“އަހަރެން ބޭނުންވިނަމަ އަހަރެންނަށް އަމިއްލައަށްވެސް ސަލާމަތްވެވުނީސް! ހުސްނާ މިހާރުވެސް ތިހުރީ އަހަރުމެންގެ އެއްބަސްވުމާ ޚިލާފުވެފަ! އެހެންވީމާ އަހަރެންވެސް މިހާ ހިސާބުން މި މިނިވަންވީ!” މިހެން ބުނެ ކުއްލިއަކަށް އެ ޖިންނި ވަށްބުރުގެ ތެރެއިން ޤައިބުވެގެންދިޔައެވެ.
*** 19 ވަނަ ބައި ***
ހުސްނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ކުއްލިއަކަށް ވަށައިގެން ހޯދާލެވުނެވެ. ޔައުޤޫބެވެސް ހުރީ ހިސާބަކަށް ހިތް ނުތަނަވަސްވެފައެވެ. “ކޮ..ކޮންތާކަށް އެ ދިޔައީ؟؟” ހުސްނާ ހާސްވެފައި ހުރެ އެހިއެވެ. ޔައުޤޫބު ޖަވާބެއްނުދީ ކިޔެވެލި އިހުނަށް ވުރެ ބާރަށް ކުރިއަށް ގެންދިޔައެވެ. ނަމަވެސް 15 ވަރަކަށް މިނެޓު ވީ ފަހުން ޔައުޤޫބު ކިޔެވުން ހުއްޓާލިއެވެ. އަދި ހުސްނާއާއި ދިމާއަށް ބަލައިލިއެވެ.
“ހުސްނާ އެއްބަސްވުމާ ޚިލާފުވެފައި ހުރީމަ ދެން އަނބުރާ އެ މަޚްލޫޤެއް ނުގެނެވޭނެ…” ޔައުޤޫބު ބަލި ޤަބޫލުކުރާ ފަދައަކުން ބުންޏެވެ. ހުސްނާ ހަމަ ރީއްޗަށް ގާވިއެވެ. ދެ އަތުން ބޮލުގައި ހިފައި ބިންމައްޗަށް އޭނާ ތިރިވިއެވެ. އޭރު އޭނާގެ މުޅި ގައިން ހުރީ އޮއްދާ ހިއްލާލާފައެވެ. ހުސްނާ ކުއްލިއަކަށް އެއްޗެއް ހަނދާން ވި ފަދައަކުން ފުންމައިގެން ތެދުވިއެވެ. “މަގޭ ދަރި! މަގޭ ޔުމްނާ!” މިހެން ކިޔައި ރޮއި ގަންނަމުން ހުސްނާ ހަވޭލީއާއި ދިމާއަށް ދުއްވައިގަތެވެ.
***
ޔުމްނާ އޭރުވެސް އިނީ ބިރުން ރޫރޫ އަޅާހާލުގައެވެ. ފުރާޅުމަތިން އެ ފެނުނު ބިޔަ ހިޔަނި އެއީ އޭނާއަށް އެ ފޮތުންވެސް ފެނުނު ހިޔަންޏެވެ. ޔުމްނާ ދެކޮޅު ދެކޮޅަށް ކޮޓަރި ތެރޭގައި ހިނގަމުން ދިޔައެވެ. އޭނާގެ ރާޅުބާނީ އިސްތަށިގަނޑު ހުރީ އެއަށް އަތް މަހާލައިގެން ގިނައިރު ހުރުމުގެ ސަބަބުން ހާވިޔާވެފައެވެ. ޔުމްނާ ހިނގަމުން ދިޔަ ވަރަކަށް ތަފާތު އެކި ބިރުވެރި ޚިޔާލުތައް އޭނާގެ ސިކުނޑި ތެރެއަށް ވަންނަމުން ދިޔައެވެ. ކުއްލިއަކަށް ޔުމްނާ ޒަބީލު ބުނި ވާހަކަ މަތިން ހަނދާންވިއެވެ.
“ޔުމްނާ އަވަސްވީގޮތަކުން މާލެ ދޭ”.
