Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަންޖަރު 2

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
September 14, 2025 4 Mins Read
6 Comments

“ޔާ. ވިނާލް ކިޔަނީ އެކުއްޖާއަށް… މިރަށު ކުއްޖެއް. މާލޭގަ އުޅިފަ މިއަދު ރަށަށް އައީ. މިރޭ ދިމާ ކުރާ ވާޙަކަ ދޮންބެ ބުނި…” އީނާލް ކިޔައިދިނެވެ. ޔާލާގެ ދެލޮލުގައި ކަރުނައިގެ މުތީތަށް ބަބުޅައިގަތީ ބަސް ބުނާހާ އަވަހަށެވެ.

(2 ވަނަ ބައި)

“އެ… އޯކޭ ވާނެ. ޔާލު މިއީ ކާކު ތަ ވާން ކަހަލަ ހޭންޑްސަމް ކުއްޖަކު ލިބެން…” ޔާލާ ހިތި ގޮތަކަށް ހިނިތުންވެލިއެވެ. “ނޫން ލާލަ. ތިހެން ނުބުނޭ. އިންޝާ ﷲ ލާލައަށް އަދި ދޮންބެ ލިބޭނެ. އަސްލު ނާލް ބޭނުމީ ވެސް ލާލަ ނާލްގެ ފަހަރިއަށް ވާން. އެހެންވެ އަސްލު ލާލަ ވާހަކަ ދޮންބެ ކައިރީ ބުނަން އުޅުނީ ވެސް”

ތެދެކެވެ. ޔާލާ އީވާންދެކެ ލޯބިވާކަން އެއީ އީވާނަށް ވަންހަނާ ވެފައި އޮތް ކަމެކެވެ. އެވާޙަކަ އީވާން ގާތުގައި ބުނަން ޔާލާ އެއްބަސް ނުވީއެވެ.

“އިޓްސް އޯކޭ. ލާލަ އިސްތިޙާރާ ނަމާދުކޮށް، ދުޢާ ކުރާނަން. ދަމު ނަމާދު ވެސް ކުރާނަން. އިންޝާ ﷲ ވާން ލިބޭނެ” ޔާލާ ބުނެލިއެވެ. އީނާލްގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ކުރެހުނެވެ. އީނާލަށް ޔާލާ އެންމެ ކަމުދަނީ ވެސް އެހެން ވެގެންނެވެ. ޔާލާ ދީނަށް ސަމާލުކަން ދޭވަރުންނެވެ. ކަމަކު ބޭނުން ވީނަމަވެސް މީހުން ކައިރީ ނުކިޔާ ގިނަ ގިނައިން ދުޢާކޮށް ނަމާދު ކުރާތީއެވެ.

ޑިއުޓީ ނިންމާފައި ގެއަށް ވައިން ނުހައިކްއަށް އެންމެ ފުރަތަމަވެސް އިވުނީ ކީބޯޑުގައި ޓައިޕް ކުރާ އަޑެވެ. އެއީ ކޮން އަޑެއްކަން ނުހައިކްއަށް އެނގެޔެވެ. ފޫހި ގޮތަަކަށް ކަޅި އަނބުރާލާފައި ނުހައިކް އެތެރެއަށް ވަނެވެ، ކްލާރާ ދެފައި ވައްކޮއްގެން ސޯފާގައި އިށީނދެގެން އިނެވެ. ކީބޯޑުގައި ފަރިތަ ކަމާއި އެކު ލިޔަމުން ދިޔައިރު ކްލާރާގެ ހުރިހާ ސަމާލު ކަމެއް ވަނީ ލެޕްޓޮޕަށް ހުސް ކުރެވިފައެވެ.

