވެ. އުކައިލްއާއި ދާރިއަން ވެސް ކައިލްއަށް މަރުހަބާ ކިޔެވެ. “ކޮބާ ކައިވެނީގެ ސައެއް ވެސް ނެތީތަ؟ އަހަރުންނާ ހެދި އޭ ތި ކައިވެންޏެއް ކުރެވުނީ ވެސް.. އެހެންވީމަ އަހަރުންނަށް ސައި އޮންނަންވާނެ ދޯ އެންމެ ކުޑަމިނުން…” ކައިލްއާއި ދިމާކުރާ ރާގަކަށް ދާރިއަން ބުންޏެވެ.

ކައިލް ހީލުމަށްފަހު ދާރިއަންގެ ސުވާލަށް ޖަވާބު ދިނުމަށްޓަކައި އަނގަ ހުޅުވައިލިއެވެ. “ކައިވެނީގެ ކެއުން އޮންނާނެ އެންމެނަށް ވެސް މިއަދު މެންދުރު މިތާ ކައިރީ މިހުރި ޑައިނަމޯގަ..” ކައިލް ގޮޑީގައި އިށީންނަމުން ބުންޏެވެ. “އެންމެން؟؟” އުކައިލް ލޯކުޑަކޮށްލަމުން ކައިލްއަށް ސުވާލުގެ ނަޒަރަކުން ބަލައިލަމުން ބުންޏެވެ. “ޔެސް.. ޒާއިދުއަށް ވެސް ޝުކުރު އަދާކުރަންވާނެއެއްނުން އަހަރެންނަށް ކައިވެނި ކުރާނެ މީހެއް ހޯދައި ދިނީމަ..” ހިނިއައިސްފައި ހުރެ ކައިލް ބުނެލިއެވެ. “ކައިލް ބުނި ވާހަކައިގެ މާނަ އެނގުމުން އެންމެންގެ ލޯތަށް ބޮޑުވިއެވެ. “މިތާ ދެވަނަ ބޮޑު ހަނގުރާމަ ފަށަންދޯ ކައިލް ތިއުޅެނީ..” މާވިން ސުވާލުކޮށްލިއެވެ. ކައިލް ކޮނޑު އަރުވައިލުމަށްފަހު މޭޒުމަތީގައި އޮތް ފައިލް ބަލަން ފެށިއެވެ. “އެކަމަކު އަހަންނަށް ވަރަށް ހީނުވޭ ޒާއިދުހެން މައިރީން ކިޑްނެޕް ކުރީ.. އެއީ އެދުވަހު މިތާ އޭނަ އުޅުނީ..” އުކައިލް ބުންޏެވެ. “އޭނަގެ ޕަޕެޓުން ހުންނާނެ..” އުކައިލްއަށް ބަލައިލަމުން ކައިލް ބުންޏެވެ.

“އަނބި ގޮއްޔެ ވެސް ކެޔުމަށް އަންނާނެދޯ؟” ދާރިއަން ލާނެތް ގޮތަކަށް އަހައިލިއެވެ. ދާރިއަންގެ ސުވާލަށް ޖަވާބު ދިނުމަށްޓަކައި ކައިލް ބޯޖަހައިލިއެވެ. “އަސްލު ކުރިން ބައިގަ މި ކެބިންއަށް ތި މީހުން ވަދެ ތިތިބީ ކޮން ކަމަކު؟ މަށަށް އެނގޭ މީހަކާ އިނީމަ މަރުހަބާ ކިޔާކަށް ނޫންކަން ހަމައެކަނި.. ކޮންކަމަކު ތި އައީ؟؟” ކައިލް އެއްބުމަ އަރުވައިލަމުން ސުވާލުކޮށްލިއެވެ. “ހޫމް ރަނގަޅަށް ތިބުނީ.. އަޕްޑޭޓެއް ލިބިގެން އަހަރުން މިއުޅެނީ..” އުކައިލް ބުންޏެވެ. ކުއްލިއަކަށް ކައިލްގެ ނަޒަރު އުކައިލްއަށް ހުއްޓުނެވެ. “މަޔާންގެ ކޭސްގަ؟” ހިތް އަވަސްވެފައި ހުރެ ކައިލް ސުވާލުކޮށްލިއެވެ. “މަޔާންގެއޭ؟ މިހާރު އެއީ ކަލޭގެ ބްރަދާ އިން ލޯއޭ.. ރެސްޕެކެޓްއޭ ކިޔާ އެއްޗެއް ކޮށްބަލަ ދޯ..” ކައިލްގެ ކޮނޑުގައި ޖަހައިލަމުން ދާރިއަން މަޖާ ރާގެއްގައި ބުންޏެވެ. “ކޮން ރެސްޕެކެޓްއެއް އެހެން ޕެކެޓެކޭ ކިޔާކަށްތަ.. ކީއްވެ އަހަރެންނަށް އިންފޯރމް ނުކުރެވުނީ..” ކައިލް ދެބުމަގޮށްޖަހައިލަމުން އަހައިލިއެވެ. “ކައިލް ރިލޭކްސް.. ކައިލްއަށްވުރެ ބޮޑެތި މީހުން އަހަރުންނަކީ.. އަހަރުން ކަމެއް ކުރާނީ ވިސްނާ ވަރަކަށް ވިސްނާފަކަން ކައިލްއަށް އެނގެން ޖެހޭނެ މިހާރު..” އުކައިލް ބުނެލިއެވެ. “ކޮން އަޕްޑޭޓެއް؟” ކައިލް ތަންކޮޅެއް މަޑުން އަހައިލިއެވެ.

