ހިތް އެދެ ޔާރާ ތިއޭ – 36
މަަޔާންގެ އަނިޔާވެރި އަމަލުން އޭނަގެ ސިކުނޑީގައި ފޮރުވާފައިވި މާޒީ ހަނދާނަށް އަންނަން ފެށިއެވެ. ކުރިމަތީގައި އޮތް ބޭސްކާޑު ފެނުމުން މަޔާންގެ ބޮލަށް ވަދުނީ އެންމެ ނުބައި ހިޔާލެވެ. މަޑު ތުރުތުރަކާއިއެކު މަޔާން އެ ބޭސްކާޑު ނެގީ މި ވަގުތީ ދުނިޔެއާ އަލްވަދާއު ކިޔަން ހިތައް އަރުވައިގެންނެވެ.
***ޕާޓް 36***
މަޔާން ބޭސްކާޑުން ފަސްވަރަކަށް ބޭސްގުޅަ ވަކި ކުރުމަށްފަހު އަތަށް އަޅައިލިއެވެ. ލަޔާޝާ ފުންކޮށް ނޭވާލަމުން މަޔާންއާއި ދިމާލަށް ބަލައިލިއިރު އޭނަގެ މޭގަނޑު އަނގަޔަށްނައީ ކިރިޔާއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލަމުން މަޔާންގެ އަތުގައި ޖަހާ އޭނަގެ އަތުގައި ހުރި ބޭސްގުޅަތައް ވަރައިލިއެވެ. މިފަހަރު މަޔާން އޭނަ ކޮށްޕާލަން އުޅުމުން ލަޔާޝާ އޭނަގެ އަތުގައި ހުރި ބާރެއްލާފައި މަޔާންގެ ކޯތާފަތްމަތީ ޖެހިއެވެ. “މަޔާން ހަމަޖެހިބަލަ.. މަޔާން މަރުވީމަ ކާކު މަޔާންގެ އަނބިމީހާ ބަލަނީ؟ ކާކު މަޔާންގެ ދެކުދިންނާ ހަވާލުވާނީ؟؟ މަޔާން ބޭނުމެއްނޫންތަ މަޔާންގެ އަންހެނުންގެ ބަނޑުގައި އުފެދެމުންދާ ތުއްތު ފުރާނައާ ބައްދަލުވާކަށް؟؟ ތިއުޅެނީ ފިޑިން އުޅޭ ވައްތަރަށް.. ސްނެޕް އައުޓް އޮފް އިޓް..” މަޔާންގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ލަޔާޝާ ބުންޏެވެ.
ލަޔާޝާގެ އަޑުއިވި މަޔާންއަށް ހަމަ ބިމަށް އާދެވުނުފަދައެވެ. އަވަސްނޭވާތަކެއްލަމުން ލަޔާޝާއާއި ދިމާލަށް މަޔާންއަށް ބަލައިލެވުނެވެ. ލަޔާޝާގެ މޫނުމަތިން ފެންނަމުން ދިޔައީ އޭނައާއިމެދު ކަންބޮނޑުވެފައިވާކަމުގެ އަސަރުތަކެވެ. ލަޔާޝާގެ ދޮން މޫނު ރަތްވެފައިވިއިރު، އެ ބޮޑު ދެލޮލުންވަނީ ކަރުނަ ހިލިފައެވެ. މަޔާންއަށް އޭނަ ކުރަން އުޅުނު ކަންތަކައި މެދު ވިސްނައިލެވުމުން މޫނުމަތީގައި އަތް އުނގުޅައިލެވުނެވެ. މަޔާން ކުރަން އުޅުނު ކަންތަކުން ސަލާމަތްކޮށްދިނީތީވެ، ލަޔާޝާއާއި މެދު މަޔާންއަށް ޝުކުރުވެރިވެވުނެވެ. އެހެންނަމަވެސް ލަޔާޝާ ހުންނަނީ ކޮން ބަޔަކާއެކުކަން މަޔާންއަށް އޮޅުނެވެ.
