އެހެންބުނީރު އޭނާގެ މޫނުމަތިން ކިތައްމެހާވެސް ނުރުހުމުގެ އަސަރު ފެންނަން ހުއްޓެވެ. ހިރާ އަނެއްކާވެސް ސޮރީއޭ ބުނެފައި އަވަހަށް އަރައިގެން ދިޔައެވެ.
*ޕާރްޓް-8*
ލަސް ހިގުމެއްގައި އައި ހިރާ މަޑުކޮށްލީ ދޮރު ކުރިމަތީ އެވެ. އޭނާ ނަމަށް ބަލާލިއެވެ. “އިވާން..” އޭޖަހައިފައި އިނުމުން ހިރާ ބުމަ އަރުވާލައިފައި މަޑުމަޑުން ދޮރުގައި ޓަކިޖަހާލިއެވެ. އެތެރެއިން ހަބަރެއް ނުވުމުން ހިރާ މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. ހިރާ އެތެރެއަށް ވަނެވެ. ހުރިހާއެއްޗެއްވެސް ވަރަށް ފުރިހަމައަށް ބަހައްޓާފައި ހުއްޓެވެ. އޭނާ މޭޒުކައިރީ ގޮޑީގައި އިށީންދެލަމުން މޭޒުމައްޗަށް ނަޒަރު ހިންގާ ލިއެވެ. މޭޒުމަތީ ބައިވަރެއް ފައިލް ތަކެއް ފުންޔަކަށް ބަހައްޓާފައި ހުއްޓެވެ. ހިރާގެ ލޮލުގައި އަޅައިގަތީ އެތާ އިން ފޮޓޯ ފްރޭމް އެވެ. އެއީ އަންހެނަކާއި ފިރިހެނެކެވެ. މޫނުމަތިން މުސްކުޅި ވައްތަރުވެސް ފުދޭވަރަކަށް ފެންނަން ހުއްޓެވެ. ހިރާ އެ ފޮޓޯއަށް ބަލަން ހުއްޓައި މީހަކު ދޮރު ހުޅުވާލި އަޑަށް އޭނާ ސިހުނެވެ. ގޮނޑި އަބުރާ ބަލައިލީރު އޭނާ ހައިރާން ވިއެވެ.
“ކަލޭ..؟”
ދެމީހުންނަށް އެއްފަހަރާ ބުނެލެވުނެވެ. ހިރާ އަވަހަށް އިސްޖަހާލީ ލަދުގަތް ވަރުންނެވެ.
“ތީ ކާކު..؟ މިތަނަށް ތިއައީ ކީއްކުރަން..؟” އިވާން އެހުރި ފިޔަވަޅުމަތީ ހުރެ ބުނެލިއެވެ.
“އައިޝަތް ހިރާ އަހުމަދް..” ހިރާ ބުނެލިއެވެ.
“މަ ނާހަމެއްނު ކަލޭގެ ނަމެއް..؟ ކީއްކުރަންހޭ ތިއައީ..؟” އިވާން ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ.
“އަހަރެން މިއައީ އިލްހާން ސާރް ބުނެގެން..” ހިރާ ވެސް ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އޭނާވެސް ގޮޑީގައި ހަމަޖެހިލައިފައި މޭމަތީ އަތް ހުރަސް ކޮށްލިއެވެ.
“ފޮނި އަންހެނެކޭ..” އިވާން މަޑުމަޑުން އެހެންބުނެ އައިސް ހިރާ ކުރިމަތީ ހުއްޓި ލިއެވެ.
“ދެން.. ތީ ކާކު..؟” ހިރާ އަހާލިއެވެ.
“އިވާން.. އަހަރެން ދަށުން ހިރާ ޖެހޭނީ މަސަށްކަތް ކުރަން..” އިވާންގެ އެޖުމްލައިން ހިރާގެ ދެލޯ ބޮޑުވިއެވެ. އޭނާ އެއްގޮތަކަށްވެސް އިވާން އާއި އެކީ މަސައްކަތް ކުރާކަށް ބޭނުމެއް ނޫނެވެ. ފުރަތަމަ ފެނިލުމުންވެސް އޭނާގެ ހިތުގައި އިވާން އާއި ދޭތެރޭ ފޫހި ކަމެއް އުފެދުނެވެ.
