
މަޢާފް އެދެމުން 53

“ކޮން ސިއްރެއް؟ ކީކޭ ރިޔާން ތި ކިޔަނީ؟” އަޒްހަރުއަށް އަހާލެވުނެވެ.
“އަލްޔާ ބަލިވެ އިނީ އަހަރެންގެ ދަރިއަކަށް ނޫން. އާއިލާއަށް ސިއްރުން ރައްޓެހިވެގެން އުޅެފަ އަލްޔާ ބަލިވެ އިނީމަ ކައިވެނި ކުރަން ދެކޮޅު ހަދާފަ އަލްޔާ ދޫކޮށްލި މީހަކީ އިމާޒް. އަލްޔާ ބަލިވެ އިނީ އިމާޒްގެ ދަރިއަކަށް” ހިތާހިތުން އަލްޔާގެ ކިބައިން މާފަށް އެދެމުން ރިޔާން ބުންޏެވެ.
ރިޔާން ބުނެލި ބަސްތަކަށް ފަހު ތަނަށް ވެރިވެގެން ދިޔަ ހިމޭން ކަމުން ހީވީ އިރުކޮޅަކަށް އެންމެން އެއްފަހަރާ ނޭވާ ހިފަހައްޓާލި ހެންނެވެ. ލިބިގެން ދިޔަ ސިހުމުން އަރައިނުގަނެވިފައި ޝީލާއާ އަޒްހަރު ތިބި އިރު އިސްޖަހައިގެން އިން ރީވާ ނޫން އެހެން އެންމެން ބަސް ހުއްޓިފައި ރިޔާންއާ ދިމާއަށް ބަލަހައްޓައިގެން ތިބީއެވެ.
ވައިބަރ ގްރޫޕަށް އާރިޝް ލީ މެސެޖް ކިޔާފައި އަޒްހަރުއަށް ގުޅާފައި އެރޭ އިނާރާގެ އާއިލާ އެ ގެއަށް ގެނައުމަށް އެދުނީ ރިޔާންއެވެ. އިނާރާގެ އާއިލާ ގެނައުމަށް ރިޔާން އެދުމުން އަޒްހަރު ސުވާލު ކުރުމުން އެރޭ ރިޔާންވެސް ދާނެ ކަމަށާ އަޒްހަރުގެ ސުވާލަށް އެރޭ ޖަވާބު ދޭނެ ކަމަށް ރިޔާން ބުނީ ކީއްވެ ކަން އެ ހިސާބުން އަޒްހަރުއަށް ވިސްނުނެވެ.
“ރިޔާން މޮޔަވީތަ؟ ދައްކާ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.