އޭނަ ރޭގަ ސަލާމަތްވާން މަސައްކަތްކުރިތަން ލަޔާޝާ ނޫން މީހަކަށް ނުފެންނާނެއެވެ. އެހެންކަމުން ލަޔާޝާ ބުނުމުން ނޫނީ އެތަނުގެ ބޮޑުންނަކަށް އޭނަ ސަލާމަތްވާން މަސައްކަތް ކުރިކަން ނޭނގޭނެކަން މަޔާންއަށް އެނގެއެވެ. މަޔާން ސުވާލުގެ ނަޒަރަކުން ލަޔާޝާއާއި ދިމާލަށް ބަލައިލިއެވެ. “ލަޔާޝާ ބޭނުންވަނީ ކޮންކަމެއްތަ؟ އެއްފަހަރު އެމީހުންނަށް އެހީވެދީފަ، އަނެއްފަހަރު އަހަރެންނަށް އެހީވެދީފަ ކިހިނެތް އުޅޭނަމޭ ހިތާތަ ތިއުޅެނީ؟؟” ހިތްހަމަނުޖެހިފައިހުރެ ލަޔާޝާއާއި ދުރުވެލަމުން މަޔާން ސުވާލުކޮށްލިއެވެ.
ލަޔާޝާގެ ބަސްހުއްޓުނެވެ. އިސްޖަހައިގެން އިނގިލިތަކާއި ކުޅެމުން ހަދާނެ ދޮގަކާމެދު އޭނަ ވިސްނަމުން ދިޔައެވެ. “އަހަރެން.. މަޔާން.. މަޔާންދެކެ.. އަމްމް ލައި.. ލައިކް ވެޔޭ..” އެންމެ ފަސޭހައިން ބޮލަށް އައި ދޮގު ލަޔާޝާ ހަދައިިލިއެވެ. މަޔާން އޭނަގެ ނިތުގައި އިނގިލި ޖައްސާލުމަށްފަހު ފުންނޭވާއެއްދޫކޮށްލިއެވެ. “ލަޔާޝާއަށް އެނގޭތަ އަހަރެން މިއީ ތިރީސް އެއް އަހަރުގެ މީހެއްކަން..” ލަޔާޝާއާއި ހަތަރުތަރުކަޅި ހަމަކޮށްލަމުން އޭނަގެ މޫނަށް އަރައި ކުލަވަރަށް ސަމާލުކަންދެމުން މަޔާން ބުންޏެވެ. އެއާއެކު ލަޔާޝާއަށް އަނގަޔަށް ގޮތެއް ހަދައިލެވުނެވެ. މޫނު ކުނިކޮށްލައިގެންއިން ގޮތުން އޭނީ ފަކުރުގަނެފަކަން އެނގެއެވެ. “އޯލްޑް ގްރޭންޕާ..” އޭނަ އަމިއްލަ ނަފްސަށް އަޑުއިވޭފަދައިން ބުނި އެތި މަޔާންއަށް އަޑުއިވުނެވެ. މަޔާންގެ ގާތަށް ކުޑަކޮށް ހިނިއައެވެ.
ލަޔާޝާގެ ކޯތާފަތަށްވެރިވެފައިވާ ރަތްކުލައިން ލަޔާޝާ ލަދުގަތުނުކަން އެނގުނެވެ. “ދެންމެ މި އޯލްޑް ގްރޭމްޕާގަނޑުކައިރީ ތިމަންނަ ލައިކްވެޔޭ ބުނީ..” މަޔާން އަޑު ހިމަކޮށްލަމުން ލަޔާޝާއާއި ދިމާކުރާ ފާޑަކަށް ބުންޏެވެ. ލަޔާޝާ ތުންފަތުގައި ދަތްއަޅައިލަމުން ދުރުބަލައިލިއެވެ. “ލަޔާޝާއަށް ކިތަށް އަހަރު؟” މަޔާން އަހައިލިއެވެ. “އަހަރެން ތެދަށް ބުނިއްޔާ މަޔާން ބުނާނެ އަހަރެން ދޮގޭ ހަދަނީ..” ދުރު ބަލަން އިދެ ލަޔާޝާ ބުނެލިއެވެ. “ޓްރައި މީ..” ހަށަން ބަނދެލަމުން މަޔާން ބުންޏެވެ. “ސެވެންޓީން..” އިނގިލިތަކާ ކުޅެމުން ލަޔާޝާ ބުނެލިއެވެ. އެއާއެކު މަޔާންގެ ދެލޯ ބޮޑުވިއެވެ. “ސަތާރައޭ؟؟ އެންމެ ސަތާރަ އަހަރު މިކަހަލަ ނުރައްކާތެރި ގޭންގަކަށް ލަޔާޝާވަނީ ކޮން މޮޔައެއްވެގެންތަ؟؟” މަޔާންގެ އަޑު ބާރުވިއެވެ.