އުކައިލް ކަނާތު ފާރު ކައިރީ ހުރި ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ. “ރޭ ދަންވަރުގެ ވަގުތެއްގަ ސްރީ ލަންކާ ފުލުހުން އަހަންނަށް ގުޅީ.. ބުނީ އެކޮޅަށް ރޭ ދަންވަރު ފޯނުކޯލެއް އައީއޯ.. ގުޅާފަ ވަނީ އަންހެން ކުއްޖަކޯ.. އެމީހުންނަށް އެ އަންހެން ކުއްޖާގެ އެއްވެސް މައުލޫމާތެއް ނޭނގެ.. އެ އަންހެން ކުއްޖާ ދިނީ ހަމައެކަނި މަޔާންގެ މައުލޫމާތު… މަޔާން ހުރި ތަނުގެ ވާހަކަ ކިޔައިދިނީ.. ކޮންމެ ވެސް ބިންގަރާހެއްގެ ވާހަކަ.. އެކުއްޖާ ވާހަކަ ދެއްކިލެއް މަޑުކަމުން އެމީހުންނަށް އެކުއްޖާ ކިޔާ އެއްޗެއް ސާފު ވަނީ ކިރިޔާއޭ ބުނީ..” އުކައިލް ބުންޏެވެ. “އަންހެންކުއްޖެކޭ؟” ކައިލްއަށް އަހައިލެވުނެވެ. އެމީހުން ޖަހައިލިއެވެ. “ޑޭޖާވޫ ދޯ ދާރިއަން..” މާވިން ބުނެލިއެވެ. “އައި ހޮޕް މިޔާއަށް ކޮށްފައިވީ ވަރު އެމީހުން ތި ކިޔާ މަންޖެއަށް ނުކުރާނެ ކަމަށް..” ދާރިއަން ފުން ނޭވާއެއް ދޫކޮށްލަމުން ބުންޏެވެ.

“މިޔާ؟ އޭޒް އިން ޔުއާރ ވައިފް އެންޑް މާވިންގެ ކޮއްކޮ؟” ކައިލް އަހައިލިއެވެ. “ޔެއާހ ލޯންގް ސްޓޯރީ..” ހިތި ހިނިތުންވުމެއް ދެމުން މާވިން ބޯކަހައިލިއެވެ. “އޭނައަށް އެމީހުން ކިހިނެތް ހެދީ؟” ކައިލް ޝައުގުވެރިކަމާއެކު ސުވާލުކޮށްލިއެވެ. “އިމޯޝަނަލީ އެންޑް ފިޒިކަލީ ބްރޭކް ކުރެވުނު ވަރަކަށް ބްރޭކް ކުރީ.. އިރާދަކުރެއްވީތީ އަހަރެމެން އެންމެން މަސައްކަތްކޮށްގެން އެ ގޭންގް އެއްކޮށް ޖަލަށް ލެވުނު..” ދާރިއަން ދުރު ބަލައިލަމުން ބުންޏެވެ. “މި މީހުން ވެދާނެތަ އެ ގޭންގު ބަޔަކަށް؟” ކައިލް ސުވާލުކޮށްލިއެވެ. “އަހަރެންނަށް އެނގިފައިވާ ގޮތުން ބްލަޑް މާފިއާ ގޭންގުގެ ބަޔެއް ރާއްޖޭން ބޭރުގަ ހަރަކާތްތެރިވަމުންނެއް ނާދޭ….” އުކައިލް ޖަވާބުދިނެވެ. “ބައިވަރު ގޭންގުތައް އޮންނާނެ ދޯ ދެން.. އަހަރުން އަދި ވެސް މި މަސައްކަތް ކުރަނީ މި ކޯލު ޓްރޭސް ކުރެވޭތޯ.. ވަރަށް ސެކިޔުރިޓީ ހައިކޮށް އުޅެނީ.. ދެން ބަލަމާ ދޯ..” މާވިން ބުންޏެވެ.

