Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަންޖަލް (ފަހުބައި)

Krystal Level 510 Stories100 Login100 Comments
September 7, 2025 4 Mins Read
2 Comments

ގޭތެރޭގައި އެންމެން އުޅުނީ އަސްމާ ހޮސްޕިޓަލަށް ގެންދިއުމުގައެވެ. އޭރު އަންޖަލް އަކަށް އަދި ކަން ހިގައިދިޔަ ގޮތެއް ނޭގެއެވެ. ޖުނާންގެ މަރުން އަރައިނުގަނެވިގެން އުޅެނިކޮށް އަސްމާ ނިޔާވި ހަބަރު ލިބިއްޖެ ނަމަ އެ ފަކީރަށް ވާނެ ގޮތެއްވެސް ނޭގެއެވެ. އެކަމާ ޖައިޝް ހުރީ ކަންބޮޑުވެފައެވެ. އާތިކާ ގާތު އަންޖަލް އަށް އޭގެ ހަބަރެއް ނުދޭން ޖައިޝް އެދުނެވެ. އަންޖަލްގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެއްޓޭތަން ބަލާކަށް އޭނާ އަކަށް ކެތެއް ނުވާނެއެވެ.

އަސްމާގެ ވަޅުލުމުގެ ހުރިހާ ކަމަކާ ހަވާލުވެ އެންމެ އިސްކޮށް ހުރީ ޖައިޝްއެވެ. އިސްހާޤުގެ ހާލުވެސް ކުޑަކޮށް ދަށްވިއެވެ. ކޮންމެ އިންސާނަކަށްވެސް ދެ ހިތާމައެއް އެއްފަހަރާ ކުރިމަތިވެއްޖެ ނަމަ އެކަމުން އަރައިގަތުމަކީ ވަރަށް އުދަގޫ ކަމެކެވެ.

ކަށުކަމާކެމީގެ ހުރިހާ ކަމެއް ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އެންމެން އަސްމާ ވަޅުލުމަށްފަހު ގެޔަށް އައެވެ. އޭރުވެސް އަންޖަލް ކޮޓަރިއަކުން ނުނިކުމެއެވެ. މުޅި ގޭތެރޭގައި ވެރިވެފައި ވަނީ ހިތާމައާ ހަމަހިމޭން ކަމެވެ. މީހެއްގެ ނޭވާ ލުމިގެ އަޑެއްވެސް ނީވެއެވެ. ނޫސްތަކުގައިވެސް ފިސާރި އަވަހަށް ސޯލް ކޮންޕެނީގެ އިސްވެރިޔާ އިސްހާޤުއަށް މި ދިމާވި ހިތްދަތި ވާހަކަ ލިޔެވުނެވެ.

ޖައިޝް ގޮސް ބެލްކަންޔަށް ނިކުމެ އަންޖަލްގެ ކޮޓަތިއަށް ބަލާލިއެވެ. ރޭ ހަތަފު ދަމު ނުނިދާ ރޮއެ ރޮއެ ރޮއެ އޮތް އަންޖަލް އޮތީ ތުއްތު ކުއްޖެއް ފަދައިން ނިދާފައެވެ. ނުނިދާ އެހެން އޮތުމުން މުޅި ހަށިގަނޑަށް ވަނީ ލޮޑުކަން އިހުސާސްވެފައެވެ. ޖައިޝް ގޮޑީގައި ޖައްސާލީ ވެފައި ހުރި ވަރުބައްޔަކުންނާ އަންޖަލްއާ ދޭތެރޭ ވިސްނޭތީއެވެ. އަންޖަލް ހޭލަންދެން ގޮޑީގައި އިންނާނަމޭ ހިތާ އިންދަ ޖައިޝްއަށްވެސް ނިދި ޖެހުނެވެ.

****

3 ގަޑިއިރު ފަސް

ޖައިޝް އަށް ހޭލެވުނީ ކޮންމެވެސް ވަރަކަށް އޭނާގެ ފަޔަށް ފެންތިކި ބުރާތީއެވެ. ދެލޯ އުގުޅާލުމަށްފަހު ދެފަރާތް ބަލާލިއެވެ. އޭރު ކައިރީގައި އަންޖަލް ކުޑަ ދިއްކޮށްލައިން ހުއްޓެވެ.

“ކޮން އިރަކު އަންޖޫ ހޭލީ؟” ޖައިޝް އަހާލިއެވެ.