އޭނައަށް ލަޔާޝާގެ އުމުރުން ސަތާރަ އަހަރު ވެދާނެކަމަށް ހިޔާލުވެސް ކުރެވިފަނުވެއެވެ. “އަހަރެންނަށް ޗޮއިސްއެއް އޮތް ނަމަ ހީވޭތަ އަހަރެން މިތާ ހުންނާނެހެން.. މަޔާންއަށް އަޅާލާ، ސަލާމަތުން އަންނާނެ ކަމުގެ އުންމީދުގަ މަޑުކޮށްގެން ތިބި އާއިލާއެއް ހުއްޓަސް އަހަރެންގެ ނެތް.. އަހަރެންގެ އަމިއްލަ އާއިލާއިން އަހަރެން އުމުރުން އެންމެ ފަސް އަހަރުގަ ވިއްކާލީ.. އަހަރެން މިތަނުން ފިލައިގެންވެސް ދާނެތަނެއް ނެތް..” ލަޔާޝާ އިސްޖަހައިގެން ވާހަކަ ދެއްކިއިރު އޭނަގެ އަޑުގައި މަޑު ތުރުތުރެއް ހުއްޓެވެ. މަޔާންގެ ހިތަށް އުނދަގޫވިޔެވެ. ލަޔާޝާގެ އަޑުގައި ހުރި އަސަރުން، އަދި ދެންމެ ފެނުނު މަންޒަރުން ލަޔާޝާ ދައްކަނީ ތެދު ވާހަކަތަކެއްކަން އޭނައަށް ގަބޫލުކުރެވުނެވެ.
މަޔާން އޭނަގެ ހިކިފައި ހުރި ތުންފަތުގައި ދޫހާކައިލާފައި ތެންމާލިއެވެ. އޭނަ ހިތަށް އުނދަގޫ ކުރަމުން ދިޔަ ސުވާލުކޮށްލިއެވެ. “އެހެންވެތަ އަހަރެން ސަލާމަތްވާން މަސައްކަތް ކުރީމަ އެމީހުން ކައިރީ ބުނީ؟ ލަޔާޝާ ކައިރީ އަހަރެން ބަހައްޓަން؟” މަޔާން ފިނިގޮތަކަށް އަހައިލިއެވެ. ލަޔާޝާ ވަގުތުން ދެފަރާތަށް ބޯހޫރުވައިލިއެވެ. “ނޫން ނޫން.. މަޔާންއަށް ތިހުރީ އޮޅިފަ..” ލަޔާޝާ އަވަސް އަވަހަށް ބުނެލިއެވެ. “ދެން ކީއްވެ؟ އަހަރެންނަށް އަރާފަ ހުރި އޮޅުން ފިލުވާ ދީބަލަ ލަޔާޝާ.. އައިމް ކޮންފިޔުޒްޑް…” މަޔާން އާދޭސްކުރާ ރާގަކަށް އިސްތަށިގަނޑަށް އަތް މަހައިލަމުން ބުނެލިއެވެ. “މަޔާންއަށް މޮޔަކަމެއް ކުރެވުނީ.. މިތާގެ ހަތަރު ފާރު ވަށައިގެން ހުންނާނެ ސީސީޓީވީ ކެމެރާ.. މަޔާންއަށް އަހަރެން ފެނުނުތަން، އަދި އަހަރެންނަށް މަޔާން ފެނުނުތަން އެ ކެމެރާއަށް ވަރަށް ރީއްޗަށް އަރާނެ.. މަޔާން އަހަރެން ފެނުނީމަ ހުއްޓުން ތަންވެސް… އަހަރެން ނުބުނެ ހުރިއްޔާ މަޔާންގެ އިތުރުން އަހަރެން މަރައިލަންވެސް އެމީހުން ފަސްނުޖެހޭނެ..” ލަޔާޝާ އޮޅުން ފިލުވައިދިނެވެ.