އެހެން ދުވަސްތަކެކޭ ހިލާފަށް މިއަދު ޔަޝާލް އޮފީހަށް އައީ ވަރަށް ނުރަސްމީކޮށްށެވެ. ކަޅު ކުލައިގެ އަތް ދިގު ކަރު ފޮރޮވޭ ފަދަ ‘ޓާޓަލް ނެކް ސްވެޓާ’ އެއް ލައިގެން ހުރި އިރު އޭނަ ފެންނަނީ ކޮރިއާގެ ފިލްމީ ތަރިއެއް ފަދައިންނެވެ. އަޅި ކުލައިގެ ފަޓުލޫނެއް ލައިގެން ހުރި އިރު އެންމެންގެ ލޯތަށް ހުއްޓިފައިވަނީ ޔަޝާލްއަށްށެވެ. ޔަޝާލްގެ ފަންފަން ކަޅުކަންގަދަ އިސްތަށިކޮޅު ނިތްކުރި މައްޗަށް ވެއްޓިފައިވީއިރު، އޭނަގެ ލޮލަށް އުނދަގޫކުރަމުން ދިޔައެވެ. ޔަޝާލް އެއްޗެކޭ ބުނުމެއް ނެތި ހަރު ހިނގުމެއްގައި ގޮސް އޭނަގެ ކެބިންއަށް ވަދެ ދޮރު ޖެހިއެވެ. ޔަޝާލްގެ ހަރަކާތުން އެ ކެބިންގެ އަނެއްބައިގައި މަސައްކަތް ކުރަން އިން އަލިޝްކާ ސިހިގެން ދިޔައެވެ. ޔަޝާލްއަށް މިކަން ފާހަގަވި ނަމަވެސް އަޅާނުލާ ގޮޑީގައި އިށީނެވެ. “ކޮބާތަ މިއަދު އަލިޝްކާގެ އެކުވެރިޔާ؟ އަހަރެން ނުކުރާށޭ ބުނާ ކަންކަން ކުރަން ދިޔައީ ދޯ؟” ޔަޝާލް އަހައިލިއެވެ.

އަލިޝްކާ އެއްޗެކޭ ނުބުނެ އިނުމުން ޔަޝާލްއަށް އަނގަޔަށް ގޮތެއް ހަދައިލެވުނެވެ. އަލިޝްކާއަށް ވަގުވަގަށް ވަށްކަޅިން ޔަޝާލްއަށް ބެލެމުން ދިޔައެވެ. ނުރަސްމީކޮށް ހެދުން އަޅާފައި ހުރުމުން ވަކިން ފިރެހެންވަންތަ ކަމަށް ދައްކައެވެ. “އަހަރެންގެ ސުވާލަށް ޖަވާބު ނުދީ އިނދެގެން ވަގުވަގަށް އަހަންނަށް ބަލާނެ ކަމެއް ނެތް އެނގޭ..” ޔަޝާލްގެ އަޑުން އަލިޝްކާއަށް ހޭވެރިކަންވި ފަދައެވެ. އަލިޝްކާގެ ކޯތާފަތަށް ރަތްކުލަ ފޭދިގެން ދިޔައެވެ. އަވަސް އަވަހަށް އިސްޖަހައިލަމުން ތުންފަތް ހަފާލާފައި އޭނަގެ މަސައްކަތާގެން ކުރިއަށް ދާން ފެށިއެވެ. ޔަޝާލްގެ ބޮލަށް ލާނެތް ހިޔާލެއް ވެރިވިއެވެ. ލަސް ހިނގުމެއްގަ އަލިޝްކާގެ މޭޒު ކައިރިއަށް ގޮސް ހުއްޓުނެވެ. ޔަޝާލް އޭނަގެ މޭޒާއި ދިމާލަށް ތިރިވުމުން ގަލަން ހިފައްޓައިގެން އިން އަލިޝްކާގެ އަތް ތުރުތުރު އަޅަން ފެށިއެވެ.