“އިރުކޮޅެއް ވެއްޖެ.. އަންނާނަން އަސްމާއްތަ ހަބަރެއް ބަލާލާފަ…” އަންޖަލް މިހެން ބުނުމުން ޖައިޝް އަންޖަލްގެ އަތުގަ ހިފާ ކުޑަކޮށްތިރިކޮށްލިއެވެ. އެވަގުތު ވިސްނާ ނުލާ ހުރި އަންޖަލް ވެއްޓުނީ ޖައިޝްގެ އުގުތެރެއަށެވެ. އަތުގައި އޮތް ކުޑަވެސް އެވަގުތު އަތުން ދޫވިއެވެ. ދެމީހުން ވާރޭ ތެރޭގައި ތިބި އިރު ހީވަނީ ހަމަ އާޝިޤީގެ ޝޫޓިންގް އެއް ހެނެވެ.

އަންޖަލް އަވަހަށް ކޮޅަށް ތެދުވެލިއެވެ. ވާރެއާ ތެމިފައި ހުރިމުން އަވަހަށް ހެދުން ބަދަލު ކުރަން ގޮސް ކޮޓަރިއަށް ވަނެވެ. ޖައިޝް ދަނޑިވަޅު ބަލާ އައިލާ ވައިބާރ ގްރޫޕްގައި އަންޖަލް އަށް އަސްމާ ނިޔާވި ވާހަކަ ނޭންގުމަށް އެދުނެވެ.

-ފަހުން އިގިއްޖެޔާ އަންޖޫ މާ ދެރެވާނެ- ޖޫދު

-ބުނާނީ އަސްމާ މެލޭޝިޔާއަށް އޭނާ ދައްތަ ކައިރިއަށް ދިޔަ ވާހަކަ- އިސްހާޤު

-އެކަމް ފަހުން އިނގިއްޖެޔާ މާ ދެރަވާނޭ ބައްޕާ- ޖޫދު

-ފަހުން ނޭގޭނެ، ނުބުނީމަ- އާތިކާ

‐އޭރުން އަންޖަލް ބްލޭމް ކުރާނީ ދޮންބެ- ޖޫދު

-ދެން ކިހިނެއް ހަދާނީ. އަޅުގަނޑު ދެކެ ރުޅި އަންނަން ބޭނުމެއް ނުން- ޖައިޝް

-ބައްޕަ ނިންމި ގޮތެކޭ ބުނޭ.. އޭރުން އޯކޭވާނެ. ދަރިފުޅު ޖައިޝް ދެކެ ރުޅި ނާންނާނެ- އިސްހާޤު

-ގުޑް އައިޑިއާ- އާތިކާ

ޖައިޝްއަށް ހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. އޭނާ އަށް އެހާ ސަޕޯޓިވް ވުމުން ވަރަށް ހިތްހަމަ ޖެހި އުފާވިއެވެ.

ދުވަސްތައް އާދައިގެ މަތިން ހަމަޔަކަށް އެޅެމުން ދިޔައެވެ. އަންޖަލް އަށް އަދިވެސް ވިސްނެނީ ޖުނާން އާ ދެތެރޭއެވެ. އެގޮތަށް ޖުނާން ވަކިވެ ދިއުމުން އެކަން އެވީ އޭނާ އާ ހެދި ކަމަށް ގަބޫލު ކުރެވެއެވެ.

ޖައިޝް ތައްޔާރު ވަމުން ދިޔައީ އަންޖަލް އަށް ޕްރޮޕޯސް ކުރާނެ ގޮތަކާ ދޭތެރޭއެވެ. ހަދާނެ ގޮތް ނޭގިގެން ޖޫދު ކުރެންވެސް ލަފާ ހޯދިއެވެ. ޖޫދު ދިން ހިޔާލަކީ ފައިހާ ކުރެން އަންޖަލް އެންމެ ހިތް ކިޔާ ގޮތް އޮޅުން ފިލުވާ އެގޮތަށް ހެދުމަށެވެ.

ތިން މީހުން ރެސްޓޯރެންޓް އިން ދިމާ ކުރިއެވެ.

“އަންޖޫ ވަރަށް ފޫހިވާނެ މާ ބެލޫން ފުއްޕާފަ މީހުން ތެރޭ ޕްރޮޕޯސް ކުރަންޔާ..” ފައި ބުނެލިއެވެ. އޭރު ޖައިޝް ގަނޑުކޮޅެއް ނަގައި އޭގައި ކުރަހާތަން ފައިހާއަށް ފެނުނެވެ.