މަޔާންއަށް އެވާހަކަ ގަބޫލު ކުރެވުނެވެ. އެއީ އެތަނުގެ މީހުން އޭނަ ގެނައިއިރު އޭނައަށްވެސް އެ ސީސީޓީވީ ކެމެރާ ފެނިފަ ހުރީމައެވެ. “އެންމެ ފަސް އަހަރު މިތަނަށް ވިއްކާލި ވާހަކަ ތިބުނީ.. ހައު އާރ ޔޫ ސަރވައިވިން..” މަޔާން މަޑުމަޑުން އަހައިލިއެވެ. “އެމީހުންގެ ޕަޕެޓަށްވެގެން… އެމީހުން ބުނާ ކޮންމެ ކަމެއް އެމީހުން ބުނާ ގޮތަކަށް ކޮށްގެން.. އަހަރެން އެމީހުންނާ ދެކޮޅުވިއްޔާ އޭގެ އަދަބު ލިބޭނީ ބެލްޓުން ނޫނީ ޗާބޫކުން.. ސަލާމަތްވާން މަސައްކަތްކޮށްފިއްޔާ މަޔާންއަށް ހެދިގެން ދެފައިގަ ދޮންކޮށްފަ ދަގަނޑުޖައްސާނީ..” ކޮނޑުއަރުވައިލަމުން މާ ބޮޑު ކަމަކަށް ނުހަދާ ހަމަޖެހިލާފައި ލަޔާޝާ ބުނެލިއެވެ. އެހެނަސް އެ އަޑުގައި ބަޔާންކުރަން ދަތި ވޭންވިއެވެ. އެ އަޑުން އަމިއްލައަށް ކިޔައިދިން ހުރިހާ ކަމެއްވެސް ތަހައްމަލްކޮށްފައިވާކަން މަޔާންއަށް އެނގުނެވެ. ލަޔާޝާ އޭނަ ލާފައި ހުރި ސްވެޓްޕޭންޓްގެ ފައިކުރި މައްޗަށް އަރުވައިލިއެވެ. އޭނަގެ ކަކުލުން ތިރިޔަށް ފަސޭހަވެފައިވާ އެތައް ލަކުނެއް ހުއްޓެވެ.
މަޔާންއަށް ލަޔަޝާއާއި މެދު ހަމްދަރުދީވެވުނެވެ. “އެމީހުން އެއްވަރަކަށްވެސް ލަޔާޝާއާ.. ބެހުނުތަ؟” ލިބެން އުޅޭ ޖަވާބާއި މެދު ނުތަނަވަސްވެ ހުރެ މަޔާން ސުވާލުކޮށްލިއެވެ. “ކިހާ ވަރަކަށް.. އެންމެ ފުރަތަމަ އަހަރެންނަށް ބާރަ އަހަރު.. ފުރަތަމަ މިތަނުގެ މީހުންނަށް އަހަރެން ވިއްކާ ހެދީ ދެހަފްތާއިން އެއްހަފްތާގެ އެއް ދުވަހު.. ދެން ކޮންމެ ހަފްތާއަކު އެއް ދުވަސް.. އެހެންގޮސް ކޮންމެ ރެއަކު.. އަހަރެން.. އަހަރެންނަށް ހާދަ ތަދެއްވެޔޭ.. އެކަމަކު މިތާ އުޅެނީ ޖަނަވާރުން އެއީ ރަހުމޭ ކިޔާ އެއްޗެއް ދަންނަ ބަޔެއްނޫން.. އެމީހުންނަށް އަހަރެންގެ ހަށިގަނޑުގަ އަޅާ ވޭނުން އުފާ ލިބޭ ފަދަ.. އަހަރެންގެ ކައިރިއަށް ވަންނަ މީހުންގެ ކިބައިން ނުރުހުމުގެ ބަހެއް އިވިއްޖެއްޔާ ދެދުވަސް ނޫނީ ބަނޑުހައިވެގެން ހޭނެތެންދެކަށް އަހަރެން ހުންނަން ޖެހެނީ ހުސްބަނޑާ ނުކައި..” އެވާހަކަ ދައްކަމުން ދިޔައިރު ލަޔާޝާގެ ދެލޮލުން ސާލަކަށް ކަރުނަތިކިތައް ފައިބަމުން ދިޔައެވެ.