ޔަޝާލް އޭނަގެ އަތުން އަލިޝްކާގެ ދަތްދޮޅީގައި ހިފުމަށްފަހު ހަތަރުކަޅި ހަމަކޮށްލިއެވެ.  ޔަޝާލްގެ ދެލޮލުގައިވި ޖާދޫއިން އެ ފުން ކަނޑެއް ފަދަ ދެލޮލަށް އަލިޝްކާ ގެނބިގެން ދިޔައެވެ. “އައިނާ ކޮބާ؟” ޔަޝާލް އޭނަގެ ބަރު އަޑުން ސުވާލުކޮށްލިއެވެ. އަލިޝްކާ އޭނަގެ ދުލުން އެއްޗެއް ބޭރު ވެދާނެ ކަމުގެ ބިރަށް ތުންފިއްތައިލިއެވެ. “ލިކާ.. ޔުއާރ ލިޕްސް އާރ ޓެމްޕްޓިން މްމް..” އަލިޝްކާގެ މޫނަށް ނޭވާ އެޅޭހައި ގާތްވަމުން ޔަޝާލް ބުނެލިއެވެ. އޭރު އޭނަގެ ކަޅި ހުއްޓިފައިވަނީ އަލިޝްކާގެ ވަށްކޮށް ހުރި މަޑު ރަތްކުލައިގެ ތުންފަތަށްށެވެ. އަލިޝްކާގެ މޫނު އިތުރަށް ރަތްވެގެން ދިޔައެވެ. މީހެއްގެ ފިޔަވަޅުތަކުގެ އަޑު އިވުމުން ޔަޝާލް އަވަސް އަވަހަށް ދުރުވެލިއެވެ. އެވަގުތު އައިނާ ކެބިންއަށް ވަނެވެ. އަލިޝްކާ އިސްޖަހައިގެން އިނދެ އޭނަގެ ތުންފަތް ހަފައިލިއެވެ. އައިނާ އަލިޝްކާ ގާތަށް އައި ގޮތުން އައިނާއަށް އެއްވެސް އެއްޗެއް ނުފެންނަކަން ޔަޝާލްއަށް އެނގުނެވެ. އެއްމިޔަކަނުން ހީލަމުން ޔަޝާލް އަލިޝްކާއާއި ދިމާލަށް އެއްލޯ މަރައިލިއެވެ.

ވައިބާގެ ޒަރީއާއިން އެންމެނަށް ޑައިނަމޯއަށް ކާން އައުމަށް ކައިލް ވަނީ ދައުވަތު ދީފައެވެ. މައިރީން ގޮވައިގެން ޑައިނަމޯގެ މޭޒު ކައިރީ ހުރި ގޮޑީގައި އިން ކައިލްގެ މޫނު މަތީގައިވަނީ ގޮތް ނޭނގޭ އަސަރެކެވެ. ކައިލްގެ ގާތު މައިރީން އިން އިރު މައިރީންގެ އަތް ވަނީ ކައިލްގެ އަތު ތެރޭގައި ފޮރުވާލެވިފައެވެ. ފަހަރަކު މީހަކު އަންނަމުން ގޮސް އެ ކެއުމަށް އައުމަށް އެންމެން އިންތިޒާރު ކުރަމުން ދިޔަ މެހެމާނު ކަމަށްވާ ޒާއިދު އެތެރެއަށް ވަނެވެ. ކައިލްމެންގެ ޑިޕާރޓްމެންޓް އެންމެން އޭރު ވަނީ ހަމަވެފައެވެ. ޒާއިދު ގޮޑީގައި ހަމަޖެހިލި އިރު ވެސް މައިރީންއާއި ކައިލްއެއް ނުފެނުނެވެ. “ކިހިނެތްވެގެން އަހަރުންނަށް ދޭ ކެއުމަކޯ މިއީ؟ ޕްރޮމޯޝަންއެއް ލިބުނީތަ-” ޒާއިދު ބުނަން އުޅުނު ވާހަކަ މެދުކެނޑުނީ ކައިލް ގާތު އިން މައިރީން ފެނިފައެވެ. ކައިލް ކަރުކެހިލަމުން މައިރީންގެ އަތުގައި ހިފައި ކޮޅަށް ތެދުވިއެވެ. “މި ކެއުމަކީ އަހަރެންނާ މައިރީންގެ ފަރާތުން ތި އެންމެންނަށް ދެވޭ ކައިވެނީގެ ހަދިޔާއެއް..” ޒާއިދުއަށް ވަށްކަޅިން ބަލައިލަމުން ކައިލް ބުންޏެވެ.

