Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަބަދުވޭ ހިތުގާ މަގޭ 2 (2)

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
December 17, 2025 3 Mins Read
2 Comments

މޫނު މަތީގައި އަތްހާކާލި އިރު ނިޝްވާގެ ލުއި ގިސްލުމުގެ އަޑު ކޮޓަރި ތެރޭގައި ލުއި މިއުޒިކެއް ފަދައިން އިވެމުން ދިޔައެވެ. އެގިސްލުމުގެ އަޑުން ވެސް ނިޝްވާގެ ހިތަށް ތަދުވެފައިވާ ވަރު ދޭހަވެޔެވެ.

(2 ވަނަ ބައި)

މުސައްލަ މަތީގައި އިނދެ ނިޝްވާ އިރުކޮޅަކު ޤުރްޢާން ކިޔަވާލިއެވެ. ދެން ތެެދުވެ ރީތިވާ މޭޒު ކައިރީ އިން ގޮނޑީގައި އިށީނދެލިއެވެ. އުމުރުން 17 އަހަރުގެ ނިޝްވާ ހީވަނީ ނިކާލްގެ “ކޮޕީ” އެއްހެންނެވެ. ހަމަ އެތުންފަތެވެ. ނިކާލްގެ ތުންފަތް ކައިރީ އިން ކަޅު ތިލަ ނިޝްވާ ވެސް އިނދެޔެވެ. ހަމަ އެ ފަން އިސްތަށިކޮޅެވެ. ހަމަ އެދެލޮލެވެ. ނަމަވެސް ނިޝްވާއަށް ލިބިފައި ވަނީ ޔީޝާގެ “ހޭޒެލް” ކުލައިގެ ކަޅިރަވައެވެ.

ކުޑަކޮށް ރީތި ވެލައިގެން ޔީޝާ ވަށް ބުރުގަލެއް އަޅައިލިއެވެ. ބަދިގެއަށް ވަނީ ކޮލެޖަށް ދިޔުމުގެ ކުރިން ޔީޝާއަށް ކުޑަކޮށް އެހީވެލާށެވެ. ނިޝްވާ ބަދިގެއަށް ވައިން އިރު ޔީޝާ ހުރީ ފުއްމޮޑެ ނިންމާފައެވެ. ރޮށި ފިހަން ތައްޔާރު ވަނީއެވެ.

“ކޯއްޗެއް ތަ ހަދަނީ މިއަދު؟” ނިޝްވާ އަތް ދޮވެލަމުން ސުވާލު ކޮއްލިއެވެ. “މިއަދު މިހިތަށް އަރަނީ ކުޅިކޮށް ސޮސެޖާއި ރޮށި ހަދަން. ދަރިފުޅު ސޮސެޖް ހަދަން ވީނުން؟ މަންމަ ރޮށި ފިހެދޭނަން” ޔީޝާ އުދުން ރޯކޮއްލާފައި ރޮށި ދަމަން ފެށިއެވެ. “ލައްބަ އޯކޭ” ނިޝްވާ އައިސް އަލަމާރީގައި ހުރި ސޮސެޖް ޕެކެޓުން 2 ޕެކެޓް ނެގިއެވެ.

“ކޮން އިރަކުން ތަ މިއަދު ކޮލެޖަށް ދާން ޖެހެނީ؟” ޔީޝާ އަހައިލިއެވެ. “މިއަދު ދާން ޖެހެނީ 8 ޖަހާ އިރު” ގަނޑުކަން ފިލުވާލުމަށް ފެން އެއްޗަކަށް ސޮސެޖް ޕެކެޓްތަށް ލަމުން ނިޝްވާ ބުނެލިއެވެ.

“ދަރިފުޅާ؟ ދަރިފުޅާ އެލް؟” ޝިވާ ދޮރުގައި ޓަކި ޖަހާލިއެވެ. ޔުއެލްގެ ޙަބަރެއް ނުވުމުން ޝިވާ ކޮޓަރިއަށް ވަނެވެ. އޭރު ވެސް ޔުއެލް އޮތީ ގަދަ ނިދީގައެވެ. “ދަރިފުޅާ އެލް. އިރު އަރައިފި މިހާރު ވެސް. އަދި ވެސް ނުތެދުވެ ތިއޮތީ. ދެން ތެދުވެބާ” ޝިވާ ޔުއެލް ގާތުގައި އިށީންނަމުން ގޮވައިލިއެވެ.