“އަނެއްކާ؟” ނުހައިކް ނިތް ހިއްލާލިއެވެ. “ކޮބާ ތަ މައްސަލަ އަކީ؟ އިކޫ ވެސް އޮފީހުގަ. ލާރާއަށް ވެސް މިކަމުން ރުފިޔާ ލިބެޔޭ” ކްލާރާ ބުނެލިއެވެ. “ކޮން ރުފިޔާއެއް ތަ މިޒަމާނުގަ ވާހަކަ ލިޔެގެން ލިބޭނީ؟ ތިއީ ދެން ކޮން ކަމެއް ތަ ލާރާ؟ އަހަރެން ލާރާއަށް ލެޕްޓޮޕެއް ގަނެދިނީ ކިޔަވާށޭ. އޮންލައިންކޮށް ކޯހެއް ހަދާބަލަ. އޭރަށް މާ ރަނގަޅު ވާނެ.” ނުހައިކް ކިޔައިގަތީ އޭނާ އާމު ހުތުބާއެވެ.

“ކީއްކުރަން ތަ؟ ލާރާ ވާހަކަ ލިޔަނީ ވާހަކަ ލިޔާ ހިތްވާތީ. ވާހަކަ ލިޔުމަކީ ލާރާގެ ހުވަފެނަކަށް ވާތީ. އިކޫ ތިއީ ލާރާގެ ފިރިމީހާ. އިކޫ ކީއްތަ ވާނީ ލާރާގެ މި އުންމީދު ފުރިހަމަ ކުރުމަށް އެހީވެ ދިނީއާ؟” ކްލާރާ ލެޕްޓޮޕް ބައިންދާފައި ތެދުވިއެވެ.

“ހޫމް. ތިހެން ވެގެން އޭރު އެހެން ވީ ވެސް. ދެން ބުނާނެ އަދި މަގޭ ބޮލަށް އެކަން ނުޖަހާށޭ. ދެން މަވީ އަޅާ ނުލާ ހުންނަންށޯ” ނުހައިކް ކަޅި އަޅާލާފައި ކޮޓަރިއަށް ވަނީ ކްލާރާގެ ހިތަށް ހަންޖަރެއް ހަރާލާފައެވެ. ކްލާރާ ކޮޓަރި ދޮރާއި ދިމާލަށް ބަލައިލިއެވެ. އެދެލޮލުގައިވީ ޝަކުވާއެވެ. ވޭނެވެ. އެމަންޒަރު ނުހައިކްއަށް ނުފެންނަނީ ކީއްވެ ހެއްޔެވެ؟

އިސްކޯލު ވަގުތު ނިމުނު ކަމަށް އިއުލާން ކުރާ ރަނގަބީލު ޖެހުމުން ކުދިންތަށް ކިލާސްތަކުން ނިކުންނަން ފެށިއެވެ. އެކުއްޖަކު އެކުއްޖެއްގެ “ފްރެންޑް ގްރޫޕް” އާއި އެކު އަންނަމުން ދިޔައެވެ. އެކުދިންގެ ތެރޭގައި އީނާލް، ރުކާންއަދި ޔާލާ ހިމެނުނެވެ. “އެހެރީ ދޮންބެ އައިސް. ނާލު ދަނީ އިނގޭ؟ ސީ ޔޫ ގާއިޒް” އީނާލް ދެމީހުނަށް ހަނަ އަޅާލާފައި ހިނގައިގަތެވެ.

“މަންޖެ ކޮން ކަމަކަށް ތަ ތުންކޮޅު އޫކޮށްގެން ތިހުރީ؟” އީނާލް ދިޔުމުން ގާތުގައި ހުރި ޔާލާ ގާތުގައި ރުކާން އަހާލިއެވެ. “ކީއްތަ ކޮންމެ ކަމެއް ވިޔަސް” އީނާލް ކަޅިއަނބުރާލިއެވެ. “ކަމެއް ވީމަ ދޯ މިއެހީ؟” ރުކާން ބުނެލިއެވެ. “ނާލްގެ ދޮންބެ ބިޓެއް ނެގީ ދޯ؟” ރުކާން އަހާލީ ޔަގީން ކޮއްލާށެވެ. ޔާލާ ތުންފިއްތާލާފައި ބޯޖަހާލިއެވެ.