ޒާއިދުގެ މޫނު ހުދުވެގެން ދިޔައެވެ. އެންމެން މަރުހަބާ ކިޔަމުން ދިޔައިރު ވެސް ޒާއިދު އިނީ ހުތްވެފައެވެ. އޭނަ މޫނުމަތީގެ އަސަރުތަކުން ހީވަނީ ހުތް އެއްޗެއް ކެވިފައި ހުރިހެންނެވެ. ކައިލް އެތެރެން ހީހީ އިންއިރު، ޒާއިދު އެތެރެއިން އިނީ އަނދައަނދައެވެ. “ޒާއިދު ސާރ އަޅުގަނޑުމެންނަށް މަރުހަބާ ވެސް ނުކިޔާނަންތަ؟” ޒާއިދުގެ އެތެރެ ހަށީ ރޯވެފައިވި އަލިފާންގަނޑަށް ޕެޓްރޯލް އަޅަމުން މައިރީން އަހައިލިއެވެ. “މަރުހަބާ ދެކުދިން.. އުފާވެރި ދިރިއުޅުމަކަށް އެދެން..” ދަތް ވިކައިލައިގެން އިނދެ ތުންފަތަށް ގަދަކަމުން ހިނިތުންވުމެއް ވެރިކޮށްލަމުން ޒާއިދު ބުންޏެވެ. އެކި ވާހަކައިގައި ތިބެގެން އެންމެން ކެއުމަށް އިންސާފު ކުރަމުން ދިޔައިރު ޒާއިދު އިނީ އެތަނުން ދެވޭނެ ވަގުތަކަށް އިންތިޒާރުކޮށްލަ ކޮށްލައެވެ. އޭނަ މޭޒު ދަށުން ފޯނުގައި އަވަސް އަވަހަށް އިނގިލިތަކުން އެއްޗެއް ޓައިޕް ކުރަމުން ދިޔައެވެ.

ދަންވަރުގެ ވަގުތެވެ. ލަޔާޝާ އެނދުގައި ތައްޔާރުވެލައިގެން އިނެވެ. ކަޅުކުލައިގެ ލޭސް ފޮތީގެ ނިދާ ހެދުމެއްގައި އިން އިރު އެ ހަށިގަނޑުގެ މަޑު ކްރީމް ކުލަ ފާޅުވަމުން ދިޔައެވެ. ދޮރު ހުޅުވައިލާފައި ހީކުރި ގޮތަށް ދެ މީހަކު ވަދެގެންއައެވެ. ސަޗިން އާއި ދަހުލާން އެމީހުން ލައިގެން ހުރި އަންނައުނު ބާލަން ފެށުމުން، ލަޔާޝާ ފާޑެއްގެ ދިޔާ އެއްޗެއް އަޅާފައި ހުރި ތިން ތަށި ގެނައެވެ. “ތީ ކޯއްޗެއް؟” ސަޗިން އަހައިލިއެވެ. “ބުއީމަ އެނގޭނެއެއްނުން ކޯއްޗެއްކަން.. އަލަށް ލިބުނު ސްޓަފް މިއީ..” ތަށި ދިއްކޮށްލަމުން ލަޔާޝާ ބުންޏެވެ. އެއާއެކު އެ ދެމީހުންގެ ދެލޯ ވިދައިލިއެވެ. އެއް ނޭވާއިން އަވަސް އަވަހަށް އެ ތަށީގައިވި އެއްޗެއް ހުސްކޮށްލިއެވެ. އެނދު މައްޗަށް އަރައި އިރުކޮޅެއް ނުވަނީސް އެމީހުން އެތަނަށް ދެމުނެވެ.