“ހޫމް.. ދެން ހެވޭ..” ހިރާ ތުންއަބުރާލިއެވެ. އިވާން ވެސް ލޯއަނބުރާލިއެވެ.
“ހިރާތީ ހެކަރެއް ދޯ..؟” އިރުކޮޅެއްގެ ހިމޭން ކަމަކަށް ފަހު އިވާން އަހާލިއެވެ. ހިރާ ބޯޖަހާލިއެވެ.
“އެހެންވީ..؟ އަހަރެން ބޭނުން ހިރާގެ ހުރި ކުޅަދާނެ ކަމެއް ބަލާލަން..” އިވާން ޖެއްސުމުގެ ރާގެއްގައި ބުނެލިއެވެ.
“އެއީ..؟ އަހަރެންނާއި މެދު ޝައްކުކުރެވެނީތަ..؟” ހިރާވެސް އަހާލިއެވެ.
“އެހެނެއް ނޫންދޯ.. ހިނގާބަލަ.. ކޮމްޕިއުޓަރު ކައިރިއަށް..” އިވާން ތެދުވެ ކޮމްޕިއުޓަރާއި ދިމާއަށް ހިނގައިގަތެވެ.
ހިރާވެސް އިވާން ފަހަތުން ތެދުވިއެވެ. އިވާން ހިރާއަށް މަސަށްކަތެއް ހަވާލު ކުރި އެވެ. ހިރާ އަތުގެ އިނގިލިތަކުން ޓައްގޮށްވާލައިފައި މަސަށްކަތް ފެށިއެވެ. އަވަސް ހަރަކާތާއި އެކު އޭނާ ދިޔައީ ކޮމްޕިއުޓަރުގެ ފިއްތަކަށް އޮށްބަމުންނެވެ. ހިރާގެ ފަރިތަކަން ފެނި އިވާން ކުޑަކޮށް ހައިރާންވިއެވެ.
އިވާން ކޮމްޕިއުޓަރު ތަންކޮޅެއް ގާތުން ބަލާލަން ވެގެން ހިރާ އިށީންދެގެން އިން ގޮޑީގައި އަތް ވިއްދާލައިފައި ގުދުވެ ލިއެވެ. އެވަގުތު ހިރާވެސް އިވާން ކައިރީ އެއްޗެއް ބުނެލަން އެނބުރިލި އެވެ. އޭނާ ހުއްޓުން އެރީ އޭނާ އާއި ދާދި ކައިރީ ހުރި އިވާން ފެނިފަ އެވެ. ހަމަ އެވަގުތު އިވާން ވެސް ހިރާ އާއި ދިމާއަށް ބަލާލިއެވެ. ދެމީހުންގެ ލޯ ސީދާ ވެފައިވީރު ދެމީހުންގެ މޫނުއިނީ ޖެހިނު ޖެހިއެވެ. އެކަކު އަނެކާގެ ނޭވާ ވެސް އިހްސާސް ގެއެވެ.
ހިރާ ވަގުތުން މޫނު އަނބުރާލިއެވެ. އިހްސާސް ކުރެވުނު ފޫއްސެއްގެ ސަަބަބުން އޭނާ މޫނަށް ވައްތަރެއް ޖައްސާލިއެވެ. އިވާން އަށް މިމަންޒަރު ކިތައްމެހާވެސް ރީއްޗަށް ފެނުނެވެ. އޭނާ އެއް މިޔަކަނަށް ހީލިއެވެ.
އިވާން އެހެން އިނދެފައި ތެދުވި ތަނާހެން ހިރާ ހަޅޭލަވައިގަތެވެ.
“ކިހިނެއްވީ..؟” އިވާން އަހާލިއެވެ.
“އައުޗް.. އަހަރެންގެ އިސްތަށިގަނޑުން ދޫކޮށް ބަލަ..” ހިރާ ބުނެލިއެވެ.
“އެއިން..؟” އިވާން އަށް ލިބުނީ ހައިރާން ކަމެކެވެ.
ހިރާ ގޮނޑިން ތެދުވިއެވެ. އޭނާގެ އިސްތަށިގަނޑުވަނީ އިވާންގެ ޔުނީފޯމުގެ ގޮށުގައި އަޅައިގެންފައެވެ.