“ދެން ކޮންގޮތެއް ލައިކްވަނީ..” ޖައިޝް ހުރީ ކެއްމަދުވެފައެވެ.

“ރޯސް… ރޮމޭންޓިކް ޑިނާރ.. ޖަސްޓް ދަ ޓޫ އޮފް ޔޫ…” ފައިހާ ދެތް ގުޅުވާލާފައި މޫނާ ގާތް ކޮށްލަމުން އެސްފިޔަތައް ތަޅުވަން ފެށިއެވެ. ޖޫދު ގާތަށް އައި އަމަށަކު ހިންޏެއް ނޫނެވެ. ފައިހާގެ ކޮންމެ ހަރަކާތެއްވެސް ޖޫދު އަށް ކަމު ދެއެވެ.

“ރިންގް…. ބޭނުން ނުވާނެތަ” ޖައިޝް އަހަލިއެވެ.

“ސާބަސް ދޮންބޭ… ރިންގް ނުލާ ކިހިނެއްތަ ޕްރޮޕޯސް ކުރަނީ…” ޖޫދު ހޭން ފެށިއެވެ. ފައިހާ ކުޑަކޮށް ޖޫދު ގައިގަ ވިކާލިއެވެ. ޖައިޝް އަށް އެވަގުތު ޖޫދުއާ ފައިހާގެ އަތުގައި އެއްވަތަރުގެ އަނގޮޓި އަޅާފައި ހުރިތަން ފެނުނެވެ.

“މީ ކޮންކަމެއް…” ޖޫދު އަތް ނަގާލަމުން ޖައިޝް އަހާލިއެވެ. ފައިހާގެ މޫނު މަތި ލަދުން ރަތްވެގެން ދިޔައެވެ.

“ވީ އާ އެންގޭޖްޑް ދޮންބޭ… އަދި ނުބުނެވިގެން މިއުޅެނީ.. ޝީ އިޒް މައި ފިއަންސޭ” ޖޫދު ފައިހާގެ ކޮޑުގައި ހިފާ ގާތް ކޮށްލަމުން ބުނެލިއެވެ.

އެރޭ ގެޔަށް ގޮސް ޖައިޝް ވިސްނަމުން ދިޔައީ ދެމީހުން އެކަނި ޕްރޮޕޯސް ކުރާނެ ގޮތެކެވެ. އަންޖަލް ކޮބައިތޯ ބަލަން ދެތިން ފަހަރަކު ބެލްކަންޏަށް ނިކުމެލިއެވެ. ނަމަވެސް ކޮޓަރި ތެރެއިން ފެންނަނީ އަދިރި ކަމެވެ. ބޮޑަށް ބެލެވެނީ އަންޖަލް ނިދީ ކަމުގައެވެ. ޖައިޝް އަންޖަލް ފޯނަށް މެސެޖެއް ކޮއްލީވެސް ޔަގީން ކުރުމަށެވެ. ނަމަވެސް ޖަވާބެއް ނައުމުން އަވަހަށް ޖޫދު އަށް ގުޅައިން މާ ފިހާރަ އަށް ދާން ނައްޓާލިއެވެ.

****

މުޅި ބެލްކަނީ ހީވަނީ ފިނިފެންމަލުގެ ގުލްޒާރެއްހެނެވެ. ބިންމަތީގައި އަންޖަލްގެ ކޮޓަރިން ފަށައިން އައިސް ބެލްކަނީގައި އިން މޭޒު ކައިރިއަށް ފިނިފެންމަލިގެ ދޫލައެއް އަޅާފައި ހުއްޓެވެ. މޭޒުމަތީގައި އަންޖަލް އެންމެ ކާހިއްވާ ކެއުން ކަމުގައިވާ މޮންގޯލިއަން ރައިސް ދެ ތައްޓައް އަޅާފައި ކައިރީގައި ކޯކް ދެތަށި ހުއްޓެވެ. އަދި މޭޒު މަތީގައި ކުޑަ އަނގޮޓިއެއްވެސް ފެންނަން ހުއްޓެވެ.