މަޔާންގެ ހިތް ފިތިގެން ދާފަދަ އިހްސާސެއް ކުރެވުނެވެ. ދުނިޔެ މަތީ މި ކުއްޖާ ކިހާ ވޭނެއް ތަހަންމަލްކޮށްފި ހެއްޔެވެ؟ ގަދަކަމުން އެމީހުން ލަޔާޝާލައްވާ ނުކުރުވާ ކަމެއްނެތެވެ. ނުދޭ އަނިޔާއެއްނެތެވެ. “އަހަރެންނަށް ފަނަރަ އަހަރުވީ ފަހުން އެމީހުން އަހަރެން ލައްވާ.. މަޔާން ކަހަލަ ހައްޔަރުކޮށްފަ ހުންނަ މީހުންގެ ބޮލަށްއެރި މައުލޫމާތު ހޯދަން ފޮނުވަންފެށީ އަހަރެންގެ ހަށިގަނޑު އިސްތިހާރުކޮށްގެން.. މަޔާން ނޫނީ ފިރެހެނެއް ނެތް އަހަރެންގެ ހަށިގަނޑުން އުފާހޯދަން ބޭނުންނުވި.. އެހެންވެ ކަންނޭނގެ އަހަރެން މަޔާންއަށް އެހީވެދޭ ހިތްވަނީ.. އަހަރެންގެ ހިތުގައި މަޔާން އަހަރެން ސަލާމަތްކޮށްދޭނެކަމުގެ އުންމީދު އޮތީމަ ކަންނޭނގެ..” ލަޔާޝާގެ ޖުމުލައިން މާބޮޑު ހައިރާންކަމެއް މަޔާންއަކަށް ނުލިބުނެވެ. އޭނަ ކުރިންވެސް ލަޔާޝާ އުޅުނީ އޭނަގެ ފަރާތުން މައުލޫމާތު ހޯދައި އޭނަ ބަލިކަށިކޮށްލަންކަން އެނގެއެވެ. އޭނައަށް ނޭނގުނީ ލަޔާޝާގެ މަޖުބޫރީކަމެވެ. އަދި ލަޔާޝާ އޭނައަށް އެހީވާ ސަބަބެވެ.
މަޔާން ފުންނޭވާއެއް ދޫކޮށްލަމުން ލަޔާޝާއާއި ދިމާލަށް ބަލައިލިއެވެ. “ލަޔާޝާ އަހަރެންނަށް އެހީވެދީފިއްޔާ އަހަރެންވެސް ލަޔާޝާއަށް އެހީވެދޭނަން.. އެކަމަކު އަހަރެން ލަޔާޝާއާއި މެދު ކޮއްކޮއެއްގެ ނަޒަރުން ނޫން އެހެން ނަޒަރަކުން ނުދެކޭނަން..” މަޔާން ބުނެލިއެވެ. ލަޔާޝާގެ މޫނުމަތި އަލިވެގެން ދިޔައެވެ. “އަސްލުވެސްތަ؟ ތެންކިޔޫ ތެންކިޔޫ ތެންކިޔޫ ސޯ މަޗް.. އަހަރެންވެސް މަޔާންބެއާމެދު ދެކެނީ ހަމައެކަނި ބޭބެއެއްގެ ނަޒަރުން.. ޕްރޮމިސް..” ލަޔާޝާގެ ދެލޯ އުފަލުން ފުރިގެން ދިޔައެވެ. މަޔާން ލުއި ހިނިތުންވުމެއް ލަޔާޝާއަށް ހަދިޔާކޮށްލިއެވެ.
ތުވަލި އުނަގަނޑުގައި އަނދެލައިގެން ހަމަޖެހިލައިގެން ކައިލް ފާހަނައިން ނިކުންނަން ތަޅުގައި ހިފައިލީ ދޮރުގެ އަނެއްފަރާތުގައި އޭނައަށް ތައްޔާރު ކުރެވިފައިވާ ހަމަލައެއް ހުރިކަމުގެ އެއްވެސް ހިޔާލެއް ފިކުރެއްނެތިއެވެ. ފާހަނަ ދޮރު ހުޅުވުމާއިއެކު ބާރު އަޑެއް ގޮވައި މައިރީން އެތާ އެލުވާފައި ހުރި ހަން ފެޅިގެން ދިޔައެވެ. ކުއްލިއަކަށް އޭނަގެ ކަންފަތް ކައިރިން އިވުނު އަޑުން ކައިލް ދިޔައީ އެއްލިގެންނެވެ. ފާހަނައިގެ ދޮރުގައި ނުހިފެއްޓިނަމަ އޭނަ ފާހަނަތެރެއަށް ވެއްޓުނީހެވެ. އޭރު ކައިލްގެ އިސްތަށިގަނޑާއި މުޅި ހަށިގަނޑު ހުރީ ފިޔާތޮއްޓާއި ރަތްކުލައިގެ ގްލިޓާއިން ވިދަވިދައެވެ. އޭރު މައިރީން ކޮޓަރީގެ ދޮރުކައިރީ ހުރެގެން ބަނޑުގައި އަތްއަޅައިގެން އޮވެ ހެމުން ދިޔައެވެ. “ދި ފަ-” ކައިލްގެ ބަސް މައިރީން މެދު ކަނޑައިލިއެވެ. “ލެންގުއޭޖް ކައިލް.. ކައިލްއެއްނުން އިރެއްގަ ބުނީ ތިމަންނަ މެރީ ކުރާ މީހަކު ވާނީ ތިމަންނަގެ ހަޔާތް އަލިކޮށްދޭ މީހަކަށްށޭ.. މިހާރު ބަލާ ކައިލް ތިޔޮއް ވިދަނީ ނުލާހިކު އަލިކޮށް..” މައިރީން ހެމުން ބުންޏެވެ.