“މިރޭ ދިމާވެލަން ވީނުން؟” ރުކާން ބުނެލިއެވެ. “އޯކޭ” ޔާލާ ހިނިތުންވެލިއެވެ.

“ނާލް ދޮންބެ ވާހަކައެއް ދައްކާލަން ބޭނުން” ގެއަށް ވަދެވުމުން އީވާން ބުނެލިއެވެ. “ޔެސް؟ ކިހިނެތް ވީ؟” ސައިކަލުން ފައިބައިފައި އީނާލް ގޮސް ޖޯލިފަތީގައި އިށީނެވެ. “މިރޭ ދޮންބެ މިއުޅެނީ ވިނާލްއަށް ބައްދަލު ކުރަން ދާން. 8 ޖަހާއިރު ދާން. ނާލަށް އެކަނި ހުންނަން ކެރޭނެ ތަ؟” އީވާން އީނާލް ގާތުގައި އިށީންނަމުން އަހާލިއެވެ.

“ނޫން… ދޮންބޭ ހެޔޮނުވާނެ ނޫން… ނުކެރޭނެ ނާލަކަށް… ޕްލީޒް… ނާލް އެކަނި ނުކުރޭ…” އީނާލަށް ވަގުތުން ރޮވިއްޖެއެވެ. “އަނެއްކާ ވެސް އެކަހަލަ މީހަކު ނާލް ގާތަށް އައިސް ފިއްޔާ އޯ؟ އޭރަށް ދެން ކިހިނެތް ހަދަނީ؟ އަހަރެމެން ނިކަމެތި ވީމަ ނާލަށް އިންސާފު ވެސް ނުލިބުނީ” އީނާލް ނޭފަތް ދަމާލިއެވެ.

“ސޮރީ ދޫނި. ދޮންބެ ނުދާނަން ނާލް އެކަނި ކޮއްފައެއް. ނާލަށް ދޮންބެ އިންސާފު ވެސް ހޯދަ ދޭނަން އިންޝާ ﷲ ފަހަރިއާއި ދިމާކޮށްލަން އަންނަން ވީނުން ދޮންބެއާއި އެކު މިރޭ؟” އީވާން އީނާލްގެ ކަރުނަތަށް ފުހެލަ ދިނެވެ.

އީނާލް ފެންވަރަން ވަނުމުން އީވާން ވެސް ވަނީ ކޮޓަރިއަށެވެ. އަދި ވިނާލަށް ގުޅާލިއެވެ. “ހޭ. އޯކޭ ތަ މިރޭ ދަމުން ވާންގެ ކޮއްކޮ ގެންދިޔަޔަސް؟ ކޮއްކޮ ވަރަށް ބިރުގަންނާނެ ރޭގަނޑު ގޭގަ އެކަނި ހުންނަން” އީވާން ބުނެލިއެވެ. “ޝުއާރ. މިއަދު ނާލްގެ ދޮންބެ ވެސް ބުނި ދާން ބޭނުމޭ. މިއަދު އުޅޭ އެހެންވެ ދެމީހުން ވެސް ގެންދަން. ދެން ދުވާލުން ދާނީ ވަކިން” ވިނާލްގެ ޙިޔާލު އީވާނަށް ވަރަށް ކަމުދިޔައެވެ.