ލަޔާޝާ އަވަސް ހަރަކާތާއެކު ސަޗިންގެ ޖީބުން ތަޅުދަނޑި ފައްޗެއް ނެގުމަށްފަހު، ކަޅު ކުލައިގެ ދޫކޮށް ހުރި ހޫޑީއެއްލައި ތިރިން ކަޅުކުލައިގެ ޖިންސެއްލިއެވެ. އަދި މޫނު ނިވާކުރުމަށްޓަކައި މާސްކެއް އަޅައި އޭނަގެ ކުރު އިސްތަށިގަނޑު ފޮރުވައިލިއެވެ. މިހާރު ކެމެރާއަށް އޭނަ އެރި ނަމަވެސް އޭނައަކީ އަންހެނެއް ކަމެއް ނޭނގޭނެއެވެ. ބިންގަރާހަށް ވަދެވޭ މަގުން ގޮސް މަޔާން ހުރި ތަނަށް ވަނެވެ. އޭރު މަޔާން ވެސް ހުރީ ލަޔާޝާގެ އިންތިޒާރުގައެވެ. ލަޔާޝާ ދޮރު ހުޅުވައިލުމަށްފަހު މަޔާންގެ ފައިގައި ޖަހާފައި ހުރި ޗޭނުތައް ނެއްޓުމަށްޓަކައި އެކިއެކި ތަޅުދަނޑި ބޭނުން ކުރަން ފެށިއެވެ. “ކާމް ޑައުން ލަޔާޝާ.. ތިހާ ބިރުން އުޅެންޏާ ބަސްޓް ވެދާނެ އަނެއްކާ..” މަޔާން ވައި އަޑުން ބުންޏެވެ. “ތިކަހަލަ އެއްޗެހި ނުކިޔަބަލަ..” ލަޔާޝާ ލޯއަޅައިލިއެވެ. އެފަދަ ވަގުތެއްގައި ލަޔާޝާ ރުޅިއައުމުން މަޔާންގެ ގާތަށް ހިނިއައެވެ. އެހެންނަމަވެސް އަވަހަށް ލަޔާޝާއަށް އެހީވެދޭން އުޅެން ފެށިއެވެ.

ދެތިން ފަހަރު މަސައްކަތްކޮށްލުމުން ތަޅު ހުޅުވިގެން ދިޔައެވެ. އެއްވެސް އަޑެއް ނީއްވާ ދެމީހުން އެތަނުން ނިކުންނަން ހިނގައިގަތެވެ. ބިންގަރާހުގެ ބޭރު ބަލަހައްޓާ މީހުން ތިބީ މަސްތުގެ ކަނޑަށް ގަރަގުވެފައެވެ. އޭގެ ސަބަބުން ލަޔާޝާމެންގެ މަސައްކަތަށް ފަސޭހަވެގެން ދިޔައެވެ. އޭގެން މީހަކާއި ކައިރިވެ އެމީހަގެ އަތުގައި އޮތް ބަޑި މަޔާން ދަމައިގަތެވެ. އަދި އެމީހަގެ އަނގައިން އަޑެއް ބޭރުވުމުގެ ކުރިން އޭނަގެ ބޮލުގައި ބަޑިން ޖަހައި އޭނަ ހޭނައްތައިލިއެވެ. ހޭނެތިގެން ދިޔަ ވަގުތު އެމީހަގެ ޖީބުގައި އޮތް ކުޑަކުޑަ ރިމޯޓް ފާޑެއްގެ އެއްޗަށް ފިއްތައިލިއެވެ. އެއާއެކު އެމްބިޔުލާންސްގެ އެލާރމެކޭ އެއްފަދައިން އޭނަގެ އަތުގައި އޮތް އެތި ރަތް ކުލައިން ދިއްލެމުން، އެލާރމް އަޅަން ފެށިއެވެ. “ރަން ލަޔާޝާ!!” ލަޔާޝާގެ އަތުގައި ހިފަމުން މަޔާން ދުއްވައިގަތެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ހަންޖަރު 3

Next

މަލާމާތް ނުކުރަމާ

Next
September 19, 2025

މަލާމާތް ނުކުރަމާ

Previews
September 18, 2025

ހަންޖަރު 3

30 Comments!

  1. Vaanuvaa.com says:
    September 18, 2025 at 6:55 pm

    Is this s2 of inssafu libeyne baa????
    Ukail maavin dhaarian??
    Um.. Tell me bro I’m so confused

    1. Maash Maash says:
      September 18, 2025 at 6:58 pm

      This is s2 of kushaky kobaa.. yes dhaarian men ulhey cause e storyge kudhin laigen mi story mi liyany.. they are just side characters in this story.. sorry for Ur confusion 💜🦋

  2. naberr naberr says:
    September 18, 2025 at 7:02 pm

    alhey haadha curious ey next part ah this is the best part ever
    Ehera zaaidhu eh dhww anehka keekey kiyaafa kaakahbaa zaaidhu e msg kuree?
    cant wait for the sunday
    may allah bless your hard work MAASH
    LOVE YOU