“ދެން. ވަރަށް ނިދި ގަދައޭ” ޔުއެލް ފުރޮޅިލިއެވެ. “ނިދި ގަދަވާނެއްނުން ރޭގަ ވެސް އެލް 2 ޖެހި އިރު ވެސް ޕީއެސް ކުޅެން އިނީ” އެވަގުތު ކޮޓަރި ދޮރު މައްޗަށް އެރި ޔުނާލް ބުނެލިއެވެ. “ދަރިފުޅު މިހާރު ތިއީ ކުޑަ ކުއްޖެއް ނޫނޭ. ބަރާބަރަށް ނަމާދު ކުރަން ޖެހޭނެ. މިހާރު ދަރިފުޅަށް ތިހުރީ 17 އަހަރު ވެފަ. ސުކޫލް ވެސް ނިމިފަ. އެއްޗެއް ކިޔަވާކަށް އުޅުނީއެއް ނޫން، ވަޒީފާއަކަށް ދާން އުޅުނީއެއް ނޫން. އެލް ދެން ތަންކޮޅެއް ޒިންމާދާރު ވާން ވެއްޖެއްނުން” ޔުނާލް ހުރީ ހިތްހަމަ ނުޖެހިފައެވެ.

“ދެން ބައްޕަ ވާނެ ހޫން ކޮންމެ ދުވަހަކު މަށަށް ލެކްޗަރު އަޅަން. ވަރަށް ފޫހިވޭ” ޔުއެލް ހިތްހަމަ ނުޖެހިފައި ތެދުވެ ފާހާނާއަށް ވަނެވެ. “ހިނގާ ސައިބޯން؟” ޝިވާ ފުންނޭވާއެއް ލާފައި ތެދުވިއެވެ.

ކޮޓަރި ތެރޭގައި އިން އަކްޔަލް އިނީ ސްޓަޑީ ޓޭބަލް ކައިރީގައި ކިޔަވާށެވެ. އުމުރުން 16 އަހަރުގެ އަކްޔަލަކީ ސޫކޫލު ނިމުން ގޮތަށް އޭލެވެލް ހަދަމުން ދާ ކުއްޖެކެވެ. ދުވަސްކޮޅަކީ ޓެސްޓު ދުވަސްކޮޅަށް ވުމުން އަކްޔަލް އަބަދުހެން ކުރާ ކަމަކީކިޔެވުމެވެ.

“ހޭ ނާޑް. ސައި ހެދިއްޖެ” ކޮޓަރި ދޮރުން ބޯދިއްކޮއްލަމުން އެލީކާ ބުނެލިއެވެ. “ނާޑް މައި ފުޓް” އަކްޔަލް ކަޅި އަނބުރާލިއެވެ. ބައިމަތި ފުޅާ ހަށިގަނޑެއް ލިބިފައިވީ އަކްޔަލްއަކީ އަންހެން ކުދިންގެ ހިތްތަށް ކަތިލާ ފަދަ ރީތި ކަމެއް ލިބިފައިވާ ޒުވާނެކެވެ. ފަން ދިގު އިސްތަށިގަނޑު އެގޮތް މިގޮތަށް ހޭވިފައި އޮތް އިރު އަޅައިގެން އިން ނަންބަރު އައިނުން އެތޫނު ދެލޯ ވަކިން ރީތި ހެން ހީވެޔެވެ.

“ދޮންތި ހިތަށް އަރާ އަކޫ ވާ މޮޅޭ. އެންމެން އެހެރަ ކިޔަނީ ވިއްޔަ އޭ ލެވެލް އުނދަގޫ ވާހަކަ” ކޮޓަރިން ނިކުން އަކްޔަލްއާއި އެއްވަރަށް ހިނގަމުން އެލީކާ ބުނެލިއެވެ. “ހަހަ. ކުރަން ބޭނުމީއާ ކޮންމެ މީހަކަށް ވެސް ކުރެވޭނެ. އަކޫ ބޭނުމީ ހަމަ ޑަކްޓަރަކަށް ވާން” އެންމެ ކުޑައިރުން ސުރެ ވެސް ޑަކްޓަރަކަށް ވުމަކީ އަކްޔަލްގެ އެންމެ ބޮޑު އުންމީދެވެ.

ބަދިގެއަށް ދެބެއިން ވައިން އިރު ސައި ހަދާފައި ހުއްޓެވެ. ކަޓްލަސްއާއި ސޮސެޖް ރޯލްސް ހަދާފައި ހުރި އިރު ކަޅު ސައި ހަދާފައި ހުއްޓެވެ. “އަވަހަށް އާދޭ ސައިބޯން” ގޮނޑީގައި އިށީންނަމުން ޔޫޝާ ބުނެލިއެވެ. “ކޮބާ ބައްޕަ؟” އަކްވާން ފެންނަން ނެތުމުން އަކްޔަލް އަހައިލިއެވެ. “މީޓިންގެއް އޮވެގެން މިއަދު ދިޔައީ ތަންކޮޅެއް އަވަހަށް” ޔޫޝާ ކަޓްލަސްއެއް ނަގަމުން ބުނެލިއެވެ.