ރޭގަނޑުގެ ވަގުތެވެ. ރެއަކީ 15 ވިލޭރޭގެ ހަނދު އިން ރެޔެއް ކަމުން ބޮތްކެއް ނެތް ހިސާބު ތަކުގައި ވެސް ރިހި އަލިކަމެއް ވިޔެވެ. ރަށު ތެރޭގައި މީހުންތަށް ހޭލަމޭލަ ވަމުން ދިޔަލެއް ވެސް މަދެއް ނޫނެވެ. ގަޑިން 30 8 ވީއިރު އީވާނާއި އީނާލް ގެއިން ނިކުންނަނީއެވެ. “ފަހަރި ދެކިލާ ހިތުން ތަ ތިހުރީ؟” ގެއިން ނިކުމެލަމުން އީވާން އަހާލިއެވެ. “އާނ. ވަރަށް ދެކިލާ ހިތުން ހެހެ” އީނާލް ބުނެލިއެވެ.

ދެލޯބިވެރިން ބައްދަލު ކުރަން ހަމަޖެހިފައިވަނީ “ފެނީނާ” ރެސްޓައުރެންޓް އިންނެވެ. އީވާންއާއި އީނާލަށް އެތަނަށް ދެވުނީ ވިއާލްއާއި ވިނާލާއި އެކުގައި ކަހަލަ ގޮތަކަށެވެ. “ވީވީ. މިއީ ވާންގެ ކޮއްކޮ އީނާލް. ނާލް. މިއީ ދޮންބެގެ ގާލްފްރެންޑް ވިނާލް” އީވާން ދެމީހުން ދެމީހުނަށް ތަޢާރަފް ކޮއްލަދިނެވެ. “ހެއީ. ވަރަށް އުފާ ވެއްޖެ ދިމާވެލީމަ. މިއީ ވީވީގެ ދޮންބެ ވިއާލް” ވިނާލް ވެސް ދެމީހުން ދެމީހުން ތަޢާރަފް ކޮއްލަދިނެވެ.

ވިއާލް ހިނިތުންވެލާފައި ދެމީހުނަށް ބަލައިލިއެވެ. ވަގުތުން ވިއާލްގެ ތަލިން ކުޅު ހިކުނު ފަދައެވެ. ކުރިމަތީ މިހުރީ އުޑުން ފޭބި ޕަރީއެއް ހެއްޔެވެ؟ ހުދު ކުލައިގެ ދޫ އަބާޔާއަކާއި އެކު ކަޅު ކުލައިގެ ޝޯލްއެއް އަޅައިގެން ހުރި އީނާލްގެ ދޮން މޫނު ކޮޅު ފެނި 14 ވިލޭރޭގެ ހަނދުވެސް ލަދުން ފިލާނެ ކަން ކަށަވަރެވެ. އެރީތި ކަން ފެނި ވިއާލް ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ.

“ކޮބާ ދެން ވަންނަމާ؟” ވިނާލް އެތެރެއަށް ވަންނަމުން ބުނެލިއެވެ.

4 މީހުން ރެސްޓައުރެންޓަށް ވަދެ ނޫޑްލްސްއަށް އޯޑަރު ޖެހިއެވެ. ހަތަރު މީހުނަށް އިށީނދެވޭ ގޮތަށް އިން އެމޭޒުގެ އެއްފަޅީގައި އީވާންއާއި ވިނާލް އިށީނެވެ. ވިއާލްގެ ހިތުގެ ހިނގުން އަވަސް ވެލިއެވެ. އީނާލް ގާތުގައި އިށީންނަން ޖެހުމުންނެވެ.

އަތިރި މަތީގައި ހުރި ރުކާން ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އިރު އިރުކޮޅުން ގަޑިއަށް ބަލާލަ ބަލާލަ ހުރުމުން މީހަކަށް އިންތިޒާރު ކުރަނީކަން ދޭހަވެޔެވެ. އިރުކޮޅެއް ފަހުން ލުއި ފިޔަވަޅުތަކެއްގައި އަންނަމުން ދިޔަ ޔާލާ ފެނި ރުކާންގެ ތުންފަތުގައި ހިނިތުންވުމެއް ކުރެހުނެވެ.