    1. Maash Maash says:
      September 18, 2025 at 9:09 pm

      Aww thankyouu soo muchh darll.. I’m happy liked it..
      Lets see dhww.. aww thankyouu..
      May Allah bless Ur hard work too.. actually I think mondaygahen next part geneveyny.. let’s see dhw dhen..
      Love you moree darll💜🦋

  3. Arrmyy gurrl says:
    September 18, 2025 at 7:13 pm

    Ohh godddd.. Mayaan mn escape vanyy… Im so so scared..
    Ekudhin acahah salaamai kureyy..police vx avas kohbala.. Ethan hoadhabalaa… Alheyy.. Kiyey nukiyey ehchey vx neynge..
    Zaaidhu aneyka kaakah msg kury??? Dhen vaany kihineyy?? Mai n kail e thiby rakkaatheri hisaabeyga tha??? Layaasha mn safe tha???
    Oh noo… Hus javaabu ney suvaalu.. Plzz give me all those answers. Marshh.. Help me..
    Btw mi prt vx vrh reethi Maasha Allah
    Curiously waiting
    Whn nxt????
    Take Care
    Lyyy💜🖤💜🖤💜

    1. Maash Maash says:
      September 18, 2025 at 9:12 pm

      Hehe yeahh they are escaping dhww.. zaaidh msg kuri meeheh engeyne adhi..
      Dhen oii parts ga thi hurihaa suvaalakah javaab libeyne..
      Thankyouu soo much darll.. I’m happy U liked it.. next part insha Allah Monday ga..
      Take care darll..
      Love you moreeeee💜🦋

  4. Thiththi says:
    September 18, 2025 at 7:14 pm

    Isheen’dheney eh noon. Isheeney ran’galhu gothakee. Ey e dhemeehun salaamaiy kuraathi. Anekkaa ves bodu inthizaaregge thereyah thiya ninmaalee! Isheen’dhejje isheeneey miee ran’galhu goiythah hama
    Mibai ves varah reethi

    1. Maash Maash says:
      September 18, 2025 at 9:29 pm

      Ethankolhu raglhah liyan ulhefa vx nubai koh liyevfa eyney.. thankss faahaga kohdhinyma.. let’s see dhww vaagoii.. thankyouu soo muchh.. vrh happy vejje mi part reethi kan enguneema 💜🦋

  5. Anonymous says:
    September 18, 2025 at 7:17 pm

    wow varah reethi Masha Allah
    varah curious omg what will happen next……..

    1. Maash Maash says:
      September 18, 2025 at 9:30 pm

      Thankyouu soo muchh.. vrh happy vejje mi part reethi kan enguneema.. let’s see dhww💜🦋

  6. Anonymous says:
    September 18, 2025 at 7:22 pm

    Omg this part is so beautiful…btw make sure Mayaan and layaasha get out of there safely.. curiously waiting for next part..
    Take Care
    Love your stories

    1. Maash Maash says:
      September 18, 2025 at 9:30 pm

      Thankyouu soo muchh.. vrh happy vejje mi part reethi kan enguneema.. let’s see what happens dhww next part Insha Allah Monday ga.. aww thankss💜🦋

  7. Aanaa says:
    September 18, 2025 at 7:44 pm

    Masha allah mi part vs vrh reethi
    Alishka r yashaal tha????😭
    Zaaidh ge face balan vrh beynun vehje
    Layaasha mennah nukumeveyne tha ethanun salaamathun????
    Sooo cuuuriooouuusss
    When next????
    Lyyyysssmm

    1. Maash Maash says:
      September 18, 2025 at 9:35 pm

      Thankyouu soo muchh.. vrh happy vejje mi part reethi kan enguneema.. haha yess alishka and yashaal.. zaaidh ge face dhww hehe…. let’s see what happens dhww.. next part Insha Allah Monday ga..
      Love you moree darll💜🦋

  8. Typeleter6835 says:
    September 19, 2025 at 6:15 am

    I wanna see zaaidhs face
    N layaasha n Mayaan escaping
    Woww
    Alishka n Yashal
    Whats going on
    Will layaasha n Mayaan escape
    You’re a very creative author
    N I like your stories
    I’ve been reading them
    When’s next

    1. Maash Maash says:
      September 19, 2025 at 6:29 pm

      Hehe zaaidhuge face fenifa ehnun eyny dhen..
      Mmm will they escape? Lets wait and see..
      Awww thankyouu soo muchhh..
      Next part Insha Allah Monday ga 💜🦋

  9. TAnoyMous76 says:
    September 19, 2025 at 6:17 am

    Wowwe
    This part is also nice
    I like your story’s a lot
    N I read them
    When’s next Maash???????