ޖައިޝްގެ ހިތް ތެޅެމުން ދިޔައެވެ. އަންޖަލް ވެސް އޭނާ އާ ގަޔާވާކަން އެގުނު ދުވަހުއްސުރެ އޭނާ ބޭނުން ވީ އަންޖަލް އާ އަވަހަށް އިންނަންށެވެ. ނަމަވެސް ދަނޑިވަޅުގެ ގޮތުން އެކަން އޭނާ އަށް ނުކުރެވުނީއެވެ.

ފައިހާ އަންޖަލްގެ ކޮޓަތީގައި ތަޅަމުން ދިޔައީ ޖައިޝްގެ އެދުމުގެ މަތިންނެވެ. ދެލޯ އުގުޅަމުން އައިސް އަންޖަލް ދޮރު ހުޅުވާލިއެވެ.

“އަންޖޫ ހިނގާބަލަ އަހަންނާ އެކު ބޭރަށް ވަރަށް އަވަހަށް..” ފައިހާ ދިޔައީ ރަގަޅަށް އެކްޓް ޖައްސަމުންނެވެ. ފައިހާ ރޯތަބް ފެނުމުން އަންޖަލް އަވަހަށް ކޮޓަފިން ނިކުންނަން އުޅުނެވެ. ނަމަވެސް އޭނާ ހުއއޓުވީ ފައިހާ އެވެ. ނިދާ ހެދުން ބަދަލު ކޮށްގެން ރީތި ހެދުމެއް ލައިން ނިކުންނަން ބެނެލިއެވެ.

އޭރު އަނެއްކޮޅުން ޖޫދު ހުރީ އޭނާގެ މަސައްކަތް ކުރަން ތައްޔާރަށެވެ. އަންޖަލް ތައްޔާރު ވެލައިން ނިކުތީ ޖޫދު ދޮންބޭ އޭ ކިޔާ ގޮވަން ފެށިއެވެ. ހީވަނީ ޖައިޝަށް ކަމެއް ވެގެން އުޅޭހެނެވެ. އަންޖަލް ހާސް ވެފައި ގޮސް ޖައިޝްގެ ކޮޓަރިއަށް ވަނެވެ. އަދި ޖޫދު ބެލްކަނީ ދޮރުގައި ތަޅަމުން ޖައިޝްއަށް ގޮވަމުން ދިޔައެވެ. ލަހެއް ފަހެއް ނުކޮށް އަންޖަލް އޭނާގެ ކޮޓަރިން ގޮސް ބެލްކަންޏަށް ވަނެވެ.

ބެލްކަންޏަށް ނިކުތް އިރު އެއް ކަކޫ މައްޗަށް ތިރިވެލައިން ޖައިޝް އިނީ އަންޖަލް އަށް އަގޮޓި ދިއްކޮށްލައިންނެވެ. ޖައިޝް ކޮޓަފީގެ ކަނުގައި ފައިހާ އާ ޖޫދު އަތާ އަތް ޖޯޑު ކޮށްލައިން ހެވިފައި ތިއްބެވެ.

ޖައިޝް އޭނާ އާ އިންނަން އެހުމުން އޭނާގެ ހިތް އުފަލުން ފޮޅެމުން ދިޔައެވެ. ނަމަވެސް އޭނާގެ ސިކުޑި ވިސްނަ ދިނީ ޖުނާންގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ އޭނާ ކަމެވެ. އަންޖަލް ޖައިޝް އަށް އިރުކޮޅަކު ބަލަން ހުރެފައި ލޮލުން އައި ކަރުނަތައް ފޮހެލުމަށް ފަހު ކޮޓަރިއަށް ވަނެވެ.

ޖައިޝް އަށް ލިބުނީ ހިތްދަތިކަމެވެ. އޭނާ އާ އެކު ހަޔާތް ވޭތުކުރަން އަންޖަލް ބޭނުން ނުވާކަން އިހުސާސް ކުރެވެން ފެށުނެވެ. ނަމަވެސް މިފަފަ ގޮތަކަށް އޭނާއަށް ނޫނެކޭ ބުނި ސަބަބު އެގެން ޖައިޝް ބޭނުންވިއެވެ. އަންޖަލް ފަހަތުން ދުވެފައި ގޮސް އަންޖަލްގެ ކޮޑުގައި ހިފާލިއެވެ.

“އަންޖޫ ޑޯންޓް ޔޫ ލަވް މީ” ޖައިޝް އަންޖަލްގެ ކުރަގި ދެލޮލަށް ބަލާލަމުން އަހާލިއެވެ.