މިކަން ހަނދާންވުމުން ޔުމްނާ އަޒުމު ކަނޑައެޅީ އެފަދައިން އަމަލު ކުރާށެވެ. މިފަދަ ނުރައްކާތެރި ދަނޑިވަޅެއްގައި ޔުމްނާ ބޭނުންވީ ރައްކާތެރިކަމެވެ. އޭނާގެ ހިތް ހަވޭލީގެ ސިއްރު ކިތަންމެ ހޯދަން ބޭނުންވި ނަމަވެސް މެއެވެ. ޔުމްނާ އަވަސްއަވަހަށް އޭނާގެ އެނދު ތަންދޮށުން ފޮށި ދަމައިގެން ނެރުނެވެ. އަދި އަލަމާރީގައި ހުރި އަންނައުނުތައް އެއްވެސް ތަރުތީބެއް ނެތި ފޮށިތެރެއަށް އުކަން ފެށިއެވެ. ހުރިހާ އަންނައުނެއް އެޅުނުކަން ޔަޤީންވުމުން ފޮށި ރަނގަޅަށް ޒިބު އެޅުވުމަށްފަހު ނަގާ ގެންގޮސް ދޮރު ކައިރިއަށް ލިއެވެ. މިހުރިހާ ކަމެއް ކުރެވުމުން ޔުމްނާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
“ޔުމްނާ…”
ޔުމްނާގެ ގައިގައި ހުރި ލޯލިކޮޅުތަށް ކޮޅަށް ޖެހުނެވެ. އެ އަޑު އައީ ޔުމްނާގެ ފުރަގަހުންނެވެ. ކުއްލިއަކަށް ޔުމްނާގެ ކަނދުރާމައްޗަށް ހޫނު ނޭވާއެއް އެޅުނެވެ. ޔުމްނާގެ ހިތުގެ ހިނގުން އަވަސްވެގެންދިޔައެވެ.
“ޔުމްނާ…”
ޔުމްނާ ހިންދިރުވާލިއެވެ. ފަހަތުގައި ޔަޤީނުންވެސް ކޮންމެވެސް މީހަކު އެބަހުއްޓެވެ. މަޑުމަޑުން ޔުމްނާ ފަހަތަށް އެނބުރި ބަލާލިއެވެ.
އެއްވެސް މީހަކު ފެންނާކަށް ނެތެވެ.
ޔުމްނާގެ ހިތުގެ ތެޅުން އިތުރަށް އަވަސްވެގެންދިޔައެވެ. މުޅި ކޮޓަރި ތެރޭގައި އިވެމުން ދިޔައީ ޔުމްނާގެ ކުރުވެފައިވާ ނޭވާގެ އަޑެވެ. ޔުމްނާ ކުރިމައްޗަށް ބަލާލިއެވެ.
އޭރު މޫނާއި މޫނު ޖެހޭހާ ކައިރީގައި ޔުމްނާއަށް ފުރާޅުމަތިން ފެނުނު އެ ކަޅު މަޚްލޫޤު ހުއްޓެވެ.
ޔުމްނާ ބާރުބާރަށް ހަޅޭލަވައިގަތެވެ. ބިރު ގަނެފައި ހުރިވަރުން ޔުމްނާގެ ދެފައިން ވާގި ދޫވެގެން ބިންމައްޗަށް ގުޅައަކަށް ޖެހުނެވެ. އޭރު ޔުމްނާ ބިރުގަނެފައި ހުރިވަރުން ހުރީ ނޭވާލާންވެސް އުނދަގޫވެފައެވެ. އޭރު އެ މަޚްލޫޤު ކަޅިވެސް ޖަހައިނުލާ ބަލަހައްޓަައިގެން ހުއްޓެވެ.
“ދު..ދުރަށް ދޭ!” ޔުމްނާގެ އަޑު ކުރެހޭ ހާލު ބުންޏެވެ. “ކީއްވެ ދުރަށް ދާންވީ؟” އެ މަޚްލޫޤު ސުވާލުކުރިއެވެ. “އަ…އަހަރެން ކޮންކަމެއް ކޮށްގެންތަ އަހަރެންނާއި އެހާ ވަރަކުން ތިޔަ އުނދަގޫކުރަނީ؟؟” ޔުމްނާ ހަޅޭލަވައިގަތެވެ. އެ މަޚްލޫޤު ބަރު ހިނިގަނޑެއް ޖަހާލިއެވެ. “އަނހާ، ހާދަ އަވަހަކަށް ރުޅިވެސް އާދެޔޭދޯ؟ އިންސާނުންނަށް ވާ ވަރަކީ މީ. ކިރިޔާ ހިތްހަމަނުޖެހޭ ކަމެއް ވާއިރަށް އިސްކުރާނީ ރުޅި. ތިހާ ރުޅި ގަދަވަންޏާ ތިޔަ ރުޅި ހިންދާލަން ޖެހިދާނެ އަހަރެންނަށް.” އެ މަޚްލޫޤު މިހެން ބުނުމުން ޔުމްނާގެ މޫނު ހުދުވެގެން ދިޔައެވެ.
