
މަޢާފް އެދެމުން 57

ގިނަ އިރެއް ނުވެ ދޮރު ހުޅުވާލާފައި ނިކުތް ނަރުސް ކުއްޖާ ރީވާގެ އެހީތެރިއަކަށް ގޮވާލުމުން ރިޔާންއަށް ވުރެ ކުރިން އާރިޝް އެ ހިސާބަށް ދިޔައެވެ. އެއީ ރީވާގެ ފިރިމީހާ ކަން އެނގުމުން ނަރުސް ކުއްޖާ އެދުނީ އާރިޝް އެތެރެއަށް ވަނުމަށެވެ. އިތުރު ވިސްނުމަކާ ނުލާ ވަންނަން އުޅުނު އާރިޝް ހުއްޓުނީ ރިޔާން އައިސް އާރިޝްގެ އަތުގައި ހިފެހެއްޓުމުންނެވެ.
“ރިޔާން ޕްލީޒް.. އަހަރެން މާފަށް އެދެންވީ ކިހާ ވަރަކަށް؟ ޑޯންޓް ޑޫ ދިސް.. ޕްލީޒް ޕްލީޒް.. ރީވާއަށް މި ވަގުތު އަހަރެން ބޭނުންވޭ.. ދެވަނަ ފަހަރަށް އަހަރެންގެ ފަރާތުން ކުށެއް ފެނިއްޖެއްޔާ ރިޔާން ބޭނުން ގޮތެއް ހަދާ، އަހަރެންގެ މައްސަލައެއް ނެތް. އެކަމަކު މި ވަގުތު އަހަރެން ދިޔަދީ.. އަހަންނަށް މި ވަގުތު ރީވާ ކައިރީ ނުހުރެވިއްޖެއްޔާ ދުވަހަކުވެސް އަމިއްލަ ނަފްސަށް މާފެއް ނުކުރެވޭނެ.. ޕްލީޒް ރިޔާން!” ވާހަކަ ދައްކަމުން ދިޔަ އާރިޝްގެ ދެލޯ ފެންކަޅިވެ ކަރުނަތައް ނުހިފެހެއްޓިގެން ފޭބި އިރު އެ ކަރުނައިގެ މައްޗަށް އާރިޝްގެ ބާރެއް ނެތް ފަދައެވެ.
އާރިޝްގެ މޫނަށް ބަލަން ހުރި ރިޔާންއަށް އާރިޝްގެ ބަހަށް އިތުބާރު ކުރެވުނެވެ. އެއްޗެއް ނުބުނެ ބޯ ޖަހާލަމުން އާރިޝްގެ އަތުން ރިޔާން…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.