“އަހަންނަށް މާފް ކުރޭ.. އަހަރެން މީ އެއްވެސް މީހެއްގެ ލޯތްބެއް ލިބެން ހައްޤު މީހެއް ނުން. މާދަމާ ނުން ކަމެއް ނޭގެ ޖައިޝް ޖުނާން އެކޭ އެއްފަދައިން އަހަރެން ދޫކޮށްފައި ދާނީ… ” އަންޖަލް މިހެން ބުނުމުން ޖައިޝްއަށް ކަންވީ ގޮތް އޮޅުން ފިލިއެވެ.

“އަންޖޫ މިތާ މަޑުކުރޭ، އަހަރެން އެބަ އަންނަން” ޖައިޝް ތެދުވެލުމަށްފަހު ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

“ޑިޑް ޝީ ރިޖެކްޓް ޔޫ… ބަޓް ވައި؟” ފައިހާ އާ ޖޫދު އަށް އެކު އެކީހެން ބުނެލެވުނެވެ. ޖައިޝް އެބަ އަންނަމޭ ބުނެ ލެޕްޓޮޕް ނަގައިން އަބުރާ ބެލްކަންޏަށް ނިކުތެވެ.

“މި ބަލާބަލަ… އަހަރެން މިވޭތުވެދިޔަ އެއްމަސް ދުވަސް މިހުންނަނީ އަންޖޫ ތި ސެލްފް ބްލޭމް ކުރުން ހުއްޓާލާނެ ކަމަށް… އެކަމް މިއަދު މި އަންޖޫ އަށް އަހަރެން ދައްކަން ބޭނުން.. ޖުނާންގެ މަރަކީ އެކްސިޑެންޓެއް… އިޓްސް ނޮޓް ޔޯ ފޯލްޓް..” ޖައިޝް ލެޕްޓޮޕް ހުޅުވާ އޭގައި އިން ސީސީޓީވީ ފުޓެޖު އަންޖަލް އަށް ދައްކާލިއެވެ.

އަންޖަލް އަނގަމަތީ އަތް އަޅައިން ރޯން ފެށިއެވެ. ތެދެކެވެ. އޭނާ ހީކޮށްގެން ހުރީ ޖުނާން އަމިއްލައަށް މަރުވީ ކަމަށެވެ. ނަމަވެސް ޖައިޝް މި ދެއްކި ވީޑިއޯއިން ފެންނަ ގޮތުގައި ޖުނާން ޓެރަސް މަތީ އިންދެފައި އަނބުރާ ތިރިއަށް ފައިބަން އުޅެނިކޮށް ކައްސާލައިން ވެއްޓުނީ އެވެ.

“ތޭންކްސް… އަހަރެން… އަހަރެންނަށް ލޮލު ފިޔަވެސް ޖަހާ ނުލެވޭ ޖުނާން ގެ މަރު ހަދާން ވާ ވަރުން…” އަންޖަލް ޖައިޝް ގައިގާ ބައްދާލިއެވެ. ފަހަތުން ޖޫދު އާ ފައިހާ އަތްތިލަ ބަނޑި ޖަހަން ފެށިއެވެ. ދެމީހުން ހީކުރީ އަންޖަލް ޖައިޝް އަށް އާ ބަސް ބުނީ ކަމަށެވެ.

“އަންޖޫ… ވިލް ޔޫ މެރީ މީ” ޖައިޝް އެއްކަކޫ މައްޗަށް ތިރިވެލިއެވެ. އަންޖަލް ބޯ ޖަހާލީ އުފާވެރިކަމުގެ ކަރުނަ ތިކިތަކާ އެކުއެވެ.

-ނިމުނިީ-

 

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

މާސްކު (ޕާޓް 14)

Next

އަބަދުވޭ ހިތުގާ މަގޭ 3

Next
September 8, 2025

އަބަދުވޭ ހިތުގާ މަގޭ 3

Previews
September 7, 2025

މާސްކު (ޕާޓް 14)

2 Comments!

  1. Nah......HeL says:
    September 7, 2025 at 4:40 pm

    Alhe ninmun kada
    Story vx hadi vee…..

  2. No name says:
    September 8, 2025 at 7:52 pm

    Very nice story
    I’m so unhappy n sad because the story ended
    I used to read this one
    ☹️

Comments are closed.



All Right Reserved!