“އަހަ..އަހަރެންނަށް ތިހެން ނުހަދާ! އާދޭސްކޮށްފަ! އަހަރެންނަށް ކުރެވުނު ކުށަކަށް މާފަށް އެދެނީ މި!” ޔުމްނާ ރޮވޭ ހާލު ބުންޏެވެ. “އަޅޭ، ހާދަ ދެރަޔޭ. އެކަމަކު އިނގޭތަ؟ އަހަރުމެން ޖިންނިން މީ ތިހާ އޯގާތެރި ބައެއް ނޫން.” އެ މަޚްލޫޤުގެ ދެލޯ ގަދަ ރަތް ކުލައިން ދިއްލުނެވެ. “ޔުމްނާގެ މަންމަ ވަނީ އޭނާ ހެދި އެއްބަސްވުމާ ޚިލާފުވެފަ. އެހެންވީމާ އޭގެ ބުރަ ޖެހޭނެއްނު ކޮންމެވެސް މީހަކު އުފުލަން ދޯ؟” އެ މަޚްލޫޤު ޔުމްނާ ވަށައިގެން ހިނގަން ފެށިއެވެ.
“އެއޮއް ހުރިހާ ދުވަހު އެ ފޮތްގަނޑުގެ ތެރޭގައި މަ ބާއްވައިގެން އުޅުނީމަ ޖެހޭނެއްނު އޭގެ ބަދަލު ދޭން؟ ނޫންތަ؟” އެ މަޚްލޫޤު ޔުމްނާގެ ކުރިމަތީގައި ހުއްޓެމުން ބުންޏެވެ. “މިއީ ތި ފަކީރުގެ ނަސީބު. މިހާރު އަދިކިރިޔާ ތިޔަ ފެނުނީ މިއޮއް ހުރިހާ ދުވަހު ލޯބިވި މަންމަގެ ހަޤީޤީ ކުލަވަރު! ދެރަވޭތަ؟ އޭނ؟” ޔުމްނާ ތަޅުވަމުން އެ މަޚްލޫޤު ބުންނެވެ. “ހުސްނާއަށް އެ ދުވަހު އެ ހުރިހާ ކުޅިވަރެއް ކުޅެދިނީ މަށަށް މަޖުބޫރުވެގެން. އެކަމަކު މިހާރު؟ މިހާރު ކުޅިވަރު ކުޅެން ޖެހޭނީ ހުސްނާ. އެ ކުޅިވަރު ބަލަން ހުންނާނީ އަހަރެން.” މިހެން ބުނެ ކުއްލިއަކަށް އެ މަޚްލޫޤު ދުންގަނޑަކަށް ބަދަލުވިއެވެ. އަދި މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެ ދުންގަނޑު ޔުމްނާގެ ހަށިގަނޑުގެ ތެރެއަށް ދެމިގަތެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.



Yumna ah jinni avaleetha e!!!??? Omg!
Dhen kihineh baa vaany!?
Yumna Male gossa ulheyny kihineh baa?
Aadheys kohfa mibunee thi sirrakee kobaikan bunelathy!!!
So so so curious for the next part!🫣
This is the best one so far
Tc🤍
Hi Eekko!
Let’s see what happens after that jinni went into her body👀
We’ll know the secret soon don’t worry
I’m glad you loved this part as well!
Tc!🤍🫶
AMMMAAAAAI! Eythi e vanee Yumna gayaaaahhh!
Im screaming so hard rn… 🤣🤣
Ekam Husna keehtha kuree? I bet e hedhi sihurehga beynun kuri Jinni mihaaru eii. Emeehun ge beynun nimmeee e jinni ah majubooru kohgen agreements hadhaigen. E meehun beynun vi kanthah kurevuneema e jinni hayyaru kuree foi thereyga. I think thats how Husna agreement aa khilaafu vi gothakee.
But ekamu dhen kihineko hadhaanee?? E jinni e vanee Yumna gayah. Dhn Husna kithamme baarakah dhuvefa ayas kureveyne kameh nei dhw..
Aaa… im soo excited and curious to know whats gonna happen next. Varah reethi mi episode.
When is the next one gonna come?
Hi Oreo Gurl!
Yep its in Yumna now😭
With Husna you never know what she’s has done or not done at this point😮💨
Let’s keep making Husna run dhw🤣
Im so glad you loved this part as well!🤍🫶
Insha Allah maadhama upload kohlleveytho balaanan 💪
Eyyyyyyyynnnnnn!
E jini yumna gaiy therey ah evany 😱😭😭
Why did husna lock it in the book 🤔
Ummmm yumna ah ekani tha jini undhagoo kurany yumaan ah nukurey tha 🤔😭😭
Yumna male fonu vaa heyonuvaane 😭
Mi part ves v Reethi Maashaa Allah 💗
When next?
TC
Lysm ❤️
Hey Kudu!
Yep the jinni is in Yumna now😭
That’s a good question on why the jinni isn’t after Yumaan but then again we are still yet to find out what’s gonna happen next👀
Yumna bahattanvee dhw ehenveema🤣
Insha Allah maadhama upload kohlleveytho massakai kuraanan💪
Lysmm!!🤍🫶
Guys ma jimaauvany mi