މައިރީންގެ ވާހަކައިން ކައިލް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މައިރީންގެ ފައިގައި ޗޭނު ޖަހައިގެން ގެޔަށް ގެނެސް ހުރި ދުވަސްކޮޅު ކައިލްއަށް އެހެން ބުނެވުނެވެ. އެހެންނަމަވެސް މައިރީން މިފަދަ ކަމެއް ކޮށްފާނެއޭ އޭނަގެ ހިތަކަށްނާރައެވެ. “އަހަރެންގެ އަތު ނުޖެހޭތި..” އެތާ އޮތް ސޯޓެއްލާފައި މައިރީންއާއި ދިމާލަށް ދުއްވައިގަންނަމުން ކައިލް ބުންޏެވެ. “ކެޗް މީ އިފް ޔޫ ކޭން ގްލިޓާ މޭން..” މައިރީން ހެމުން ކައިލްއާއި ދުރަށް ދުއްވައިގަންނަމުން ބުންޏެވެ. “ޓައިނީ ތިފެށީ ދެވަނަ ބޮޑު ހަނގުރާމަ އެނގޭ.. އަހަރެން ޓައިނީއަށްވުރެ މޮޅުވާނެ ޕްރޭންކް ކުރަން..” މައިރިން ފަހަތުން ދުވަމުން ކައިލް ބުންޏެވެ.
އޭނައަށް މިވަގުތުވެސް މައިރީންއާއި އަރައި ހަމަ ކުރެވިދާނެއެވެ. ކައިލް ދިގުކަމުން ކައިލްއަށް ބާރަށް ދުވެވެއެވެ. އެހެންނަމަވެސް އެހާ ފަސޭހައިން މައިރީން ހިފާކަށް ކައިލް ބޭނުމެއް ނުވިއެވެ. “އޯހް އޯލްޑް ގްރޭންޕާ ކިހިނެތް މައިއަށް ޕްރޭންކް ކުރާނީ؟ އެހެންނޫނަސް ތިކުރާ ޕްރޭންކެއް ކުރެވޭނީ މައި ހިފެއްޓިގެންނެއްނުން.. އިޒް ދި އޯލްޑީ ގެޓިން ޓަޔާރްޑް؟” މައިރީން ދިމާކުރަމުން ދިޔައެވެ. މައިރީންގެ ދިމާކުރުންތަކުން ކައިލް ގާތަށް ރުޅިއައުމުގެ ބަދަލުގައި އައީ ހިންޏެވެ. އޭނަ ދުވުން ބާރުކޮށްލިއެވެ. މައިރީން ބަދިގެއަށް ވަނުމުން ކައިލް ބަދިގެއަށް ވަދުނެވެ. އެހެންނަމަވެސް އަނެއްކާ ކައިލްގެ ބޮލަށް ބަންޑުންވީ ފިޔާތޮށި ކުލަޔާއި ހުދު ޑިސްކޯ އަޅާފައި ހުރި ފެންކުލަ ޓައްޕެކެވެ. އެހާ ވަރަށް ހެއުމުގެ ސަބަބުން މައިރީންގެ ދެލޮލުން ފެންއަންނަމުން ދިޔައެވެ. “އަހަރެންނަށް ކައިވެނި ކުރެވުނީ މި ކުޑަކުޑަ އުނދަގޫ ބޮޑު ހަންޑިގަނޑަކާ ދޯ..” ކައިލް މޫނު އުނގުޅައިލަމުން ބުންޏެވެ. “އޯވްވްންން އެކަމަކު ކައިލް ތިޔޮއް ހަމަ ވިދަނީ.. ހީވަނީ ޓިންކަރބެލްގެ ފެއާރީ ޑަސްޓް އަޅާފަ ހުރިހެން.. އިރުކޮޅަކުން އުނދުހެވޭނެވެސްމެ ކަންނޭނގެ..” މައިރީން ހެމުން ބުންޏެވެ.