ނޫކުލައިގެ ހޫޑީއަކާއި ކަޅު ކުލައިގެ ދޫ ހަރުވާޅެއް ލައިގެން ސޯފާގައި އިން އިން އުޔައިނާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ކުރެހިފައި ވިއެވެ. ސްކްރީންގައި ހުރި އެއްޗެއް ބަލަން އިން އުޔައިނާގެ ދެލޯ ވަނީ ސްކްރީންގައި “ތަތް” ވެފައެވެ. ބަލަން އިން އެއްޗަކާއި ދިމާލަށް ބަަލަން އިނީ ވަރަށް ޝައުގު ވެރި ވެފައި ކަން އެނގެނީ ފަހަތުން އައިސް ހުއްޓުނު ރައިޒެކް އައިކަން ވެސް އުޔައިނާ އަށް ނޭނގުމުންނެވެ.

“ހޫން. ސާބަހޭ” ލައިގެން ހުރި ސޯޓު ޖީބަށް އަތް ޖަހާލަމުން ރައިޒެކް ބުނެލިއެވެ. ބައިމަތި ފުޅާ ހަށިގަނޑެއް ލިބިފައިވީ އިރު ލައިގެން ހުރީ ހަމަ އެކަނި ކުރު ސޯޓުކޮޅެކެވެ. ބަނޑުގައި ހަގޮޅި އިން އިރު އަތުގައި ވެސް ވަރު ހުއްޓެވެ. ބޯހާވާލާފައި ހުރުމުން ވަކިން ރީތިހެން ހީވެޔެވެ.

“ދޭންންންނނނ ދޮނބޭ” އުޔައިނާ ރައިޒެކްގެ އަތުގައި ބޮނޑިއެއް ޖެހިއެވެ. “ދެން ތިއީ ވާ ލޯތްބެއް” ރައިޒެކް ދިމާ ކޮއްލިއެވެ. “ދެން އަސްލު ވެސް އަކޫ ހާދަ ލޯތްބޭ…” ފޯނުގައި އިން އަކްޔަލްގެ ފޮޓޯގައި ފިރުމާލަމުން އުޔައިނާ ބުންޏެވެ.

“ދެން ތިވަރު ނުވެ އިންނަން އަހާބަލަ. ހަހަހަ” ރައިޒެކް ހީލިއެވެ. “ނުކެރޭނެ. އޭނަ އެހުންނަނީނުން ދުވަހަކު ވެސް ބިޓެއް ނުހޯދަން. އާހް. އެންމެ އަވަހަށް ވެސް ކުއްޖަކާ ރައްޓެހި ވާނީ އޭލެވެލް ނިންމާފައޯ” އުޔައިނާ ތުންކޮޅު އޮޅާލިއެވެ.

(ނުނިމޭ)

ތިންވަނަބައިގެ ތެރެއިން:

“ކޮން ނުހޭލެވުނީ އެކޭ ކިޔާކަށް؟ ހަމަ މިހާރު އާދޭ މުރަކަ ގެސްޓް ހައުސްއަށް. 20 މިނިޓް ތެރޭގަ އަންނަން ޖެހޭނެ”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ސާރާ 4

Next

ލޯބިـ12

Next
December 17, 2025

ލޯބިـ12

Previews
December 17, 2025

ސާރާ 4

2 Comments!

  1. Shiu says:
    December 17, 2025 at 12:59 pm

    Mi part vx varah Reethi Masha Allah…
    Yuel Maa Lazy Eee dhww, hehehe😅 So, Uyaina Likes Akyal right??? 🧐😁
    I Really Like the Names you used, It’s really unique ☺️
    Keep It Up👍, I Appreciate Your Hard Work..
    When Next??? Curiously waiting for the next part.. One Day I’m gonna Read the full story IA 😅
    Lysm Shiherr 🤍

    1. shihaamaa ali shihaamaa ali says:
      December 17, 2025 at 4:15 pm

      Jazaakallah khairan dearr..
      Haha yes he is lazy.. yepp she likes him keke.. hehe yess loabi dhw names kolhu..🥰🥰
      Jazaakallah khairan dearr.. hehe yes in sha allah one day.. hope you like the free story im currently writing☺️
      Ly❤️

Comments are closed.

Next Episodeއަބަދުވޭ ހިތުގާ މަގޭ 2 (17)←


All Right Reserved!