އައިސް ބްލޫ ޖީންސެއަކާއި އެކު އޮރެންޖު ކުލައިގެ ހޫޑީއެއް ލައިގެން ހުރި ޔާލާގެ ކުރު އިސްތަށިކޮޅު ވަނީ ވަޔާ ވިހުރެން ދޫކޮށްލާފައެވެ. މޫނު މަތީގައި އެއްވެސް މޭކަޕެއް ނެތް އިރު ވެސް ވަރަށް ރީއްޗެވެ. ރޭގަނޑުގެ އަލިން، ޔާލާގެ “ބޭންގްސް” އެތޫނު ދެލޮލަށް އުނދަގޫ ކުރާތަން ފެންނަނީ ސިހުރުވެރި ގޮތަކަށެވެ. ބަލާ ބަލާ ފޫހި ނުވާނެ ފަދަ ރީތި ކަމެކެވެ.

“މިއޮތީ އާދެވިފަ” ޔާލާ ރުކާން ކުރިމަތީގައި ހުއްޓުނެވެ. “އާދެވުނީތަ ތި؟ މަފަކީރު ދެފައިކޮޅު ވާގިދޭ އެބަ މިހާރު ކޮޅަށް ހުރެ ހުރެ” ރުކާން ތުންކޮޅު އޮޅާލަމުން ބުނެލިއެވެ. “ހަހަ އިށީންނަމާ…؟” ޔާލާ ބެންޗު ތަކާއި ދިމާލަށް ހިނގައިގަތެވެ. ނަމަވެސް އެވަގުތު ރުކާން ޔާލާ ކުރިމައްޗަށް އެރިއެވެ. ދެން ރުކާން ކޮއްލި ކަމަކުން ޔާލާގެ ދެލޯ ބޮޑުވެ، ހިތުގެ ތެޅުން އަވަސް ވެލީ ބަސް ބުނާހާ އަވަހަށެވެ.

(ނުނިމޭ)

ތިންވަނަބައިގެ ތެރެއިން:

“އަޅެ ލޯބި ވެވުން އެއީ ކުށެއް ތަ؟ ކީއްވެ ތަ އަބަދު ވެސް ތިހެން ތި ހަދަނީ؟ ކޮބާ ތަ އަޅުގަނޑުގެ ކުށަކީ؟ ކޮބާ ތަ އޭނަގެ ކުށަކީ؟”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ހިތް އެދެ ޔާރާ ތިއޭ – 40

Next

އަބަދުވޭ ހިތުގާ މަގޭ 7

Next
September 15, 2025

އަބަދުވޭ ހިތުގާ މަގޭ 7

Previews
September 14, 2025

ހިތް އެދެ ޔާރާ ތިއޭ – 40

6 Comments!

  1. Shaf_maan says:
    September 14, 2025 at 6:14 pm

    Maasha Allah mi prt vx vrh reethi
    Anekka rukaan kiyba kury..
    Brothers and sisters love ey.. Hehe..
    Curiously waiting for the nxt prt
    Whn nxt????
    Tc.. Lysm Shiher 💜💜

    1. shihaamaa ali shihaamaa ali says:
      September 16, 2025 at 8:40 am

      jazaakallah khairan shaf_maan 🫶🏻
      hehe next episode ga ingeyne
      hehe loabi dhw keke
      next episode in sha allah on thursday
      tc lytt

  2. Mai_99 says:
    September 15, 2025 at 8:30 am

    Wowwwwwwwwwwwwwwwwwww

    1. shihaamaa ali shihaamaa ali says:
      September 16, 2025 at 8:41 am

      jazaakallah khairan mai_99 🫶🏻

  3. Typeleter6835 says:
    September 16, 2025 at 8:12 pm

    Very cool part
    When’s next Shierrr

    1. shihaamaa ali shihaamaa ali says:
      September 16, 2025 at 10:01 pm

      jazaakallah khairan typeleter6835🫶🏻
      in sha allah on thursday

Comments are closed.

Next Episodeހަންޖަރު 3←


All Right Reserved!