ދެންމެ ފެންވަރައިގެން ހުރި މީހަކާ ކައިލް އެއްވެސް ވައްތަރެއް ނުޖަހައެވެ. ކައިލް ހީވަނީ މިހާރު ފިޔާތޮށި ކުލައިން ފެންވަރާފަ ހުރިހެންނެވެ. މުޅި މީހާ ދިޔައީ ފިޔާތޮށިކުލައިންނާއި ހުދު ކުލައިން ވިދަމުންނެވެ. “ޓައިނީ އުނދުހޭ ހިތްވެޔެއްނުންދޯ.. އަދޭ ބައްދާލަން އޭރުން ޓައިނީއަށްވެސް ފެއާރީ ޑަސްޓް ލިބޭނެ..” ދެ އަތް ފުޅާކޮށްލަމުން ލާނެތް ގޮތަކަށް ހިނިއައިސްފައިހުރެ ކައިލް މައިރީންގެ ކައިރިއަށް އަންނަން ފެށިއެވެ. އެއާއެކު މައިރީންގެ ދެލޯ ބޮޑުވިއެވެ. ފަހަތަށް ޖެހެމުން އެތަނުން ސަލާމަތްވާނެ ދޮރެއް ފެނޭތޯ މައިރީންގެ ބޮޑު ދެލޯ ހޯދަމުން ދިޔައެވެ. މައިރީން ދޮރާއި ދިމާލަށް ދުއްވައިގަންނަން އުޅުނު ވަގުތު ކައިލް ކުރިމައްޗަށް އަރައި މަގު ބަންދުކޮށްލިއެވެ. އަދި މައިރީންގެ ގައިގައި ބައްދާލައި މައިރީންވެސް ފިޔާތޮށިކުލައިން ތެންމާލިއެވެ. އެއާއެކު މައިރީންގެ ހުނުމުގެ އަޑާއި ހަޅޭކުގެ އަޑު އެތާ ގުގުމާލިއެވެ. ކުއްލިއަކަށް މީހަކު ކައިލްގެ ފުރަގަހުން އިސްތަށިގަނޑުގައި ހިފައި ފަހަތަށް ދަމައިގަތެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.







Mi part vx varah Reethi Masha Allah…💗
I knew it.. Layaasha he family hama Eyna vikkaaleee..😡 Eynage Family meehunge Rahumeh vx neiyy dhw! Dhera!😭
Mayaan Ah dhera gotheh nahadhahchey.. 🥺🙏
Mai and Kail the most chaotic couple😂 They just makes my day 😊
Who is Kail fahathuga ?? 🤔
Curiously waiting for the next part…
Lyssssm Maash 💜
Thank you so muchhh.. I’m happy U liked it.. yea layaasha ah e dhimaav vrh dhera gothakahdhw.. let’s see what happens next dhww.. next part will try Thursday ga up kohlevey thw.. love you moreee darll 💜🦋
Adhi vhk mathi mathin mi kiyaali
Kail mnge part vrh loabi
Scl in aisfa hamajehigen kiyaafa cmnt eh kohlaanan. IA
🫶🏻🫶🏻🫶🏻
Hehe can’t wait for Ur sweet comment darl💜🦋
Yes
💚💚💚💚💚💚💚 when next????????
Next part Insha Allah Thursday ga will try to upload..💜🦋
Masha allah mi part vs vrh reethi
Alheyy layaasha haadha dhera vaaney
Aanaa ge hithah vs asar kohfi
Ekm like veyey buniima dheloa mudhunah araign dhiyaii
Mai r kail haadha laawbeeee eyyyy…hithah araa thi kaivenyga ohnaany hus koalhun baawye.ehvs romance eh noahnaane baaey..dhemeiihun ekaku ankhkh dhoo nukurey..😂😂
Kaakutha edhemiihunge loabi vaguthah huras e alhany😭..haadha rulhi aissi ey thi miiheh dheke..anehka gang ge baehtha?