    1. Maash Maash says:
      September 19, 2025 at 6:31 pm

      Thankyouu soo muchhh.. I’m happy U liked it . Next part Insha Allah Monday ga.. 💜🦋

  10. Mariam says:
    September 19, 2025 at 11:53 am

    Omg Haadha curious kollaafa ey thi nimmaalyy 😭
    Masha Allah Vrh reethi mi part vx
    Alishka and yashaal?!?! Dhn with whom will Aina end up 🤔will Mayaan and layaasha escape?
    Anekkaa zaaidhu maireen menah kameh kuran raavany baa. Omg so many questions are in my head. Hahaha
    Ekm Vrh majaa zaaidhu ge reaction hehe
    Whens next part? Hope we’ll get to read it soon.
    Love ya ❤️❤️

    1. Maash Maash says:
      September 19, 2025 at 6:35 pm

      Hehe yeahh vrh curious kohlaafa dhw nimmaalevuny..
      Thankyouu soo muchh.. I’m happy U liked it.. Aina is lonely😢😭.. let’s see if they’ll escape dhww.. next part Insha Allah Monday ga..
      Love you more darll💜🦋

  11. Shiu💜 says:
    September 19, 2025 at 12:49 pm

    Mi part vx varah Reethi Masha Allah..
    Alishka and Yashaal?? 🤯
    Mai and Kail nukuraane rangalhu kameh 🤣 they just wanted to see Zaaidh ge reaction 😅🤣
    Zaaidh kaakah baa E message kury?
    Mai and Kail ah dhera gotheh nahadhahchey 🥺🙏
    Mayaan and Layaasha ah nikumeveyneba salaamathun ?
    Btw Sorry for the late comment.
    Appreciate your hard work 💗
    Curiously waiting for the next part.
    Lyssssm Maash 💜

    1. Maash Maash says:
      September 19, 2025 at 6:39 pm

      Thankyouu soo muchh.. I’m happy U liked itt.. yess alishka and yashaal.. haha yeahh emeehun zaaidhu ah angaalee ehnun marry kurikan e.. let’s see dhww vaa goii.. no worries darl appreciate it lovely comment.. next part Insha Allah Monday ga.. love you moree darll💜🦋

  12. naeen says:
    September 19, 2025 at 9:38 pm

    hii maash as alwaysss vrhhhh furihama MA MA
    and sorry lahun cmmnt kurevunyma mi dhuvaskolhu olevel kairi vaathy bsykoh ulheythyve but IA will do read and comment
    anywaysssss cannntttt waittttt for 42
    tc <33

    1. Maash Maash says:
      September 19, 2025 at 11:39 pm

      Heyyy naeen..
      Thankyouu soo muchh.. I’m happy U liked it.. no worries darll.. I’m happy that I got a lovely comment from U.. ohh ehen dhww.. study well ingey.. next part Insha Allah Monday ga💜🦋

  13. lynn says:
    September 19, 2025 at 9:59 pm

    hey maash. kithah eps in mi vhk nimeny or is there more seasonss
    love this story anywayss and u too 💜👏

    1. Maash Maash says:
      September 19, 2025 at 11:41 pm

      Heyyy Lynn.. mmm not sure ingey adhi kithah EPs kameh or ehen season eh onnaane kamaa medhu.. let’s see dhw.. sorry to disappoint U ingey.. but there will be many EPs insha’Allah.. thankyouu soo muchh.. I’m happy U liked this story.. and love you morerr💜🦋

  14. shynyx inax shynyx inax says:
    September 19, 2025 at 10:24 pm

    Mi part vx v reethi

    1. Maash Maash says:
      September 19, 2025 at 11:42 pm

      Thankyouu soo muchh darll… I’m happy U liked it💜🦋

  15. Luna🖤 says:
    September 21, 2025 at 7:20 pm

    Wowwww mi part vess Vara reethi… Sorry for the late reply study camp thakaa hedi Vara busyyyy haha
    Kail and maireen ge plan Vara salhi I wish I could actually see that look on zaaidh’s face🤣
    And I hope mayaan and layaasha will be ok
    ❤️❤️❤️

    1. Maash Maash says:
      September 21, 2025 at 10:43 pm

      Thankyouu soo much.. I’m happy U liked it.. no worries happy to get a lovely comment from U.. haha yess it’ll be fun.. let’s see dhw 💜🦋

Comments are closed.

Next Episodeހިތް އެދެ ޔާރާ ތިއޭ – 42←


All Right Reserved!