ހިރާ މާކައިރީގައި ހުރުމުން އިވާން ފަހަތަށް ޖެހިލި އެވެ. ނަމަވެސް ހިރާ އޭނާގެ އަތުގައި ހިފެހެއްޓި އެވެ.
“ކަލޭ ތިއުޅެނީ މަށަށް އަނިޔާކުރަންތަ.. ތިހެން ދުރަށް ޖެހުނީމަ މަގޭ އިސްތަށިގަނޑަށް ވާންވަނީ..” ހިރާ ނުރުހުމުގެ ރާގެއްގައި ބުނެލިއެވެ. ދެން އިވާން ހުރީ މަޑުންނެވެ.
“އަޅެ.. މިނޫޅެ ނެއްޓޭކަށްވެސް.. ޕިސް..” އިރުކޮޅަކު މަސަށްކަތް ކޮށްލުމަށްފަހު ހިރާ ކުދިކިޔާލިއެވެ.
“ހިނގާބަލަ..” ހިރާ ހިނގައިގަތީ މޭޒާއި ދިމާއަށެވެ. އެތާ އޮތް ކަތުރެއް ނަގައި އޭނާ އިސްތަށިގަނޑު ބުރިކޮށްލަން އުޅުމުން އިވާން ހާސްވިއެވެ.
“ތިއުޅެނީ..”
“ދެން..! މިހެން ތިބެނީތަ..؟” ހިތާ އިވާން އާއި ދިމާއަށް ލޯއަޅާލިއެވެ. އޭނާ ކޮށްލި ކުޑަހަރަކާތަކުން ހިރާ އަރިއަޅާލިއެވެ. އިވާން އަށް އެވަގުތު ހިރާ ވެއްޓުނަ ނުދިނުމަށްޓަކައި އޭނާ އަށް އޭނާގެ އަތް ވަށާލެވުނީ ހިރާގެ އުނަގަނޑުގައެވެ.
ދެމީހުންނަށް ވެސް ބަލަހައްޓައިގެން ހުރެވުނީއެވެ. ހިރާވެސް ގުޑިލަން ނޭނގިފައި އިވާންގެ އަޅި ދެލޮލަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
އިވާން ވެސް ހަމަ އެފަދައެވެ. އޭނާ އަށް ހިރާގެ ފުންކަޑެއްފާދަ ކަޅު ދެލޮލަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
ހަމަ އެވަގުތު ކައިޒެން ކެބިން ދޮރުހުޅުވާލައިފައި ވަނެވެ. އޭނާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ތަނާހެން ހުއްޓުން އެރީ އިވާން އާއި ހިރާ ތިބިގޮތް ފެނިފައިވެ.
“އައި ޑިޑިންޓް ސީ އެނީތިން..” ކައިޒެން އެހެންބުނެ އަވަހަށް ނިކުމެ ދޮރު ޖެހިއެވެ. ހިރާ އަވަސް އަވަހަށް ކަތުރުން އޭނާގެ އިސްތަށިކޮޅު ބުރިކޮށްލި އެވެ. އިވާން ވެސް މިހާރު އެއިނީ ހިރާގައިން ދޫކޮށްލައިގެނެވެ. ހިރާ އިވާން އާއި ދިމާއަށް ރުޅިވެރި ނަޒަރަކުން ބަލައިލައިފައި ބާރު ހިގުމެއްގައި ގޮސް ކެބިންއިން ނުކުތެވެ.
އެލްވިންގެ ޝިފްޓް ނިމުނީރު 11 ޖަހާ ބޮޑުވެއްޖެއެވެ. އިވާން ބިޒީކޮށް އުޅޭތީ ބަލާ ނުދެވޭނެ ވާހަކަ ބުނެފައި ވުމުން އެލްވިން އަށް މަޖުބޫރުވީ އެކަނި ގެޔަށް ދާށެވެ.
މިހާ ލަސްވެފައި ވުމުން ޓެކްސީއެއްގައި ދާކަށްވެސް އޭނާއަކަށް ނުކެރޭނެ އެވެ. އެހެންކަމުން އެލްވިން ނިންމީ ހިގައިފައި ގެޔަށް ދިއުމަށެވެ. އޭނާ މަގުގެ ދެފަރާތް ބަލާލައިފައި ހިނގައިގަތެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


This part is awesome
When’s next