Soooo cuurioussss eyyy maashhhhh
HIH DANDAN LAAEBA
DHUNYA MNGE SCENE EH NEXT PART IN KIYAALAN LIBEYNETHA?
VRHHIIVEY VRH AVH DHUNYA PREG VAANEHN🫣🫢
Curiously waiting
When next?
Lyyyyyy
Thank you so much I’m happy U liked it.. yeahhh layaasha asluvx vrh dheravaane dhww.. haha like vey buny mayaan kuri suvaalun reken hehe.. mai and kail dhwww.. tom and jerry ey eii.. let’s see dhw kaakukan.. let’s see what happens next.. next part Insha allah Thursday ga.. love you moreeeee darll💜🦋
Dhen Maireen ves dho 😭😂. Kail ah Hama cute cartoon gandeh libifa ehiri
Hama ragalhahvx hehe💜🦋
Salaamaiyvaan edhemeehun konkahala molhu reyvumebbaa raavaanee!? Kail ge fahathuga kaakubaa! Miee mihaaru enme kiyaa hithun kiyey eh vaahaka! Jaasoosee bai himeneythee.
Ingeyne emeehun raava reyvun vrh avahah.. aww thank you so muchh.. that means a lot..💜🦋
Awwwnn… Kail and Maireen sooooo cuee! Maireen dhw ekamaku vaa. Kail ah thi choose kirevunee undhagoo bodu anbeh.
Ekamu adhives ulhenee dhe tholhey bakuni hen. Sahaadhe.. varugadha couple eh
Ekamaku, Layaashaa dhw! I knew she had some dark past. Ekamu 17 years eyy?? That is just cruel. Ehen hadhan heyo nuvaane e mausoom kujjaa ah. But whyy. What did she ever do??? Istg, i athuga Layaashaa ge parents athu jehey dhuvahakee e dhemeehun maruvaa dhuvas. Aslu vx varah rulhi aissi.
Ekamu, Maaaaashh! Mi part so nice ingey. Kail and Maireen ge koalhun thah so cute. And im also glad Mayaan ge that favour to Layaashaa. Honestly, there’s this weird feeling that just occured to me..
Could Layaashaa be Laaraa ge sister? I mean, both of their names starts with L.. just a thought… ekamu ehen vejjeeyya Mayaan vaanee aslu vx Layaashaa ge brother ah dhw.. in law viyas..
Ohhh so ecxiteddddd..
This part is amazing ingey. Kon iraku next episode?
Lyysmm Maash 💖💖
Hehe yeshhh mayaan ah choose kurevuny udhagoo bodu anbeh Hama hehe.. they are chaotic couples for a reason darll.. yess I feel bad for layaasha too.. she doesn’t deserve any of that..
Aww thank you so much I’m happy U liked it.. hehe siblings noonas hama eh akurun feshi dhaane ehnun dhww.. hinga balama dhen.. next part Insha Allah Thursday ga.. love you moree darll.💜🦋
Maasha Allah mi prt vx vrh reethi
Alheyy layaasha ge vaahaka kiyaafa rovijje 😭😭😭😭
Haadha nubaey her parents.. Im gonna kill them athu jehijjeyaa😡😡😡
Maii alheyy haadha naughty eyy…
Varehge dhe myhun sahaadheh 🤦😭💜
Alhe fahe ei kaakutha e lowbi moment kolhu spoil kohlan😭😭💜
Mi prt ga i really missed dhunya n yaadhin ge scene eh.
Hope emyhunge scene eh nxt prt ga libeyne kamah ☺️
Curious to see who that is…
Whn nxt???????
Tc.. Lysm Marsh 💜💜💜
Thank you so much darlll.. I’m happy U liked it.. asluvx layaasha ge parents vrh goas dhww.. Kail ehaa vrh ladhugenuvma revange nagaaly ey emanje e.. let’s see what happens next dhww.. next part Insha Allah Thursday ga.. love you moreeeee 💜🦋
OMG
Mayaan nearly died
Maash don’t kill Mayaan Pls…..
And of course I really like this story
Among my fav
I always read this every chapter
Good luck with the next part Maash
Very nice
Let’s see what happens to mayaan dhww..
Aww thank you soo muchh.. I’m happy that U liked it.. next part is out.. I hope U like it too💜🦋